ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/249 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/249
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ބޮ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 249/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުލް މަންނާނު
އައިޑީ ކާޑު ނަންބަރ: A011361
* ވަކީލު: އގ. އިބުރާހިމް ޝަފީޢު
* ދާއިމީ އެޑްރެސް: ދިލްބަހާރުގެ ތ. ތިމަރަފުށި
އެތެރެވަރި
32
މިހާރުގެ އެޑްރެސް:
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އިބްރާހީމް މުޙައްމަދު
* އައިޑީ ކާޑު ނަންބަރ: A050851
*ވަކީލު:
ލު: އޖ. އަދުނާނު ޔޫސުފު
ދާއިމީ އެޑްރެސް: ލ. މުސްތަފާއާބާދު
މިހާރުގެ އެޑްރެސް: ލ. މުސްތަފާއާބާދު
*
ހުށަހެޅުނު ތާރީޚް: 20/08/2009
ނިމުނު ތާރީޚް: 25/05/2010
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1340
ނިންމެވިކޯޓް: މަދަނީ ކޯޓް
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުމަށް
ހުށަހެޅުނުތާރީޚް: 11/06/2009
ނިމުނު ތާރީޚް: 23/06/2009
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2009/HC-A/249
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓްގެ ނަންބަރ 2009/MC/1340ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދެއްވުންއެދި ތ.ތިމަރަފުށި
ދިލްބަހާރުގެ ހ.އެތެރެވަރި ޢަބްދުލް މަންނާނު ދިވެހިރާއްޖޭގެ ހައިކޯޓަށް
ހށުހ2 23
22
2 ގެ*
އ
4
842ނއާ
ހއދ
19ދަނަކީ
މައްޗަށް
ތތ ހކ ދވ
ކަންތައް
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި މަދަނީ ކޯޓްގެ ނަންބަރ 2009/MC/1340ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މައްސަލައާއިގުޅޭ ލިޔެކިޔުންތަކަށާއި
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
• ފުރަތަމަ ކަމަކީ، މަދަނީ ކޯޓްގެ ނަންބަރ 2009/MC/1340ގެ ޤަޟިއްޔާގައި ޢަބްދުލް
މަންނާގު ކިބައިން އިބްރާހީމް މުޙައްމަދު ހޯދުމަށް ދަޢުވާކޮށްފައިވާ 135367
/
00ރ (އެއްލައްކަ ތިރީސް
ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ހަތެއް ރުފިޔާ) އަކީ، އިބްރާހީމް މުޙައްމަދަށް، ޢަބްދުލް މަންނާނު
ދައްކަންޖެހޭ ފައިސާއެއްކަމަށް އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 200916/23 ދުވަހު، ޢަބްދުލް
މަންނާނު ދީފައިވާ ބަޔާނުގައި އިޢުތިރާފުވެފައިވާކަން އެނގެން އޮންނަ އޮތުމެވެ.
ދެވަނަކަމަކީ، ޢަބްދުލް މަންނާނުގެ މައްޗަށް، އިބްރާހީމް މުޙައްމަދު ބުނެވުނު ޤަޟިއްޔާގައި
ކޮށްފައިވާ ދަޢުވާގައިބުނާ ފައިސާ ލިބިދިނުމަށް އިބްރާހީމް މުޙައްމަދު އެޤަޟިއްޔާގައި އެދިފައިވަނީ
އެއްފަހަރާކަން އިބްރާހީމް މުޙައްމަދުގެ ބަޔާނުން އެނގެން އޮންނައިރު، ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހަށް ޢަބްދުލް މަންނާނު ދީފައިވާ ބަޔާނުގައި އެޤަޟިއްޔާގެ ދަޢުވާގައި ބުނެފައިވާ ފައިސާއަކީ، ޢަބްދުލް
މަންނާނު، އިބްރާހީމް މުޙައްމަދަށް ދައްކަންޖެހޭ ފައިސާއެއްކަމަށް އިޢްތިރާފުވެފައިމެ، މިފައިސާ ޢަބްދުލް
މަންނާނަށް ދެއްކޭނީ މަހަކު -/2000(ދެހާސް) ރުފިޔާގެ މަގުންކަމަށްބުނެ ޢަބްދުލް މަންނާނުގެ ފަރާތުން
އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން އިބްރާހީމް މުޙައްމަދު ޤަބޫލުކޮށްފައިނުވާކަން
އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 2009/6/23 ދުވަހު އިބްރާހީމް މުޙައްމަދު ދީފައިވާ ބަޔާނަށް
ބެލުމުން އެނގެން އޮންނައޮތުމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2009/HC-A/249
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ތިންވަނަކަމަކީ، ބުނެވުނު މަދަނީ ކޯޓުގެ ޤަޟިއްޔާގެ ޙުކުމުގައިބުނާ ފައިސާ ޢަބްދުލް
މަންނާނަށް ދެއްކޭނީ މަހަކު-/2000 ރުފިޔާގެ މަގުން ކަމަށްބުނެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ޢަބްދުލް މަންނާނުގެ ފަރާތުން ހުށަހެޅި ހުށަހެޅުންވެސް އިބްރާހީމް މުޙައްމަދު ޤަބޫލުކޮށްފައިނުވާކަން
އިބްރާހީމް މުޙައްމަދު މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް
ބެލުމުން އެނގެން އޮންނަ އޮތުމެވެ.
20
•ހަތަރުވަނަކަމަކީ، މަދަނީ ކޯޓުގެ އިސްވެއިޝާރާތްކުރެވުނު ޤާޟިއްޔާގައި ޢަބްދުލް މަންނާނު،
އިބްރާހީމް މުޙައްމަދަށް ދެއްކުމަށް ޙުކުމް ކުރައްވާފައިވާ -1353671ރ (އެއްލައްކަ ތިރީސް ފަސްހާސް
ތިންސަތޭކަ ފަސްދޮޅަސް ހަތްރުފިޔާ) އަކީ، އިބްރާހީމް މުޙައްމަދަށް، ޢަބްދުލް މަންނާނު ދައްކަންޖެހޭ
ފައިސާއެއްކަން ޢަބްދުލް މަންނާނުގެ ފުރިހަމަ އިޢްތިރާފުން އެނގެން އޮންނައިރު، އަދި އިބްރާހީމް
މުޙައްމަދު
މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ދަޢުވާ ކޮށްފައިވަނީ
މިފައިސާއެއްފަހަރާ ލިބިދިނުމަށްކަން އެޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނައިރު އެޤަޟިއްޔާގައި
މިފައިސާ ދެއްކުމަށް ޢަބްދުލް މަންނާނު ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިގޮތް އެޤަޟިއްޔާގައި
ދަޢުވާކުރި އިބްރާހީމް މުޙައްމަދު ޤަބޫލުކޮށްފައި ނުވާކަން އިބްރާހީމް މުޙައްމަދުގެ ފަރާތުން 2009/6/23
ގައި ދީފައިވާ ބަޔާނުން އެނގެން އޮންނައިރު، މިމައްސަލައާގުޅިގެން މިފައިސާ ދެއްކުމަށް ޢަބްދުލް މަންނާނު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުންވެސް އިބްރާހީމް މުޙައްމަދު ޤަބޫލުކޮށްފައިނުވާކަން
އެނގެންއޮންނާތީ މިފައިސާ ޢަބްދުލް މަންނާނުގެ ފަރާތުން، އިބްރާހީމް މުޙައްމަދަށް ދެއްކުމަށް މަދަނީ
ކޯޓުގެ އިސްވެއިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމުގެ ދަށުން ދީފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތެއް
އިބްރާހީމް މުޙައްމަދުގެ ނުރުހުމުގައި ޝަރީޢަތުގެ ފަރާތުން ކަނޑައެޅެން ނެތްކަން އެނގެން އޮންނައޮތުމެވެ.
OXO
..
• ފަސްވަނަކަމަކީ، އިސްވެބަޔާންކުރެވުނު ކަންކަން މިބަޔާންކުރެވުނު ގޮތުގެ މަތިން ހުރުމާއިއެކު،
މަދަނީ ކޯޓުގެ އިސްވެ ޙަވާލާ ދެވުނު ޤަޟިއްޔާގައި ޢަބްދުލް މަންނާނު، އިބްރާހީމް މުޙައްމަދަށް ދެއްކުމަށް
ޙުކުމް ކުރައްވާފައިވާ -/135367ރ (އެއްލައްކަ ތިރީސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ހަތްރުފިޔާ)
23 ޖޫން 2009 މިދުވަހުންފެށިގެން ކޮންމެ މަހަކު -/8000ރ. އަށްހާސް ރުފިޔާ) ދައްކަމުންގޮސް
16(ސޯޅަ) މަސްދުވަހުގެ ތެރޭގައި -/135367ރ އެއްލައްކަ ތިރީސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް
ހަތްރުފިޔާ) މަދަނީ ކޯޓަށް ދައްކައި ނިންމުމަށް ޢަބްދުލް މަންނާނަށް އަންގަވައި ކުރައްވާފައިވާ ޙުކުމާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2009/HC-A/249
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަޔަށް ބަދަލެއް ގެނެވޭނެ ތަނެއް އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ
މަޖިލީހަށް ނުފެނުމެވެ.
ޙުކުމް:
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް
މ.މުސްޠަފާއާބާދު އިބްރާހީމް މުޙައްމަދަށް، ތ.ތިމަރަފުށި ދިލްބަހާރުގެ (ހ.އެތެރެވަރި) ޢަބްދުލް
މަންނާނު ދައްކަންޖެހޭކަމަށް މަދަނީ ކޯޓްގެނަންބަރ 2009/MC/1340ގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
-1353671ރ (އެއްލައްކަ ތިރީސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ހަތްރުފިޔާ) އިބްރާހީމް މުޙައްމަދަށް
ލިބިދިނުމަށްޓަކައި 23 ޖޫން 2009 މިދުވަހުން ފެށިގެން ކޮންމެ މަހަކު މަދުވެގެން -/8000ރ. (އަށްހާސް
ރުފިޔާ) ދައްކަމުން ގޮސް 16 (ސޯޅަ) މަސްދުވަސް ތެރޭގައި -1353671ރ (އެއްލައްކަ ތިރީސް ފަސްހާސް
ތިންސަތޭކަ ފަސްދޮޅަސް ހަތްރުފިޔާ) މަދަނީ ކޯޓަށް ދައްކައި ނިންމުމަށް ޢަބްދުލް މަންނާނަށް އަންގަވައި
މަދަނީ ކޯޓްގެ މިބުނެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާބެހޭ ބަޔަށް ބަދަލެއް ގެނެވޭނެ ޝަރުޢީ އަދި
ޤާނޫނީ ހަމައެއްވިޔަސް އޮތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފަނޑިޔާރުންގެ މަޖިލީހަށް
ނުފެނުނުހިނދު އެޤަޟިއްޔާގައި ކުރައްވާފައިވާ މިބުނެވުނު ޙުކުމާބެހޭ ބަޔަށް ތާއީދުކޮށް މިޤާޟިއްޔާނިންމީއެވެ.
ހައިކޯޓްގެ މިޤަޟިއްޔާގައި ބެލެވިފައިވާނީ މަދަނީ ކޯޓްގެ ނަންބަރ 2009/MC/1340ގެ ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭކަމަށްބުނެ ތ.ތިމަރަފުށި ދިލްބަހާރުގެ1ހ.އެތެރެވަރި ޢަބްދުލް މަންނާނު
ފުހެޅި ނުކުތާ އެކަންޏެވެ.
ހުށަހެޅި
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޝަ 2
.ޕީ
އާދަމް މުޙައްމަދު ޢަބްދު
،ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
،ފަނޑިޔާރު)
ދިވެހިރާޢްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv