ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/212 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/212
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 212/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ސާމިޙު
* ދާއިމީ އެޑްރެސް: ހ.ޕޮއިންޓަރ/ ކ.މާލެ
ކާޑު ނަންބަރު: A115750
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
ޑީ
*ނަން: ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު
ކާޑު ނަންބަރު: A124100
ދާއިމީ އެޑްރެސް: ލ.ގަން، ތުނޑި ޢުލާ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ޝަޢުބާން 1434
24 ޖޫން 2013
ނިމުނު ތާރީޚް: 19 ޛުލްޤައިދާ 1434
25 ސެޕްޓެމްބަރ 2013
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv
-
C/1639
ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
• މައްސަލަ ބެލި މަޖްލިސް:
• ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އގ.ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/212
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓްގެ ނަންބަރު 2012/Cv-C/1639 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހ.ޕޮއިންޓަރ/ ކ.މާލެ މުޙައްމަދު
ސާމިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ.ގަން، ތުނޑި| ޢުލާ ޢަބްދުލްފައްތާޙް
ޢަބްދުލްޣަފޫރެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01 ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1639 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ހ.ޕޮއިންޓަރ/ ކ.މާލެ މުޙައްމަދު ސާމިޙު (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު: A115750) ހ.ޕޮއިންޓަރގެ ކޮޓަރިއެއް ކުއްޔަށް ދިނުމަށްފަހު، އެކޮޓަރީގެ އެޑްވާންސް
ފައިސާގެ ގޮތުގައި މުޙައްމަދު ސާމިޙު އާއި ޙަވާލުކުރެވިފައިވާ -/
4,500ރ. (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)
އެއްބަސްވެފައިވާ ގޮތުގެ މަތީން ކުއްޔަށް ހިފާފައިވާ ތަން 03 ސެޕްޓެމްބަރ 2012 ގައި ދޫކޮށްލުމުން،
ފައިސާ އަނބުރާ ދީފައިނުވާތީ، އެފައިސާ އެއްފަހަރާ ވަގުތުން މުޙައްމަދު ސާމިރުގެ އަތުން
ލިބިގަތުމަށް އެދި މުޙައްމަދު ސާމިރުގެ މައްޗަށް ލ.ގަން، ތުނޑި| ޢުލާ، ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A115750) ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން
އެނގޭކަމާއި،
0 4 6 s
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި،
މިމައްސަލާގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހ.ޕޮއިންޓަރ/ ކ.މާލެ،
މުޙައްމަދު ސާމިޙު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A115750)، ހ.ޕޮއިންޓަރގެ ކޮޓަރިއެއް
ކުއްޔަށް ދިނުމަށްފަހު، އެކޮޓަރީގެ އެޑްވާންސް ފައިސާގެ ގޮތުގައި މުޙައްމަދު ސާމިޙުއާއި ޙަވާލުކުރެވިފަ
ޑިހިރާއްޖޭގެ ޤަކީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/212
-/4,500ރ. (ހަތަރުހާސް ފައްސަތޭކަ ރުފިޔާ) އެއްބަސްވެފައިވާ ގޮތުގެ މަތީން ކުއްޔަށް ހިފާފައިވާ ތަން 03
ސެޕްޓެމްބަރ 2012 ގައި ދޫކޮށްލުމުން، އެޑްވާންސް ފައިސާ އަނބުރާ ދީފައިނުވާތީ، އެފައިސާ އެއްފަހަރާ
ވަގުތުން މުޙައްމަދު ސާމިރުގެ އަތުން ލިބިގަތުމަށް އެދި މުޙައްމަދު ސާމިރުގެ މައްޗަށް ލ.ގަން، ތުނޑި ޢުލާ،
ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A115750) ހުށަހަޅާފައިވާ
މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
މުއްދަތު 07
ދ.ޕޮއިންޓަރ އެވެކިޔުނު ގޭގައި ހުރި 01 (އެކެއް) ކޮޓަރި ކުއްޔަށް ދިނުމަށްޓަކައި މުޙައްމަދު ސާމިޙު
އާއި ލ.މުންޑޫ ފޭރުމާގެ، މުޙައްމަދު ޒަހީން އާއެކު ވެފައިވާ އެއްބަސްވުމަކީ 07 މެއި 2010 ވަނަ ދުވަހުން
ފެށިގެން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމެއްކަމާއި، މިގޮތުން އެ އެއްބަސްވުމުގެ
މެއި 2012 ވަނަ ދުވަހު ހަމަވެފައިވާތީ، އެ އެއްބަސްވުމަކީ އެ ތާރީޚުން ފެށިގެން ނިމުމަކަށް
އައިސްފައިވާ އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުމުގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި ބެހެއްޓިފައިވާ
-/7,000 ރ. (ހަތްހާސް ރުފިޔާ) އަކީ އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހުކުލިން އުނިކުރެވޭ
ފައިސާއެއްކަމަށް އެ އެއްބަސްވުމުގައި ބުނެފައިވާއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުން
ނިމުމަކަށް އައުމަށްފަހު، މުޙައްމަދު ސާމިރުއާއި، ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު އާ ދެމެދު 03 ޖުލައި 2012
ވަނަ ދުވަހު އައު އެއްބަސްވުމެއް ވެފައިވާކަމާއި، މިއަދު އެއްބަސްވުމުގެ ދަށުން ކުރީ އެއްބަސްވުމުގައި
ހިމެނިފައިނުވާ -/4,500ރ. (ހަތަރުހާސް ފައްސަސަތޭކަ ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި މުޙައްމަދު
ސާމިޙުއާއި ޙަވާލުކުރެވިފައިވާކަމާއި، އަދި އެފައިސާއަކީ އެކޮޓަރީގައި ކުއްޔަށް އުޅެމުންދިޔަ އިނާޝް ވަޙީދު އެ
ކޮޓަރީ ދޫކޮށް ދިޔުމުން ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރަށް އެއްކޮށް ލިބެންޖެހޭ ފައިސާއެއްކަމާއި، މިގޮތުން
އެކޮޓަރީގައި ދިރިއުޅެމުންދިޔަ އިނާޝް ވަޙީދު 03 ސެޕްޓެމްބަރ 2012 ވަނަ ދުވަހު އެކޮޓަރި ދޫކޮށް
ދިޔުމުން، އެޑްވާންސް ފައިސާގެ ގޮތުގައި ބެހެއްޓިފައިވާ -/4,500ރ. (ހަތަރުހާސް ފައްސަތޭކަ ރުފިޔާ)
އަކީ މިހާރު ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރަށް ލިބެންޖެހޭ ފައިސާއެއްކަމަށް މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 3316471
އީމެއިލް
www.highcourt.gov.mvieva [email protected]
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/212
މިފައިސާ ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރަށް ލިބިދިނުމަށްޓަކައި، މިއަދު 17 ފެބްރުއަރީ 2013 ވަނަ
ދުވަހުން ފެށިގެން 02 (ދޭއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް ޖެހޭވަރު
މިކޯޓަށް ދައްކަމުންގޮސް، މިފައިސާ މިމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރުމަށް ހ.ޕޮއިންޓަރ
ކ.މާލެ، މުޙައްމަދު ސާމިޙުއަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
J
02- ސިވިލް ކޯޓްގެ ނަންބަރު 2012/Cv-C/1639 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ހ.ޕޮއިންޓަރ/ ކ.މާލެ މުޙައްމަދު ސާމިޙުގެ ފަރާތުން
ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއްކަމާއި، އެނުކުތާއަކީ ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނު
ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމުން ސިވިލް ކޯޓުގެ ޙުކުމުގެ
ސަބަބުން މުޙައްމަދު ސާމިހްގެ ޙައްޤު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ސާމިޙުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި އިޝާރާތްކުރެވުނު ނުކުތާއާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ
މައްޗަށް ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1639 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، މުޙައްމަދު ސާމިރުގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް ޢަބްދުލްފައްތާޙް
ޢަބްދުލްޣަފޫރު ސިވިލް ކޯޓުގައި އުފުލާފައިވާ ދަޢުވާއަކީ، ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު، މުޙައްމަދު ސާމިޙު
ހ.ޕޮއިންޓަރގޭގެ ކޮޓަރިއެއް ކުއްޔަށް ދިނުމަށްފަހު، އެކޮޓަރީގެ އެޑްވާންސް ފައިސާގެ ގޮތުގައި މުޙައްމަދު
ސާމިއަށް ޙަވާލުކުރެވިފައިވާ -/4,500ރ. (ހަތަރުހާސް ފައްސަތޭކަ ރުފިޔާ) އެއްބަސްވެފައިވާ ގޮތުގެ މަތީން
ކުއްޔަށް ހިފައިފާވާ ތަން ދޫކޮށްލުމުން، އެފައިސާ އަނބުރާ ދީފައިނުވާތީ އެފައިސާ މުޙައްމަދު ސާމިރުގެ އަތުން
އަނބުރާ ހޯދުމަށް އެދި ހުށަހެޅި ދަޢުވާއެއްކަން އެނގެން އޮންނަކަމެވެ.
، ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/212
(ނ) ދެވަނަ ކަމަކީ، މުޙައްމަދު ސާމިޙުގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާއާއި ގުޅޭގޮތުން
މުޙައްމަދު ސާމިޙު ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކަށް ޢަބްދުލް ފައްތާޙު ޢަބްދުލްޣަފޫރު
އިންކާރުކުރާކަމަށާއި އެހެންނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1639 ޤަޟިއްޔާގެ ޙުކުމްގައި
މުހައްމަދު ސާމިޙުގެ ފަރާތުން ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު އަށް ދޭންޖެހޭކަމަށް ކަނޑައެޅި -/4,500ރ.
(ހަތަރުހާސް ފައްސަތޭކަ ރުފިޔާ) މިހާރު ބޭނުންނުވާކަމަށާއި، އެފައިސާ މިހާރު ނުލިބުނަސް އެންމެ ރަނގަޅު
ކަމަށާއި، މުޙައްމަދު ސާމިޙުގެ މައްޗަށް އެފައިސާ މަޢާފްކޮށްފައިވާކަމަށް ޢަބްދުލްފައްތާޙު ޢަބްދުލް ޣަފޫރު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، މި -/
4,500ރ. (ހަތަރުހާސް ފައްސަތޭކަ
ރުފިޔާ) ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ފަރާތުން މަޢާފްކޮށްފައިވާތީ، އެގޮތް މުޙައްމަދު ސާމިޙު
ޤަބޫލުކުރާކަމަށާއި، އެހެންކަމުން މިހާރު މިމައްސަލަ އިތުރަށް ކުރިއަށް ދާން ބޭނުންނުވާކަމަށް މުޙައްމަދު
ސާމިރުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1639 ޤަޟިއްޔާއިން މުޙައްމަދު ސާމިރުގެ މައްޗަށް
ޘާބިތު ވެފައިވާ ދަރަނި ޙުކުމާއި އެއްގޮތަށް ނުދެއްކި ނަމަވެސް އެންމެ ރަނގަޅު ކަމަށާއި، މިފައިސާ މުޙައްމަދު
ސާމިރުގެ މައްޗަށް މަޢާފު ކޮށްފައިވާކަމަށް މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ޢަބްދުލްފައްތާޙް
ޢަބްދުލްޣަފޫރު ބުނުމުން އެގޮތަށް މިމައްސަލާގައި އިސްތިއުނާފު ކުރާ މުހައްމަދު ސާމިޙު ޤަބޫލުވެ މިމައްސަލަ
އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެފައިވާތީ، މިމައްސަލަ އިތުރަށް ބަލާކުރިއަށް ގެންދާނެތަނެއް
ނެތްކަން އެނގެއެވެ.
ޙުކުމް
ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު Cv
-
C2012/1639 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހޭ ކަމަށްބުނެ މުޙައްމަދު ސާމިޙުގެ ފަރާތުން ހުށަހެޅި މިދައުވާގެ ޝަރީޢަތުގައި، މުޙައްމަދު
ސާމިއްގެ ފަރާތުން ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުއަށް ދޭންޖެހޭކަމަށް ސިވިލް ކޯޓުގެ އިސްވެ އިޝާރާތް
ކުރެވުނު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފައިސާ ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ފަރާތުން މަޢާފު
ކޮށްފައިވާތީ، މިމައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް
ބޭނުންނުވާކަމަށް މުޙައްމަދު ސާމިހް ބުނެފައިވާތީ،
އެގޮތުގެ މަތިން މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއްނެތްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ޑިންގެ ފައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv