ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/59 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/59
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟީއްޔާ ނަންބަރ: 59/HC-A/2013
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަސްލަމް މުޙައްމަދު
* އައިޑީ ކާޑު ނަންބަރ: A119579
* ދާއިމީ އެޑްރެސް:
.
ގުރައިދޫ ޝަބްނަމީގެ
މިހާރުގެ އެޑްރެސް: ކ. ގުރައިދޫ ޝަބްނަމީގެ
:
• ހުށަހެޅުނު ތާރީޚް: 17 ފެބުރުއަރީ 2013
ނިމުނު ތާރީޚް: 30 އޭޕްރީލް 2013
346/Cr-C/2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުން
ތާރީޚް: 21 ފެބުރުއަރީ 2011 ނިމުނު ތާރީޚް: 20 ސެޕްޓެމްބަރު 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢައްބާސް ޝަރީފު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/59
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/346 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއް ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ކ. ގުރައިދޫ ޝަބްނަމީގެ އަސްލަމް މުޙައްމަދަށެވެ.
ޗެތ ޑ
رب کع کا
ECCO
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/346 ޤަޟިއްޔާގައި އަސްލަމް މުޙައްމަދުގެ މައްޗަށް
ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، 25 ޖެނުއަރީ 2011 ވަނަ ދުވަހުގެ 23:30 ހާއިރު، މާލެއިން ކ.
ގުރައިދޫއަށް ދިޔަ ”ކޮޓުއާ އައިލެންޑް ރިސޯޓު“ ގެ ލޯންޗަކުން އަސްލަމް މުޙައްމަދު މަސްތުވާތަކެތި
ގެންދާކަމަށް ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުންގެ ބޭކަލުން އަސްލަމް
މުޙައްމަދު ހޯދަމުން ދަނިކޮށް، އަސްލަމް މުޙައްމަދު ކ. ގުރައިދޫ ދިލްޝާދުގެ ކުރިމަތިން ފެނިގެން ފުލުހުންގެ
ބެލުމުގެ ދަށަށް ގެންގޮސް އަސްލަމް މުޙައްމަދުގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، އަސްލަމް މުޙައްމަދުގެ
ކަނާތުން ފެނުނު ދިޔާއެއްޗެއް ހުރި 01 ފުޅިއާއި އަސްލަމް މުޙައްމަދުގެ ވާތުން ފެނުނު ދިޔާއެއްޗެއް ހުރި 01
ފުޅީގައި ހުރި ތަކެތި ތަޙްލީލުކުރިއިރު، އެތަކެތި ބަނގު އާތްވަށް ޕޮޒިޓިވް ވެފައިވާތީ ޤާނޫނު ނަންބަރު 4/75
(ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ
އެޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އަސްލަމް މުޙައްމަދުގެ މައްޗަށް ޤާނޫނާއި ޚިލާފަށް
ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅު
ގެންގުޅުމުގެ ކުށުގެ ދަޢުވާ ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ގުރައިދޫ ޝަބްނަމީގެ އަސްލަމް މުޙައްމަދުގެ މައްޗަށް
ދައުލަތުގެ ފަރާތުން ދަޢުވާކުރި، ޤާނޫނާއި ޚިލާފަށް ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ
މައްސަލަ ޝަރީޢަތުން ބެލި ބެލުމުން، ބަނގުރާ ގެންގުޅުނު ކަމަށް އަސްލަމް މުޙައްމަދު އިންކާރުކުރާތީ އާއި،
އަސްލަމް މުޙައްމަދުގެ އަތުން ފެނުނުކަމަށް ހުށަހެޅިފައިވާ ބަނގުރާކަމަށް ބެލެވޭ ތަކެތީގެ މިންވަރަކީ ކިހާ
މިންވަރެއްކަން ތަޙްލީލު ރިޕޯޓުން އެނގެން ނެތުމުންނާއި، އަސްލަމް މުޙައްމަދުގެ އަތުން ފެނުނު ބަނގުރާކަމަށް
ބެލެވޭ ތަކެތީގެ މިންވަރާއި މެދު ހެކިންގެ ބަސް ތަފާތުވާތީ އާއި، އަސްލަމް މުޙައްމަދުގެ އަތުން ފެނުނު
17
CO
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/59
ފުޅިތަކުގައި ހުރީ ހުސް ބަނގުރާކަން ތަޙްލީލު ރިޕޯޓުންވެސް އަދި އެހެން ގޮތަކުންވެސް އެނގެން
ނެތުމުންނާއި، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، އަސްލަމް މުޙައްމަދު،
ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުނުކަމަށް ޤަބޫލުކުރެވޭވަރުގެ ހެއްކާއި ޤަރީނާ ލިބިފައިވާނުވާތީ،
އަސްލަމް މުޙައްމަދުގެ މައްޗަށް ދައުލަތުން ކުޅަ، ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާކަން
އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
¢ ¢ ¢9
346/Cr-C/2011
0
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި ޚިލާފަށްކަމަށް ބުނެ ދައުލަތުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން
ފުރަތަމަ ނުކުތާއަކީ: އަސްލަމް މުޙައްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ބަނގުރާ ގެންގުޅުމުގެ
ކުށުގެ ދަޢުވާކަމަށްވާއިރު، އެ ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ބަހުން އަސްލަމް
މުޙައްމަދުގެ އަތުން ފެނުނު ދެ ފުޅީގައި ބަނގުރާކަމަށް ތުހުމަތުކުރެވޭ ދިޔާ އެއްޗެއް ހުރިކަމާއި، އެ ތަކެތީގެ
ތަޙްލީލު ރިޕޯޓުން އެ ދެ ފުޅީގައި ހުރި ދިޔާ ތަކެއްޗަކީ ބަނގުރާކަމަށް ދައްކާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވާ
މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 4/75 (ދިވެހިރާއް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5
ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުން
ކަނޑައަޅާ ޤަވާޢިދަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ގޮތަކަށް ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކުރުމާއި
ގެންގުޅުން މަނާކޮށް އެކަމަށް ވަކި މިންވަރެއް ކަނޑައެޅިފައިނުވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
04 0
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/59
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/346 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުތާތަކާއި
ގުޅިގެން އަސްލަމް މުޙައްމަދުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާއި
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
5 23
ގުރައިދޫ ޝަބްނަމީގެ އަސްލަމް މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި
ޤާނޫނާއި ޚިލާފަށް ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދަޢުވާއަށް އަސްލަމް މުޙައްމަދު
އިންކާރުކޮށްފައިވާކަން އެމައްސަލައާއި ގުޅިގެން ކްރިނަމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، އަސްލަމް މުޙައްމަދު
ދެއްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
(ށ) އަސްލަމް މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުންކުރި ދަޢުވާއަށް އިންކާރު ކޮށްފައިވާތީ، ދަޢުވާ
ސާބިތުކުރުމަށްޓަކައި ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ލާންސްކޯޕްރަލް މުޙައްމަދު މަޖުދީ އާއި ކޮންސްޓަބަލް ޢަލީ އަޚްތަރާއި ލާންސްކޯޕްރަލް އަޙްމަދު ފަތްޙީ،
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2012 ޖޫން 25 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި އަސްލަމް
މުޙައްމަދުގެ އަތުން ފެނުނު ދެ ފުޅީގައި ބަނގުރާކަމަށް ތުހުމަތު ކުރެވޭ ދިޔާއެއްޗެއް ހުރިކަން އެނގެން
އޮންނައިރު، އެ ދެ ފުޅީގައި ހުރި ދިޔާ ތަކެތި ބަނގުއާތްވަށް (ބަނގުރާ) ޕޮޒިޓިވްވެފައިވާކަން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 2011
/
109/FSD
(
D
)
-DR (27 ޖެނުއަރީ 2011) ”ލެބޯޓްރީ ތަޙްލީލު
ރިޕޯރޓް“ އިންނާއި އެތަކެތި ތަޙްލީލު ކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް އަޙްމަދު ބިލާލު
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2012 ޖުލައި 15 ވަނަ ދުވަހު ދީފައިވާ ބަޔާނުން އެނގެން
އޮވެއެވެ.
(ނ) ދިވެހިރާއްޖެއަށް ބަނގުރާ ގެންނަންވާނީ އަދި ގެންގުޅެންވާނީ މިނިސްޓްރީ އޮފް ޓްރޭޑް،
އިންޑަސްޓްރީޒް އެންޑް ލޭބަރުން ކަނޑައަޅާ ޤަވާޢިދަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޤާނޫނު ނަންބަރު 4/75
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/59
އއގށް
(ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަމާއި، އެ
މާއްދާގެ ދަށުން އެއްވެސް މިންވަރެއް ހުއްދަކުރެވޭނީ އެމިނިސްޓްރީން ކަނޑައަޅާފައިވާ ޤަވާޢިދާ
ކަމާއި، އެޤަވާޢިދާ ޚިލާފަށް ބަނގުރަލުގެ އެއްވެސް މިންވަރެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ
ދިވެހިރާއްޖޭގައި ގެންގުޅުން އެއްވެސް ޤައިދެއްނެތި، ގިނަ މިންވަރާއި މަދު މިންވަރު، އަދި އެބޮއިގެން
މަސްތުވެދާނެ ނުވަތަ މަސްތުނުވެދާނެ މިންވަރު އެއްވެސް އިސްތިސްނާއެއް ކުރުމަކާއި ނުލައި
މަނާކުރެވިފައިވާކަން އެނގެން އޮންނައިރު،
މިމައްސަލައިގާ ހާޒިރުކުރެވިފައިވާ ހެކިންގެ ބަސް އެއްކޮށްލުމުން އަސްލަމް މުޙައްމަދުގެ އަތުން ފެނުނު
ދެ ފުޅީގައި 01 (އެކެއް) އިންޗި އުސްމިނަށް ބަނގުރާ ހުރިކަން އެނގެން އޮތުމުގެ އިތުރުން އަސްލަމް
މުޙައްމަދުގެ އަތުން ފެނުނު ދެ ފުޅީގައި ބޮއިގެން މަސްތުވާ ވަރަށް އެއްޗެއް ނުހުންނާނެ ކަމަށް އަސްލަމް
މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2012 ޖޫން 18 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި
ބުނެފައިވާކަމާއި، އަސްލަމް މުޙައްމަދުގެ މި ވާހަކައިން އެ ދެ ފުޅީގައި ކޮންމެވެސް މިންވަރެއްގެ އެއްޗެއް
ހުރިކަން އެނގޭއިރު، އެއީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން
މަނާކުރެވިފައިވާ މަނާކުރުން ހުއްދަކުރެވޭނެ ޙާލަތެއް ކަމަށް ބެލެވެން ނެތްކަމާއި،
އަދި ހަމަ އެހެންމެ އަސްލަމް މުޙައްމަދުގެ އަތުން ފެނިފައިވާ ތަކެއްޗަކީ އިޝާރާތްކުރެވުނު
މާއްދާގައިވާ ބަޔާންކުރެވިފައިވާ ޤަވާއިދުގެ ދަށުން ގެންގުޅުމުގެ ހުއްދަ ލިބިގެން ގެންގުޅެފައިވާ ތަކެތިކަން
ޝަރީޢަތަށް ސާބިތުވާނެ ހުށަހެޅިފައިނުވާކަން އެނގެއެވެ.
c etc?
އެއްވެސް ހެއްކެއް
(ހ) ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ އެއްޗެއް ދިވެހިރާއްޖޭގައި އުފައްދައިފި ނުވަތަ މި ޤާނޫނާ ޚިލާފު ގޮތަކަށް
ދިވެހިރާއްޖެއަށް ގެނެސް، އަތުގައި ބަހައްޓައި، ގެންގުޅެ، ދީ ނުވަތަ ވިއްކައި ހަދައިފި މީހެއްގެ އަދަބަކީ، 1
އަހަރާއި 3 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ
-/1000ރުފިޔާއާއި -/5000ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުންކަން އެ ޤާނޫނުގެ 13
މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އަސްލަމް މުޙައްމަދުގެ މައްޗަށް މިފަދަ ކުށެއް (ޤާނޫނާއި
3
ވަނަ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/59
ޚިލާފަށް ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށެއް) މީގެ ކުރިން ސާބިތުވެފައިނުވާކަން އަސްލަމް
މުޙައްމަދުގެ ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮވެއެވެ.
ވީމާ، އިސްވެފާހަގަކުރެވުނު ކަންކަމަށް ބެލުމުން، އަސްލަމް މުޙައްމަދުގެ އަތުން ބަނގުރާކަމަށް
ތުހުމަތު ކުރެވޭ ދިޔާއެއްޗެއް ހުރި ދެ ފުޅި ފެނިފައިވާކަން ހެކިންގެ ހެކިބަހުންނާއި، އަސްލަމް މުޙައްމަދުގެ
ބަހުން އެނގެން އޮންނައިރު، އެ ދެ ފުޅީގައި ހުރި ދިޔާ ތަކެތި ބަނގުރާއަށް ޕޮޒިޓިވްވެފައިވާކަން އެތަކެތީގެ
"ލެބޯޓްރީ ތަޙްލީލު ރިޕޯރޓް، އިންނާއި އެތަކެތި ތަޙްލީލު ކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް
އަޙްމަދު ބިލާލުގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/346
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް
އެއްބެސްވެއެވެ.
0
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ރިޢާޔަތްކުރުމުން، ކ. ގުރައިދޫ ޝަބްނަމީގެ އަސްލަމް
މުޙައްމަދުގެ އަތުން ބަނގުރާކަމަށް ތުހުމަތު ކުރެވޭ ދިޔާއެއްޗެއް ހުރި ދެ ފުޅި ފެނިފައިވާކަން ހެކިންގެ
ހެކިބަހުންނާއި، އަސްލަމް މުޙައްމަދުގެ ބަހުން އެނގެން އޮންނައިރު، އެ ދެ ފުޅީގައި ހުރި ދިޔާ ތަކެތި
ބަނގުއާތްވަށް (ބަނގުރާއަށް) ޕޮޒިޓިވްވެފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު -(FSD
(
D
2011
/
109/DR (27 ޖެނުއަރީ 2011) ”ލެބޯޓްރީ ތަޙްލީލު ރިޕޯރޓް“ އިންނާއި އެތަކެތި ތަޙްލީލު ކުރި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް އަޙްމަދު ބިލާލުގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު
ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން
އަސްލަމް މުޙައްމަދު ކުށްވެރިވެއްޖެ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އަސްލަމް މުޙައްމަދުގެ އަތުން ފެނުނު ކަމަށް ޝަރީޢަތަށް ސާބިތުވާ
ބަނގުރަލުގެ މިންވަރާއި، އަސްލަމް މުޙައްމަދުގެ ކުށުގެ ރެކޯޑަށް ރިޢާޔަތްކޮށް، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން
ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ޅ) ގެ
ދަށުން، އަސްލަމް މުޙައްމަދު -/2500ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާކޮށް، މިފައިސާ މިއަދު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/59
(2013 އޭޕްރީލް 30 ވަނަ ދުވަހު) ން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގައި ކްރިމިނަލް ކޯޓަށް
ދެއްކުމަށް ގުރައިދޫ ޝަބްނަމީގެ އަސްލަމް މުޙައްމަދަށް އަންގާ، ކްރިމިނަލް ކޯޓުގެ ނަންބަރު -Cr/346
2011/C ޤަޟިއްޔާގެ ޙުކުމް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާތިލްކޮށްފީމެވެ.
cu o
»T
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv