ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/146 ޤަޟިއްޔާގެ ޙުކުމް
2009HC-A146
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ. 146/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
+ ނަން: އާދަމް ޝަރީފް
* ދާއިމީ އެޑްރެސް: ގއ.ދެއްވަދޫ،ލުކިންގްސައިޑް
* އައިޑީ ކާޑު ނަންބަރ. 025020-A މިހާރުގެ އެޑްރެސް: މއ.ސްނޯވައިޓް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު މޫސާ
އައިޑީ
ދާއިމީ އެޑްރެސް: ގއ.ދާންދޫ ސީނާ
މިހާރުގެ އެޑްރެސް:
ވެ.ތ.ތ..
A052390
ރަޖިސްޓްރީ ތާރީޚް: 29 ޖުމާދަލްއޫލާ
1429
ނިމުނު ތާރީމް: 20 ރަޖަބު 1432
22 ޖޫން 2011
24
މެއި
2009
އިސްތިއުނާފުކުރެ
ފިކުރެވުނު ޤާޟިއްޔާ ނަންބަރު:2008/P
-
5
-
C/65
ނިންމެވި ފަރާތް ގއ.ދާންދޫމެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 3 ޖުލައި 2008 * ނިމުނު ތާރީޚް: 20 އޭޕްރީލް 2009
0
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޖުހިނގުން.ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt
.
$
ov
-
ins
2
2009HC-AI46
މިއީ، ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/PSC/65 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ގއ.ދެއްވަދޫ ލުކިންގ ސައިޑް އާދަމް ޝަރިފް
(ދ.ރ.ކާޑް ނަންބަރު:A025420)، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުން ހައިކޯޓުން
ބަލާފައިވާ މައްސަލައެކެވެ. މިމައްސަލާގެ އިސްތިޢުނާފް ރައްދުވާ ފަރާތަކީ، ގއ.ދާންދޫ ސީނާ، މުޙައްމަދު
މޫސާ (ދ.ރ.ކާޑް ނަންބަރު:A306054) އެވެ.
L01
3ފ994 6
ހުށަހެޅުމެން
* ފާހަގަކުރެވުނު ނުކުތާތައް:
މިއީ، ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/P5C/65 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ގއ.ދެއްވަދޫ ލުކިންގ ސައިޑް
އާދަމް ޝަރިފް، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް
ބައްލަވާފައިވާ މައްސަލައެކެވެ. އާދަމް ޝަރީފް ހުށަހެޅި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ގއ.ދާންދޫ
ސީނާ، މުޙައްމަދު މޫސާ އެވެ.
02- ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/P5C/65 ޤަޟިއްޔާގައި، ގއ.ދާންދޫ! ސީނާ،
މުޙައްމަދު މޫސާ ކޮށްފައިވާ ދަޢުވާއަކީ، އޭނާއާއި، ގއ.ދެއްވަދޫ ލުކިންގ ސައިޑް އާދަމް ޝަރިފްއާއި،
ގއ.ކޮނޑޭ މުޙައްމަދު ޒުހައިރު ކިޔާ މީހަކާއި 03 (ތިނެއް) މީހުން، ހަމަހަމައަށް ހިއްސާ ވާގޮތަށް
ރީތިރަށް ރިޒޯޓުން، ތިން މީހުންގެ ނަމުގައި މަސައްކަތް ނެގުމަށްފަހު، ތިންމީހުންގެ ތެރެއިން މުޙައްމަދު
ޒުހައިރު މަސައްކަތަށް ނުގޮސް ވަކިވުމާއި ގުޅިގެން މުޙައްމަދު މޫސާއާއި އާދަމް ޝަރީފާއި، ކ.ގުރައިދޫ
ރަތްވިލާގެ، މުޙައްމަދު ފާރޫޤްއި ތިންމީހުން ބައިވެރިވެގެން އެރިޒޯޓުގައި އެމަސައްކަތްކޮށް ނިމުމުން،
ރިޒޯޓުން ލިބުނު ފައިސާގެ ތެރެއިން ޚަރަދު ކަނޑައި މުޙައްމަދު މޫސާއަށް ލިބެންޖެހޭ
529383
06ރ.(ފަންސާސް ދެހާސް ތިންސަތޭކަ އަށްޑިހަ ތިންރުފިޔާ، ހަލާރި) އާއި، އިތުރު ގަޑީގެ
ފައިސާގެ ގޮތުގައި 95 އެމެރިކާ ޑޮލަރ މުޙައްމަދު މޫސާއަށް ނުދީ ރީތިރަށް ރިޒޯޓުން ނެގުމަށްފަހު،
އެފައިސާ އާދަމް ޝަރީފް ބޭނުންކޮށްފައި ވާކަމަށްބުނެ އާދަމް ޝަރީފް އަތުން އެފައިސާ ހޯދުމަށް މުޙައްމަދު
މޫސާ ކޮށްފައިވާ ދަޢުވާއެއް ކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، އާދަމް ޝަރީފްގެ މައްޗަށް މުޙައްމަދު މޫސާ ކުޅަ
ދަޢުވާއަށް އާދަމް ޝަރީފް އިންކާރު ކޮށްފައި ވިޔަސް، މުޙައްމަދު މޫސާގެ ފަރާތުން ޝަރީޢަތަށް
އަޕިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޓެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސަޢީޓް: Www.iighcourt.gov.mv
[email protected]
3
2009 HC-A140
ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުން، ދަޢުވާގައި ބުނެފައިވާ މަސައްކަތް ރީތިރަށް ރިޒޯޓުގައި ކޮށްފައިވަނީ
އެންމެން އެއްވަރަށް ހިއްސާވެ، އެމަސައްކަތުން ޚަރަދު ކަނޑާ ލިބޭ އެއްޗެއް އެއްވަރަކަށް ތިންމީހުންގެ
މެދުގައި ބަހާގޮތަށްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، މުޙައްމަދު މޫސާގެ ދަޢުވާގައި
ބުނެފައިވާ 52383
/
06ރ.(ފަންސާސް ދެހާސް ތިންސަތޭކަ އަށްޑިހަ ތިންރުފިޔާ، ހަލާރި) އާއި، 95
ޔޫ.އެސް. ޑޮލަރ އަކީ އާދަމް ޝަރީފްގެ ފަރާތުން މުޙައްމަދު މޫސާއަށް ދޭންޖެހޭ ފައިސާއެއްކަމަށް
ކަނޑައަޅުއްވައި، 20 އޭޕްރީލް 2009 ދުވަހުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި އެފައިސާ
ގއ.ދާންދޫ ކޯޓަށް ދެއްކުމަށް ގއ.ދެއްވަދޫ/ ލުކިންގ ސައިޑް އާދަމް ޝަރީފަށް އަންގަވައި އެގޮތުގެ
މަތިން ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/P5C/65
ޤަޟިއްޔާގައި ޙުކުމް ކުރައްވާ ނިންމެވުމުން، އެ ޙުކުމާ މެދު ހިތްހަމަ ނުޖެހިގެން ގއ.ދެއްވަދޫ ލުކިންގ
ސައިޑްއާދަމް ޝަރިފްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަންނަނިވި ނުކުތާތައް ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/P5C/65 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހުގައި، ގއ.ދާންދޫޖަރީމާގެ، ޒުންނަވާރު ސަލީމުއާއި، ކޮނޑޭ (މ.މ.ފ.ދ2006)
މުޙައްމަދު ޒުހައިރުއާއި، ތ.ގުރައިދޫ(ރަތްވިލާގެ، މުޙައްމަދު ފާރޫޤު، އާދަމް ޝަރީފްއާއި ދެކޮޅަށް ހެކިބަސް
އަދާކޮށްފައިވާކަން ދޭހަވާގޮތަށް އެޤަޟިއްޔާގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 05 ވަނަ ނަންބަރުގައި
ފާހަގަކުރައްވާފައިވާއިރު، އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އެ 03 މީހުންކުރެ އެކަކުވެސް ހާޒިރުކޮށް
ހެކިބަސް ހޯދާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ.
• ދެވަނަ ނުކުތާއަކީ ރަންކުރި ކޮންސްޓްރަކްޝަނުން ހުށަހެޅި އެސްޓިމޭޓަކަށް ރީތިރަށް
ރިސޯޓުގެ ފަރާތުން އެކުންފުންޏާއި ހަވާލު ކުރި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމައި،
އެމަސައްކަތަށް ރަންކުރި ކޮންސްޓްރަކްޝަނުން ބިލްކުރުމުން، އެކުންފުންޏަށް ދޫކޮށްފައިވާ ފައިސާއަކީ
އެކުންފުނީގެ ޙައްޤެއްކަމަށާއި، މައްސަލަ ބެއްލެވިއިރު، މަސައްކަތްކުރަން ހުށަހެޅި އެސްޓިމޭޓްއި، ބިލްކުރި
ފަރާތަކާއި، ފައިސާ ދޫކޮށްފައިވަނީ ކޮންފަރާތަކަށް ސާފުކުރެއްވުމަށް މަސައްކަތް ކުރެއްވިނަމަ، މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ތީޅުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް: ]
www.bighcourt.gov.my
4
2(39 HC-A/146
މޫސާ ހޯދުމަށް ދަޢުވާކުރާ ފައިސާއަކީ ކޮންފަރާތެއްގެ ޙައްޤެއްކަން އެއްވެސް އޮޅުމެއް ނެތް މިންވަރަށް
ސާފްވުމުގެ ފުރުޞަތު އޮތްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ
• ތިންވަނަ ނުކުތާއަކީ: އާދަމް ޝަރީފަކީ މާލޭގައި ވަޒަންވެރިވެ މާލޭގައި ދިރިއުޅެމުން
މީހެއްކަމަށްވާއިރު، ގދ.ދާންދޫ ކޯޓަށް ހާޒިރުކޮށް، އާދަމް ޝަރީފްގެ ޣައިރު ހާޒިރުގައި ކޯޓުން
ލިޔެފައިވާ ބަޔާނެއްގައި އޭނާ ސޮއިކުރީ، އެބަޔާނުގައި ސޮއިކުރުމަށްފަހު، އެބަޔާނުގައިވާ ކަންތައްތަކާމެދު
ވާހަކަ ދެއްކުމުގެ ފުރުޞަތު ދެއްވާނެ ކަމަށް ހީކޮންކަމަށާއި، ނަމަވެސް ހަމަ ކުޑަހިނދު ތެރޭގައި،
އިތުރު ވާހަކަ ދެއްކުމުގެ ފުރުޞަތު ނުދެއްވައި މައްސަލަ ނިންމަވާ ލެއްވީކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާ.
ex
ގއ.ދާންދޫ
ނުކުތާއަކީ: އިސްތިއުނާމް މިކުރެވޭ
ނަންބަރު:2008/PSC/65 ޤަޟިއްޔާގެ ޝަރީޢަތް ނިމުމުން، ހުރިހާ ބަޔާންތަކާއެކު ރިޕޯޓު ދޫކުރުމަށް
އެދުމުން، މިމައްސަލައަކީ މަދަނީ ކޯޓުގެ ނަންބަރު: 2005/MC/593 ޤަޟިއްޔާ ގައި ބާޠިލް
ކުރައްވާފައިވާ މައްސަލާގައި ހިމެނޭ މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް ނިންމަވާފައިވާ ޤަޟިއްޔާއެއް
ކަމުގައި ވިދާޅުވެ، އެބަޔާންތައް ނުހިމަނުއްވައި، ރިޕޯޓު ދޫކޮށްފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ.
04- މިމައްސަލައާއި ގުޅިގެން ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/PSC/65 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން އާދަމް ޝަރިފްގެ ފަރާތުންނާއި
މައްސަލަ ރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ
ލިޔުންތަކަށް ބަލާއިރު ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެއެވެ.
(ހ) އިސްތިއުނާފް މިކުރެވޭ ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/P5C/65 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގައި ފާހަގަކުރައްވާފައި ނުވިނަމަވެސް،
މިމައްސަލައާއި ގުޅިގެން ހައިކޯޓަށް ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފް މިކުރެވޭ ގއ.ދާންދޫ
ކޯޓުގެ ނަންބަރު:2008/P7C/65 ޤަޟިއްޔާގައި މުޙައްމަދު މޫސާ ކުޅަ ދަޢުވާއަކީ، އޭގެ ކުރީން 31 މާރޗް
2005 ގައި މަދަނީކޯޓުގައި އެދަޢުވާކުރުމުން އެކޯޓުގެ ނަންބަރު: 2005/MC/593 ގެ ޤަޟިއްޔާއިން
އެވައްސަލަ ބައްލަވަމުން
މުޙައްމަދު މޫސާގެ ފަރާތުން ޝަރީޢަތަށް ހާޒިރުވުމަށް
2
8 ހއ
9-t
کر نعمار،
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޖުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: xxx.highcourt.gov.mv
5
2l) HC-A/146
ހަމަޖައްސާފައިވާ ފަރާތުން ކޯޓަށް ހާޒިރު ނުވުމުގެ ސަބަބުން އެމައްސަލަ މަދަނީކޯޓުން ބާޠިލް
ކުރެއްވުމުން، ހަމަ އެދައުވާ ދާންދޫ ކޯޓަށް ހުށަހެޅުމުން ދާންދޫ ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއް
ކަމާއި،
އަދި އިސްތިއުނާފް މިކުރެވޭ ދާންދޫ ކޯޓުގެ ޤަޟިއްޔާގައި ޝަރީޢަތުން ރިޢާޔަތް
ކުރައްވާފައިވާ ޚަޞްމުންގެ ބަޔާންތަކާއި ހެކީންގެ ބަޔާންތަކަކީވެސް މަދަނީ ކޯޓުގެ ނަންބަރު:
2005/MC/593 ޤަޟިއްޔާއާއި ގުޅިގެން އެކޯޓުން ނަންގަވާފައިވާ ބަޔާންތައްކަން، އިސްތިއުނާފް
މިކުރެވޭ ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/PSC/65 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ފިހުރިސްތުގައި ހިމަނާފައިވާ މަޙްޝަރު ބަޔާންތަކުގެ ނަންބަރު ތަކުން ރަގަޅަށް އެނގެން އޮންނަކަން
ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ފަދައިން މަދަނީ ކޯޓުގައި ހިނގަމުން ދަނިކޮށް ބާޠިލް
ކުރެވުނު އެ ކޯޓުގެ ނަންބަރު:2005/MC/593 ޤަޟިއްޔާގެ ރިޕޯޓަށާއި، މިހާރު އިސްތިއުނާފް މިކުރެވޭ
ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/PSC/65 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު،
މިދެޤަޟިއްޔާގައިވެސް މުޙައްމަދު މުސާގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ހަމައެއް ދަޢުވާއެއް ކަމާއި،
މިގޮތުން މަދަނީ ކޯޓުގައި އޭރު ހިނގަމުން ދިޔަ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީސްތަކުގައި ދެފަރާތުގެ
ހުރިހާ ބަޔާންތަކަކާއި، ދެފަރާތުގެ ހުރިހާ ހެކީންގެ ބަޔާންތަކެއްވެސް ނަންގަވާފައިވަކަމާއި،
މިގޮތުން އެޤަޟިއްޔާގައި މުޙައްމަދު މޫސާ ކުޅަ ދަޢުވާއަށް އާދަމް ޝަރީފްގެ ފަރާތުން
ޖަވާބު ދިނުމުގެ ގޮތުން ހުށަހަޅާފައިވާ "މަދަނީ ކޯޓުގެ ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާގެ ޖަވާބު
ހުށަހަޅާ ފޯމް" ގައި، މުޙައްމަދު މޫސާގެ ދަޢުވާގައި ބުނެފައިވާ ރީތިރަށް ރިޒޯޓުގައި ކޮށްފައިވާ
މަސައްކަތަކީ، އާދަމް ޝަރީފް ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރަންކުރި ކޮންސްޓްރަކްޝަނުގެ
ނަމުގައި ލިބިފައިވާ މަސައްކަތެއް ކަމަށާއި، އެމަސައްކަތަކީ އެހެން ބަޔަކާއި ހިއްސާވާގޮތަށް ހޯދާފައިވާ
މަސައްކަތެއް ކަމަށް މުޙައްމަދު މޫސާ ބުނާ ބުނުމަކީ ދޮގެއްކަމަށް ބުނެ، މުޙައްމަދު މޫސާއަކީ،
އެމަސައްކަތް ކުރަމުން ދިޔައިރު މަސައްކަތު މީހެއްގެ ގޮތުގައި އެގުރޫޕުގައި އުޅެފައިވާ މީހެއް ކަމަށާއި،
ހިއްގުރޫޕުން އެމަސައްކަތުގައި އެރިޒޯޓުގައި 53 ދުވަސް ހޭދަ ކޮށްފައިވާއިރު، މުޙައްމަދު މޫސާ
އެމަސައްކަތުގައި އުޅެފައިވަނީ ދުވަހު މުސާރައަށް ދުވާލަކު -/150ރ.(ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާވެ. ދިވެހިރާއްޖެ، ފޯން 33251029 ، ފެކްސް 3316471
އީމެއިލް
ވެބް ސައިޓް: www.laiglicottrt.gov.mv
info e high.court.gov-liyaning
6
2009/HC-A/14(
44 0 2 0¢
އެޑްފއގެ
ކަމަށާއި، އަދި މުޙައްމަދު މޫސާ މަސައްކަތް ކުރި ދުވަސްވަރު އަނބުރާ ދައްކާގޮތަށް އެއްފަހަރު
/600ރ.(ހަސަތޭކަ) ރުފިޔާއަކާއި،
ގޮތުގައި -/2000ރ.(ދެހާސް )ރުފިޔާ އެއް
ނަގާފައިވާކަމާއި، ވީމާ، އެފައިސާ ކެނޑުމުން މުޙައްމަދު މޫސާއަށް އާދަމް ޝަރީފް އަތުން ލިބެންޖެހޭ
ފައިސާގެ ޢަދަދަކީ ޖުމްލަ -/4900ރ. (ހަތަރުހާސް ނުވަސަތޭކަ) ރުފިޔާކަމަށް އާދަމް ޝަރީފް މަދަނީކޯޓަށް
25 އޭޕްރީލް 2005 ގައި ހުށަހަޅާފައިވާ ކުރިން ބަޔާން ކުރެވުނު ދަޢުވާގެ ޖަވާބު ފޯމުގައި
ބުނެފައިވާކަމާއި،
އަދި މަދަނީކޯޓުގެ އެޤަޟިއްޔާގައި 12 އޮކްޓޯބަރ 2006 ދުވަހު އާދަމް ޝަރީފް
ދީފައިވާ ބަޔާނުގައި، މުޙައްމަދު މޫސާ ރީތިރަށް ރިޒޯޓުގައި ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ލޭބަރެއްގެ
ގޮތުގައި ކަމަށާއި އެއީ ގާތްގަޑަކަށް 43 ދުވަހު ކަމަށާއި، އޭގެ ފަހުން، އެމަސައްކަތުގެ ސުޕަވައިޒަރެއްގެ
ގޮތުގައި އޭރު އުޅުނު މުޙައްމަދު ފާރޫޤް މަސައްކަތުން ވަކިވުމުން، މުޙައްމަދު މޫސާ ސުޕަރވައިޒަރަކަށް
ހަމަޖެއްސުނު ކަމަށާއި، މުޙައްމަދު މޫސާ ސުޕަރވައިޒަރަކަށް ހަމަޖެއްސިތާ 10 ވަރަކަށް ދުވަހުގެ ތެރޭގައި
އެމަސައްކަތް ނިމިފައިވާކަމަށް އާދަމް ޝަރީފް ބުނެފައިވާކަން އެނގެން އެންގެން އޮންނާތީ، އާދަމް
ޝަރީފްގެ މިބަހުން މުޙައްމަދު މޫސާ ރީތިރަށް ރިޒޯޓުގައި ޖުމްލަ 53 ދުވަހު މަސައްކަތް
ކޮށްފައިވާކަމަށްވެސް އާދަމް ޝަރީފް އެއްބަސްވާކަން ފާހަގަކުރެވެއެވެ.
(ނ) މުޙައްމަދު މޫސާ ކުޅަ ދަޢުވާއަށް އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތީން އާދަމް
ޝަރީފްގެ ފަރާތުން މަދަނީކޯޓުގެ އެޤަޟިއްޔާގައި ޖަވާބު ދިނުމުން، މުޙައްމަދު މޫސާ ކުޅަ ދަޢުވާ ސާބިތު
ކޮށްދިނުމަށްޓަކައި، ތިން ހެއްކެއް ހުށަހެޅުމުން އެހެކީން ޝަރީޢަތަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަމާއި،
އެހެކީންނަކީ، ގއ.ދާންދޫ، ޖަރީމާގެ، ޒުންނަވާރު ސަލީމް (ދ.ރ.ކާޑް ނަންބަރު:010966-A) އާއި،
މ.މ.ދ.ދަފްތަރު ނަންބަރު:2006 މުޙައްމަދު ޒުހައިރު (ދ.ރ.ކާޑް ނަންބަރު:
046772-A) އާއި،
ކ.ގުރައިދޫ ރަތްވިލާގެ، މުޙައްމަދު ފާރޫޤް (ދ.ރ.ކާޑް ނަންބަރު:083442-A) އާއި މި ތިންމީހުންކަމާއި،
މީގެ ތެރެއިން ޒުންނަވާރު ސަލީމް 07 އޯގަސްޓް 2005 ދުވަހު މަދަނީކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުގައި، ދަޢުވާކުރާ މުޙައްމަދު މޫސާއާއި ދަޢުވާލިބޭ އާދަމް
ހައި ޝަރީފާއި، މުޙައްމަދު ފާރޫޤާއި ތިންމީހުން ރީތިރަށް ރިޒޯޓުގައި މަސައްކަތް ކޮށްފައިވަނީ އެ ތިންމީހުން
އެއްވަރަކަށް ހިއްސާ ވާގޮތަށްކަމަށް ބުނެ، އެގޮތަށް އެތިންމީހުން އެއްބަސްވެފައިވާކަން އޭނާއަށް އެނގެނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން.ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: "[email protected] ވެބް ސައިޓް www.highcourt.gov.mv
]
2009C-A1+
އާދަމް ޝަރީފް އެގޮތަށް އޭނާ (ޒުންނަވާރު ސަލީމް) ގެ ގާތު ބުނެފައިވާތީ ކަމުގައި ޒުންނަވާރު ސަލީމް
ބުނެފައިވާކަން ފާހަގަކުރެވޭއިރު،
މުޙައްމަދު މޫސާ ހުށަހަޅާފައިވާ ހެކީންގެ ތެރެއިން މުޙައްމަދު ޒުހައިރު 14 އޯގަސްޓް
2005 ދުވަހު މަދަނީކޯޓަށް ދީފައިވާ ބަޔާނުގައި، މުޙައްމަދު މޫސާގެ ދަޢުވާގައި ބުނެފައިވާ މަސައްކަތަކީ،
މުޙައްމަދު ޒުހައިރު ހޯދި މަސައްކަތެއް ކަމަށާއި، ކަންދިމާކުރި ގޮތުން އެމަސައްކަތް ކުރުމަށް އޭނާއަށް
ނުދެވުނީ ކަމަށާއި، މުޙައްމަދު ޒުހައިރުމެން އެއްބަސްވެފައިވާނީ، މަސައްކަތް ކުރަން ބޭނުންކުރާ ތަކެއްޗަށް
ދެބައި ނެގުމަށްފަހު، އެމަސައްކަތުން ލިބޭ އެއްޗެއް އެންމެންނަށް އެއްވަރަކަށް ބަހުމަށްކަމަށާއި، އަދި
އެމަސައްކަތް ކުރުމަށް ރީތިރަށް ރިޒޯޓާއެކު އެއްބަސްވެފައިވަނީ މީހަކަށް ދުވާލަކު 18 އެމެރިކާ ޑޮލަރ
ދޭގޮތަށް ކަމަށާއި، ތިންމީހުންވެސް މަސައްކަތް ކުރީ ސުޕަރވައިޒަރުންގެ ގޮތުގައި ކަމަށް މުޙައްމަދު
ޒުހުއިރު ބުނެފައިވާކަން ފާހަގަކުވޭކަމާއި،
އަދި މުޙައްމަދު މޫސާ ހުށަހަޅާފައިވާ ތިންވަނަ ހެކި ކަމުގައިވާ މުޙައްމަދު ފާރޫޤު
މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ދީފައިވާ ބަޔާނަށް ބަލާއިރު، މުޙައްމަދު ފާރޫޤްއި މުޙައްމަދު
މޫސާއާއި އާދަމް ޝަރީފާއި ތިންމީހުން ރީތިރަށް ރިޒޯޓުގައި މަސައްކަތް ކޮށްފައިވަނީ މީހަކަށް ދުވާލަކަށް
18 ޑޮލަރުގެ މަގުން ކަމަށާއި، މިގޮތުން މަސައްކަތް ކޮށްގެން ލިބޭ އެއްޗެއް ތިންމީހުންނަށް
އެއްވަރަށް ބެހުމަށް އެއްބަސް ވެވުނު ކަމަށާއި، އެމަސައްކަތުގައި އިސްވެ އުޅުނީ އާދަމް ޝަރީފް
ކަމަށާއި، އެ ތިންމީހުންވެސް މަސައްކަތް ކޮށްފައިވަނީ ސުޕަރވައިޒަރުންގެ ގޮތުގައި ކަމަށް މުޙައްމަދު
ފާރޫޤު ބނެފައިވާކަން ފާހަގަކުރެވެއެވެ.
(ށ) މުޙައްމަދު މޫސާގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު:2005/MC/593 ގެ
ޤަޟިއްޔާގައި ކުލަ ދަޢުވާއަށް އިންކާރުކޮށް އާދަމް ޝަރީފްގެ ފަރާތުން ބުނާބުނުން ޝަރީޢަތަށް ސާބިތު
ކޮށްދިނުމަށްޓަކައި އޭނާގެ ފަރާތުންވެސް ދެ ހެކިން ހުށަހަޅާފައިވާކަމާއި، އެއީ ގއ.ވިލިގިލި| އިރުވައިމާގެ
ޝިޢްލާން ނަޖީބް (ދ.ރ.ކާޑް ނަންބަރު: 117091-A) އާއި، ސ.ހިތަދޫ ކުޅިބަލާގެ މުޙައްމަދު ޖުނައިދު
ކަމާއި،
ދިވެހިވާ
ރާއްޖޭގެ
މީގެ ތެރެއިން ޝިޢްލާން ނަޖީބް އެކޯޓަށް ދީފައިވާ ބަޔާނުގައި، އާދަމް ޝަރީފް ގެ
މުވައްޒަފެއްގެ ގޮތުގައި ރީތިރަށް ރަށް ރިޒޯޓުގައި އޭނާ މަސައްކަތް ކޮށްފައިވާ ކަމަށާއި، އޭރު މުޙައްމަދު
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން.ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ޕޯން: 3325329، ފެކްސް: 3316471
އީމެއިލް:
ވެބް ސައިޓް: ww.highcourt.go.ls
[email protected]
8
2009 FIC-A/146
r
މޫސާވެސް އާދަމް ޝަރީފްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމަށާއި، ގާތްގަޑަކަށް އެމަސައްކަތް
ނިމެންދެން މުޙައްމަދު މޫސާ އުޅެފައިވާ ކަމަށާއި، މުޙައްމަދު މޫސާ މަސައްކަތް ކޮށްފައިވަނީ މަހު
މުސާރައަށް މަހަކު -/4500ރ.(ހަތަރުހާސް ފަސްސަތޭކަ) ރުފިޔާ ގެ މަގުން ކަމަށް ޝިޢްލާން ނަޖީބް
ބުނެފައިވާއިރު،
އާދަމް ޝަރީފްގެ ފަރާތުން ހުށަހެޅި ދެވަނަ ހެކި ކަމުގައިވާ މުޙައްމަދު ޖުނައިދުވެސް
ޝިޙްލާން ނަޖީބެކޭ އެއްފަދައިން ބުނުމަށްފަހު، މުޙައްމަދު މޫސާގެ މަހު މުސާރައާއި ބެހޭގޮތުން ތަފާތު
ގޮތަކަށް ބުނެފައިވާކަމާއި، އެއީ މުޙައްމަދު މޫސާ އުޅެފައިވަނީ މަހަކު -/3500ރ.(ތިންހާސް ފަސްސަތޭކަ)
ރުފިޔާ އަށް ކަމަށް ބުނެފައިވާ ބުނުންކަން ފާހަގަކުރެވެއެވެ.
•) އިސްވެ ބަޔާން ކުރެވުނު ހެކީންގެ ހެކިބަހުގައި އެމީހުން ބުނެފައިވާ ބުނުންތަކާއި،
އެ ހެކިބަސްތަކާއިމެދު އިސްތިއުނާފް މިކުރެވޭ ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/65/05C ޤަޟިއްޔާގައި
ނިންމަވާފައިވާ ނިންމެވުމަށް ބަލާއިރު،
މަދަނީ ކޯޓުގެ ނަންބަރު: 2005/MC/593 ގެ ޤަޟިއްޔާއާއި ގުޅިގެން އެކޯޓަށް
މުޙައްމަދު މޫސާގެ ފަރާތުން ހާޒިރުކޮށްފައިވާ 03 ހެކީންގެ ހެކިބަހުގެ މައްޗަށް އިސްތިއުނާފް މިކުރެވޭ
ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/P5C/65 ޤަޟިއްޔާގައި ރިޢާޔަތް ކުރައްވާފައިވާ ގޮތަށް، އެރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 05 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން، އާދަމް ޝަރީފް
މިމައްސަލާގެ އަޞްލަށް އިންކާރު ކުރުމުން މިމައްސަލާގަ ހުށަހެޅުނު ހެކީން ކަމުގައިވާ ޒުންނަވާރު
ސަލީމާއި، މުޙައްމަދު ޒުހައިރާއި، މުޙައްމަދު ފާރޫޤްގެ ބަހުން، މުޙައްމަދު މޫސާ ރީތިރަށް ރިޒޯޓުގައި
މަސައްކަތް ކޮށްފައިވަނީ ސުޕަރވައިޒަރެއްގެ ގޮތުގައި ކަމަށާއި، އަދި އެމަސައްކަތުން ލިބޭ އެއްޗެއް
ޚަރަދުކަނޑާ ހަމަހަމައަށް ތިންމީހުންގެ މެދުގައި ބެހުމަށް އެއެއްބަސްވެގެންކަން ޝަރީޢަތަށް
ސާބިތުވާކަމަށް، ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނާތީ،
ބަޔާން ކުރެވުނު ތިން ހެކީންގެ ހެކިބަހުގެ މައްޗަށް ހައިކޯޓުގައި މިމައްސަލަ ބެލި
ފަނޑިޔާރުން ނަޒަރުކޮށް ބެލި ބެލުމުން، މުޙައްމަދު ފާރޫޤަކީ މުޙައްމަދު މޫސާއެކޭ އެއްފަދައިން އާދަމް
ޝަރީފާ އެކު އެމަސައްކަތުން ލިބުނު ފައިދާއެއްގައި އެއްވަރަކަށް ޙިއްޞާވާކަމަށް ބުނާ މީހެއްކަމާއި، އަދި
އެބުނުމުގެ އިތުރަށް މުޙައްމަދު މޫސާއެކޭ އެއްފަދައިން އެހެން ޤަޟިއްޔާއެއްގައި (މަދަނީކޯޓުގެ ނަންބަރު:
*
ވިލާ،
- =
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް
:
[email protected] inson
www.highcourt.gov.my es
19
2019 HC-A/146
OX
2005/MC/924 ޤަޟިއްޔާގައި) އާދަމް ޝަރީފްގެ މައްޗަށް އެ ހިއްސާ ހޯދުމަށް ދަޢުވާކޮށްފައިވާ
ފަރާތެއްކަން މަދަނީ ކޯޓުގެ ނަންބަރު: 2005/MC/593 ގެ ޤަޟިއްޔާގައި ހުށަހެޅިފައިވާ ބަޔާންތަކުން
ސާފްކޮށް އެނގެން އޮތުމުން، މުޙައްމަދު ފާރޫޤަކީ މުޙައްމަދު މޫސާއެކޭ އެއްފަދައިން އާދަމް ޝަރީފްގެ
މައްޗަށް ދަޢުވާކުރާ ޚަޞްމެއް ކަމާއި، އާދަމް ޝަރީފާއި ދެކޮޅަށް މުޙަމަދު ފާރޫޤު ހެކިބަސް ދީފައިވާ
ފަދައިން އެމައްސަލަ ނިމިގެން ހިގެއްޖެނަމަ މުޙައްމަދު މޫސާ އެކޭ އެއްފަދައިން މާލީ ފައިދާވާނޭ
ފަރާތެއްކަން ސާފުކޮށް އެނގެން އޮތުމުން، ތިމާ އަދާކުރާ ހެކިބަހުގެ ސަބަބުން މާލީ ގޮތުން ނުވަތަ އެނޫން
އެހެން ގޮތަކުންނަމަވެސް، ތިމާއަށް ސިދާ ނުވަތަ ނުސީދާ ގޮތެއްގައި ފައިދާއެއް ލިބިގެންދާނަމަ، އެ
ހެކިބަހަކީ ޝަރުޢީ ހަމަތަކުގެ މަތީން ޤަބޫލު ކުރެވޭނޭ ހެކިބަހަކަށް ނުވާނެތީ، މުޙައްމަދު ފާރޫޤުގެ
ހެކިބަހަކީ މިމައްސަލްގައި ޤަބޫލު ކުރެވޭނޭ ހެކިބަހަކަށް ނުވާނެކަމާއި،
އަދި މުޙައްމަދު މޫސާގެ ފަރާތުން ހާޒިރުކޮށްފައިވާ މުޙައްމަދު ޒުހައިރުގެ ހެކިބަހަށް
ބަލާއިރު، ރީތިރަށް ރިޒޯޓުގައި އާދަމް ޝަރީފާއި މުޙައްމަދު މޫސާއާއި، މުޙައްމަދު ފާރޫޤް ކޮށްފައިވާ
މަސައްކަތަކީ މުޙައްމަދު ޒުހައިރު ހޯދާފައިވާ މަސައްކަތެއް ކަމަށް މުޙައްމަދު ޒުހައިރު ބުނެފައިވާ ބުނުމާއި،
މުޙައްމަދު ޒުހައިރުމެން އެއްބަވަސްވެފައިވަނީ އެމަސައްކަތުން ލިބޭ އެއްޗެއް އެންމެން އެއްވަރަކަށް
ބެހުމަށް ކަމަށް ބުނެފައިވާ ބުނުމާއި، އާދަމް ޝަރީފާއި، މުޙައްމަދު މޫސާއާއި، މުޙައްމަދު ފާރޫޤު
މަސައްކަތް ކޮށްފައިވަނީ ސުޕަވައިޒަރުންގެ ގޮތުގައި ކަމަށް މުޙައްމަދު ޒުހައިރު ބުނެފައިވާ ބުނުމުން،
މުޙައްމަދު ޒުހައިރުއަކީވެސް މުސްތަޤިއްލު ހެއްކެތް ނޫންކަން އެނގޭކަމާއި، އަދި މުޙައްމަދު ޒުހައިރުގެ
ހެކިބަހުގައިވެސް އޭނާއަށް ޙާޞިލްވެގެންދާ މަޞްލަޙަތެއް އެކުލެވޭކަ
ހީވޭކަމާއި، އެހެކިބަހުގެ މައްޗަށް މައްސަލަ
ނިމިގެން ގޮސްފިނަމަ މުޙައްމަދު ޒުހައިރަށްވެސް މާލީ ގޮތުން ފައިދާއެއް ލިބިގެންދާކަން އެނގެން އޮތުމުގެ
އިތުރުން، ރީތިރަށް ރިޒޯޓުގައި މުޙައްމަދު މޫސާ މެން ކޮށްފައިވާ މަސައްކަތަކީ މުޙައްމަދު ޒުހައިރު
ހޯދާފައިވާ މަސައްކަތެއް ކަމަށް މުޙައްމަދު ޒުހައިރު ބުނެފައިވާ ބުނުމަކީ އާދަމް ޝަރީފާއި ދެކޮޅަށް
ޤުޞްމަކަށް ބަދަލުވެގެންދާ ކަމެއްކަމާއި، އެހެނީ އެމަސައްކަތް އެރިޒޯޓުން ހަވާލު ކޮށްފައިވަނީ އާދަމް
ޝަރީފްގެ "ރަންކުރި ގްރޫޕް" އަށް ކަން ރީތިރަށް ރިޒޯޓުން އެމަސައްކަތުގައި އުޅެފައިވާ މީހުންނަށް
ދޫކޮށްފައިވާ "ރީތިރަށް ކޮންސްޓްރަކްޝަން އައިޑެންޓިފިކޭޝަން ކާޑް" އިން އެނގެން އޮންނާތީ، މުޙައްމަދު
ހައިދަކީވެސް މުހައްމަދު ފާރޫޤް އެކޭ އެއްފަދައިން އެމީހުން ދީފައިވާ ހެކިބަހުގެ މައްޗަށް މައްސަލަ
...
ވިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން33250029 ، ފެކްސް: 3316471
އީމެޢިތް. "info :
[email protected]
www.highcourt.gov.my ei;
1{
2019 H.A146
OC
ނިމިގެން ހިގައްޖެނަމަ އެކަމުގެ މަންފާ ލިބޭނޭ މީހެއްކަން، އަދި އެޤަޟިއްޔާގައި ދަޢުވާލިބުނު އާދަމް
ޝަރީފާއި ޚުޞޫމަތެއް އޮތް ފަރާތެއްކަން ޝަރީޢަތަށް ޤަބޫލު ކުރެވޭ ޤަރީނާ ތަކެއް ހުރީތީ، މުހައްމަދު
ޒުހައިރު ދީފައިވާ ހެކިބަހަކީވެސް މިމައްސަލާގައި ޝަރުޢީ ހަމަތަކުގެ މަތިން ޤަބޫލު ކުރެވޭނޭ ހެކިބަހެއް
ނޫންކަމާއި،
މީގެ އިތުރުން މުޙައްމަދު މޫސާގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހާޒިރު ކޮށްފައިވާ
ޒުންނަވާރު ސަލީމްގެ ހެކިބަހަށް ބަލާއިރު، މުޙައްމަދު މޫސާއާއި އާދަމް ޝަރީފާއި މުޙައްމަދު ފާރޫޤާއި
ތިންމީހުން ރީތިރަށް ރިޒޯޓުގައި މަސައްކަތް ކޮށްފައިވަނީ އެމަސައްކަތުން ލިބޭ އެއްޗެއްގައި ތިންމީހުން
އެއްވަރަކަށް ޙިއްސާވާ ގޮތަށްކަން އެނާއަށް އެނގޭކަމަށާއި، އެކަން އެނގެނީ އާދަމް ޝަރީފް އެނާގާތު
އެގޮތަށް ބުނެފައިވާތީކަމަށް ޒުންނަވާރު ސަލީމް ބުނެފައިވާއިރު، އެކަމާއި އާދަމް ޝަރީފް ކަނޑައެޅިގެން
އިންކާރު ކުރާކަމާއި، އާދަމް ޝަރީފް، ޒުންނަވާރު ސަލީމް ގާތު އެފަދައިން ބުނެފައިވާކަން ޒުންނަވާރު
ސަލީމަށް ސާބިތު ކޮށްދެވިފައި ނުވާކަމާއި، މިކަންކަން ފާހަގަކުރެވޭޢިނު، މި ޒުންނަވާރު ސަލީމްގެ
ބަހަކީވެސް ޝަރުޢީ ހަމަތަކުގެ މަތީން ހެކިބަހަކަށް ފުދޭ ބަހެއް ނޫންކަމާއި، މިކަންކަން ފާހަގަކުރެވެއެވެ.
އަދި، އިސްތިއުނާފް މިކުރެވޭ ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/PSC/65 ޤަޟިއްޔާގައި
އާދަމް ޝަރީފްގެ ފަރާތުން މަދަނީ ކޯޓަށް ހާޒިރުކޮށްފައިވާ ދެހެކީންގެ ހެކިބަހަށް ރިޢާޔަތްކޮށްފައިވާ ގޮތަށް
ބަލާއިރު، ޝިޢްލާން ނަޖީބުގެ ހެކިބަހުގައި، މުޙައްމަދު މޫސާ ރީތިރަށް ރިޒޯޓުގައި އުޅެފައިވަނީ އާދަމް
ޝަރީފްގެ މުވައްޒަފެއްގެ ގޮތުކަމަށާއި، މަހު މުސާރައަށް މަހަކު -/4500ރ.(ހަތަރުހާސް ފަސްސަތޭކަ)
ރުފިޔާއަށް ކަމަށްބުނެފައިވާއިރު، އާދަމް ޝަރީފް ހުށަހެޅި ދެވަނަ ހެކި ކަމުގައިވާ މުހައްމަދު ޖުނައިދުގެ
ހެކިބަހުގައި، މުޙައްމަދު މޫސާ ރީތިރަށް ރިޒޯޓުގައި އުޅެފައިވަނީ އާދަމް ޝަރީފްގެ މުވައްޒަފެއްގެ ގޮތުގައި
މަހު މުސާރައަށް މަހަކު -/3500ރ.(ތިންހާސް ފަސްސަތޭކަ) ރުފިޔާއަށް ކަމަށް ބުނެފައިވާ ބުނުމަކީ،
ޝިޢްލާން ނަޖީބުއާއި މުޙައްމަދު ޖުނައިދު ޝަރީޢަތުގެ މަޖިލީހުގައި ދޮގުހަދަމުންދާ ކަން އެނގޭ ކަމެއް
ކަމަށް ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/SC/65 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާ ފާހަގަކުރެއްވުމަކީ، ޝަރީޢަތަށް
ހާޒިރުވާ ހެކީންނަށް އެގިފައިވާ އެނގުމެއްގެ މައްޗަށް ބިނާކޮށް ބުނެފައިވާ ބުނުމަކަށް ނިސްބަތްކޮށް
ޝަރީޢަތުން އެބަސް ސިފަކުރުމުގައި ބޭނުންކުރުން ރަގަޅު ލަފްޒެއް ނޫންކަމާއި، އެހެނީ ހެކިވެރިޔަކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނީ؟ މާލެ، ދިވެހިރާއްޖެ، ފޯން. 3325029 ، ފެކްސް: 3316471
ވެބް ސައިޓް: i
$$
w.lighcourt.gov
,
lar
info â highcout.gov.my
11
C{{9FIC-4:46
$$$3x
3214
ޤަޞްދުގައި ޝަރީޢަތަށް ކަމެއް
ގޮތުން ކަނޑައެޅިގެން ދޮގު ހަދަމުންދާ ކަމަން
ސިފަކުރަންޖެހޭނީ އެފަދައިން އެކަމެއް ސާބިތުކުރެވޭ ވަރުގެ ފާޅުކަންބޮޑު ސާފް ހެކި ޝަރީޢަތަށް
ލިބިފައިވާނަމަކަމާއި، ޝިޙްލާން ނަޖީބުއާއި މުޙައްމަދު ޖުނައިދުގެ ހެކިބަހުން ޝަރީޢަތަށް ސާފުކުރައްވަން
ބޭނުންފުޅުވާނޭ އެންމެ މުހިންމު ނުކުތާއެއް ކަމުގައި ވާންޖެހޭނީ، ދަޢުވާލިބުނު އާދަމް ޝަރީފް ބުނެފައިވާ
ގޮތުގެ މަތީން އެމަސައްކަތް ރީތިރަށް ރިޒޯޓުގައި ކޮށްފައިވަނީ އާދަމް ޝަރީފް އިސްކޮށް ހުރެގެން
މުޙައްމަދު މޫސާމެން ލައްވާ ކުރުވާ މަސައްކަތެއްކަން ނުވަތަ މުޙައްމަދު މޫސާ އެމަސައްކަތް ކޮށްފައިވަނި
މުސާރު ވެރިއެއްގެ ގޮތުގައިތޯ، ނުވަތަ މުޙައްމަދު މޫސާ އެމަސައްކަތް ކޮށްފައިވަނީ އެމަސައްކަތުން ލިބޭ
އެއްޗެއްގެ ވަކި ބައިކުޅަ ބައެއް ލިބޭގޮތަށްކަން އެނގިފައިވާކަން ނުވަތަ ނޫންކަން ޝަރީޢަތުން ސާފް
ކުރުންކަމުގައިވާއިރު، އެ ދެހެކިވެރީންނަށް އެގިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ބުނެފައިވާ
ބުނުމެއްގައި ދެ ހެކިވެރިއެއްގެ ބަސް ތަފާތު ވުމަކީ، އެ ދެމީހުން ޝަރީޢަތުގައި ދޮގު ހަދަމުންދާ ކަމަށް
ސިފަކުރަންޖެހޭނޭ ކަމެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
(ޅ) އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތަކަށް
ބަލާއިރު، ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/P5C/65 ޤަޟިއްޔާގައި މުޙައްމަދު މޫސާ ކޮންފައިވާ
ދަޢުވާއަކީ، އޭގެ ކުރިން އޭނާ މަދަނީ ކޯޓުގެ ނަންބަރު: 2005/MC/593 ގެ ޤަޟިއްޔާގައިވެސް
މުޙައްމަދު މޫސާ ކުޅަ ދަޢުވާކަމާއި، މަދަނީކޯޓުގެ އެޤަޟިއްޔާ ބާޠިލް ކުރެވުނުއިރު ވަނީ މައްސަލާގެ
އަޑުއެހުން ނިމިފައިކަމަށްވާތީ، ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/P5C/65 ޤަޟިއްޔާ ނިންމަވާފައި ވަނީ،
މަދަނީކޯޓުގެ އެޤްޟިއްޔާގައި ޚަޞްމުން ދީފައިވާ ބަޔާތަކަށާއި، ހެކީންގެ ހެކިބަހުގެ މައްޗަށް ބިނާކޮށްކަމާއި،
މި ދެޤަޟިއްޔާގައިވެސް މުޙައްމަދު ކޮށްފައިވާ ދަޢުވާއަކީ، މުޙައްމަދު ފާރޫޤް އާއި،
މުޙައްމަދު މޫސާއާއި އާދަމް ޝަރީފާއި، ތިންމީހުން ބައިވެރިވެގެން ރީތިރަށް ރިޒޯޓުގައި ކޮށްފައިވާ
މަސައްކަތަކަށް ރިޒޯޓުން ލިބުނު ފައިސާގެ ތެރެއިން ޚަރަދު ކުނޑައި މުޙައްމަދު މޫސާއަށް ލިބެންޖެހޭ
521383
/
06ރ.(ފަންސާސް ދެހާސް ތިންސަތޭކަ އަށްޑިހަ ތިންރުފިޔާ، ހަލާރި) އާއި، އިތުރު ގަޑިއަށް 95
އެމެރިކާ ޑޮލަރ މުޙައްމަދު މޫސާއަށް އާދަމް ޝަރީފް އަތުން ލިބެންޖެހޭކަމަށްބުނެ އެފައިސާ ހޯދުމަށް ކަމަށް
ވާއިރު، އެދަޢުވާއަށް އާދަމް ޝަރީފް އިންކާރުކުރުމުން، މުޙައްމަދު މޫސާގެ ދަޢުވާ ސާބިތު
ކޮށްދިނުމަށްޓަކައި އޭނާގެ ފަރާތުން މަދަނީކޯޓަށް ހާޒިރުކޮށްފައިވާ ތިން ހެކީންގެ ހެކި ބަހަކީވެސް ޝަރުޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 29(3325، އެކްސް: 3316471
އީމެއިލް
ވެބް ސައިޓް: Wfw.hiracuirl.gv.lany
into a bighcourt.gov.m in
12
2009HC-A/14{
ހަމަތަކުގެ މަތީން ޝަރީޢަތަށް ޤަބޫލު ކުރެވޭ ހެކިބަސްތަކަކަށް ނުވާތީ، މުޙައްމަދު މޫސާ ކުޅަ ދަޢުވާގައި
ބުނެފައިވާ މިންވަރަށް އާދަމް ޝަރީފް، މުޙައްމަދު މޫސާއަށް ފައިސާ ދޭންޖެހިފައިވާކަން ޝަރީޢަތަށް
ސާބިކޮށްދެވިފައި ނުވާއިރު،
މުޙައްމަދު މޫސާއަކީ އާދަމް ޝަރީފް ގާތު ދުވަހު މުސާރައަށް ދުވާލަކު
/150 ރ.(ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން އުޅެފައިވާ މީހެއްކަމަށް ހަވާލާ ދެވުނު ދަޢުވާގެ ޖަވާބު
ފޯމުގެ 04 ވަނަ ނަންބަރުގައި އާދަމް ޝަރީފް ބުނެފައިވާ ބުނުމުންނާއި، މުޙައްމަދު މޫސާ 53 ދުވަހު
މަސައްކަތް ކޮށްފައިވާކަމަށް އާދަމް ޝަރީފް 12 އޮކްޓޯބަރ 2006 ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވާ
ބުނުމުން، ދުވާލަކު -/150ރ. ގެ ރޭޓުން 53 ދުވަހަށް ޖުމްލަ -/
7950ރ.(ހަތްހާސް ނުވަސަތޭކަ
ފަންސާސް) ރުފިޔާ، ރީތިރަށް ރިސޯޓުގައި މުޙައްމަދު މޫސާ މަސައްކަތް ކޮށްފައިވާ ދުވަސްތަކަށް އާދަމް
ޝަރީފް މުޙައްމަދު މޫސާއަށް ދޭންޖެހޭކަމާއި،
ނަމަވެސް މަސައްކަތުގައި އުޅުނު ދުވަސްވަރު އާދަމް ޝަރީފް އަތުން -/600ރ.(ހަސަތޭކަ) ރުފިޔާއަކާއި،
-/2000ރ.(ދެހާސް) ރުފިޔާއަކާއި ޖުމްލަ -/2600ރ.(ދެހާސް ހަސަތޭކަ) ރުފިޔާ، މުޙައްމަދު މޫސާ
ނަގާފައިވާކަމަށް އާދަމް ޝަރީފް ބުނެފައިވާ ބުމަށް މުޙައްމަދު މޫސާ 25 އޭޕްރީލް 2005 ދުވަހު
މަދަނީކޯޓުގައި ދީފައިވާ ބަޔާނުގައި އެއްބަސްވެފައިވެ، އެފައިސާއަކީ މުޙައްމަދު މޫސާ، އާދަމް ޝަރީފަށް
ދޭންޖެހޭ ފައިސާއެއްކަމަށް އިޢުތިރާފްވެފައިވާތީ، މުޙައްމަދު މޫސާއަށް އާދަމް ޝަރީފް ދޭންޖެހޭކަމަށް
އާދަމް ޝަރީފްގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާ -/7950ރ.(ހަތްހާސް ނުވަސަތޭކަ ފަންސާސް)
ރުފިޔާގެ ތެރެއިން، މުޙައްމަދު މޫސާ، އާދަމް ޝަރީފް އަތުން ނަގާފައިވާކަން މުހައްމަދު މޫސާގެ
އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާ -/2600ރ.(ދެހާސް ހަސަތޭކަ) ރުފިޔާ ކެނޑުމުން ބާކީވާ -
/5350ރ (ފަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާއަކީ، އާދަމް ޝަރީފްގެ ފަރާތުން މުޙައްމަދު
މޫސާއަށް ދޭންޖެހޭކަމަށް ޝަރީޢަތަށް ސާބިތުވާ މިންވަރު ކަމުގައިވާތީ، ގއ.ދާންދޫ ކޯޓުގެ
ނަންބަރު:2008/PSC/65 ޤަޟިއްޔާ ގެ ޙުކުމަށް ބަދަލުގެންނަން ޖެހޭނެ ކަމަށް މިމައްސަލަ ހައިކޯޓުގައި
ބެލި ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން.ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: [331647
:
ވެބް ސައިޓް"I ww.higllcourt.g18.ITIt
[email protected] some
13
2009 HC-A/146
ޙުކުމް:
33 33 29
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާން ކުރެވުނު
ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ގއ.ދާންދޫ ކޯޓުގެ ނަންބަރު:2008/65/15C ޤަޟިއްޔާގައި މުޙައްމަދު
މޫސާ ކޮށްފައިވާ ދަޢުވާއަކީ، މުޙައްމަދު ފާރޫޤް އާއި، މުޙައްމަދު މޫސާއާއި އާދަމް ޝަރިފްއާއި،
ތިންމީހުން ބައިވެރިވެގެން ރީތިރަށް ރިޒޯޓުގައި ކޮށްފައިވާ މަސައްކަތަކަށް އެރިޒޯޓުން ލިބުނު ފައިސާގެ
ތެރެއިން ޚަރަދު ކަނޑައި މުޙައްމަދު މޫސާއަށް ލިބެންޖެހޭ 521383
/
06ރ.(ފަންސާސް ދެހާސް ތިންސަތޭކަ
އަށްޑިހަ ތިންރުފިޔާ، ހަލާރި) އާއި، އިތުރު ގަޑިއަށް 95 އެމެރިކާ ޑޮލަރ މުޙައްމަދު މޫސާއަށް އާދަމް
ޝަރީފް އަތުން ލިބެންޖެހޭކަމަށްބުނެ އެފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއް ކަމަށް ވާއިރު، އެދަޢުވާއަށް
އާދަމް ޝަރީފް އިންކާރުކުރުމުން، މުޙައްމަދު މޫސާގެ ދަޢުވާ ސާބިތު ކޮށްދިނުމަށްޓަކައި އޭނާގެ ފަރާތުން
ޝަރީޢަތަށް ހާޒިރުކޮށްފައިވާ ތިން ހެކީންގެ ހެކި ބަހަކީވެސް ޝަރުޢީ ހަމަތަކުގެ މަތީން ޤަބޫލު ކުރެވޭ
ހެކިބަސްތަކަކަށް ނުވާތީ، މުޙައްމަދު މޫސާ ކުޅަ ދަޢުވާގައި ބުނެފައިވާ މިންވަރަށް އާދަމް ޝަރީފް،
މުޙައްމަދު މޫސާއަށް ފައިސާ ދޭންޖެހިފައިވާކަން ޝަރީޢަތަށް ސާބިތު ނުވާކަމަށް ކަނޑައަޅައި، އެ
މަސައްކަތަށް މުޙައްމަދު މޫސާއަށް ދޭންޖެހޭކަމަށް އާދަމް ޝަރީފްގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާ
ޖުމްލަ -/7950ރ.(ހަތްހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާގެ ތެރެއިން، އާދަމް ޝަރީފުގެ އަތުން
އަނބުރާ ދައްކާގޮތަށް ނަގާފައިވާކަމަށް މުޙައްމަދު މޫސާގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާ ޖުމްލަ -
/2600ރ.(ދެހާސް ހަސަތޭކަ) ރުފިޔާ ކެނޑުމުން ބާކީވާ -/5350ރ.(ފަސްހާސް ތިންސަތޭކަ ފަންސާސް)
ރުފިޔާއަކީ، ރީތިރަށް ރިޒޯޓުގައި މުޙައްމަދު މުސާ ކޮށްފައިވާ މަސައްކަތަށް އާދަމް ޝަރީފްގެ ފަރާތުން
މުޙައްމަދު މޫސާއަށް ދޭންޖެހޭކަމަށް ޝަރީޢަތަށް ސާބިތުވާ މިންވަރު ކަމުގައި ކަނޑައަޅައި، މިފައިސާ
މުޙައްމަދު މޫސާއަށް ލިބިދިނުމަށްޓަކައި، މިއަދު (20 ޖޫން 2011) ވަނަ ދުވަހުން ފެށިގެން 02 ދުވަހުގެ
-53501ރ.(ފަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާ މަދަނީ ކޯޓަށް އެކީ އެއްފަހަރާ
ދެއްކުމަށް އާދަމް ޝަރީފަށް އަންގައި، ގއ.ދާންދޫ ކޯޓުގެ ނަންބަރު:208/P5C/65 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފިމެވެ.
ތެރޭގައި މި
ދިވެހިރާއްޖޭގެ
ހައިވޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމޯއިލް:
ވެބް ސައިޓް: www.bjzlcourt.gov.mv
[email protected]