ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/228 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
9
ޤަޟިއްޔާ ނަންބަރު: 228/HC-A/2012
• އިސްތިއުނާފު ކުރިފަރާތް؟
* ނަން: ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
0
* އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފާޠިމަތު އީނާސް
އައިޑީ ކާޑު ނަންބަރު: A101540
* ދާއިމީ އެޑްރެސް: ސަވޭރީ ގދ.ގައްދޫ
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަމަޝާން 1433
05 އޮގަސްޓް
ނިމުނު ތާރީޚް: 17 ޛުލްޤައިދާ 1433
03 އޮކްޓުބަރ 2012
2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު2011/Q4MC/69
ޤަޟިއްޔާގެ ބާވަތް: ބަދަލުހޯދުން
ނިންމެވި ކޯޓް: ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓްކޯޓް
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު: ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް/[3647.
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/228
• ދަޢުވާގެ ޚުލާޞާ
ހުވަދުއަތޮޅު
ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/Q4MC/69 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ.ގައްދޫ ސަވާރީ ފާތިމަތު
އީނާސްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/69
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ގދ.ގައްދޫ/ ސަވޭރީ ގޯތީގެ ހުޅަނގު ފަރާތު އަތިރިމަތީ ސަވޭރީ
ގޯއްޗާއި އިންވެ އިންދާ ހައްދާފައިވާ ފޯދުނު 03 ރުކާއި ނުފޯދޭ 06 ރުކުގެ މިލްކުވެރިކަން ސާބިތުކުރުމަށް
އެދި ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ މައްޗަށް ގދ.ގައްދޫ ސަވާރީ ފާތިމަތު އީނާސް
މުން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވައި ނިންމަވާފައިވާ
ހުށަހެޅުމުން
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "އިސްވެދިޔަ ނުކުތާތަކަށް ބަލާއިރު ގައްދޫ ސަވާރީ ފާތިމަތު
އީނާސް އޭނާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގައްދޫ ސަވޭރީ ގޯތީގެ ހުޅަނގު ފަރާތު ގޯތީގެ އިމާއި
އިންވެގެން އިންދާ ހައްދާފައިވާ ފޯދުނު 03 ރުކާއި ނުފޯދޭ 06 ރުކަކީ އޭނާ އަމިއްލަ މަސައްކަތުން އިންދާ
ހައްދާފައިވާ އޭނަގެ އަމިއްލަ މިލްކު ރުއްތައްކަން މިމައްސަލައަށް ހެކިބަސް ދީފައިވާ ހެކީންގެ ހެކިބަހުން
ޝަރީއަތަށް ސާބިތުވާތީއާއި މިރުއްތައް ސާފުކޮށް ބެލެހެއްޓުމާއި އެރުއްތަކުން އަޅައި، ކެއުމުގެ އެންމެހާ
ބާރެއް ލިބިގެން ވަނީ ފާތިމަތު އީނާސްއަށް ކަމަށާއި ނަމަވެސް މިރުއްތައް ހުރިބިން ސަރުކާރުގެ ބޭނުމަކަށް
ދީ 0c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުވަތަ އަމިއްލަ ފަރާތެއް ދިރިއުޅުމަށް ދޫކޮށްފިނަމަ އެއްވެސް ބަދަލެއްނެތި މިރުއްތައް ކަނޑާލުމުގެ ބާރު
އެފަރާތަކަށް ލިބިގެންވާކަމަށް ކަނޑައަޅައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
02- ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/69
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށައަޅާފައިވާ
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/69 ޙުކުމް
ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގެ 2 ވަނަ
3 ވަނަ މާއްދާއްގެ (ހ) އަދި (ށ)، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގެ (ހ)، (ނ)، (ނ)،
އަދި 6 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތް ކުރެވިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ ކަން
e އކީ
3
5 ހ
ހއ29
މައެދއއި
އެނގެއެވެ.
03- މިމައްސަލައާއި ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/Q4MC/69 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި
ރެވެއެވެ.
ހއ ހއ ހވ
.ހ3¢ ¢ ¢ ¢
ކަންތައްތައް ފާހަގަކުރު
42,
(ހ) ފުރަތަމަ ކަމަކީ، ފާތިމަތު އީނާސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގދ.ގައްދޫ ސަވޭރީ
ގޯތީގެ ހުޅަނގު ފަރާތުގެ އަތިރިމަތީގައި ސަވޭރީ ގޯއްޗާއި އިންވެ އިންދާ ހައްދާފައިވާ ފޯދުނު 03 ރުކާއި
ނުފޯދޭ 06 ރުއް އިންދާ ހައްދާފައިވަނީ ފާތިމަތު އިނާސްކަމަށާއި، މިރަށްތައް އިންދާފައިވަނީ ގދ.ގައްދޫ
ސަވޭރީގޯތީގެ ހުޅަނގުފަރާތުގެ ގޯތީގެ ބޭރުންކަމަށާއި، މިރުއްތައް އިންދާ ހައްދާފައިވަނީ 1992 ވަނަ
އަހަރުގެ ފަހުންކަމަށާއި، އެރުއްތައް އިންދާ ހައްދާފައިވަނީ އެއްވެސް ފަރާތެއްގެ ހުއްދައެއް ހޯދުމަކީ
ނުލައިކަން ފާތިމަތު އީނާސްގެ ފަރާތުން ގދ.ގައްދޫ މެޖިސްޓްރޭޓު ކޯޓުގައި އަދި ދިވެހިރާއްޖޭގެ
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 336471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012}HC-A/228
(ނ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު)
ވުޖޫދަށް އައުމުގެ ކުރިން ޢަމަލުކުރަމުން ދިޔައީ ޤާނޫނު ނަންބަރު 5192 (ދިވެހިރާއްޖޭގައި މީހުން އުޅޭ
ރަށްރަށުގައި ރުއްގަސް އިންދުމުގެ ޤާނޫނު) އަށްކަން އެނގޭކަމާއި، ޤާނޫނު ނަންބަރު 5792
(ދިވެހިރާއްޖޭގައި މީހުން އުޅޭ ރަށްރަށުގައި ރުއްގަސް އިންދުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގައި
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ދިރިއުޅުމަށްޓަކައި ދޭ ގޯތި ފިޔަވައި އެހެން ތަންތާގައި ރުއްގަސް
އިންދަންވާނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާ ގޮތެއްގެ މަތިން ރަށު
ލިޔުމަކުން ހުއްދަ ހޯދުމަށްފަހު އެ އޮފީހުން ކަނޑައަޅައި ދައްކާ ތަނެއްގައިކަމަށް
ބަޔާންކުރެވިފައިވާކަމާއި،
އިސްވެ ބުނެވުނު ޤާނޫނަށްފަހު އަމަލުކުރަމުން
މަލުކުރަމުން އައި ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ
ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) އަށް ރިޢާޔަތް ކުރާއިރުގައިވެސް، ބުނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގައި
ދިރިއުޅުމަށް ދޫކުރާ ގޯތި ގޯއްޗާއި، ވަޤުފު ބިންތަކާއި، އެކިއެކި ބޭނުމަށް އެކި ފަރާތްފަރާތާ ޙަވާލުކޮށްފައިވާ
ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަންވާނީ މިނިސްޓްރީ އޮފް އެޓޮލްސް
އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާ ގޮތެއްގެ މަތިން ރަށު އޮފީހުގެ ހުއްދަ ހޯދުމަށްފަހު، އެ އޮފީހުން
ކަނޑައަޅައި ދައްކާ ތަނެއްގައިކަމަށް ބަޔާންކުރެވިފައިވާކަމާއި،
އ ހ9ޑ
ފނޤި
3
2 ހ4 2
4
ރއގހ@ހ
2746 ހއ
އެޤީނަށް
ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ
ޤާނޫނު) އަށް އަމަލުކުރަން
ފަށާއިރު، މީހުންއުޅޭ ރަށްރަށުގައި އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ހުންނަ ރުއްގަހާއި،
ޢަމަލުކުރަން ފެށުމަށްފަހު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ
މަތިން އެއަތޮޅެއްގެ އަތޮޅު އޮފީހުން ހަމަޖައްސާ ތަންތާނގައި، އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ
ގޮތުގައި އިންދާ ހައްދާ ރުއްގަހާއި، އެރަށެއްގައި ހުންނަ މީސްމީހުންގެ އަމިއްލަ ފިޔަވައި
އެރަށެއްގައި ހެދޭ އެންމެހާ ރުއްގަހަކީ، އެރަށެއްގެ ރައްޔިތުންގެ ރުއްގަސްކަމަށް ޤާނޫނު ނަންބަރު 21/98
ރުއްގަހާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާކަމާއި،ޑީ
COCX
đáº
ރުއްގަސް
މީހުން އުޅޭ
ހއ ހ47
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/228
އަދި ބުނެވިދިޔަ މާއްދާގެ (ށ) ގެ ތެރޭގައި ހިމެނޭނީ ހަމައެކަނި، މީހުންއުޅޭ ރަށްރަށުގައި
ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަޤުތު ބިންތަކާއި އެކިއެކި ބޭނުމަށް އެކި ފަރާތްފަރާތާ ހަވާލުކޮށްފައިވާ
ބިންތައް ނޫން އެހެން ތަންތަނުގައާއި، މީހުން އުޅޭ ރަށްރަށުގެ
ރުއްގަހާބެހޭ ޤާނޫނަށް ޢަމަލުކުރަން
ފެށުމަށްފަހު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އެއަތޮޅެއްގެ
އަތޮޅު އޮފީހުން ހަމަޖައްސާ ތަންތާނގައި، އެއްވެސް މީހެއްގެ މަސައްކަތަކާ ނުލާ އޭގެ އަމިއްލަ ޒާތުގައި
ހެދި ބޮޑުވާ ރުއްގަސް އެކަނި ނޫންކަމާއި، އެފަދަ ތަންތާނގައި އެކި ފަރާތްތަކުން އިންދާ ހައްދާ
ދިއްގަސްވެސް އެމާއްދާގެ ތެރޭގައި ހިމެނޭނެކަމަށް މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ 02
(ދޭއް) ޤަޟިއްޔާ ކަމަށްވާ ނަންބަރު 227/HC-A/2012 ޤަޟިއްޔާއާއި 225/HC-A/2012 ނަންބަރު
ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން އެފަދަ ރުއްގަސްވެސް ވާނީ
ރައްޔިތުންގެ ރުއްގަހަށްކަން
އެރަށެއްގެ
*
އެނގޭކަމެވެ.
ވީމާ، ގދ.ގައްދޫ ސަވޭރީ ގޯތީގެ ހުޅަނގު ފަރާތުގައި ފާތިމަތު އީނާސް އިންދާ ހައްދާފައިވާކަމަށް
އޭނާ ބުނާ 9 ރުއް އިންދާފައިވަނީ ފާތިމަތު އީނާސް އަށް ލިބިފައިވާ ގޯތީގެ އިމުން ބޭރުން ކަމުގައި ވީ
ހިނދު އަދި މި
ރުށްތައް އިންދާފައިވަނީ ޤާނޫނު ނަންބަރު 5/92 އަދި އޭގެ ފަހުން ޢަމަލުކުރަން ފެށި
ޤާނޫނު ނަންބަރު 21/98 ގެ ދަށުން ހޯދަން ޖެހޭ ހުއްދަ ހޯދުމަކާއި ނުލައިކަން ފާތިމަތު އީނާސްގެ ބަހުން
އެނގެން އޮތުމުން މިމައްސަލައިގައި ޙަވާލާދެވޭ ރުއްތަކުގެ މިލްކުވެރިއަކީ ފާތިމަތު އީނާސް ކަމުގައި
444ހ4
ޑ
ބލެވޭކަށް ނެތެވެ.
• ޙުކުމް-
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ގދ.ގައްދޫ / ސވޭރީ ފާތިމަތު އީނާސް އޭނާގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގައްދޫ
ސަވޭރީ ގޯއްޗާއި އިންވެގެން އިންދާ ހައްދާފައިވާކަމަށް ބުނާ ފޯދުނު 3 ރުކާއި ނުފޯދޭ 6 ރުކަކީ ފާތިމަތު
އީނާސްގެ އަމިއްލަ ކުށްތައްކަން ޝަރީޢަތަށް ސާބިތުވާކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2011/Q4MC/69 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނީ
4e.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: ]3647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޓް
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/228
ޚިލާފަށްކަމަށް މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވުނު ހިނދު، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/69
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv