ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/170 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/j70
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 170/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަމީން އިބްރާހީމް
ކާޑު ނަންބަރ: A052798
* ދާއިމީ އެޑްރެސް: ހ.ހާލި|ކ.މާލެ
މިހާރުގެ އެޑްރެސް: ހ.ހާލި ކ.މާލެ
އިސްތިއުނާފު ރައްދުވާ ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:-
، މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
F
:
* ރަޖިސްޓްރީކުރެވުނު ތާރީޚް: 21 ރަޖަބް 1436
10 މެއި 2015
= ނިމުނު ތާރީޚް: 25 ރަޖަބް 1436
14 މެއި 2015
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2015
/
3382/J
/
MD-145
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 02 މެއި 2015 * ނިމުނު ތާރީޚް: 02 މެއި 2015
ދިވެހިރާއްޖެ
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
z
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/j70
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3382/J
/
MD-145 ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ހ.ހާލި އަމީން އިބްރާހީމް
(ދ.ރ.ކާޑު ނަންބަރު: A052798) ގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އަމީން އިބްރާހީމްގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
.1
އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3382/J
/
MD-145 *ކޯޓު
އަމުރު" އަށް ބަލާއިރު، އެ އަމުރަކީ ހ.ހާލި| އަމީން އިބްރާހީމް (ދރ.ކާޑް ނަންބަރު A052798) ގެ
މައްޗަށް ތުހުމަތުކުރެވިފައިވާ ބިރުދެއްކުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން، މުޖުތަމަޢުގެ ސަލާމަތަށްޓަކައި
02 މެއި 2015 ވަނަ ދުވަހުގެ 22:20 އިން ފެށިގެން 17 މެއި 2015 ވަނަ ދުވަހުގެ 22:19 އަށް،
15 (ފަނަރަ) ދުވަހުގެ މުއްދަތަށް ހ.ހާލި އަމީން އިބްރާހީމް (A052798) މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3382/J
/
MD-145 ކޯޓު އަމުރު" އަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ އަމީން އިބްރާހީމްގެ ފަރާތުން
އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 05 ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/170
ޑީ
4 |
OCX
2014/HC-A/286
UCO
ފުރަތަމަ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް
ރިޢާޔަތްކުރުމެއްނެތި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކަމަށް ވިދާޅުވެ އެއްވެސް ފެކްޗުއަލް އަސާސެއްގެ މައްޗަށް
ބިނާކުރުމަކާނުލައި އިސްތިއުނާފުކުރާ ފަރާތް 15 (ފަނަރަ) ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް
ކޯޓުގެ
ނަންބަރު 2015
/
3382/J
/
MD-145 (02 މެއި 2015) ކޯޓު އަމުރު ނެރުއްވާފައިވަނީ، ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
ޤަޟިއްޔާގައި، ކުށެއްގެ ތުހުމަތުގައި ހުރިމީހަކު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ
މައްސަލަތަކުގައި، އެފަދަ މީހަކު ބަންދުގައި ބަހައްޓަންޖެހޭނެކަން ސާބިތުކޮށްދީ އެކަމުގެ މައްޗަށް ހެކި ޤަރީނާ
ހުށަހެޅުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އުފުލަންޖެހޭ ބުރައެއްކަމަށް ބަޔާންކޮށްފައިވާއިރު،
މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަން ސާބިތުކުރުމަށް އެއްވެސް ބާވަތެއްގެ ހެކި ހުށަހަޅާފައިނުވަނީސް ކޯޓު
އަމުރު ނެރުއްވާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އިސްތިއުނާފްކުރާ ފަރާތް ބަންދުކުރުމަށްޓަކައި ކްރިމިނަލް ކޯޓުގެ
ނަންބަރު 2015
/
3382/J
/
MD-145 (02 މެއި 2015) ކޯޓު އަމުރު ނެރުއްވާފައިވަނީ ކުށެއްގެ
ތުޙުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދުގެ 4 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ރ) އިން
ލާޒިމުކޮށްފައިވާ ގޮތާއި ޚިލާފަށް، އެމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ބަންދުކުރި ސަބަބު ފޯމުގައި
ބަޔާންކޮށްފައިނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
އާ
COC
:
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/170
ފަސްވަނަ ނުކުތާއަކީ: އިސްތިއުނާފްކުރާ ފަރާތް ބަންދުކުރީ ވަކި ޙާލަތަކާ ގުޅިގެން ކަމަށް
ބުނާއިރު، އެޙާލަތު ދެމިގެން ނުދާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3382/J
/
MD-145 ކޯޓު އަމުރަށާއި، އަމީން
އިބްރާހީމްގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށާއި، މައްސަލައާއި ގުޅުހުންހުރި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ހ.ހާލި އަމީން އިބްރާހީމް ހައްޔަރުކުރެވިފައިވަނީ، 2015 މެއި 01 ވަނަ
ދުވަހު މާލޭގައި ކުރިޔަށްދިޔަ މުޒާހަރާގައި އަނިޔާވެރި ޢަމަލުތައް ހިންގުމަށް މުޒާހަރާގެ ބައިވެރިންނަށް
ހިއްވަރުލިބޭގޮތަށް އަމީން އިބްރާހީމް ވާހަކަދެއްކުމުގެ ސަބަބުން އެމުޒާހަރާގެ
ބައިވެރިން ފުލުހުން
ބަންދުކޮށްފައިވާ އެކިއެކި ސަރަޙައްދުތަކަށް ވަންނަން މަސައްކަތްކޮށް ފުލުހުންނަށާއި ޢާއްމުންގެ މުދަލަށް
ހިންދެމުންދާތީއާއި، އެކަމަކީ އަމީން އިބްރާހީމް އާއި އިތުރު ފަރާތްތަކަކުން އެފަދަ ކަންކަމަށް
ހިއްވަރުދިނުމުގެ ސަބަބުން ހިންގަމުންދާ
ތުހުމަތުކުރެވޭތީ، މުޖުމަތަމަޢުގެ ސަލާމަތާއި
ރައްކައުތެރިކަމަށްޓަކައި އަމީން އިބްރާހީމް ހައްޔަރުކުރުމުގެ އަމުރަކަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 2015
/
132/D2
/
AWF-171 "ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް"
އިން ހުށަހެޅުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/191(J(HA-145 ކޯޓު އަމުރުގެ ދަށުން، 02 މެއި
2015 ވަނަ ދުވަހުގެ 02:20 ހާއިރުކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3382/J
/
MD-145 ކޯޓު އަމުރަށް
ބަލާއިރު، މިކޯޓު އަމުރަކީ، އިސްވެބަޔާންކުރެވުނު ހައްޔަރުކުރުމުގެ އަމުރުގެ ދަށުން އަމީން އިބްރާހީމް
ހައްޔަރުކުރުމަށްފަހު، 02 މެއި 2015 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އަމީން އިބްރާހީމް
ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް
0
3
4 ޑ 3
0
4
އއ މވ ހޑ އއދވ
ދނއސރއކމނ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެ 4
2
2x ހދޑ S+
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/170
ސަރވިސްގެ ނަންބަރު TD078810 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ
ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން، މުޖުމަތަޢުގެ
ސަލާމަތަށްޓަކައި، 02 މެއި 2015 ވަނަ ދުވަހުގެ 22:20 އިން ފެށިގެން 17 މެއި 2015 ވަނަ ދުވަހުގެ
22:19 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަމީން އިބްރާހީމް މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން
ކަނޑައަޅާތަނެއްގައި
ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ
އަމުރެއްކަން
ބަންދުކޮށްފައި
ގޮތެއް
eco
ސަބަބެއް
etc
3.2- ދެވަނަ ކަމަކީ: ކުށެއްގެ ތުހު
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ނިންމުމުގައި ފަނޑިޔާރު
ދިވެހިރާއްޖޭގެ
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"ގެ 7
ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ އެމީހެއްގެ ކިބާގައި
ފުރިހަމަވެފައިވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ކަނޑައަޅައި ގޮތެއް
ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި، އެމާއްދާގެ (ރ) ގައި، ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމާ
ޙާލަތުގައި ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބު ފޯމުގައި ލިޔަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ޤާނޫނުއަސާސީގެ
ދިވެހިރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/170
etc
ކު05 6
ކުށެއްގެ
OCX
44
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3382/J
/
MD-145 ކޯޓު
އަމުރުގައި އަމީން އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ނިންމެވި ސަބަބު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ
(ރ) ގައިވާ ފަދައިން ބަޔާންކުރައްވާފައިވާކަމާއި، އެއީ މުޖުތަމަޢުގެ ސަލާމަތަށްޓަކައިކަން އެއަމުރަށް ބެލުމުން
އެނގެންއޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ސަބަބެއްގެ މައްޗަށް ބިނާކޮށް ބަންދުގެ މުއްދަތު އިތުރުކޮށް ނެރޭ ކޯޓުއަމުރުގައި ބަޔާންކުރުން ލާޒިމުވާނީ
ބަންދުގައި ބެހެއްޓުމަށް ނިންމެވި ސަބަބުކަން އެނގޭކަމާއި، ނަމަވެސް މިފަދަ އަމުރުތަކުގެ ޠަބީޢަތަށާއި، މިފަދަ
އަމުރުތައް ނެރުއްވުމުގައި ކޯޓުތަކުން ޢަމަލުކުރައްވަމުންގެންދަވާ އުޞޫލުތަކުގެ މައްޗަށް ބަލާއިރު، އެސަބަބުގެ
ތަފްޞީލު ކޯޓު އަމުރުގައި ލިޔުއްވުމަކީ ލާޒިމުކަމެއްނޫންކަން އެނގޭކަމެވެ.
3.3- ތިންވަނަ ކަމަކީ: އަމީން އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ގޮތުން ކްރިމިނަލް
ކޯޓުގެ ނަންބަރު 2015
/
3382/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާއާ
ޚިލާފަށްކަމަށް ބުނެ އަމީން އިބްރާހީމްގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބަލާއިރު،
ކުށެއްގެ ތުހުމަތުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ވަނީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރަންޖެހޭ ވަގުތަކީ ބަންދުނޫން ކޮންމެ ދުވަހެއްގެ 7:30 އިން ރޭގަނޑު
9
:
3 އާއިދެމެދު ކަމަށާއި، އެމާއްދާގެ (ށ) ގައި ވަނީ، ރަސްމީ ބަންދުދުވަސްތަކުގައި އެމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރާނީ ހަވީރު 4:00 އިން ފެށިގެން 9:30
އާއިދެމެދުކަމަށް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2015/HC-A/j70
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
6 24
ޕްބޭއެ
OCX
އަމީން އިބްރާހީމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އަމީން އިބްރާހީމް ކްރިމިނަލް ކޯޓަށް
ގެންދެވިފައިވަނީ ރަސްމީ ބަންދުދުވަހެއްކަމުގައިވާ 02 މެއި 2015
ލީ
ހޮނިހިރު ދުވަހުކަމުން އޭނާގެ
ބަންދާމެދު ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރަންވާނީ ކުށެއްގެ ތުހުމަތުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ށ)
ގައިވާ ފަދައިން ހަވީރު 4:00 އިން ފެށިގެން 9:30 އާއިދެމެދުކަން އެމާއްދާއަށް ބެލުމުން
އެނގެންއޮންނަކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އަމީން އިބްރާހީމް
ކްރިމިނަލް ކޯޓަށް ހާޒިރުކުރެވިފައިވަނީ 02 މެއި 2015 ވީ ހޮނިހިރު ދުވަހުގެ 20:00 ހާއިރުކަމަށް
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، މިކަމަށް އަމީން
އިބްރާހީމްގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި،
އަމީން އިބްރާހީމްގެ ފަރާތުން އިސްތިއުޝާފީ މިނުކުތާގައި ފާހަގަކުރާ ކަމަކީ، އަމީން އިބްރާހީމްގެ
ބަންދާމެދު ގޮތެއް ނިންމި މަޖިލީހަށް އޭނާ ހާޒިރުކުރެވުނު އިރު ކުށެއްގެ ތުހުމަތުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގައި
ކަނޑައަޅާފައިވާ ވަގުތު ހަމަވެފައިވުންކަން އެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެންއޮތްއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/191(J
(
HA-145 ކޯޓު އަމުރުގެ ދަށުން އަމީން
އިބްރާހީމް ހައްޔަރުކުރެވިފައިވަނީ، 02 މެއި 2015 ދުވަހުގެ 02:20 ގައިކަމާއި، އަދި އެވަގުތުން ފެށިގެން
24 ގަޑިއިރު ހަމަވުމުގެ ކުރިން އަމީން އިބްރާހީމް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުގެ އިތުރުން، އޭނާގެ
ބަންދާމެދުވެސް 24 ގަޑިއިރުގެ ކުރިން ގޮތެއް ނިންމަވާފައިވާކަން، އިސްތިއުނާފްކުރެވިފައިމިވާ، ކްރިމިނަލް
ކޯޓުގެ ނަންބަރު 2015
/
3382/J
/
MD-145 ކޯޓު އަމުރަށާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/170
eyއ
4
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި އަމީން އިބްރާހީމް ކޯޓަށް
ޙާޟިރުކޮށް، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 2 ވަނަ މާއްދާގައި
ބުނެފައިވާ ގޮތުގެ މަތިން، އަމީން އިބްރާހީމް ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި އަމީން އިބްރާހީމްގެ
ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމަވާފައިވާކަން
އެނގޭކަމެވެ.
3 މތ އ ސ
ހއ
އެކުށަށް
(ނ) ހަތަރުވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް
ހުށަހެޅޭ މައްސަލަތަކުގައި ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކި
ޤަރީނާނޫންކަމާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް
އުފެދޭ މިންވަރުގެ ހެކި ޤަރީނާކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކި ނެތްކަމުގައިވިއަސް ޝައްކުކުރެވޭ ކުށުގެ
ރައްކާތެރިކަމާއި، ތުހުމަތު ކުރުމުގައި ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލާއިރު
ތުހުމަތުކުރެވޭވަރުގެ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓިދާނެކަން
މީގެކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
263/HC-A/2012 ޤަޟިއްޔާއާއި ނަންބަރު 265/HC-A/2012 ޤަޟިއްޔާ ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލަކީ،
ކުށެއްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކޮންމެ ފަހަރަކީ، ހަމައެކަނި އެހެކީގެ މައްޗަށް
ބަލައި، ތުހުމަތު ކުރެވޭ މީހާ ތަޙްޤީޤު މަރުޙަލާގައި ބަންދުގައި ބަހައްޓަން ޖެހޭކަމަށް ކަނޑައަޅާފައިވާ
އުޞޫލެއް ނޫންކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2015/HC-A/j70
ޤާނޫނުއަސާސީގެ
ދިވެހިރާއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއާއި ޚިލާފަށް އެޤަޟިއްޔާތަކުން ކަނޑައަޅާފައިވާ އުޞޫލަކީ ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން
މީހަކު ބަންދުގައި ބެހެއްޓޭނީ، އެމީހަކު ކުށެއްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު،
ގެ 49 ވަނަ މާއްދާގައި މީހަކު ބަންދުގައި ބެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވާ، 5 (ފަހެއް)
ޙާލަތުންކުރެ ޙާލަތެއް، އެމީހެއްގެ ކިބައިގައި ފުރިހަމަވެފައިވާ ކަން، އެކަށީގެންވާ ހަމަތަކުގެމަތިން، ދައުލަތުގެ
ފަރާތުން ޝަރީޢަތަށް ހާމަކޮށްދޭ ޙާލަތުގައިކަމަށް ބަޔާންކުރުމުގެ ގޮތުން ކަނޑައަޅާފައިވާ އުޞޫލެއްކަމާއި،
މިގޮތުގެމަތިން ބަލާއިރު، އަމީން އިބްރާހީމް އާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ބިރުދެއްކުމުގެ
ކުށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކައިންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްއިރު،
ބިރުދެއްކުމުގެ ގޮތުން އަމީން އިބްރާހީމް ކުރިކަމެއް ނުވަތަ ދެއްކިވާހަކައަކީ ކޮބައިކަން
ބަޔާންކޮށްދިނުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުށަހެޅި ހެއްކާއި ޤަރީނާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާބެލި ފަނޑިޔާރުންގެ ފަރާތުން ކުރި ސުވާލުތަކުގެ ޖަވާބުގައި،
ސަރުކާރާ އިދިކޮޅު ފަރާތްތަކުން 01 މެއި 2015 ގައި މާލޭގައި ބޭއްވި މުޒާހަރާގައި އަމީން
އިބްރާހީމް ދެއްކިވާހަކަ ހިމެނޭ ސީޑީއަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓަލިޖެންސް ސޯސްތައް
މެދުވެރިކޮށް އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް އޮތްވާހަކަ ކްރިމިނަލް ކޯޓުގެ
ފަނޑިޔާރަށް ދެންނެވުމުން، ތެރެއިން ބަޔާންކުރެވުނު ރިޕޯޓު ގޮތުގައި އޮތް ޑޮކިއުމަންޓު
ބަލައިގަތުމަށްފަހު، ސީޑީ ބަލައިގަނެފައިނުވާކަމަށް، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބުނެފައިވާކަމާއި،
އޭގެތެރެއިން ރިޕޯޓުގެ ގޮތުގައި ހުށަހެޅި ޑޮކިއުމަންޓުގައި ދިވެހި ފުލުހުންނަށް ބިރުދެއްކުމުގެ ގޮތުން
އަމީން އިބްރާހީމް ދައްކާފައިވާ ވާހަކަކަމަށް ބަޔާންކޮށްފައިވާ ވާހަކައަކީ، 01 މެއި 2015 ގައި ބޭއްވި
މުޒާހަރާގައި އަމީން އިބްރާހީމް ދެއްކިވާހަކަ އެދެއްކިގޮތަށް ލިޔެފައިވާ ޢިބާރާތްތަކެއް ނޫންކަމަށާއި، އެއީ އެ
މުޒާހަރާގައި އަމީނު އިބްރާހީމް ދެއްކި ވާހަކައިން އެ ޑޮކިއުމަންޓު ތައްޔާރުކުރި ފަރާތަށް ދޭހަވި އެއްޗެއްގެ
8 34
م ممر مرسي
އޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/170
މައްޗަށް ލިޔެފައިވާ ޢިބާރާތްތަކެއްކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު:2015
/
3382/J
/
MD-145 ކޯޓު އަމުރުން އަމީން އިބްރާހީމްގެ
ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވަނީ، އަމީން އިބްރާހީމް އަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ވާފަދަ
ވާހަކަތަކެއް ދައްކާފައިވާ މީހެއްކަމަށް ބައްލަވައިގެންކަން އެނގެން އޮންނަކަމާއި، އަދި އަމީން އިބްރާހީމްގެ
ބަންދުގައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވަނީވެސް
އޭނާގެ ފުށުން
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބައްލަވައިގެންކަމާއި،
ނަމަވެސް އިސްވެ ބަޔާންކުރެވުނު ޑޮކިއުމަންޓުގައިވާ ޢިބާރާތްތައް އެޑޮކިއުމަންޓަށް
ނަޤުލުކޮށްފައިވަނީ ދޭހައިގެ މައްޗަށް ބިނާކޮށްގެންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައި
ވުމުންނާއި، އަމީން އިބްރާހީމް މުޒާހަރާގައި ދެއްކިވާހަކާގައި ބިރުދެއްކުމާއި ކުށަށް ހިތްވަރުދިނުންފަދަ ކަންކަން
ހިމެނޭ ޢިބާރާތްތަކެއް ވޭތޯ އަމީން އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމެވުމުގެ ކުރިން ފަނޑިޔާރު
ވަޒަންކުރުމުގެގޮތުން އޭނާ އެދުވަހު ދެއްކިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނާ ވާހަކަތަކުގެ
ރެކޯޑިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުއްދަތު މަޖިލީހަށް ގެންގޮސްފައި ވީނަމަވެސް އެވާހަކަ
ފަނޑިޔާރު އަޑުއައްސަވާފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އަމީން އިބްރާހީމްގެ ފުށުން މުޖްތަމަޢަށް ނުރައްކާވެދާނެކަމަށް
ނިންމެވުމުގެ ކުރިން އެކަން އެކަށީގެންވާގޮތުގައި ކްރިމިނަލް ކޯޓުން ވަޒަން ކުރައްވާފައިވާކަމަށް މިޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަށް ފެނިފައިނުވާތީ، ކްރިމިނަލް ކޯޓުގެ
ނަންބަރު: 2015
/
3382/J
/
MD-145 ކޯޓު އަމުރުން އަމީން އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެކަމަށް
ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާބެލި
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވެއެވެ.
1
etc.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/170
• ޙުކުމް:
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2015
/
3382/J
/
MD-145 ކޯޓު އަމުރުން ހ.ހާލި(އަމީން އިބްރާހީމް
(A052798) 15 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި
ބެހެއްޓުމަށް ކުރައްވާފައިވާ އަމުރު ބާޠިލްކޮށް އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޢަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ޢައްބާސް ޝަރީފް
ފަނޑިޔާރު)
ޚައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv