ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/192 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/192
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 192/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
0
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އަޙްމަދު ނާޝިމް
އައިޑީ ކާޑުނަންބަރު: A046840
އެޑްރެސް: ކ.މާލެ/މ.ނިޔަދުރު
މިހާރުގެ އެޑްރެސް: ކ.މާލެ!މ.ނިޔަދުރު
ރަޖިސްޓްރީ ތާރީޚް: 11 ޝަޢުބާން 1433
01 ޖުލައި 2012
ނިމުނު ތާރީޚް: 11 ރަބީޢުލްއާޚިރު 1435
13
13 ފެބްރުއަރީ
2014
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/JC
/
2010
)
884
/
Cr
-
C/651)
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މަކަރާއި ޙީލަތް ހެދުން
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު. ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިތެއްޖެ
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/192
ދަޢުވާގެ ޚުލާޞާ
<< O
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
884
/
Cr
-
C/651) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް
ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ކ.މާލެ މ.ނިޔަދުރު އަޙްމަދު ނާޝިމްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
44
48
COX OU
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
884
/
Cr
-
C/651) ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އަޙްމަދު ނާޝިމް، މީނާގެ ޙިއްސާ އޮންނަ ނަމީރާ
އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރެ، ކުރީގެ މިނިސްޓްރީ
އޮފް އެޓޯލްސް ޑިޕިވެލޮޕްމަންޓް 220 (ދުއިސައްތަ ވިހި) ބަނދަރު ބައްތި ބޭނުންވެގެން 31 ޑިސެމްބަރ
2003 ދުވަހު ކުރި އިޢުލާނަކާ ގުޅިގެން، ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ
ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން، ސްޓޭންޑަރޑް އިލެކްޓްރިކަލް ވޯރކްސް ޕްރައިވެޓް ލިމިޓެޑްއާއި، ޓެކް
މީޑިއާ ސާރވިސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރުންނަށް ނޭންގި އެދެކުންފުނީގެ ނަމުގައި އެސްޓިމޭޓްތައް
ހަދާ އެތަންތަނުގެ ނަމުގައި މިޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅައި މިޕްރޮޖެކްޓް ކާމިޔާބުކޮށް، މީނާ
މިޕްރޮޖެކްޓްގެ ޖުމްލަ އަގަށްވާ -/
1950580ރ. (އެއްމިލިއަން ނުވަލައްކަ ފަންސާސްހާސް ފަސްސަތޭކަ
އަށްޑިހަ ރުފިޔާ) މަކަރާއި ޙީލަތުން ހޯދާފައިވާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132
މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން އަޙްމަދު ނާޝިމްގެ މައްޗަށް ސަރުކާރުގެ ދިހަހާސް ރުފިޔާއިން މަތީ
ޢަދަދެއްގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއާއި މީނާ މަކަރާޙީލަތުން ހޯދި -/
1950580ރ.
(އެއްމިލިއަން ނުވަލައްކަ ފަންސާސްހާސް ފަސްސަތޭކަ އަށްޑިހަ ރުފިޔާ) ސަރުކާރަށް ލިބިދިނުމުގެ ކުށުގެ
ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މާލެ / މ.ނިޔަދުރު އަޙްމަދު ނާޝިމްގެ މައްޗަށް
ދައުލަތުން ކުޅަ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މިދަޢުވާއަކީ ރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/192
މ.ނިޔަދުރު، އަޙްމަދު ނާޝިމް ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން
ޑިރެކްޓަރަކަށް ހުރެ ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް 220 ބަނދަރު ބައްތި ބޭނުންވެގެން
21 ޑިސެމްބަރ 2003 ވަނަ ދުވަހު ކުރި އިޢުލާނަކާ ގުޅިގެން ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިން
ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، ސްޓޭންޑަޑް އިލެކްޓްރިކަލް ވޯކްސް ޕްރައިވެޓް
ލިމިޓެޑާއި، ޓެކް މީޑިއާ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުއްނަށް ނޭގި މިދެކުންފުނީގެ ނަމުގައި
އެސްޓިމޭޓްތައްހަދާ އެތަން ތަނުގެ ނަމުގައި މިޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅައި މަކަރާ ހީލަތުން މިޕްރޮޖެކްޓް
ކާމިޔާބުކޮށްފައިވާތީ ކަމަށްބުނެ ދައުލަތުން އަޙްމަދު ނާޝިމްގެ މައްޗަށް މިދަޢުވާ ކުރާއިރު، މިދަޢުވާގެ އަޞްލު
ބިނާވެފައިވާ ކަންތައްތައް ކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންކަން ތަޙްޤީޤް ބަޔާންތަކުން އެނގެން އޮންނަ
ހިނދު، އެފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރުމެއްނެތި، އަދި ކުންފުނީގެ މުވައްޒަފުންނަށް ތިބެ ޢަމަލީގޮތުން
މިދަޢުވާގައި ބުނާ ކަންތައްތައް ސީދާގޮތުން ކޮށްފައިވާ ފަރާތްތަކަކީ ހެކިންގެ ގޮތުގައި ބަލައިގަނެ، މިކުންފުނީގެ
މެނޭޖިންގ ޑިރެކްޓަރ މ.ނިޔަދުރު، އަޙްމަދު ނާޝިމްގެ މައްޗަށް ފަރުދީގޮތުން މިދަޢުވާ ކޮށްފައިވީނަމަވެސް،
މިމައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، މިމައްސަލައާއި ގުޅިގެން
މ.ނިޔަދުރު، އަޙްމަދު ނާޝިމް ކޮށްފައިވާ ކަންތައްތަކަކީ ޤާނޫނީގޮތުންނާއި ޝަރުޢީ ގޮތުން ތަޖުރީމުކުރެވޭ
ވަރުގެ ކަންތައްތަކެއް ނޫންކަމަށް ޝަރީޢަތުން ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ." މިފަދައިންނެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
884
/
Cr
-
C/651 ނިމިފަވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ޕްރޮސެކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން 04 (ހަތަރެއް)
ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މީޑިއާއެއް ހުށަހަޅާ އެނުކުތާތަކާއި
ccc
(ހ ފުރަތަމަ ނުކުތާއަކީ، ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ
އުޞޫލާއި ޚިލާފަށް މައްސަލަ ހިންގަވައި ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަ
ކުރެއްވުމަކާނުލައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
2012/HC-A/192
(ނ) ތިންވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައިވާ ތަފާތު
ނުކުރުމާއި ހަމަހަމަކުރުމުގެ ނައްޞާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ހަތަރުވަނަ ނުކުތާއަކީ، ދައުލަތުން އަޙްމަދު ނާޝިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބުނާ ޢަމަލަކީ
ތަޖުރީމުކުރެވޭނެ ކަމެއްނޫންކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު (2010/CrC
/
2010
(
651
/
JC/884
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ނިޔަނދުރު އަޙްމަދު ނާޝިމްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ
ދަޢުވާއަކީ، އަޙްމަދު ނާޝިމްގެ ޙިއްސާ އޮންނަ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް
ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރެ، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިޕިވެލޮޕްމަންޓް 220
(ދުއިސައްތަ ވިހި) ބަނދަރު ބައްތި ބޭނުންވެގެން 31 ޑިސެމްބަރ 2003 ދުވަހު ކުރި އިޢުލާނަކާ ގުޅިގެން،
ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން،
ސްޓޭންޑަރޑް އިލެކްޓްރިކަލް ވޯރކްސް ޕްރައިވެޓް ލިމިޓެޑްއާއި، ޓެކް މީޑިއާ ސާރވިސް ޕްރައިވެޓް ލިމިޓެޑްގެ
ޙިއްސާދާރުންނަށް ނޭގި އެދެކުންފުނީގެ ނަމުގައި އެސްޓިމޭޓްތައް ހަދާ އެތަންތަނުގެ ނަމުގައި މިޕްރޮޖެކްޓަށް
އެސްޓިމޭޓް ހުށަހަޅައި މިޕްރޮޖެކްޓް ކާމިޔާބުކޮށް، މީނާ މިޕްރޮޖެކްޓްގެ ޖުމްލަ އަގަށްވާ 19505807ރ.
(އެއްމިލިއަން ނުވަލައްކަ ފަންސާސްހާސް ފަސްސަތޭކަ އަށްޑިހަ ރުފިޔާ) މަކަރާއި ޙީލަތުން ހޯދާފައިވާކަމަށް
ބުނެ ހުށަހަޅާފައިވާ ދަޢުވާއެއްކަމާއި އަޙްމަދު ނާޝިމްގެ މައްޗަށް މިދަޢުވާ އުފުލާފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ
131 ވަނަ މާއްދާގެ (ހ) އާއި 132 މާއްދާއާއި 143 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަޙްމަދު ނާޝިމް
ސަރުކާރުގެ ދިހަހާސް ރުފިޔާއިން މަތީ އަދަދެއްގެ ފައިސާއިން މަކަރާއި ހީލަތް ހެދިކަމުގައި ބުނެ ކަމާއި އަދި
މިދަޢުވާގައި އަޙްމަދު ނާޝިމް މަކަރާޙީލަތުން ހޯދި ކަމަށްބުނާ -/
1950580ރ. (އެއްމިލިއަން ނުވަލައްކަ
ފަންސާސްހާސް ފަސްސަތޭކަ އަށްޑިހަ ރުފިޔާ) ސަރުކާރަށް ލިބިދިނުމަށް އެދިފައިވާކަން އެނގެން އޮންނަޓީމެންގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިންގެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2012/HC-A/192
(ނ) ދެވަނަކަމަކީ، ދައުލަތުގެ ފަރާތުން އަޙްމަދު ނާޝިމްގެ މައްޗަށް އުފުލި އިޝާރާތްކުރެވުނު
ދަޢުވާއަށް އަޙްމަދު ނާޖިމް އިންކާރުކޮށްފައިވާކަމާއި، މިދަޢުވާއަށް އަޙްމަދު ނާޝިމް އިންކާރު ކުރާ ސަބަބުތަކުގެ
ގޮތުގައި އަޙްމަދު ނާޝިމްގެ ފަރާތުން ފާހަގަކުރާކަންކަމަކީ، އަޙްމަދު ނާޝިމަކީ މިމައްސަލައިގައި ޙަވާލާދޭ ނަމީރާ
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައިވީ ނަމަވެސް، އަޙްމަދު ނާޝިމަކީ ނަމީރާ
އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރަށް ވީތީ އެސަބަބުގެ މައްޗަށް
ބަލައި އަޙްމަދު ނާޝިމްގެ މައްޗަށް މިދަޢުވާ އުފުލޭނެ އެއްވެސް ޤާނޫނީ ބިނާއެއް ނުވަތަ އަސާސެއް ނެތުމުން
ކަމަށާއި، ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު ބުނާގޮތުން ކޮންމެ ކުންފުންޏަކީވެސް އެކުންފުންޏެއް
ރަޖިސްޓްރީ ވުމުން އެކުންފުންޏެއްގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާޢިދުގައި ބުނެފައިވާ ނަމުގައި އޮންނަ ވަކި
ސިއްކައެއް އޮންނަ މެންބަރުންނާއި ވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްސެއްކަމަށާއި، އަޙްމަދު
ނާޘިމަކީ މިޙާދިސާ ހިނގާދިޔަކަމަށް ބުނާ ދުވަސްވަރު އަދާކުރަމުން ދިޔަ ދައުލަތުގެ ވަޒީފާގެ ގޮތުން ނަމީރާ
އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ އޮފީސް ހިންގުމާއި ދުވަހުން ދުވަހަށް އެއޮފީހުގައި
ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދިޔަ ފަރާތެއް ނޫންކަމަށާއި، ސްޓޭންޑެޑް އިލެކްޓްރިކަލް ވޯރކްސް އާއި
މީޑިއާ ސާރވިސަސްގެ ނަމުގައި އަޙްމަދު ނާޝިމްގެ ފަރާތުން އެއްވެސް އެސްޓިމޭޓެއް ހުށަހަޅާފައި
ނުވާނޭކަމަށާއި މިމައްސަލައިގައި ޙަވާލާދެވޭ އެސްޓިމޭޓް ހުށަހެޅުމަށްޓަކައި އެއްވެސްބާވަތެއްގެ އެންގުމެއް
އެއްވެސް މީހަކަށް އަންގާފައި ނުވާނޭކަމަށާއި އަޙްމަދު ނާޝިމާއި ދެކޮޅަށް ދައުލަތުގެ ފަރާތުން ހުށަހެޅިހެކިންނަކީ
މިމައްސަލައިގައި ހިނގާފައިވާ
ކުރިފަރާތްތައްކަމަށް ވުމުން، އެހެކިން ހެކިން ކަމުގައި
ބުލުނުކުރާކަމަށް ބުނެ މިކަންކަން އަޙްމަދު
އަޙްމަދު ނާޝިމްގެ ފަރާތުން ކްރިމިނަލްކޯޓުގައި ފާހަގަކުރައްވާކަން
Ocou
ހ8 ހއ ހދ
مرمرمي مروی
4ދ & 4
އިންޤިހ2
(ނ) ތިންވަނަކަމަކީ، ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދާއި ޖިނާއީ
މައްސަލަތަކުގައި ޝަރީޢަތް ހިންގުމުގެ އުސޫލުތަކަށް ބަލާއިރު،
ދަޢުވާ ލިބޭ މީހާ ދަޢުވާއަށް
ފެކާރުކޮށްފިނަމަ، ދަޢުވާ ލިބޭ މީހާގެ މައްޗަށް ދައުލަތުން ކުރާ ދަޢުވާގެ ތަފްސީލާއި، ދަޢުވާ ސާބިތުކުރުމަށް
ހުށަހަޅާ ހެކިތައް ބަޔާން
ބަޔާންކުރުމަށް ޤާޟީ ދައުލަތުގެ ވަކީލަށް އަންގަންވާނެކަމާއި
ގަންވާނެކަމާއި، މިގޮތަށް އެންގުމުން،
ވަކީލު ދަޢުވާގެ ތަފްސީލާއި، އެދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކިތައް
ބަޔާންކުރާނީކަމާއި، އެއަށްފަހު މިހެކިތަކާއި ގުޅިގެން އެހެކިތަކުގެ މައްޗަށް ޖަވާބުދިނުމަށް ދަޢުވާ ލިބޭ
ދުއލަޤީ
4
22
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/192
އަންގާނީކަމާއި މިގޮތަށް އެންގުމުން ދަޢުވާއަށް ޖަވާބުދީ ދަޢުވާލިބޭ މީހާ ހުށަހަޅާނޭ ހެކިތައް ބަޔާންކުރާނީކަން
އެނގެން އޮންނަކަމާއި، ދައުލަތުގެ ފަރާތުން އަޙްމަދު ނާޝިމްގެ މައްޗަށް އުފުލި މިދަޢުވާއަށް އަޙްމަދު ނާޝިމް
އިންކާރުކޮށްފައިވާތީ ދައުލަތުގެ ފަރާތުން މިދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅަންޖެހޭ ހެކިތައް ހުށަހަޅައި
އެހެކިތައް ހުށަހަޅަނީ ކޮންކަމެއް ސާބިތުކޮށްދިނުމަށްޓަކައި ކަން ބަޔާން ކޮށްދިނުމުގެ ފުރުސަތު ކްރިމިނަލްކޯޓުން
ދައުލަތަށް ދީފައިވާކަމާއި މިގޮތުން މިދަޢުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވަނީ މއ.ގޮމަށިގޭ އަޙްމަދު އަޝްތާއި އއ.މާޅޮސް ލަކީސްޓަރ މުޙައްމަދު އިރުޝާދުކަމާއި އަދި
ޤަރީނާގެ ގޮތުގައި އޭރުގެ މިނިސްޓްރީ އޮފް އެޓޯލްސް އިން 31 ޑިސެމްބަރ 2013 ގައި ކޮށްފައި އޮތް
އިޢުލާނާއި ނަމީރާ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ސްޓޭންޑަރޑް އިލެކްޓްރިކަލް ވޯރކްސް ޕްރައިވެޓް
ލިމިޓެޑާއި، ޓެކް މީޑިއާ ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފައިވާ ކޯޓޭޝަންތަކަކާއި އިތުރު
ލިޔުންތަކެއް ހުށަހަޅާކަމަށް 25 އޯގަސްޓް 2011 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓަށް ދީފައިވާ
ބަޔާނުގައި ބުނެފައި އޮންނައިރު، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކި ޤަރީނާތަކާއި ލިޔުންތަކަކީ ކޮބައިކަން
ތަފްސީލުކޮށް ބަޔާން ކޮށް ދިނުމުގެ ފުރުސަތު 13 އޮކްޓޯބަރ 2012 މި ތާރީޚުގައި ކްރިމިނަލްކޯޓުން
ދައުލަތަށް ދީފައިވާކަން އެނގެން އޮންނަކަމާއި، އަދި ދައުލަތުގެ ފަރާތުން ހުށަހެޅި މިހެކި ޤަރީނާތައް ފިޔަވާ
އިތުރު އެއްވެސް ހެއްކެއް މިމައްސަލައާއި ގުޅިގެން ލިބިފައިނެތްކަމަށް 20 ފެބުރުއަރީ 2013 މި ތާރީޚުގައި
ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި ދައުލަތުގެ
ފަރާތުން ހުށަހެޅި މިހެކިތަކާއި ގުޅިގެން އަޙްމަދު ނާޝިމްގެ ފަރާތުން މިހެކިތަކާއި މެދު ދެކޭގޮތް ހާމަކުރުމުގެ
ފުރުސަތު ދިނުމުން ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންނަކީ މިމައްސަލައިގައި
ހިނގާފައިވާ ކަންތައްތައް ކުރިފަރާތްތައްކަމަށް ވުމުން، އެހެކިން ޤަބޫލުނުކުރާކަމަށާއި، އެފަރާތްތައް ހެކިންގެ
ގޮތުގައި ކަނޑައެޅޭނެ އެއް
ނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނޯންނާނެކަމަށް ބުނެ އެހެކިންގެ ހެކިބަސް
ނެގުމާއި މެދު އަޙްމަދު ނާޝިމްގެ ފަރާތުން އިޢުތިރާޝްކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ދެވަނަކަމަކީ، ކޯޓުތަކަށް
3
ހުށަހެޅޭ
Jg
މައްސަލަތަކާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ
މުސްތަލަދުތަކާއި ދަލީލުތައް މާނަކުރުމާއި، ވަޒަންކުރުމާއި، ތަރުޖީޙުކުރުމާއި، މައްސަލަ ސާބިތުކުރުމަށްޓަކައި
އެމުސްތަނަދުތަކާއި ދަލީލުތައް ފުދޭތޯއާއި، މިފަދަ އެންމެހައި ކަންކަމަކީ މައްސަލާގެ ފެކްޓްސް" ގެ ތެރޭގައި
ހިމެނޭ އެހެކިތައް ވަޒަންކުރާ ކޯޓެއްގެ ތަޤްދީރީ ބާރުގެ ދަށުން ކަނޑައެޅޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ
ސްޕްރީމްކޯޓުގެ ނަންބަރު 30/SC
-
A/2009 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ އޮންނަކަމާއި އަދި ޖިނާޤީގެ
4 s
ހައިކޯވާ
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ކޮs
7
2012/HC-A/192
މައްސަލައެއްގައި ޝަރީޢަތަށް ހުށައެޅޭ ހެކިތަކާއި ޤަރީނާތަކުގެ ތެރެއިން މައްސަލައާއި ގުޅުންހުރީ ކޮން
ހެކިތަކެއްކަމާއި، ހެކި ހުށަހެޅެނީ ކޮންކަމެއް ސާބިތުކުރުމުގެ ބޭނުމުގައިކަން މައްސަލަ ބައްލަވާ ފަނޑިޔާރަކު
ވަޒަންކުރުމަށްފަހު ޝަރީޢަތުން ބަލައިގަނެވިދާނެ ހެކިތަކާއި ބަލައި ނުގަނެވޭނެ ހެކިތައް އަދި ޝަރީޢަތަށް
ޙާޟިރުކުރެވޭނެ ހެކިންނާއި ޙާޟިރުނުކުރެވޭނެ ހެކިން ކަނޑައެޅިދާނެކަމަށާއި ނަމަވެސް ޝަރީޢަތަށް ހުށައަޅާ
ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ބަލައިގަނެވެންނެތް ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވެންނެތް ހެކި
ހުރިނަމަ އެކަން އެގޮތަށް ނިންމަންޖެހުނު ސަބަބެއް މައްސަލަ ބައްލަވާފަނޑިޔާރު، އެމައްސަލައެއްގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވަންޖެހޭނެކަމަށާއި އަދި ޝަރީޢަތަށް ހުށަހެޅުނު ހެކިތަކުގެ ތެރެއިން
ބަލައިނުގަނެވޭނެ ހެކިތަކާއި ކޯޓަށްހެކިން ޙާޟިރުނުކުރުމަށް ފަނޑިޔާރު ނިންމަވާފައިވާ ސަބަބަކީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއްކަމުގައިވެސް ވާންޖެހޭނެކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 192/HC
-
A/2011 ޤަޟިއްޔާގައި ހެކި ބަލައިގަތުމާއި އެހެކިތައް ވަޒަންކުރުމާއި ގުޅޭ
ގޮތުން އުސޫލެއް ޤާއިމުކުރައްވާފައިވާކަން އެނގޭކަމާއި، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ
ސްޕްރީމްކޯޓުގެ ޤަޟިއްޔާ ތަކުގައި ފާހަގަކުރައްވާފައިވާ ކަންކަމަށާއި ޝަރީޢަތަށް ހުށަހެޅޭ ހެކިބަސްތައް
ބަލައިގަތުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ޤާއިމުކުރައްވާފައިވާ އުސޫލުތަކަށް ބެލުމުން މައްސަލަ އެއް
ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހެޅޭ ހެކިތަކުގެ ތެރެއިން ބަލައިގަނެވޭނެ ހެކިންނާއި ބަލައިނުގަނެވޭނެ
ހެކިން ކަނޑައަޅައި އެހެކިންގެ ހެކިބަސް ޝަރީޢަތުން ޤަބޫލުކުރުމާއި ނުކުރުން އަދި ހެކިންގެ ތެރެއިން
ޝަރީޢަތަށް ޙާޟިރުކުރަންޖެހޭ ހެކިންނާއި ޙާޟިރުކުރަންނުޖެހޭ ހެކިންނާއި މެދު ގޮތެއް ކަނޑައަޅައި
ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބު ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނަމަ އެކަމަކީ ޝަރުޢީ އަދި
ޤާނޫނީ އަސްލަކާއި ޚިލާފުވުންކަމުގައި ނުބެލެވޭނެކަމެވެ.
4 *
CC cucc >
4 74
@ނ
(ބ) ފަސްވަނަކަމަކީ، އަޙްމަދު ނާޝިމްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި ދަޢުވާ ސާބިތުކުރު
ހެކި ހުށަހެޅުމުގެ ފުރުސަތު އަދި ހެކިން ހުށަހަޅަނީ ސާބިތުކުރުމުގެ ގޮތުންކަން
ތަފްސީލްކޮށް ބަޔާންކޮށްދިނުމުގެ ފުރުސަތު ކްރިމިނަލްކޯޓުން ދައުލަތަށް ދީފައިވާކަން މިމައްސަލައިގައި
ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓަށް ދީފައިވާ ބަޔާންތަކުން އެނގެން އޮތް
އޮތްއިރު، މިމައްސަލައާއި އެކު ހުށަހެޅުނު
ހެކިތައް ވަޒަންކުރައްވާ މިހެކިތަކަކީ މިމައްސަލައިގައި ބަލައިގަނެވެން ނެތް ހެކިތަކެއްކަމަށް ކްރިމިނަލްކޯޓުން
މިމައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާ މިހެކިތަކާއި ގުޅޭ ގޮތުން ފަނޑިޔާރަށް ފާހަގަކުރެވުނު ކަންކަން
މިމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުނެއްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2012/HC-A/192
ދ4
ކްރިމިނަލްކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 7,8,10,11,14,16މިނުކުތާތަކުގައި މިމައްސަލައިގައި
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތައް ކްރިމިނަލްކޯޓުން މިމައްސަލަ ބެއްލެވި ޤާޟީ ވަޒަންކުރުމަށްފަހު
ފާހަގަކުރެވުނު ކަންކަން ބަޔާންކޮށްދީފައިވާކަމާއި، މިގޮތުން މި ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން
ހުށަހެޅި ހެކިންނަކީ މިދަޢުވާގައި ޙަވާލާދެވޭ ބިޑް ޑޮކިއުމެންޓްތައް ތައްޔާރުކޮށް ސޮއިކުރި ފަރާތްތައް
ކަމަށްވެފައި، އެފަރާތްތަކަކީ އަހުމަދު ނާޝިމްކުރިކަމަށް ދައުލަތުން ތުހުމަތުކުރާ ކުށުގެ އަސްލު އުފަން ކުރުވި
ފަރާތްތައްކަން މައްސަލައާއި އެކު ހުށަހެޅުނު ލިޔުންތަކާއި ތަޙްޤީޤު ބަޔާންތަކުން އެނގެން އޮތުމުން،
އެފަރާތްތަކަކީ މައްސަލައިގައި ޙަވާލާދޭ ކަންކަން ހިންގި ފަރާތްތައްކަމަ
އެކަމަށް ތުހުމަތު އޮތް ބައެއްކަމަށާއި
ނަމީރާގެ މުވައްޒަފުން މިބިޑް ތައްޔާރުކޮށް ސޮއިކޮށް ހުށަހަޅަން ޖެހޭ ތަންތަނަށް ހުށަހަޅާފައިވަނީ އަޙްމަދު
ނާޘިމް ސޮއިކޮށް ހުއްދަދީގެންކަން އެނގެންނެތްކަމަށާއި މިމައްސަލައިގައި ޑޮކިއުމެންޓްރީ ހެކިތަކެއްގެ ގޮތުގައި
ހުށަހަޅާފައިވާ މައިގަނޑު ތަކެއްޗަކީ ބިޑް ޑޮކިއުމެންޓްގެ ލިޔުންތަކާއި އެއާއި ގުޅުންހުރި އެހެނިހެން
ލިޔުންތައްކަމަށް ކްރިމިނަލްކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު،
މިމައްސަލައިގައި ޙަވާލާދޭ ބިޑް އެބިޑްތަކުގައި ސޮއިކުރި ފަރާތްތަކަކީ މިމައްސަލައިގައި
ޙަވާލާދޭ ކަންކަން އުފަން ކުރުވި އަސްލު ފަރާތްތައް ކަމުގައި ބަލަން ޖެހޭއިރު، ޕްރޮސިކިއުޓަރ ޖެނެރަލް އަށް
ލިބިގެންވާ ބާރާއި އިޚުތިޔާރުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް މިމައްސަލައިގައި ދަޢުވާ އުފުލާފައި
ނުވިނަމަވެސް އެފަރާތްތަކަކީ އެފަރާތްތަކުގެ މައްޗަށް މިޢަމަލު ހިންގި ކަމުގެ މައްޗަށް އެންމެ ބޮޑު ތުހުމަތެއް
ކުރެވެން އޮތް ފަރާތްތަކެއް ކަމުގައިބެލެވެން އޮންނަކަމާއި މިހެންކަމުން ހެކިންގެ ގޮތުގައި ޙާޟިރުކޮށްދިނުމަށް
ދައުލަތުގެ ފަރާތުން އެދިފައިވާ ފަރާތްތަކަކީ މިމައްސަލައާއި ގުޅިގެން އެފަރާތްތަކަށް ލާބައެއް ލިބިދާނެކަމުގެ
އުއްމީދެއްނެތް ގެއްލުމެއް ލިބިދާނެކަމުގެ ބިރެއްވެސްނެތި ހެކިބަސް ދެވިދާނެ ކަމާއި މެދު ސުވާލު އުފެދިފައިވާ
މަޙައްލެއްގައި ތިބިފަރާތެއްކަމުގައި ބެލެވޭކަމާއި އަދި އެއްޖަރީމާއަކާއި ގުޅިގެން ތުހުމަތު ކުރެވިފައިވާ
މުއްތަހަމުންގެ ތެރެއިން އެއްމުއްތަހަ އަނެއް މުއްތަހަމާއި އެއްކޮޅަށް
ކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން ފަދަ
ޙާލަތްތަކަކީ ހެކިވެރިޔާގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ހެކިބަސްދިނުން މަނާވެގެންވާ ޙާލަތްތަކެއްކަން
ތަފާތު ޖުރިސްޑިކްޝަންތަކުގައި ތަތުބީޤުކުރެވޭ ޖިނާއީ އިޖުރާއާތުގެ ޢާއްމު އުސޫލަށް ބެލުމުން އެނގޭކަމަށް
ދިވެހިރާއްޖޭގެ
ރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާކަން
އިވާކަން އެނގެން އޮންނަކަމާއި މީގެ އިތުރުން ދައުލަތުގެ ފަރާތުން ހުށަހެޅި ކިތާބީ ހެކިތަކަކީ
މުޢާމަލާތަކީ އަސްލުކަމަށް ބަލައިގެން އެމުޢާމަލާތާއި ގުޅިގެން އުފެދިގެން ދިޔަ ކިތާބީ
ހެކިތަކެއްކަމުގައި ބެލެވެން އިރު، މިމައްސަލައިގައި ހެކިންގެ ގޮތުގައި ހުށަހެޅި ފަރާތްތަކަކީ އެފަރާތްތަކުގެ
ccc
އިޝާރާތްކުރެވުން
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2012/HC-A/192
ހެކިބަހާއިމެދު ޝައްކުގެ މަޙައުލުގައި ތިބި ފަރާތްތަކެއްކަމުން އެމުޢާމަލާތާއި ގުޅިގެން ދެން އުފެދޭ ކިތާބީ
ހެކިތަކުގައިވެސް އެޝައްކު އެގޮތުގައި ދެމި އޮންނާނެކަމުގައި ބަލަންޖެހޭކަމާއި، މިހެންކަމުން މިމައްސަލައާއި
ގުޅިގެން ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓަށް ހުށަހެޅި ހެކިން ބަލައި ނުގަތުމަށް އެކޯޓުން ނިންމާ އެފަރާތްތައް
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުނުކުރުމަށް ނިންމި ނިންމުމުގައި ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި ޚިލާފުވުމެއް
އޮތްކަމުގައި ބެލެވޭނެ ހަމައެއްނެތްއިރު، ދައުލަތުގެ ފަރާތުން ހުށަހެޅި އިޝާރާތްކުރެވުނު ހެކިތަކާއި ޤަރީނާތައް
ފިޔަވައި މިމައްސަލައިގައި އިތުރު އެހެން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިޔަސް ހުށަހަޅަން އޮތްތޯ
ޝަރީޢަތުގެ ފަރާތުން ސުވާލުކުރުމުން މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކާއި
ޤަރީނާތައް ފިޔަވައި އިތުރު އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް ހުށަހަޅަން ނެތްކަމަށް ދައުލަތުގެ ފަރާތުން
ކްރިމިނަލްކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގޭކަމެވެ.
90 ހ
(.) ފަސްވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓަށް ހުށަހަޅާފައިވާ
ހެކިން ޝަރީޢަތަށް ބަލައި ނުގަންނަ ކަމަށް ވިދާޅުވެ އެހެކިން ޙާޟިރުކުރެއްވުމެއް ނެތި އަދި މައްސަލައިގައި
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބުރަދަނެއް ދިނުމެއްނެތި މިމައްސަލަ ކްރިމިނަލްކޯޓުން ނިންމާފައިވާ
ނިންމުމަކީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ބަޔާންކުރާ ހަމަހަމަކަމުގެ
މަޞްދައުއާއި ޚިލާފު ކަމެއްކަމަށް ދެކޭކަމަށް ދައުލަތުގެ ފަރާތުން ފާހަގަކުރައްވާފައިވާ ނުކުތާއަށް ބަލާއިރު،
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ބެލޭނީ ކޮންމެ މައްސަލައެއްވަކިން އެމައްސަލައެއްގެ
ވަށައިގެންވާ ކަންކަމުގެ މައްޗަށާއި ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ޤަރީނާތަކުގައި ހުރި ބުރަދަނެއްގެ
މައްޗަށް ރިޢާޔަތްކޮށްގެންކަމާއި އަޙްމަދު ނާޝިމްގެ މައްޗަށް އުފުލުން ދަޢުވާގައި ދައުލަތުގެ ފަރާތުން ހުށަހެޅި
ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލްކޯޓުން ނިންމާފައިވަނީ މައްސަލައާއި އެކު ހުށަހެޅޭ ހެކި ޤަރީނާތައް
ވަޒަންކުރުމަށް ފަހު އެނިންމުން ބިނާކުރި ސަބަބު މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާކަމާއި އަދި މިހެކިތަކާއި ޤަރީނާތައް ބަލައިނުގަތުމަށް ނިންމުމަށް ކްރިމިނަލްކޯޓުން މިމައްސަލަ
ބެއްލެވި ފަނޑިޔާރު ބިނާކޮށްފައިވާ ސަބަބުތަކަށް ބެލިއިރު އެސަބަބުތަކުގައި ޝަރުޢީ ނުވަތަ ޤާނޫނީ އަސްލަކާއި
ޚިލާފުވުމެއް ވާކަމުގައި ނުބެލެވޭކަމާއި އަދި މިއީ ޖިނާއީ މައްސަލަތައް ބެލުމުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ
އުސޫލަކާއި
ލަކާއި ޚިލާފުވުމެއްކަމުގައިވެސް ބެލެވެންނެތްކަމާއި، މީގެ އިތުރުން އަޙްމަދު ނާޝިމްގެ މައްޗަށް ދައުލަތުގެ
ފަރާތުން ހުށަހެޅި ހެކިތަކަށް ބުރަދަނެއް ދެވެން ނެތްކަމަށް އެކޯޓުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ފަދަ ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ
Occcc
ce O
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2012/HC-A/192
މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމަށް ބުނާ މައްދައުއާއި
ފުށުއަރާކަމެއްކަމުގައި ނުބެލެވޭކަމާއި، އަދި އެއީ ޤާނޫނުގެ އަސާސީގެ ވަނަ މާއްދާގައި ބަޔާންކުރާ ފަދަ
ތަފާތުކުރުމެއް ކަމުގައިވެސް ނުބެލެވޭކަމެވެ.
CCUL cc>
(ވ) ހަވަނަކަމަކީ، ތަޙްޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް
އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާއިމެދު ދަޢުވާ
އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމައިފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި،
ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ
ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިއޮތް މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން
އެނގޭފަދައިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އެބާރުގެ ތެރެއިން އެފަރާތުން މީހެއްގެ މައްޗަށް
ޝަރުޢީކޯޓެއްގައި ދަޢުވާއެއް އުފުލައިފިނަމަ އެފަރާތުން ހުށަހަޅައި ހެއްކާއި ޤަރީނާ ވަޒަންކޮށްބަލާ ބެލުމުގައި
އެދަޢުވާގައި ސާބިތުކުރެވެން އޮތް ކުށުގެ ޢަމަލެއް އޮތްތޯ ބަލައި، ސާބިތުކުރެވެން އޮތީ ކުށުގެ ކޮން
ޢަމަލެއްކަމާއި، އަދި ދަޢުވާކޮށްފައިވަނީ ދަޢުވާކުރުމުގެ ސިފައޮތް ފަރާތެއްގެ މައްޗަށްތޯބަލައި، އަދި އެދަޢުވާއަކީ
އެމައްސަލައިގެ ތުހުމަތު
މަތުކުރެވޭ ފަރާތްކަމަށްބުނެ ދައުލަތުން ދަޢުވާކޮށްފައިވާ ފަރާތުގެ މައްޗަށް ކުރެވިދާނެ
ދަޢުވާއެއްކަން ނުވަތަ ނޫންކަންވެސް ކަނޑައެޅުމަކީ ޝަރުޢީކޯޓުތަކަށް ލިބިގެންވާ ބާރެއްކަމާއި،
މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކާއި މިމައްސަލައިގައި ދަށުކޯޓުން
މައްސަލަ ބެއްލެވި ފަނޑިޔާރު ފާހަގަކުރެއްވި ނުކުތާތަކާއި މިމައްސަލައިގައި ދައުލަތުގެ ފަރާތުން ދަށުކޯޓުގައި
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ އެންމެހައި ވާހަކަތަކުގެ މައްޗަށް ބެލިއިރު، މިދަޢުވާ އަޙްމަދު
ނާޘިމްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވަނީ އަޙްމަދު ނާޝިމަކީ މިހާދިސާ ހިނގިކަމަށް ބުނާ
ދުވަސްވަރު ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރަށް ވާތީ
މިމައްސަލާގައި ޙަވާލާދޭ އެސްޓިމޭޓްތައް ހެދީ އަޙްމަދު ނާޝިމް ބުނެގެންކަމަށް
ޢަމަލީ
އެއެސްޓިމޭޓްތައް ހަދައި ސޮއިކޮށް، އެއެސްޓިމޭޓްތައް ހުށަހަޅައި އަދި އެއްބަސްވުމުގައި ސޮއިކޮށް
އެކަންކަން ކުރި ފަރާތްތަކުން ބުނެފައިވާތީ އެކަމުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަން އެނގެން އޮތްއިރު، ނަމީރާ
އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަކީ ހަމައެކަނި އަޙްމަދު ނާޝިމްގެ ޙިއްސާ އޮތް ކުންފުންޏެއް ނޫންކަމާއި،
ކުންފުންޏަކީ ކުންފުނީގެ ޙިއްސާދާރުންނާއި ވަކިން އުފެދިފައި އޮންނަ ޤާނޫނީ ގޮތުން މުސްތަޤިއްލު
ޝަޚު ޞަކަށްވާއިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރަކަށް ވުމަކީ ކުންފުނީގެ މުވައްޒަފުންކުރާ
ދޫ
2/6
ކޮށް،
ތެ39
eދު
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/192
ޖިނާއީ އަދި މަދަނީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލާންޖެހޭ ފަދަ ސަބަބެއް ނޫންކަމާއި، އަޙްމަދު ނާޝިމް
ބުނެގެން ކަމަށް ބުނެ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ނަމީރާ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ
މުވައްޒަފުންތަކެއް ކަންތައްތަކެއް ކުރުމަށްފަހު އެކަންކަން ޢަމަލީގޮތުން ކުރި ފަރާތްތަކުގެ މައްޗަށް ދަޢުވާ
ނުއުފުލައި، އެކަންކަން ޢަމަލީގޮތުން ކުރިފަރާތްތަކަކީ ހެކިންގެ ގޮތުގައި ބަލައި އެކަންކަން ކުރި ފަރާތްތަކަކީ
އަޙްމަދު ނާމުގެ ހިއްސާ އޮންނަ ކުންފުންޏެއްކަމުގައިވާ ނަމީރާގެ މުވައްޒަފުން ކަމުގައިވާތީ ދައުލަތުގެ
ފަރާތުން ދައުވާކުރާ މަކަރާ ހީލަތްހެދުމުގެ ޢަމަލު އަޙްމަދު ނާޝިމަށް ނިސްބަތްކޮށް މިދަޢުވާ އަޙްމަދު ނާޝިމްގެ
މައްޗަށް ކުރެވިދާނެކަމަށް ޤަބޫލުނުކުރެވޭކަމާއި،
ނަމީރާގެ މުވައްޒަފުން ހެދިކަމަށް ބުނާ އެއެސްޓިމޭޓް ތަކަކީ އެކުންފުނީގެ ނަމުގައި ހުރި
އެސްޓިމޭޓްތަކެއްނޫންކަމާ
މިކަމާއި، އަދި އެއިން އެއްވެސް ލިއުމެއްގައި އަހުމަދު ނާޖިމް ސޮއިވެސް ކޮށްފައި
ނުވާކަން އެނގޭކަމާއި، އަދި އެއެސްޓިމޭޓްތަކަކީ ޤަވާއިދާ ޚިލާފަށް އެގޮތަށް ހެދުމަށް އަހުމަދު ނާޝިމު ބުނެގެން
ހެދި އެއްޗެތިތަކެއްކަމެއް ހެކިބަސްދެނީ އެޢަމަލުތައް ޢަމަލީ ގޮތުން ކުރިފަރާތްތައްކަމުގައިވުމުން އަދި
އެއެސްޓިމޭޓްތަކަކީ ޤަވާއިދާ ޚިލާފަށް އެގޮތަށް ހެދުމަށް އަހްމަދު ނާޝިމު ބުނެގެން ހެދި އެއްޗެތިތަކެއްކަންވެސް
އެނގޭނެ އިތުރު އެހެން ހަރުދަނާ ހެކިތަކެއްނެތުމުން އަޙްމަދު ނާޝިމަކީ މިދަޢުވާ އޭނާގެ މައްޗަށް ކުރުމުގެ
ސިފަ އޮތް ފަރާތެއް ނޫންކަން އަދި އަޙްމަދު ނާޝިމް ނަމީރާ އިންޖިނިއަރިންގ މެނޭޖިންގ ޑިރެކްޓަރަށް ވުމަކީ
އެކުންފުނީގެ ވަކި މުވައްޒަފުންތަކެއް ކޮށްފައިވާކަމަށް ދައުލަތުން ބުނާ ޖިނާއީ ކުށުގެ ޢަމަލު، އަޙްމަދު ނާތިމަށް
ނިސްބަތްކުރެވޭނެ ސަބަބެއްކަމުގައި ޤަބޫލުނުކުރެވޭކަމެވެ.
8 :
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
884
/
Cr
-
C/651
ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން
ކމ އ ސ ޑ
3220އވާ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޓް
12
212/HC-A/192
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2010
)
884
/
Cr
-
C/651) ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، އެޤަޟިއްޔާގައިކުރައްވާފައިވާ
ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ސަބަބެއް ފެންނަންނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުހިނދު، ކްރިމިނަލްކޯޓުގެ ނަންބަރު 2010/JC
/
2010
)
884
/
Cr
-
C/651)
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv