ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/245 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/245
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
بم اما مرا ترسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ވަން ޑި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
ވެ
ޤަޟިއްޔާ ނަންބަރ: 245/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޒާހިރު އާދަމް
ދާއިމީ އެޑްރެސް: ފ. ބީޗްކޯނަރ / ކ.މާލެ
* އައިޑީކާޑު ނަންބަރު: A043491
މިހާރުގެ އެޑްރެސް: މ. ބީޗްކޯނަރ / ކ.މާލެ
ބަދަލުގައި: އަލްއުސްތާޛު އިސްމާޢީލް ވިޝާމް (A040670)
ހަނީ ޑިއު | މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ގުރައިދޫ ކައުންސިލް
ދާއިމީ އެޑްރެސް: ކައުންސިލް އިދާރާ
އައިޑީކާޑު ނަންބަރު.
* މިހާރުގެ އެޑްރެސް: ކައުންސިލް އިދާރާ
ޤާނޫނީ ވަކީލް އަލްއުސްތާޛު އިބްރާހީމް ރިޝާ (A077768) ގ. ކްރޭބްޓްރީ / މާލެ
* ހުށަހެޅުނު ތާރީޚް:19 އޮކްޓޯބަރ 2011 * ނިމުނު ތާރީޚް: 30 ނޮވެމްބަރ 2011
+ ނަން:
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު.
ނަންބަރު: 2011
/
01/H
-
13
-
MC
* ނިންމެވި ކޯޓް: މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
ނިންމެވި ތާރީޚް: 02 އޮކްޓޯބަރ 2011
• މައްސަލަބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
އްމަދު، ފަނޑިޔާރު ޢައްބާސް ޝައިފްޓްށް
ހައިޑް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{11/HC-A/245
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
C
ދަޢުވާގެ ޚުލާޞާ
މިއީ، ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/F
-
13
-
MC ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެއަމުރު އިސްތިއުނާފުކުރުމަށް
ބީޗްކޯނަރ، ޒާހިރު އާދަމް (A043491) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
4
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01 - ކ.
ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/H
-
13
-
MC ކޯޓު އަމުރު،
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެއަމުރު އިސްތިއުނާފު
ބީޗްކޯނަރ ޒާހިރު އާދަމް (A043491) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
7 ގތ
ކެރެމަށް
02 - ކ.
22 ހއ
ކުރުމަށް
ވެއެނ
ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/H
-
13
-
MC ކޯޓު އަމުރަށް
ބެލިއިރު، އެއަމުރަކީ، ބީޗްކޯނަރ ޒާހިރު އާދަމަށް ކ. ގުރައިދޫން އޮޑި، ދޯނި، ބޯޓު ފަހަރު ބަނދެ މަރާމާތު
ދޫކޮށްފައިވާ ބިމުގެ އެގްރިމެންޓުގެ މުއްދަތު 15 ސެޕްޓެމްބަރ 2003 އަށް ހަމަވެގެން
އެބިމުގައި ޒާހިރު އާދަމް މަސައްކަތްކުރުމުގެ އެއްވެސް ޙައްޤެއް (އެގްރިމެންޓުގެ މުއްދަތު ހަމަވިފަހުން)
ނެތްކަމަށް ކުރީގެ މަދަނީ ކޯޓުން އެކޯޓުގެ ނަންބަރު 2008/MC/239 ޤަޟިއްޔާއިން ކުރެއްވި ޙުކުމާ
އެއްގޮތަށް ޢަމަލުނުކޮށް، އެމައްސަލަ ޒާހިރު އާދަމުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 220/HC
-
A/2008 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ޙުކުމަށް ތާއީދުކުރައްވައި، 13 މެއި 2010ގައި
ކުރެއްވި ޙުކުމަށްވެސް ޢަމަލު ނުކޮށް، ޒާހިރު އާދަމްގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ހުށަހެޅުމުން، މަދަނީ ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވައި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 22/SC
-
A/2010 ޤަޟިއްޔާއިން 02 ޖޫން 2011ގައި ޙުކުމްކުރެއްވުމުންވެސް،
އެއިން އެއްވެސް ޙުކުމަކަށް ކިޔަމަންތެރިނުވެ މިހާތަނަށްވެސް އެބިން ހުސްކޮށް އެބިމުން ނުފަޖީބަން
/
<< O
0/
<< O
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{11/HC-A/245
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
ou oo
އެތަނުގެ ކުލިބޮޑުކޮށް، އެކުލި ނުދައްކައިގެން ކުރައްވާފައިވާ ޖޫރިމަނާވެސް ނުދައްކާކަން މާލެއަތޮޅު ގުރައިދޫ
ކައުންސިލްގެ 5 (ފަހެއް) މެންބަރުންގެ ބަހުން ސާބިތުވާތީ އަދި މިހާރު މިފައިސާ ނުދީ އެބިމުގައިވާ ނޫރާނީ
ބޯޓު، ބައިލައިގެން ގެންދަން އުޅޭކަމަށާއި ޒާހިރު އާދަމް ކައުންސިލް އިދާރާއަށް ބިމު ކުއްޔަށާއި ޖޫރިމަނާއަށް
މިހާތަނަށް ދައްކަންޖެހި ނުދައްކައިއޮތް 327825.00ރ (ތިންލައްކަ ހަތާވީސްހާސް އައްސަތޭކަ ފަންސަވީސް
ރުފިޔާ) ލިބިދިނުމަށްފަހުގައި ނޫނީ، ނޫރާނީ ބޯޓު ބައިލައިގެން ނުގެންދިޔުމަށް އަމުރެއް ނެރެދިނުމަށް މާލެއަތޮޅު
ގުރައިދޫ ކައުންސިލުން ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން ނެރުއްވާފައިވާ އަމުރެއްކަމާއި، އެއަމުރު
ނެރުއްވާފައިވަނީ، ޝަރުޢީ ގޮތުން ބަލާއިރު ޒާހިރު އާދަމުގެ އެކަނި މަސްލަހަތަށްވުރެ ރަށެއްގެ ރައްޔިތުންގެ
ޙައްޤު މާބޮޑުވާނެކަމަށް ފެންނާތީ، ޒާހިރު އާދަމް ގުރައިދޫ ރައްޔިތުންނަށް ދޭންޖެހޭ 327825.00ރ
(ތިންލައްކަ ހަތާވީސްހާސް އައްސަތޭކަ ފަންސަވީސް ރުފިޔާ) މިކޯޓު މެދުވެރިކޮށް ދީ ޚަލާސްކޮށްފައި ނޫނީ
އެބިމުން ނޫރާނީ ބޯޓު ބައިލައި ގެންގޮސްގެން ނުވާނެކަމަށް ޒާހިރު އާދަމަށް އަންގަވައިކަން، އެއަމުރަށް
ބެލުމުން އެނގެން އޮވެއެވެ.
- 03
މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/H
-
13
-
MC ކޯޓު އަމުރު
އިސްތިއުނާފުހު ބީޗްކޯނަރ ޒާހިރު އާދަމްގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
<<
04 - މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/H
-
13
-
MC ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް މ. ބީޗްކޯނަރ ޒާހިރު އާދަމް ގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅޭގޮތުން ޒާހިރު އާދަމްގެ ފަރާތުންނާއި، ކ. ގުރައިދޫ ކައުންސިލް އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011
/
01/H
-
13
-
MC ކޯޓު އަމުރަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހ) ފުރަތަމަ ކަމަކީ: އޮޑި، ދޯނި، ޔޮޓުދޯނި، ބޯޓުފަހަރު ބަނދެ މަރާމާތުކުރުމާއި،
އެމަސައްކަތަށް ބޭނުންވާ ވާރކް ޝޮޕާއި، އެމަސައްކަތްކުރާ މީހުން އުޅުމަށް ވަގުތީ ގޮތުން މާލެއަތޮޅު ގުރައިދޫގެ
ބިމުން 22500 (ބާވީސްހާސް ފަސްސަތޭކަ) އަކަފޫޓުގެ ބިން 5 (ފަހެއް) އަހަރު ދުވަހުގެ ޑިއްޖޭތަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{11/HC-A/245
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
.
ޚަރަދުގައި
ބިޗްކޯނަރ ޒާހިރު އާދަމަށް ކުއްޔަށް ދިނުމާއި ބެހޭ ގޮތުން މާލެއަތޮޅު ގުރައިދޫ އޮފީހާއި މ. ބީޗްކޯނަރ
ޒާހިރު އާދަމާ ދެމެދު 25 ސެޕްޓެމްބަރ 1998 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޒާހިރު އާދަމުގެ އަމިއްލަ
އިމާރާތްކޮށް ޔާޑެއްހަދައި ތަނުގެ ކުލި ދައްކަމުން ދަނިކޮށް ޔާޑުގައި ކުރަމުން ގެންދާ މަސައްކަތްތައް
ހުއްޓުވާ އިތުރަށް މަސައްކަތްކޮށްފިއްޔާ މާރާމާރީ ހިންގާނެކަމަށްބުނެ އެތަނުގައިތިބި ޒާހިރު އާދަމްގެ
މުވައްޒިފުންނަށް މާލެއަތޮޅު ގުރައިދޫ އޮފީހުން ބިރުދައްކާ ހަދަމުންދާކަމަށްބުނެ އެތަނުގައި ޒާހިރު އާދަމް
ފަށާފައިވާ މަސައްކަތް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިދިނުމަށާއި އަދި އެތަނުގައި ހުރި ޒާހިރު އާދަމް ގެ
އެންމެހައި މިލްކިއްޔާތު އެތަކެތީގެ ގާތުން ލިބިދިނުމަށްއެދި ޒާހިރު އާދަމް ކުރީގެ މަދަނީ ކޯޓަށް ހުށަހެޅި
މައްސަލަ އެކޯޓުގެ ނަންބަރު 2008/MC/239 ޤަޟިއްޔާގައި ބައްލަވައި ޙުކުމް ކުރައްވާފައިވަނީ، ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބިން ކުއްޔަށް ހިފާފައިވަނީ 15 ސެޕްޓެމްބަރ 1998 ދުވަހުން
ފެށިގެން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށްކަމަށާއި، އެމުއްދަތު 15 ސެޕްޓެމްބަރ 2003 ގައި
ހަމަވިފަހުން، އެބިން ކުއްޔަށް ދޫކުރުމަށް ޒާހިރު އާދަމާއި ގުރައިދޫ އޮފީހާ ދެމެދުގައި އިތުރު
ހެދިފައި ނުވާކަން އެނގޭތީ އަދި ޒާހިރު އާދަމަށް ކ. ގުރައިދޫ އޮފީހުން ކުއްޔަށް ދޫކުރި ބިން
ކުއްޔަށްދޫކުރި
މުއްދަތު ހަމަވިފަހުން އެބިން ހުސްކޮށް ގުރައިދޫ އޮފީހާ ހަވާލުކުރުމަށް އަންގާފައިވާކަން
ސާބިތުވާކަމަށާއި، އަދި ގުރައިދޫ އޮފީހުން ބޭނުންވަނީ ޒާހިރު އާދަމަށް ގުރައިދޫން ކުއްޔަށް ދޫކޮށްފައިވާ
ބިމުގައިވާ ޒާހިރު އާދަމުގެ މުދާ ހުސްކޮށް ގުރައިދޫ އޮފީހާއި ބިން ހަވާލުކުރުމަށް ކަމުގައި ގުރައިދޫ އޮފީހުގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، ކ. ގުރައިދޫގައި ޒާހިރު އާދަމް އޮޑިދޯނި، ޔޮޓް ބޯޓު ފަހަރު
ބަނދެ މަރާމާތުކޮށް ހަދާ 22500 (ބާވީސްހާސް ފަސްސަތޭކަ) އަކަފޫޓު ބިމުގައި ޒާހިރު އާދަމަށް
އެމަސައްކަތްކުރުމުގެ ޙައްޤު ނެތްކަމަށް ކަނޑައަޅުއްވައި ކަމާއި، އަދި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 220
HC
-
A;2008 ޤަޟިއްޔާއިންނާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު 22/SC
-
A/2010 ޤަޟިއްޔާއިން ތާއީދު ކުރައްވައި ޙުކުމް ކުރައްވާފައި އޮންނަކަމެވެ.
04 2 2 4 8 2
އެއްބަސްވުމެއް
x2
4 ތ
ہی کره کره
(ނ) ދެވަނަ ކަމަކީ: ޒާހިރު އާދަމާއި މާލެއަތޮޅު ގުރައިދޫ ރަށު އޮފީހާ ދެމެދު ވެފައިވާ
އެއްބަސްވުމުގެ ދަށުން، ކުނި ނަގަމުންދާނީ މަހަކު އަކަފޫޓަކަށް 00.10ރ (ދިހަލާރި) ގެ ރޭޓުންކަމާއި،
ހިނގާމަހުގެ ކުލި އެމަހެއްގެ ފުރަތަމަ 10 (ދިހައެއް) ދުވަހުގެ ކުރިން ގުރައިދޫ އޮފީހަށް
ދައްކަންވާނެކަމާއި އެމުއްދަތުގެ ތެރޭގައި ކުލި ނުދައްކައިފިނަމަ، ދެން ކުރި ބަލައިގަނެވޭނީ ދައްކަންޖެހޭ
ފައިސާގެ %5 (ފަހެއް އިންސައްތަ) ގެ ޖޫރިމަނާއަކާއެކުގައި ކަމާއި، ކުލި ނުދައްކައި 1 (އެސެޖްމަތް
ފާއިތުވެއްޖެނަމަ، ކުލި ބަލައިގަނެވޭނީ ދައްކަންޖެހޭ ކުލީގެ %10 (ދިހައެއް އިންސައްތަ) އަށް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{11/HC-A/245
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
ޖޫރިމަނާއާއެކުގައިކަމަށް އެއެއްބަސްވުމުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނައިރު،
ޒާހިރު އާދަމަށް ކ. ގުރައިދޫން ކުއްޔަށް ދޫކޮށްފައިވާ ބިން ކ. ގުރައިދޫ ކައުންސިލު އިދާރާއާ ހަވާލުކުރަންދެން
01 ޖޫން 2011 އިން ފެށިގެން ކޮންމެ މަހަކު ޒާހިރު އާދަމް ކުއްޔަށްހިފާފައިވާ ބިމުގެ ކުލި އަކަފޫޓަކަށް
3.00ރ (ތިނެއް) ރުފިޔާގެ ރޭޓުން 22500 އަކަފޫޓަށް މަހަކު 500.00, 67ރ (ފަސްދޮޅަސްހަތްހާސް
ފަސްސަތޭކަ ރުފިޔާ) ދައްކަންޖެހޭކަމަށާއި، އެފައިސާ ނުދައްކައިފިނަމަ ދެން އެފައިސާ ބަލައިގަނެވޭނީ ކޮންމެ
މަހަކު ދައްކަންޖެހޭ ޖުމްލަ ފައިސާގެ 10 (ދިހައެއް އިންސައްތަ) ޖޫރިމަނާއާއެކުގައިކަމަށް މާލެއަތޮޅު
ގުރައިދޫ ކައުންސިލްގެ ފަސްމެންބަރުން ސޮއިކޮށް ނެރެފައިވާ އެކައުންސިލްގެ ނަންބަރު 2011
/
04-338
ޤަރާރުން އެނގެން އޮންނަކަމެވެ.
02c
(ބ) ތިންވަނަ ކަމަކީ: މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011
/
01/H
-
13
-
MC ކޯޓު އަމުރު ނެރުއްވާފައިވަނީ، މ. ބީޗްކޯނަރ ޒާހިރު އާދަމް ގުރައިދޫ
ރައްޔިތުންނަށް ދައްކަންޖެހޭ 327825.00ރ (ތިންލައްކަ ހަތާވީސްހާސް އައްސަތޭކަ ފަންސަވީސް ރުފިޔާ)
ގުރައިދޫ ކޯޓު މެދުވެރިކޮށް ދީ ޚަލާސްކުރުމަށް ފަހުގައިނޫނީ ނޫރާނީ ބޯޓު ބާލައިގެން ގެންގޮސްގެން
ނުވާނެކަމަށް ޒާހިރު އާދަމަށް އަންގަވައިކަމަށްވާއިރު، އެއަމުރު ނެރުއްވާފައިވަނީ ޒާހިރު އާދަމުގެ ބަހެއް
ޝަރީޢަތުން ހޯދުމަކާ ނުލައި ކަމަށް ޒާހިރު އާދަމުގެ ފަރާތުން ބުނެފައިވާކަމާއި އަދި ޒާހިރު އާދަމް ކ.
ގުރައިދޫ ކައުންސިލަށް ދައްކަންޖެހޭކަމަށް ކ. ގުރައިދޫ ކައުންސިލް އިދާރާގެ ފަރާތުން ބުނާ ފައިސާގެ އަދަދަކީ
ޒާހިރު އާދަމް ޤަބޫލުކުރާ އަދަދެއްނޫންކަމަށާއި، އަދި އެއަދަދަށް ޒާހިރު އާދަމް ފައިސާ ދައްކަންޖެހޭކަމަށް
ޝަރުޢީ އެއްވެސް ކޯޓަކުން އަދި ކަނޑައަޅުއްވާފައިނުވާކަމަށް ޒާހިރު އާދަމުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، އަދި ޒާހިރު އާދަމުގެ އަތުން ކ. ގުރައިދޫ ކައުންސިލް
އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މައްސަލަ ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމާއި އަދި
އެމައްސަލާގައި ޙުކުމެއް ކުރައްވާފައިނުވާކަމަށް މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ: ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތް ނިމުމުގެ ކުރިން
ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައި ދިނުމަށްއެދޭ ހާލަތުގައި، އެފިޔަވަޅު ނާޅައިފިނަމަ،
މައްސަލާގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިވަޑައިގަންނަވާ
ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުއްވުމުގެ ބާރު، ލިބިފައިވީނަމަވެސް، އެފަދަ ފިޔަވަޅެ
12
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
6
2011/HC-A/245
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
میانی عمر کی
ދަޢުވާލިބޭ މީހާ ފިލައިގެން ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ އެކަން ހުއްޓުވުމުގެ ގޮތުން
ނުވަތަ ދަޢުވާކުރެވޭމުދާ ނުވަތަ ފައިސާ ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމުގެ ބިރު ހީވާނަމަ އެކަން
ގޮތުން ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް ނުވަތަ
އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން ހުއްޓުވުމުގެ
ގޮތުން ނުވަތަ މައްސަލާގައި ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާސިލުނުވެ ހިނގައިދާނެކަމަށް
ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ އެކަން ހުއްޓުވުމުގެ ގޮތުން ނުވަތަ މައްސަލައިގައި ހިމެނޭ އެއްވެސް
ފަރާތަކަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެކަމަށް ޤަބޫލުކުރެވޭނަމަ، އެގެއްލުމެއް ހުއްޓުވުންފަދަ
ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެދާނެކަމަށް ޤަބޫލުކުރެވުމުންކަމާއި، މިމައްސަލާގައި ޒާހިރު އާދަމުގެ ނޫރާނީބޯޓު
ބައިލައިގެން ނުގެންދިއުމަށް އަމުރުކުރައްވާފައިވަނީ އިސްވެބަޔާންކުރެވުނު ހާލަތްތަކުގެ ތެރެއިން ހާލަތެއް
އޮވެގެންކަން އެއަމުރަށް ބެލުމުން އެނގެންނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޒާހިރު އާދަމް، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާއަށް
ދައްކަންޖެހޭކަމަށް އެއިދާރާއިން ބުނާ ފައިސާގެ ޢަދަދާމެދު ޒާހިރު އާދަމް އިންކާރުކުރާކަމާއި، އެޢަދަދަށް ޒާހިރު
އާދަމް މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާއަށް ފައިސާ ދައްކަންޖެހޭކަން ޝަރުޢީ ކޯޓަކުން އަދި
ކަނޑައަޅުއްވާފައިނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނައިރު، ޚިލާފު އުފެދިފައިވާ އެފައިސާއަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ދައްކަންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ޝަރީޢަތުން ބައްލަވައި ގޮތެއް
ކަނޑައެޅުއްވުމަކާ ނުލައި، މާލެއަތޮޅު ގުރައިދޫން ޒާހިރު އާދަމަށް ކުއްޔަށްދޫކުރި ބިމުގައިހުރި ނޫރާނީ ބޯޓު
ބައިލައިގެން ނުގެންދިއުމަށް މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރައްވާފައިވަނީ، ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމާއި، އަދި އެބިމުގައި މަސައްކަތް
ޒާހިރު އާދަމަށް
ލިބިގެންނުވާކަމަށް މަދަނީ ކޯޓުގެ ނަންބަރު 2008/MC/239 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 220/HC
-
A/2008 ޤަޟިއްޔާގައާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
22/SC
-
A/2010 ޤަޟިއްޔާގައި، ކުރައްވާފައިވާ ޙުކުމްތަކާ ތަޢާރުޒުވާ ގޮތަށް ކަމެވެ.
ﷲ30
429
ކ#2 ޤް
H-13-MC/2011/01
އެހެންކަމުން މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވޭކަމެވެ.
5 2360
އކާޓެ އެބެރެ
ދިވެހިރާއްޖޭ
ދިވެދެއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{11/HC-A/245
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
ޙުކުމް
ou oo
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން މާލެއަތޮޅު
ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011
/
01/H
-
13
-
MC_ ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް
2011
/
01/H
-
13
-
MC ކޯޓު އަމުރު ބާޠިލުކޮށްފީމެވެ.
ouoo
ކޯޓުގެ ނަންބަރު
ވިޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު
ޢައްބާސް ޝަރީފް
ފަނޑިޔާރު
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv