ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/14 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
މާލެ، ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 14/HC-A/2008
• ދަޢުވާކުރާ ފަރާތް:
• ނަން: މޫސާ ޤާސިމް
އައި.ޑީ.ކާޑް ނަންބަރ. (A053788)
އޏ. އަޙްމަދު ޢަބްދުﷲ ޢަފީފު
ލ. މާމެންދޫ ޝާމް
މިހާރުގެ އެޑްރެސް: ލ.
ހ. މާމެންދޫ ޝާމް
ކަޝްމީރުވާދީ (A052792)
ވަކީލު:
ދަޢުވާލިބުނު ފަރާތް.
• ނަން: ޢާމިރު މުޙައްމަދު
* ދާއިމީ އެޑްރެސް: ލ. ހިތަދޫ އޯޝަންލީޑް
އައި.ޑީ.ކާޑް ނަންބަރ: (A120268) * މިހާރުގެ އެޑްރެސް: ލ. ހިތަދޫ އޯޝަންލީޑް
ވަކީލު: އޏ. އަޙްމަދު ޝުކުރީ ލ. މާދީވަރު (A023981)
1429
• ހުށަހެޅުނު ތާރީޚް: 8 މުޙައްރަމް
16 ޖެނުއަރީ
*ނިމުނު ތާރީޚް: 28 ރަބީޢުލްއައްވަލް 1431
14 މާރޗް
2008
2010
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/O11C/22
ނިންމެވި ފަރާތް: ލ. ހިތަދޫކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 12 މާރޗް 2007 ނިމުނުތާރީޚް: 4 ނޮވެމްބަރ 2007
0
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/14
ދައުވާގެ ޚުލާޞާ
مسی متراع کر
ތަދޫކޯޓުގެ ނަންބަރު 2007/O11C/22 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މާމެންދޫ ޝާމް މޫސާ ޤާސިމްގެ ފަރާތުން
ފަރާތުން ހުށަހެޅުމުން
ހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
މޫސާ ޤާސިމް ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ލ. ހިތަދޫ އޯޝަންލީޑް
ޢާމިރު މުޙައްމަދު އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ލ. ހިތަދޫކޯޓުގެ ނަންބަރު 2007/O11C/22 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އިސްތިއުނާފު
ކުރުމަށް މޫސާ ޤާސިމްގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި މައްސަލައާއި ގުޅިގެން ދަޢުވާ ރައްދުވާ
ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނުނީ
ހަމަތަކުގެ މަތިން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ ޢާމިރު މުޙައްމަދު ދުއްވާ ސަލްވާ ބޯޓަށް އަރުވައިގެން މޫސާ ޤާސިމް ރަށުން
މާލެއަށް ތަކެތި ގެންދިޔަކަމާއި އަދި މާލެއިން ރަށަށް ތަކެތި ގެންގޮސްފައިވާކަމާއި ލ. މާމެންދޫ ކޯޓުގައި
2007/07/011C ނަންބަރު ޤަޟިއްޔާ ހިނގިއިރު ޢާމިރު މުޙައްމަދު މޫސާ ޤާސިމް އަތުން
ގެންގޮސްފައިވާ މުދަލުގެ އަގު ހޯދުމުގެ މައްސަލާގައި ތަކެތީގެ ނާލުގެ ވާހަކަ ދެކެވިފައިވާކަމާއި
އެޤަޟިއްޔާގައި މޫސާ ޤާސިމް އަށް އާމިރު މުޙައްމަދު 51811
/
49ރ. (ފަންސާސް އެއްހާސް
އަށްސަތޭކަ އެގާރަ ރުފިޔާ ސާޅީސް ނުވަލާރި) ރުފިޔާ ދައްކަންޖެހޭކަމަށް ޙުކުމް ކުރައްވައި މޫސާ
ޤާސިމް ޢާމިރު މުޙައްމަދުގެ ބޯޓުން އުފުލި މުދަލުގެ ނާލަށާއި އެހެނިހެން ގޮތްގޮތުން މޫސާ ޤާސިމް
އަތުން ޢާމިރު މުޙައްމަދު އަށް ލިބެންޖެހޭ ފައިސާގެ މައްސަލަ އެހެން ޤަޟިއްޔާއަކުން ހުށަހެޅުމުން
ބަލައިދެވޭނެކަމަށް އަންގާ އެޤަޟިއްޔާ ނިންމަވާފައިވާކަން އެނގެން އޮންނަކަން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/14
(ނ) ދެވަނަކަމަކީ، ޢާމިރު މުޙައްމަދު ޝަރީޢަތަށް ހުށަހަޅާފައިވާ ބަޔާނުގައި މޫސާ ޤާސިމް
ސަލްވާބޯޓުން ގެނެސްފައިވާ މުދަލާއި ތަކެތީގެ ލިސްޓެއް ހިމެނިފައިވާކަމާއި މި ލިސްޓުގައިވާ ތަކެތީގެ
ތެރެއިން މޫސާ ޤާސިމް ޚިލާފުވާ އައިޓަމަކީ، 45 ރޯލު ކެހެރި މެޓްގެ ބަދަލުގައި 44 ރޯލު ކެހެރި
ޓްކަމަށްބުނާ ބުނުންކަމާއި، އަނެއް ސާމާނަކީ މޫސާ ޤާސިމް އެބޯޓުން ގެންދިޔަ ތަކެތިކަމަށް
ބުނެފައިވާކަން އެނގެން
.ގެންއޮންނަކަން،
(ނ) މޫސާ ޤާސިމް ލ. މާމެންދޫކޯޓަށް 1/3/2007 ދުވަހު ނަންބަރު 2007/O11C/07
out
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި އެދަތުރުގައި 45 ރޯލު ކެހެރި މެޓް
ގެންދިޔަކަމަށް އިޤްރާރުވެފައިވާކަމާއި އަދި އެބަޔާނުގައި ތަކެތީގެ ނާލަށްވާ އަގު މޫސާ ޤާސިމް
ކަނޑައަޅާ ރޭޓުން ދޭން ރުހި ޤަބޫލުވާކަމަށް ސާފުބަހުން ބުނެފައިވާކަން އެނގެން އޮންނަކަން،
(ރ) ޢާމިރު މުޙައްމަދު ދުއްވި ސަލްވާ ބޯޓުން މިދަތުރުގައި މޫސާ ޤާސިމް ގެންދިޔަ މުދަލާއި
ތަކެތި އުފުލާދިނުމަށް ޢާމިރު މުޙައްމަދު އާއިއެކު އެއްބަސްވެފައިވަނީ ދަތުރުގެ ޚަރަދުގެ ގޮތުގައި އެއްކޮޅު
ތެލުގެ ޚަރަދު މޫސާ ޤާސިމް ދޭގޮތަށްކަން ދަންނާނެކަމަށް މޫސާ ޤާސިމް ބުނާ ހެކިންގެ ބަހަށް ބަލާއިރު:
ލ. މާމެންދޫ ޗާނދަނީއުތުރގެ އިސްޙާޤް އަބޫބަކުރު ބުނެފައިވަނީ ޢާމިރު މުޙައްމަދު ލ. މާމެންދޫ
ގުލޭނޫރަންމާގޭގައި އެއްރޭހުރެ މިދަތުރުގެ އެއްކޮޅު ތެޔޮ ކަނޑައިދޭނެކަމަށް މޫސާ ޤާސިމް އާއި އިސްޙާޤު
އަބޫބަކުރު އާއި ދެމީހުން ތިއްބާ ބުނެފައިވެއެވެ. މިފަދައިންކަމާއި،
ލ. މާވަށް ކޯދު ޢަބްދުﷲ ސުލައިމާނުގެ ހެކިބަހުގައި ބުނެފައިވަނީ، މާލެ ލޯކަލް މާރކެޓް
ކައިރީގައި މިދެމީހުން ތިބެގެން ދެކެވުނު ވާހަކައެއްގައި މޫސާ ޤާސިމްގެ 33 ފީފާ ރޭސިން އާއި
އެއާއިވާނެ ސާމާނު ސަލްވާ ބޯޓުން ގެނެސްދިނުމަށް އެއްބަސްވެފައިވަނީ އެބޯޓުގެ އެފަހަރު ދަތުރުޚަރަދުގެ
1/2 މޫސާ ޤާސިމް ދައްކާގޮތަށެވެ. އަދި އޭގެތެރެއިން 5 ފީފާ ރޭސިންއާއި އެއާއިގުޅޭ އެހެނިހެންތަކެތި
2c89 ހ 0
2 4ދ
09
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/14
އއސިފައިންޅޭކަމަށެވެ.
ބަޔާންކު ވަނު
މޫސާ ޤާސިމް ބޭރުން ގެންނަށްލިބުނު އަގަށް ޢާމިރު އަށް ދޭގޮތަށެވެ. މިފަދައިން ބުނެފައިވާއިރު
ހެކިބަސްދީފައިވާ ލ. މާމެންދޫ ދޮންފަތްބަގީޗާގެ ޢަލީ އުޘްމާނުގެ ހެކިބަހުގައި، ދަތުރުކޮށްފައިވަނީ
އެއްކޮޅު ތެލުގެ ޚަރަދަށްކަމަށް ނިންމީމާ ޢާމިރު މުޙައްމަދު އަށް ބޮޑުގެއްލުމެއްވާތީ އެގޮތަށް ޢާމިރު
އެއްބަސްވެފަ އެހެންކަމުން އިސްވެ
ޢަބްދުﷲ ސުލައިމާނު އާއި އިސްޙާޤް
އަބޫބަކުރުގެ ހެކިބަހުގެ ތަފާތުހުރިކަމާއި މިގޮތުން ޢަބްދުﷲ ސުލައިމާނުގެ ހެކިބަހުގައި ދަތުރުގެ ޚަރަދުގެ
1/2 މޫސާ ޤާސިމް ދައްކައި އަދި 5 ފީފާ ރޭސިންއާއި އެއާއިގުޅޭތަކެތި ބޭރުން ގެންނަންލިބުނު އަގަށް
ޢާމިރަށް ދޭގޮތަށް އެއްބަސްވިކަމަށް ބުނާއިރު އިސްޙާޤު އަބޫބަކުރުގެ ހެކިބަހުގައި މިދަތުރުގެ އެއްކޮޅު
ތެޔޮކަނޑައިދޭނެކަމަށް ޢާމިރު މުޙައްމަދު ބުނިވާހަކައަކީ ތަފާތު ދެމަޙައްލެއްގައި ތަފާތުގޮތަކަށް ތަފާތު
ދެދުވަހެއްގައި ބުނެފައިވާ ވާހަކައެއްކަމަށްވުމުންނާއި އެއްފަހަރާ އެއްވަޤުތަކު އަޑުއެހިކަމަށްބުނޭ
ކާފީހެކިބަހެއް ތަވާފުޤުވާގޮތެއްގައި ޝަރީޢަތަށް ލިބިފައި ނުވުމުން ޝަރުޢީ ހަމަތަކުގެ މަތިން ޢާމިރު
މުޙައްމަދު އާއި މޫސާ ޤާސިމް އާއި ދެމެދު އެފަދަ އެއްބަސްވުމެއް ވެވިފައިވާކަން ސާބިތުނުވާކަމާއި އަދި
މިތަކެތީގެ ނާލު ދެއްކުމަށް 2007/O11C/07 ޤަޟިއްޔާގައި ޚުދު މޫސާ ޤާސިމް އެއްބަސްވެފައިވާކަން
އެނގެން އޮންނަކަން
،
0) 0)
(ބ) އިސްވެބަޔާންކުރެވުނު ކަންތައް ބަޔާންކުރެވިދިޔަ ގޮތުގެމަތިން ހުރުމުން ޢާމިރު
މުޙައްމަދު ދުއްވި ސަލްވާބޯޓުން މޫސާ ޤާސިމް ގެންދިޔަ ތަކެއްޗާއި މުދަލުގެ ނާލުގެ ބަދަލުގައި
އެއކތލިގެ
އެދަތުރުގެ ލުގެ ޚަރަދު، މޫސާ ޤާސިމް ދޭގޮތަށް މިދެފަރާތުގެ ދެމެދުގައި ޝަރުޢީ
ހަމަތަކުގެމަތިން އެއްބަސްވުމެއް ވެފައިވާކަން ސާބިތުނުވާކަމާއި އެހެންކަމުން އެބޯޓުން އުފުލާފައިވާ
މުދަލުގެ ނާލަކީ ޢާމިރު މުޙައްމަދަށް މޫސާ ޤާސިމް ދޭންޖެހޭ އެއްޗެއްކަން ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުން ބަލާއިރު އެނގެން އޮތުމުން ލ. ހިތަދޫކޯޓުގެ ނަންބަރު 2007/O11C/22 ޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/14
އި#27
ކަމަށް
މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް
ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ނުކުރެވޭކަން،
ޙުކުމް:
ވީމާ
ހިތަދޫކޯޓުގެ ނަންބަރު 2007/22/011C ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށްޓަކައި
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ތާއީދުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
(.
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު
ޙަމީދު
ފަނޑިޔާރު
ދީ
އެއްޖޭގެ މަޖް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv