ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/202 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 202/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޝިފާޢު
ކާޑު ނަންބަރ. A278116
ދާއިމީ އެޑްރެސް: ޏ.ފުވައްމުލައް މާލެގަން، ނާގޯށި
މިހާރުގެ އެޑްރެސް: ޏ.ފުވައްމުލައް މާލެގަން، ނާގޯށި
ޑީ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު: -
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
، ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ރަމަޟާން 1435
22 ޖުލައި 2014
ނިމުނު ތާރީޚް: 20 ޛުލްޙިއްޖާ 1435
14 އޮކްޓޯބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2
/
2013-R1C/550
ނިންމެވިކޯޓް: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ފޭރުން
ހުށަހެޅި ތާރީޚް: 2017-11-28 ނިމުނު ތާރީޚް: 2014-05-27
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަލީ ސަމީރު
ޒީހިރާއްޖޭގެ ޚަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާ
މިއީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2
/
2013-
R1C/550 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފުކޮށްދިނުން އެދި
ޏ.ފުވައްމުލައް(މާލެގަން، ނާގޯށި، މުޙައްމަދު ޝިފާޢު (އައިޑީ ކާޑު ނަންބަރ: A278116) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ
ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ކުރެވުނު ނުކުތާތައް:
1 އިސްތިއުނާފު
މިކުރެވޭ ފުވައްމުލަކު
މެޖިސްޓްރޭޓް
ނަންބަރު:
2
/
2013-R1C/550 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ،
ޏ.ފުވައްމުލައް މާރކް، މަޝީޢު އިބްރާހީމް (އައިޑީކާޑު ނަންބަރު
A277791) އާއި ޏ.ފުވައްމުލައް ނާގޯސި
ނާގޯށި
މުޙައްމަދު ޝިފާޢު އައިޑީކާޑު ނަންބަރު A278116) އާ ދެމީހުން، 2012 ޑިސެމްބަރު 12 ވަނަ ދުވަހު
22:00 އެހައިކަށްހާއިރު، ޏ.ފުވައްމުލައް "ހޮޓް ސެންސް" ފިހާރަޔަށް ވަދެ އެފިހާރައިގެ ކޭޝް
ކައުންޓަރުގައި އެވަގުތުއިން، ޏ.ފުވައްމުލައް ދިގުވާނޑު، އޮފްދަވެލީ، އާމިނަތު ފަލަކު ވަޙީދު
(އައި.ޑީ.ކާޑް ނަންބަރު:A274585) އަށް ވަޅިން ބިރުދައްކައި، އާމިނަތު ފަލަކު ވަޙީދު އަތުން -/1000 ރ.
(އެއްހާސް ރުފިޔާ) ފޭރިގަނެފައިވާކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 136 ވަނަ
138 ވަނަ މާއްދާއާއި 139 ވަނަ މާއްދާގެ ދަށުން މަޝީޢު އިބްރާހީމް އާއި މުޙައްމަދު ޝިފާޢުގެ
މައްޗަށް ޖަމާޢަތްހަދައިގެން، ތޫނުހަތިޔާރު ބޭނުންކޮށްގެން، ފިހާރަޔަކުން ފޭރުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ
ފަރާތުން ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، ދައުލަތުން ޏ.ފުވައްމުލައް
މާރކް މަޝީޢު އިބްރާހީމް (އައިޑީ ކާޑު ނަންބަރު A2777791) އާއި ޏ.ފުވައްމުލައް ނާގޯނި މުޙައްހަލުހެއްޖޭގެ
މާއްދާއާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/202
ޝިފާއު (A278116) އާ 12 ޑިސެމްބަރ 2012 ދުވަހު22
:
00 އެހައިކަންހާއިރު، ޏ.ފުވައްމުލައް
ހޮޓްސެންސް" ފިހާރައަށްވަދެ އެފިހާރާގެ ކޭޝް ކައުންޓަރުގައި އިން، ޏ.ފުވައްމުލައް ދިގުވާނޑު އޮފްދަވެލީ،
އާމިނަތު ފަލަކް ވަޙީދުއަށް ވަޅިން ބިރުދައްކައި އާމިނަތު ފަލަކް ވަޙީދު އަތުން -/1000ރ. (އެއްހާސް ރުފިޔާ)
ފޭރިގަނެފައިވާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 136 ވަނަ މާއްދާއާއި 138 ވަނަ
139 ވަނަ މާއްދާގެ ދަށުން މަޝީދު އިބްރާހީމް އާއި މުޙައްމަދު ޝިފާޢުގެ މައްޗަށް ޖަމާޢަތް
ހަދައިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން، ފިހާރައަކުން ފޭރުމުގެ ކުނުގައި ކުރައްވާ ދަޢުވާއަށް މުޙައްމަދު
ޝިފާއި އިންކާރުކޮށްފައިވާތީ، ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާތަކަށް ނަޒަރުކޮށް ބެލިބެލުމުން މުޙައްމަދު
ޝިފާޢުގެ މައްޗަށް މިދައުވާ ޝަރީޢަތަށް ސާބިތުވާތީ، ޏ.ފުވައްމުލައް ނާގޯނި މުޙައްމަދު ޝިފާޢު
(A278116) ފޭރުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ) ގެ ދަށުން 01 (އެކެއް) އަހަރަށް، ފޭރިފައިވަނީ ޖަމާޢަތް ހަދައިގެން ކަމަށްވާތީ، 136 ވަނަ މާއްދާގެ
ދަށުން 2 (ދޭއް) އަހަރަށް، ފޭރިފައިވަނީ ފިހާރައަކުން ކަމަށްވާތީ 138 ވަނަ މާއްދާގެ ދަށުން 2 (ދޭއް)
އަހަރަށް އަދި ފޭރިފައިވަނީ ތޫނުހަތިޔާރުން ބިރުދައްކައިގެން ކަމަށްވާތީ 139 ވަނަ މާއްދާގެ ދަށުން 05
(ފަހެއް) އަހަރާއި އެކު ޖުމްލަ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޏ.ފުވައްމުލައް ނާގޯށި މުޙައްމަދު
ޝިފާޢު (A278116) ޖަލަށްލުމަށް ޙުކުމް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
އަދި އެޤަޟިއްޔާގައި މުޙައްމަދު ޝިފާޢުގެ މައްޗަށް އެކަނި ޙުކުމްކުރައްވާފައިވާ ސަބަބަކީ،
އެޤަޟިއްޔާގައި ދަޢުވާ ރައްދުވާ އަނެއް ފަރާތް ކަމުގައިވާ ޏ.ފުވައްމުލައް މާރކް، މަޝީޢު އިބްރާހީމް
(އައިޑީ ކާޑު ނަންބަރު A277791} އުޅޭ ތަނެއް ސާފުވެފައިނުވުމުގެ ސަބަބުން އެހާތަނަށް
ހާޒިރުކުރެވިފައި ނުވާތީ، މަޝީޢު އިބްރާހީމް ގެ މައްޗަށް ކޮށްފައިވާ ދަޢުވާ ކުރިއަށް ގެންދެވިފައިނުވާތީކަން
އެރިޕޯޓުން އެނގެން އޮންނަކަމެވެ.
ccc
ޑީހާތަނަށް އެކޯޓަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ccc
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2
/
2013-R1C/550 ޤަޟިއްޔާ ގައި ޙުކުމްކުރެއްވުމާއި ގުޅިގެން ޏ.ފުވައް
ވައްމުލައް ނާގޯށި މުޙައްމަދު ޝިފާޢުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ : ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދޭ ޙައްޤުތައް އޮޅުން ފިލުވައި ދިނުމަކާނުލައި ފުވައްމުލަކު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު: 2
/
2013-R1C/550 ޤަޟިއްޔާ ކުރިއަށް ގެންގޮސް ޙުކުމްކޮށްފައިވާ ކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި، ދަޢުވާކުރާ ފަރާތުން
ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް
ކޯޓުގައި އެދުމާއި، އެހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަމަށް
ބަޔާންކޮށްފައިވާއިރު، އެޙައްޤުތަކުގެ ބޭނުން ހިފުމުގެ ފުރުޞަތު ނުދެއްވައި، އަދި ދަޢުވާއިން ދިފާޢުވުމުގެ
ފުރުޞަތުވެސް މުޙައްމަ
ޙައްމަދު ޝިފާއަށް ނުދެއްވައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2
/
2013-R1C/550 ޤަޟިއްޔާ ނިންމަވާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ: މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ދަޢުވާ
ސާބިތުކުރުމަށްޓަކައި ޝަރީޢަތުން ރިޢާޔަތްކުރައްވާފައިވާ ހެކިތަކާ ޤަރީނާއަކީ މީހެއްގެ މައްޗަށް ކުށެއް
ސާބިތުކުރުމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެތް ނެތް
މިންވަރަށް ކުށް ސާބިތުކުރުމަށް ފުދޭ އަދި ޤާނޫނީ ގޮތުން ޞައްޙަ ހެކިތަކަކަށް ނުވާއިރު އެހެކިތަކަށް
ރިޢާޔަތްކޮށް ކުށް ސާބިތުވާކަމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2
/
2013-R1C/550
ޤަޟިއްޔާ ނިންމަވާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ
4 2 253
އިޖްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/202
OCOX Ou
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓްކޯޓުގެ
ނަންބަރު:2
/
2013-
R1C/550 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފްކުރުމަށް
މުޙައްމަދު ޝިފާޢު ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ފަރާތްތަކުގެ ބަޔާންތަކަށާއި، އެންމެހައި
ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2
/
2013-
R1C/550
ޤަޟިއްޔާގައި ދައުލަތުން ކޮށްފައިވާ، ޖަމާޢަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން ފިހާރައަކުން ފޭރުމުގެ
ކުށުގެ ދަޢުވާއަށް މުޙައްމަދު ޝިފާޢު އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރު ކުރުމާއި ގުޅިގެން،
އެދަޢުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަކީ، ޏ.ފުވައްމުލައް ގިފްޓް
އަޙްމަދު ޢާޞިމް (ދ.ރ.ކާޑް ނަންބަރު:A005730) އާއި، ޏ.ފުވައްމުލައް އަސަރީގެ މަރިޔަމް ރިފްޤާ
ޢަބްދުﷲ (ދ.ރ.ކާޑް ނަންބަރު:A279615) އާއި، ޏ.ފުވައްމުލައް އޮފްދަވެލީ އާމިނަތު ފަލަކް ވަޙީދު
(ދ. ރ.ކާޑް ނަންބަރު:A274585) އާއި މިތިން މީހުންކަމާއި، އަދި މީގެ އިތުރުން ފޭރުމުގެ ޢަމަލުގައި
ބައިވެރިވިކަމަށް ބުނާ ޏ.ފުވައްމުލައް މާރކް މަޝީޢު އިބްރާހީމް (ދ.ރ.ކާޑް ނަންބަރު:A277791)
މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާން ޤަރީނާއެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
3.2- ދެވަނަ ކަމަކީ: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2
/
2013-
R1C/550
ޤަޟިއްޔާ ގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އަޙްމަދު ޢާޞިމް ގެ ހެކިބަހަށް ބަލާއިރު،
2012 ޑިސެމްބަރ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުވައްމުލަކު "ހޮޓް ސެންސް" ފިހާރައިން ބަޔަކު
ފޭރުނު ތިން އޭނާއަށް ފެނިފައި ނުވާކަމަށާއި، އަދި އެ ޢަމަލު ހިންގި މީހުން ވެސް އޭނާއަށް ފެނިފައި
ނުވާކަމަށާއި، އެފިހާރައިން ބަޔަކު ފޭރިފައިވާކަމުގެ މަޢުލޫމާތު އޭނާއަށް ލިބިފައިވަނީ "ހޮޓް
ފިހާރާގައި އެވަގުތު ސޭޓަކަށް އިން އާމިނަތު ފަލަކް ވަޙީދު މީހުން ގާތު އެވާހަކަ ދެއްކުމުންކަމަށް އަޙްމަދު
ޢާޞިމް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ސެން2
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހޮޓް ސެންސް
އެ ޤަޟިއްޔާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މަރިޔަމް ރިފްޤާ ޢަބްދު
ދީފައިވާ ހެކިބަހުގައި، 2012 ޑިސެމްބަރ 12 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު، އޭނާހުރީ ފުވައްމުލަކު
"ލާކިޔާ ކިއުޓް" ނަމަކަށް ކިޔާ ފިހާރާގައި ކަމަށާއި، އެފިހާރަ ހުންނަނީ "ހޮޓް ސެންސް" ފިހާރަ ކައިރީގައި
ކަމަށާއި، ނަމަވެސް "ލާކިޔާ ކިއުޓް" ފިހާރާގައި ހުންނައިރު، "ހޮޓް ސެންސް" ފިހާރަ ނުފެންނަ ކަމަށާއި،
"ލާކިޔާ ކިއުޓް ފިހާރައާއި "ހޮޓް ސެންސް" ފިހާރަ ހުންނަ ސަރަޙައްދުން އެރޭ މުޙައްމަދު ޝިފާޢު އެހެން
މީހަކާ އެކު ސައިކަލެއްގައި ދިޔަތަން ފެނިފައިވާކަމަށާއި، އޭރު މުޙައްމަދު ޝިފާޢު ލައިގެންހުރީ ތިރިންނާއި
މަތިންވެސް ހުދުކުލާގެ ހެދުންކަމަށާއި، އަދި އެރޭ މުޙައްމަދު ޝިފާޢު "ހޮޓް ސެންސް" ފިހާރަ އިން
ފޭރުނުވާހަކަ އެއްވެސް މީހަކު މަރިޔަމް ރިފްޤާ ޢަބްދުﷲ ގާތު ބުނެފައި ނުވާކަމަށާއި، ނަމަވެސް އެފިހާރައިން
މީހަކު ފޭރުނުކަމަށް އެފިހާރާގައި އޭރު ސޭޓަކަށް އިން އާމިނަތު ފަލަކް ވަޙީދު ބުނުމުން އެނގިފައިވާކަމަށާއި،
އެރޭ "ލާކިޔާ ކިއުޓް" ފިހާރައާއި
ފިހާރަ ހުންނަ ސަރަޙައްދުން ފެނިފައިވަނީ ފުލުހުން
އޭނާއަށް ދެއްކި ފޮޓޯގައި އެވާ (މުޙައްމަދު ޝިފާޢު) މީހާކަން ޔަޤީންވާކަމަށް މަރިޔަމް ރިފްޤާ ޢަބްދު
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި އެ ޤަޟިއްޔާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އާމިނަތު ފަލަކް ވަޙީދު
އެކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުގައި، 2017 ޑިސެމްބަރ 12 ވަނަ ދުވަހުގެ ރޭ
ފުވައްމުލަކު "ހޮޓް ސެންސް" ފިހާރާގެ ކައުންޓަރުގައި އޭނާ އިންދާ އެރޭގެ 10:00 ހާއިރު އެފިހާރައަށް ބަޔަކު
އައިސް، ފިހާރާގެ ސޭލްސް ރަގަޅުތޯ އެހުމަށްފަހު، ވަޅިއެއް ދިއްކޮށްފައި -/500ރ.(ފަސްސަތޭކަ ރުފިޔާ)
ދިނުމަށް ބުނިކަމަށާއި، އެގޮތުން ފަސްސަތޭކަ ރުފިޔާ ދިނުމުން އިތުރު -/500ރ.(ފަސްސަތޭކަ ރުފިޔާ)
ދިނުމަށް ދެވަނަ ފަހަރަށް ޑިމާންޑް ކުރުމުން ދެވަނަ ފަހަރަށްވެސް ފަސްސަތޭކަ ރުފިޔާ ދިނުމުން ފިހާރައިން
ނުކުމެ އެމީހުން އައި ސައިކަލަށް އަރައިގެން ދިޔައީ ކަމަށާއި، އޭގެތެރެއިން އެކަކު ހުރީ ކަޅުކުލައިގެ ޓީ-
ޝާރޓެއް ލައިގެން ކަމަށާއި، އަދި ދެވަނަ މީހާ ހުރީ ހުދުކުލައިގެ ގަމީހެއް ލައިގެންކަމަށާއި، އެމީހުންނަކީ
ނޭގޭކަމަށާއި، ފުލުހުންގެ ތަޙްޤީޤުގައި ދެއްކި ފޮޓޯތައް ބެލުމަށްފަހު، އެރޭ ހޮޓް ސެންސް
2a ހ ޑއ ދ ތ
ކެންއިއޅނ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފިހާރައަށް ވަދެ ފޭރުނު ދެމީހުން ފާހަގަކޮށް ދައްކާފައިވާނެކަމަށް އާމިނަތު ފަލަކް ވަޙީދު ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި،
އާމިނަތު ފަލަކު ވަޙީދު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، ފޭރުމުގެ ޢަމަލު ހިންގިމީހާ
(ފުލުހުން ދެއްކި ފޮޓޯގައިވާ މުޙައްމަދު ޝިފާޢު} އެރޭ ލައިގެންހުރީ ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ
ސްކިނީ އެއްކަމަށް އާމިނަތު ފަލަކު ވަޙީދު ބުނެފައިވާއިރު،
ފޭރުމުގެ ޢަމަލު ހިންގިކަމަށް ބުނާ ރޭގެ އެގަޑީގައި މުޙައްމަދު ޝިފާއު ލައިގެންހުރީ
ހުދުކުލައިގެ ގަމީހަކާއި ކަކުލާހަމައަށް އަންނަ ކޮމްބެކްޓް ސޯޓެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަން އެނގޭ ޕޮލިސް ސަރވިސްގެ ލިޔެކިއުންތައް ހުށަހެޅިފައިވާކަން
ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: މުޙައްމަދު ޝިފާޢު އާއެކު "ހޮޓް ސެންސް" ފިހާރައަށް ވަދެ ފޭރުމުގެ
ޢަމަލު ހިންގިކަމުގެ ތަހުމަތުގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2
/
2013-
R1C/550 ޤަޟިއްޔާ
ގައި ދައުލަތުން ދަޢުވާކުރާ ދެވަނަ ފަރާތް ކަމުގައިވާ ޏ.ފުވައްމުލައް މާރކް މަޝީޢު އިބްރާހީމް ތަޙްޤީޤަށް
ދީފައިވާ ބަޔާން ދައުލަތުން އެޤަޟިއްޔާގައި ޤަރީނާއެއްގެ ގޮތުގައި ހުށަހަޅާފައިވާކަމާއި، މަޝީޢު އިބްރާހީމް
މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، 2012 ޑިސެމްބަރ 12 ވަނަ ދުވަހުގެ 15:30 ހާއިރު މުޙައްމަދު
ޝިފާޢު އާއި ބައްދަލުވިފަހުން އެދުވަހުގެ ރޭގެ 23:30 އާއި ހަމައަށް ކަންހިނގާ ގޮސްފައިވާގޮތް ތަފްޞީލުކޮށް
ކިޔައިދީފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، އެރޭގެ 20:00 ހާއިރު، މަޝީޢު އިބްރާހީމް ގޭގައި ހުރި
ސައިކަލެއްގައި އެދެމީހުން ދިގުވާނޑު އަވަށުގައި ހުންނަ "ޒަކްސްޓާ ރެސްޓޯރަންޓް"
އެހިސާބު ތަނަކަށް ކުރީ ދުވަހެއްގައި މަޝީޢު އިބްރާހީމް އެއްލާލާފައިވާ ވަޅިއެއް ނެގުމަށްފަހު، އެވަޅި
މުޙައްމަދު ޝިފާޢު އަތަށް ދީފައިވާކަމަށާއި، އަދި އޭގެ ފަހުން "ހޮޓް ސެންސް” ފިހާރަ ކައިރިންލާފައި ދަނިކޮށް
އެފިހާރަ ކައިރިއަށް މަޑުކުރުމަށް މުޙައްމަދު ޝިފާޢު ބުނިކަމަށާއި، އަދި އެއީ އެފިހާރާގައި ހުންނަ އަންހެން
ކުއްޖާގެ ފޯނު ނަންބަރު ލިބޭތޯ
ބްތޯ ބެލުމަށްކަމަށްވެސް މުޙައްމަދު ޝިފާޢު ބުނިކަމަށާއި، އަދި ސައިކަލް އެފިހާރަ
ދިމާލަށް ގޮސް،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
هހ3.4
ކައިރިއަށް މަޑުކުރުމުން، ކުރިން މަޝީޢު އިބްރާހީމް، މުޙައްމަދު ޝިފާޢު އަތަށް ދީފައިވާ ވަޅި ހިފައިގެން
ސައިކަލުން ފައިބައިގެން ގޮސް "ހޮޓް ސެންސް" ފިހާރައަށް ވަތްކަމަށާއި، އަދި އެނބުރި އައިސް އެފިހާރާގައި
ހުރީ އެންމެ އަންހެން ކުއްޖެއްކަމަށްބުނެ އެފިހާރަ ތެރެއަށް ވަނުމަށް އެދުނުކަމަށާއި، އަދި
މުޙައްމަދު ޝިފާޢު ބުނިގޮތަށް އޭގެ ކުޑައިރު ކޮޅެއް ފަހުން މަޝީޢު އިބްރާހީމް ވެސް އެފިހާރައަށް
ވަދެފައިވާނެކަމަށާއި، އަދި މަޝީޢު އިބްރާހީމް އެފިހާރަ ތެރޭގައި ހުއްޓާ، މުޙައްމަދު ޝިފާޢު އޭނާގެ ޖިންސުގެ
ތެރެއިން (ކުރިން މަޝީޢު އިބްރާހީމް ދީފައިވާ) ވަޅި ނަގައި އެފިހާރަ ތެރޭގައިހުރި ސޭލްސް ގާރލް
(އައިމިނަތް ފަލަކް ވަޙީދު) އާއި ދިމާލަށް ދިއްކޮށްފައި -/500ރ. (ފަސްސަތޭކަ ރުފިޔާ) ދިނުމަށް
އެދުނުކަމަށާއި، އަދި އެކުއްޖާ ބިރުންހުރެ ފިހާރާގެ ކޭޝް ކައުންޓަރުން -/500ރ. (ފަސްސަތޭކަ ރުފިޔާ)
ދިނުމުން، ދެވަނަ ފަހަރަށް ވަޅި ދިއްކޮށްފައި އިތުރު -/500ރ. (ފަސްސަތޭކަ ރުފިޔާ) ދިނުމަށް
އެދުނުކަމަށާއި، އެގޮތުން ޖުމްލަ -/1000 ރ.(އެއްހާސް ރުފިޔާ) އެފިހާރައިން އޭނާ ހޯދި ކަމަށާއި، އަދި
ދެވަނަ ފަހަރަށް ފައިސާދިނުމަށް އެދުނުއިރު، އެފައިސާ ނުދީފިނަމަ ވަޅިހަރާނެކަމަށް އެ ކުއްޖާއާ ދިމާލަށް
މުޙައްމަދު ޝިފާޢު ބުނެފައިވާކަމަށާއި، އަދި ފައިސާ ލިބުމުން އެ ދެމީހުން އެފިހާރައިންނުކުމެގެން ސައިކަލަށް
އަރައިގެން ދިޔައީ ކަމަށާއި، އޭގެ ފަހުން ދިޔައީ ފުވައްމުލައް ހޯދަޑު، ނެސްޓް ގެއަށް ކަމަށާއި، އެގެއަށް ދިޔައީ
މުޙައްމަދު ޝިފާޢުގެ މޯބައިލް އެގޭ އަޙްމަދު މުސްލިމް އަތުގައި މޯގޭޖް ކޮށްފައިވާކަމަށްބުނެ އެފޯނު
ހޯދުމަށްކަމަށާއި، އަދި ބެސްޓް ގެއަށް ދިޔަ މަގުމަތީގައި އެ އަވަށުގައިހުރި ފިހާރައަކަށް މުޙައްމަދު ޝިފާޢު
ވަނުމުން މުޙައްމަދު ޝިފާޢުގެ ގާތުގައި ރީލޯޑް ކޮށްދިނުމަށާއި ކެމަލްހާޑް ސިނގިރޭޓް ފޮއްޓެއް ގަނެދިނުމަށް
އެދުމުން ރޭޓް ފޮއްޓެއް ގަނެދީފައިވާކަމަށާއި، އަދި ވިހިރުފިޔާގެ ރީލޯޑް އަޅައިދިންކަމަށާއި، އޭގެ ފަހުން
ނެސްޓް ގެއަށްވަދެ އަޙްމަދު މުސްލިމް އަތުން މުޙައްމަދު ޝިފާޢުގެ ފޯނު ހޯދައިގެން އެނބުރި ގެއަށް
އައީކަމަށާއި، ފުލުހުން މަޝީޢު އިބްރާހީމް ހޯދަން އައީ އެގެ ހާއިރު ކަމަށް މަޝީޢު އިބްރާހީމް
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
4
ސިނގިރޭޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 331471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
cucc
3.4- ހަތަރުވަނަ ކަމަކީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2
/
2013-
R1C/550
ޤަޟިއްޔާގައި ދައުލަތުން ކޮށްފައިވާ ފޭރުމުގެ ކުށުގެ ދަޢުވާ ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެކީންގެ
ބަޔާންތަކަށާއި، މައްސަލާގެ ތަޙްޤީޤުން ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، ހެކީންގެ ތެރެއިން
ޏ.ފުވައްމުލައް ގިފްޓް އަޙްމަދު ޢާޞިމް (ދ.ރ.ކާޑް ނަންބަރު:A005730) ޝަރީޢަތަށް ދީފައިވާ ބަޔާނުގައި،
ހޮޓް ސެންސް" ފިހާރައިން ބަޔަކު ފޭރުނު ތަނެއް އަދި ފޭރުނު ބަޔަކުވެސް ފެނިފައި ނުވާކަމަށް
ބުނެފައިވުމުން، އަޙްމަދު ޢާޞިމް އަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެޤަޟިއްޔާގައި ހެކިވެރިއެއްގެ
ގޮތުގައި ބެލެވޭނެ މީހެއް ނޫންކަމާއި،
އަދި މަރިޔަމް ރިފްޤާ ޢަބްދުﷲ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ދީފައިވާ ހެކިބަހަށް
ބަލާއިރު، 2012 ޑިސެމްބަރ 12 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު، މަރިޔަމް ރިފްޤާ ޢަބްދުﷲ ހުރީ
ފުވައްމުލަކު "ލާކިޔާ ކިއުޓް" ނަމަކަށް ފިހާރާގައި ކަމަށާއި، އެގަޑީގައި މުޙައްމަދު ޝިފާޢު އެހެން މީހަކާއެކު
އެފިހާރަ ކައިރިން ސައިކަލެއްގައި ދުއްވާފައި ދިޔަތަން ފެނުނުކަމަށް މަރިޔަމް ރިފްޤާ ޢަބްދުﷲ ބުނެފައިވާއިރު،
އޭގެ ކުރިން މުޙައްމަދު ޝިފާޢު ނުދަންނަކަމަށްވެސް އެބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި، އަދި
އެރޭ މުޙައްމަދު ޝިފާޢު ފެނުނުއިރު ލައިގެން ހުރީ ތިރީންނާއި މަތިންވެސް ހުދުކުލާގެ އެއްޗެހި ކަމަށް
މަރިޔަމް ރިފްޤާ ޢަބްދުﷲ ބުނެފައިވާ ބުނުމުން، މަރިޔަމް ރިފްޤާ މުޙައްމަދު ޝިފާޢު ކަމަށް ބުނާ މީހާ
ފާހަގަކޮށްފައިވަނީ އޭނާ އެވަގުތު ލައިގެން ހުރި ހެދުމުންކަން އެނގޭކަމާއި،
ނަމަވެސް ފޭރުމުގެ ޢަމަލު ހިންގިކަމަށް ބުނާ ރޭގެ އެގަޑީގައި މުޙައްމަދު ޝިފާއު ލައިގެންހުރީ
ހުދުކުލައިގެ ގަމީހަކާއި ކަކުލާހަމައަށް އަންނަ ކޮމްބެކްޓް ސޯޓެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަން އެނގޭ ޕޮލިސް ސަރވިސްގެ ލިޔެކިއުންތައް ހުށަހެޅިފައިވާކަމާއި، އެހެންކަމު
ހޮޓް ސެންސް" ފިހާރަ ހުންނަނީ "ލާކިޔާ ކިއުޓް" ފިހާރައާއި ޖެހިގެން ކަމުގައިވިޔަސް، އެސަރަޙައްދުން
މަރިޔަމް ރިފްޤާ ޢަބްދުﷲ އަށް ސައިކަލެއްގައި ދަނިކޮށް ފެނިފައިވަނީ ދައުލަތުގެ ދަޢުވާގައި ބަޔާންކޮށްފައިވާ
44
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުޙައްމަދު ޝިފާޢު ކަމާމެދު ޝައްކު އުފެދިފައިވާތީ، މަރިޔަމް ރިފްޤާ ޢަބްދުﷲ ގެ ބަޔާނުން އެރޭ
މުޙައްމަދު ޝިފާޢު ހޮޓް ސެންސް
ފިހާރަ ކައިރީގައި އުޅުނު ކަމުގެ މައްޗަށް ހެކި ލިބިގެން ނުދާކަމާއި،
އަދި ދައުލަތުން ޤަރީނާއެއްގެ ގޮތުގައި ހުށަހަޅާފައިވާ ޏ.ފުވައްމުލައް(މާރކް
މަޝީޢު އިބްރާހީމް ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި، 2017 ޑިސެމްބަރ 12 ވަނަ
ދުވަހުގެ 15:30 ހާއިރު މުޙައްމަދު ޝިފާޢު އާއި ބައްދަލުވިފަހުން އެދުވަހުގެ ރޭގެ 23:30 އާއި ހަމައަށް
ކަންހިނގާގޮސްފައިވާގޮތް ކިޔައިދެމުން އެރޭ "ޓް ސެންސް" ފިހާރައިން ފޭރުމުގެ ޢަމަލު ހިންގުމަށްފަހު ދިޔައީ
ފުވައްމުލައް ހޯދަޑު، ނެސްޓް ގެއަށް ކަމަށާއި، އެގެއަށް ދިޔައީ މުޙައްމަދު ޝިފާޢުގެ މޯބައިލް އެގޭ
އަޙްމަދު މުސްލިމް އަތުގައި މޯގޭޖްކޮށްފައިވާ ކަމަށް ބުނެ އެފޯނު ހޯދުމަށްކަމަށް މަޝީޢު އިބްރާހީމް އެބަޔާނުގައި
ބުނެފައިވާއިރު، އަޙްމަދު މުސްލިމް މައްސަލާގެ ތަޙްޤީޤަށާއި ޝަރީޢަތަށް ދީފައިވާ ބަޔާނުގައި
މުޙައްމަދު ޝިފާޢުގެ މޯބައިލް ފޯން އޭނާގެ އަތުގައި މޯގޭޖްކުރުން ފަދަ ކަމެއްގައި ބާއްވާފައި ނުވާކަމަށާއި،
އަދި އެރޭ މުޙައްމަދު ޝިފާޢު އާއި ބައްދަލުވެ ވާހަކަ ދައްކާފައިވެސް ނުވާނެކަމަށް ބުނެފައިވާކަން އެނގެން
އޮތުމުގެ އިތުރުން، ފޭރުމުގެ ޢަމަލު ހިންގިރޭ ދެފަހަރެއްގެ މަތިން މުޙައްމަދު ޝިފާޢު "ހޮޓް ސެންސް"
ފިހާރައަށް ވަދެފައިވާކަމަށް މަޝީޢު އިބްރާހީމް ބުނެފައިވާއިރު، އެފިހާރާގެ ކޭޝް ކައުންޓަރުގައި އިން
އާމިނަތު ފަލަކް ވަޙީދު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައިވެސް އަދި ޝަރީޢަތަށް ދީފައިވާ ބަޔާނުގައިވެސް
މުޙައްމަދު ޝިފާޢު އެރޭ އެވަގުތު ދެފަހަރަށް އެފިހާރައަށް ވަދެފައިވާކަމަށް ބުނެފައި ނުވާކަން އެނގެން
އޮންނަކަމާއި،
އަދި މަޝީޢު އިބްރާހީމް ތަޙްޤީޤަށް ދީފައިވާ އެބަޔާނުގައި އިތުރަށް ދައްކާފައިވާ ވާހަކަތައް
އެފަދައިން ދިމާވޭތޯ މައްސަލަ ތަޙްޤީޤުކުރި ފަރާތުން ބަލާފައިވާކަން އެނގެން ނެތްކަމާއި،
ންކަމުން މަޝީޢު އިބްރާހީމް ތަޙްޤީޤަށް ދީފައިވާ ބަޔާނާއި މުޙައްމަދު ޝިފާޢު ދީފައިވާ
ބަޔާނުގައި ފުށުއެރުންތަކެއް ހުރިއިރު، އެދެމީހުން އެކުގައި ދިޔަ ތަންތަނާއި ކުރި ކަންތައްތައް ކަމަށް
މަޝީޢު އިބްރާހީމް ގެ ބަޔާނުގައި ބުނެފައިވާ އެއްވެސް ކަމެއް އެފަދައިން ކުރިކަމަކަށް މުޙައްމަދު
އެހެންކަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަޙްޤީޤުގައިވެސް ބުނެފައިނުވާތީ، މަޝީޢު އިބްރާހީމް ގެ ތަޙްޤީޤު ބަޔާނުގައި އޭނާގެ އަމިއްލަ ނަފްސުގެ
ޙައްޤުގައި ވެފައިވާ އިޤްރާރު ފިޔަވައި ދެވަނަ ފަރާތަކަށް ނިސްބަތްވާ ޢަމަލުތަކާމެދު އެފަރާތުން އިންކާރުކުރާ
ހިނދު، އެކަމަށް ބާރުލިބޭ އިތުރު ޤަރީނާއެއްނެތި މަޝީޢު އިބްރާހީމްގެ ބަޔާނުގައި މުޙައްމަދު ޝިފާޢު
އާބެހޭގޮތުން ދައްކާފައިވާ ވާހަކައަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޤަރީނާއެއް ކަމުގައި ބެލެވެން
ނޯންނާނެކަން ފާހަގަކުރެވެއެވެ.
3 ، 4
2 ހއ
هއދއކމށް
އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2
/
2013-
R1C/550 ޤަޟިއްޔާގައި
ދައުލަތުން ބަޔާންކޮށްފައިވާ ޙާދިސާގައި، ފޭރުމުގެ ޢަމަލު ހިންގުމުގައި ބޭނުންކުރި ވަޅި
ހޯދިފައިވާ ކަމަށް ބުނެ އެވަޅި ކަމަށް ބުނާ ވަޅީގެ ފޮޓޯއެއް ހުށަހަޅާފައިވާއިރު، އެވަޅީގެ ފޮރެންސިކް
ތަޙްލީލެއްކޮށް، ތުހުމަތުކުރެވޭ ފަރާތެއްގެ އިނގިލީގެ ނިޝާނެއްފަދަ ޤަރީނާއެއް ލިބޭތޯ މައްސަލަ ތަޙްޤީޤުކުރި
ފަރާތުން ބަލާފައިނުވާކަން ފާހަގަކުރެވެއެވެ.
24
-3.5
ފަސްވަނަ
ކަމަކީ:
ފުވައްމުލަކު
މެޖިސްޓްރޭޓް
ކޯޓުގެ
ހދ8
ނކަމަށް
ނަންބަރު:2013{2-
R1C/550 ޤަޟިއްޔާ އިސްތިއުނާފުކުރަމުން މުޙައްމަދު ޝިފާޢުގެ ފަރާތުން
ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުޞަތު ދީފައި ބުނެފައިވާ
ބުނުމަށާއި، ހެކީންނާއި ސުވާލުކުރުމުގެ ފުރުޞަތު ދީފައި ނުވާކަމަށް ބުނެފައިވާތީ، އެޤަޟިއްޔާގެ މަޙްޝަރު
ބަޔާންތަކަށް ބެލުމުން، ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުޞަތު ދީފައިވާކަމެއް، އަދި ހެކީންނާއި ސުވާލުކުރުމުގެ
ފުރުޞަތު ދީފައިވާކަމެއް އެނގެން ނެތްކަން ފާހަގަކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ނުކުތާތަކުގައި މިބަޔާންކުރެވި
ކުރެވުނު ކަންތައްތަކަށް ޝަރުޢީ އަދި
ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބަލާއިރު،
މެޖިސްޓްރޭޓް
ކޯޓުގެ
ނަންބަރު:2013
R1C/550 ޤަޟިއްޔާގައި ދައުލަތުން ކޮށްފައިވާ ދަޢުވާއަށް މުޙައްމަދު ޝިފާޢު
މައްސަލައިގެ ތަޙްޤީޤުގައާއި ޝަރީޢަތުގައިވެސް އިންކާރުކޮށްފައިވާކަމާއި، އެދަޢުވާ ސާބިތުކޮށްދިނުމަށްޓަކައި
ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުންނާއި ޤަރީނާގެ ގޮތުގައި ހުށަހެޅިފައިވާ މަޝީޢު އިބްރާހީމް
ފުވައްމުލަކު
ދިވެހިރާއްޖޭގެ
ކަކީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
20j4/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަޙްޤީޤު ބަޔާނުން، ޤާނޫނުއަސާސިގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރަށް
ޝައްކެއްނެތި ކުށްސާބިތުވާކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި އެއްވެސް ފަނޑިޔާރަކަށް
ފެނިފައިނުވާތީ، ފުވައްމުލަކު މެޖިސްޓްރޭޓް ނަންބަރު:2
/
2013-
R1C/550 ޤަޟިއްޔާގައި
ފުވައްމުލައް ނާގޯށި މުޙައްމަދު ޝިފާޢުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ފޭރުމުގެ ކުށުގެ ދަޢުވާ
ސާބިތުވާކަމަށް އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ޏ.ފުވާއެމްއ
ޙުކުމް
މައްޗަށް
މ 04
34
550R1C-2}2013
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
ހިންކުރެވުނު ސަބަބުތަކުގެ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
ޤަޟިއްޔާގައި ޏ.ފުވައްމުލައް ނާގޯށި މަދު ޝިފާޢު
(އައިޑީކާޑު ނަންބަރު A278116) ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޖަމާޢަތް ހަދައިގެން، ތޫނުހަތިޔާރު
ބޭނުންކޮށްގެން، ފިހާރަޔަކުން ފޭރުމުގެ ކުށުގެ ދަޢުވާ ބައްލަވާ، އެކުށް މުޙައްމަދު ޝިފާޢު ގެ މައްޗަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
ގައި ބުނާ އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ކުށްސާބިތުވާ ކަމަށް ކަނޑައެޅޭ މިންވަރަށް ކާފީ ހެއްކާއި
ޤަރީނާ ލިބިގެންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުހިނދު،
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2
/
2013-R1C/550 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް މިޤަޟިއްޔާ
ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv