ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/100 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2012/HC-A/100
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 100/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
ނަން: މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A063197
* ދާއިމީ އެޑްރެސް: ގައުމާއިގެ ގދ. ގައްދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
+9ވ.
* .އުމީ އެޑްރެސް:
ސްޓްރީކުރެވުނު
ޅެ: 20 ރަބީއުލްއާޚިރު 1433
18 މާޗް 2012
ނިމުނު ތާރީޚް: 7 ރަޖަބް 1433
28 މެއި 2012
17
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: Q4MC-01/2012
ބާވަތް: އެކައުންޓް ފްރީޒްކުރުމަށް ކޯޓުން ކުރާ އަމުރު
ނިންމެވި ކޯޓް: ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓު
ހުށަހެޅުނު ތާރީޚް:
ނިމުނު ތާރީޚް: 12 ފެބްރުއަރީ 2012
0
ދިވެހިން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/100
کی مری
ދަޢުވާގެ ޚުލާޞާ
މިއީ،
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
Q4MC-01
/
2012 ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފަށްކަމަށްބުނެ، އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށްއެދި، މުޙައްމަދު ރަޝީދު، ގައުމާއިގެ/ގދ.
ގައްދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A063197) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
20
4 22
1. އިސްތިއުނާފުކުރެވިފައިމިވާ، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު Q4MC-01/2012 ކޯޓުއަމުރަށް ބަލާއިރު، އެއަމުރަކީ، ގދ. ގައްދޫގައުމާތިގެ މުޙައްމަދު
ރަޝީދުގެ މައްޗަށް ގދ. ގައްދޫ އޯކިޑްވިލާ އަޙްމަދު ފަޟީލް ހުށަހަޅާފައިވާ -;33,300 (ތެއްތިރީސްހާސް
ތިންސަތޭކަ) ރުފިޔާގެ ސާބިތު ދަރަނީގެ މައްސަލައާ ގުޅިގެން މުޙައްމަދު ރަޝީދު 1 (އެކެއް)
މަސްދުވަހަށް ގޭގައިބަންދުކުރެވިފައިވުމާއި، މިއީ އެމައްސަލަ ހުށަހެޅޭ ދެވަނަ ފަހަރުކަމަށްވާއިރު،
އަދިވެސް އެފައިސާ ލިބިފައިނުވާތީ، އެފައިސާ ލިބެންދެން މުޙައްމަދު ރަޝީދުގެ ނަމުގައި ހުޅުވާފައިވާ
އޭނާ ޙިއްޞާވެ ހިންގާ މާނަވާ ކޮމްޕެނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ
އެކައުންޓާއި އޭނާގެ ނަމުގައި ހުޅުވާފައިވާ ޓްވާރޑްސް ފިހާރައިގެ
7704259391001 އެކަންއުންޓުގައިވާ ފައިސާގެ ޢަދަދުން އިސްވެދެންނެވިއިވާ -/33,300
(ތެއްތިރީސްހާސް ތިންސަތޭކަ) ރުފިޔާ ލިބޭގޮތަށް އެކައުންޓު ފްރީޒްކުރުމަށާއި، އެއެކައުންޓް
ފްރީޒްކުރުމަށްފަހު އިސްވެދެންނެވިފައިވާ ޢަދަދަށް އެއެކައުންޓްތަކުގައި ހުރިނަމަ،
(ތެއްތިރީސްހާސް ތިންސަތޭކަ) ރުފިޔާ ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
7710411461001 އެކައުންޓަށް ޖަމާކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ގދ. ގައްދޫ ބްރާންޗްގެ
މައްޗަށް ރުކުރައްވައި، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ
މެޗެއްކަން އެގެން
7710700251001
33,300/-
92
92 މކ ތ
ޢުމުރަކީ
2 2 2 0 2 2
އަލްޗައަރނީ އެޤަނީ އެވެ"
މެޖިސްޓްރޭޓް ކޯޓުގެ
2. ހުވަދުއަތޮޅު ދެކުނުބުރީ
ގައްދޫ
Q4MC-01
/
2012 ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/100
کی عمری
3 ޤަޟިއްޔާ ނިމުނު "
ބުނެ މުޙައްމަދު ރަޝީދުގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
3
• ފުރަތަމަ ނުކުތާއަކީ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުއްވާފައިވަނީ
ސާބިތު ދަރަނީގެ މުޢާމަލާތުތަކުގައި ޢަމަލުކުރަންވީގޮތުގެ ޤަވާޢިދުގެ 1 ވަނަ މާއްދާއާއި 9 ވަނަ މާއްދާއާ
ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މިދަރަންޏަކީ ފަރުދީ ދަރަންޏަކަށް ވީހިނދު، މުޙައްމަދު
ރަޝީދު ޙިއްޞާވާ މާނަލާ ކޮމްޕެނީގެ އެކައުންޓް ފްރީޒްކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، އެކައުންޓްތައް ފްރީޒްކުރުމަށްފަހު، އެކައުންޓްތަކުގައިވާ
ފައިސާއިން މިދަރަނީގެ މިންވަރު ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށް
އަމުރުކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
.3
މައްސަލައާ ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު Q4MC-01/2012 ކޯޓުއަމުރަށާއި، އެއަމުރު އިސްތިއުނާފު ކުރަމުން މުޙައްމަދު ރަޝީދުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
o OXO
(ހ) ފުރަތަމަ ކަމަކީ، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި
ޝަރީޢަތުން ޢަމަލުކުރަންވީ ގޮތްތައް ކަނޑައަޅާ ބަޔާންކޮށްފައިވަނީ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ
މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގައިކަމާއި، މިޤަވާޢިދަށް ބަލާއިރު، ޝަރީޢަތަށް
ސާބިތުވެފައިވާ ފައިސާއެއް، ކަނޑައެޅިގެންވާ ޢަދަދަށް، ކަނޑައެޅިގެންވާ މުއްދަތުގައި ނުދައްކައިގެން
ޝަރީޢަތަށް ހުށަ މުން އެކަންބަލާއިރު ޙުކުމާ
ޢަމަލުކޮށްފައި ނުވާނަމަ، ޙުކުމަށް
ނުކިޔަމަންތެރިވީކަމުގައި ބަލައި، ޙުކުމަށް ނުކިޔަމަންތެރިވީ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތް އެޤަވާއިދުގެ
1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އަދި، އެޤަވާޢިދުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމުގެ 1
އިތުރުން، ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން ހުށަހެޅޭ މައްސަލަތަކުގައި ފައިސާ ދައްކަ
2ދ 0222
ހށމޮޅެވެ
ކައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
¢ ¢ ¢3»
ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/100
کی مرکی
ނެގެ
ފަރާތުގެ ބޭންކް އެކައުންޓްތައް ބަލައި ޗެކްކޮށް އެކައުންޓްތައް ފްރީޒްކުރުމަށް އަމުރުނެރެވިދާނެކަމަށް
ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 9 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް، ސާބިތުދަރަނީގެ މައްސަލައެއްގައި، އެދަރަނި
އެމީހެއްގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހެއްގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ޝަރީޢަތުން
ކަނޑައަޅާ ވަކި އެކައުންޓަކަށް ޖަމާކުރަން އެނގުމުގެ ބާރު، އިސްވެދެންނެވިފައިވާ ޤަވާޢިދުން ކޯޓުތަކަށް
ލިބިދީފައިނުވާކަމާއި،
މީގެއިތުރުން، ކޮންމެ ކުންފުންޏަކީވެސް، އެކުންފުނީގެ މެންބަރުންނާ ވަކިން
އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްސެއްކަން، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ
ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި، އެހެންކަމުން، ޢާންމު
އުސޫލެއްގެ ގޮތުން، ވަކިފަރުދެއްގެ
ސާބިތުވާ ދަރަންޏަކަށް ކުންފުންޏަކުން
ޒިންމާވާންނުޖެހޭނެކަމެވެ.
މައްޗަށް
0
<< O
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކޯޓުއަމުރަށް ބަލާއިރު،
އެކޯޓުއަމުރުގައި ބަޔާންކޮށްފައިވާ ސާބިތުދަރަންޏަކީ، ގދ. ގައްދޫ ގައުމާތިގެ މުޙައްމަދު ރަޝީދުގެ
މައްޗަށް ގދ. ގައްދޫއޯކިޑްވިލާ އަޙްމަދު ފަޟީލް ހުށަހަޅުމުން، އަޙްމަދު ފަޟީލްއަށް މުޙައްމަދު ރަޝީދު
ފަރުދީގޮތުން ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ ދަރަންޏެއްކަން އެނގޭކަމާއި، އެހެންކަމުން، "ރަހުނެއް
ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" އާއި ދިވެހިރާއްޖޭގެ
ކުންފުންޏާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ، އިސްވެދެންނެވިފައިވާ ޤާނޫނީ މަބްދައުތަށް،
އިސްތިއުނާފުކުރެވިފައިމިވާ ކޯޓުއަމުރުން ބޭންކް އޮފް މޯލްޑިވްސްގެ ގދ. ގައްދޫ ބްރާންޗްގެ މައްޗަށް
އަމުރުކުރައްވައިފައިވާ ކަންކަމުގެ މައްޗަށް ތަޠުބީޤުކުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް
ކޯޓުން ނެރުއްވާފައިވާ، އިސްތިއުނާފުކުރެވިފައިވާ ކޯޓުއަމުރުގައި ބަޔާންކުރައްވާފައިވާ ގޮތުގެމަތިން،
މުޙައްމަދު ރަޝީދުގެ ޙިއްޞާ އޮންނަ ކުންފުންޏެއްކަމަށްވާ މާނަލާ ކޮމްޕެނީގެ ނަމުގައި ބޭންކް އޮފް
މޯލްޑިވްސްގައި ހުޅުވާފައިވާ 7710700251001 އެކައުންޓު ފްރީޒްކުރުމަށް ނުވަތަ އެއެކައުންޓުގައި
ހުރި ފައިސާ، ކޯޓުން ކަނޑައަޅާ އެކައުންޓަކަށް ޖަމާކުރަން އެންގުމުގެ ބާރު ހުވަދުއަތޮޅު ދެކުނުބުރީ
ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމާއި،
އަދި އެއަމުރުގައި ބަޔާންކޮށްފައިވާ ޓްވާރޑްސް ފިހާރައަކީ މުޙައްމަދު
ނަމުގައި ހުޅުވާފައިވާ ފިހާރައެއްކަމާއި އެފިހާރައިގެ ނަންބަރު 7704259391001 އެކައު
އްޖޭގެ ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު "
44
=3
2012/HC-A/100
کی مرکی
4 c
ނަމުގައި ހުޅުވާފައިވާ އެކަންއުންޓެއްކަމަށް މުޙައްމަދު ރަޝީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވުމުން، "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި
ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން އެއެކައުންޓް ފްރީޒްކުރުމުގެ
އަމުރެއް ނެރުމުގެ ބާރު ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަމުގަ
ވީނަމަވެސް، އެއެކައުންޓުންވެސް އެއްވެސް ފައިސާއެއް ނަގާ ވަކިއެކައުންޓަކަށް
އަމުރުކުރުމުގެ ބާރު ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާކަމެވެ.
1
ޖަމާކުރަން
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ
ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q4MC-01/2012 ކޯޓުއަމުރަކީ ބަދަލު ގެންނަންޖެހޭ
އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
ޤަބޫލުކުރެވެއެވެ
"
• އުކުވެ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ގދ. ގައްދޫގައުމާތިގެ މުޙައްމަދު ރަޝީދުގެ މައްޗަށް ގދ.
ގައްދޫ އޯކިޑްވިލާ އަޙްމަދު ފަޟީލް ހުށަހަޅުމުން، އަޙްމަދު ފަޟީލްއަށް މުޙައްމަދު ރަޝީދު ފަރުދީގޮތުން
ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ ދަރަންޏެއް، ޙުކުމުގައިވާ ގޮތުގެމަތިން އަދާނުކޮށްގެން ހުވަދުއަތޮޅު
ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދެވަނަ މައްސަލައާގުޅިގެން މުޙައްމަދު ރަޝީދުގެ
ޙިއްޞާ އޮންނަ ކުންފުންޏެއްކަމަށްވާ މާނަލާ ކޮމްޕެނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި
ހުޅުވާފައިވާ 7710700251001 އެކައުންޓު ފްރީޒްކުރުމަށާއި، އިސްވެދެންނެވުނު މާނަލާ ކޮމްޕެނީގެ
ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ 7710700251001 އެކައުންޓާއި، މުޙައްމަދު
ރަޝީދުގެ ނަމުގައި ހުޅުވާފައިވާ ފިހާރައެއްކަމަށްވާ
ފިހާރައިގެ
7704259391001 އެކައުންޓުގައި، މުޙައްމަދު ރަޝީދުގެ މައްޗަށް ސާބިތުވެފައިވާ ޢަދަދަށް ފައިސާ
ހުރިނަމަ، އެއެކައުންޓުތަކުން އެޢަދަދަށް ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
7710411461001 އެކައުންޓަށް ފައިސާ ޖަމާކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ގދ.
މައްޗަށް،
ހުވަދުއަތޮޅު
ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ
ޓްވާރޑްސް
ނަންބަރު
Oo
0x
/
OLOO
ޓްރާންޗްގެ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
443
2012/HC-A/100
کی عمری
ދެވެ
6 ޤަޟިއްޔާ ނިމުނު ގޮ
Q4MC-01
/
2012 ކޯޓުއަމުރުން ކުރައްވާފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށްކަމަށް އެކޯޓުން ކުރައްވާފައިވާ އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު Q4C-01
/
2012 ކޯޓުއަމުރުގެ ބައި ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
އެހިރާއްޖޭގެ
އައިކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv