ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/201 ޤަޟިއްޔާގެ ޙުކުމް
ނިމުނު ގޮތުގެ ޗާޕްޓް
2009FIC-A/20]
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 201/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
އައިޑީ ކާޑު ނަންބަރ.
*
އެޑްރެސް:
މިހާރުގެ އެޑްރެސް: -
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ
(ދައުލަތް)
*އައިޑީ
ކާޑު ނަންބަރ:-
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ރަޖަބް 1430
13 ޖުލައި 2009
* ނިމުނު ތާރީޚް: 13 ރަބީޢުލްއައްވަލް 1433
31 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/678
ނިންމެވިކޯޓް: މަދަނީ ކޯޓު
ޤަޟިއްޔާގެ ބާވަތް: ގެއްލުމުގެ
• ހުށަހެޅުނުތާރީޚް: 9 އެޕްރީލް 2008
ހެން
ނިމުނު ތާރީޚް: 23 އެޕްރީލް 2009
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު ދޮރާނީ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.fmv
3
ދިން ގޮތުގެ ރިޕޯޓް
20{09/HiC-A/20j
ދަޢުވާގެ ޚުލާޞާ
ސަން
އެއަރ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/678 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި
އިންޓަރނޭޝަނަލް ޕްރައިވެޓް
(ރަޖިސްޓްރީ ނަންބަރު
1737194-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް
ސޯޝަލް ސެކިއުރިޓީ އެވެ.
"40 8 2
4344
ވުނު ނުކުތާތައް
1. އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/678 ޤަޟިއްޔާއަށް ބަލާއިރު،
އެޤަޟިއްޔާއަކީ، ޞަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް މިނިސްޓްރީ އޮފް ހަޔަރ
އެޑިއުކޭ ޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއިން ޤަވާޢިދުން ދޫކޮށްފައިވާ އެމްޕްލޮއިމަންޓް
އޭޖެންސީ ހިންގުމުގެ ހުއްދައިގެ ދަށުން ބިދޭސީން ރެކްރޫޓްކުރުމުގެ މަސައްކަތް ޤާނޫނާއި ޤަވާޢިދާ
ގޮތުގެމަތިން ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރަމުން ގެންދަނިކޮށް،
ފަސްމީހެއްގެ ވަރކް ޕާރމިޓްގެ މުއްދަތު އިތުރުކުރުމަށް އެމިނިސްޓްރީއަށް ފޯމް ޑޮކިއުމަންޓެއް ހުށަހެޅިކަމަށް
ބުނެ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެއްވެސް ޢަމަލެއް ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ކޮށްފައިނުވާއިރު، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް މާލީގޮތުންނާއި އެނޫންވެސް
ގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ބޭނުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް
އެންޑް ސޯޝަލް ސެކިއުރިޓީއިން ނުބައި ނިޔަތުގައި ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް ދޮގުމައްސަލައެއް ގަސްދުގައި އުފުލައިގެން، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ކުރަމުން ގެންދިޔަ އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ކުއްލިއަކަށް، 9 ޖޫން 2003 އިން
ފެށިގެން 11 ސެޕްޓެމްބަރ 2005 އާއި ހަމައަށް ހުއްޓުވާލާފައިވާތީއާއި، މަސައްކަތް ހުއްޓުވާލުމުގެ ސަބަބުން
އެވަރުގެ މުއްދަތެއްގައި އެމަސައްކަތް ކުރެމްން ޢާންމުގޮތެއްގައި ސަންއެއަރ އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑްއަށް ލިބޭ ފައިދާ ނުލިބި، ބޮޑެތި މާލީ ގެއްލުން ލިބިފައިވާތީއާއި، 2 (ދޭއް) އަހަރާ 3 (ތިނެއް)
މަސްދުވަހުގެ ގެއްލުމުގެ ބަދަލަށްވާ -/15,180,000 (ފަނަރަ މިލިއަން އެއްލައްކަ އަށްޑިހަހާސް) ރުފިޔާ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ކިބައިން އެކީ
އެއްފަހަރާ ލިބިދިނުންއެދި، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް
06
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.tmv
4
ނިމުނު ގޮތުގެ ރިޕޯޓް
.2009/HC-A/201
8 0 4
OG
ހަޔަރ އެޑިއުކޭޝަން،
އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ މައްޗަށް ދަޢުވާކުރުމުން މަދަނީ ކޯޓު
ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ 09 ޖޫން 2003 އިން ފެށިގެން
11 ސެޕްޓެމްބަރ 2005 އަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީގެ ފަރާތުން ހިފެހެއްޓުމަށް ނިންމި 05 (ފަހެއް) މީހެއްގެ ވަރކް ޕާރމިޓްގެ މުއްދަތު އިތުރުކުރުމަށް
އެމިނިސްޓްރީއަށް ފޯރމް ޑޮކިއުމަންޓެއް ހުށަހެޅިކަމުގައި ބުނެފައިވާހިނދު، 14 އޭޕްރީލް 2003 ގައި ލިއެ
15 އޭޕްރީލް 2003 ގައި ސަންއެއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް
ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއަށް ހުށަހެޅިކަމަށް އެމިނިސްޓްރީން ބުނާ
މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސިޓީ ބަލައިގަނެ، އެމިނިސްޓްރީގެ
ލޭބަރ ސެކްޝަނުން 15 އޭޕްރީލް 2003 ގައި ދޫކޮށްފައިވާ ބެހެއްޓިފައިވާ ތަކެތީގެ ލިއުން ނަންބަރު 5145
ގައިވަނީ 06 (ހަތެއް) މީހުންގެ ވާރކް ޕާރމިޓްގެ މުއްދަތު އިތުރުކުރުމަށްކަމާއި، 14 އޭޕްރީލް 2003 ގައި
ލި، 15 އޭޕްރީލް 2003 ގައި ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ
އޮފް ހަޔަރ އެޑިއުކޭ ޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއަށް ހުށަހެޅިކަމަށް އެމިނިސްޓްރީން
ބުނާ މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ސިޓީގައިވަނީ 05 (ފަހެއް)
މީހުންގެ ނަންކަމަށާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީގެ ލޭބަރ ސެކްޝަނުން ދޫކޮށްފައިވާ ބެހެއްޓިފައިވާ ތަކެތީގެ ލިއުން ނަންބަރ 5145 ގައި 06
ދިހައެއް) މީހުންކަމުގައިވަނީ އެމިނިސްޓްރީއަށް ހުށަހެޅޭ ކޮންމެ ސިޓީއަކަށް ވަކިވަކިން ބެހެއްޓިފައިވާ ތަކެތީގެ
ލިއުން ދޫނުކުރާތީކަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީން ބަޔާންކުރާކަމާއި، ވާރކް ޕާރމިޓާއި ގުޅިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން،
އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ފަރާތުން ދޫކުރާ ބެހެއްޓިފައިވާ ތަކެތީގެ ލިއުމުގައި
ދުވަހަކުވެސް ހުށަހެޅި އަދަދަށްވުރެ މަދު ނުވަތަ އިތުރު ޢަދަދެއް ޖަހާފައި ނުއޮންނަކަން ސަން އެއަރ
އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތްކުރި ތ. ވިލިފުށި(ބިލަތްމާގެ މުޙައްމަދު ޙަމީދު (ދ.ރ. ކާޑް
ނަންބަރ A141832) ޝަރީއަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވާކަމާއި، ސަން އެއަރ އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީއަށް ހުށަހެޅިކަމަށް އެމިނިސްޓްރީން ބުނާ މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ސިޓީއަށް ސަން އެއާރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒުހިނގުން، 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ނިމުނު ގޮތުގެ ރިޕޯޓް
2009,HC-20]
04
އެފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއަށް ހުށަހެޅި
ކަމަށްބުނާ ސިޓީގައިވަނީ 06 (ހައެއް) މީހުންގެ ނަންކަމާއި، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހެޅި މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ސިޓީގައި މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ސިއްކަ ޖަހާފައިވާކަން
ފާހަގަކޮށްފައިވާކަމާއި، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ހަޔަރ.
އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއަށް ހުށަހެޅިކަމަށް އެމިނިސްޓްރީން ބުނާ
މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސިޓީގައި މާތުނޑި ޓްރޭޑް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ސިއްކަ ޖަހާފައިނުވާކަމާއި، ޚާތުނޑި ޓްރޭޑް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރ 2003
/
28-MTC (04 ޖޫން 2003)
"14 އޭޕްރީލް 2003 ގައި ވަރކް ޕާރމިޓް އިތުރުކުރުމަށް ހުށަހަޅާފައިވާ 05 (ފަހެއް) މީހުންނަކީ
މިކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މީހުންނެއްނޫން" ކަމުގައިވާއިރު، މިސިޓީން ޙަވާލާދެނީ މާތުނޑި ޓްރޭޑް
އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހެޅި ސިޓީއަށްކަން އެނގެން ނުއޮންނަކަމާއި، މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ ލ. ގަން| މާތުނޑި ޢަބްދުލްވައްހާބު ޢަބްދުﷲ (ދ.ރ.
ކާޑު ނަންބަރ A081636) ޝަރީއަތަށް ދީފައިވާ ބަޔާނުގައި 14 އޭޕްރީލް 2003 ގައި ލިއެ، 15 އޭޕްރީލް
2003 ގައި ސަން އެއާރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ހަޔަރ
އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއަށް ހުށަހެޅިކަމަށް އެމިނިސްޓްރީން ބުނާ
މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ސިޓީއަކީ މާތުނޑި ޓްރޭޑް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ސިޓީއެއް ނޫންކަމުގައި
ބަޔާންކޮށްފައިވާކަމާއި، އެބަޔާނުގައި ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ
އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއަށް ހުށަހެޅި މާތުނޑި ޓްރޭޑް
އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސިޓީކަމުގައި ސަން އެއަރ އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ ފަރާޘުން ބުނާ ސިޓީއަކީ މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ސިޓީއެއް ނޫންކަމުގައި ޢަބްދުލްވައްހާބު ޢަބްދުﷲ ބުނެފައިނުވާކަމަށާއި، ސަން
އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން،
އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއަށް ހުށަހެޅި ސިޓީކަމަށް ސަން އެއާރ އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ނިމުނު ގޮތުގެ ރިޕޯޓް
2000/HC-A/201
8 0 4
ސޯޝަލް ސެކިއުރިޓީގެ ފަރާތުން ބުނާ 02 (ދޭއް) ސިޓީއަކީ ޢާންމުކޮށް މާތުނޑި ޓްރޭޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭނުންކުރާ ލެޓަރހެޑް ނޫންކަމުގައިވީނަމަވެސް،
މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢާންމުކޮށް ބޭނުންކުރާ
ލެޓަރހެޑް ނޫން އެހެން ލެޓަރހެޑް ބޭނުންކޮށްވެސް ބައެއްފަހަރު އެކުންފުނީގެ ލިއުންތަކުގައި ހުންނަކަމާއި،
ލެޓަރހެޑް ނޫން ކަރުދާހުގައި ފޮނުވާ ސިޓީތަކުގައި ކުންފުނީގެ ސިއްކަ ޖަހާފައިވާނެކަން ޝަރީއަތަށް
ހުށަހެޅިފައިވާ ލިޔެކިއުންތަކުންނާއި، ޢަބްދުލްވައްހާބު ޢަބްދުﷲގެ ބަހުން ޝަރީއަތަށް ސާބިތުވާކަމާއި،
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ލޭބަރ ސެކްޝަނުން
ދޫކޮށްފައިވާ ބެހެއްޓިފައިވާ ތަކެތީގެ ލިއުން ނަންބަރ 5145 އިން 206 (ހައެއް) މީހުންގެ ވަރކް ޕާރމިޓްގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައިވާކަން އެނގޭކަމުގައިވާއިރު، އެމިނިސްޓްރީން އެއީ ވަކި ދެ ސިޓީއަކުން
ހުށަހެޅިފައިވާ ޖުމުލް 06 (ހައެއް) މީހުންގެ ނަން ކަމުގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން ވަކި 01
(އެކެއް) މީހެއްގެ ވަރކް ޕާރމިޓްގެ މުއްދަތު އިތުރުކުރުމަށްއެދި، ހުށައަޅާފައިވާ ސިޓީއެއް ޝަރީއަތަށް
ހުށަހެޅިފައިނުވާކަމާއި، މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 06
ދިހައެއް) މީހުންގެ ތެރެއިން 01 (އެކެއް) މީހެއްގެ ނަން ވަކި ސިޓީއަކުން ހުށަހަޅާފައިވާނެކަމުގައި
ޤަބޫލުނުކުރެވޭކަމަށް ޢަބްދުލްވައްހާބު ޢަބްދުﷲ ބަޔާންކޮށްފައިވާކަމާއި، މިސަބަބުތަކަށްޓަކައި، ސަން އެއަރ
އިންޓަނޭޝަންލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް
އެންޑް ސޯޝަލް ސެކިއުރިޓީ އަށް ހުށަހެޅި މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ސިޓީކަމަށް އެމިނިސްޓްރީން ބަޔާންކުރާ ސިޓީއަކީ ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ސިޓީކަން އެމިނިސްޓްރީއަށް ޝަރީއަތަށް ޘާބިތުކޮށްދެވިފައި ނުވާކަމާއި،
ސަން އެއަރ އިންޓަނޭޝަންލް ޕްރައިވެޓް ލިމިޓެޑަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން،
އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން އެންޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ހިފެހެއްޓިކަން
ޢާންމުކޮށް އަންގާ 08 ޖޫން 2003 ދުވަހު އިޢުލާންކުރިއިރު، ސަން އެއަރ އިންޓަނޭޝަންލް ޕްރައިވެޓް
ލިމިޓެޑަށް މިކަން އަންގާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީގެ ނަންބަރ H54
=
S2003136ސިޓީން 18 ޖޫން 2009 ދުވަހުގައިކަން އެނގޭކަމަށާއި،
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން، ސަން އެއަރ
އިންޓަނޭޝަންލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ފޯރޖް ޑޮކިއުމަންޓެއް.
ހުށަހެޅިކަމުގައިބުނެ، މައްސަލަ ތަޙްޤީޤުކުރަން ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މައްސަލާގައި
ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުށް ޘާބިތުކުރުމަށް ނުވަތަ އިތުރު މައްސަލައެއް ކުރިއަށް ގެންދިއުމަށް ހުރަސް
44
& · 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު، ދޮރާށި ލޯދޯ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
]
2009/HC-A/20]
އެޅިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން
ތަޙުޤީޤަށް އެކަށޭނެ މިންވަރަށް ލިޔެކިއުން ލިބިފައިނުވާތީކަން ޝަރީއަތަށް ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސް
ސަރވިސަސްގެ ނަންބަރ 2008
/
130/CID
-
RS-171 (23 މާރޗް 2008) ސިޓީން އެނގޭކަމާއި، 02
(ދޭއް) އަހަރާއި، 01 (އެކެއް) މަސްދުވަހު ތަޙުޤީޤުކުރުމަށްފަހު ސަން އެއަރ އިންޓަނޭޝަން ޕްރައިވެޓް
ލިމިޓެޑުން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާކަން ކުރެވުނު ތަޙުޤީޤުން އެނގެން ނެތްކަމަށާއި، 02
(ދޭއް) އަހަރާއި 01 (އެކެއް) މަސްދުވަހަކީ މިފަދަ މައްސަލައަކާއިގުޅޭ ތަޙުޤީޤެއް ކުރުމަށް އެކަށޭނެ ވަރަށްވުރެ
ދިގު މުއްދަތެއްކަމަށާއި، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް، މިނިސްޓްރީ އޮފް ހަޔަރ
އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން ދޫކޮށްފައިވާ އެންޕްލޯއިމަންޓް އެޖެންސީ
ހިންގުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށްފަހު ދޫކޮށްފައިވަނީ 02 (ދޭއް) އަހަރާއި 05 (ފަހެއް)
މަސްދުވަސްފަހުން ކަމަށާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީއަކީ އެންޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ދޫކުރާ އަދި ބަލަހައްޓާ ފަރާތްކަމުގައިވާހިނދު،
އަދި ޢާންމު ރައްޔިތުންނާއި، ވަޒީފާގައި އުޅޭ ބިދޭސީންނާއި، ވަޒީފާގެ ފުރުޞަތެއް ހޯދަމުންދާ މީހުންނާއި،
މިނޫންވެސް އެންޕްލޯއިމަންޓް އެޖެންސީތަކުގެ ޚިދުމަތް ބަލައިގަންނަ އަދި ލިބިގަންނަ ފަރާތްތައް ރައްކާތެރިކޮށް،
އެފަރާތްތަކަށް ގެއްލުމެއް ލިބިދިނުމަށްޓަކައި، ޚިދުމަތްދޭ ކުންފުނިތަކާމެދު ހުށަހެޅޭ މައްސަލަތައް ބެލުމަށްފަހު
ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ މަސްއޫލިއްޔަތު އުފުލާ މުއައްސަސާ ކަމުގައި ވާހިނދު،
އެމިނިސްޓްރީއަކީ އެންޕްލޯއިމަންޓް އެޖެންސީތަކުގެ ކަންކަން ބެލެހެއްޓުމަށާއި، ބެލުމުގައި އެފަދަ އެޖޭންސީތައް
ޖަވާބުދާރީ ކުރުމުގެ އިތުރުން، އެފަރާތްތައްވެސް ރައްކާތެރިކުރުމުގެ ޒިންމާ އުފުލާ މުއައްސަސާއެއް ކަމަށާއި،
މިމަސްއޫލިއްޔަތު އަދާކުރުމުގައި އެމްޕްލޯއިމަންޓް އެޖެންސީތަކާއި ބެހޭގޮތުން އެމިނިސްޓްރީއަށް ހުށަހެޅޭ
މައްސަލަތައް ބަލަންޖެހޭކަމަކަމަށްވާއިރު، މިގޮތަށް މައްސަލަތައް ބެލުމުގައި ޒިންމާދާރުވާންޖެހޭކަން ޝަރީއަތުން
ދެކޭކަމަށާއި، ދަޢުވާގައިވާ ފަދައިން 05 (ފަހެއް) މީހެއްގެ ވާރކް ޕާރމިޓްގެ މުއްދަތު އިތުރުކުރުމަށް އެ
މިނިސްޓްރީއަށް ފޯރމް ޑޮކިއުމަންޓެއް ހުށަހެޅިކަމުގައިބުނެ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން،
އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާ އެންޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ 08 ޖޫން 2003 އިން ފެށިގެން 1 ސެޕްޓެމްބަރ
2005 އަށް ހިފަހަށްޓާފައިވާ ހިފެހެއްޓުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް
ސޯޝަލް ސެކިއުރިޓީގެ ފަރާތުން ޒިންމާދާރުކަން ކުޑަގޮތެއްގައި ކޮށްފައިވާ ކަމެއްކަމުގައި ޝަރީއަތަށް
ޘާބިތުވާހިނދު، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ
ފަރާތުން މަސައްކަތް ހުއްޓުވާލުމުގެ ސަބަބުން ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ
200e
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2009/HC-A/201
Oo
މާލީ ގެއްލުމުގެ ބަދަލު ކަނޑައެޅުމަށް ބަލާއިރު -/
15,180,000ރ. (ފަނަރަމިލިއަން އެއްސަތޭކަ އަށްޑިހަހާސް
ރުފިޔާ) ޢަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ
ޢަމަލުން ނުވަތަ އިހުމާލުން ލިބިފައިވާ ގެއްލުމެއްކަން ޝަރީޢަތަށް ޘާބިތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ
ހުށަހަޅާފައިނުވާތީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން،
ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓަށް ލިމިޓެޑަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ
ހުއްދަ 08 ޖޫން 2003 އިން ފެށިގެން 11 ސެޕްޓެމްބަރ 2005 އަށް ހިފެހެއްޓުމުގެ ސަބަބުން ސަން
އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލު މިޤަޟިއްޔާއިން ލިބިދެވޭނެތަނެއް
ނެތްކަމުގައި ކަނޑައަޅާ" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
2. މަދަނީ ކޯޓުގެ ނަންބަރު 2008/MC/678 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް
ސޯޝަލް ސެކިއުރިޓީއިން ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް
އޭޖެންސީ ހިންގުމުގެ ހުއްދަ 8 ޖޫން 2003 އިން ފެށިގެން 11 ސެޕްޓެމްބަރ 2005 އަށް ހިފެހެއްޓުމަކީ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ފަރާތުން
ޒިންމާދާރުކަން ކުޑަގޮތެއްގައި ކޮށްފައިވާ ކަމެއްކަމުގައި ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާއިރު،
ސަން އެއަރ އިންޓަނޭޝަންލް ޕްރައިވެޓް ލިމިޓެޑުގެ ހުއްދަ ދަޢުވާ ލިބޭ މިނިސްޓްރީން ހިފެހެއްޓުމުގެ
ސަބަބުން ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހޯދުމަށް
ދަޢުވާކުރާ -/15,180,000 (ފަނަރަ މިލިއަން އެއްލައްކަ އައްޑިހަހާސް) ރުފިޔާގެ ތެރެއިން އެއްވެސް
މިންވަރެއް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަންގަވައިދެއްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ދަޢުވާލިބޭ މިނިސްޓްރީން ކުޅަ ޢަމަލުގެ ސަބަބުން ސަން އެއަރ
އިންޓަނޭޝަންލް ޕްރައިވެޓް ލިމިޓެޑްއަށް ވެފައިވާ ގެއްލުމުގެ ތަފްޞީލު އެކުންފުނިން ހުށަހަޅާފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒުހިނގުން، 3 ނަންބަރު ދޮރާށި ވާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ފެމުނު ގޮތުގެ ރިޕޯޓް
2009/HC-20
އެކުންފުނިން ހުށަހަޅާފައިވާ އެކުންފުނީގެ އަހަރީ ރިޕޯޓުތަކަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ
& 22)
ކeއވެ
ތިންވަނަ ނުކުތާއަކީ، 8 ޖޫން 2003 އިން 11 ސެޕްޓެމްބަރ 2005 އަށް އާމްދަނީ
ހޯދުމަށްޓަކައި ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކުރަމުންދިޔަ މަސައްކަތްކަމުގައިވާ
އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ، ދަޢުވާ ލިބޭ މިނިސްޓްރީން ޒިންމާދާރުކަން ކުޑަގޮތެއްގައި
ހިފަހައްޓާފައިވާކަން ޝަރީޢަތަށް ސާބިތުވީހިނދު، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
އެއްވެސް އިޙްމާލެއް ނެތި އެކުންފުނިން ކުރަމުންދިޔަ މަސައްކަތް ހުއްޓުވާލުމުގެ ސަބަބުން އެކުންފުންޏަށް
ގެއްލުން ވެފައިވާނެކަމީ ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް ޤަބޫލުކުރެވޭނެކަމަކަށް ވާހިނދު، އެކުންފުނިން
ހުށަހަޅާފައިވާ ގެއްލުމުގެ ތަފްޞީލުތަކަށް ބެއްލެވުމެއްނެތި، އެކުންފުނީގެ ޙައްޤަށް އުނިކަންލިބޭގޮތަށް މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ސަން އެއަރ އިންޓަނޭޝަންލް ޕްރައިވެޓް ލިމިޓެޑްއަކީ ބަރާބަރަށް
އަހަރީ ރިޕޯޓުތައް އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވަމުން ގެންގޮސްފައިވާ ކުންފުންޏަކަށް ވީހިނދު،
އެކުންފުނީގެ ހުއްދަ ހިފަހައްޓާފައިވާ މުއްދަތުގައި އެކުންފުނީގެ އާމްދަނީ ދަށަށް ގޮސްފައިވާ މިންވަރު
އެކުންފުނީގެ އަހަރީ ރިޕޯޓުތަކުން ސާފުކޮށް އެނގެން އޮތްހިނދު، އެކުންފުނިން ހުށަހަޅާފައިވާ ގެއްލުމުގެ
ބަދަލުގެ ޢަދަދަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއިން
ހުއްދަ ހިފެހެއްޓުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއްކަން ޝަރީޢަތަށް ސާބިތުވާވަރަށް ހެއްކާއި ޤަރީނާ
ހުށަހެޅިފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، ސަން އެއަރ އިންޓަނޭޝަންލް ޕްރައިވެޓް ލިމިޓެޑުގެ އަހަރީ
ރިޕޯޓުތަކުން ކޮންމެ އަހަރަކު އެކުންފުންޏަށް ލިބެމުންދިޔަ އާމްދަނީ އެނގެންއޮތްއިރު، ދަޢުވާލިބޭ މިނިސްޓްރީގެ
ފަރާތުން އެކުންފުންޏަށް ދޫކޮށްފައިވާ އެމްޕްލޮއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ހިފެހެއްޓުމުގެ ސަބަބުން
އެމުއްދަތުގައި
ދަތުގައި އެކުންފުނީގެ އާމްދަނީ ދަށަށްގޮސްފައިވާކަން އެރިޕޯޓުތަކުން އެނގެންއޮތް ހިނދު، އެކުންފުންޏަށް
ލިބުނު ގެއްލުމުގެ ބަދަލުގެގޮތުގައި އެއްވެސް މިންވަރެއްގެ ބަދަލެއް
ބަދަލެއް ނަންގަވައިނުދެއްވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒުހިނގުން، 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/201
.3
މި މައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2008/MC/678 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިޢުނާފު ކުރަމުން ސަން އެއަރ އިންޓަނޭޝަންލް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ
ގުޅިގެން މައްސަލަ ރައްދުވާ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/678
ޤަޟިއްޔާގެ ޙުކުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީން، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެންޕްލޯއިމަންޓް އެޖެންސީ
ހިންގުމުގެ ހުއްދަ 08 ޖޫން 2003 އިން ފެށިގެން 11 ސެޕްޓެމްބަރ 2005 އަށް ހިފަހަށްޓާފައިވާ
ހިފެހެއްޓުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ
ފަރާތުން ޒިންމާދާރުކަން ކުޑަގޮތެއްގައި ކޮށްފައިވާ ކަމެއްކަމުގައި ޝަރީއަތަށް ޘާބިތުވާކަމަށް މަދަނީ ކޯޓުން
ކަނޑައަޅުއްވާފައިވާއިރު، މަދަނީކޯޓުގެ އެނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވާކަމާއި، އަދި
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީއަތުގެ
މަޖިލީސްތަކުގައިވެސް، މަދަނީ ކޯޓުގެ އިސްވެ ދެންނެވުނު ނިންމުމާމެދު ދައުލަތުގެ ފަރާތުން އިންކާރުކޮށް
ވާހަކަދައްކާހަދާފައި ނުވާކަމާއި،
ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ، ތަފާތު 14 (ސާދަ) މަސައްކަތެއް
ކުރުމަށް، އުފައްދާ، އޭރުގެ
މިނިސްޓްރީ
އިންޑަސްޓްރީޒްގައި 7 ސެޕްޓެމްބަރު 1994
ރަޖިސްޓްރީކުރެވިފައިވާ ކުންފުންޏެއްކަމާއި، މިކުންފުނިން ކުރުމަށް ރަޖިސްޓްރީކުރެވިފައިވާ މަސައްކަތްތަކުގެ
ތެރޭގައި، ދިވެހިރާއްޖޭގެ ވަޒީފާތަކަށް ބޭރުޤައުމުތަކުން މީހުން ގެނައުން ނުވަތަ އެންޕްލޮއިމަންޓް އޭޖެންސީ
ހިންގުން ހިމެނޭކަމާއި، މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު،
ސަރުކާރުގެ ކަމާބެހޭ ފަރާތުން އެކުންފުންޏަށް ދޫކޮށްފައިވާ އެމްޕޮލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ
08 ޖޫން 2003 ގައި ހިފެހެއްޓުނުއިރު، ވަޒީފާތަކަށް ބޭރުޤައުމުތަކުން މީހުން ގެނައުމުގެ މަސައްކަތް
އެކުންފުނިން ކުރަމުން ގޮސްފައިވާކަން އެނގޭކަމާއި، އެހެންކަމުން، ޤާނޫނާއި ޤަވާޢިދުގެ ތަރަހައިގެ ބޭރުން،
"ޒިންމާދާރުކަން ކުޑަގޮތެއްގައި އެކުންފުންޏަށް ދޫކޮށްފައިވާ އެންޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ
de 6
8 0 4
190
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް
www.highcourt.gov.invern og
11
ނިމުނު ގޮތުގެ ރިޕޯޓް
2049/HC-A/201
4 41 0.44
08 ޖޫން 2003 އިން ފެނިގެން 11 ސެޕްޓެމްބަރ 2005 އަށް ހިފަހަށްޓާ، އެކުންފުނިންކުރަމުން ގެންދިޔަ
މަސައްކަތް ހުއްޓުވުމަކީ
އެކުންފުންޏަށް މާލީގޮތުން
ޝަރީޢަތަށް
ޤަބޫލުކުރެވޭކަމެވެ.
ގއން08އ
2 ﷲ 24 ތ 8
ވަނމާއެކެވެ
¢ ¢904
މަهلއއަރP
046
4 1ފދަ
OGG
(ށ) ދެވަނަ ކަމަކީ، މީހަކު ނުވަތަ މުއައްސަސާއަކުން ނުޙައްޤުން ކުރާކަމަކުން ނުވަތަ އަޅާ
ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެމީހަކަށް ލިބުނު ގެއްލުމަކަށް ޝަރީޢަތް
މެދުވެރިކޮށް ޢަދުލުވެރި ބަދަލުނަގައިދެވޭކަމީ އެއާމެދު އެއްވެސް ޚިލާފެއް އުފެދިފައިނުވާ ޤާނޫނީ
ދައެއްކަމާއި، އެހެންކަމުން، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ
އެމްޕޮލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ، 08 ޖޫން 2003 އިން ފެށިގެން 11 ސެޕްޓެމްބަރ 2005
އަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން ހިފެހެއްޓުމާ
ގުޅިގެން އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ލިބިދޭންޖެހޭނެކަމާއި،
ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެމްޕޮލޯއިމަންޓް އެޖެންސީ
ހިންގުމުގެ ހުއްދަ، 08 ޖޫން 2003 އިން ފެށިގެން 11 ސެޕްޓެމްބަރ 2005 އަށް މިނިސްޓްރީ އޮފް ހަޔަރ
އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން ހިފެހެއްޓުމާ ގުޅިގެން އެކުންފުންޏަށް
ލިބިފައިވާ ގެއްލުމުގެ ބަދަލުހޯދުމަށް އެދި މަދަނީ ކޯޓަށް ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން
ހުށަހަޅާފައިވާ، އިސްތިއުނާފުކުރެވިފައިވާ މިމައްސަލާގައި، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓިފައިވާ މުއްދަތުގައި އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ މިންވަރު
ސާބިތުކުރުމަށްޓަކައި އެކުންފުނިން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އެލިޔެކިޔުންތަކަކީ، ޤާނޫނު
ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން، އެކުންފުނިން އޭރުގެ ކަމާބެހޭ
މިނިސްޓްރީއަށް ފޮނުވާފައިވާ، އެކުންފުނީގެ 2000 ވަނަ އަހަރާއި، 2001 ވަނަ އަހަރާއި، 2002 ވަނަ
އަހަރާއި، 2003 ވަނަ އަހަރާއި، 2005 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ އާމްދަނީއާއި ޚަރަދާއި
ފައިދާއާއި ގެއްލުމުގެ ސާބާއި، އަހަރީ ބެލެންސް ލީޓް އަދި އޯޑިޓް ރިޕޯޓްގެ ތެރޭގައި ހިމެނޭ އެއްހަރުތަކުގެ
ގެއްލުމާއި ފައިދާގެ ހިސާބުތައް ދައްކުވައިދޭކަމަށް އެފަރާތުން ބުނާ ލިޔެކިޔުންތަކެއްކަމާއި،
އިސްވެދެންނެވިފައިވާ ފަދައިން، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑު
ރަޖިސްޓްރީކުރެވިފައިވަނީ ތަފާތު 14 (ސާދަ) މަސައްކަތެއް ކުރުމަށްކަމަށްވެފައި، އެކުންފުނި އެގޮތުގެމަތިން
ރަޖިސްޓްރީ ކުރެވިފައިވީނަމަވެސް އެކުންފުނިން ކުރާ ހަމައެކަނި މަސައްކަތަކީ އެމްޕްލޯއިމަންޓް އޭޖެންސީ
391
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު ދޮރާށި، ވާދެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
ޤަޙޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/2{01
ހިންގުންކަމަށް އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނިނަމަވެސް، އެކަން
ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވުމާއެކު، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މަދަނީ ކޯޓަށް
ހުށަހަޅާފައިވާ އިސްވެދެންނެވިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑަށް ދޫކޮށްފައިވާ އެމްޕޮލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ހިފެހެއްޓިފައިވާ މުއްދަތުގައި
އެކުންފުންޏަށް ލިބިފައިވާ ގެއްލުންކަމަށް އެކުންފުނިންބުނެފައިވާ -/15,180,000 (ފަނަރަ މިލިއަން އެއްލައްކަ
އައްޑިހަހާސް) ރުފިޔާ، ނުވަތަ އެކުންފުނިން ޝަރީޢަތަށް ހުށަހަޅާފައިވާ ހިސާބުތަކުން އެކުންފުންޏަށް
ލިބެމުންދިޔަ އާމްދަނީގެ ތެރެއިން މަދުވެފައިވާކަމަށް ދައްކާ ޢަދަދަކީ، ހަމައެކަނި ސަން އެއަރ އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެމްޕޮލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ، 08 ޖޫން 2003 އިން
ފެށިގެން 11 ސެޕްޓެމްބަރ 2005 އަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް
ސޯޝަލް ސެކިއުރިޓީން ހިފެހެއްޓުމާ ގުޅިގެން އެކުންފުންޏަށް ލިބިފައިވާ ގެއްލުންކަމަށް ޝަރީއަތަށް
ސާބިތުނުވާކަމެވެ.
c 3
'¢ ¢
(ނ) ތިންވަނަ ކަމަކީ، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ
އެމްޕޮލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ، 08 ޖޫން 2003 އިން ފެށިގެން 11 ސެޕްޓެމްބަރ 2005
އަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން ހިފެހެއްޓުމާ
ގުޅިގެން އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ މިންވަރު ސާބިތުކުރުމަށްޓަކައި، 16 އޮކްޓޫބަރު 2011 ގެ
ތާރީޚުގައި ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ލިޔެކިޔުންތަކަށް ބަލާއިރު، އެލިޔެކިޔުންތަކަކީ މިމައްސަލާގައި މަދަނީ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތުއޮތް،
އެހެންނަމަވެސް އެކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކަށް ނުވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ
ބެލުމުގައި ބައިވެރި ފަނޑިޔާރުންގެ މަޖިލީހުން އެލިޔެކިޔުންތަކަށް ރިޢާޔަތްކޮށްފައި ނުވާނެކަމެވެ.
¢ ¢ ¢ 2
(ރ) ހަތަރުވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، ޤާނޫނާއި ޤަވާޢިދުގެ ތަރަހައިގެ
ބޭރުން ޒިންމާދާރުކަން ކުޑަގޮތެއްގައި އެކުންފުންޏަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ
ހުއްދަ 08 ޖޫން 2003 އިން ފެށިގެން 11 ސެޕްޓެމްބަރ 2005 އަށް ހިފަހަށްޓާ، އެކުންފުނިންކުރަމުން
ގެންދިޔަ މަސައްކަތް ހުއްޓުވުމަކީ އެކުންފުންޏަށް މާލީގޮތުން ގެއްލުންތަކެއް ވާނެކަމެއްކަމީ އެކަމާމެދު އެއްވެސް
ސުވާލެއް އުފެދުމުގެ ޖާގައޮތްކަމަކަށް ނުވުމާއި، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާ އެމްޕޮލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ، 08 ޖޫން 2003 އިން ފެށިގެން
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު ދޮރާށި ވާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
13
ލުނު ގޮތުގެ ރިޕޯޓް
2009/HC-A2
ލިމިޓެޑަށް
11 ސެޕްޓެމްބަރ 2005 އަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީން ހިފެހެއްޓުމާ ގުޅިގެން އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލު އެކުންފުންޏަށް ލިބުމަކީ
އެކުންފުންޏަށް ލިބިގެންވާ ޙައްޤަކަށް ވުމާއެކު، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް
ދޫކޮށްފައިވާ އެމްޕޮލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ، އޭރުގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން،
އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން ހިފެހެއްޓުމާ ގުޅިގެން އެކުންފުންޏަށް ލިބިފައިވާ ގެއްލުން
ޝަރީޢަތަށް ސާބިތުވާވަރުގެ ހެއްކާއި ޤަރީނާއާއެކު، ބަދަލު ހޯދުމަށް އަލުން ކަމާބެހޭ ދަށުކޯޓަށް ދަޢުވާކުރުމުގެ
ފުރުޞަތު ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އަދިވެސް ގޯއްލިގެންނުދާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސަން އެއަރ އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެންޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ 08 ޖޫން 2003 އިން
ފެށިގެން 11 ސެޕްޓެމްބަރ 2005 އަށް ހިފަހަށްޓާ، އެކުންފުނިންކުރަމުން ގެންދިޔަ މަސައްކަތް ހުއްޓު
އެކުންފުންޏަށް މާލީގޮތުން ގެއްލުންތަކެއް ވާނެކަމެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވުނު ކަމުގައިވީނަމަވެސް،
ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެމްޕޮލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ
ހިފެހެއްޓިފައިވާ މުއްދަތުގައި އެކުންފުންޏަށް ލިބިފައިވާ ގެއްލުންކަމަށް އެކުންފުނިންބުނެފައިވާ -/15,180,000
(ފަނަރަ މިލިއަން އެއްލައްކަ އައްޑިހަހާސް) ރުފިޔާ، ނުވަތަ އެކުންފުނިން ޝަރީޢަތަށް ހުށަހަޅާފައިވާ
ހިސާބުތަކުން އެކުންފުންޏަށް ލިބެމުންދިޔަ އާމްދަނީގެ ތެރެއިން މަދުވެފައިވާކަމަށް ދައްކާ ޢަދަދަކީ، ހަމައެކަނި
ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ
ހުއްދަ، 08 ޖޫން 2003 އިން ފެށިގެން 11 ސެޕްޓެމްބަރ 2005 އަށް އޭރުގެ މިނިސްޓްރީ އޮފް ހަޔަރ
އެޑިއުކޭޝަން، އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން ހިފެހެއްޓުމާ ގުޅިގެން އެކުންފުންޏަށް
ލިބިފައިވާ ގެއްލުންކަމަށް، ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސާބިތުކޮށް
ދެވިފައިނުވުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/678 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލު
ގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު، ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
14
2009/HC-A/2df
ދީދީ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/678 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ތަނެއް އޮތްކަމަށް ނުފެންނަކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، މަދަނީ
ކޯޓުގެ ނަންބަރު 2008/MC/678 ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޢައްބާސް ޝަރީފް
ފަނޑިޔާރު)
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
ބާރު. އަމީރު
ޙަމީދު.
(ފަނޑިޔާރު)
ތައްޔާރުކުރީ: މަރިޔަމް މުޙައްމަދު
އައިމިނަތު ނަސްލީމާ ހާރޫނު
ޗެކްކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv