ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/277 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/277
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
se
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު
ޤަޟިއްޔާ ނަންބަރ: 277/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޢަބްދުލް މުހައިމިން މޫސާ އެޑްރެސް: އަނބުގަސްދޮށުގެ/ވ.ފެލިދޫ
އައިޑީ ކާޑު ނަންބަރ.A127386 * މިހާރުގެ އެޑްރެސް: އަނބުގަސްދޮށުގެ!ވ.ފެލިދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ/ ކ. ހުޅުމާލެ
މިހާރުގެ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ | ކ. ހުޅުމާލެ
1433
• ރަޖިސްޓްރީކުރެވުނު ތާރީޚް: 23 މުޙައްރަމް 1431 * ނިމުނު ތާރީޚް: 10 ރަޖަބު
29 ޑިސެމްބަރ2010
31 މެއި
2012
• އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރ: ވ.ފެލިދޫ ކޯޓުގެ ނަންބަރު J
-
3
-
C/09
/
2010
• ޤަޟިއްޔާގެ ބާވަތް: ގެއްލުމުގެބަދަލުހޯދުން
ނިންމެވިކޯޓް: ވ.ފެލިދޫ ކޯޓު
ހުށަހެޅުނު ތާރީޚު: 10 ޖުލައި 2009 ނިމުނު ތާރީޚް: 25 ޖުލައި 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު އަޙްމަދުޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ
މުޙައްމަދު
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/277
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
ދައުވާގެ ޚުލާޞާ
މިއީ ވ.ފެލިދޫ ކޯޓުގެ ނަންބަރު J
-
3
-
C/09
/
2010 ޤާޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކިގެން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފުކުރުމަށް ފެލިދޫ އަނބުގަސްދޮށުގެ ޢަބްދުލްމުހައިމިން މޫސާ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A127386) ގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-1
އިސްތިއުނާފު މިކުރެވޭ ވ.ފެލިދޫ ކޯޓުގެ ނަންބަރު J
-
3
-
C/09
/
2010 ޤާއްޔާ
އަކީ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވ. ފެލިދޫ ގައި އެންޓަނާއެއް
ޖެހުމަށް ގޮސްއުޅުނު ބަޔަކު ހުއްދަނެތި ޢަބްދުމުހައިމިން މޫސާގެ ވ. ފެލިދޫ / އަނބުގަސްދޮށުގެ ގޯއްޗަށް
ވަދެ ޢަބްދުމުހައިމިން މޫސާ އިންދައިގެން ހައްދަމުންގެންދިޔަ ދެއަނބުގަހުގައި ވާ ޖަހައިގެން އޭގެތެރެއިން
އެއްގަސްމަރާލައި، އަނެއްގަހުން އެތަނުން ތޮށިދުއްވާލައިފައިވާ ކަމަށްބުނެ އެދެގަހުގެ ބަދަލު ވަތަނިއްޔާ
ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް އެދި ފެލިދޫ އަނބުގަސްދޮށުގެ
ޢަބްދުލްމުހައިމިން މޫސާގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ ޙުކުމުގައިވަނީ" ދެންފަހެ އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވޭ ނުކުތާތަކަށް
ބަލައި ވަތަނިއްޔާގެ ފަރާތުން ވ. ފެލިދޫ | އަނބުގަސްދޮށުގެ ވެރިފަރާތް ކަމުގައިވާ ޢަބްދުލްމުހައިމިންގެ
ހުއްދައެއްނެތި ޢަބްދުލްމުހައިމިންގެ އަނބުގަސްދޮށުގޭ ގޯއްޗަށްވަދެ ޢަބްދުލްމުހައިމިން އިންދައިގެން
ހައްދަމުން ގެންދާ ދެއަނބުގަހުގައި ވާޖަހައިގެން އޭގެތެރެއިން އެއްގަސް މަރާލައި އަނެއްގަހުން އެތަނުން
ތޮށިދުއްވާލާފައިވާ ކަމަށްބުނެ މިދެބަހަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލައާ ގުޅިގެން
ވަތަނިއްޔާގެ ފަރާތުން ވަތަނިއްޔާގެ ވަކީލު ދީނާ ހުސައިންގެ ބަހުން ޢަބްދުލްމުހައިމިންގެ ދެއަނބުގަހަށް
ލިބިފައިވާ ގެއްލުމުގެ ބަދަލު ވަތަނިއްޔާއަށް ހުށަހެޅިފައިވާ ކަމަށާއި -/8000ރ (އަށްހާސް ރުފިޔާ)
ދެވިދާނެކަމަށް ޢަބްދުލްމުޙައިމިން ލިޔުމަކުން ދެންނެވިފައިވާކަމަށް
އެއްބަސްވެފައިވުމުން، ވަތަނިއްޔާގެ ފަރާތުން ވ.ފެލިދޫގައި ޖެހި އެންޓަނާ ޖެހުމުގެ މަސައްކަތް މޮޓޮރޯލާ
އިންޓަނޭޝަނަލް ކުންފުނިން ކުރުމުގެ ތެރޭގައި ވ.ފެލިދޫ އަނބުގަސްދޮށުގޭ ގޯތިތެރޭގައި
ދެއަނބުގަހަށް ގެއްލުން ލިބިފައިވާކަމަށާއި އެކަމަށް ޒިއްމާނަގައި ބަދަލުދޭންޖެހޭ ފަރާތަކީ ވަތަނިއްޠާގެ
2 22 22
/27722 ކ ވ
ޤަބޫލުކުރާނަމަ
އަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
9f
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
2010/HC-A/277
4 2 2 4 04
ފަރާތުން ކަމަށް ޤަބޫލުކުރާކަން ސާބިތުވާތީ ދެއަނބުގަހުގެ ބަދަލަށް ޢަބްދުލްމުހައިމިން ހުށަހަޅާ -/190000
(އެއްލަކު ނުވަދިހަ ހާސް) އަށް ވަތަނިއްޔާގެ ފަރާތުން އެއްބަސްނުވެ ވަތަނިއްޔާގެ ފަރާތުން ދެގަހަށް
ހުށަހެޅި -/8000ރ (އަށްހާސް ރުފިޔާ) އަކީ މިދެބަހަށް ލިބުނު ގެއްލުމުގެ ބަދަލުކަމުގައި ކަނޑައަޅައި
މިފައިސާ ޢަބްދުލް މުހައިމިންއާ ޙަވާލުކުރުމަށްޓަކައި މިއަދު (25 ޖުލައި 2010) ދުވަހުން ފެށިގެން 01
މަސްދުވަހުގެ ތެރޭގައި މިކޯޓަށް ދައްކާ ނިންމުމަށް ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް
އަންގާ މިގޮތުގެ މަތީން ޙުކުމްކޮށް މިމައްސަލަ ނިންމީއެވެ. " މިފަދައިންކަން
2- އިސްތިއުނާފު މިކުރެވޭ ވ.ފެލިދޫ ކޯޓުގެ ނަންބަރު J
-
3
-
C/09
/
2010 ޤާޟިއްޔާ
އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކުރި ފަރާތުން ތިން ނުކުތާއެއް ފާހަގަކޮށް ޝަރީޢަތުގެ މަޖިލީހުގައި ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ.
އެގެއެވެ.
ރަތަމަނުކުތާއަކީ، ދަޢުވާގައި ހިމެނޭ ދެ އަނބުގަހުން، ކޮންމެ އަހަރަކުވެސް
ގާތްގަނޑަކަށް ދެލައްކަ ރުފިޔާ އާއްމުދަނީގެ ގޮތުގައި ދަޢުވާކުރާ ފަރާތަށް ލިބޭނެކަމަށް
ބުނެފައިވީނަމަވެސް އެކަމަށް ރިޢާޔަތް ނުކުރައްވާ، ހަމައެކަނި ވަތަނިއްޔާއިން ބުނެފައިވާ އަގަށް
ރިޢާޔަތް ކުރައްވާ މައްސަލަ ނިންމަވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ޢަބްދުލް މުހައިމިން މޫސާ ފެލިދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ގެއްލުމުގެ
ބަދަލު ހޯދުމަށް ކޮށްފައިވާ ދަޢުވާ އަކަށްވާއިރު، މިނިވަން މުސްތަޤިއްލު އަގުކޮމެޓީއެއް
ކަނޑައެޅުއްވުމެއްނެތި ހަމައެކަނި އެމައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތުން ބުނާ ބުނުމެއްގެ
މައްޗަށް ބައްލަވާ އަގު ކަނޑައަޅުއްވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ވ.ފެލިދޫ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު، ދަޢުވާކުރާ ފަރާތުން ހުއްދަނެތި ޢަބްދުލް މުހައިމިންގެ
ގޯއްޗަށް ވަދެފައިވާކަން ސާބިތުވާން އޮތްއިރު، އެކަމަށްވެސް ނުބައްލަވާ އަދި އެކަމަށް ދޭންވާ
ބަދަލު ނުދެއްވާ، ދަށު ކޯޓުގައި މައްސަލަ ރައްދުވާ ފަރާތުން އެދިފައިވާގޮތުގެ މަތިން އެފަރާތުން
ކަނޑައަޅާފައިވާ އަގު އެއީ ހަމައެކަނި އަގު ކަމުގައި ބައްލަވާ އެމަގު ދަށު ކޯޓުން ލައްވާފައިވާ
ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
0
9/J3C/2010
3- ވ.ފެލިދޫ ކޯޓުގެ ނަންބަރު J
-
3
-
C/09
/
2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި މިމައްސަލާގެ ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަތާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2010/HC-A/277
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ޢަބްދުލް މުހައިމިން މޫސާ ވ.ފެލިދޫ ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި
ހިމެނޭ 2 (ދޭއް) އަނބުގަހުން ކޮންމެ އަހަރަކުވެސް ގާތްގަޑަކަށް -/200000ރ (ދެލައްކަރުފިޔާ)
އާމްދަނީގެ ގޮތުގައި ލިބޭ ކަމަށް ބުނެފައި ވީނަމަވެސް އެކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި، އަދި ދަޢުވާ
ކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލުގެ ޖުމްލަ ކަމަށްވާ-/180000ރ (އެއްލައްކަ އައްޑިހަހާސް)
ރުފިޔާއަށްވެސް ނުބައްލަވާ ހަމައެކަނި ވަތަނިއްޔާއިން ދޭންއެއްބައި
އެއްބަސްވި ފައިސާކަމަށްވާ -/8000ރ
(އަށްހާސް) ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަޢުވާ ކުރާ ފަރާތަށް ދިނުމަށް ކަނޑައަޅުއްވާފައި
ވާކަމަށް މައްސަލަ އިސްތިއުނާފު ކުރި ފަރާތުން ބުނެފައިވާއިރު
އިސްތިއުނާފު ކުރާ ފަރާތުން ބަދަލުހޯދުމަށް ހުށަހަޅާފައިވާ ދެއަނބުގަހުގެ ބަދަލުގެ ގޮތުގައި
ތަފާތު ގިނަ އަގު ތަކެއް އެފަރާތުން ހުށަހަޅާފައި ވާކަމާއި
ދަށުކޯޓަށް އަބްދުލް މުހައިމިން ދީފައިވާ ބަޔާނުގައި ކޮންމެ ގަހަކަށް -/65000
ހުށަހަޅާފައިވާ ކަމާއި އަދި ދެއަނބު ގަހުގެ ބަދަލެއްގެ ގޮތުން -/95000 ރުފިޔާ އެއީ އަބްދުލް މުހައިމިން
ޤަބޫލު ކުރާ އަގު ކަމަށްވެސް އެބަޔާނުގައި ބުނެފައި ވާކަމާއި
އަދި އަބްދުލް މުހައިމިން މޫސާ 09 ޖުލައި 2009 ގައި ލިޔެ ވަތަނިއްޔާ ޓެލެކޮމް
މޯލްޑިވްސް އަށް ފޮނުވާފައިވާ ސިޓީއެއްގައި މިއިން އަނބުގަހަކުން އަބްދުލްމުހައިމިންއަށް އަހަރެއްގެ
ގާތްގަޑަކަށް -/50000 ރުފިޔާ ލިބޭ ކަމަށާއި ގަސް މަތިން -/100000 ރުފިޔާ
(އެއްލައްކަރުފިޔާ) ލިބޭ ކަމަށް ބަޔާންކޮށް، ދެގަހުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުން އަބްދުލް މުހައިމިން އަށް
އެއްބަސް ވެވޭ އަގަކީ ގަހަކަށް -/25000 ރުފިޔާ (ސާޅީސް ފަސްހާސް ރުފިޔާ) ކަމަށްވެސް އެސިޓީގައި
އަބްދުލް މުހައިމިން ބަޔާންކޮށްފައި ވާކަމާއި
އަދި އަބްދުލް މުހައިމިން މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ދީފައިވާ
ބަޔާނުންވެސް އަބްދުލް މުހައިމިން މޫސާ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ދެއަނބުގަހުގެ ބަދަލުގެ
މިންވަރު ބަޔާން ކުރުމުގައި ތަފާތުތަކެއް އެބަހުރި ކަމަށް އެފަރާތުންވެސް ޤަބޫލުކޮށްފައިވާކަން އެގޭއިރު
އަބްދުލް މުހައިމިން މޫސާގެ ގޯތިތެރޭގައި ހުރި ދެއަނބުގަހަށް ލިބުނު ގެއްލުމުގެ މިންވަރު ގެ ގޮތުގައި
ތަފާތު ގޮތް ގޮތަށް ބަޔާންކޮށްފައި ވުމުން އަބްދުލް މުހައިމިން މޫސާ ދެ އަނބުގަހުގެ ބަދަލެއްގެ ގޮތުގައި
ހުށަހަޅާފައިވާ އަގުތަކަކީ ވަކި މިންވަރެއްގެ މައްޗަށް ބިނާކުރެވިފައިވާ އެއްޗަކަށް ނުވާތީ އެއީ އޭގެ މައްޗަށް
ބިނާކޮށް ޝަރީޢަތަށް ވަކިމިންވަރެއް އިޤުނާޢު ކުރެވޭނޭ ކަމެއް ނޫނެވެ.
މައްޗަށް
OX
(ށ) ވ. ފެލިދޫގައި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
އެންޓަނާއެއް ޖެހުމުގެ މަސައްކަތަކީ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ރާއްޖެ
ދިވެހިންގ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2010/HC-A/277
ވިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
ޤަޟިއްޔާ .
2xx ދު
ބޭރު ކުންފުންޏެއް ކަމަށްވާ މޮޓޮރޯލާ ލިމިޓެޑް ކުންފުންޏާއި ދެމެދުގައި ކުރެވިފައިވާ ކޮންޓްރެކްޓެއްގެ
ދަށުން، މޮޓޮރޯލާ ލިމިޓެޑު ކުންފުނިން ކޮށްފައިވާ މަސައްކަތެއް ކަމާއި،
މޮޓޮރޯލާ ލިމިޓެޑުން ވ.ފެލިދޫގައި އެންޓަނާ ޖެހުމުގެ މަސައްކަތް ކޮށްފައިވަނީ
2005 ވަނަ އަހަރުގެ ޖޫން މަހުގެ ހިސާބުގައި ކަން ބަޔާންތަކުންނާއި ލިޔުންތަކުން އެގޭކަމާއި
މޮޓޮރޯލާ ލިމިޓެޑުން އެމަސައްކަތް ކުރުމުގެ ތެރޭގައި މީހެއްގެ މުދަލަކަށް
ގެއްލުމެއްވެއްޖެނަމަ އެކަންކަމުގެ މަސްއޫލިއްޔަތާއި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މޮޓޮރޯލާ ލިމިޓެޑުކަން
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި މޮޓޮރޯލާ ލިމިޓެޑުއާއި ދެމެދުގައި ވެފައިވާ
އެއްބަސްވުމުގެ 30 ވަނަ މާއްދާއާއި 46 ވަނަ މާއްދާ އިން ވަރަށް ސާފުކޮށް އެގޭކަމާއި
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވ.ފެލިދޫގައި ވަތަނިއްޔާގެ އެންޓަނާ
ޖެހުމުގެ މަސައްކަތް އެފަރާތުން މޮޓޮރޯލާ ލިމިޓެޑްއާ ޙަވާލުކުރުމުން މޮޓޮރޯލާ ލިމިޓެޑުން އެފަރާތުގެ
މުވައްޒަފުން ވ.ފެލިދޫއަށް ގޮސް އެންޓަނާ ޖެހުމުގެ މަސައްކަތް ކޮށްފައިވާކަމާއި،
ޢަބްދުލް މުހައިމިން މޫސާގެ 2 (ދޭއް) އަނބުގަހަށް ގެއްލުން ލިބިފައިވަނީ އެރަށުގައި
އެންޓަނާ ޖެހުމުގެ މަސައްކަތާ ޙަވާލުވެފައިވާ ކޮންޓްރެކްޓަރުގެ މުވައްޒަފުން މަސައްކަތުގެ އަޙުލާޤުގެ
ބޭރުން ހިންގި ޢަމަލެއްގެ ސަބަބުންކަން އެނގޭކަމާއި އެންޓަނާ ޖެހުމުގެ މަސައްކަތާ ޙަވާލުވި
ކޮންޓްރެކްޓަރު ނުވަތަ އެފަރާތުގެ މުވައްޒަފުން ކުރި ޢަމަލެއްގެ ސަބަބުން މީހެއްގެ މުދަލަކަށް ނުވަތަ
ޙައްޤަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމަސައްކަތް ކުރުމާ ޙަވާލުވި
މޮޓޮރޯލާ ލިމިޓެޑްކަން، މޮޓޮރޯލާ ލިމިޓެޑްއާއި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުއާ
ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުން އެނގޭކަމާއި، އަދި ޢަބްދުލް މުހައިމިން މޫސާގެ ދެއަނބުގަހަށް
ލިބުނު ގެއްލުމުގެ ބަދަލަށް ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޒިންމާވާން ޖެހޭނެ
ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތެއް ޝަރީޢަތަށް ހުށަހެޅިފައިނުވާކަންވެސް އެގެއެވެ.
4 2 2 4
4
2 2
(ނ) މި މައްސަލަ އިސްތިއުނާފު ކުރި ފަރާތް ކަމަށްވާ ޢަބްދުލް މުހައިމިން މޫސާގެ 2
(ދޭއް) އަނބުގަހަށް ގެއްލުން ލިބުމަށް މެދުވެރިވެފައިވަނީ ވ.ފެލިދޫގައި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ އެންޓަނާ ޖެހުމުގެ މަސައްކަތް ކުރި ފަރާތް ކަމަށްވާ މޮޓޮރޯލާ ލިމިޓެޑްގެ ސަބަބުން
ކަމަށްވާއިރު އަދި އެފަދަ ގެއްލުންތަކުގެ ޒިންމާ އުފުލާ އެކަމުގައި މަސްއޫލުވާންޖެހޭ ފަރާތަކީ އެންޓަނާ
ޖެހުމުގެ މަސައްކަތް ކުރި ފަރާތް ކަމަށްވާ މޮޓޮރޯލާ ލިމިޓެޑް ކަން މޮޓޮރޯލާ ލިމިޓެޑާއި ވަތަނިއްޔާ ޓެލެކޮމް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދުގައި ވެފައިވާ އެއްބަސް ވުމުން އެގޭ ކަމާއި
އަދި މިކޮންޓްރެކްޓަ
2007 ހިސާބުގައި
ކޮންޓްރެކްޓަރާއި ވަތަނިއްޔާ އާއި ދޭތެރޭގައި
ޢަމަލުކޮށް އަދި ކޮންޓްރެކްޓުގައި ވާގޮތުގެ މަތީން ފައިސާވެސް ދައްކާ ނިމިފައިވާ
ކަމާއި
ނ.2
/ ހ) 02 ހ 0
2
0 ހއ 2
20 #
މުޢާމަލާތެއްކަންވެސް ބަޔާންތަކުން އެގޭ
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
2010/HC-A/277
ތ ގ 2
2
24
އަދި މޮޓޮރޯލާ ކުންފުނިން ރާއްޖޭގައި ކުރި މަސައްކަތް ނިންމާ ރާއްޖެއިން ފުރައިގެން
ގޮސްފައިވުމާއެކު އަދި އެފަރާތުގެ އެޖެންޓަކުވެސް
ވެސް ރާއްޖޭގައި ނެތުމުން މޮޓޮރޯލާ ކުންފުނީގެ މައްޗަށް
އަބްދުލް މުހައިމިން މޫސާގެ 2 (ދޭއް) އަނބުގަހަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރެވޭނޭ
އެއްވެސް ގޮތެއް އަބްދުލް މުހައިމިން މޫސާ އަށް ނެތްކަމަށްވެސް އެފަރާތުން ޝަރީޢަތުގައި ބުނެފައި ވާއިރު
ގެއްލުމުން ލިބުނު 2 (ދޭއް) އަނބު ގަހަށް ވަތަނިއްޔާއިން -/8000 (އަށްހާސްރފިޔާ)
ދެވިދާނެ ކަމަށް ވަތަނިއްޔާއިން ހުށަހަޅާފައިވަނީ ދެއަނބު ގަހަށް ލިބުނު ގެއްލުމުގެ ޒިންމާ އުފުލަންޖެހޭތީ
ނޫން ކަމަށާއި އެގޮތަށް ހުށަހެޅީ މައްސަލަ އަވަސް ގޮތަކަށް ކޯޓުން ބޭރުގައި ހައްލުކޮށްދިނުމުގެ
މަޤުސަދުގައި ކަމަށް ވަތަނިއްޔާ އިން ބުނެފައިވާއިރު އަދި ވަތަނިއްޔާއިން، ދެއަނބުގަހަށް ލިބުނު ގެއްލުމުގެ
ޒިންމާ އުފުލަންޖެހޭ ޤާނޫނީ ހުއްޖަތެއް އިސްތިއުނާފު ކުރި ފަރާތަށް ހުށަހެޅިފައި ނެތްހިދު
02 203
1 2 3
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގެއްލުން ލިބުނު ދެއަނބުގަހުގެ
ވެރިފަރާތަށް ދިނުމަށް ހުށަހަޅާފައިވާ ;8000 ރ (އަށްހާސްރުފިޔާ) އަކީ އެދެއަނބުގަހުގެ ވެރިފަރާތަށް
ތަބައްރުޢު އެއްގެ ގޮތުގައި ހުށަހެޅި ހުށަހެޅުމެއް ކަމަށް ބަލަންޖެހޭ ކަމާއި،
އެހެން ކަމުން ގެއްލުން ލިބުނު ދެއަނބުގަހުގެ ވެރިފަރާތްކަމަށްވާ އަބްދުލް މުހައިމިން
މޫސާ ގެއްލުން ލިބުނު ދެއަނބުގަހުގެ ބަދަލު ހޯދުމަށް ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި، ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އަބްދުލް މުހައިމިން މޫސާ އަށް ދިނުމަށް އެއްބަސްވެފައިވާ މިންވަރަށް ވުރެން އިތުރަށް ފައިސާ
ދިނުމަށް ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ލާޒިމު ކުރެވޭނޭ ޤާނޫނީ ހަމައެއް
އޮތް ކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
02 20
<< O
ވީމާ އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން ވ.ފެލިދޫ ކޯޓުގެ ނަންބަރު
J
-
3
-
C/09
/
2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި އަބްދުލް މުހައިމިން މޫސާގެ ދެއަނބުގަހަށް
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަބްދުލް މުހައިމިންއަށް ނަގައި ދިނުމަށް
އެޙުކުމުގައި ކަނޑައޅުއްވާފައިވާ -/8000 (އަށްހާސްރުފިޔާ) މިމިންވަރަކީ ވަތަނިއްޔާ ޓެލެކޮމް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިން އަބްދުލް މުހައިމިންގެ ދެއަނބުގަހަށް ގެއްލުން ލިބިފައިވާތީ އަބްދުލް
މުހައިމިން މޫސާއަށް ތަބައްރުޢުއެއްގެ ގޮތުގައި ދިނުމަށް ހުށަހަޅާފައިވާ ޢަދަދު ކަމަށް ވުމާއެކު އެމިންވަރަށް
ވުރެ އިތުރަށް ވަތަނިއްޔާއިން ފައިސާނަގައި ދެވިދާނެ ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނުދެކެއެވެ.
ލިކްއިނޮކްސް: 16471
33
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ،
އީމެއިލް: [email protected] ވެބް ސައިޓް
www.highcourt.gov.my emoj
7
2010/HC-A/277
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް ހުރުމާއެކު ވ.ފެލިދޫ
ކޯޓުގެ ނަންބަރު J
-
3
-
C/09
/
2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި އަބްދުލް މުހައިމިން މޫސާގެ
ދެއަނބުގަހަށް -/8000 (އަށްހާސްރުފިޔާ) ދެއްކުމަށް ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުއަށް އަންގަވާފައިވާ ބަޔަށް ތާއީދުކޮށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv