ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-DM/04 ޤަޟިއްޔާގެ ޙުކުމް
1
2013/HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 04/HC-DM/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުﷲ މުޢާޛު ޔޫސުފް
އައިޑީ ކާޑު ނަންބަރ: A079777
ބ.ދަރަފަނދި
، ދާއިމީ އެޑްރެސް: ދޭލިޔާގެ/ ބ.ދަރު
މިހާރުގެ އެޑްރެސް: މ.ޠާއިފް( މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް)
ކާޑުނަންބަރު:-
* ދާއިމީ އެޑްރެސް
އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ވެލާނާ ބިލްޑިންގ މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ރަބީޢުލްއާޚިރު 1434
ނިމުނު ތާރީޚް: 26 ރަޖަބު 1435
25 މެއި 2014
10 މާރޗް 2014
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-DVI}4
ދަޢުވާގެ ޚުލާޞާ:
ހ4 8
4 ތ ދ
13108
މިއީ، ދިވެރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި އެއްވެސް
ޤާނޫނެއްގެ ނުވަތަ އެއްވެސް ޤާނޫނަކުން ބައެއްވިޔަސް މިބާބުގައި
އަސާސީ ޙައްޤަކާ ނުވަތަ
މިނިވަންކަމަކާއި ތަޢާރުޟްވާނަމަ އެ ޤާނޫނެއް ނުވަތަ އެ ޤާނޫނަކުން އެ ޙައްޤަކާ ނުވަތަ އެ މިނިވަންކަމަކާ
ތަޢާރަޝްވާ މިންވަރެއްވާނީ ބާޠިލު އެއްޗަކަށްކަމަށް ބުނެވިފައި އޮތުމުން، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި
އަމަލުކުރަމުން އަންނަ ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތުތަކުގައި ޢަމަލުކުރަންވީގޮތުގެ ޤަވާއިދު" ގެ
ބައެއް މާއްދާތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޚިލާފުވާކަމަށްބުނެ، އެ ޤަވާއިދުގެ
އެމާއްދާތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި
ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ. މިމައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ
އޮފީސް (ދިވެހި ދައުލަތް) އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01 "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ
(2) ވަނަ މާއްދާގެ (ހ)، (ކ) އަދި (ށ) އާއި، އެޤަވާޢިދުގެ (10) ވަނަ މާއްދާގެ (ހ) އަދި (ވ) އާއި
އަދި އެޤަވާޢިދުގެ (3) ވަނަ މާއްދާ އާއި (4) ވަނަ މާއްދާއަކީ ބާޠިލު މާއްދާތަކެއް ކަމުގައި ކަނޑައަޅުއްވައި
ދެއްވުން އެދި ބ.ދަރަވަންދޫ ދޭލިޔާގެ ޢަބްދުﷲ މުޢާޛު ޔޫސުފް (ދ.ރ.ކާޑު ނަންބަރު:A079777) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- މިމައްސަލަ ހުށަހެޅި ފަރާތުން މައްސަލައިގައި ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ
މައްޗަށް ބަލާއިރު، އަންނަނިވި 5 (ފަހެއް) ސަބަބު ފާހަގަކޮށް، އެކަންކަމާގުޅޭ
މާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2013/HC-DM/04
3
2 ހ2 ހ23
0 31
13/004
ދ 8 މވ ހޑ 4
ކަންތައްތަކެއް
ވެރިއަކު ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާގައި
މަދަނީ
ބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު
ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެއެވެ. ބުނެފައިވަނިކޮށް، ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ
ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ ދަށުން ދަރަނިވެރިޔާ، ގޭގައި ބަންދުކުރުމާއި، އަރުވާލުމާއި،
ޖަލަށްލުމަކީ މަދަނީ ޒިންމާއެއް އަދާނުކުރުމުން ކުރެވޭ ބަންދެއްކަމުން، އެޤަވާޢިދުގެ ދަށުން ގޭގައި
ބަންދުކުރުމާއި އަރުވާލުމާއި ޖަލަށްލުމަކީ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާއާއި ތަޢާރަޟްވާ ޣައިރު ޤާނޫނީ
ކަމަށާއި، އެފަދައިން ބަޔާންކުރާ މައިގަނޑު ސަބަބުތަކަކީ:-
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 55 ވަނަ މާއްދާގައި "މަދަނީ
އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު ހައްޔަރުކޮށް
ނުވަތަ ބަންދުކޮށްގެން ނުވާނެއެވެ. ބުނެފައި ވަނިކޮށް، ބަންދުނުކޮށް ދަރަނީގެ ފައިސާ ދަރަނިވެރިޔާގެ ކިބައިން
ހޯދޭނެ އެހެނިހެން ގޮތްތައް އެ ޤަވާޢިދުގައި ހުއްޓާ، ޝަރުޢީ ޙުކުމަކުން އަދާކުރަން އަންގާފައިވާ މަދަނީ
ޒިންމާއެއް އަދާނުކޮށްގެންކަމަށް ބުނެ، ޙުކުމް ތަންފީޒު ކުރުމުގެ ނަމުގައި "މަދަނީ ޒިންމާއެއް އަދާކުރުވުމަށް"
ޓަކައި ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީގޮތުގެ ޤަވާއިދުގެ 2 ވަނަ މާއްދާގެ
(ހ)، (ނ)، (ނ) ގެ ދަށުން ދަރަނިވެރިޔާ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާއާއި ޚިލާފަށް، ގޭގައި
ބަންދުކުރުމާއި، އަރުވާލުމާއި، ޖަލަށްލުން އެޤަވާޢިދުގައި ހިމެނިފައިވުންކަމާއިގެ
(ނ) އެ ޤަވާޢިދުގެ ދަށުން ދަރަނިވެރިޔާ ހައްޔަރު ކުރާކުރުމުން ދަރަނި އަފޫވެގެން ނުދާއިރު،
ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 9 ވަނަ
މާއްދާގައިވާގޮތުން އެ ޤަވާޢިދުގެ ދަށުން ބަންދުގައިހުރި މީހަކު ބަންދުގައި ހުރެ ފައިސާ ދައްކައިފިނަމަ
ލަސްނުކޮށް ބަންދުން ދޫކޮށްލަންޖެހޭނެކަމަށް ބުނެފައި އޮތުމުން، އެ ޤަވާއިދުގެ ދަށުން ބަންދުކުރާ ކުރުމަކީ
ކުށުގެ އަދަބެއްގެ ގޮތުން ބަންދުކުރެވޭ ކުރުވުމެއް ނޫންކަމާއި އަދާކުރަންޖެހޭ މަދަނީ ޒިންމާއެއް އަދާނުކޮށްގެން
ކުރުމެއްކަމަށް ބުނެފައިވުމާއިގެ
CO OX
3ބނީ ދސ2
4
2 4ޅހ2
ލިފިހ2ނ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
" ދިވެހިރާއްޖެ
ނިކަ#$S
4
2013HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ކުށުގެ މައްސަލަތަކުގައި ބަންދުކުރެވޭ ބަންދުކުރުންތަކަކީ ޢާއްމުގޮތެއްގައި ޕްރޮސިކިއުޓް
ކުރެވިގެން ސާބިތުކުށެއްގެ މައްޗަށް ކުރެވޭ ބަންދަކަށް ވެފައި ކުށުގެ ޢަމަލަކާއި ގުޅިގެން ކުރެވޭ ބަންދަކީ، ވަކި
އެއްޗެއް ވަކިތަކަށް ދެއްކުމުން ބަންދުން ވީއްލޭ ގޮތަށް ކުރެވޭނެ ބަންދަކަށް ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ
48
* ދެވަނަ ސަބަބަކީ ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ
ގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނާފަދައިން ޕާސްޕޯޓު ހިފެހެއްޓުމަކީ، ޤާނޫނުއަސާސީގެ 41
ވަނަ މާއްދާގެ (ހ) އިން "ރާއްޖެއިން ފުރައިގެން ދިޔުމާއި ރާއްޖެއަށް އެނބުރިއައުމާއި ރާއްޖޭގައި ހުރުމާއި
ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ."
މިފަދައިންބުން ޤާނޫނުއަސާސީން ދިފައިވާ އަސާސީ ޙައްޤުން ދަރަނިވެރިޔާ މަޙްރޫމް ކުރުވާކަމެއްކަމުން،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މިނިވަންކަމާއި ޙައްޤުތައް އެމާއްދާގެ (ހ) އިން
ކަށަވަރުކޮށް ދީފައިވާގޮތަށް މިބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ
އަސްލަކާ ޚިލާފުނުވާނޭގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މިޤާނޫނުއަސާސީން ކަށަވަރުކޮށްދެއެވެ.
އަދި މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި
ޤާނޫނުއަސާސީއާ ތަޢާރަޟުނުވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ މިނިވަން ދިމިޤްރާޠީ މުޖުތަމަޢު އެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް
ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމުން ޕާސްޕޯޓް ހިފަހެއްޓުމަކީ ސީދާ ދަރަނި އަދާކުރުމުގެ
ސަބަބަކަށް ނުވާހިނދު، ޕާސްޕޯޓު ހިފެހެއްޓުމަކީ ވަކިވާކަށްދިޔުން މަނާކޮށް ކުރެވޭ ބަންދެއްކަމަށްވާ ،
ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ރާއްޖެއިން ފުރައިގެން ދިއުމާއި ރާއްޖެއަށް އެބުރި
އައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކިއެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން
ނިގުޅައިގަނެވޭ ކަމެއްކަމަށްވެފައި، އެއްވެސް އަސާސީ ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އޮތެއި
5
2013HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ce O
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށްވާއިރު، އެފަދަ ޤާނޫނެއް ނެތަސް މަދަނީ ޒިންމާއެއް
އަދާނުކުރުމުން ޕާސްޕޯޓު ހިފެހެއްޓުމަށް ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި އަމަލުކުރަންވީ
ގޮތުގެ ޤަވާއިދުގައި އޮންނަ އޮތުމަކީ ޤާނޫނުއަސާސީއާއި ޚިލާފް ކަމެއްކަމުން އެޤަވާޢިދުގެ އެމާއްދާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ތަޢާރަޟްވާކަމަށްޓަކައި ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގެ
ދަށުން އެމާއްދާ ބާޠިލުކަމަށް ކަނޑައަޅަންޖެހޭކަމަށްބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި
އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް މިބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ
މިނިވަންކަމަކާ ތަޢާރުޟްވާނަމަ، އެ ޤާނޫނެއް ނުވަތަ އެ ޤާނޫނަކުން އެ ޙައްޤަކާ ނުވަތަ އެ މިނިވަންކަމަކާ
ތަޢާރުޟްވާ މިންވަރެއް ވާނީ ބާޠިލް އެއްޗަކަށެވެ." ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 33 ވަނަ
މާއްދާގައިވާގޮތުން، "އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ
ލިބިގެންވެއެވެ." ބުނެފައި އޮތުމުން ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތުތަކުގައި ޢަމަލުކުރެވޭ
ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ޅ) ގައި ދަރަނި ވެރިޔާގެ މަޢުލޫމާތު ޢާއްމުކޮށް ޝާއިޢުކުރުމަށް އޮތް
އޮތުމަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއާއި ޚިލާފުކަމެއްކަމުގައި ބުނެ
ފާހަގަކޮށްފައިވާ ސަބަބެވެ.
P9ރP
T
ހަތަރުވަނަ ސަބަބަކީ: އެ ޤަވާޢިދުގެ 3 ވަނަ މާއްދާގައި ޝަރީޢަތުން
ކުރުމުގައި ކޯޓުން ބަލަންވާނީ ފައިސާލިބެންވާ ފަރާތުގެ މަޞްލަޙަތަށްކަމަށް ބަޔާންކޮށްފައި އޮތް އޮތުމުން،
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނާ "ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް
ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ. ބުނެފައި އޮތް ބުނުމާ ޚިލާފުވާ
ކަމަށް ފާހަގަކޮށްފައިވާ ސަބަބެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2013/HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިނގެން
ކަންތައްތައް
* ފަސްވަނަ ސަބަބަކީ: އެ ޤަވާޢިދުގެ 4 ވަނަ މާއްދާގައި ކޯޓަކުން އިފްލާސްކޮށް
ނިންމާފައިވާ ސާބިތު ދަރަންޏެއްގެ މައްސަލައެއް އެއްވެސް ކޯޓަކުން ބަލައެއްނުދެވޭނެކަމަށް ބަޔާންވެފައި
ކޮންމެ މީހަކަށްމެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިގެންވާ އިސްތިއުނާފުކުރުމުގެ
ޙައްޤުން މަޙްރޫމުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ އާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ
ވާހަކައަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އަސާސީ
ޙައްޤުތައް ލިބިފައިވާގޮތަށާއި، އެ އަސާސީ ޙައްޤު ހަނިކުރެވިދާނެކަމަށް ޤާނޫނުއަސާސީގައި އެކަށައަޅާފައިވާ
އުޞޫލަށާއި، މިނިވަން ދިމިޤްރާޠީ މުޖުތަމަޢުތަކުގައި މިފަދަ ޙައްޤުތައް ހިފެހެއްޓިދާނެކަމަށް ޤަބޫލުކޮށްފައިވާ
މިންގަނޑުތަކަށާއި މިޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ރިޢާޔަތްކުރާއިރު އަންނަނިވި
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: މިމައްސަލަ ހުށަހެޅި ޢަބްދުﷲ މުޢާޛް ޔޫސުފު ގެ ފަރާތުން
ދައްކާފައިވާ ވާހަކައަށް ބަލާއިރު، "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތުތަކުގައި ޢަމަލުކުރަންވީ
ގޮތުގެ ޤަވާޢިދު" ގެ (2) ވަނަ މާއްދާގެ (ހ)، (ކ)، އަދި (ބ) ގެ ދަށުން ދަރަނިވެރިޔާ ގޭގައި
ބަންދުކުރުމާއި، އަރުވާލުމާއި ޖަލަށްލުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީ ގެ 55 ވަނަ މާއްދާގައި، މަދަނީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް
އަދާނުކުރުމުގެ ސަބަބުން އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށް ބުނެފައިވާ ބުނުމާއި
ފުށުއަރާކަމެއް ކަމަށާއި،
އެ ޤަވާޢިދު ގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ދަރަނިވެރިޔާގެ ޕާސްޕޯޓު
ހިފެހެއްޓުމުގެ ބާރަކީ، ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ދީފައިވާ އަސާސީ
ރާއްޖެއިން ފުރައިގެން ދިޔުމާއި ރާއްޖެއަށް އެނބުރިއައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ
އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމުން ދަރަނިވެރިޔާ މަޙްރޫމް ކުރުވާ ކަމެ
ޙައްޤެއްކަމަށްވާ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2013HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޮންނަ
ގޮތެއް
8 392
cu.
244ނ
އެ ޤަވާޢިދު ގެ 10 ވަނަ މާއްދާގެ (ޅ) ގައި، ދަރަނިވެރިޔާގެ މަޢުލޫމާތު ޢާއްމުކޮށް
ޝާއިޢުކުރުމަށް އޮތް އޮތުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި،
އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައި
އޮތުމާއި ފުށުއަރާ ކަމެއްކަމަށާއި،
ހަމައެފަދައިން އެ ޤަވާޢިދުގެ 3 ވަނަ މާއްދާގައި ޝަރީޢަތުން
ޚިޔާރުކުރުމުގައި ކޯޓުން
ބަލަންވާނީ ފައިސާލިބެންވާ ފަރާތުގެ މަޞްލަޙަތަށްކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ، ޤާނޫނުއަސާސީގެ 42
ވަނަ މާއްދާގެ (ށ) ގައި، ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު،
ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި ކަމަށް ބުނެފައިވާ ބުނުމާއި ޚިލާފުވާ ކަމެއްކަމަށާއި،
ހަމައެފަދައިން އެ ޤަވާއިދުގެ 4 ވަނަ މާއްދާގައި ކޯޓަކުން އިފްލާސްކޮށް ނިންމާފައިވާ ސާބިތު
ދަރަންޏެއްގެ މައްސަލައެއް އެއްވެސް ކޯޓަކުން ބަލައެއްނުދެވޭނެކަމަށް ބަޔާންވެފައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ އިސްތިއުނާފުކުރުމުގެ ޙައްޤުން މަޙްރޫމު
ވެގެންދާކަމަށް މައްސަލަ ހުށަހެޅި، ބ.ދަރަވަންދޫ ދޭލިޔާގެ، ޢަބްދުﷲ މުޢާޛް ޔޫސުފު ގެ ފަރާތުން
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވުނު
އެންމެހައި ކަންތައްތަކަށް ޖަވާބުދާރީވަމުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކައަށް
ޖުމްލަކޮށް ބަލާއިރު،
"ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ" (2)
ވަނަ މާއްދާގެ (ހ)، (ކ) އަދި (ށ) އާއި، އެޤަވާޢިދުގެ (10) ވަނަ މާއްދާގެ (ހ) އަދި (ވ) އާއި އަދި
އެޤަވާޢިދުގެ (3) ވަނަ މާއްދާ އާއި (4) ވަނަ މާއްދާގައި ސާބިތު ދަރަންޏަށް ފައިސާ ނުދެއްކި ފަރާތާއިމެދު
އެޅުމަށް ކަނޑައަޅާފައިވާ އެންމެހައި ފިޔަވަޅުތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން
ފާހަގަކޮށްފައިވާ މާއްދާތަކަށް ބަލާއިރު، މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާފަދައިން "ރަހުނު ނުހިމެނޭ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2013/HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3)
ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" އިން އެޙައްޤުތައް ހިފެހެއްޓިފައިވާކަމަށް
ދައުލަތުން ޤަބޫލުކުރާ ކަމަށާއި، އަދި އެޙައްޤުތައް ހިފެހެއްޓިފައިވަނީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރާ
އުޞޫލުން އެފަދަ މުޖްތަމަޢުތަކުގައި ހިފަހައްޓާ މިންވަރަށްކަމަށްވެސް ޤަބޫލުކުރާ ކަމަށާއި، ނަމަވެސް ބަޔާންކުރެވުނު
ޙައްޤުތައް މިހާރު ދިވެހިރާއްޖޭގައި ހިފެހެއްޓިފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން
ނޫންކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި، "މިބާބުގައި
ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނޭގޮތުގެ މަތިން
ކޮންމެ މީހަކަށްމެ ލިބިގެންވާކަން މިޤާނޫނުއަސާސީން ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއް
ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރަޟްނުވާ ގޮތުގެމަތިން
ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން
ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދިމިޤްރާޠީ މުޖުތަމަޢު އެއްގައި
މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ." މިފަދައިން
ޔާންކޮށްފައިވާކަން އެނގޭކަމަށާއި،
މައްސަލަ ހުށަހެޅި ޢަބްދުﷲ މުޢާޛުގެ ފަރާތުން ފާހަގަކޮށްފައިވާ ރަހުނު ނުހިމެނޭ
ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" އަށް ޤާނޫނީގޮތުން ބާރުލިބިދިން ޤާނޫނު
ނަން 6/2008 (ޢާންމު ޤަވާޢިދުތަކާބެހޭ ޤާނޫނު) ގެ ދަށުން އެޤަވާޢިދަށް ބާރުލިބިދީފައިވާ މުއްދަތު
ހަމަވެފައިވުމާއެކުވެސް، އެޤަވާޢިދަށް ވަގުތީގޮތުން ޢަމަލުކުރަމުން ގެންދިޔުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު:2011/11 (ޢާންމު ސިޓީ) އިން ކަމަށާއި، އެހެންކަމުން އެނިންމުމަކީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމެއްކަމުގައި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ޤަބޫލުކުރާތީ،
އެނުކުތާއާމެދު ދައުލަތުން ވަކިއެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށް ދައުލަތުގެ ބަންޑާރަ ނައިބު
ތަމްސީލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވި ޑެޕިއުޓީ ސްޓޭޓް އެޓަރނީ
އަލްއުސްތާޛާ މަރިޔަމް ޝުހާނާ ބުނެފައިވާކަން ފާހަގަކުރެވެއެވެ.
އި 8 (3
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2013/HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3.3- ތިންވަނަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)
ގައި "މިބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ
ޚިލާފުނުވާނޭގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މިޤާނޫނުއަސާސީން ކަށަވަރުކޮށްދެއެވެ.
މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ
ތަޢާރަޟުނުވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
މިނިވަން ދިމިޤްރާޠީ މުޖުތަމަޢު އެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް
ޤަބޫލުކުރެވޭ މިންވަރަކަށެވެ." މިފަދައިން ބަޔާންކޮށްފައިވުމުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވަނީ އިސްލާމްދީނުގެ އަސްލަކާ
ޚިލާފުނުވާނޭގޮތުގެ މަތިންކަން އެނގޭކަމާއި، އަދި އެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް
މިންވަރެއް ހިފަހައްޓާނަމަ އެފަދައިން ހިފެހެއްޓުމަށް ދެޝަރުތެއް ފުރިހަމަވުން ލާޒިމްކަމާއި، އޭގެ ތެރެއިން
އެއްޝަރުތަކީ ޤާނޫނުއަސާސީ އާއި ތަޢާރުޟުނުވާ ގޮތެއްގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުން އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ މިންވަރު ހިފަހައްޓާފައިވުންކަމާއި، އަނެއް ޝަރުތަކީ،
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް ހިފަހައްޓަންވާނީ، މިނިވަން ދިމިޤްރާޠީ
މުޖްތަމަޢުތަކުގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރާ މިންވަރަކަށް
ހިފަހައްޓާފައިވުންކަން ފާހަގަކުރެވޭކަމާއި،
މިގޮތުން "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު"
އަކީ ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން ޢަމަލުކުރަމުން
އައިސްފައިވާ ޤަވާޢިދެއްކަމުން އެޤަވާޢިދަށް ޤާނޫނީ ބާރު ލިބިދީފައިވަނީ ޤާނޫނު
ޚަބަރު:6/2008
(ޢާންމު ޤަވާއިދުތަކާބެހޭ ޤާނޫނު) އިން ކަމާއި، އެކަން އެޤާނޫނުގެ ޖަދުވަލް 2 ގެ 13 ވަނަ ނަންބަރުންނާއި،
އެޤާނޫނުގެ 2 ވަނަ މާއްދާގައި، އެޤާނޫނުގެ ޖަދުވަލް 1 ގައާއި ޖަދުވަލު 2 ގައިވާ ޤަވާއިދުތަކަކީ،
Occ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2013/HC-DM/04
މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާއިދުގެ" (2) ވަނަ މާއްދާގެ (ހ)، (ކ) އަދި (ށ) އާޓްގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހިންގުމަށާއި، ޢާންމު ރައްޔިތުންނަށް ޚިދުމަތްދިނުމަށާއި، ޤާނޫނު ތަންފީޛުކުރުމަށް މުހިންމު ޤަވާއިދުތަކެއްކަމަށް
ކަނޑައަޅައި، އެ ޤަވާއިދުތަކަކީ އެ ޤާނޫނުގެ ދަށުން ބާރު ލިބިގެން، އެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން
ޢަމަލުކުރަމުންދާ ޤަވާއިދުތަކެއްކަމަށް ބަޔާންކޮށްފައިވުމުންނާއި، އެޤާނޫނުގެ 9 ވަނަ މާއްދާގައި، އެޤާނޫނުގެ 2
ވަނަ މާއްދާގައި ބުނެފައިވާ ޖަދުވަލު 1 އާއި ޖަދުވަލް 2 އަކީ އެޤާނޫނުގެ ބައެއްކަމަށް ބުނެފައިވާ ބުނުމުން
އެނގިގެންދާކަމާއި،
ޤާނޫނު ނަންބަރު:6/2008 (ޢާންމު ޤަވާއިދުތަކާބެހޭ ޤާނޫނު) އިން ޤާނޫނީ ބާރުލިބިގެން
އެޤާނޫނުގެ ބައެއްގެ ގޮތުގައި ހިމެނިފައިވާ "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ
ގޮތުގެ ޤަވާޢިދު" އަށް އެޤާނޫނުގެ ދަށުން ބާރު ލިބިދީފައިވާ މުއްދަތު ހަމަވުމުން، ރައްޔިތުންގެ މަޖިލީހުގެ
ޤަވާއިދު ކޮމެޓީން އެކަން ދިރާސާކޮށް އެޤަވާޢިދަށް ޤާނޫނީ ބާރުލިބިދީފައިވާ މުއްދަތު އިތުރުކުރުމަށް އެކޮމިޓީން
ފާސްކޮށް، އަދި އެފާސްކުރިކުރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ކޮމެޓީން މުއްދަތު އިތުރުކުރުމަށް
ނިންމި ނިންމުމާއި މަޖިލީހުގެ ތަޅުމުން އެޤަވާއިދަށް ޤާނޫނީ ބާރުލިބިފައިވާ މުއްދަތު އިތުރުކޮށް
އެގޮތުގެ މަތިން ފާސްކޮށްފައިވާކަމާއި، ނަމަވެސް ޢަބްދުﷲ މުޢާޛުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
މިޤަޟިއްޔާ ހުށަހެޅިއިރު، ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްފައިވާ މުއްދަތު ހަމަވެފައިވާކަމާއި، މިހާރު
ޝަރުޢީ ކޯޓުތަކުން އެޤަވާޢިދަށް ޢަމަލުކުރަމުން އަންނަނީ، ރައްޔިތުންގެ މަޖިލީހުން އެޤަވާޢިދަށް ޢަމަލުކުރުމަށް
އިތުރުކުރި މުއްދަތު ހަމަވިފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:2011/11 (ޢާންމު ސިޓީ)
އެޤަވާއިދަށް ޢަމަލުކުރުމަށް ކަނޑައަޅައި، އެކަން ޢާންމުކޮށް އަންގާފައިވާތީކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ
ގޮތުގެ ޤަވާޢިދު" ގެ ބައެއް މާއްދާތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބައެއް މާއްދާތަކާއި
ފުށުއަރާކަމަށްބުނެ އެޤަވާއިދުގެ އެމާއްދާތައް ބާޠިލްކަމަށް ކަނޑައަޅައިދިނުމަށް އެދި ޢަބްދުﷲ މުޢާޛުގެ ފަރާތުން
ހުށަހެޅި މިމައްސަލާގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއަކީ، "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ
26=ހ8
23 11
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ހައި
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-DM/04
އެޤަވާޢިދުގެ (10) ވަނަ މާއްދާގެ (ހ) އަދި (ށ) އާއި އަދި އެޤަވާޢިދުގެ (3) ވަނަ މާއްދާ އާއި (4) ވަނަ
މާއްދާ އިން ހިފަހައްޓާފައިވާ ޙައްޤުތަކާއި މިނިވަންކަން ހިފަހައްޓާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ ގެ 16 ވަނަ މާއްދާގެ (ހ) އާއި އެއްގޮ
އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުންކަމާއި،
އެކަން ކަނޑައެޅުމަށްޓަކައި މައިގަނޑު ދެ ނުކުތާއަކަށް ގޮތެއް ނިންމަންޖެހޭކަމާއި، އޭގެތެރެއިން އެއް
ނުކުތާއަކީ "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ އިސްވެ
ބަޔާންކުރެވުނު މާއްދާތަކުން ހިފަހައްޓާފައިވާ ޙައްޤުތަކާއި މިނިވަންކަން ހިފަހައްޓާފައިވަނީ، މިނިވަން ދިމިޤްރާޠީ
މުޖުތަމަޢު އެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްކަން
ނުވަތަ ނޫންކަން ކަނޑައެޅުންކަމާއި،
މިގޮތުން "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު"
ގެ އިސްވެ ބަޔާންކުރެވުނު މާއްދާތަކުން ހިފަހައްޓާފައިވާ ޙައްޤުތަކާއި މިނިވަންކަން ހިފަހައްޓާފައިވަނީ،
މިނިވަން ދިމިޤްރާޠީ މުޖްތަމަޢުތަކުގައިވެސް އެޙައްޤުތައް ނުވަތަ އެ މިންވަންކަން ހިފެހެއްޓިފައިވާ
މިންވަރަށްކަމަށް ބަންޑާރަނައިބުގެ ފަރާތުން ޤަބޫލުކުރާއިރު، އެ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓިފައިވަނީ
އެއާ ޚިލާފަށްކަން މިމައްސަލަ ހުށަހެޅި ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަމާއި،
މިގޮތުން ކޯޓުން ކުރާ ޙުކުމެއްގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާއެއް
ނުދެއްކުމުން އެ ޚިލާފުވެވެނީ ކޯޓުން ކުރި ޙުކުމާކަމާއި، ކޯޓުން ކުރާ ޙުކުމަކާ އެއްގޮތަށް ޢަމަލު ނުކުރުމަކީ
ކޯޓުގެ ޙުކުމަށް ނުކިޔަމަންތެރިވުމެއްކަމުގައި ބެލެވޭކަމާއި، އެހެންކަމުން މިފަދަ ޙާލަތުގައި ރަހުނު ނުހިމެނޭ
ސާބިތުދަރަނީގެ ހަމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތިން ދަރަނި އަދާކުރުމަށް
ގޮތުން އަދި ކޮށްފައިވާ ޙުކުމްތަންފީޒުކުރުމުގެ ގޮތުން، ދަރަނިވެރިޔާ ގޭގައި
އަރުވާލުމާއި ޖަލަށްލުމާ
ލުމާއި، އަދި ރާއްޖޭން ބޭރަށް ފުރައިގެން ނުދެވޭގޮތަށް ޕާސްޕޯޓް ހިފެހެއްޓުމާއި،
ދަރަނިވެރިޔާގެ މަޢުލޫމާތު ޝާއިޢުކުރުމާއި، އެޤަވާޢިދުގައި ބަޔާންކޮށްފައިވާ މިފަދަ އެންމެހައި ފިޔަވަޅުތަކަކީ
ކޯޓުން ކޮށްފައިވާ ޙުކުމްތަންފީޒުކޮށް އަރަނިވެރިޔާގެ ޙައްޤު ޙިމާޔަތްކުރުމުގެ ގޮތުން އެޅޭ ފިޔަވަޅުތަކެއް ކަމުގަ
: 33 ، 3
6
09332/
هހ2
ބންކތކއމއ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2013/HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނޫނީ ނުވާތީ، ދަރަނިވެރިޔާއާމެދު އެޤަވާޢިދުގެ ދަށުން އަޅަންމުންދާ ބަޔާންކުރެވުނު އެންމެހައި ފިޔަވަޅު ތަކަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިޔާގެ ޤާނޫނުއަސާސީގެ 55 ވަނަ މާއްދާ އާއި 33 ވަނަ މާއްދާއާއި 41 ވަނަ މާއްދާގެ
(ހ) އާއި 42 ވަނަ މާއްދާގެ (ށ) އާއި ފުށުއަރާ ކަންތައްތަކެއް
އެތައްތަކެއް ކަމަށް ބެލެވެ
މަށް ބެލެވެން ނެތްކަމެވެ.
ދެވަނަ ނުކުތާއަކީ، ބަޔާންކުރެވުނު ޙައްޤުތަކާއި މިނިވަންކަން ހިފަހައްޓާފައިވަނީ ރައްޔިތުންގެ
މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުންކަން ނުވަތަ ޤާނޫނީ ބާރުލިބިގެންކަން ކަނޑައެޅުންކަމާއި،
އިސްވެ ބަޔާންކުރެވުނު ފަދައިން "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި
ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" އަށް މިހާރު ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން އެޤަވާޢިދަށް ޢަމަލުކުރުމަށް ކަނޑައަޅުއްވައި، ސުޕްރީމް ކޯޓުގެ ނަންބަރު:2011/11
(ޢާންމު ސިޓީ) އިން އެޤަވާޢިދަށް ޢަމަލުކުރަމުން ގެންދިޔުމަށް އަންގަވާފައިވާތީކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ދުސްތޫރީ އެންމެމަތީ ކޯޓުގެ ޙައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
"ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާއިދު" އަށް ޢަމަލުކުރުމަށް
އަންގާފައިވާކަމާއި، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެ އަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ތަބާވާންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި
ބުނެފައިވުމާއި، އަދި ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ޢަދުލުއިންޞާފު
ޤާއިމްކުރުމާއި، ޢަދުލުއިންޞާފު ޤާއިމްކުރުމުގެ މަސައްކަތަށް ހުއްޓުމެއް އެރިޔަނުދީ ކުރިއަށް ގެންދިއުމަށްޓަކައި
އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު އެ ކޯޓުގެ ޒާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާތީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދަކަށް ޢަމަލުކުރަންޖެހޭތޯ ނުވަތަ ނޫންތޯ
ވުރެ ދަށު ކޯޓެއްގައި ބަހުސްކޮށް ބެލުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްކަމަށް
ކަމެއްކަމަށް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނު ހިނދު، އެނުކުތާއަކީ ދިވެހިރާއްޖޭ ހައިކޯޓުގައި
ބަލާ ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއް ކަމަށް މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
Puco
824 9ޑ
އެއަށްވަރ
#
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
.::
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-DNIPj4
ދެންފަހެ "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު"
ގެ (2ވަނަ މާއްދާގެ (ހ)، (ކ) އަދި (ށ) އާއި، އެޤަވާޢިދުގެ (10) ވަނަ މާއްދާގެ (ހ) އަދި (ވ) އާއި
އަދި އެޤަވާޢިދުގެ (3) ވަނަ މާއްދާ އާއި (4) ވަނަ މާއްދާ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
ބައެއް މާއްތަކާއި ފުށުއަރާ މާއްދާތަކެއްކަމަށްބުނެ، އެޤަވާއިދުގެ އެމާއްދާތަށް ބާޠިލްކަމަށް ކަނޑައަޅައިދިނުންއެދި،
ބ.ދަރަވަންދޫ ދޭލިޔާގެ، ޢަބްދުﷲ މުޢާ (ދ.ރ.ކާޑު ނަންބަރު:A079777) ހުށަހެޅި މައްސަލައާއި ގުޅިގެން
އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ޝަރީޢަތުން ރިޢާކޮށް ބެލިއިރު، "ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ
ޢާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ ބަޔާންކުރެވުނު މާއްދާތަކުން ހިފައްހައްޓާފައިވާ
ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓިފައިވަނީ މިނިވަން ދިމިޤްރާޠީ މުޖުތަމަޢުތަކުގައި އެ ޙައްޤުތައް
ހިފަހައްޓާފައިވާ މިންވަރާ ޚިލާފަށްކަން ސާބިތުނުވާކަމަށް ކަނޑައަޅައި، ރަހުނު ނުހިމެނޭ ސާބިތުދަރަނީގެ
މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާއިދު" އަށް މިހާރު ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން ގެންދަނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އުފައްދާފައިވާ ދުސްތޫރީ އެންމެ މަތީ ކޯޓުން އެޤަވާޢިދަށް
ޢަމަލުކުރުމަށް އެންގެވުމާގުޅިގެން ކަމުގައިވާތީ، އެޤަވާޢިދުގެ ދުސްތޫރިއްޔަތާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބަޙުޘްކޮށް ގޮތެއް ކަނޑައެޅެން ނޯންނާނެކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
1
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv