ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/23 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
*
ޤަޟިއްޔާ ނަންބަރު: 23/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޒުނައިރާ މުޙައްމަދު
ދާއިމީ
އެޑްރެސް: ހއ. ހޯރަފުށި އަސްރަފީގެ
އައިޑީ ކާޑު ނަންބަރު: A260134
މިހާރުގެ އެޑްރެސް: ފަތުރު
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސް)
• ހުށަހެޅުނު ތާރީޚް: 02 ފެބުރުއަރީ 2009
* ނިމުނު ތާރީޚް: 10 އެޕްރީލް
2011
• މައްސަލައިގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
2
2009/HC-A/23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/544 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، ހއ. ހޯރަފުށި އަސްރަފީގެ ޒުނައިރާ މުޙައްމަދު އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ޚި މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ކުރީގެ ޖަސްޓިސް މިނިސްޓްރީ) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
އ 44
44
"
4 2 22 3224
މަދަނީ ކޯޓުގެ ނަންބަރު 2008/MC/544 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޒުނައިރާ މުޙައްމަދުގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެ
(ހ) ޒުނޭރާ މުޙައްމަދު އަދާކުރަމުންއައި
ހޯރަފުށީ ކޯޓުގެ
ކުލާކް ކަމުގެ ވަޒީފާއިން 14
އޮކްޓޯބަރު 2002 ގައި މިނިސްޓް އޮފް ޖަސްޓިސްއިން ޒުނޭރާ މުޙައްމަދު ވަކިކޮށްފައިވަނީ އެދުވަސްވަރު
ޢަމަލުކުރަމުންއައި "ސަރުކާރުމުވައްޒަފުންގެ ޤަވާޢިދު 01 އޮގަސްޓް 2000" ގެ 35 ވަނަ މާއްދާގައި
ޔާންކޮށްފައިވާ އިޞްލާޙީ ފިޔަވަޅު އެޅޭނެ ކަންތައްތަކުގެ މައްޗަށްބަލައި، 39 ވަނަ މާއްދާގެ ދަށުން
އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް ޤަވާޢިދުންއެޅި، އިޞްލާޙުވެފައި ނުވާތީކަމަށް ދައުލަތުން ބުނާކަމާއި،
މިގޮތުން،
ޒުނޭރާ މުޙައްމަދުގެ ޢަމަލުތައް ހުންނަ ގޮތުން 23 އަދި 24 މެއި 1999ގެ ތާރީޚުގައި ޤަވާޢިދާއި
އެއްގޮތަށް ޢަމަލުކުރަމަށް އަންގާފައިވާ އެންގުމާއި، ޒުނޭރާ މުޙައްމަދު ސަރުކާރުގެ ޤަވާޢިދުތަކާއި ޚިލާފަށް
ބައެއްކަންތައްތައް ކުރަމުންދާ ކަމަށާއި، ތަނުގެ މަޞްލަޙަތު ގެއްލޭފަދަ ބައެއް ޢަމަލުތައް ކުރަމުންދާ ކަމުގެ
މަޢުލޫމާތު މިނިސްޓްރީއަށް ލިބެމުންދާ ކަމަށާއި، އެފަދަކަންތައްތައް ނުކުރުމަށް އެދި، އަދި އެފަދަކަމެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
3
2009/HC-A/23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހިންގައިފި ކަމަށްވާނަމަ އެކަމާއިމެދު ފިޔަވަޅު އެޅިދާނެ ކަމަށް އިންޒާރުކޮށް 11 މާރޗް 2012 ގައި
މިނިސްޓްރީ އޮފް ޖަސްޓިސް އިން އަންގާފައިވާ އެންގުމާއި،
ޗުއްޓީއަށް އެދި ހުށަހެޅުމުން ޗުއްޓީއާއިމެދު ވަކިގޮތެއް ނުނިމިވަނިކޮށް، އޮފީހަށް ނުނިކުމެ ވަކިގޮތެއް
ނާންގާ އަދި ރަށުތެރޭގައި ބައެއްކަންތައްތައް ކުރަން ނުކުމެ އުޅެމުންދާކަމުގެ މަޢުލޫމާތު ލިބި އެކަންތައް
ނުކުރުމަށް އިންޒާރުކޮށް 08 ސެޕްޓެމްބަރު 2002 ގައި އަންގައިފައިވާ އެންގުމަކީ، ”ސަރުކާރު މުވައްޒަފުންގެ
ޤަވާޢިދު 01 އޮގަސްޓް 2000“ގެ ތިންވަނަ ބައިގެ 35 ވަނަ މާއްދާގެ ދަށުން އެޅިފައިވާ އިޞްލާޙީ
ފިޔަވަޅުތަކެއް ކަމަށް ދައުލަތުން ދެކޭކަން އެނގެންއޮވެއެވެ.
(ނ) އިސްވެ ބަޔާންވެދިޔަ އިޞްލާޙީ ފިޔަވަޅުތަކުގެ މައްޗަށް ނަޒަރު ހިންގާއިރު، 23 މެއި 1999ގެ
ތާރީޚުގައި ކޯޓުގެ މަސައްކަތަށް ގަވައިދުންނިކުމެ މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތީން ގަވައިދާއި އެއްގޮތަށް
މަސައްކަތްކުރުމަށް އަންގާފައިވާ އެންގުމަކީ، ޒުނޭރާ މުޙައްމަދު ހައިކޯޓުގެ ބޭނުމަކަށް މާލެ އައިސް
އެނބުރިގޮސް ކޯޓަށް ނިކުތް ފުރަތަމަ ދުވަސްކަން އެނގެން އޮންނަކަމާއި؛
ސަރުކާރުގެ ޤަވާޢިދުތަކާއި ޚިލާފަށް
ބައެއްކަންތައްތައް ކުރަމު
ކުރަމުންދާ ކަމާއި، ތަނުގެ މަޞްލަޙަތު
ގެއްލޭފަދަ ބައެއް ޢަމަލުތައް ކުރަމުންދާކަމާއި، ދާއިރާއާއި ހަވާލުވެ ތިއްބަވާ މެޖިސްޓްރޭޓުންނަށް ދަތިވާފަދަ
ޢަމަލުތައް ހިންގުމާއި، މައްސަލަތަކުގައި ކޯޓަށް ޙާޟިރުކުރެވޭ ބައެއް މީސްމީހުންނާއި ކޯޓުގެ ތެރޭގަޔާއި އަދި
ކޯޓުން ބޭރުގައި ބައްދަލުކޮށް މައްސަލަތަކާބެހޭ ގޮތުން ޚިޔާލާއި މަޢުލޫމާތުދީ އަދި ކޯޓުގެ މުވައްޒަފުންނޫން
އެހެން މުވައްޒަފުން ކޯޓަށް ވައްދައި ކޯޓުގެ ލިޔެކިޔުންތައް އެމީހުން ލައްވާ ލިޔުއްވާ އަދި ބައެއް ފޮތްތަކާއި
ލިޔެކިޔުންތައް ދައްކާ ކަމުގެ މަޢުލޫމާތު މެޖިސްޓްރޭޓުންގެ ފަރާތުން ޖަސްޓިސް މިނިސްޓްރީއަށް އެނގި، އެފަދަ
ޢަމަލުތައް އިޞްލާޙުކޮށް އެފަދަކަމެއް ނުކުރުމަށް ނަޞޭޙަތްތެރިވެ، އަދި އޭގެފަހުން އެފަދަ ކަމެއް ޒުނޭރާ
މުޙައްމަދުގެ ފަރާތުން ހިނގައިފިނަމަ އެ ނޫންގޮތަކަށް ޢަމަލު ކުރަންޖެހޭނެކަން އަންގައި އިންޒާރުކޮށް 11
މާރޗް 2002 ގައި މިނިސްޓްރީ އޮފް ޖަސްޓިސް އިން ޒުނޭރާ މުޙައްމަދަށް އެންގިކަން އެނގެންއޮންނަ
ކަމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
4
2009/HC-A/23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
08 ސެޕްޓެމްބަރ 2002 ގައި ޒުނޭރާ މުޙައްމަދަށް އަންގާފައިވާ އެންގުމަކީ، ޒުނޭރާ މުޙައްމަދު
ޗުއްޓީއަށްއެދި ސިޓީ ފޮނުވާފައި، ޗުއްޓީ ހަމަނުޖެހެނީސް ކޯޓުގެ މަސައްކަތަށް ނުނިކުމެ ހިންގުމަށް ދަތިވާފަދަ
ޖެއްސުމުގެ ޢަމަލުތައް ކުރަމުންދާތީ، އެފަދަ ޢަމަލުތައް ނުކުރުމަށް އިންޒާރުކޮށް އަންގާފައިވާ އެންގުމެއްކަން
އެނގެން އޮންނަ ކަމާއި، އަދި ޒުރޭރާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ 11 މާރޗް 2012 ގައި
މިނިސްޓްރީ އޮފް ޖަސްޓިސްއިން ނަޞޭޙަތްތެރިވެ ކޮށްފައިވާ އިންޒާރަށްފަހު، ޒުނޭރާ މުޙައްމަދު ޗުއްޓީއަށް އެދި
ސިޓީ ފޮނުވުމަށްފަހު ޢަމަލުކޮށްފައިވާ ގޮތުންކަން ދަޢުލަތުގެ ބަހުން އެނގެން އޮވެއެވެ.
(ނ) ޗުއްޓީއަށް އެދި ސިޓީލުމަށްފަހު ޗުއްޓީ ހަމަނުޖެހެނީސް ވެސް ތިމާ ބަލިވެއްޖެނަމަ، ނުވަތަ ތިމާ
ބަލަންޖެހިފައިވާ މީހަކު ބަލިވެގެން އެތާނގައި ތިމާ ނުހުރެ ނުވާފަދަ ގޮތެއް މެދުވެރިވެއްޖެނަމަ، ސަލާން
ބުނެވިދާނެކަން ސަރުކާރުމުވައްޒަފުންގެ ޤަވާޢިދު 01 އޮގަސްޓް 2000“ގެ ”ސަލާންބުނުން، މިބައިގެ 1
ވަނަ މާއްދާއިން އެނގެންއޮތްއިރު، މިބައިގެ 2 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން
އޮފީހަށް ނުނިކުމެ ހުންނަން ޖެހުނު ސަބަބު ބަޔާންކޮށް، 2002 ސެޕްޓެމްބަރު 8 ވަނަ ދުވަހުން ފެށިގެން
2002 ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް، 04 (ހަތަރެއް) ދުވަހުގެ މުއްދަތަށް ޒުނޭރާ މުޙައްމަދު
ސަލާމުގައި ހުރެފައިވާކަން ރަސްމީ ލިޔެކިޔުމުން އެނގެން އޮވެފައި،
ޒުނޭރާ މުޙައްމަދު ސަލާމުގައި ހުރެފައި އޮފީހަށް ނުކުމެ ސަލާމް ސެޓްފިކެޓް ހުށަހަޅާފައިވަނީ، 2002
ސެޕްޓެމްބަރު 9 ވަނަ ދުވަހުން ފެށިގެން 2002 ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް، 03 (ތިނެއް)
ދުވަހުގެ މުއްދަތަށް ކަން، ހޯރަފުށި ޞިއްޙީ މަރުކަޒުގެ ނަންބަރު 2002178/A6
-
SM (2002-09-12)
ސަލާމުގެ ސެޓްފިކެޓް“ އިން ސާފުކޮށް އެނގެން އޮތުމުން، ޒުނޭރާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ
ސަލާމުގެ ސެޓްފިކެޓް ހުށަހަޅާފައިވަނީ ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު“ ގައި އެކަމަށް ކަނޑައެޅި
ބަޔާންކުރެވިފައިވާ ގޮތާއި އެއްގޮތަށް ނޫންކަން ޝަރީޢަތަށް ސާބިތުވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު އެންމެހައި ކަންތައް އެގޮތުގެ މަތީން ހުރުމާއިއެކު، މަދަނީކޯޓުގެ
ނަންބަރު 2008/MC/544 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް
މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
03x ފ ދ ތތ
އުތެކަމަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2009/HC-A/23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
24 2
2 02 0 0
22
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމާއިއެކު، ހއ. ހޯރަފުށީ ކޯޓުގެ ސީނިއަރ ކްލާކެއްގެ ވަޒީފާ އަދާކުރަމުންދިޔަ ހއ. ހޯރަފުށި އަސްރަފީގެ
ޒުނޭރާ މުޙައްމަދު، 14 އޮކްޓޯބަރު 2002 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ، އޭރު ޢަމަލު ކުރަމުންދިޔަ
ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު، އާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތުނުވާތީ، ޒުނޭރާ މުޙައްމަދު ހޯދުމަށް
އެދި ހުށަހަޅާފައިވާ މާލީ ބަދަލާއި، ވަޒީފާ އަނބުރާ ދިނުމަށް އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވާ،
މަދަނީކޯޓުގެ ނަންބަރު 2008/MC/544 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް
ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު ކޮށްފީމެވެ.
ދިވެހި
t
$iv>
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv