ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010-HC-A-32 ޤަޟިއްޔާގެ ޙުކުމް
2010/HC-A/32
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 32/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް.
* ނަން: ސަލީމާ ޢަބްދު
އައިޑީ ކާޑު ނަންބަރު: A030766
އެޑްރެސް: މޫންލައިޓް ! އދ. މާމިގިލި
މިހާރުގެ އެޑްރެސް: މޫންލައިޓް / އދ. މާމިގިލި
*
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު.
ދާއިމީ އެޑްރެސް:
ހާރުގެ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 02 ރަބީޢުލްއައްވަލް 1431
16 ފެބުރުއަރީ 2010
ނިމުނު ތާރީޚް: 26 ރަޖަބު 1432
28 ޖޫން 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު. 2008/I
-
10
-
C/20
ނިންމެވި ފަރާތް: އދ. މާމިގިލީކޯޓު
ބާވަތް: ތަރިކަ ބެހުމުގެ މައްސަލަ
• ހުށަހެޅި ތާރީޚް:
ނިމުނުތާރީޚް: 23.09.2009
04.03.2008
ދިވެހިރާއް
ރާއްޖޭގެ
އައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A132
ދަޢުވާގެ ޚުލާޞާ:
މިއީ، ދައުލަތުގެ މައްޗަށް އދ. މާމިގިލީ { މޫންލައިޓް ސަލީމާ ޢަބްދުﷲގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
.1
.2
މާމިގިލީ
• ފާހަގަކުރެވުނު ނުކުތާތައް:
އދ. މާމިގިލީކޯޓުގެ ނަންބަރ 2008/I
-
10
-
C/20 ޤަޟިއްޔާ އެކޯޓުން ނިންމާވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
އދ. މާމިގިލީ ! މޫންލައިޓް ސަލީމާ ޢަބްދުﷲގެ ފަރާތުން ހުށަހަޅާފައިވެއެވެ.
އދ. މާމިގިލީކޯޓުގެ ނަންބަރ 2008/C-20
/
1-10 ޤަޟިއްޔާއަށް ބެލިއިރު އެ
ޤަޟިއްޔާއަކީ އދ.
މާމިގިލީ މޫންލައިޓް ޢަބްދުﷲ ޢަބްދުއްރަޙްމާނު 03.04.2005 ވަނަ ދުވަހު
ނިޔާވެފައިވާތީ މި ޢަބްދުﷲ ޢަބްދުއްރަޙްމާނުގެ ތަރިކަ ބަހައި ދިނުމަށްއެދި ޢަބްދުﷲ ޢަބްދުއް ރަޙްމާނުގެ
! މޫންލައިޓް ސަލީމާ ޢަބްދުﷲގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ
މައްސަލައެއްކަމާއި
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ:
"ދެންފަހެ އިސްވެ ދިޔަ މިމައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް
ބެލިއިރު އދ. މާމިގިލީ ! މޫންލައިޓް ޢަބްދުﷲ ޢަބްދުއްރަޙްމާނު 03.04.2005 ދުވަހު ނިޔާވެފައިވާތީ
މީނާގެ އަންހެންދަރި އދ. މާމިގިލީ ! މޫންލައިޓް ސަލީމާ ޢަބްދުﷲ މި ޢަބްދުﷲ ޢަބްދުލްރަޙްމާނު
ތަރިކަ ބަހައިދިނުމަށް އެދި ހުށަހެޅުމުން ބެލިއިރު މި ޢަބްދުﷲ ޢަބްދުއްރަޙްމާނު 03.04.2005 ދުވަހު
ނިޔާވެފައިވާކަމަށާއި، މިޢަބްދުﷲ ޢަބްދުއްރަޙްމާނު ނިޔާވިއިރު މީނާގެ ވާރިޘުންގެ ގޮތުގައި ތިބި
ޢަބްދުﷲ ޢަބްދުއްރަޙްމާނު ނިޔާވިއިރު އިން އަނބި އދ. މާމިގިލީ / މޫންލައިޓް ރުޤިއްޔާ ދާގޫދާ
އަންހެން ދަރި އދ. މާމިގިލީ { މޫންލައިޓް ސަލީމާ ޢަބްދުﷲކަން މިމައްސަލައިގެ 02
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާ ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
2014/HC-A/32
ބަހުންނާއި، ހުށަހެޅި ހެކިންގެ ހެކިބަހުން ޘާބިތުވުމާއި، އަލްމަރުޙޫމް ޢަބްދުﷲ ޢަބްދުއްރަޙްމާންގެ
އިތުރު ވާރިޘަކު (ވާރުތަވެރިޔަކު) ނެތްކަމާއި، މިޢަބްދުﷲ ޢަބްދުއްރަޙްމާނުގެ ތަރިކައިގައި ހުރީ
އދ.މާމިގިލީ މޫންލައިޓް އެވެކިޔާ ބަންޑާރަގޯތީގައިހުރި އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަތަންތަނާއި،
ރުއްގަހާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި މިޢަބްދުއްﷲ ޢަބްދުއްރަޙްމާންގެ ނަމުގައިވާ ނަންބަރު:
01
:
30-11783 އެކައުންޓްގައިހުރި ނަޤުދު ދިވެހިފައިސާ އާއި، އދ.މާމިގިލި ގަދަނޫ މުހައްމަދު
ސަލީމް ޢަބްދުﷲ ޢަބްދުއްރަޙްމާނަށް ދޭންޖެހިގެން ޢަބްދުﷲ ޢަބްދުއްރަޙްމާންގެ ދަރި އދ.މާމިގިލި
މޫންލައިޓް ސަލީމާ ޢަބްދުﷲ އާއި 2009 ޖެނުއަރީ 05 ވަނަ ދުވަހު ޙަވާލުކުރީ-/4000
(ހަތަރުހާސް) ރުފިޔާ ކަމަށާއި، މިތަރިކައިގެ ޖުމްލައަގަކީ މޫންލައިޓް ގޯތީގައިހުރި އެންމެހައި
ޢިމާރާތްތަކާއި، ފަޅުފަދަ ތަންތަނާއި، ރުއްގަހުގެ އަގަށްވާ 179084.60 ރުފިޔާ (އެއްލައްކަ ހަތްދިހަ
ނުވަހާސް އަށްޑިހަ ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ޢަބްދު
ޢަބްދުއްރަޙްމާންގެ އެކައުންޓްގައިހުރި 14137.86 ރުފިޔާ (ސާދަހާސް އެއްސަތޭކަ ތިރީސް ހަތްރުފިޔާ
އަށްޑިހަ ހަލާރި) ގެތެރެއިން ބޭންކް ޗާޖަށް ކެނޑި 70.34 ރުފިޔާ (ހަތްދިހަ ރުފިޔާ ތިރީސް ހަތަރު
ލާރި) ކަނޑާ ބާކީހުރި 14067.52 ރުފިޔާ (ސާދަހާސް ފަސްދޮޅަސް ހަތްރުފިޔާ ފަންސާސް ދެލާރި)
އާއި، އދ.މާމިގިލި ގަދަނޫ މުހައްމަދު ސަލީމް، ސަލީމާ ޢަބްދުﷲ އާއި ޙަވާލުކުރި ނަޤުދު =/4000
(ހަތަރުހާސް) ރުފިޔާ އާއި، އެކުޖުމްލަ 197152.12 ރުފިޔާ (އެއްލައްކަ ނުވަދިހަ ހަތްހާސް
އެއްސަތޭކަ ފަންސާސް ރުފިޔާ ބާރަލާރި) ކަމަށާއި، އަނބި މޫންލައިޓް ރުޤިއްޔާ ދާއޫދަށް މިތަރިކައިން
ލިބޭ 8/8 (އަށްބައިކުޅަ އެއްބައި) އޭގެޒާތުން ދަރި ސަލީމާ ޢަބްދުﷲއަށް ހަދިޔާކޮށްދީ ސަލީމާ ޢަބްދު
އެކަން ޤަބޫލުކޮށްފައިވާކަމަށާއި، މިތަރިކައިގެ ބަހާއަކީ 8/8 (އަށްބައިކުޅަ އަށްބައި) ކަމަށާއި، އަނބި
ރުޤިއްޔާ ދާއޫދަށް ލިބެނީ 118 (އަންބައިކުޅަ އެއްބައި) ކަމަށާއި، އަންހެންދަރި ސަލީމާ ޢަބްދުﷲއަށް
ލިބެނީ މުޅި މުދަލުގެ 1/2 (ދެބައިކުޅަ އެއްބައަށް) 4/8 (އަށްބައިކުޅު ހަތަރުބައި) ކަމަށާއި،
ވާރުތަވެރިއަކު ނެތުމުން ބައިތުލްމާލަށް (ސަރުކާރަށް) ލިބެނީ 3/8 ބައި (އަށްބައިކުޅަ ތިންބައި)
ކަމަށާއި، ރުޤިއްޔާ ދާވޫދުގެ ބައި ސަލީމާ ޢަބްދުﷲއަށް ހަދިޔާކޮށްދިނުމުން ސަލީމާ ޢަބްދުﷲއަށް ލިބެނީ
މުޅި މުދަލުގެ 5/8 ބައި (އަށްބައިކުޅަ ފަސްބައި) ކަމަށާއި، ސަރުކާރަށް ލިބެނީ މުޅިމުދަލުގެ 8
0*8
ހިތްވާ
Si?
.ރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޖުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A/32
KO
(އަށްބައިކުޅަ ތިންބައި) ކަމަށާއި، 5/8 ބައި (އަށްބައިކުޅަ ފަސްބައަށް) ސަލީމާ ޢަބްދުﷲއަށް ލިބެނީ
123220.08 ރުފިޔާ (އެއްލައްކަ ތޭވީސް ހާސް ދުއިސައްތަ ވިހި ރުފިޔާ އަށްލާރި) ކަމަށާއި،
ސަރުކާރަށް 3/8 ބައަށް (އަށްބައިކުޅަ ތިންބައަށް) ލިބެނީ 73932.04 ރުފިޔާ (ހަތްދިހަ ތިންހާސް
ނުވަސަތޭކަ ތިރީސް ދެރުފިޔާ ހަތަރު ލާރި) ކަމަށް ކަނޑައަޅައި، އދ. މާމިގިލި މޫންލައިޓް ގޯތީގައިހުރި
އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި، ރުއްގަހާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ޢަބްދު
ޢަބްދުރަޙްމާނުގެ އެކައުންޓްގައިހުރި 14137.86 ރުފިޔާ (ސާދަހާސް އެއްސަތޭކަ ތިރީށް ހަތްރުފިޔާ
އަށްޑިހަ ހަލާރި) ގެތެރެއިން ބޭންކް ޗާޖަށް 70.34 ރުފިޔާ (ހަތްދިހަ ރުފިޔާ ތިރީސް ހަތަރު ލާރި)
ކަނޑާ ބާކީހުރި 14067.52 ރުފިޔާ (ސާދަހާސް ފަސްދޮޅަސް ހަތްރުފިޔާ ފަންސާސް ދެލާރި) އާއި،
ގަދަނޫ މުހައްމަދު ސަލީމް، ސަލީމާ ޢަބްދުﷲ އާއި ޙަވާލުކުރި =/4000 (ހަތަރުހާސް) ރުފިޔާ އާއި،
އެކު މުޅި ތަރިކައިގައި ހިމެނޭ މުދަލާއި ނަޤުދު ފައިސާ ޢަބްދުﷲ ޢަބްދުއްރަޙްމާނުގެ ދަރި ސަލީމާ
ޢަބްދުﷲއަށް ލިބިދީ އދ.މާމިގިލި މޫންލައިޓް ގޯތީގައިހުރި އެންމެހައި ޢިމާރަތްތަކާއި، ވަޅުފަދަ
ތަންތަނާއި، ރުއްގަސް ސަލީމާ ޢަބްދުﷲ އަށް މިލްކް ވާނީ މިތަރިކައިގައި ހިމެނޭ މިމުޅި މުދާ ސަލީމާ
ޢަބްދުﷲއަށް ލިބުމުން ސަރުކާރަށް ދައްކަންޖެހޭ 73932.04 ރުފިޔާ (ހަތްދިހަ ތިންހާސް ނުވަސަތޭކަ
ތިރީށް ދެރުފިޔާ ހަތަރު ލާރި) ކަމާއި ބެހޭ ފަރާތަށް ދެއްކުމަށްޓަކައި މިކޯޓަށް (އދ.މާމިގިލީ ކޯޓަށް)
ދެއްކުމަށްފަހުގައިކަމަށް ސަލީމާ ޢަބްދުﷲއަށް އަންގައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ."
މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އިނގެން އޮވެއެވެ.
މާމިގިލީ ކޯޓުން އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ޙުކުމް ކުރެއްވުމުން
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސަލީމާ ޢަބްދުﷲގެ ފަރާތުން 31 ނުކުތާއެއް ހުށަހަޅައި އެއާއި
ބެހޭގޮތުން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(4) ސަލީމާ ޢަބްދުﷲގެ ފަރާތުން ހުށަހަޅާ ނުކުތާއަކީ މަރުހޫމް ޢަބުދުﷲ ޢަބްދުއްރަޙްމާން
ނިޔާވިއިރު ދުނިޔޭގައި އޭނާގެ އަނބި ރުޤިއްޔާ ދާދާއި އަންހެންދަރި ސަލީމާ ޢަބްދުﷲ ތިބި އިރު
އެމުދަލުގެ 3/8 ސަރުކާރަށް ނެގުމަށް ނިންމާފައިވާ ނިންމެވުމަކީ އެންމެ އިންޞާފުވެރި ގޮތްކަމަށް
ނުދެކޭ ކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮތްކަން.
(3) އދ.
ޖޮއިން
r
ދިވެހިރާއްޖޭގެ ހައިކޯޓް، ޢިބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.liighcourt.gov.mv
5
2010/HC-A/32
3x3
(5) އދ. މާމިގިލީކޯޓުގެ ނަންބަރު 2008/C-20/1-10 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސަލީމާ ޢަބްދުﷲގެ ފަރާތުން ހުށަހެޅި ނުކުތާ އާއި އެނުކުތާއާއި
ގުޅިގެން ސަލީމާ ޢަބްދުﷲގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ދެއްކި ވާހަކައަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(5.1) އދ. މާމިގިލީ { މޫންލައިޓް ޢަބްދުﷲ ޢަބްދުއްރަޙްމާން ނިޔާވިއިރު އެމަރްޙޫމުގެ
ވާރިސުންގެ ގޮތުގައި ތިބި އަނބި އދ. މާމިގިލީ ! މޫންލައިޓް ރުޤިއްޔާ ދާވޫދު އާއި އަންހެންދަރި
އދ. މާމިގިލީ { މޫންލައިޓް ސަލީމާ ޢަބްދުﷲ ކަން އެނގެން އޮންނަކަން.
(5.2) އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުއްރަޙްމާންގެ ތަރިކައިގެ ގޮތުގައި ހުރި އދ. މާމިގިލީ
މޫންލައިޓް އެވެ، ކިޔާ ބަންޑާރަ ގޯތީގައި ހުރި އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި
ރުއްގަހާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ޢަބްދުﷲ ޢަބްދުއް
.ދުއްރަޙްމާންގެ ނަމުގައިވާ ނަންބަރު.
03110-38711 އެކައުންޓުގައި ހުރި ނަޤުދު ފައިސާއާއި، އދ. މާމިގިލީ ! ގަދަނޫ މުޙައްމަދު
ސަލީމް އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުއްރަޙްމާންއަށް ދޭންޖެހިފައިވާ -/4000 (ހަތަރުހާސް)
ރުފިޔާކަމާއި، މިމުޅި ތަރިކައިގެ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވާ ޖުމްލަ އަގަކީ: 197152.12
(އެއްލައްކަ ނުވަދިހަ ހަތްހާސް ސަތޭކަ ފަންސާސް ދެރުފިޔާ ބާރަލާރި ) ކަން އެނގެން އޮންނަކަން.
(5.3) މިތަރިކައިގެ ވާރިސުންގެ ގޮތުގައި އަންބަކާއި އަންހެންދަރިއަކު ހުރުމުން ތަރިކައިގެ
ބަހާއަކީ 8/8 (އަށްބައިކުޅަ އަށްބައި) ކަމާއި އަނބި ރުޤިއްޔާ ދާގޫދުއަށް 178 އަދި އަންހެންދަރި
ސަލީމާ ޢަބްދުﷲއަށް 478 ޖެހޭއިރު ރުޤިއްޔާ ދާވޫދުގެ ބައި، ސަލީމާ ޢަބްދުﷲއަށް ހަދިޔާކޮށްފައިވުމުން
ސަލީމާ ޢަބްދުﷲ އަށް 5/8 ލިބޭކަން އެނގެން އޮންނަކަން.
(5.4) އދ. މާމިގިލީކޯޓުގެ ނަންބަރު 2008/I
-
10
-
C/20 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ
23ގައި ވާރުތަވެރިއަކު ނެތުމުން ބައިތުލްމާލަށް 3/8 ލިބޭނެކަމަށް ބަޔާންކުރުމަށްފަހު އެޤަޟިއްޔާގެ
ޙުކުމްގައި ވެސް އެގޮތުގެ މަތިން ކަނޑައަޅުއްވާފައިވާ ގޮތާއިމެދު ޝަރުޢީގޮތުން ބަލާއިރު ޖުމްހޫރު
ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި އަނބި ނުވަތަ ފިރިމީހާއާއި އެކު އެހެން ވާރިސުން
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
010/HC-A/32
0358
04
4473 އފ
ޙުކުމެއްކަމަށް
ވާރިސަކު ތަރިކައިގެ ބެހެނިވެރިންގެ ތެރޭގައި ހިމެނި އަދި އެވާރިސުންގެ ތެރޭގައި ނަސަބުގެ ގޮތުން
ޢަޞަބަތްތެރިއަކު ނެތުމާއިއެކު މުޅި ތަރިކަ ފަރުޟު ހިއްސާލިބޭ ވާރިސުންނަށް ބައިއެޅުމުން ތަރިކައިގެ
މުދައު ބާކީވާ ޙާލަތުގައި އަނބި ނުވަތަ ފިރިމީހާ ފިޔަވައި ދެންތިބި ވާރިސުންނަށް އެބައިމީހުންގެ
ފަރުޟު ހިއްސާގެ ނިސްބަތުން ތަރިކައިގެ ފަރުޟު ހިއްސާ ނެގުމުން ބާކީވާބައި ވާރިސުންނަށް ރައްދު
ކުރުމަށް އޮންނަކަން މީރާސް އާއި ފަރާއިޝްގެ ޢިލްމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ
އުޞޫލުތަކުން ސާފުކޮށް އެނގެން އޮންނަކަމާއި، ރައްދުކުރުމަކީ މީރާސްގެ އުޞޫލުގެ ތެރޭގައި ހިމެނޭ
ޚާއްޞަ މަފްހޫމެއްކަން އެނގެން އޮތުމުން އެޤަޟިއްޔާގައި ވާރުތަވެރިއަކު ނެތްކަމަށް ބަޔާންކޮށް އަދި
ބައިތުލްމާލަށް 378 ބައި ދޭން ޙުކުމްކުރައްވާފައިވާ ގޮތަކީ ޝަރުޢީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ
ބެލެވެން ނެތްކަން.
(5.5) އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުއްރަޙްމާންގެ ވާރިސުންގެ ގޮތުގައި ތިބީ އަނބި ރުޤިއްޔާ
ދާވޫދު އާއި އަންހެން ދަރި ސަލީމާ ޢަބްދުﷲ ކަމަށްވެފައި، އަނބި ރުޤިއްޔާ ދާވޫދު އަށް ތަރިކައިގެ
ލިބެނީ 118 ކަމާއި ސަލީމާ ޢަބްދުﷲ އަށް 478 އެބަހީ 1/2 ލިބޭއިރު ނަޞާބުގެ
ޢަޞަބަތްތެރިއަކު ނެތުމުން ތަރިކައިން ފަރުޟު ހިއްސާ ނެގުމަށްފަހު ބާކީވާ 38 ރައްދުކުރުމަށް
ބަލާއިރު އަނބި ރުޤިއްޔާ ދާވޫދުއަކީ ތަރިކައިގެ ބާކީ ރައްދުކުރެވޭ ފަރާތެއްކަމަށް ނުވުމުން ހަމައެކަނި
ރައްދުކުރެވޭ ފަރާތެއްގެ ގޮތުގައި މިތަރިކައިގައި ހިމެނެނީ ސަލީމާ ޢަބްދުﷲ ކަމަށްވީހިނދު ސަލީމާ
ޢަބްދުﷲ އަށް ތަރިކައިގެ ބާކީ ރައްދު ކުރެވެންޖެހޭކަމާއި އެހެންކަމުން ސަލީމާ ޢަބްދުﷲއަށް ފަރުޟު
ހިއްސާއާއި ރައްދު ކުރެވުނު ބަޔާއިއެކު 7/8 ލިބޭކަމާއި އަދި އަނބި ރުޤިއްޔާ ދާވޫދުއަށް ލިބުނު 1/8
ހިއްސާވެސް ސަލީމް ޢަބްދުﷲއަށް ހަދިޔާކޮށްފައިވުމުން މުޅި ތަރިކައިގެ ޙައްޤު ސަލީމާ ޢަބްދުﷲ އަށް
ލިބިގެން ދާކަން އެނގެން އޮންނަކަން.
32
· 5
ނ
ދިވެހިރާއްޖޭގެ
d:*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް ww.highcourt.gov.mv
7
forg/HC-A32
ހުކުމް:
މަތިން ހުރުމުން
#
ވީމާ އިސްވެ ބަޔާން ކުރެވުނު ކަންތައްތައް ބަޔާން ކުރެވުނު ގޮތުގެ
އދ. މާމިގިލީކޯޓުގެ ނަންބަރު 2008/I
-
10
-
C/20 ޤަޟިއްޔާ އިން އދ. މާމިގިލީ | މޫންލައިޓް
ޢަބްދުﷲ ޢަބްދުއްރަޙްމާންގެ ތަރިކަ ބެހުމުގައި ވާރުތަވެރިއަކު ނެތްކަމަށް ކަނޑައަޅައި ބައިތުލްމާލަށް
318 ދިނުމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އުޞޫލުތަކާއި އެއްގޮތަށްކަމަށް ބަލާނެ ހަމައެއް ނެތްކަމަށް
މިމައްސަލަ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ހިނދު އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް ތަރިކަ މުދަލުގެ ފަރުޟު 4/8 ބައި ލިބޭ އަންހެންދަރި ސަލީމާ
ޢަބްދުﷲއަށް ތަރިކައިގެ ބާކީ ކަމުގައިވާ 318 ބައި ރައްދުކުރެވެން ޖެހޭތީ ތަރިކައިގެ ރައްދުކުރެވޭ މި
318 ބައި އާއި އެކު ސަލީމާ ޢަބްދުﷲއަށް 778 ބައި ލިބޭހިނދު ސަލީމާ ޢަބްދުﷲއަށް މީގެ އިތުރަށް
މަރްޙޫމްގެ އަނބި ރުޤިއްޔާ ދާވޫދުގެ ބައިކަމުގައިވާ 178 ބައި ހަދިޔާކޮށްފައިވާކަން އެނގެން އޮތުމުން
މުޅި ތަރިކައިގެ ޙައްޤުވެރި ފަރާތަކީ އަންހެންދަރި ސަލީމާ ޢަބްދުﷲ ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އުކުމުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ.
ޢަބްދުﷲ ޙަމީދު
އަޙުމަދު ޝަރީފު
އިސް ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު
ފަނޑިޔާރު
%
ދިވެހިރާއްޖޭގެ ހައިކޯޓް، ދެބުރުޒުހިނގުން، ތީޅުގެ 3 ނަންބަ#
އީމެއިލް:
ޖެ، ފޯން. 29)3325، ފެކްސް !33147
އިޓް: www.highcourt.gov.mv
[email protected]),