ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/12 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/12
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހ
s
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
0
• ޤަޟިއްޔާ ނަންބަރ: 12/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އާދަމް އިބްރާހީމް
އައިޑީ ކާޑު ނަންބަރ: A032910
ﷲ
ދާއިމީ އެޑްރެސް:
ސެންޓުގެ
މިހާރުގެ އެޑްރެސް: ގ. ސެންޓުގެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ދޯނި ސަރވިސް (ޢަލީ މޫސާ) * ދާއިމީ އެޑްރެސް: ހ. އާޝިޔާނާ
ކާޑު ނަންބަރ: A065018
މިހާރުގެ އެޑްރެސް: މ. ވެލިގާ
ށަހެޅުނު ތާރީޚް: 16 ޖެނުއަރީ 2011
ނިމުނު ތާރީޚް: 19 ނޮވެމްބަރ 2013
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/MC/1262
• ނިންމެވިކްޓް: މަދަނީކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 09-05-
2010 * ނިމުނު ތާރީޚް: 23-09-
2010
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
R
2
2011}HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
cu o
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2010/MC/1262 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ގ. ސެންޓުގެ އާދަމް އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކޮށްފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އިސްތިއުނާފު ކުރި ފަރާތުން
ބަޔާންކޮށްފައިވަނީ މޯލްޑިވްސް ދޯނި ސަރވިސް (ޢަލީ މޫސާ) ހ. އާޝިޔާނާ އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީކޯޓުގެ ނަންބަރު 2010/MC/1262 ޤަޟިއްޔާ އަކީ، ގ.ސެންޓުގެ އާދަމް
އިބްރާހީމް (ދރ. ކާޑު: A032910) އަށް މޯލްޑިވްސް ދޯނި ސަރވިސްގެ މަސްއޫލުވެރިފަރާތް ކަމުގައިވާ
އާޝިޔާނާ ޢަލީ މޫސާ (ދރ. ކާޑު: A065018) ދީފައިވާ ޗެކް، އެކައުންޓުގައި ފައިސާ ނެތިގެން
ބައުންސްވެފައިވާތީ، ޗެކްގައިވާ ފައިސާ ދިނުމަށް އެކިފަހަރުމަތިން އެދުމުންވެސް އެފައިސާ
ލިބިފައިނުވާކަމަށް ބުނެ، ޗެކްގައިވާ ފައިސާ ހޯދުމަށް އެދި ގ. ސެންޓުގެ އާދަމް އިބްރާހީމް ދަޢުވާކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ ދަޢުވާ ފޯމުން އެނގޭ ކަމާއި؛
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކޮށްފައިވަނީ: ދެންފަހެ، ގ. ސެންޓުގެ އާދަމް އިބްރާހީމް
(ދރ. ކާޑު: A032910) މޯލްޑިވްސް ދޯނި ސަރވިސްގެ މަސްއޫލުވެރިފަރާތް ކަމުގައިވާ ގ. އާޝިޔާނާ
ޢަލީ މޫސާ (ދރ. ކާޑު: A065018) ދީފައިވާ ޗެޓް، އެކައުންޓުގައި ފައިސާ ނެތިގެން
ބައުންސްވެފައިވާތީ، ޗެކްގައިވާ ފައިސާ ދިނުމަށް އެކި ފަހަރު މަތިން އެދުމުންވެސް އެފައިސާ
ލިބިފައިނުވާކަމަށްބުނެ، ޗެކުގައިވާ ފައިސާ ހޯދުން އެދި ހ. އާޝިޔާނާ ޢަލީ މޫސާ (ދރ. ކާޑު:
A065018) ގެ މައްޗަށް ގ. ސެންޓުގެ އާދަމް އިބްރާހީމް (ދރ. ކާޑު: A032910) ކުޅަ ދަޢުވާއަށް
ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
މޯލްޑިވްސް ދޯނި ސަރވިސްގެ ނަމުގައި 12,49,833.33ރ. (ބާރަލައްކަ ސާޅީސްހާސް
އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި) ގެ ޗެކެއް އާދަމް އިބްރާހީމަށް ޢަލީ މޫސާ ދޫކޮށް،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
R
3
2011/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިޗެކުގައިވާ ޢަދަދަށް އެކައުންޓުގައި ފައިސާ ނެތިގެން ޗެކް ބައުންސްވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުން
ތަކުން އެނގޭކަމާއި،
4 22
އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކުރުމުގެ ސަބަބުން އެޗެކް ބައުންސްވުމަކީ
އިންސްވުމަކީ އެކަމުގެ ސަބަބުން
އުފެދޭ ކަމެއްކަމާއި، އެހެންނަމަވެސް ޗެކަކީ އޭގެ ޒާތުގައި ޙާދިޘާ ޘާބިތުކޮށްދޭ
ހެއްކަކަށްނުވާކަމުން، ޙާދިޘާ ޘާބިތުނުކޮށްދޭ ހެއްކަކުން މައްސަލަ ޘާބިތުކުރެވޭނީ އެޙާދިޘާއެއް ޘާބިތުވުމުން
ކަމާއި،
ޙާދިޘާ ޘާބިތުވާން ނެތި ބައުންސްވެފައިވާ ޗެކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް
އުފެދޭނެ ކަމެއް ކަމުގައި ނުވާތީ އާއި، ދަޢުވާ ޘާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުން ކުރަންޖެހޭ ކަމެއް
ކަމަށްވެފައި، ދަޢުވާގައި ޢަލީ މޫސާގެ ކިބައިން ހޯދުން އެދިފައިވާ 12,49,833.33ރ. (ބާރަލައްކަ
ސާޅީސްނުވަހާސް އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި) ޢަލީ މޫސާގެ ފަރާތުން އާދަމް
އިބްރާހީމަށް ދޭންޖެހޭ ނުވަތަ މިކަމުގެ ޙާދިޘާ އާދަމް އިބްރާހީމަށް ޝަރީޢަތަށް
ޘާބިތުކޮށްދެވިފައިނުވާތީ، ދަޢުވާގައި އެދިފައިވާ ފައިސާ ޢަލީ މޫސާގެ ކިބައިން ނަގައިދެވޭނެ ތަނެއް
ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިން ކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
ސަބަބު
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީކޯޓުގެ ނަންބަރު 2010/MC/1262
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން އާދަމް އިބްރާހީމްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ތިން ނުކުތާއެއް ފާހަގަކޮށް ހުށަހަޅާފައިވެއެވެ. އެނުކުތާތަކަކީ:
0
ފުރަތަމަ ނުކުތާއަކީ: އާދަމް އިބްރާހީމްގެ ދަޢުވާއަށް ދަޢުވާ ލިބޭ ޢަލީ މޫސާ އިންކާރު ކުރާ
ކަމަށާއި، އަދި އަނބުރާ ދައްކާ ގޮތަށް ފައިސާ ނެގުމަށްފަހު އެފައިސާ އަދާކުރުމުގެ ގޮތުން އާދަމް
އިބްރާހީމަށް ޗެކް ދީފައިނުވާނެ ކަމަށާއި، ނަމަވެސް ޢަލީ މޫސާއަށް އުޅަނދެއް ބަނުމަށްޓަކައި،
އާދަމް އިބްރާހީމްގެ އަތަށް ގިނަ ޢަދަދަކަށް ފައިސާ ދީފައި ހުންނާނެ ކަމަށާއި، މިގޮތުން
މިޗެކަކީވެސް ޢަލީ މޫސާގެ އަމިއްލަ ފައިސާގެ ގޮތުގައި އާދަމް އިބްރާހީމްގެ އަތުގައި
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
R
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011}HC-A/12
02
039
2 ތ 0
2
ބެހެއްޓުމަށް ދިން ޗޮކެއްކަމަށް ބުނެފައިވާކަމަށް ފާހަގަކުރެވުނު ނުކުތާތަކުގެ 3 ނަންބަރުގައި
ފާހަގަކުރައްވައި، ޢަލީ މޫސާ ފަރާތުން އެބުނާ ބުނުން ސާބިތު ކުރެވޭވަރުގެ އެއްވެސް ހެއްކެއް
ދައްކާފައިނުވާއިރު، އެބުނާ ބުނުމުގެ މައްޗަށް ބުރަވެވަޑައިގެން ފާހަގަ ކުރެވުނު ނުކުތާތަކުގެ 5
ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި އަދި 7 ވަނަ ނަންބަރުގައި ޗެކަށް ޤާނޫނީ ގޮތުން ލިބިދޭ
ބާރު ކަނޑުއްވާ ލައްވައި، ބައުންސް ޗެކާމެދު ޝަރުޢީ އަދި ޤާނޫނީ ގޮތުން ޢަމަލުކުރަމުން
އައިސްފައިވާ އުޞޫލާވެސް ޚިލާފަށް ޢަލީ މޫސާގެ ކިބައިން ހޯދުމަށް އާދަމް އިބްރާހީމް އެދިފައިވާ
އެ ޗެކުގައިވާ
12,49,833.33ރ. (ބާރަލައްކަ ސާޅީސްނުވަހާސް އަށްސަތޭކަ ތިރީސް ތިންރުފިޔާ
ތިރީސް ތިންލާރި) ލިބިދިނުމުން އާދަމް އިބްރާހީމް މަޙްރޫމްކުރައްވާ މައްސަލަ ނިންމެވުން ކަމަށް
ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރުމުގެ ސަބަބުން އެޗެކް ބައުންސްވުމަކީ
އެކަމުގެ ސަބަބުން ޤާނޫނީ ކުށެއް އުފެދޭ ކަމެއް ކަމަށް ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ
ނަންބަރުގައި ފާހަގަކުރައްވާފައިވާއިރު، ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގައި
ބައުންސުވެފައިވާ ޗެކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭނެ ކަމެއްކަމުގައި
ނުވާކަމަށް ފާހަގަކުރައްވައި، އެޗެކްގެ އަތުގެ ވެރިޔާކަމަށްވާ އާދަމް އިބްރާހީމްގެ ކިބައިން އެޗެކުން
ލިބިދޭ މަދަނީ ޙައްޤުން މަޙްރޫމްކުރައްވައި ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޗެކަކީ ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމަކަށްވާއިރު،
ފާހަގަކުރެވުނު ނުކުތާތަކުގައި ޗެކަކީ އޭގެ ޒާތުގައި ޙާދިސާ ސާބިތުކޮށްދޭ ހެއްކަކަށް ނުވާކަމަށް
ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގައި ފާހަގަކުރައްވައި، އަދި ޙުކުމުގައި
ކަނޑައަޅުއްވައި ބޭންކް އޮފް މޯލްޑިވްސް ޕ.. ގެ އެކައުންޓް ނަންބަރު 001-261132-7704
އިން ޢަލީ މޫސާ އާދަމް އިބްރާހީމަށް ދީފައިވާ ނަންބަރު 002083 ޗެކުގައިވާ
12,49,833.33ރ. (ބާރަލައްކަ ސާޅީސްނުވަހާސް ދެސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް
ތިންލާރި) ޢަލީ މޫސާގެ ފަރާތުން އާދަމް އިބްރާހީމަށް ލިބެންޖެހޭ ސަބަބު ނުވަތަ މިކަމުގެ ހާދިސާ
އާދަމް އިބްރާހީމަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ ވިދާޅުވެ ދަޢުވާގައި އެދިފައިވާ ފައިސާ
ec
x2ހ2
ہی کمر
ހއ
ދިވެހިރާމްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
R
5
2011}HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި، ކުރައްވާފައިވާ ޙުކުމަކީ ޤާނޫނު ނަންބަރު
16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ ޗެޕްޓަރ 3- ޗެކް
ސުރުޚީގެ ދަށުގައިވާ 21، 22 މި ދެ މާއްދާއާ ޚިލާފަށް ކުރައްވާފައިވާ ޙުކުމަކަށް ވުން ކަމަށް
ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2010/MC/1262 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އާދަމް
އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މޯލްޑިވްސް ދޯނި ސަރވިސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ހުޅުވާފައިވާ
ނަންބަރު 7704101514001 އެކައުންޓުގެ 002083 ނަންބަރު ޗެކުން 2009-05-30 ގެ ތާރީޚުގައި
12,49,833.33ރ. (ބާރަލައްކަ ސާޅީސްނުވަހާސް އަށްސަތޭކަ ތިރީސް ތިންރުފިޔާ ތިރީސް ތިންލާރި)
އާދަމް އިބްރާހީމަށް ދޫކޮށްފައިވާ ޗެކްގައިވާ ޢަދަދަށް އެކައުންޓުގައި ފައިސާ ނެތިގެން އެ ޗެކް
ބައުންސްވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިއުން ތަކުން އެނގެން އޮންނަކަމާއި، އިޝާރާތްކުރެވުނު
ޗެކުގައިވާ ފައިސާއަކީ ޢަލީ މޫސާގެ ދޯނި ސަރވިސްގެ ވިޔަފާރި ފުޅާކުރުމަށް ދީފައިވާ ފައިސާ އަނބުރާ
ދައްކާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުން ދޫކޮށްފައި ޗެކެއްކަމަށް އިސްތިއުނާފު ކުރާ އާދަމް އިބްރާހީމްގެ
ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއި؛
އާދަމް އިބްރާހީމްގެ ދަޢުވާއަށް ޢަލީ މޫސާ އިންކާރު ކޮށްފައިވާކަމާއި، އާދަމް އިބްރާހީމްގެ އަތުން
އަނބުރާ ދައްކާގޮތަށް ފައިސާ ނެގުމަށްފަހު އެފައިސާ އަދާކުރުމުގެ ގޮތުން ޗެކްތަކެއް ދީފައިނުވާނެ ކަމަށާއި
ޢަލީ މޫސާގެ އަމިއްލަ ޚަރަދުގައި ޢަލީ މޫސާގެ އަމިއްލަ ފައިސާއިން އުޅަނދެއް އާދަމް އިބްރާހީމް ލައްވާ
ބަނުމަށްޓަކައި، ފައިސާ ޚަރަދުކުރުމަށްޓަކައި އާދަމް އިބްރާހީމަށް އިތުބާރުކޮށްފައި ޢަލީ މޫސާގެ އަމިއްލަ
ފައިސާ އާދަމް އިބްރާހީމާއި ޙަވާލުކޮށްފައި ބެހެއްޓުމުގެ ގޮތުން ޗެކްތަކެއް ދީފައިވާނެކަމަށާއި، އެއީ އާދަމް
އިބްރާހީމަށް ޢަލީ މޫސާ ދޭންޖެހިގެން ދީފައިވާ ފައިސާއެއް ނޫންކަމަށާއި،
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
R
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011}HC-A/12
ޝަރީޢަތަށް ހުށަހަޅާފައިވާ ޗެކަކީ ޢަލީ މޫސާގެ އަމިއްލަ ފައިސާއިން ބަންނަ އުޅަނދު ބަނުމަށް
ޢަލީ މޫސާގެ އަމިއްލަ ފައިސާއިން ޚަރަދުކުރުމަށް، ފައިސާ އާދަމް އިބްރާހީމްގެ އަތުގައި ބެހެއްޓުމަށް
ދެވުނު ޗެކެއް ކަމަށް ޢަލީ މޫސާގެ ފަރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.
0 2
<< O
6 02 0059
2
(ށ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ”...ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ
ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، މި މާނައިގާ ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް
ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ
އެފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ
ދަފްޢު“ (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ
ކުރާ ފަރާތް...“
ކަމަށް ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ ފާހަގުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލު
މިއިސްތިއުނާފުކުރެވޭ މައްސަލައިގެ ވާޤިޢަށް ތަޠްބީޤްކުރާއިރު، އާދަމް އިބްރާހީމް ހޯދުމަށް ދަޢުވާކޮށްފައިވާ
ފައިސާއަކީ އަނބުރާ ދައްކާ ގޮތަށް ޢަލީ މޫސާ ނަގާފައިވާ ފައިސާއެއް ކަމަށް އާދަމް އިބްރާހީމްގެ ފަރާތުން
ބުނެފައިވާއިރު، އަދި އާދަމް އިބްރާހީމްގެ އަތުން އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފައިނުވާނެ ކަމަށް ޢަލީ
މޫސާގެ ފަރާތުން ބުނެފައިވުމުން، އާދަމް އިބްރާހީމްގެ އަތުން އަނބުރާ ދައްކާ ގޮތަށް ޢަލީ މޫސާ ފައިސާ
ނަގާފައިވާކަން ސާބިތުކޮށްދިނުމަކީ އާދަމް އިބްރާހީމްގެ މައްޗަށް އޮތް ކަމެއްކަމާއި،
އެގޮތުން އާދަމް އިބްރާހީމްގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން މަދަނީކޯޓުގެ
ނަންބަރު 2010/MC/1262 ޤަޟިއްޔާގެ ޝަރީޢަތަށް އާދަމް އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވަނީ އެ
ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދު ހިމެނޭ ޗެކެއްގެ ކޮޕީއާއި އެ ޗެކް ބައުންސްވެފައިވާކަން
އެނގޭނެ ލިޔުމާއި، އެކައުންޓުގައި ފައިސާ ނެތިގެން އެޗެކް ރިޓާންވެފައިވާތީ، އެފައިސާ ދެއްކުމަށް އަންގާ
މޯލްޑިވްސް ދޯނި ސަރވިސްގެ މެނޭޖަރަށް ފޮނުވާފައިވާ ސިޓީއަކާއި، ޗެކް ބައުންސް މައްސަލަ މޯލްޑިވްސް
ޕޮލިސް ސަރވިސް ގައި ރަޖިސްޓްރީކުރިކަން އެނގޭނެ ލިޔުންކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
R
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011}HC-A/12
(ނ) އާދަމް އިބްރާހީމްގެ ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ޢަލީ
މޫސާއަށް ފޮނުވާފައިވާ ސިޓީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މައްސަލަ ރަޖިސްޓްރީ ކުރި ކަމުގެ
ލިޔުމަކީ، އާދަމް އިބްރާހީމްގެ އަތުން ޢަލީ މޫސާ އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފައިކަން ސާބިތުވާނެ
ލިޔުންތަކެއް ނޫންކަމާއިގެ
އިޝާރާތްކުރެވުނު ދެ ލިޔުމުގެ އިތުރުން ހުށަހަޅާފައިވާ ބައުންސް ވެފައިވާ ޗެކަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުން ބަލާއިރު، ޗެކަކީ އެ ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާންކުރެވިފައިވާ
މީހަކަށް ނުވަތަ އޭނާގެ އަމުރަށް ނުވަތަ އެ ހިފައިގެންދާ މީހާއަށް، އެ ހިފައިގެން ދިއުމުން،
ޝަރުތަކާނުލައި އޭގައި ކަނޑައެޅިގެންވާ ޢަދަދެއްގެ ފައިސާ ދިނުމަށް ބޭންކު ވިޔަފާރިކުރާ ފަރާތަކަށް
ލިޔުމަކުން ކުރެވޭ
އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކުރުމުގެ ސަބަބުން ޗެކް
ބައުންސްވުމަކީ ޤާނޫނީގޮތުން ޖިނާއީ ކުށެއް ކަމަށް ބެލުނު ކަމުގައިވީނަމަވެސް، ދޫކޮށްފައިވާ ނުވަތަ
ބައުންސްވެފައިވާ ޗެކަކީ އޭގެ ޒާތުން އަނބުރާ ދައްކާ ގޮތަށް ފައިސާ ނަގާފައިވާކަން ނުވަތަ ދަރަނި
ސާބިތުވާނެ ދަލީލެއްގެ ގޮތުގައި ބެލޭނެ މުސްތަނަދެއް ނޫންކަމާއި، ދަރަންޏެއްގެ ގޮތުގައި ފައިސާ
ނަގާފައިވާކަން ސާބިތުނުވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ދަރާފައިވާކަން ސާބިތުނުކުރެވޭނެކަމާއި،
ދަރާފައިކަން ސާބިތުނުވާ ޙާލަތެއްގައި ދަރަނި ދެއްކުމަށް އަމުރުކުގެ ޝަރުޢީ ޤާނޫނީ ހަމައެއް
އޮތްކަމަށް ބެލެވެން ނެތްކަން އެނގޭ ކަމާއި ބަޔާންކުރެވުނު އުސޫލަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
11/HC-A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުސޫލެއްކަން އެނގެންއޮވެއެވެ.
އަމުރައްކަމާއި،
22&
OX
ކުރެވޭނީ
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި
މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނީ މަދަނީކޯޓުގެ ނަންބަރު 2010/MC/1262 ޤަޟިއްޔާގެ
ޙުކުމަށް ބަދަލު ގެންނަންޖެހޭ
.ނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ދިވެހިރާގްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
R
8
2011}HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، މަދަނީކޯޓުގެ
ނަންބަރު 2010/MC/1262 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި މައްސަލަ ނިންމީއެވެ.
ދިވެހިރާގްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
R