ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/139 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/j39
**
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 139/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
އެޑްރެސް: -
މިހާރުގެ އެޑްރެސް: -
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙަސަން ޔޫސުފް
އައިޑީ ކާޑުނަންބަރު: A135401
*
ދާއިމީ އެޑްރެސް: މަންދަގެ | ލ. ގަން-މަތިމަރަދޫ
މިހާރުގެ އެޑްރެސް: ހުޅުމާލެ، އޮޑިކޮޅު (B133)
• ރަޖިސްޓްރީ ތާރީޚް: 11 ޖުމާދަލްއާޚިރާ 1434
އެޕްރީލް 2013
ނިމުނު ތާރީޚް: 30 ރަޖަބު 1435
މެއި 2014
21
29
4
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާ
ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުން.
ހުށަހެޅި ތާރީޚް: 11.05.2010
* ނިމުނު ތާރީޚް: 25.11.2012
ދިވެހިރާއްa
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.rv
%252326
05ތުވާއެއްޗެއް
2
2013/HC-A/139
• ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި
މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ. ގަން - މަތިމަރަދޫ | މަންދަގެ ޙަސަން ޔޫސުފް އެވެ.
1
ތަ
1) އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާއަކީ،
ލ. ގަން - މަތިމަރަދޫ / މަންދަގެ ޙަސަން ޔޫސުފްގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި، މަނާކުރެވިފައިވާ
މަނާކުރެވިފައިވާ
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ
@ނތ/62
ކުށުގެ މައްސަލަކަމާއި،
ޝަރީޢަތަށް މި މައްސަލަ ހުށަހަޅަމުން ދައުލަތުގެ ވަކީލު ބުނެފައިވަނީ، ޙަސަން ޔޫސުފް، 15
ޑިސެމްބަރު 2009 ދުވަހުގެ 14:30 ހާއިރު، ލ. ގަން . ތުނޑި އޮޅުށްކޮޅު ސަރަޙައްދުގައި މަސްތުވާތަކެތީގެ
ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން، ފުލުހުން އެތަނަށް ގޮސް މަޑުކޮށްގެން ތިއްބާ، މީނާ
ސައިކަލުގައި ހުޅަނގުން އިރަށް ސިނާއީ މަގަށް ނިކުންނަން) ދުއްވާފައި އަންނަނިކޮށް ފުލުހުން މަޑުކުރަން
އެންގުމުން، ނުކިޔަމަންތެރިވެ ސައިކަލު ދޫކޮށްލާފައި މަގުގެ އަނެއްކޮޅަށް ދުއްވައިގަތުމުން، ފުލުހުން މީނާއާއި
އަރާހަމަކޮށް، މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުނު ވަގުތު، މީނާގެ ކަނާއަތު މުށުގެ ތެރެއިން މީނާ
ހުރިދިމާ ގަސްތަކުގެ ތެރެއަށް އެއްލާލި ކަމަލް ލައިޓް ސިނގިރޭޓު ފޮށީގެ ތެރެއިން ވެއްޓުނު 01 ރަބަރު
ޕެކެޓުގައި 35.1767 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލާއި 11.4346 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ
ތަޙްލީލު ރިޕޯޓުން ދައްކާތީއާއި، މީނާގެ ކުޑަކަމުދާތަކެތި ތަޙްލީލު ކުރިއިރު ކެނެބިސްއަށް ޕޮޒިޓިވްވެފައިވާތީޞާއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
28ޖއިޗައް
3
2013/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
eއއނއ
3 3 3 3 4
95ޑ
ی سرشرمط مرح
ކުށުގެ
ދިތރކމނ
23=4
ހުރިކަމަށް ކަނޑައަޅުއްވައި ޝަރީޢަތުން ފާހަގަކުރައްވާ މައްސަލަ ސާބިތުނުވާކަމަށް ނިންމަވާފައި ވީނަމަ ދިވެހިރާއްޖޭގެ
ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ
(ރ) ދަށުން ޙަސަން ޔޫސުފްގެ މައްޗަށް، މަނާކުރެވިފައިވާ
ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ، އެމާއްދާގެ
(ބ) ގެ ދަށުން ޙަސަން ޔޫސުފްގެ މައްޗަށް، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ކުރާކަމަށާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ލ.ގަން މަތިމަރަދޫ މަންދަގެ ޙަސަން ޔޫސުފްގެ
މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުގެ މައްސަލައާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން
ބެލިބެލުމުން، މި މައްސަލާގައި ޙަސަން ޔޫސުފް ކަންތައްކުރިގޮތާއި، ޙަސަން ޔޫސުފް އެއްލާލިކަމަށް ހުށަހެޅިފައިވާ
ތަކެއްޗާއި ހެކިން ދައްކާފައިވާ ވާހަކަތަކާއި، އެތަކެތި ސިފަކޮށްދިނުމަށް ހުށަހެޅިފައިވާ
ލިޔެކިއުންތަކުގައި، ބޮޑެތި ޝުބުހާތަކެއް އުފެދޭ ކަންތައްތަކެއް ހުރުމުންނާއި، މި މައްސަލައާއި ގުޅިގެން ޙަސަން
ޔޫސުފްގެ ކުޑަކަމުދާތަކެތި ނެގުމުގައި އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަކޮށްފައިނުވާތީ،
މަނާކުރެވިފައިވާ
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށާއި، މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމުގެކުށް، ޙަސަން ޔޫސުފްގެ މައްޗަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް...
މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބޮޑެތި ޝުބުޙަތަކެއް
ބޭހޭގޮޓން
cccx
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
aw
4
2013/HC-A/j39
ހެކިބަހަކީ މައްސަލައިގެ އަޞްލުތަކުގެ މައްޗަށް ޤާނޫނު ތަޠުބީޤުކޮށް ކުށުގެ ޙާލަތާއި، ކުށުގެ ވެއްޓާއި މުއްތަޙިމާއި
ގުޅިގެންދާ ހެކިބަހެއްކަމާއި، އެ ހެކިބަހުގައި ހުރީ ސިފަކުރުމުގެ ތަފާތުތަކެއްކަމަށް ވީހިނދު، ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ޝަރީޢަތުން ފާހަގަކުރައްވާފައިވާ އެއްވެސް ޙާދިޞާއަކީ ހެކިބަހުގައި ހުރި
ސިފަކުރުމުގެ ތަފާތުކަމެއްގެ ސަބަބުން ނަތީޖާ ބަދަލުވުމުގެ އިޙްތިމާލެއް އޮތްކަމެއް ނޫންކަމަށް ބުނެ ހުށަހެޅި
OC
ނުކު•
• ދެވަނަ ނުކުތާއަކީ، މައްސަލާގައި ޙަސަން ޔޫސުފް އެއްލާލި ސިނގިރޭޓް ފޮށި ތެރެއިން
ފެނުނު ރަބަރު ޕެކެޓް ދަށު ކޯޓުގެ ޝަރީޢަތަށް ގެނެސްފައިވާއިރު، އެ ޕެކެޓް ޝަރީޢަތަށް ގެނެސްފައިނުވާކަމަށް
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 9 ވަނަ ނުކުތާގެ (ބ) ގައި ފާހަގަކުރައްވާފައިވަނީ ކަންހިނގާދިޔަ ގޮތާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
މި މައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ނިންމަން
ފެންނަ ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެ ރަޢުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. މިގޮތުން؟
އަޣުލަބިއްޔަތު ރަޢުޔު (ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު ޢަބްދުއްރައޫފު
އިބްރާހީމްގެ ރަޢުޔު) އާއި އެރަޢުޔު ބިނާކުރެވިފައިވާ އަސާސްތައް
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާގެ މައްސަލަ
ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންނަކީ ކ. މާލެ/ މއ. ސާނީވިލާ މުޙައްމަދު ޝިފާޢު (
4313207އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/j39
COX
އާއި ކ. މާލެ
އޭޝިއަންވިލެޖް ޙުސައިން އަޝްރާޙް (A022577) އާއި ހއ. ކެލާ އަސަރީގެ މޫސާ
ވަޖީޙު (A090379) އާއި ލ. މާމެންދޫ | ގުލޭޗަންޕާގެ އަޙްމަދު ވަޙީދު (A130504} ކަމާއި،
މުޙައްމަދު ޝިފާޢު ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިހަށް ދިފައިވާ ބަޔާނަށް ބަލާއިރު، މި މައްސަލައިގެ ޙާދިސާ ކޮންމެވެސް ވަރަކަށް ހަނދާން އެބަހުރިކަމަށް
ބުނެފައިވާކަމާއި، މި މައްސަލައިގެ ޙާދިސާ ހިނގި ސަރަޙައްދަށް ދިޔައީ ލިބުނު މަޢުލޫމާތަކާއި ގުޅިގެންކަމަށާއި،
މި އޮޕަރޭޝަންގައި 4 ފުލުހަށްވުރެ ގިނަ ފުލުހުން ބައިވެރިވިކަމަށާއި، އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވާގޮތަށް
އޮންނަ ބޮޑު މަގެއްކަމަށާއި، އެ ސަރަޙައްދުން ޙަސަން ޔޫސުފް ފެނުމުން ފުލުހުން ޙަސަން ޔޫސުފް ގާތު
މަޑުކުރުމަށް އެންގުމުން ސައިކަލު މަޑުކޮށް އެތަނަށް ސައިކަލު ވައްޓާލުމަށްފަހު ދުއްވައިގަތްކަމަށާއި، ދުވެފައި
ދިޔައިރު ޙަސަން ޔޫސުފްގެ ކަނާއަތު މުށު ތެރޭގައި ކެމަލް ލައިޓް ސިނގިރޭޓް ފޮށްޓެއް އޮތްކަމަށާއި، އަދި
ޙަސަން ޔޫސުފް ދުއްވައިގަތުމުން ފުލުހުން ޙަސަން ޔޫސުފްގެ ފަހަތުން ގޮސް ހިފަހައްޓަންވެގެން ޙަސަން ޔޫސުފްއާ
އަރާހަމަވި ވަގުތު، ޙަސަން ޔޫސުފްގެ އަތުގައި އޮތް ކަމަލް ލައިޓް ސިނގިރޭޓް ފޮށި އަތުގައި ހުރި ބާރުލާފައި
މައްޗަށް ހޫރުވާލިކަމަށާއި، އެ ފޮށި ހުރާލީ އެތާހުރި ގަސްތަކުގެ މައްޗަށްކަމަށާއި، އޭރު ޙަސަން ޔޫސުފް ހުރީ
ފުލުހުންނާއި ގާތްގަނޑަކަށް އަތްލެވޭހާ ހިސާބުގައިކަމަށާއި، އަދި އެ އެތި މަތީގައި ވަޔަށް ދިޔަ ވަގުތު އޭގެ
ތެރެއިން އިތުރު އެއްޗެއް ވަކިވެގެން ދިޔަކަމަށާއި، އެއީ ކަޅު ކުލައިގެ ކޮންއެއްޗެއްކަން ނޭނގޭކަމަށާއި،
ސިނގިރޭޓް ފޮށި ވެއްޓި ޖެހުނުތަން ނުދެކޭކަމަށާއި، ސިނގިރޭޓް ފޮށި އެއްލާލީ ޙަސަން ޔޫސުފްކަން
ޔަޤީންވާކަމަށާއި، ސިނގިރޭޓް ފޮށި އެއްލާލުމުން އެ އެތި ވެއްޓެނީ ކޮންތާކަށްތޯ ބަލަން ފުލުހުން އެތަނުގައި
ތިބިކަމަށާއި، ޙަސަން ޔޫސުފް ހިފެހެއްޓީ އެ ޕެކެޓް ހޫރުވާލިފަހުންކަމަށާއި، ފުލުހުން ހޯދީ ވަލުތެރެކަމަށާއި،
އެތަނުން ސިނގިރޭޓް ފޮށި ފެނުމުން، ސިނގިރޭޓް ފޮށްޓާއި
ވަކިވިކަން އެނގޭތީވެ އިތުރަށް
ހޯދިކަމަށާއި، އެ ސަރަޙައްދު ބަލާ ފާސްކުރުމުން ޕެކެޓެއް ފެނުނުކަމަށާއި، ޕެކެޓްއާއި ސިނގިރޭޓް ފޮށި ފެނުނީ
ދެތަނަކުންކަމަށާއި، އެއީ ޙަސަން ޔޫސުފް އެއްލާލި ޕެކެޓެއްކަން މުޙައްމަދު ޝިފާޢުއަށް އެނގެނީ މަތީގައި އޮތް
އިރު ފެނުނު ޕެކެޓާއި ރުކުން ފެނުނު ޕެކެޓާއި އެއްގޮތްވީދާކަމަށާއި،
OSCOX
884
12 0¢ ¢
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
Occ
މީގެ އިތުރުން، އެއީ އެހާ ދިގު ރުކެއްނޫންކަމަށާއި، އެ ރުކުގައި ހުންނާނީ މުޙައްމަދު ޝިފާޢުގެ
ދެ އިސްކޮޅުކަމަށާއި، ތިރީގައި ހުރިއިރު ވަރަށް ރީތިކޮށް އެ ޕެކެޓް ފެނުނުކަމަށާއި، އެ ޕެކެޓް ނެގޭ މުޙައްމަދު
ޝިފާޢު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުއްޖެއްގެ ކޮނޑަށް އަރައިގެންކަމަށާއި، އެއީ ފުލުހުން ސްޓޭޝަނުން
ތަން ސާފުކުރަން ގެނައި ކުދިންތަކުގެ ތެރެއިން ކުއްޖެއްކަމަށާއި، އެ ޕެކެޓް ނެގި ވަގުތު ޙަސަން ޔޫސުފް
ކައިރީގައި ހުރިކަމަށާއި، އެ ޕެކެޓް ނެގި ޙަސަން ޔޫސުފްއަށް ދައްކާފައިކަމަށާއި، އަދި އެއީ ހަސަން ޔޫސުފް
އެއްލާލި ޕެކެޓެއްކަމަށް އެވަގުތު އެއްބަސްވިކަމަށާއި، ޕެކެޓް ނެގިއިރު އެ ޕެކެޓް އޮތީ ސިނގިރޭޓް ފޮށި އެއްލާލި
ވަގުތު ވެއްޓެނިކޮށް ފެނުނު ޕެކެޓާއި ކުޑަކޮށް ތަފާތުކޮށް ހުޅުވިފައިކަމަށާއި، އަދި އެ ރުކުން ފެނުނު ޕެކެޓް
މަސްތުވާތަކެތީގެ ހޭޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާކަމަށް މުޙައްމަދު ޝިފާޢު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ޙުސައިން އަޝްރާޙް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދިން ބަޔާނަށް ބަލާއިރު، މި
މައްސަލައިގެ ޙާދިސާ ހަނދާން އެބަހުރިކަމަށާއި، މި ޙާދިސާ ހިނގި ސަރަޙައްދަށް ދާންޖެހުނީ ޙަސަން ޔޫސުފް
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ލިބުމުންކަމަށާއި، އެއީ މީހުން ނޫޅޭ ރަށުގެ ސަރަޙައްދެއްކަމަށާއި،
އެއީ އެކަމަށާއި، އެ މަގުގެ ދެފަރާތުގައި ހުންނަނީ ގަސްތައްކަމަށާއި، ޙަސަން ޔޫސުފް އައީ
ސައިކަލެއްގައިކަމަށާއި، ފުލުހުން ޙަސަން ޔޫސުފް ފެނުމުން މަޑުކުރަން ބުނުމުން ޙަސަން ޔޫސުފް ސައިކަލު
އަނބުރާލިކަމަށާއި، އަނބުރާލި ގަޑީގައި ޙަސަން ޔޫސުފްގެ އަތުން ސައިކަލު ދޫވުމުން ދުއްވައިގަތީކަމަށާއި، ދެން
ފުލުހުންވެސް ޙަސަން ޔޫސުފްގެ ފަހަތުން ދުއްވައިގަތީކަމަށާއި، ފުލުހުން ޙަސަން ޔޫސުފްއާ ވަރަށް ކައިރިވިފަހުން
ޙަސަން ޔޫސުފްގެ ކަނާއަތުގައި އޮތް ކަމަލް ލައިޓް ފޮށްޓެއް ގަސްގަނޑުގެ ތެރެއަށް އެއްލާލިކަމަށާއި، އެއްލާލީ
ކެމަލް ލައިޓް ފޮށްޓެއްކަން ޔަޤީންވާކަމަށާއި، އެ ފޮށީގެ ތެރެއިން ކަޅު ކުލައިގެ ހަތަރެސްކަނަށްއޮތް އެއްޗެއް
ނުކުތްކަން އެނގޭކަމަށާއި، އެ ފޮށި ޖެހުނުތަން ނުދެކޭކަމަށާއި، ޙަސަން ޔޫސުފް މިގޮތަށް
ކަންތައްކުރިކަން ޙުސައިން އަޝްރާޙްމެންނާއެކު
ޙަސަން ޔޫސުފް ހިފަހައްޓަން އުޅުނު ހުރިހާ ފުލުހުންނަށް
ފެންނާނެކަމަށާއި، މި އޮޕަރޭޝަންގައި ބައިވެރިވީ ކިތައް ފުލުހުންކަން ބުނަން ނޭނގޭކަމަށާއި، އެ ޕެކެޓް
ގަސްތަކުގެ ތެރެއަށް ވަދެގެން ހާވައިގެންވެސް ފުރަތަމަ ނުފެނުނުކަމަށާއި، ދެން ފުލުހުން ލ.އަތޮޅު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ދޫވެގެން
ޑީއްޖޭގެ
7
2013/HC-A/j39
5
OCC
ސްޓޭޝަނުން މީހުން ގެނެސްގެން ހޯދަމުން ދަނިކޮށް އެ ޕެކެޓް ރުކެއްގެ ފަންގަނޑު ތެރެއިން ފެނުނުކަމަށާއި، އެ
ޕެކެޓް ނެގޭ މުޙައްމަދު ޝިފާޢު މީހެއްގެ ކޮނޑަށް އަރައިގެންކަމަށާއި، އެއީ ލ.އަތޮޅު ޕޮލިސް ސްޓޭޝަނުން އައި
އެޖެއްކަމަށާއި، އެ ޕެކެޓް ނެގުމުގެ ކުރިން އެ ޕެކެޓް ޙަސަން ޔޫސުފްއަށް ދެއްކިކަމަށާއި، އަދި އެއީ
ކޮންއެއްޗެއްކަން ނޭނގޭކަމަށް ޙަސަން ޔޫސުފް ބުނެފައިވާކަމަށާއި، އެވަގުތު އެތަނުގައި ވަރަށް ބައިވަރު މީހުން
ތިބިކަމަށާއި، އެ ސަރަޙައްދުން އިތުރު ކެމަލް ލައިޓް ފޮށްޓެއް ނުފެންނަކަމަށާއި، ޙުސައިން އަޝްރާޙްއާއި
މުޙައްމަދު ޝިފާޢުއާ ދެމީހުން ތިބީ ޖެހިގެންނޫންކަމަށާއި، ޙަސަން ޔޫސުފް އެއްލާލި ޕެކެޓް އޮތީ ފަތްޖަހާފައިކަން
އެނގުނީ އެ ޕެކެޓް ނެގުމުންކަމަށާއި، އެ ވަގުތު އެއްލާލީ ކޮން އެއްޗެއްހޭ ޙަސަން ޔޫސުފްއާ ސުވާލުކުރުމުން
އެއްޗެއް އެއްލާނުލަމޭ ބުނިކަމަށާއި، އަދި އެ ރަބަރު ޕެކެޓް ޙަސަން ޔޫސުފްއަށް ދައްކާ ސުވާލުކުރުމުން އެއީ
ކޮންއެއްޗެއްކަން ނޭނގޭކަމަށް ޙަސަން ޔޫސުފް ބުނެފައިވާކަމަށް ޙުސައިން އަޝްރާޙް ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މޫސާ ވަޖީޙު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކި ބަހަށް ބަލާއިރު، މި
މައްސަލައިގެ ޙާދިސާ ހަނދާން އެބަހުރިކަމަށާއި، ޙާދިސާ ހިނގި ތަނަށް ދާންޖެހުނީ ޙަސަން ޔޫސުފް
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމަތަކާއި ގުޅިގެންކަމަށާއި، އެ ސަރަޙައްދަކީ
ވަށައިގެން ގަސް އޮންނަ މަގެއްކަމަށާއި، އެ ސަރަޙައްދުން ފުލުހުން ފެނުމާއެކު ޙަސަން ޔޫސުފް ސައިކަލް
އަނބުރާލާފައި ދާން އުޅުމުގެ ތެރޭގައި އެތަނުގެ ވެލިގަނޑު މަޑުވުމުން ސައިކަލު ކަހާލާގޮތްވީކަމަށާއި، ދެން
ސައިކަލު ދޫކޮށްލާފައި ޙަސަން ޔޫސުފް ދުއްވައިގަތީކަމަށާއި، ފުލުހުން ގޮސް ޙަސަން ޔޫސުފްއާ އަރާހަމަވިތަނުން
ޙަސަން ޔޫސުފްގެ ކަނާއަތު މުށުތެރޭގައި އޮތް ކަމަލް ލައިޓް ސިނގިރޭޓް ފޮށްޓެއް ފުދޭވަރަކަށް ބާރަށް
އެއްލާލިކަމަށާއި، އެއްލާލި ގަޑީގައި ގަސްތަކުގެ މަތީގައި އޮއްވާ ސިނގިރޭޓް ފޮށި ތެރެއިން ކަޅުކުލައިގެ ރަބަރު
ޕެކެޓެއް ވަކިވިތަން ފުލުހުންނަށް ފެނުނުކަމަށާއި، އެ ސަރަޙައްދު ފުލުހުން ބަލާ ފާސްކުރަމުން ދަނިކޮށް އެ ޕެކެޓް
ފެނުނީ އެތަނުގައި ކުޑަ ރުކެއްގެ ފަންގަނޑު ދޭތެރެއަށް ވެއްޓިފައި އޮއްވާކަމަށާއި، އެ ރުކުގައި ގާތްގަނޑަކަށް
ހުންނާނީ ދިހައެއް ނުވަތަ ބާރަވަރަކަށް ފޫޓުކަމަށާއި، ސިނގިރޭޓް ފޮށި އެއްލާލި ދިމާ ވެލިގަނޑުމަތީގައި އެސްޕެކްޓް
އޮތްކަމަށާއި، އެ ޕެކެޓް ނެގީ ރުކަށް އަރައިގެންކަމަށާއި، ރުކަށް އެރިގޮތެއް ސީދާ ބުނަން ނޭނގޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
OCOX
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.rv
8
2013/HC-A/139
ރަބަރު ޕެކެޓާއި
ނަމަވެސް ރުކަށް އެރީ ރުކުގައި އެއްޗެހި ބަނދެގެންނޫންކަން އެނގޭކަމަށާއި، ސިނގިރޭޓް ފޮށި ތެރެއިން ވެއްޓުނު
ބެހޭގޮތުން ޙަސަން ޔޫސުފް އާއި ސުވާލު ކުރެވިފައިވާނެކަމަށާއި، ނަމަވެސް އެ ގަޑީގައި ޙަސަން
ޔޫސުފް ދިން ޖަވާބެއް ނޭނގޭކަމަށް މޫސާ ވަޖީޙު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި،
މަދު ވަޙީދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، މި
މައްސަލައިގައި ޙާދިސާ ހަނދާން އެބަހުރިކަމަށާއި، މި މައްސަލައިގެ ޙާދިސާ ހިނގި ސަރަޙައްދަށް ފުލުހުން ދިޔައީ
ޙަސަން ޔޫސުފް އެ ސަރަޙައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ލިބިގެންކަމަށާއި، އެއީ
ދެފަރާތުގައި ގަސްތައް އޮންނަ މަގެއްކަމަށާއި، ފުލުހުން ފެނުމާއެކު ޙަސަން ޔޫސުފް ކޮންމެވެސް ވަރަކަށް
ސައިކަލު މަޑުކޮށްލިކަމަށާއި، ފުލުހުންވެސް ޙަސަން ޔޫސުފްއަށް މަޑުކުރަން އެންގިކަމަށާއި، މަޑުކޮށްލާފައި ޙަސަން
ޔޫސުފް ކުއްލިއަކަށް ސައިކަލު އަނބުރާލާފައި ދުއްވަން އުޅުނުކަމަށާއި، ދުއްވަން އުޅުމުން ފުލުހުން ޙަސަން
ޔޫސުފްއާ ދިމާލަށް ދާންފެށުމުން ޙަސަން ޔޫސުފްއަށް ސައިކަލު ދުއްވާނުލެވުނީއެއްކަމެއް ނޫނީ ފުލުހުން
އަނެއްފަރާތުން އަންނާތީވެ ސައިކަލު ދޫކޮށްލިކަމެއް ނޭނގޭކަމަށާއި، ސައިކަލު ދޫކޮށްލާފައި ދުއްވައިގަތުމުން
ފުލުހުން ޙަސަން ޔޫސުފްގެ ފަހަތުން ގޮސް ޙަސަން ޔޫސުފްއާ އަރާ ހަމަވި ވަގުތު ޙަސަން ޔޫސުފްގެ ކަނާއަތު
މުށުތެރޭގައި އޮތް ސިނގިރޭޓް ފޮށި އެއްލާލިކަމަށާއި، އެއީ ކެމަލް ލައިޓް ސިނގިރޭޓް ފޮށްޓެއްކަމަށާއި،
އެއްލާލުމުން ސިނގިރޭޓް ފޮށި ގަހެއްގެ މަތިން މައްޗަށް އެރިވަގުތު ސިނގިރޭޓް ފޮށި ތެރެއިން ކަޅުކުލައިގެ
އެއްޗެއް ހުރި ޕެކެޓެއް ނިކުމެގެން އެގަހުގެ މަތިން އެތެރެއަށް ވެއްޓުނުކަމަށާއި، އެ މަންޒަރު އަޙްމަދު ވަހީދުއަށް
ވަރަށް ރީއްޗަށް ފެނުނުކަމަށާއި، އެ ރަބަރު ޕެކެޓް ނެގީ ޙަސަން ޔޫސުފް އެ ޕެކެޓް އެއްލާލި ދިމާލުގައިހުރި
ގަސްތަކުގެ ތެރޭގައި ހުރި ރުކެއްގެ ފަންހޮޅި ތެރެއިންކަމަށާއި، އެ ސަރަޙައްދުގައި ވަރަށް ބައިވަރު މީހުން އެތަކެތި
ހޯދުމަށް ހަރަކާތްތެރިވަމުން ދިޔަކަމަށާއި، އެ ރަބަރު ޕެކެޓް ނެގޭ މުޙައްމަދު ޝިފާޢު މީހެއްގެ ކޮނޑަށް
އަރައިގެންކަމަށާއި، އެ ޕެކެޓް އޮތީ ފަތްޖަހާފައިކަމަށާއި، އަދި އެ ޕެކެޓް ނެގިއިރު ފަތްޖަހާފައި ހުރި ރޫތައް
އެނގެން ހުރުމުން އެއީ ޙަސަން ޔޫސުފް އެއްލާލި ޕެކެޓްކަން ޔަޤީންވާކަމަށާއި، އެ ރަބަރު ޕެކެޓާއި ބެހޭގޮތުން
ޙަސަން ޔޫސުފްއާ ސުވާލުކުރުމުން އެވަގުތު އެއީ ޙަސަން ޔޫސުފްގެ އެއްޗެއްކަމަށްވެސް އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ނުބުނާކަމަށާއި ނަމަވެސް ފަހުން ވާހަކަދެއްކުމުން އެއީ ޙަސަން ޔޫސުފް އެއްލާލި އެއްޗެއްކަމަށް ބުނެފައިވާކަމަށް
އަޙްމަދު ވަޙީދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވެންއޮންނަކަމެވެ.
Occc
(ށ) ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާގައި ޙަސަން
ޔޫސުފް އެއްލާލި ސިނގިރޭޓް ފޮށި ތެރެއިން ފެނުނު ރަބަރު ޕެކެޓް ދަށު ކޯޓުގެ ޝަރީޢަތަށް ގެނެސްފައިވާއިރު،
އެޕެކެޓް ޝަރީޢަތަށް ގެނެސްފައިނުވާކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 9 ވަނަ ނުކުތާގެ (ބ) ގައި
ފާހަގަކުރައްވާފައިވަނީ ކަންހިނގާދިޔަ ގޮތާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ
ގޮތުގެ ރިޕޯޓުގެ 9 ވަނަ ނުކުތާގެ (ބ) ގައި މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ފޮޓޯގައިވާ
ޕެކެޓަކީ ކޮން މައްސަލައަކާއި ގުޅޭ ޕެކެޓެއްކަން އެނގެން ނެތުމުން، މި މައްސަލާގައި ހިމެނޭ ޕެކެޓު ޝަރީޢަތަށް
ހުށަހަޅާނެކަމަށް ދައުލަތުގެ ފަރާތުން ބުނިނަމަވެސް، މި މައްސަލަ ނިމުމާ ހަމައަށްވެސް ދައުލަތުގެ ފަރާތުން އެ
ޕެކެޓު ޝަރީޢަތަށް ގެނެސްދީފައިނުވާތީ، މި މައްސަލާގައި ހެކިން ސިފަކޮށްދިން ޕެކެޓާއި، އެ ދުވަހު ފެނުނުކަމަށް
ބުނާ ޕެކެޓާއި އަޅާ ކިޔައި، ދިރާސާއެއް ކުރެވޭގޮތްވެފައިނުވާކަމަށް ކްރިމިނަލް ކޯޓުން
ފާހަގަކުރައްވާފައިވާއިރު،
2010 އޮގަސްޓް 22 ވަނަ ދުވަހު އިސްތިއުނާފުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ދަށު ކޯޓުގައި
ބޭއްވުނުކަމަށާއި، 50 ގްރާމްގެ ތެޔޮ ކެނަބިސް ޕެކެޓެއް ފަތްޖެހުމަށްފަހު ކަމަލް ލައިޓް ސިނގިރެޓް ފޮށި ތެރެއަށް
ލެވޭނޭކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރަން ދަތިކަމަށްބުނެ، މިކަން ދައުލަތުން ދައްކައިދިނުމަށް ޙަސަން
ޔޫސުފްގެ ފަރާތުން އެދުމާ ގުޅިގެން، ޙަސަން ޔޫސުފްގެ އަތުން އެއްލާލިކަމަށް ބުނާ ކަމަލް ލައިޓް ފޮށީގެ ތެރެއިން
ވެއްޓުނު އެރަބަރު ޕެކެޓް ޝަރީޢަތުގެ މަޖިލިހުގައި ހުށަހެޅުމަށްޓަކައި ފޮރެންސިކްސް ޑިޕާޓްމަންޓްގެ ކޯޕްރަލް
މުޙައްމަދު ތިހާމީ ޝަރީޢަތަށް ޙާޟިރުކުރައްވާ ޝަރީޢަތުގެ މަޖިލީހުގައި އެ ޕެކެޓް ފަތްޖެހުމަށްފަހު ކަމަލް ލައިޓް
ސިނގިރޭޓް ފޮށީގެ ތެރެއަށްލާފައި ދެއްކިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އަދި މިކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ
އެކަމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/139
ޕެކެޓް
ޝަރީޢަތުގެ މަޖިލިހުގައި ޙަސަން ޔޫސުފްއާ ސުވާލުކުރުމުން، އެދުވަހު ފުލުހުން ޝަރީޢަތުގެ މަޖިލިހަށް ޕެކެޓެއް
ގެނައިކަމަށް ޙަސަން ޔޫސުފްގެ ފަރާތުންވެ. އެއްބަސްވާކަން
ގުން ފާހަގަކުރެވޭކަމާއި، އެހެންނަމަ ،
ސިނގިރޭޓް ފޮށި ތެރެއަށްލީކަމުގެ ހަނދާނެއް ނުވާކަމަށް ޙަސަން ޔޫސުފްގެ ފަރާތުން ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
22 އޮގަސްޓް 2010 ގައި އިސްވެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހެއް ބޭއްވުނުކަން އެނގޭނެފަދަ
އެއްވެސް ލިޔެކިއުމެއް ހިމެނިފައިނުވާތީ، 22 އޮގަސްޓް 2010 ގައި މި މައްސަލައިގެ ޝަރީޢަތުގެ މަޖިލިހެއް
ބޭއްވުނުކަން ނުވަތަ ނޫންކަން ސާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކްރިމިނަލް ކޯޓުގައި އެދުމުން، ކްރިމިނަލް
ކޯޓުގެ ނަންބަރު 95
/
2013
/
18/F/145 (24 އޮކްޓޯބަރު 2013) ސިޓީއިން އެ ކޯޓުގެ ނަންބަރު
2010/Cr
-
C/960 ޤަޟިއްޔާގެ އަޑުއެހުމެއް 22 އޮގަސްޓް 2010 ގައި ބޭއްވިފައިވާކަން އެ ކޯޓުގެ
ލިޔެކިޔުންތަކުން އެނގެންނެތްކަމަށް ވިދާޅުވެފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި، 22 އޮގަސްޓް 2010 ގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލައާ ގުޅޭ ސިނގިރޭޓް ފޮށްޓާއި އެ ފޮށީގެ ތެރެއިން ވެއްޓުނުކަމަށް ބުނާ
ޕެކެޓް ޝަރީޢަތުގެ މަޖިލިހަށް ގެނެވުނުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާއިރު، އެ
ދުވަހު ފުލުހުން ޝަރީޢަތުގެ މަޖިލިހަށް ޕެކެޓެއް ގެނައިކަމަށް ޙަސަން ޔޫސުފްގެ ފަރާތުންވެސް
އެއްބަސްވެފައިވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓާއި އެ ރިޕޯޓާއެކު ހިމެނިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި
މައްސަލަ
ސަލައާގުޅޭ ސިނގިރޭޓް ފޮށްޓާއި ޕެކެޓް
ގެނެވުނުކަން އެނގޭނެ ބަޔާނެއް ނުވަތަ ލިޔުމެއް އެ ރިޕޯޓާއެކު ހިމެނިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި
ހިމަނުއްވާފައި ނުވިނަމަވެސް،
11 ޖެނުއަރީ 2011 ގައި މި މައްސަލައާ ގުޅޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޚުލާސާ ބަޔާނަށް ބަލާއިރު، އެ ބަޔާނުގައި މި މައްސަލައިގެ ދިފާޢީ
ވަކީލު މަސްތުވާތަކެތި ހިމެނޭ ޕެކެޓް ސިނގިރޭޓް ފޮށްޓެއްގެ ތެރެއަށް ނުލެވޭނެކަމަށް ބުނެ އެކަމާ މެދު ސުވާލު
އުފައްދާފައިވާތީ، އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް އެކްސްޕާރޓެއް ޙާޝި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/j39
ހެކިބަސް ނެގުނުކަމަށް އެ ޚުލާސާ ބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން،
އެ ފޮށީގެ
ކޮންޑިޝަންގައި އޮތް ހުސް ސިނގިރޭޓް ފޮށްޓެއްގެ ތެރޭގައި އެއަށްވުރެ ބަރު އެއްޗެއް އޮތްނަމަ، އެއްލާލެވޭ
އޭންގަލަކުން ނުވަތަ އެއްލާލެވޭ ގޮތަކުން އެންމެ ގާތީ ރަބަރު ޕެކެޓް އޭގެ ތެ
ތެރެއިން ވެއްޓުންކަމަށް އެ އެކްސްޕާޓް
ބުނެފައިވާކަމަށް އިސްވެ އިޝާރާތް ކުރެވުނު ޚުލާޞާ ބަޔާނުގައި އޮތުމުން، އިސްވެ ބުނެވުނު އެކްސްޕާރޓް
ދީފައިވާ އެއްވެސް ބަޔާނެއް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނުއްވާފައި ނުވިނަމަވެސް، ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލިހަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް އެކްސްޕާރޓެއް ޙާޟިރުކުރެވިގެން
މައްސަލައާ ގުޅޭ ސިނގިރޭޓް ފޮށްޓާއި އެ ފޮށީގެ ތެރެއިން ވެއްޓުނު ރަބަރު ޕެކެޓް އެ ފޮށީގެ ތެރެއިން ވެއްޓޭނެ
ގޮތް ދައްކައި، އެކަމާބެހޭ ގޮތުން ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދެކެވުނުކަން އެނގޭކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/960 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
9 ވަނަ ނުކުތާގެ (ބ) ގައި މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ފޮޓޯގައިވާ ޕެކެޓަކީ ކޮން މައްސަލައަކާއި
ގުޅޭ ޕެކެޓެއްކަން އެނގެން ނެތްކަމަށް އެ ކޯޓުން ވިދާޅުވެފައިވާއިރު، ހަމަ އެ ރިޕޯޓުގެ 2 ވަނަ ނުކުތާގައި
ޙަސަން ޔޫސުފްގެ މައްޗަށް އެންމެ ފުރަތަމަ ދަޢުވާ ހުށަހެޅިފައިވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ
ވަނަ ދުވަހުގައިކަމަށް ބަޔާންކުރައްވާފައިވާކަމާއި، އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ނަންބަރު 301/ޏކ/28/2010 ދަޢުވާ ހުށަހަޅާ ފޯމުންކަމަށާއި، އެ ފަހަރު ދަޢުވާ ހުށަހެޅިއިރު، ދަޢުވާގައި
ލިޔެފައިވަނީ "މީނާ ހުރިދިމާ ގަސްތަކުގެ ތެރެއަށް އެއްލާލި ކަމަލް ލައިޓް ސިނގިރޭޓް ފޮށީގެ ތެރެއިން ފެނުނު
01 ރަބަރު ޕެކެޓު" ކަމަށާއި، އަދި އެފަހަރު ދަޢުވާ ހުށަހެޅިއިރު ދަޢުވާއާއެކު ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި
މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓަކާއި ސިނގިރޭޓް ފޮށްޓެއް ހިމެނޭ ފޮޓޯއެއް ހުށަހަޅާފައިވާކަމަށާއި،
އަދި އެ ފޮޓޯގެ ތިރީގައި "ފޮޓޯ ނުފޮނުވާގޮތަށް، ދީބާ، 13.01.2010، ސަބަބު: ކޮން މައްސަލައަކާ ގުޅޭ
އެއްޗެއްކަން އެނގެން ނެތަތީ، މި މައްސަލައާއި މި ފޮޓޯއާ ހުރިގުޅުން ދައުލަތަށް ސާބިތުކޮށްދިނުމަށް
ދަތިވާނެކަމަށް ފެންނާތީ" މިހެން ލިޔެފައިވާކަމަށާއި، ޙަސަން ޔޫސުފްގެ މައްޗަށް އެފަހަރު ހުށަހެޅުނު ދަޢުވާއާއެކު
ހުށަހެޅި ލިޔުންތައް ޙަސަން ޔޫސުފްއަށް ދޫކުރިއިރު އިސްވެ ބުނެވުނު ފޮޓޯގެ ކޮޕީއެއްވެސް އެ
ކުރެވުނުކަމާއި، އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުނު ދުވަހު ޙަސަން ޔޫސުފްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
"18
ގެ"
ދޫ
12
2013/HC-A/j39
2xޑ
33
ފޮޓޯގެ ވާހަކައާއި އަދިވެސް އެ ޙާދިސާއާ ގުޅޭ އެހެނިހެން ކަންތައްތަކުގެ ވާހަކަ ފާހަގަކުރުމުގެ ސަބަބުންނާއި،
އެކަންތައްތައް ރަނގަޅު ކުރުމަށް ކްރިމިނަލް ކޯޓުން ދައުލަތަށް އެންގެވުމުން، ދައުލަތުގެ ފަރާތުން އެ މައްސަލަ
އަނބުރާ ގެންދިޔަކަމަށާއި، މި މައްސަލައިގައި ދެވަނަ ފަހަރަށް ޙަސަން ޔޫސުފްގެ މައްޗަށް ދަޢުވާ ހުށަހެޅިފައިވަނީ
2010 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުގައިކަމަށާއި، އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ނަންބަރު 1735 ޖިށ/28
/
2010 ދަޢުވާ ހުށަހަޅާ ފޯމުންކަމަށާއި، ދަޢުވާ ހުށަހަޅާ ފޯމުގައި މިފަހަރު ލިޔެފައިވަނީ
"މީނާ ހުރިދިމާ ގަސްތަކުގެ ތެރެއަށް އެއްލާލި ކަމަލް ލައިޓް ސިނގިރޭޓް ފޮށި ތެރެއިން ވެއްޓުނު 01 ރަބަރު
ޕެކެޓް" ކަމަށާއި، ޙަސަން ޔޫސުފްގެ މައްޗަށް ދެވަނަ ފަހަރަށް ދަޢުވާ ހުށަހެޅިއިރު، ކުރިން ބުނެވުނު ފޮޓޯ
މައްސަލައިގައި ހުށަހެޅުނު ލިޔުންތަކާއެކު ހުށަހެޅިފައިނުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަމާއި،
އިސްވެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއެކު ހިމެނިފައިވާ ލިޔުންތަކަށް
ބެލިއިރު، "2009
/
8820-LC" މިހެން ލިޔެފައިވާ، ކެމަލް ލައިޓް ސިނގިރޭޓް ހުސްކުރި ފޮށްޓަކާއި
މަސްތުވާތަކެތި އަޅާފައިހުރިކަމަށް ބެލެވޭ ރަބަރު ޕެކެޓެއްގެ ފޮޓޯ ހިމެނިފައިވާކަން ފާހަގަކުރެވޭކަމާއި، އިސްވެ
ބުނެވުނު ފޮޓޯއަކީ ޙަސަން ޔޫސުފްގެ މައްޗަށް އެންމެ ފުރަތަމަ ކުރެވުނު ދަޢުވާއާ ގުޅިގެން ހުށަހެޅުނު ފޮޓޯއެއް
ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި، މި
މައްސަލައާގުޅޭ ފޮޓޯ ހުށަހެޅުމަށް އަލުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުން، އަލުން އެލް.ސީ
ނަންބަރާއެ މެޝަމަންޓްސް ހިމެނޭ ގޮތަށް ފޮޓޯއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުށަހެޅުމުން،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ފޮޓޯ ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމުން، ޝަރީޢަތަށް ހެކި
ގެންނަންޖެހޭނީ "ފިޒިކަލީ"ކަމަށް އެ ކޯޓުން އެންގެވިކަމަށާއި، އެހެންކަމުން، 22 އޮގަސްޓް 2010 ގައި ބޭއްވުނު
އަޑުއެހުމުގައި ޙަސަން ޔޫސުފް އެއްލާލިކަމަށް ބުނާ ކަމަލް ލައިޓު ފޮށްޓާއި އޭގެ ތެރެއިން ވެއްޓުނު ކަމަށް ބުނާ
ރަބަރު ޕެކެޓު ޝަރީޢަތަށް ހުށަހެޅުނުކަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައި އޮތުމުން، އަދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮންމެވެސް ރަބަރު ޕެކެޓެއް ޝަރީޢަތަށް ގެނައިކަމަށް ޙަސައްޖޭގެ
ޔޫސުފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިއޮތުމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
Oc 2x
2 ހއބ
13
2013/HC-A/j39
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގައި މި މައްސަލައިގައި ހިމެނޭ ޕެކެޓު ޝަރީޢަތަށް ހުށަހަޅާނެކަމަށް ދައުލަތުގެ ފަރާތުން ބުނިނަމަވެސް، މި
މައްސަލަ ނިމުމާ ހަމައަށްވެސް ދައުލަތުގެ ފަރާތުން އެ ޕެކެޓު ޝަރީޢަތަށް ގެނެސްދީފައިނުވާތީއާއި ފޮޓޯގައިވާ
ޕެކެޓަކީ ކޮން މައްސަލައަކާއި ގުޅޭ ޕެކެޓެއްކަން އެނގެން ނެތްކަމަށް އެ ކޯޓުން ފާހަގަކުރައްވާފައިވީ ނަމަވެސް،
އިސްވެ ބުނެވުނު ރިޕޯޓުގައި ހިމެނިފައިވާ ފޮޓޯއާއި އަދި މި މައްސަލައިގައި ހިމެނޭ ދެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން، މި މައްސަލައިގައި އިޝާރާތްކުރެވޭ ކަމަލް ލައިޓް ސިނގިރޭޓް ހުސްކުރި
ފޮށްޓާއި އޭގެ ތެރެއިން ވެއްޓުނުކަމަށް ބުނާ ރަބަރު ޕެކެޓް އަޅާކިޔާ، ދިރާސާ ކުރެއްވޭނެ ފުރުޞަތު ކްރިމިނަލް
ކޯޓަށް ގެއްލިފައިވާކަމަށް ބެލެވެން ނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބޮޑެތި ޝުބުޙަތަކެއް
ހުރިކަމަށް ކަނޑައަޅުއްވައި ޝަރީޢަތުން ފާހަގަކުރައްވާ މައްސަލަ ސާބިތުނުވާކަމަށް ނިންމަވާފައި ވީނަމަވެސް،
މިހެކިބަހަކީ މައްސަލައިގެ އަޞްލުތަކުގެ މައްޗަށް ޤާނޫނު ތަޠުބީޤުކޮށް ކުށުގެ ޙާލަތާއި، ކުށުގެ ވެއްޓާއި
މުއްޙަތާއި ގުޅިގެންދާ ހެކިބަހެއްކަމަށާއި، އެހެކިބަހުގައި ހުރީ ސިފަކުރުމުގެ ތަފާތުތަކެއްކަމުގައި ވީހިނދު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/960 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 9 ވަނަ
ނުކުތާގައި ޝަރީޢަތުން ފާހަގަކުރައްވާފައިވާ އެއްވެސް ޙާދިޞާއަކީ ހެކިބަހުގައި ހުރި ސިފަކުރުމުގެ ތަފާތުކަމެއްގެ
ސަބަބުން ނަތީޖާ ބަދަލުވުމުގެ އިޙްތިމާލެއް
ނޫންކަމަށް
ނުކުތާއަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުން ނަޒަރުކުރިއިރު،
ޙަސަން ޔޫސުފްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމުގައި ބޮޑެތި ޝުބުޙަ އުފެދޭ
ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާގެ
(ހ) ގައި، ޙާދިޞާ ހިނގާދިޔަ ދުވަހު ޙަސަން ޔޫސުފްއަށް ފުލުހުން ފެނުމުން، ޙަސަން ޔޫސުފް ދުއްވަމުން
2. 2x
ބުނެ ހުށަހެޅި
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/139
ގެންދިޔަ ސައިކަލު ދޫކޮށްލާފައި ދުއްވައިގަތްކަމަށް ބައެއް ހެކިން ބުނާއިރު، ޙަސަން ޔޫސުފްގެ އަތުން ސައިކަލު
ދޫވެގެން ދިޔައީކަމަށް އަނެއްބައި ހެކިން ބުނެފައިވާކަމަށް ފާހަގަކުރައްވާފައިވާކަމާއި،
އިސްވެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް މުޙައްމަދު ޝިފާޢު ދީފައިވާ ބަޔާނުގައި،
އެ ސަރަޙައްދުން ޙަސަން ޔޫސުފް ފެނުމުން ފުލުހުން ޙަސަން ޔޫސުފް ގާތު މަޑުކުރުމަށް އެންގުމުން ސައިކަލު
މަޑުކޮށް އެތަނަށް ސައިކަލު ވައްޓާލުމަށްފަހު ދުއްވައިގަތްކަމަށް ބުނެފައިވާކަމާއި، ޙުސައިން އަޝްރާޙްގެ ބަޔާނުގައި
ފުލުހުން ޙަސަން ޔޫސުފް ފެނުމުން މަޑުކުރަން ބުނުމުން ޙަސަން ޔޫސުފް ސައިކަލު އަނބުރާލިކަމަށާއި، އަނބުރާލި
ގަޑީގައި ޙަސަން ޔޫސުފްގެ އަތުން ސައިކަލު ދޫވުމުން ދުއްވައިގަތީކަމަށާއި، މޫސާ ވަޖީޙުގެ ބަޔާނުގައި އެ
ސަރަޙައްދުން ފުލުހުން ފެނުމާއެކު ޙަސަން ޔޫސުފް ސައިކަލް އަނބުރާލާފައި ދާން އުޅުމުގެ ތެރޭގައި އެތަނުގެ
ވެލިގަނޑު މަޑުވުމުން ސައިކަލު ކަހާލާގޮތްވީކަމަށާއި، ދެން ސައިކަލު ދޫކޮށްލާފައި ޙަސަން ޔޫސުފް
ދުއްވައިގަތީކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަޙްމަދު ވަޙީދުގެ ބަޔާނުގައި، ފުލުހުން ފެނުމުން ޙަސަން
ޔޫސުފް ސައިކަލު މަޑުކޮށްލާފައި ކުއްލިއަކަށް އަނބުރާލާފައި ދުއްވަން އުޅުނުކަމަށާއި، ދުއްވަން އުޅުމުން ފުލުހުން
ޙަސަން ޔޫސުފްއާ ދިމާލަށް ދާން ފެށުމުން ޙަސަން ޔޫސުފްއަށް ސައިކަލު ދުއްވާނުލެވުނީއެއްކަމެއް، ނޫނީ ފުލުހުން
އަނެއްފަރާތުން އަންނާތީވެ ސައިކަލު ދޫކޮށްލީކަމެއް ނޭނގޭކަމަށް އަޙްމަދު ވަޙީދު ބުނެފައިވާކަން ފާހަގަކުރެވެން
އެ ދުވަހު ޙާދިސާ ހިނގާދިޔަކަމަށް ބުނާ ސަރަޙައްދަށް ސައިކަލުގައި ޙަސަން ޔޫސުފް ދިޔަކަމަށް
ޚުދު ޙަސަން ޔޫސުފްވެސް އިންކާރުކޮށްފައިނުވާކަމާއި، ޙަސަން ޔޫސުފްގެ އަތުން ސައިކަލު ދޫވެގެންދިޔައީކަމުގައި
ބެލި ނަމަވެސް، ނުވަތަ ޙަސަން ޔޫސުފް ސައިކަލު ދޫކޮށްލާފައި ދުއްވައިގަތްކަމުގައި ބެލިނަމަވެސް، ހެކިންގެ
ހެކިބަހުގައި ވަނީ ޙަސަން ޔޫސުފް އެ ސަރަޙައްދުން ހިފަހައްޓަންވެގެން މަސައްކަތްކުރި ފުލުހުންނަށް ސިފަ
ކުރެވުނު ގޮތްކަމާއި،
އެހެންކަމުން،
މިއީ މައްސަލައިގެ މައުޟޫޢުއާމެދު ޝަބުޙަ އުފެދޭނެ ޖާގައޮތް
cuc>
4
4
2 ހ & 4
4
3
2
4 އދ
ފަށްމއކމށް
ނޫންކަމާއި،
އިސްތިއުނާފު
ތިއުނާފު ކުރެވޭ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާނައިގެޖޭގެ ހައި
9 ވަނަ ނުކުތާގެ (ށ) ގައި، ޙަސަން ޔޫސުފް އެއްލާލިކަމަށް ބުނާ ސިނގިރޭޓް ފޮށީގެ ތެރެއިން ނިކުމެގެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
15
2013/HC-A/139
ފާއި4e
Occ
- COC
މީހެއްގެ
.ޓުނުކަމަށް ބުނާ ރަބަރު ޕެކެޓް ފެނުނު ރުކުން، އެ ޕެކެޓް ނެގީ އެތަނުގައި ހުރި ފުލުހެއްގެ ކޮނޑަށް
މުޙައްމަދު ޝިފާޢު އަރައިގެންކަމަށް ބައެއް ހެކިން ބުނާއިރު، އެ ޕެކެޓް ނެގި ރުކަށް އަރައިގެންކަމަށް އަނެއްބައި
ހެކިން ބުނާކަމަށް ފާހަގަކުރައްވާފައިވާއިރު، އެ ނުކުތާގެ (ނ) ގައި، ކޮނޑަށް އެރުނު ފުލުހަކީ ކާކުކަން އެއްވެސް
މީހަކަށް ބުނެދެވިފައިނުވުމާއި، އެކަން ސާބިތުކުރުމަށް އެމީހެއްގެ ބަޔާނެއްވެސް ނެގިފައިނުވާކަމަށާއި، އަދި މިއީ
ބޮޑެތި ޝުބުޙަ އުފެދޭ ކަންތައްތަކެއްކަމަށް އެ ކޯޓުން ފާހަގަކުރައްވާއިރު،
މުޙައްމަދު ޝިފާޢު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު،
މުޙައްމަދު ޝިފާޢު ރުކުން އެ ޕެކެޓް ނެގީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުއްޖެއްގެ ކޮނޑަށް
އަރައިގެންކަމަށާއި، އެއީ ތަން ސާފުކުރަން ފުލުހުން ސްޓޭޝަނުން ގެނައި ކުދިންތަކުގެ ތެރެއިން ކުއްޖެއްކަމަށާއި،
ޙުސައިން އަޝްރާޙް ޝަރީޢަތުގެ މަޖިލިހަށް ދިން ބަޔާނުގައި، ލ.އަތޮޅު ޕޮލިސް ސްޓޭޝަނުން މީހުން
ގެނެސްގެން ހޯދުމުން އެ ޕެކެޓް ރުކެއްގެ ފަންގަނޑު ތެރެއިން ފެނުނުކަމަށާއި، އެ ޕެކެޓް ނެގީ މުޙައްމަދު ޝިފާޢު
އްގެ ކޮނޑަށް އަރައިގެންކަމަށާއި، އެއީ ލ.އަތޮޅު ޕޮލިސް ސްޓޭޝަނުން އައި ކުއްޖެއްކަމަށާއި، މޫސާ ވަޖީޙުގެ
ބަޔާނުގައި، އެ ޕެކެޓް ނެގީ ރުކަށް އަރައިގެންކަމަށާއި، ރުކަށް އެރިގޮތެއް ސީދާ ބުނަން ނޭނގޭކަމަށާއި،
އެހެންނަމަވެސް ރުކަށް އެރީ ރުކުގައި އެއްޗެހި ބަނދެގެންނޫންކަން އެނގޭކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަޙްމަދު ވަޙީދުގެ ބަޔާނުގައި، އެ ސަރަޙައްދުގައި ވަރަށް ބައިވަރު މީހުން އެތަކެތި ހޯދުމަށް ހަރަކާތްތެރިވަމުން
ދިޔަކަމަށާއި، އެ ރަބަރު ޕެކެޓް ނެގޭ މުޙައްމަދު ޝިފާޢު މީހެއްގެ ކޮނޑަށް އަރައިގެންކަމަށް އަޙްމަދު ވަޙީދު
ބުނެފައިވާކަން ފާހަގަކުރެވެންއޮތްއިރު،
އިސްވެ ފާހަގަކުރެވުނު މި މައްސަލައިގެ ޙާދިސާ ހިނގާދިޔަ ދުވަހު ޙަސަން
ޔޫސުފް ސިނގިރޭޓް ފޮށްޓެއް އެއްލާލުމުން، ފޮށީގެ ތެރެއިން ރަބަރު ޕެކެޓެއް ވެއްޓުނުތަން އެވަގުތު އެތަނުގައި
ތިބި ފުލުހުންނަށް ފެނުމާގުޅިގެން، އަދި އެ ޕެކެޓް ހޯދުމަށް އެ ސަރަޙައްދު ސާފުކުރުމަށް އިތުރު ފުލުހުން ޙާދިސާ
ހިނގިތަނަށް ފަހުން ގެނެވުނުކަމާއި، އެ ސަރަޙައްދު ބަލައި ފާސްކުރުމުން ރުކެއްގެ ތެރެއިން ޙަސަން ޔޫސުފް
އެއްލާލި ޕެކެޓް ފެނިފައިވާކަމާއި، އެ ޕެކެޓް ނެގީ މުޙައްމަދު ޝިފާޢު މީހެއްގެ ކޮނޑަށް އަރަ
އަރައިގެންކަ
މުޙައްމަދު ޝިފާޢުއާއި ޙުސައިން އަޝްރާޙްއާއި އަޙްމަދު ވަޙީދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
OXOCCE
هނeކން،
ލޯކަލްޤައްޖޭގެ ހައި
އޭވާ
16
2013/HC-A/139
ދީފައިވާ ބަޔާންތަކުގައި ފުށުއެރުންތަކެއް ނެތި އެނގެން އޮތްއިރު، މޫސާ ވަޖީޙު ބުނެފައިވަނީ އެ ޕެކެޓް ނެގީ
ރުކަށް އަރައިގެންކަމަށާއި އެހެންނަމަވެސް ރުކަށް އެރި ގޮތެއް ސީދާ ބުނަން ނޭނގޭކަމަށާއި، ނަމަވެސް ރުކަށް
އެރީ ރުކުގައި ސީދާ އެއްޗެހި ބަނދެގެންނޫންކަމަށް ބުނެފައިވާއިރު، މޫސާ ވަޖީޙުގެ ހެކިބަހާއި، އަނެއް ތިން
ހެކިންގެ ހެކިބަހާވެސް ފުށުއެރުންތަކެއްވާކަމަށް ބެލެވެން ނެތްކަމާއި، އަދި މި ޙާދިސާއާ ގުޅިގެން ކޮނޑަށް އެރުނު
ފުލުހުގެ ތަފްޞީލާއި އެފަރާތުގެ ބަޔާނެއް ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅިފައި ނެތުމަކީ މި މައްސަލައިގައި
ކަން ހިނގާދިޔަ ގޮތް ނަފީ ކުރެވޭވަރުގެ ސަބަބެއްނޫންކަމެވެ.
ޟިއްޔާގެ
22ކ
އއއ
مرسوم
(ށ) ހަތަރުވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާގެ (ޅ) ގައި އެ ސަރަޙައްދުން
ފުލުހުންނަށް ފެނުނު ޕެކެޓާއި ބެހޭގޮތުން ޙަސަން ޔޫސުފްއާ އެވަގުތު ސުވާލުކުރުމުން އެ ޕެކެޓަކީ ޙަސަން
ޔޫސުފްގެ އެއްޗެއްކަމަށް ޙަސަން ޔޫސުފް ބުނިކަމަށް އެއްހެއްކަކު ބުނާއިރު، ދެވަނަ އެކިމީހާ ބުނެފައިވަނީ އެ
ތަކެއްޗަކީ ކޮންއެއްޗެއްކަން ނޭނގޭކަމަށް ޙަސަން ޔޫސުފް ބުނެފައިވާކަމަށާއި، އަދި ތިންވަނަ ހެކިމީހާ ބުނެފައިވަނީ
އެ ތަކެއްޗާ ބެހޭގޮތުން އެ ގަޑީގައި ޙަސަން ޔޫސުފް ބުނި ނގޭކަމަށާއި، އަދި ހަތަރުވަނަ ހެކިމީހާގެ
ބަހުގައި އެ ވަގުތު އެ ޕެކެޓާއި ބެހޭގޮތުން ޙަސަން ޔޫސުފް އެއްވެސް އެއްޗެއް ނުބު6
ނުބުނާކަމަށާއި، އެހެންކަމުން،
މިއީ
ޝުބުޙަ އުފެދޭ ކަމެއްކަމުގައި އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު،
މުޙައްމަދު ޝިފާޢު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި، އެ ޕެކެޓް
ނެގި ވަގުތު ޙަސަން ޔޫސުފް ކައިރީގައި ހުރިކަމަށާއި، އަދި އެއީ ޙަސަން ޔޫސުފް އެއްލާލި ޕެކެޓެއްކަމަށް އެވަގުތު
އެއްބަސްވިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، ޙުސައިން އަޝްރާޙް ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ
ބަޔާނުގައި، އެ ރަބަރު ޕެކެޓް ޙަސަން ޔޫސުފްއަށް ދައްކާ ސުވާލުކުރުން އެއީ ކޮންއެއްޗެއްކަން ނޭނގޭކަމަށް
ޙަސަން ޔޫސުފް ބުނެފައިވާކަމަށާއި، މޫސާ ވަޖީޙު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި،
ސިނގިރޭޓް ފޮށި ތެރެއިން ވެއްޓުނު ރަބަރު ޕެކެޓާއި ބެހޭގޮތުން ޙަސަން ޔޫސުފްއާ ސުވާލު ކުރުމުން، އެ ގަޑީގައި
ޙަސަން ޔޫސުފް ދިން ޖަވާބެއް ނޭނގޭކަމަށް މޫސާ ވަޖީޙު ބުނެފައިވާކަމާއި، އަޙްމަދު ވަޙީދު ކްރިމިނަލް ކޯޓްގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
17
2013/HC-A/139
ޑ ވ 3
އި4
އެއްޗެއްކަމަ
ހހ2
ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި، އެ ރަބަރު ޕެކެޓާއި ބެހޭގޮތުން
ގޮތުން ޙަސަން ޔޫސުޕްއާ ސުވާލުކުރުން
އެވެސް އެއްޗެއް ނުބުނާކަމަށާއި ނަމަވެސް ފަހުން ވާހަކަދެއްކުމުން އެއީ ޙަސަން ޔޫސުފް އެއްލާލި
ބުނެފައިވާކަމަށް އަޙްމަދު ވަޙީދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން
ފާހަގަކުރެވެންއޮތްއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/960 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ހެކިންގެ
ގޮތުގައި ޙާޟިރުކުރެވުނު މުޙައްމަދު ޝިފާޢުއާއި، ޙުސައިން އަޝްރާޙްއާއި، މޫސާ ވަޖީޙްއާއި، އަޙްމަދު ވަޙީދުއާ،
ހަތަރު ފުލުހުންގެ ހެކިބަހުން، ޙާދިސާ ހިނގި ސަރަޙައްދުން ޙަސަން ޔޫސުފްއަށް ފުލުހުން ފެނުމުން
ދުއްވައިގަތްކަމާއި، އަދި ފުލުހުން ޙަސަން ޔޫސުފްގެ ފަހަތުން ދުވަމުންގޮސް ޙަސަން ޔޫސުފްއާ އަރާހަމަވީތަނާ،
ޙަސަން ޔޫސުފްގެ ކަނާއަތުގައި އޮތް ކަމަލް ލައިޓް ފޮށްޓެއް އެއްލާލިތަން ދުށްކަމަށް އިސްވެ ބުނެވުނު ހަތަރު
ހެކިންވެސް ފުށުއެރުމެއްނެތި ބުނެފައިވާކަމާއި، އަދި އެއްލާލި ސިނގިރޭޓް ފޮށީގެ ތެރެއިން ކަޅުކުލައިގެ
އެއްޗެއްހުރި ރަބަރު ޕެކެޓެއް ދޫވެގެންދިޔަ ތަން އެ ހަތަރު މީހުންނަށްވެސް ފެނުނުކަމާއި، އެ ސަރަޙައްދު ބަލައި
ފާސްކުރުމުން ރުކެއްގެ ތެރެއިން ޙަސަން ޔޫސުފް އެއްލާލި ޕެކެޓް ފެނުނުކަން އެ ހަތަރު މީހުންގެވެސް ހެކިބަހުން
އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމާއި، އަދި އެ ރުކުން ފެނުނު ރަބަރު ޕެކެޓްގައި މަސްތުވާތަކެތި
ހުރިކަމަށް އެތަކެތީގެ ލެބޯޓްރީ ތަޙްލީލް ރިޕޯޓުން އެނގެންއޮތުމުން، އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާގެ (ޅ) ގައި ޙަސަން ޔޫސުފް އެ ޕެކެޓާބެހޭ ގޮތުން ދެއްކިކަމަށްބުނާ
ވާހަކައާ ގުޅޭގޮތުން މި މައްސަލައިގައި ހުށަހެޅުނު ހެކިން ދައްކާފައިވާ ވާހަކަތަކުގައި ފުށުއެރުންތަކެއްހުރިކަމުގައި
ބެލިނަމަވެސް، އެކަމަކީ މި މައްސަލައިގައި ކަންހިނގާދިޔަ ގޮތް ނަފީކުރެވޭވަރުގެ ފުށުއެރުންތަކެއް
2 8 6
79
8 އ ސ
ނޫންކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާގެ (ރ) ގައި މި މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް
ހުށަހެޅިއިރު، މި މައްސަލައާއެކު ހުށަހެޅުނު ފޮޓޯއަށް ބަލާއިރު، އެ ފޮޓޯއިން ފެންނަން އޮތް ރަބަރު ޕެކެޓަކީ އެ
ޕެކެޓު ފެނުނުކަމަށް ބުނާ މީހުން ބުނާ ޕެކެޓަށް ވުރެ ސައިޒުގެ ގޮތުން ބޮޑު، ސިނގިރޭޓް ހުސްކުރި ފޮށްޓަކައެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
18
2013/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ލެވޭވަރަށް ވުރެ ބޮޑު ޕެކެޓެއްކަމަށް ފާހަގަކުރައްވާފައިވާކަމާއި، އަދި މިއީ ޝުބުޙަ އުފެދޭ ކަމެއްކަމުގައި އެ
ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު،
ކުރިންވެސް ފާހަގަކުރެވިފައިވާ ފަދައިން، މި މައްސަލައިގައި މި މައްސަލައާ ގުޅޭ ފޮޓޯއަށް
ދިރާސާ ކުރައްވާނެ ފުރުޞަތު ކްރިމިނަލް ކޯޓަށް ގެއްލިފައިނުވާކަމަށް ފާހަގަކުރެވޭކަމާއި، އެގޮތުން، ކްރިމިނަލް
ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ
ލިޔެކިއުންތަކަށް ބަލާއިރު، އެ ރިޕޯޓުގައި ހިމެނިފައިވާ ފޮޓޯގައި ޙަސަން ޔޫސުފް އެއްލާލިކަމަށް ބުނާ ސިނގިރޭޓް
ފޮށްޓަށްވުރެ އެ ފޮށީގެ ތެރެއިން ވެއްޓުނުކަމަށް ބުނާ ޕެކެޓް ބޮޑުކަން ފާހަގަކުރެވޭކަމާއި، މިކަމާ ގުޅޭގޮތުން
ފޮރެންސިކް އެކްސްޕާރޓެއް ކްރިމިނަލް ކޯޓަށް ޙާޟިރުކުރެވިފައިވާކަން އެނގެން އޮތްއިރު، އެހެންނަމަވެސް އެ
ފަރާތުގެ ބަޔާން މަހް ޝަރުކުރެވިފައިނުވާތީ، މި މައްސަލައާ ގުޅޭގޮތުން ދަށު ކޯޓަށް ހުށަހެޅުނު ފޮޓޯގައިވާ ޕެކެޓް،
ކެމަލް ލައިޓް ސިނގިރޭޓް ހުސްކުރި ފޮށްޓެއްގެ ތެރެއަށް ލެވިދާނެތޯ ކަށަވަރު ކުރުމަށްޓަކައި، މި މައްސަލައިގައި
ދަށު ކޯޓަށް ޙާޟިރުކުރެވުނު ފޮރެންސިކް އެކްސްޕާރޓް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް މުޙައްމަދު
ތިހާމީ ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުކުރުމަށާއި، އަދި 22 އޮގަސްޓް 2010 ގައި ކްރިމިނަލް ކޯޓުގައި
ބޭއްވުނު މި މައްސަލައާ ގުޅޭ ޝަރީޢަތުގެ މަޖިލިހަށް ގެންދެވުނު ހެކި ދިވެހިރާއްޖޭގެ ހައިކޯޓަށް ގެނައުމަށް
މައްސަލަ ބެލި ފަނޑިޔާރުންނަށް ފެނުމުން، ކޯޕްރަލް މުޙައްމަދު ތިހާމީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހަށް ޙާޟިރުކުރެވުނުކަމާއި، އަދި 22 އޮގަސްޓް 2010 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ގެންދެވުނު ހެކި ދިވެހިރާއްޖޭގެ ހައިކޯޓަށް
ގެނެވުނުކަމާއި،
އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ގެނެވިފައިވަނީ، ހުށަހެޅިފައިވާ ހާދިސާއާ ގުޅިގެން މޯލްޑިވްސް
ޕޮލިސް ސަރވިސްއިން 15 ޑިސެމްބަރު 2009 ގައި ލ. ގަން . ތުނޑި އޮޅުށްކޮޅު ސަރަޙައްދުން ޙަސަން
ޔޫސުފް އެއްލާލިކަމަށް ބުނާ ކަމަލް ލައިޓް ސިނގިރޭޓް ހުސްކުރި ފޮށްޓާއި، އަދި އެ ދުވަހު ރުކެއްގެ
ފަންހޮޅިއެއްގެ ތެރެއިން ފެނުނު އެ ފޮށިން ވެއްޓުނުކަމަށް ބުނާ މަސްތުވާ
ތުވާތަކެތި އަޅާފައިހުރި ޕެކެޓެއްކަމާއި،
އިސްވެ ބުނެވުނު ފޮށްޓާއި ޕެކެޓަކީ މި މައްސަލައާ ގުޅިގެން ދަށު ކޯޓަށް ހުށަހެޅުނު ފޮޓޯގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
t;
އައިކޯޓް
19
2013/HC-A/j39
އެތައް
ހިއް ގުނައެއް
Duc
އެނގޭކަމާއި، އެގޮތުން، މަސްތުވާތަކެތި އަޅާފައިހުރިކަމަށް ބުނާ ޕެކެޓަކީ ސިނގިރޭޓް ހުސްކުރި ފޮށްޓަށްވުރެ
ނައެއް ބޮޑު ޕެކެޓެއްކަމުގައި ވީނަމަވެސް، އެ ޕެކެޓް ފަތްޖަހާލާފައި ފަސޭހައިން ސިނގިރޭޓް ހުސްކުރި
ފޮށީގެ ތެރެއަށް ލެވޭކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ދައްކާފައިވާކަމާއި، އަދި 22 އޮގަސްޓް 2010 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr-C/960 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައިވެސް، އިސްވެ ބުނެވުނު ޕެކެޓް ސިނގިރޭޓް ފޮށީގެ
ތެރެއަށް ލެވޭތޯ މައްސަލަ ބެއްލެވި ޤާޝީ ސުވާލުކުރެއްވުމުން، އެ ފޮށީގެ ތެރެއަށް މަސްތުވާތަކެތި
އަޅާފައިހުރިކަމަށް ބުނާ ޕެކެޓް ލެވޭގޮތް ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާނެކަމަށް ކޯޕްރަލް މުޙައްމަދު ތިހާމީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އަދި އެ ޕެކެޓް ސިނގިރޭޓް ހުސްކުރި ފޮށީގެ
ތެރެއަށްލާފައި އެއްލާލައިފިނަމަ، ޕެކެޓްގެ ބަރުދަނަށް ބަލާފައި އެ ޕެކެޓް ފޮށީގެ ތެރެއިން ވެއްޓުމުގެ އިޙްތިމާލު
ބުނެފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ގެނެވުނު ކަމަލް ލައިޓް ސިނގިރޭޓް ހުސްކުރި
ފޮށްޓާއި އެ ފޮށްޓާއެކު ގެނެވުނު މަސްތުވާތަކެތި ހުރިކަމަށް ބުނާ ޕެކެޓަކީ، ހުށަހެޅިފައިވާ މައްސަލައާގުޅޭ
ތަކެތިކަމަށާއި، އަދި ކްރައިމް ސީނުން މުޙައްމަދު ތިހާމީއަށް އެތަކެތި ލިބުނީ އެގޮތަށްކަމަށާއި، އެ ޕެކެޓް ތަޙްލީލު
ކުރުމަށް ފޮނުވިއިރު ދެވުނު ނަންބަރަކީ 19016
PL ކަމަށާއި، އެ ޕެކެޓް އެނަލައިޒްކުރިއިރު ދީފައިވާ
އެވިޑެންސް ނަންބަރަކީ 048758، އަދި މި ސިނގިރޭޓް ފޮށްޓަށް ހިންގަޕްރިންޓް ނެގުމުގައި ދެވިފައިވާ
sދ*8 ހދ8
އސހތކށ
04
ނަންބަރަކީ 048759 ކަމަށާއި،
49
އިސްވެ ބުނެވުނު ޕެކެޓް ތަޙްލީލްކުރި ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް
ލާންސް ކޯޕްރަލް މުޙައްމަދު އަޙްމަދު (ސާރވިސް ނަންބަރު 3142) ދިވެހިރާއްޖޭގެ ހައިކޯޓަށް
ބަޔާންދީފައިވާކަމާއި، މުޙައްމަދު އަޙްމަދުއަށް ޑްރަގް ޓެސްޓްކުރުމުގެ ޙުއްދަ މިނިސްޓްރީ އޮފް ހެލްތް އެންޑް
ފެމިލީގެ ލައިސަންސިންގ އެންޑް ރެގިއުލޭޝަންގެ ނަންބަރު 2009
/
94/Q1
/
MISC-23 (04 މާރޗް 2009)
ސިޓީއިން ދީފައިވާކަން ފާހަގަކުރެވޭކަމާއި، އެލިޔުމުގައި، "ތިޔަ ސާރވިސްގެ ޑްރަގް
އެންޑް
ލެބޯރޓްރީގައި މަސްތުވާތަކެތި ތަޙްލީލު ކުރުމުގެ ހުއްދަ ދީފައިވާ ކޮންސްޓަބަލް އިބްރާހީމް ރަމީޒުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
OO
ކެމިކަލް
ދިވެހިރާއްޖެ
20
2013/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ދަށުން ތިރީގައި މި ދަންނަވާ ދެފަރާތަށް ޑްރަގް ޓެސްޓްކުރުމުގެ ހުއްދަދީފީމެވެ." މިހެން ބަޔާންކޮށް، އެ ދެ
ނަމުގެ ތެރޭގައި، ލާންސް ކޯޕްރަލް މުޙައްމަދު އަޙްމަދުވެސް ހިމެނިފައިވާކަން ފާހަގަކުރެވޭކަމާއި،
ޤާނޫނު ނަންބަރު 17/7 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި
44
34
މަސްތުވާއެއްޗެއް
މީހަކު ބޭނުންކޮށްފައިވާކަން، ނުވަތަ ބޭނުންކޮށްފައިވާ މަސްތުވާ އެއްޗެއްގެ ބާވަތް، ނުވަތަ
މަސްތުވާ އެއްޗެއް ބޭނުން؟
ނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓިފިކް އުސޫލުގެ މަތީން ބަލަންޖެހޭ ބެލުންތައް
ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކު، މިއިން ކަމެއް ބެލުމަށްފަހު، އެކަމާ ބެހޭގޮތުން،
ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް ސާބިތު ކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް
ބަޔާންކުރެވިފައިވާކަމާއި، އަދި އެ މާއްދާގެ (ނ) ގައި އެ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ ބަޔާން
ދޭ މީހަކީ އެފަދަ ތަޙްލީލުކޮށް، ލިޔުން ދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ލިބިފައިވާ މީހެއްކަމުގައި
ބަޔާންކުރެވިފައިވާކަމާއި،
މި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ޙަސަން ޔޫސުފްގެ އަތުން ފެނުނު މަސްތުވާ ތަކެތިކަމަށް
ތުހުމަތުކުރެވޭ ތަކެތި ތަޙްލީލު ކޮށްފައިވާ މުޙައްމަދު އަޙްމަދު، އެ ތަކެތި ތަޙްލީލުކުރިއިރު، މުޙައްމަދު އަޙްމަދުއަކީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އެކަޑަމީއާއި ރޯޔަލް އައި ޕޮލިސްގެ އޮފީސް އޮފް ފޮރެންސިކް ސައިންސް
އާއި ގުޅިގެން 2008 ޖޫން 05 އިން 2008 ޖުލައި 03 އަށް ހިންގާފައިވާ ”ފޮރެންސިކް ޑްރަގް ޓެސްޓިން
ކޯސް، ފުރިހަމަ ކޮށްފައިވާ މީހެއްކަމާއި، މި މައްސަލައިގައި ފެނުނު ޕެކެޓުގައިވާ ތަކެތި މުޙައްމަދު އަޙުމަދު
ތަޙުލީލުކޮށްފައިވަނީ 28 ޑިސެމްބަރު 2009 ގައިކަން އެ ތަކެތީގެ ލެބޯޓްރީ ތަޙްލީލް ރިޕޯޓުން އެނގެންއޮތުމުން،
އެ ފަރާތަކީ އެ ތަކެތި ތަޙްލީލުކުރެވުނުއިރު ސައިންޓިފިކް އުޞޫލުގެ މަތިން ބަލަންޖެހޭ ތަޢުލީމީ ފާހާއި، ތަޖުރިބާ
ލިބިފައިވާ ފަރާތެއްކަން ފާހަގަކުރެވޭކަމާއި،
މުޙައްމަދު އަޙްމަދުއަށް މަސްތުވާތަކެތި ތަޙްލީލު ކުރުމުގެ ހުއްދަ ދީފައިވަނީ ކޮންސްޓަބަލް
އިބްރާހީމް ރަމީޒުގެ ބެލުމުގެ ދަށުންކަމަށް މުޙައްމަދު އަޙްމަދުއަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ
ލައިސަންސިންގ އެންޑް ރެގިއުލޭޝަންއިން ދޫކުރި ހުއްދާގައި ބަޔާންކުރެވިފައިވާއިރު، ކޮންސްޓަބަލް އިބްރާހީމް
ރަމީޒްގެ ބެލުމުގެ ދަށުންކަމަށް މާނަކުރެވެނީ އިބްރާހީމް ރަމީޒްގެ ޙާޟިރުގައި ތަޙްލީލުތައްކުރަންތޯ ޝަހިޢަތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ޓް:ގެ
ހައިކޯޓް
3x$ން
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/139
އެންޑް
މޯލްޑިވްސް ޕޮލިސް ސަރވިސްއާ ސުވާލުކުރުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވަނީ،
"ބެލުމުގެ ދަށުން" ކަމަށް އިޝާރާތް ކުރެވިފައިވަނީ އިދާރީ ގޮތުން ސުޕަރވައިޒްކުރަންޖެހޭ ކަންކަން
ސުޕަވައިޒްކުރުންކަމަށާއި، އެގޮތުން، އިބްރާހީމް ރަމީޒްގެ ދައުރަކީ މަސްތުވާތަކެތި ތަޙްލީލުކުރާ މެޝިންގެ އެރާރ
މިނިމައިޒް ކުރުމުގެ ގޮތުން، މެޝިން ރަނގަޅަށް ކެލިބްރޭޓް ކުރެވިފައިތޯހުރީ ބަލައި، އޭގެ ކޮންޓްރޯލްސް
ގަޅަށްތޯ ހުރީ ޗެކްކުރުމުގައި ސުޕަވައިޒަރީ ރޯލެއް އަދާކުރުންކަމަށާއި، އަދި މުޙައްމަދު އަޙްމަދު
މަސައްކަތްކުރަނީ ލެބޯޓްރީ ޕްރޮސިޖާރއާ އެއްގޮތަށްތޯ ބަލައި، މަސްތުވާތަކެތި ތަޙްލީލުކުރާ މެޝިނަކީ ކޮންމެ
އަހަރަކު މެއިންޓެނަންސް ކުރެވޭ އެއްޗެއްކަން ކަށަވަރުކޮށް، ބަރާބަރަށް ދުވަހުން ދުވަހަށް މެޝިން މަސައްކަތް
ކުރަނީ ރަނގަޅަށްތޯ ބަލައި، އެކަމާގުޅޭ އެކިކަންކަން ހުރީ ފުރިހަމަވެފައިތޯ ބަލައި، ޗެކްކުރުންކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވާކަމާއި، އަދި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ލައިސަންސިންގ
ރެގިއުލޭޝަންއިން މުޙައްމަދު އަޙްމަދުއަށް ދޫކޮށްފައިވާ ތަޙްލީލުކުރުމުގެ ހުއްދައިގައި، ސީދާ ޑްރަގް
ޓެސްޓުކުރުމުގެ ހުއްދަ އެ މިނިސްޓްރީން މުޙައްމަދު އަޙްމަދުއަށް ދީފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ފާހަގަކޮށްފައިވާކަމާއި، މީގެ އިތުރުން، ޙަސަން ޔޫސުފްގެ އަތުން ފެނުނު ކަމަށް ބުނާ މަސްތުވާތަކެތީގެ ތަޙްލީލު
ރިޕޯޓުގައި ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިޙްތިޝާމް ޢަލީ ސޮއިކޮށްފައިވާކަން ފާހަގަކުރެވޭއިރު، މުޙައްމަދު
އަޙްމަދު އެ ތަކެތި ތަޙްލީލުކޮށް، ރިޕޯޓުހަދައި ނިމުމަށްފަހު، އެ ރިޕޯޓު ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް
އިޙްތިޝާމް ޢަލީއާ ހަމައަށް ގެންދިއުމުން، އެ ފަރާތުންވެސް އެ ރިޕޯޓުގައި ސޮއިކުރުމުގެ ކުރިން، އެ ރިޕޯޓުގައި
ހުރި ޑޭޓާ ޗެކްކޮށް އެނަލައިޒްކޮށް، ރިޕޯޓުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ކަށަވަރުވުމުން މެނުވީ އެ
ރިޕޯޓުގައި ސޮއިނުކުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިތުރަށް ފާހަގަކޮށްފައިވާކަމާއި، އަދި
ހުށަހެޅިފައިވާ މައްސަލައިގެ ތަޙްލީލު ރިޕޯޓު ހެދުނުއިރު، އިޙްތިޝާމް ޢަލީއަކީ ބެޗިލަރ އޮފް ސައިންސް ވިތް
އޮނާރޒް އިން ބައޯކެމިސްޓްރީ އެންޑް ބަޔޮލޮޖިކަލް ކެމިސްޓްރީއާއި މާސްޓަރ އޮފް ސައިންސް އިން އިމިޔުނޮލޮޖީ
އެންޑް އެނާރޖީ އަދި، 24 ޖެނުއަރީ 2008 ގައި، މަސްތުވާތަކެއްޗާއި އެއާ ގުޅުންހުރި މާއްދާތައް
ތަޙްލީލުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަން ފާހަގަކުރެވެން
މިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
22
2013/HC-A/j39
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
232 22
މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ލައިސަންސިންގ އެންޑް ރެގިއުލޭޝަންއިން މުޙައްމަދު
އަޙްމަދުއަށް ތަޙްލީލުކުރުމުގެ ހުއްދަ ދީފައިވަނީ ކޮންސްޓަބަލް އިބްރާހީމް ރަމީޒްގެ ބެލުމުގެ ދަށުންކަމަށް ބުނެފައި
މާނަކުރެވެނީ، މުޙައްމަދު އަޙްމަދު ތަޙްލީލުކުރާ ކޮންމެ މައްސަލައެއްގައި އިބްރާހީމް ރަމީޒް
ޙާޟިރުވެހުރުން ނޫންކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ބުރަވެވޭކަމާއި، އަދި އިބްރާހީމް
ރަމީޒްގެ "ބެލުމުގެ ދަށުން" ތަޙްލީލުކުރުން މާނަ ކުރެވެނީ އިބްރާހީމް ރަމީޒްގެ ދައުރަކީ ސުޕަވައިޒަރީ
ދައުރެއްކަމުގައި ކަމާއި، އެއީ، މައިގަނޑު ގޮތެއްގައި، ލެބޯރޓްރީގެ ޕްރޮސީޖަރއާއި އެއްގޮތަށް މުޙައްމަދު އަޙްމަދު
ޢަމަލުކުރޭތޯ ބެލުންކަމާއި، މުޙައްމަދު އަޙްމަދަކީ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18
ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބުނާ ޝަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވާއިރު، މުޙައްމަދު އަޙްމަދު
ތަޙްލީލުކުރާ ކޮންމެ މައްސަލައެއްގައި އިބްރާހީމް ރަމީޒްގެ ސޮއި ނެތުމަކީ، މުޙައްމަދު އަޙްމަދުއާއި، އެ ރިޕޯޓު
ހެދުމުގައި ބައިވެރިވި އެހެންހުރިހާ ފަރާތްތަކުން ކޮށްފައިވާ ތަޙްލީލަކީ ޞައްޙަ
ނޫން ތަޙްލީލެއްކަމަށް
ކަނޑައަޅަންޖެހޭ ހަރުދަނާ ސަބަބެއް ނޫންކަމާއި، އެހެންކަމުން، މި މައްސަލައިގެ މަސްތުވާތަކެތީގެ ލެބޯޓްރީ
ތަޙްލީލު ރިޕޯޓުގައި އިބްރާހީމް ރަމީޒުގެ ސޮއި ނެތުމަކުން، އެ ތަޙްލީލަކީ އެފަދަ ތަޙްލީލުތައް ކުރަން ހުއްދަ
ނެތްފަރާތަކުން ކޮށްފައިވާ ތަޙްލީލެއް، ނުވަތަ ތަޙްލީލުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ސަބަބުތަކެއްހުރި ތަޙުލީލު
ރިޕޯޓެއްކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ނުފެނުނުކަމާއި،
ޙަސަން ޔޫސުފް އެއްލާލިކަމަށް ބުނާ ކަމަލް ލައިޓް ސިނގިރޭޓް ހުސްކުރި ފޮށިން ވެއްޓުނު
ޕެކެޓްގައިވާ ތަކެތީގެ ލެބޯޓްރީ ތަޙްލީލް ރިޕޯޓަކީ ސައްޙަ ރިޕޯޓެއްކަމަށާއި، މި ރިޕޯޓުގައި ޕޯލްޓީ ނަތީޖާއެއް
އޮތުމުގެ ފުރުޞަތު ނޯންނާނެކަމަށް ވަރަށް ބޮޑަށް ޔަޤީންވާކަމަށާއި، އިސްވެބުނެވުނު ޕެކެޓްގައިވާ ތަކެތީގެ ތަޙްލީލް
ރިޕޯޓުން އެ ޕެކެޓުގައި 35.1767 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލާއި 11.4346 ގްރާމް ކެނަބިނޯލް ހުރިކަމަށް
އެ ތަކެތި ތަޙްލީލުކުރި، ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު އަޙްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާކަމާއި،
މި މައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ
މަޢުލޫމާތު ފޯމުގައި ޔުނިޓް | ސްޓޭޝަން ނަންބަރަކީ 2009
/
184/DED
/
EPIF ކަމާއި، މޯލްޑިވް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
cu o
23
2013/HC-A/j39
ސަރވިސްގެ ފޮރެންސިކް ޑިޕާޓްމަންޓްގެ ލެބޯޓްރީ ޚިދުމަތަށް އެދޭ ފޯމުގައާއި އަދި ލެބޯޓްރީ ތަޙްލީލް
ރިޕޯޓުގައިވެސް ވަނީ އިސްވެބުނެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ
މަޢުލޫމާތު ފޯމުގައިވާ ޔުނިޓް | ސްޓޭޝަން ނަންބަރުކަން ފާހަގަކުރެވެން އޮތުމުން، މި މައްސަލާގައި
ތަޙްލީލުކޮށްފައިވަނީ ޙަސަން ޔޫސުފް އެއްލާލިކަމަށް ސިނގިރޭޓް ހުސްކުރި ފޮށީގެ ތެރެއިން ފެނުނު
ތަކެތިކަމާއި މެދު ސުވާލު ނުއުފެދޭކަމެވެ.
ބުނަ
(ޅ) ހަވަނަ ކަމަކީ، ޙަސަން ޔޫސުފް، 15 ޑިސެމްބަރު 2009 ދުވަހުގެ 14:30 ހާއިރު،
ލ. ގަން . ތުނޑި އޮޅުށްކޮޅު ސަރަޙައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް
ލިބުމާއި ގުޅިގެން، ފުލުހުން އެތަނަށް ގޮސް މަޑުކޮށްގެން ތިއްބާ، މީނާ ސައިކަލުގައި ހުޅަނގުން އިރަށް (ސިނާއީ
މަގަށް ނިކުންނަން) ދުއްވާފައި އަންނަނިކޮށް ފުލުހުން މަޑުކުރަން އެންގުމުން، ނުކިޔަމަންތެރިވެ ސައިކަލު
ދޫކޮށްލާފައި މަގުގެ އަނެއްކޮޅަށް ދުއްވައިގަތުމުން، ފުލުހުން މީނާއާއި އަރާހަމަކޮށް، މީނާ ފުލުހުންގެ ބެލުމުގެ
ދަށަށް ގެންނަން އުޅުނު ވަގުތު، މީނާގެ ކަނާއަތު މުށުގެ ތެރެއިން މީނާ ހުރިދިމާ ގަސްތަކުގެ ތެރެއަށް އެއްލާލި
ކެމަލް ލައިޓު ސިނގިރޭޓު ފޮށީގެ ތެރެއިން ވެއްޓުނު 01 ރަބަރު ޕެކެޓުގައި 35.1767 ގްރާމް
ޓެޓްރާހައިޑްރޯކެނެބިނޯލާއި 11.4346 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން
އެނގެންއޮންނާތީ، ހެކިންގެ ހެކިބަހާއި، ގުޅިފައިވާ ޤަރީނާތަކަށް ރިޢާޔަތް ކުރުމުން، ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ނ) ދަށުން ޙަސަން
ޔޫސުފްގެ މައްޗަށް، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާކަމަށް ފެންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް އެއްބަސްވެވުނުކަމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
މަ=eފާއެއްޗެއް
890 ,4ގެޓ
24
2013/HC-A/139
ތަފާތުވި ރަޢުޔު (ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރަޢުޔު) އާއި އެރަޢުޔު ބިނާކުރެވިފައިވާ
1ކ ތި4
އާއިސްތައް
މަސްތުވާ އެއްޗެއް މީހަކު ބޭނުންކޮށްފައިވާކަން، ނުވަތަ ބޭނުން ކޮށްފައިވާ މަސްތުވާ އެއްޗެއްގެ
ބާވަތް، ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓިފިކް އުސޫލުގެ މަތީން
ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކު، މިއިން ކަމެއް ބެލުމަށްފަހު،
އެކަމާ ބެހޭގޮތުން، ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް ސާބިތު ކުރުމަށްޓަކައި ލިބޭ ހަރުދަނާ
ޤަރީނާއެއްކަމަށް، ޤާނޫނު ނަންބަރު:17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި
ބުނެފައިވާކަމާއި އަދި އެމާއްދާގެ (ށ) ގައި މިމާއްދާގެ (ހ) ގައިވާފަދަ ތަޢުލީމީފާސް ލިބިފައިވާ މީހަކު،
މަސްތުވާއެއްޗެއްގެ ބާވަތާއި ނަން އަދި
404
6 24
ޕީ
ސިފަކޮށްދޭ ދިނުމާއި އަދި ބަރުދަން އަދިގެ
މަސްތުވާއެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް އެއްކޮށްފައިވާނަމަ އެއެއްޗެއްގެ ބާވަތާއި، ނަން އަދި
އެ މަސްތުވާއެއްޗެއް ބަހައްޓާފައިވާ އެތި އަދިގެ
ތަޙްލީލުކުރެވުނު ގޮތާއި، އޭގެ ނަތީޖާއާއި ބެހޭގޮތުން ޝަރީޢަތުގެ މަޖިލީހުގައި
ދޭ ބަޔާނަކީ އެކަމާބެހޭގޮތުން ޝަރީޢަތަށް ޤަބޫލުކުރެވޭނެ ބަޔާނެއްކަމަށް
ކަމަށް ބުނެފައިވާތީ އާއި، އެ މާއްދާގެ (ހ) އާއި
(ށ) ގައި ބަޔާން ކޮށްފައިވާ، ބަޔާން ދޭ މީހަކީ އެފަދަ ތަޙްލީލުކޮށް ލިޔުން ދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް
ހެލްތުން ލިބިފައިވާ މީހަކަށް ވާންވާނެކަމަށް އެ މާއްދާގެ (ނ) ގައި ބުނެފައިވާތީ، ޙަސަން ޔޫސުފުގެ އަތުން
ފެނުނު ތަކެތި ތަޙްލީލު ކުރުމުގައި ޢަމަލު ކޮށްފައިވާގޮތާއި އެތަކެއްޗާއި ބެހޭގޮތުން މަޢުލޫމާތު ސާފު ކުރުމަށްޓަކައި،
އެ ތަޙްލީލު ކޮށްފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު އަޙްމަދު
(ސާރވިސް ނަންބަރު 3142) ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް ވީޑިއޯ ކޮންފަރެންސް
މެދުވެރިކޮށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ ފަރާތުން ބެލިބެލުމުން،
ޙަސަން ޔޫސުފް އެއްލާލިކަމަށް ބުނާ ކަމަލް ލައިޓް ސިނގިރޭޓް ހުސްކުރި ފޮށިން
ޕެކެޓްގައިވާ ތަކެތީގެ ލެބޯޓްރީ ތަޙްލީލް ރިޕޯޓަކީ ސައްޙަ ރިޕޯޓެއްކަމަށާއި، މި ރިޕޯޓުގައި ޕޯލްޓީ ނަތީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
ވެއެe
25
2013/HC-A/j39
ހއ ހ8 82
ވނީeއeއ
އެންޑް
އޮތުމުގެ ފުރުޞަތު ނޯންނާނެކަމަށް ވަރަށް ބޮޑަށް ޔަޤީންވާކަމަށާއި، އިސްވެބުނެވުނު ޕެކެޓްގައިވާ ތަކެތީގެ ތަޙްލީލް
ރިޕޯޓުން އެ ޕެކެޓުގައި 35.1767 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލާއި 11.4346 ގްރާމް ކެނަބިނޯލް ހުރިކަމަށް
ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު އަޙްމަދު (ސާރވިސް ނަންބަރު 3142) ބުނެފައިވާކަމާއި،
މި
މައްސަލައާއި
އާއި ގުޅިގެން ހުށަހެޅިފައިވާ ޙަސަން ޔޫސުފުގެ އަތުން ފެނުނު މަސްތުވާ ތަކެތިކަމަށް
ތުހުމަތުކުރެވޭ ތަކެތި ތަޙްލީލު ކޮށްފައިވަނީ މި މުޙައްމަދު އަޙްމަދުކަމާއި، އެތަކެތި ތަޙްލީލު ކުރިއިރު މުޙައްމަދު
އަޙްމަދަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އެކަޑަމީއާއި ރޯޔަލް އައި ޕޮލިސްގެ އޮފީސް އޮފް ފޮރެންސިކް
ސައިންސް އާއި ގުޅިގެން 2008 ޖޫން 05 އިން 2008 ޖުލައި 03 އަށް ހިންގާފައިވާ ”ފޮރެންސިކް ޑްރަ
ޓެސްޓިން ކޯސް، ފުރިހަމަ ކޮށްފައިވާ މީހެއްކަމާއި،
ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގައި
ބަޔާން ކޮށްފައިވާ
ދެނެގަތުމަށްޓަކައި ކުރަންޖެހޭ ތަޙްލީލުތައް ކުރުމުގެ ހުއްދަ މުޙައްމަދު އަޙްމަދަށް
މިނިސްޓްރީ އޮފް ހެލްތް ފެމިލީގެ ލައިސަންސިންގ އެންޑް ރެގިއުލޭޝަންގެ
ނަންބަރު
2009
/
94/Q1
/
MISC-23 (04 މާރޗް 2009) ސިޓީއިން ދީފައިވާކަން އެނގެން އޮންނައިރު، އެހުއްދަ
ދީފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންޑް ކެމިކަލް ލެބޯރޓްރީގައި މަސްތުވާތަކެތި ތަޙްލީލް
ކުރުމުގެ ހުއްދަދީފައިވާ ކޮންސްޓަބަލް އިބްރާހީމް ރަމީޒުގެ ބެލުމުގެ ދަށުން ޓެސްޓް ކުރުމުގެ ހުއްދަކަމާއިގެ
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2009
/
1904/FSD
(
D
)
-DR (28 ޑިސެމްބަރ 2009) ލެބޯޓްރީ ތަޙްލީލް ރިޕޯރޓަށް ބަލާއިރު، މި
މައްސަލައިގައި ހިމެނޭ ތަކެތި މުޙައްމަދު އަޙްމަދު ތަޙްލީލުކުރިއިރު ޙާޟިރުވެ ހުރީ ޕޮލިސް ކޮންސްޓަބަލް
ރަޙްމާން ޤާސިމް ކަމާއި، ތަކެތި ތަޙްލީލުކުރި ފަރާތާއި އެތަޙްލީލްކުރިއިރު ޙާޟިރުވެހުރި ފަރާތުގެ އިތުރުން
އެ ރިޕޯޓުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިހްތިޝާމް ޢަލީ ސޮއިކޮށްފައިވާކަން އެނގެން އޮތްނަމަވެސް އެ
ތަޙްލީލުކުރެވިފައިވަނީ ކޮންސްޓަބަލް އިބްރާހީމް ރަމީޒުގެ ބެލުމުގެ ދަށުންކަމަށް ބެލެވެން ނެތްކަމާއި،
އެހެންކަމުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު އަޙްމަދު ދީފައިވާ ބަޔާނާ،
ކޮށްފައިވާ އިސްވެ ކުރެވުނު ލެބޯޓްރީ ތަޙްލީލާމެދު ޤާނޫނީ ނަޒަރަކުން ބަލާއިރު، ޤާނޫނު ނަންބަރު 77/lރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
އއ 3
4ބ
44
ބަޔާން
26
2013/HC-A/j39
44
އއއި
4
#
(މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު)ގެ 18 ވަނަ މާއްދާއަކީ، މަސްތުވާ އެއްޗެއް މީހަކު ބޭނުން ކޮށްފައިވާކަން
ނުވަތަ ބޭނުން ކޮށްފައިވާ މަސްތުވާ އެއްޗެއްގެ ބާވަތް ނުވަތަ މަސްތުވާ ބޭނުންކޮށްފައިވާ މިންވަރު
ދެނެގަތުމަށް ސައިންޓްފިކް އުޞޫލުގެމަތީން ބަލަން ޖެހޭބެލުންތައް ބެލުމަށް، އެމާއްދާގައި ބުނެފައިވާ ޝަރުތު
ފުރިހަމަވާ މީހަކު އެއިން ކަމެއް ބެލުމަށްފަހު ޝަރީޢަތުގެ މަޖިލީހަށް އެކަމަކާ ބެހޭގޮތުން ދޭ ބަޔާނާ ބެހޭ ގޮތުން
މާއްދާއެއްކަމާއި، އެ މާއްދާގައި ބުނާފަދައިން ސައިންޓިފިކް އުސޫލުގެ މަތީން ބަލަންޖެހޭ ބެލުންތައް
ބެލުމަށްޓަކައި، އެކަން ކުރާ މީހަކީ އެކަމަށް އެކަށޭނެ ތަޢުލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކަށް ވުމުގެ
އިތުރުން، އެމީހާއަށް އެފަދަ ތަޙްލީލު ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ދޫކޮށްފައިވާ ހުއްދައެއް އޮންނަންޖެހޭކަން
އެމާއްދާގެ (ހ) އަދި (ބ) އަށް ބެލުމުން އެނގެން އޮންނައިރު،
މި މައްސަލައިގާ ހިމެނޭ ތަކެތި ތަޙްލީލުކުރުމުގައި ޢަމަލު ކުރެވިފައިވަނީ މުޙައްމަދު އަޙްމަދަށް
ދޫކުރެވިފައިވާ ހުއްދައާ ޚިލާފަށްކަން އެނގެން އޮތުމުން، އެރިޕޯޓަކީ އަދި އެރިޕޯޓާއި ގުޅިގެން މުޙައްމަދު އަޙްމަދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަކީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާއިބެހޭ
ޤާނޫނު)ގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަދަ ޝަރީޢަތަށް ޤަބޫލުކުރެވޭނޭ ބަޔާނެއް ކަމަކަށް
ނުފެނެއެވެ.
ވީމާ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި
ޙަވާލާދީ އެމާއްދާގެ (ނ) ދަށުން ޙަސަން ޔޫސުފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނާކުރެވިފައިވާ
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ
ކުށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި
ސާބިތުވާކަމަކަށް ނުފެނެއެވެ.
މަސްތުވާއެއްޗެއް
ޚައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4 4x4 4 1
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/139
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނުކަންކަން އެގޮތަށް ހުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/960 ޤަޟިއްޔާ އިސްތިއުނާފުކުރަމުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، ލ. ގަން
މަތިމަރަދޫ
މަންދަގެ ޙަސަން ޔޫސުފް (އައިޑީ ކާޑު ނަންބަރު A135401)، 15 ޑިސެމްބަރު 2009 ދުވަހުގެ 14:30
ހާއިރު، ލ.
ގަން ތުނޑި އޮޅުށްކޮޅު ސަރަޙައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު
ފުލުހުންނަށް ލިބުމާއި ގުޅިގެން، ފުލުހުން އެތަނަށް ގޮސް މަޑުކޮށްގެން ތިއްބާ، މީނާ ސައިކަލުގައި ހުޅަނގުން
އިރަށް (ސިނާއީ މަގަށް ނިކުންނަން) ދުއްވާފައި އަންނަނިކޮށް ފުލުހުން މަޑުކުރަން އެންގުމުން، ނުކިޔަމަންތެރިވެ
ސައިކަލު ދޫކޮށްލާފައި މަގުގެ އަނެއްކޮޅަށް ދުއްވައިގަތުމުން، ފުލުހުން މީނާއާއި އަރާހަމަކޮށް، މީނާ ފުލުހުންގެ
ބެލުމުގެ ދަށަށް ގެންނަން އުޅުނު ވަގުތު، މީނާގެ ކަނާއަތު މުށުގެ ތެރެއިން މީނާ ހުރިދިމާ ގަސްތަކުގެ ތެރެއަށް
އެއްލާލި ކަމަލް ލައިޓު ސިނގިރޭޓު ފޮށީގެ ތެރެއިން ވެއްޓުނު 01 ރަބަރު ޕެކެޓުގައި 35.1767 ގްރާމް
ޓެޓްރާހައިޑްރޯކެނެބިނޯލާއި 11.4346 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން
17/77 (މަސްތުވާތަކެއްޗާ
ސެތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ލ. ގަން - މަތިމަރަދޫ / މަންދަގެ ޙަސަން ޔޫސުފް (އައިޑީ ކާޑު
ނަންބަރު A135401) ގެ މައްޗަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާކަމަށް މި މައްސަލަ ބެލި
ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، ޤާނޫނު ނަންބަރު 17/77 (މަސްތު
ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2
ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ދަށުން ލ. ގަން މަތިމަރަދޫ | މަންދަގެ ޙަސަން ޔޫސުފް
(އައިޑީ ކާޑު ނަންބަރު A135401) އުމުރަށް ޖަލަށްލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
ދި 01
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv