ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/190 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/190
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤާޟީއްޔާ ނަންބަރ: 190/HC
-
A/2010
• އިސްތިއުނާފް ކުރިފަރާތް
* ނަން: މޫސާ އަޙްމަދު
އައިޑީ ކާޑު ނަންބަރ: A012346
* ދާއިމީ އެޑްރެސް: ބަގީޗާގެ / ފ.ނިލަންދޫ
މިހާރުގެ އެޑްރެސް: މއ.އޯކިޑު ގެ/ށ.މާލެ
. އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަލީ މޫސާ
އައިޑީ ކާޑު ނަންބަރ:A072687
* ދާއިމީ އެޑްރެސް: އަޒުރާމަންޒިލް ފ.ނިލަންދޫ
މިހާރުގެ އެޑްރެސް: އަޒުރާމަންޒިލް ފ.ނިލަންދޫ
*
• ރަޖިސްޓްރީކުރެވުނު ތާރީޚް: 5 ރަމަޝާން1431
15 އޮގަސްޓް 2010
* ނިމުނު ތާރީޚް: 25 ރަބީޢުލްއައްވަލް 1432
28 ފެބްރުއަރީ
2011
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
z
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2010/HC-A/190
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ ފ.ނިލަންދޫ ކޯޓުގެ ނަންބަރ 2010/L6C/06 ޤަޟިއްޔާ ނިންމާފައިވަނީ ޝަރީޢަތާއި
ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ އެމައްސަލާގެ ދަޢުވާލިބޭ ފަރާތް ކަމަށްވާ ފ.ނިލަންދޫ ބަގީޗާގެ
(މއ.އޯކިޑުގެ) މޫސާ އަޙްމަދު، ފ.ނިލަންދޫ އަޒުރާމަންޒިލް ޢަލީ މޫސާގެ މައްޗަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ދަށުކޯޓުގެ ޙުކުމް ރަގަޅު ނޫންކަމަށް ދެކިގެން އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކަށާއި މައްސަލާގެ ލިޔުންތަކަށާއި ބަޔާންތަކަށް މިމައްސަލަ ބެލިފަނޑިޔާރުން ބަލާ ނަޒަރުކުރުމު
ތިރީގައިވާ ކަންކަން ފާހަގަކުރެވިފައިވެއެވެ.
(ހ) އިސްތިއުނާފުކުރެވޭ މައްސަލަ ދަށުކޯޓަށް ހުށަހެޅި ފަރާތްކަމަށްވާ ޢަލީ މޫސާގެ
އަންހެނުންނާ ދަށުކޯޓުގައި މިމައްސަލަބަލާ ނިންމި ފަނޑިޔާރުގެ އަންހެނުންނާ އެއީ އެއްބަޑުއެއްބަފާ
ދެމީހުންކަމަށް މިމައްސަލަ އިސްތިއުނާފުކުރި ފަރާތްކަމަށްވާ މޫސާ އަހްމަދު ބުނެފައިވާ ބުނުމަކީ
ތެދެއްކަމަށާއި ޤާޟީގެ އަންހެނުންނާއި ޢަލީ މޫސާގެ އަންހެނުންނާ އެއީ އެއްބަނޑު އެއްބަފާ ދެބެއިންކަމަށް
އިސްތިއުނާފު ރައްދުވާފަރާތް ކަމަށްވާ ޢަލީ މޫސާ ބުނެފައިވާކަން އެގެއެވެ.
(ނ) މިމައްސަލަ ފ.ނިލަންދޫ ކޯޓަށް ހުށަހެޅިފަރާތް ކަމުގައިވާ ފ.ނިލަންދޫ އަޒުރާމަންޒިލް
ޢަލީ މޫސާގެ އަންހެނުންނާއި މިމައްސަލަ ބެލި ފަނޑިޔާރުގެ އަންހެނުންނާއި އެއީ އެއްބަނޑުއެއްބަފާ
ދެންއަންހެނުންކަމަށް މިމައްސަލަ އިސްތިއުނާފުކުރި ފަރާތުން ބުނެފައި ވުމުގެ އިތުރުން މިމައްސަލައިގެ
އިސްތިއުނާފުރައްދުވާ ފަރާތްކަމަށްވާ ޢަލީ މޫސާ ވެސް އެކަމަށް އިޤުރާރުވެފައިވާކަމާއި އެހެންކަމުން
މިމައްސަލާގެ އެއް ޚަސްމުކަމަށްވާ ޢަލީ މޫސާއާއި މައްސަލަބެލި ފަނޑިޔާރާއި މިދެފަރާތަކީ ދެޅިޔަނުންކަމަށް
ވާއިރު ޤާނޫނު ނަންބަރ 6/2008 (ޢާއްމު ޤަވާއިދުތަކާ ބެހޭ ޤާނޫނު) ގައި ހިމެނޭ ޝަރީޢަތްކުރުމާއި ބެހޭ
ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 35 ވަނަ މާއްދާގައި ތިމާގެ ކަމުގެ ސަބަބުން ޝަރީޢަތް ނުހިންގޭ
މީހުންގެ ތެރޭގައި ޅިޔަން ފަހަރިން ހިމެނޭކަން ޞަރީޙަކޮށް އެގެން އޮތްއިރު މިމައްސަލަ ދަށުކޯޓުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
2010/HC-A/190
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހިންގާ ނިންމުމުގައި އަދުލުވެރިކަމާއި ހަމަހަމަކަމާއިއެކު އިންސާފު ޤާއިމްކުރުމުގެ އުސޫލު
ނެގެހެއްޓިފައިވާކަމަށް ބެލެވެން ނެތްކަން އެގެއެވެ.
ޙުކުމް
އިސްވެ ބަޔާންކުރި ކަންތައްތަކަށް ރިޢާޔަތްކޮށް ފ.ނިލަންދޫ ކޯޓު ފެނިލަންދޫ މެޖިސްޓްރޭޓް
ކޯޓް)ގެ ނަންބަރ 2010/
LC/06 ޤަޟިއްޔާގައި ހިމެނޭ މައްސަލަ ބަލާ ނިންމާފައިވަނީ ޤާނޫނީ ގޮތުން
މައްސަލަ ބެލުމުގެ އިޚްތިޞާސް ލިބިފައިނެތް ފަނޑިޔާރެއްކަން އެނގެން އޮތުމުން، ޤާނޫނު ނަންބަރ
6/2008 (ޢާއްމު ޤަވާއިދު ތަކާބެހޭ ޤާނޫނު) ގައި ހިމެނޭ ޝަރީޢަތް ކުރުމާ ބެހޭގޮތުން
ގުތުން ހެދިފައިވާ
ޤަވާއިދު 6 ގެ 35 ވަނަ މާއްދާއާ ޚިލާފަށް އެމައްސަލަ ބަލާ ނިންމާފައިވާތީ މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ފ.ނިލަންދޫ ކޯޓު (ނިލަންދޫ މެޖިސްޓްރޭޓް ކޯޓް)ގެ
ނަންބަރ 2010/L6C/06 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް ޤާނޫނު ނަންބަރ 6/2008 (ޢާއްމު ޤަވާއިދު
ތަކާބެހޭ ޤާނޫނު) ގައި ހިމެނޭ ޝަރީޢަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 35 ވަނަ މާއްދާއާ
ޚިލާފު ނުވާނޭ ގޮތުގެ މަތިން ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު ( ފ.ނިލަންދޫ ކޯޓް) ގައި އެމައްސަލަ
އަލުން ބެލުމަށް އަންގާ މައްސަލަނިންމީއެވެ.
2 20
*
z
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv