ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/211 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/2jj
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 111/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ސާނިޔާ ޢަލީ
* އައިޑީ ކާޑު ނަންބަރ: A142733
އެޑްރެސް: ވަގުތީހިޔާ ކ.މާފުށި
* މިހާރުގެ އެޑްރެސް: ވަގުތީހިޔާ ކ.މާފުށި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޙަސަން
އައިޑީ ކާޑުނަންބަރު: A142662
* ދާއިމީ އެޑްރެސް: ކަނީރުމާގެ ކ.މާފުށި
މިހާރުގެ އެޑްރެސް: ކަނީރުމާގެ ކ.މާފުށި
ރަޖިސްޓްރީކުރެވުނު ތާރީޚް: 09 ޝައްވާލް 1435
05 އޯގަސްޓް 2014
ނިމުނު ތާރީޚް: 29 ޛުލްޙިއްޖާ 1435
23 އޮކްޓޯބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/H-12-C/03
ނިންމެވިކާޓޯ: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ތަރިކަ
ހުށަހެޅި ތާރީޚް: 2014-01-09 ނިމުނު ތާރީޚް: 2014-03-05
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު ފަނޑިޔާރުން ޢައްބާސް ޝަރީފް
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2014/HC-A/21]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H-12-C/03 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ކ.މާފުށި ވަގުތީހިޔާ، ސާނިޔާ
ޢަލީ (ދ.ރ.ކާޑް ނަންބަރު:A142733) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.މާފުށި(ކަނީރުމާގެ، ޢަބްދުﷲ ޙަސަން
ECCO
(ދ.ރ.ކާޑް ނަންބަރު:A142662} އެވެ.
ށވެ
ންތައ
453
ނއކށ
01 އިސްތިއުނާފު މިކުރެވޭ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/H-12-C/03 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ
ކ.މާފުށި(ކަނީރުމާގެ އަލްމަރުޙޫމް މުޙައްމަދު ނިޔާޒުގެ ތަރިކަ، ވާރިޘުންގެ މެދުގައި ބަހައިދިނުން އެދި،
ވާރިޘުންގެ ތެރެއިން މުޙައްމަދު ނިޔާޒު ގެ ބައްޕަ ޢަބްދުﷲ ޙަސަން ހުށައެޅުމުން ބަލާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "އިސްވެދިޔަ ވާހަކަތަކާއި
ރިޢާޔަތްކުރުމަށްފަހު ކ.މާފުށީ ކަނީރުމާގެ އަލްމަރުޙޫމް މުޙައްމަދު ނިޔާޒުގެ ތަރިކައިގައި ހިމެނޭ ހުސްބިން،
ބިމާބެހޭ ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެމަތީން ބަހާނިމިއްޖެކަމަށާއި، އިތުރަށް ދެން މިތަރިކައިގާ ބަހާނެ މުދަލެއް
ފައިސާއެއް ނެތްކަމަށާއި، މިގޮތަށް މިތަރިކައިގެ ހުސްބިން (ތި) (ބިމާބެހޭ ޤާނޫނާއި، ޤަވާޢިދުގައިވާ
ގޮތުގެމަތީން، މިމަރުޙޫމްގެ މަންމަ ޙައްވާ އިސްމާޢީލަށް ލިބޭ ބައި ދޫކޮށްލުމުން ދެންތިބި) 3 ވާރިޘުން
ކަމުގައިވާ މި މަރުޙޫމްގެ އަންހެންދަރި ޢާއިޝަތު ޝާނީ އަށާއި، އަނބި ސާނިޔާ ޢަލީ އަށާއި، ބައްޕަ ޢަބްދު
ޙަސަނަށް (މަތީގައިވާ، ބަހާ ބައިކޮށްދިންގޮތުގެ ޗާޓްގައިވާގޮތުގެ މަތީން) ލިބި މިލްކުވެއްޖެކަމަށާއި، އެރޫޓްގައި
އެމީހެއްގެ ނަން ލިޔެފައި އޮތްބަޔަކީ އެމީހެއްގެ މިލްކެއް ކަމަށާއި މިމަރުޙޫމްގެ އަތީމު ދަރިފުޅުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
fފ،
ދިވެހި3
3
2014/HC-A/21]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙަވާލުކުރެވޭނީ އެދަރިފުޅު ކުޑައިރުއްސުރެން މިހާތަނަށް 10 އަހަރު ވަންދެން ބަލާ، ބެލެހެއްޓީ މިދަރިފުޅުގެ
މަންމަ މިމަރުޙޫމްގެ އަނބި ކ.މާފުށީ ވަގުތީހިޔާ ސާނިޔާ ޢަލީ މިކަމަށް އެދޭތީ މި ސާނިޔާއަށް ކަމަށާއި،
ސާނިޔާ ޢަލީ އެދަރިފުޅު ބޮޑުވެ ތަސައްރަފް ފުދެންދެން އެ ދަރިފުޅުގެ މި ބިންކޮޅު ބަލާ ބަލަހައްޓާ
ތަރައްޤީކޮށް ޢިމާރާތްކޮށް ކުއްޔަށް ދޭނަމަ ދީގެން ލިބޭ އެއްޗެއް އެ ދަރިފުޅަށްޓަކައި، ރައްކާކޮށްދީ، ތަޢުލީމުދި
އެ ދަރިފުޅު ބޮޑުވުމުން އެ ދަރިފުޅާއި އެ ބިންކޮޅު ޙަވާލުކޮށް މިއެންމެހާ ކަންތައް ކުރުމަށާއި މިކަންތައްތައް
އޭގެ ޙައްޤުގޮތުގައި ކުރެވޭނީ އެ ދަރިފުޅުގެ ބެލެނިވެރިޔާ އެ ދަރިފުޅުގެ މަންމަ މި ސާނިޔާ ޢަލީ އަށް ކަމަށް
ޝަރީޢަތަށް ފެންނާތީ މިއެންމެހާ ކަންތައް މިމަގަށް ކުރުމަށް ސާނިޔާ ޢަލީ އަށް އަންގައި ޙުކުމްކޮށްފީމެވެ."
މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/H
-
12
-
C/03 ޤަޟިއްޔާގައި ޙުކުމް ކުރުމާއި ގުޅިގެން ކ.މާފުށިވަގުތީހިޔާ، ސާނިޔާ ޢަލީ ގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: މިޝަރީޢަތް ނިންމެވުމުގައި ޤާނޫނު
(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި
ބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށްފައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H-12-C/03
ޤަޟިއްޔާ ނިންމެވިއިރު، ޤާނޫނު ނަންބަރު 1/2002(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 10 ވަނަ
މާއްދާގައިވާ ގޮތުގެ މަތީން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރާއިރު ލަފާ ހޯދަންޖެހޭ ކަމަށް މިމާއްދާގައި
ބުނެފައިވާއިރު އެފަރާތްކަމުގައިވާ މާފުށީ ކައުންސިލް އިދާރާގެ ލަފަޔެއް ހޯދާފައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ
ނޭބ ން
1/2002
ނުކުތާއެވެ.
ވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/21]
4°°P
-3.1
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާއާއި ގުޅިގެން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014/H-12-C/03 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން ކ.މާފުށި ވަގުތީހިޔާ، ސާނިޔާ ޢަލީ ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަ
.ވާ ވާހަކައަށާއި،
މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށާއި ގުޅުންހުރި ޤާނޫނާއި ޤަވާޢިދަށް ބަލާއިރު އަންނަނިވި
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
ފުރަތަމަ ކަމަކީ: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/H
-
12
-
C/03 ޤަޟިއްޔާއަކީ، ކ.މާފުށި ސަނީސައިޑް މުޙައްމަދު ނިޔާޒު 20 ޖުލައި 2004 ގައި
ނިޔާވެފައިވާކަމަށްބުނެ އެމަރުޙޫމްގެ ތަރިކާގެ މައްސަލަ ޝަރީޢަތް މެދުވެރިކޮށް ހަމަޖައްސަވައި ދެއްވުންއެދި
ކ.މާފުށި/ކަނީރުމާގެ
ރުމާގެ ޢަބްދުﷲ ޙަސަން (އަލްމަރްޙޫމް މުޙައްމަދު ނިޔާޒުގެ ބައްޕަ) ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެއްކަމާއި،
އަލްމަރުޙޫމް މުޙައްމަދު ނިޔާޒުގެ ވާރިޘުންގެ ގޮތުގައި ތިބީ، އަންހެންދަރި ޢާއިޝަތު ޝާނީ
އާއި، އަނބި ސާނިޔާ ޢަލީ އާއި، ބައްޕަ ޢަބްދުﷲ ޙަސަން އާއި، މަންމަ ޙައްވާ އިސްމާޢީލްކަމާއި،
އެމަރުޙޫމުގެ ތަރިކާގެ ގޮތުގައި އޮތީ އެމަރުޙޫމުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ބަންޑާރަ
ބިމެއްކަމާއި، އެނޫން އިތުރު އެއްވެސް އެއްޗެއް ތަރިކާގެ ގޮތުގައި ނެތްކަމަށް ހުރިހާ ވާރިޘުންވެސް
އެއްބަސްވެފައިވާކަމާއި، އެމަރުޙޫމުގެ ތަރިކައިން (އެމަރުޙޫމުގެ ނަމުގައި ރަޖިސްޓްރީ ވެފައިވާ ގޯތީގެ ބިމުން)
އެއްވެސް މިންވަރެއް ބޭނުން ނޫންކަމަށްބުނެ އެމަރްޙޫމްގެ މަންމަ ޙައްވާ އިސްމާޢީލް (ޙައްވާ މަނިކެ) މާފުށީ
މެޖިސްޓްރޭޓް ކޯޓަށް ބަޔާން ދީފައިވުމުން އެގޯތި ބަހާފައިވަނީ ބާކީތިބި ތިންވާރިސުންގެ މެދުގައި އެ ތިން
ވާރިޘުންނަށްވެސް ހަމަހަމަ އުޞޫލުންކަން އެޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
މާލެއަތޮޅު
މެޖިސްޓްރޭޓް
ކޯޓުގެ
ނަންބަރު
2014/H-12-C/03 ޤަޟިއްޔާ އިސްތިއުނާފު ކުރާ ސާނިޔާ ޢަލީ ގެ އިސްތިއުނާފު ބިނާކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/21]
4
CCCC
އަސާސްތަކަކީ، ތިން ވާރިޘުންގެ ތެރޭގައި ބިމުގެ ތަނަވަސްކަން ލިބިފައިވާ ދެ ވާރިޘުން ތިބިއިރު އެމީހުނާއި
ބިމުގެ ތަނަވަސްކަން ލިބިފައިނުވާ ވާރިޘް (ސާނިޔާ ޢަލީ) އާއި އެއް ހަމައަކުން ބިން ބަހާފައިވާތީއާއި،
މުޙައްމަދު ނިޔާޒު ނިޔާވިއިރު، އޭނާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބިމުގައި ނުއުފުލޭ އެއްވެސް މުދަލެއް
ނެތް ޙާލަތެއްގައި އެބިން ވާރިޘުންގެ މެދުގައި ބަހާފައިވާތީ އެކަންކަމުގެ މައްޗަށްކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H-12-C/03
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ސާނިޔާ ޢަލީގެ ފަރާތުން ފާހަގަކޮށްފައިވާ ދެ ނުކުތާގައި، އެޤަޟިއްޔާ
ނިންމެވުމުގައި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 10 ވަނަ މާއްދާއަށާއި 11
ވަނަ މާއްދާގެ (ހ) އަށާއި، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ
(ރ) އަށް އެޤަޟިއްޔާ ނިންމެވުމުގައި ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިނުވާކަމަށްބުނެ އެކަން
ފާހަގަކޮށްފައިވާއިރު،
ޤާނޫނު ނަންބަރު 1/2002(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 10 ވަނަ މާއްދާގައި،
"ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށް، މިޤާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ
ދަށުން އެކަށައަޅާ ބިމުން، ދިރިއުޅުމަށް ގޯތި ދޫކުރާނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ހައުސިންގ އެންޑް
އެންވަޔަރަންމަންޓުން ކަނޑައަޅައި، ޢާންމުކޮށް ޝާއިޢުކުރާ އުޞޫލުތަކާއި ހަދާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ
މަތިން، މާލޭގައި ނަމަ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ލަފާގެ މަތިން
މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ލަފާގެ މަތިން،
އެއަތޮޅެއްގެ އަތޮޅު އޮފީހުންނެވެ." މިފަދައިން ކަމާއި،
އެޤާނޫނުގެ 11 ވަނަ މާއްދާގައި، އެޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ދިރިއުޅުމަށް ބަންޑާރަ
ގޯތި ދޫކުރެވޭނީ، ތިރީގައި ބުނެފައިވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށް، އެމާއްދާގެ (ހ) ގައި، "ދިރިއުޅުމަށް
ބަންޑާރަގޯތި ދޫކުރެވޭނީ، ބަންޑާރަގޯއް
ރަގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ މިޤާނޫނުގެ 15 ވަނަ މާއްދާގައި
ބުނެފައިވާ ގޮތުގެމަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
{ވ
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/21]
ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި
ރައްޔިތުންނަށެވެ. ނަމަވެސް މިޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ބައިކޮށްދެވިފައިވާ
ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް،
ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބައެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ
ދޫކޮށްލުން ޝަރުޠުކޮށް، އެމީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރުމަކަށް، މިމާއްދާ ހުރަހެއް ނާޅައެވެ."
މިފައިދައިން ކަމާއި،
އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ރ) އަށް
ބަލާއިރު، އެ މާއްދާގެ އެއަކުރުގައިވަނީ، އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން
އެފަދަ ގޯއްޗަކުން ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް މިޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން
ދޫކޮށްލުން ނުވަތަ ދޫކޮށްލަން އެއްބަސްވުން." މިފަދައިންކަން ފާހަގަކުރެވޭކަމާއި،
ކަމުން އިސްތިއުނާފު ކުރާ ސާނިޔާ ޢަލީ ގެ ފަރާތުން ފާހަގަކޮށްފައި އެވާ ޤާނޫނީ
މާއްދާތަކަކީ އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާއާއި ގުޅުންހުރި މާއްދާތަކެއްކަމަށް ބެލެވެން ނެތްކަން
ކުރެވެއެވެ.
އެހެންކަމުން
3.3- ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15
ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ އެގޯއްޗާމެދު
ޢަމަލު ކުރަންވީ އުޞޫލާއި ގޮތް ބަޔާންކޮށްފައިވާ މާއްދާކަމާއި،
އެގޮތުން އެމާއްދާގެ (ހ) ގައި، "ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ،
އެގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކާގެ އުޞޫލުން ލިބޭ ބަޔެއްގެ މެދުގައި، އެގޯއްޗެއް ވަކި ގޯތި
ތަކަކަށް ބައިކޮށް ވަކިކޮށްދެވޭނީ ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
(1) ބައިކުރެވޭ އެއްވެސް ބައެއް 600 އަކަފޫޓަށްވުރެ ކުޑަވެގެން ނުވުން.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/21]
(2) ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް
ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބަޔެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600
ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެއެވެ." މިފަދައިން
އެކަންވަރ
21 22 23 24
11 4 445
އެވެއްޖެވެ
އެމާއްދާގެ (ށ) ގައި، ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު
އެގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭ އެންމެންގެ ނަމުގައި އެބަޔަކު އެދޭނަމަ
އެގޯއްޗެއް ރަޖިސްޓްރީކޮށް އެގޯއްޗެއްގައިވާ ޢިމާރާތް، މި ޤާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެ މަތީން
އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވިދާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
CUO
އެހެންކަމުން ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ
މާއްދާއަށް ބަލާއިރު، ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ އެމީހާއަށް ދޫކުރެވިފައިވާ ގޯތީގެ
ބިން ވާރިސުންގެ މެދުގައި ބައިކުރުމުގައި، ވާރިސުންގެ ތެރެއިން ވަކި ބަޔަކު އިސްތިސްނާކުރުމެއް އަދި ވަކި
ބަޔަކު ޚާއްޞަކުރުމެއްނެތި، އެމާއްދާގައި ކަނޑައަޅާފައިވާ އުޞޫލަށް (ބައިކުރެވޭ އެއްވެސް ބަޔެއް 600
އަކަފޫޓަށްވުރެ ކުޑަނުވުން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބަޔެއް ލިބިފައިވާ މީހަކަށް ބައިކުރެވޭ ގޯތީގެ
ބިމުން ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަނުވުމުން) ފެތޭ ހުރިހާ ވާރިސުންނަށް ވެސް މުތްލަޤް ގޮތެއްގައި
މަރުވިމީހާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބަންޑާރަ ބިމުން ލިބުމުގެ ޙައްޤު އެމާއްދާގެ ޞަރީޙަ ނައްޞުން
ލިބިދީފައިވާކަން ސާފުކޮށް އެނގެން އޮންނަކަމާއި،
މީހަކު ނިޔާވިއިރު ދޫކޮށްފައިވާ ތަރިކާގެ ތެރޭގައި ހިމެނޭނީ އެމީހާގެ މުދަލާއި،
ންޑާރަ ބިމަކީ އެބިން ދޫކުރެވިފައިވާ މީހާގެ މުދަލެއްގެ ގޮތުގައި ނުހިމެނޭ
އެހެނަސް ބިމުގެ ނާޒިރުގެ ފަރާތުން އެބިމާ ގުޅޭގޮތުން ޙައްޤުތަކެއް ބިން ދޫކުރެވިފައިވާ ފަރާތަށް ދީފައިވާތީ،
މަރުޙޫމަށް ލިބިފައިވާ ޙައްޤެއްގެ ގޮތުގައި ބެލެވިގެން ވާރިޘުންނަށް ނަޤުލުވާ އެއްޗެއްކަމުން،
ޙައްޤުތައްކަމާއި، އެގޮތު
އެޙައް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2014/HC-A/21]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވާރިޘުންނަށް ނަޤުލުވާނީ އިސްލާމީ ޝަރީޢަތުގައި ތަރިކަމުދާ ބެހުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް
ނޫންކަމާއި، އެޙައްޤަކީ ޤާނޫނީގޮތުން ލިބިފައިވާ ޙައްޤަކަށްވާތީ، އެޙައްޤު ވާރިޘުންނަށް ނަޤުލުވާނީ ޤާނޫނުގައި
ކަނޑައެޅިފައިވާ ގޮތުގެ މަތިންކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބަލާއިރު، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/H
-
12
-
C/03 ޤަޟިއްޔާ ބައްލަވައި، ކ.މާފުށި ކަނީރުމާގެ އަލްމަރުޙޫމް މުޙައްމަދު ނިޔާޒު ނިޔާވިއިރު
ނަމުގައި ރަޖިސްޓްރީވެފައިވާ ބަންޑާރަ ބިން، އޭނާ ނިޔާވިއިރު ތިބި ވާރިސުންކުރެ އެބިމުން
ބޭނުންކަމަށް ބުނެފައިވާ ތިންމީހުންގެ މެދުގައި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
ގެ 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ބައްސަވައިދެއްވައި، އެގޮތުގެމަތިން
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުހިނދު، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނުނެވެ.
Cuc
އޭނާގެ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/H-12-C/03 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ޙުކުމެއް
ކަމަށް ބެލެވޭނެ ސަބަބެއް ފެންނަން ނެތްކަމަށްޓަކައި އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv