ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/270 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/27
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 270/HC-A/2013
އިސްތިއުނާފް ކުރިފަރާތް:
* ނަން: އަޝްފާޤް ޢަބްދުލްޙަކީމް ދާއިމީ އެޑްރެސް: މަތިމަރަދޫ، އެމަރހެޑް ލ. ގަން
* އައި.ޑީ.ކާޑު ނަންބަރު: A135559 * މިހާރުގެ އެޑްރެސް:
* ވަކީ: އދ. މުޙައްމަދު އިބްރާހީމް، ހުޅުމާލެ. މުތް 2/ މާލެ
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ އިސްމާޢީލް އަޙްމަދު
.. ޕަބްލިކް ޕްރޮސިކިއުޓަރ އދއ. ޢާލިޔާ ޢަބްދުލްޞަމަދު
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ޝައްވާލް 1434
04 ސެޕްޓެމްބަރ 2013
ނިމުނު ތާރީޚް: 05 ޛުލްޤަޢިދާ 1434
11 ސެޕްޓެމްބަރ 2013
O
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013/7614(J
(
MD-145
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް: 23 އޯގަސްޓް 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J(MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައި
ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ކޯޓު އަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި،
ލ.ގަން މަތިމަރަދޫ، އެމަރހެޑް އަޝްފާޤް ޢަބްދުލްޙަކީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށްއެދި، ލ.ގަން މަތިމަރަދޫ، ހިމަރހެޑް އަޝްފާޤް ޢަބްދުލްޙަކީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
ccc
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރަކީ، އިންޒާރުދިނުމާއި، މާރާމާރީ ހިންގަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި،
އަޝްފާޤް ޢަބްދުލްޙަކީމް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް
އެޅިދާނެކަމަށް ފެންނާތީކަމަށް ވިދާޅުވެ، 24 އޯގަސްޓް 2013 ވަނަ ދުވަހުގެ 15:01 އިން ފެށިގެން
އަޝްފާޤް ޢަބްދުލްޙަކީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލާގައި ޝަރީޢަތުން ގޮތެއް ނިންމަވަންދެން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
213/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ބްދުލްޙަކީމް ބަންދުކޮށްފައި ބެހެއްޓުމަށް
މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި އަޝްފާޤް
ރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
އަމުރަކ
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J(MD-145 ކޯޓު އަމުރު ނެރުއްވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ އަޝްފާޤް ޢަބްދުލްޙަކީމުގެ ފަރާތުން 03 (ތިނެއް)
ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ)، (ކ) އަދި (ށ) އާއި ޚިލާފަށް އަޝްފާޤް ޢަބްދުލްޙަކީމް ބަންދުކޮށްފައި
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅިނުކުތާއެވެ.
ce O
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާ ޚިލާފަށް
އަޝްފާޤް ޢަބްދުލްޙަކީމް ބަންދުކޮށްފައި ބެހެއްޓުމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ ދަށުން ޝަރީޢަތް ނިމެންދެން މީހުން ބަންދުކޮށްފައި
ބެއިތިއްބުމަށް ކަނޑައަޅާފައިވާ އިޖުރާއަތާއި އުސޫލާ ޚިލާފަށް އަޝްފާޤް ޢަބްދުލްޙަކީމް ބަންދުކޮށްފައި
ބެހެއްޓުމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J(MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ލ.ގަން މަތިމަރަދޫ، ހިމަރހެޑް އަޝްފާޤް ޢަބްދުލްޙަކީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންކަން
ފާހަގަކުރެވެއެވެ.
ގަން، މަތިމަރަދޫ
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J(MD-145 ކޯޓު އަމުރަކީ،
2013 އޯގަސްޓް 08 ވަނަ ދުވަހުގެ ގާތްގަނޑަކަށް 00:30 ހާއިރު ފުލުހުންގެ މީހަކު ލ.
ސެންޓްރަލް ޕާރކް ހޮޓަލުގައި އިންދާ އެތަނަށް އަޝްފާޤް ޢަބްދުލްޙަކީމާއި، ލ. ގަން، މަތިމަރަދޫ ވިލާ،
ޙުސައިން ޢާތިފުއާއި ދެމީހުން އައިސް ހަޑިހުތުރު ބަހުން މުޚާތަބުކޮށް ފުލުހުންގެ މީހާއާ މާރާމާރީ ހިންގަން
މަސައްކަތް ކުރުމަށްފަހު، އެތަނުން ނުކުމެގެން ދަމުން ފުލުހުންގެ މީހާ މަގުމަތިން ފެނިއްޖެނަމަ ވަޅި ހަރާނެ
ކަމަށާއި، މަރާލާނެކަމަށް ބުނެ އިންޒާރުދީފައިވާ މައްސަލާގައި، އަޝްފާޤް ޢަބްދުލްޙަކީމް ދޫކޮށްލައިފިނަމަ
މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމަށް ފެނިވަޑައިގަންނަވާތީކަމަށް ކަނޑައަޅުއްވައި،
24 އޯގަސްޓް 2013 ގެ 15:00 ން ފެށިގެން، އަޝްފާޤް ޢަބްދުލްޙަކީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މައްސަލާގައި ޝަރީޢަތުން ގޮތެއް ނިންމަވަންދެން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި
އަޝްފާޤް ޢަބްދުލްޙަކީމް ބަންދުކޮށްފައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރެއްކަން އެނގޭކަމާއި،
ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސް ނަންބަރު 096064/MF "ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން އެދިފައިވަނީ 2013-08-24 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް
އަޝްފާޤް ޢަބްދުލްޙަކީމުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށްކަން އެނގެން އޮންނަކަމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013HC-A/270
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް، އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތް ކުރަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަ ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
2 8ވެ
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާއި ތުހުމަތުގައި
ންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7
ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު
ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ތަޙްޤީޤު މަރުޙަލާގައި މީހަކު ބަންދުކުރެވޭނީ، "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވާކަމަށް ފަނޑިޔާރަށް
ޖެހިރާއްޖޭގެ
ޑީޖޭގެ ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/270
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޤަބޫލުކުރެވޭ ޙާލަތުގައި، ފަހަރަކު ގިނަވެގެން 15 (ފަނަރަ) ދުވަހަށްކަން އެޤަވާއިދު ގެ 7 ވަނަ މާއްދާގެ
(ށ) އާއި (ނ) އަށް ބެލުމުން އެނގެން އޮންނަކަމާއި،
ޝަރީޢަތުން މައްސަލަ ނިމެންދެން މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނީ، އެމީހެއްގެ
މައްޗަށް ކުރެވެމުންދާ ތަޙްޤީޤު ނިމުމުން، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލޭވަރަށް ހެއްކާއި ޤަރީނާ ހުރުމާއެކު،
އެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް އޮތްނަމަ ކަމަށް
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 12 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަކަމާއި،
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 096064/MF
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން އެދިފައިވަނީ 24 އޯގަސްޓް 2013 އިން ފެށިގެން 15
ދުވަހުގެ މުއްދަތަށް އަޝްފާޤް ޢަބްދުލްޙަކީމް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު
އިތުރުކޮށްދެއްވުމަށް ކަމުގައިކަން އެނގޭކަމާއި،
ނަމަވެސް، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J
(
MD-145 ކޯޓު އަމުރުން އަޝްފާޤް
ޢަބްދުލްޙަކީމް ބަންދުކުރައްވާފައިވަނީ، އެމައްސަލާގައި ޝަރީޢަތުން ގޮތެއް ނިންމަވަންދެންކަން އެނގޭ ކަމާއި،
އިސްތިއުނާފްކުރެވިފައިމިވާ ކޯޓު އަމުރާ ގުޅޭ ޝަރީޢަތުގެ މަޖިލީހުގައި އަޝްފާޤް ޢަބްދުލްޙަކީމުގެ ތަޙްޤީޤު
ނިމިފައިވާކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ބުނެފައިވީނަމަވެސް، އެއިރު އަދި އެމައްސަލަ ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ހުށަހަޅާފައިނުވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
;ވ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/27
އެހެންކަމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J
(
MD-145
ނެރުއްވާފައިވަނީ އަޝްފާޤު ޢަބްދުލްޙަކީމުގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި އެމައްސަލަ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ކުރިންކަން ފާހަގަކުރެވޭކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އެދިފައިވަނީ އެމައްސަލައިގައި ޝަރީޢަތުން ގޮތެއް ނިންމަވަންދެން ބަންދުގައި ބެހެއްޓެވުމަށް ނޫންކަމާއި،
ނަމަވެސް 24 އޯގަސްޓް 2013 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އަޝްފާޤް ޢަބްދުލްޙަކީމް
ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށްކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އަޝްފާޤް ޢަބްދުލްޙަކީމުގެ ކުށުގެ ރިކޯޑަށް ބަލާއިރު، އަޝްފާޤް
ޢަބްދުލްޙަކީމު ތަފާތު އެކިފަހަރުމަތިން އެކި ބާވަތުގެ ކުށްތަކުގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ހައްޔަރު ކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އޭގެ ތެރޭގައި މާރާމާރީއާއި، ފުލުހުންނަށް ޙަމަލާދީ
ފިލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި އަދި ތޫނު ހަތިޔާރާއެކުގޮ ތަންތަން ހަލާކުކޮށް އަލިފާން
ރޯކުރުންފަދަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ ކުށްތަކުގެ ތުހުމަތު ހިމެނޭކަމާއި، އެހެންކަމުން،
އަޝްފާޤު ޢަބްދުލްޙަކީމުގެ މައްޗަށް ތުހުމަތު ކުރެވިފައި މިވާ ކުށުގެ ޢަމަލަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެދާފަދަ ޢަމަލުތަކެއްކަމަށް ބެލެވޭ ހިނދު، މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެދާނެކަމަށް ބެލެވެން އޮތުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J
(
MD-145 ކޯޓު
އަމުރުން، އަޝްފާޤް ޢަބްދުލްޙަކީމް ބަންދުގައި ބެހެއްޓުމަށް ނިންމެވުމުގެ ޖާގަ އެބައޮތްކަމާއި،
468
ނަމަވެސް ޝަރީޢަތުން
ނިންމަވަންދެން ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމެވުމަކީ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" އާއި ނިންމަވާފައިވާ ނިންމެވުމެއްކަމަށް ނުވާތީ، އެނިންމެވުމަށް
ބަދަލުގެންނަންޖެހޭ ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާ
80 8 2
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
53066ނ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/270
އެއެޤްގ
occ
ހިނދު، އެޤަވާއިދާ މިގޮތަށް މީނާގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ފުރުޞަތު
ދިނުމުގެ ގޮތުން އެކަމަށް އެކަށޭނަ މުއްދަތެއް ލިބިދެވޭނެ ގޮތެއްގެ މަތީން މީނާ ބަންދުގައި ބެހެއްޓުމަށް އަމުރު
ކުރުމަށްވެސް ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާކަމެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/7614(J
(
MD-145 ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ
އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7614(J(MD-145 ކޯޓު އަމުރުގައި، އެމައްސަލާގައި
ޝަރީޢަތުން ގޮތެއް ނިންމަވަންދެން ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް، މިއަދު،
2013 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ 13:25 އިން ފެށިގެން، 03 (ތިނެއް) ދުވަހުގެ މުއްދަތަށް،
މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި، އަޝްފާޤް ޢަބްދުލްޙަކީމް (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A135559} ބަންދުކޮށްފައި އަމުރުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv