ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/204 ޤަޟިއްޔާގެ ޙުކުމް
1
2{{09HC-A/2{4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
بم ان المراسیم
ކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 204/HC
-
A/2009
• އިސްތިއުނާފް ކުރިފަރާތް:
* ނަން:ޖަމީލާ އިބްރާހީމް
ދާއިމީ އެޑްރެސް: މއ. ނޫމަސް | މާލެ
* އައިޑީކާޑު ނަންބަރު:A034246 މިހާރުގެ
އެޑްރެސް: މއ. ނޫމަސް / މާލެ
ބަދަލުގައި: އަލްއުސްތާޛު ޢަދުނާން ޔޫސުފް (A152576) މއ. . ގުލްޝަންކިނާރާ | މާލެ
0
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަޙްމަދު ނަޢީމު
ދާއިމީ އެޑްރެސް: ފ. އާސްމާންމަންޒިލް / މާލެ
އައިޑީކާޑު ނަންބަރު: A079650 މިހާރުގެ އެޑްރެސް: ފ. އާސްމާންމަންޒިލް / މާލެ
ޤާނޫނީވަކީލް: އަލްއުސްތާޛު ޝަހީމް އަޙްމަދު (A077877 ހ. ހެޕީނައިޓް | މާލެ
* ހުށަހެޅުނު ތާރީޚް: 15 ޖުލައި 2009 ނިމުނު ތާރީޚް: 27 ނޮވެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤާޟީއްޔާ.
* ނަންބަރު: 2008/MC/1892
* ނިންމެވި ކޯޓް: މަދަނީ ކޯޓު
ނިންމެވި ތާރީޚް: 16 އޭޕްރީލް 2009
• މައްސަލަބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ouc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{{09HC-A/2{4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
C
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1892 ޤަޟިއްޔާ، އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މއ. ނޫމަސް،
ޖަމީލާ އިބްރާހީމް (އައިޑެންޓިޓީކާޑު ނަންބަރު A034246) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
LUCO
0 2 0 2 0
މި ޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ، ވ. އާސްމާންމަންޒިލް، އަޙްމަދު ނަޢީމު (އައިޑެންޓިޓީކާޑު
ނަންބަރު (A079650) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01 - މަދަނީ
ނަންބަރު 2008/MC/1892
ކޯޓުގެ
ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މއ. ނޫމަސް ޖަމީލާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02 - މަދަނީ ކޯޓުގެ ނަންބަރު 2008/MC/1892 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ މއ. ނޫމަސް ޖަމީލާ އިބްރާހީމް (އައިޑެންޓިޓީކާޑު ނަންބަރު A034246) އާއި،
އާސްމާންމަންޒިލް އަޙްމަދު ނަޢީމް (އައިޑެންޓިޓީކާޑު ނަންބަރު A079650) އާ ދެމެދު 01 އޯގަސްޓް
2006 ދުވަހު ކުރެވުނު އެއްބަސްވުމުގެ ދަށުން ވ. އާސްމާންމަންޒިލް 01 އޮކްޓޯބަރ 2006 އިން
30 ސެޕްޓެމްބަރ 2013 ގެ ނިޔަލަށް ކުއްޔަށްހިފުމަށްޓަކައި ޖަމީލާ އިބްރާހީމުގެ ފަރާތުން އަޙްމަދު ނައީމަށް
07 (ހަތެއް) އަހަރު ދުވަހުގެ ކުލި އެއްފަހަރާ ރައްދުކުރުމަށްފަހު، އެއެއްބަސްވުމުގެ 08 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތިން 01 އޮކްޓޯބަރ 2006 ދުވަހު، ވ. އާސްމާންމަންޒިލް ޖަމީލާ އިބްރާހީމާ
ހަވާލުކޮށްފައިނުވާތީ 01 އޮކްޓޯބަރ 2006 އިން 30 ސެޕްޓެމްބަރ 2013 ގެ ނިޔަލަށް މަހަކު
10,000.00ރ (ދިހަހާސްރުފިޔާ) ގެ މަގުން 84 (އައްޑިހަހަތަރެއް) މަހުގެ ކުލީގެ ގޮތުގައި 840,000.00ރ
(އައްލައްކަ ސާޅީސްހާސް ރުފިޔާ) ގެ ތެރެއިން ޖަމީލާ އިބްރާހީމަށް އަނބުރާ ރައްދުކޮށްފައިވާ 50،000.00ރ
(ފަންސާސްހާސްރުފިޔާ) ކަނޑައި ބާކީވާ 790،000.00ރ (ހަތްލައްކަ ނުވަދިހަހާސް ރުފިޔާ) އަޙްމަދު
ނަޢީމުގެ އަތުން ހޯދުމަށް ޖަމީލާ އިބްރާހީމް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
20 02 0 0
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
2{{39/HC-A/2{34
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޖަމީލާ އިބްރާހީމާއި އަޙްމަދު ނަޢީމާ ދެމެދު 01 އޯގަސްޓް 2006
ދުވަހު ކުރެވުނު އެއްބަސްވުމުގެ 08 ވަނަ މާއްދާގެ ދަށުން ޖަމީލާ އިބްރާހީމަށް 000.00،790ރ (ހަތްލައްކަ
ނުވަދިހަހާސް ރުފިޔާ) ނަގައިދެވޭނެ ތަނެއްނެތްކަމުގައި ޝަރީޢަތުން ދެކޭ ހިނދު، ޙަވާލާދީފައިވާ އެއްބަސްވުމުގެ
ދަށުން 07 (ހަތެއް) އަހަރު ދުވަހުގެ ކުލީގެ ގޮތުގައި 2000.00،200ރ (ދެލައްކަ ރުފިޔާ) ޖަމީލާ އިބްރާހީމުގެ
ފަރާތުން އަހްމަދު ނަޢީމަށް ރައްދުކޮށް، އެފައިސާއިން އަޙްމަދު ނަޢީމްގެ ފަރާތުން ޖަމީލާ އިބްރާހީމަށް އަނބުރާ
ދީފައިވާ 000.00،50ރ (ފަންސާސްހާސް ރުފިޔާ) އުނިކުރުމުން ބާކީވާ 000.00،150ރ (އެއްލައްކަ
ފަންސާސްހާސް ރުފިޔާ) އަކީ އަޙްމަދު ނަޢީމުގެ ފަރާތުން ޖަމީލާ އިބްރާހީމަށް ދައްކަންޖެހޭ ފައިސާކަމުގައި
ކަނޑައަޅުއްވައި، އެފައިސާ ޖަމީލާ އިބްރާހީމަށް ރައްދުކޮށް ދިނުމުގެ ގޮތުން 16 އޭޕްރީލް 2009 ދުވަހުން
ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމީހަކަށްޖެހޭ އެންމެ މަދުމިންވަރު، މަދަނީ
ކޯޓަށް ދައްކާ ޙަލާޞްކުރުމަށް ވ. އާސްމާންމަންޒިލް އަޙްމަދު ނަޢީމަށް އަންގަވައިކަން އެޤަޟިއްޔާގެ
ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
03 - މަދަނީ ކޯޓުގެ ނަންބަރު 2008/MC/1892 ޤަޟިއްޔާ، އެކޯޓުން ބައްލަވައި، ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ނޫމަސް، ޖަމީލާ އިބްރާހީމްގެ ފަރާތުން މައިގަނޑު 2 (ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
އއ.
(ހ) ފުރަތަމަ ނުކުތާއަކީ: އަޙްމަދު ނަޢީމް އާސްމާންމަންޒިލްގައި ހަދަންފަށައި،
ނުނިމިހުރި އިމާރާތުގެ 3 (ތިނެއް) ވަނަ ބުރި 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަމީލާ އިބްރާހީމް،
ކުއްޔަށް ހިފީ 7 (ހަތެއް) އަހަރު ދުވަހުގެ ކުލި އެއްފަހަރާ ދިނުމަށް ފަހުގައިކަމަށްވެފައި، މުއްދަތުގެ ކުރީގައި
އިމާރާތް އަތުލެވޭނީ މުއްދަތުގެ ބާކީވާ ދުވަސްތަކަށް މަހަކަށް 000.00،10ރ (ދިހަހާސްރުފިޔާ) ގެ މަގުން
ކުލި ދިނުމަށްފަހުގައިކަމަށް އެގްރީމެންޓްގެ 8 ވަނަ މާއްދާގައި ޞަރީޙަ ބަހުން ބުނެފައިވާއިރު، އިމާރާތް
ޙަވާލުކުރަންޖެހޭ މުއްދަތުގައި އަމުދުން ޙަވާލު ނުކުރުމަކީ ޖަމީލާ އިބްރާހީމަށް ކުއްޔަށްދީފައި ހުރި ތަނެއްގެ
މައްޗަށް ޖަމީލާ އިބްރާހީމްގެ ރުހުމެއްނެތި އަޙްމަދު ނަޢީމް ގަދަވެގަނެ ހިފެހެއްޓި ހިފެހެއްޓުމެއް ކަމަށްވެފައި،
އަޙްމަދު ނަޢީމްގެ މިޢަމަލަކީ ކުއްޔަށްދިން ތަން އަތުލުންކަމަށްވާއިރު އަދި މިކަމަކީ އެގްރީމެންޓާ ޚިލާފަށް
އަޙްމަދު ނަޢީމް ކޮށްފައިވާކަމަކަށްވާހިނދު ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ އެގްރީމެންޓްގެ 8 ވަނަ މާއްދާގައިވާ
ގޮތަށް ޖަމީލާ އިބްރާހީމަށް ފައިސާދޭން ނުޖެހޭގޮތަށް ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{{39}HC-A/234
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ދެވަނަ ނުކުތާއަކީ: އަޙްމަދު ނަޢީމާއި ޖަމީލް އިބްރާހީމާ ދެމީހުން ކޮށްފައިވާ އެގްރީމެންޓާ
ޚިލާފަށް ޢަމަލުކުރި ފަރާތަކީ އަޙްމަދު ނަޢީމް ކަމަށްވެފައި، އަޙްމަދު ނަޢީމްގެ މިޢަމަލުގެ ސަބަބުން ޖަމީލާ
އިބްރާހީމަށް ލިބެންޖެހޭ މަންފާއެއް ގެއްލިގެން ގޮސްފައިވާތީ މިއީ ޖަމީލް އިބްރާހީމަށް ސީދާކޮށް ލިބިފައިވާ
ގެއްލުމެއްކަމަށް ވީހިނދުވެސް އެއްބަސްވެފައިވާގޮތަށް ޖަމީލް އިބްރާހީމަށް ލިބެންޖެހޭ ބަދަލު ނަންގަވާ ނުދެއްވާ
މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
މއ. ނޫމަސް
4- މަދަނީ ކޯޓުގެ ނަންބަރު 2008/MC/1892 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޖަމީލާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭގޮތުން ޖަމީލާ އިބްރާހީމާއި
ވ. އާސްމާންމަންޒިލް އަޙްމަދު ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1892 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ވ. އާސްމާންމަންޒިލް އަޙްމަދު ނަޢީމުގެ ނަމުގައި ރަޖިސްޓްރީކޮށް
ދެއްވާފައިވާ ވ. އާސްމާންމަންޒިލް، އޭކިޔާ ބަންޑާރަ ގޯތީގައި ހަދާފައިވާ އިމާރާތުގެ 03 (ތިނެއް) ވަނަބުރި
މއ. ނޫމަސް ޖަމީލާ އިބްރާހީމަށް 07 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް އަޙްމަދު
ނަޢީމާއި ޖަމީލާ އިބްރާހީމާ ދެމެދު 18 އޯގަސްޓް 2006 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮންނަކަމާއި،
އެއެއްބަސްވުމުގެ މުއްދަތު ފެށޭނީ 01 އޮކްޓޯބަރ 2006 ގައި ކަމާއި އަދި މުއްދަތު ހަމަވާނީ 30
ސެޕްޓެމްބަރ 2013 ގައި ކަމާއި، ކުއްޔަށްދީފައިވާ 07 (ހަތެއް) އަހަރު ދުވަހުގެ ކުލި ކަމުގައި
200,000.00ރ (ދެލައްކަ ރުފިޔާ) ކަނޑައަޅައި، އެފައިސާ އެއްފަހަރާ ޖަމީލާ އިބްރާހީމުގެ ފަރާތުން އަޙްމަދު
ނަޢީމަށް ދައްކާފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ވ. އާސްމާންމަންޒިލް އޭކިޔާ އިމާރާތުގެ 03 (ތިނެއް) ވަނަ ބުރި 07
(ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފުމަށް ޖަމީލާ އިބްރާހީމް ދެއްކި 200,000.00ރ (ދެލައްކަ
ރުފިޔާ) ގެ ފައިސާގެ ތެރެއިން 50،000.00ރ (ފަންސާސްހާސް ރުފިޔާ) ޖަމީލާ އިބްރާހީމްގެ ދަރިފުޅު މޫސާ
ޝިޔާމާ ހަވާލުކޮށް ދިނުމަށްއެދި ޖަމީލާ އިބްރާހީމް 26 މާޗް 2007 ގައި އަޙްމަދު ނަޢީމަށް
އަންގާފައިވާކަމާއި، އަދި އެއެންގުމުގައިވާ ގޮތުގެ މަތިން އަޙްމަދު ނަޢީމު 50،000.00ރ (ފަންސާސްހާސް
04 0 0
ދިވެހިރާއްޖޭގެ
. ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{{39}HC-A/234
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރުފިޔާ) ޖަމީލާ އިބްރާހީމުގެ ދަރިފުޅު މޫސާ ޝިޔާމާ ހަވާލުކޮށްފައިވާކަމާއި، އެފައިސާ ކަނޑައި ބާކީވާ
150,000.00ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ޖަމީލާ އިބްރާހީމަށް ދެއްކުމަށް އަޙްމަދު ނަޢީމު
ހުރިކަމަށް އަޙްމަދު ނަޢީމުގެ ފަރާތުން ބުނެފައި އޮންނަކަމެވެ.
ތއްޔާރަށް
xތ 2 ބ 22
22
ކޮށްގެންނުވާނެއެވެ
732ހ2
ޏ ސ ޑރ
2 22 22 22
(ނ) ތިންވަނަ ކަމަކީ: ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 08 ވަނަ މާއްދާގައި
ބަޔާންކޮށްފައިވަނީ، "މިއެއްބަސްވުމުގެ ސުރުހީގައިވާ އިމާރާތުން ކުއްޔަށްހިފި ބައިގައި އިސްލާމްދީނާއި ރާއްޖޭގެ
ޤާނޫނާއި ޚިލާފުވާ އެއްވެސް ޢަމަލެއް ކުއްޔަށްހިފި ފަރާތުން އިމާރާތުގެ ކުއްޔަށްދިން ބައިގައި ހިންގައިގެން
ނުވާނެއެވެ. އަދި މިފަދަ ޢަމަލެއް ހިންގައިފިނަމަ މިހިންގި ކަމެއްގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ
ކުއްޔަށްހިފި ފަރާތުންނެވެ. އަދި ކުއްޔަށް ހިފިފަރާތުން އިމާރާތަށް ގެއްލުމެއްވާ އެއްވެސް ކަމެއް
ންނުވާނެއެވެ. އަދި އިމާރާތަށް ގެއްލުންވާ ކަމެއް ކުއްޔަށްހިފި ފަރާތުން ކުރާކަން އެނގިއްޖެއްޔާ އެކަން
ނަސޭހަތްތެރި ވެވޭނެއެވެ. ނަމަވެސް ކުއްޔަށްހިފި ފަރާތުން ތަކުރާރުކުރާނަމަ އިމާރާތް
ގެއްލުމެއް ކަމުގައި ބެލެވޭނީ ކޮންކްރީޓަށް ބަދަލެއް ގެނައުން. އަދި މުއްދަތުގެ ކުރީގައި
އިމާރާތް އަތުލެވޭނީ މުއްދަތުގެ ބާކީ ދުވަސްތަކަށް މަހަކަށް 10،000.00ރ (ދިހަހާސް ރުފިޔާ) ގެ މަގުން
ކުލި ދިނުމަށްފަހުގައެވެ." މިފަދައިންކަމާއި، މިމާއްދާގެ ފަހު ޖުމްލައިގައިވާ ހާލަތަކީ ކުއްޔަށްހިފި އިމާރާތް
ކުއްޔަށް ހިފާރާތާ ހަވާލުކުރުމަށްފަހު ތަން އަތުލާނަމަ، އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ޖުމްލައެއްކަމާއި،
މީހެއްގެ އަތުން އެއްޗެއް އަތުލެވޭނީ އެއެއްޗަކީ އެމީހެއްގެ އަތުގައި ނުވަތަ ބާރުވެރިކަމުގެ ދަށުގައި އޮތް
އެއްޗަކަށްވާނަމަ ކަމާއި، މިމައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ކުއްޔަށް ދީފައިވާ އިމާރާތް
ހިފިފަރާތާ ހަވާލުނުކުރާކަން ދެފަރާތުގެ ބަހުން އެނގެން އޮންނާތީ، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ
ފަހު ޖުމްލައިގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރެވޭނެ ހާލަތް މެދުވެރިނުވާކަމެވެ.
އަތމނއވެ"
ހތ
އެnނ
(ރ) ހަތަރުވަނަ ކަމަކީ: ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން
ވ. އާސްމާންމަންޒިލް އިމާރާތުގެ 03 (ތިނެއް) ވަނަ ބުރި ޖަމީލާ އިބްރާހީމާ ހަވާލުކުރުމަށް އެއްބަސްވެފައިވާ
01 އޮކްޓޯބަރ 2006 މިތާރީޚުގައި ހަވާލުކުރެވިފައިނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނައިރު،
އެމުއްދަތުގެ ތެރޭގައި ތަން ހަވާލުނުކުރެއްވިއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި
300.00ރ (ތިންސަތޭކަ ރުފިޔާ) ދައްކަން ޖެހޭނެކަމަށް އެއްބަސްވުމުގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައި
އޮތުމުން އެއްބަސްވެފައިވާ ތާރީޚުގައި އަޙްމަދު ނައީމަށް ޖަމީލާ ކުއްޔަށްހިފި ތަން ހަވާލު
ކުރެވިފައިނުވާތީ ޢަމަލުކުރަންޖެހޭނީ އެއެއްބަސްވުމުގެ 03 ވަނަ މާއްދާގައި މަތިންކަމެވެ.
ޏ ދުރު
ހ2
#
22x
کہ ہم کمر کی
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
6
2009}HC-A/2{34
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
495
94
2x 2
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން މަދަނީ ކޯޓުގެ
ނަންބަރު 2008/MC/1892 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި
ޤާނޫނީ ހަމައެއް ޖަމީލާ އިބްރާހީމުގެ ފަރާތުން ދެއްކިފައިނުވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނާނެ ތަނެއްނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މ 04 2ތ ހ ކތ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv