ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/219 ޤަޟިއްޔާގެ ޙުކުމް
1
2{{39/HC-A/219
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
A1
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 219/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އޒް. ޙުސައިން ނާޝިދު
• އިސްތިއުނާފް ރައްދުވި ފަރާތް
ނަން: ކަމްލާޤް
ދާއިމީ އެޑްރެސް: ލ. ސުންދުރަ
* އައި.ޑީ.ކާޑު ނަންބަރު: A063877
މިހާރުގެ އެޑްރެސް: މ. ސުންދުރަ
. އަޙްމަދު މުޙައްމަދު ޝުކުރީ ދަފްތަރު ނަންބަރު 2457
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ޝަޢުބާން 1430
30 ޖުލައި 2009
ނިމުނު ތާރީޚް: 24 ޞަފަރު 1430
19 ޖަނަވަރީ 2012
• އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/JC/1489
• ނިންމިކޯޓު: ޖިނާއީކޯޓު
ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
• ހުށަހެޅުނު ތާރީޚް: 09 ނޮވެމްބަރ 2008 ، ނިމުނު ތާރީޚް: 26 އޭޕްރިލް 2009
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
20{09/HC-A/219
ޤުޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2ތ xތ ދީ / ހ ހއ 2
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީކޯޓުގެ ނަންބަރު 2008/JC/1489 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ މ. ސުންދުރަ ކަމްލާޤްއެވެ.
22 22
ދަޢުވާ
ފާހަގަކުރެވުނު ނުކުތާތައް:
1. ޖިނާއީކޯޓުގެ ނަންބަރު 2008/JC/1489 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި، އެޤަޟިއްޔާގައި ދަޢުވާކުރި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ޖިނާއީކޯޓުގެ ނަންބަރު 2008/JC/1489 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއަކީ، މ. ސުންދުރަ ކަމްލާޤް 19 ޖެނުއަރީ 2008 ދުވަހުގެ 00:32 ހާއިރުން ފެށިގެން
7614425 ނަންބަރު ޒިމް ބޭނުންކޮށްގެން، އެކިފަހަރުމަތިން އޭރުގެ ފިނޭންސް މިނިސްޓަރ އަލްފާޟިލް
ޤާސިމް އިބްރާހީމްގެ ފޯނަށް ގުޅައި، މެސެޖްކޮށް، އެމަނިކުފާނާ ދިމާއަށް ހަޑިހުތުރުބަހުން އެއްޗެތިކިޔައި،
އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިންނަށް ތަފާތު އަނިޔާތައް ކުރާނެކަމަށް ބުނެ އިންޒާރުދީ ހަދާފައިވާތީ،
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
މ. ސުންދުރަ ކަމްލާޤްގެ މައްޗަށް ދައުލަތުން ކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
3. މިމައްސަލައާ ގުޅިގެން
ޖިނާއީކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ،
މ. ސުންދުރަ، ކަމްލާޤްގެ މައްޗަށް ދައުލަތުން ދަޢުވާކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ
ޝަރީޢަތުން ބެލިބެލުމުން ކަމީލާގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ޤާނޫނީ އަދި ޝަރުޢީ ޞަރީޙަ އަމުރަކީ
ކޮބައިކަން، ދަޢުވާ ކުރާ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، ކަމްލާޤްގެ މައްޗަށް ދައުލަތުން ކުޅަ
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި މިގޮތުގެ މަތިން ޙުކުމްކޮށް މިޤާޟިއްޔާ
ނިންމީއެވެ." މިހެންނެވެ.
4. ޖިނާއީކޯޓުގެ ނަންބަރު 2008/JC/1489 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށައަޅައި
އެނުކުތާތަކާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
1489/JC/2008
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2{{09/HC-A/219
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
مکرمی
(ހ) ފުރަތަމަ ނުކުތާއަކީ: ހަޑިހުތުރު ބަހުން އެއްޗެތިކިއުމާއި މީހުންނަށް އަނިޔާ ކުރާނެކަމަށް
އިންޒާރު ދިނުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން މަނާކުރެވިފައިވާ ކަންކަމަށްވާހިނދު، އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުނުވާކަމަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ،
5. މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު 2008/JC/1489 ޤަޟިއްޔާ ނިމިފައިވާގޮ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ
ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މ. ސުންދުރަ ކަމްލާޤް 19 ޖެނުއަރީ 2008 ދުވަހުގެ 00:32 ހާއިރުން
ފެށިގެން 7614425 ނަންބަރު ސިމް ބޭނުންކޮށްގެން، އެކިފަހަރުމަތިން އޭރުގެ ފިނޭންސް މިނިސްޓަރ
އަލްފާޟިލް ޤާސިމް އިބްރާހީމްގެ ފޯނަށް ގުޅައި، މެސެޖްކޮށް، އެމަނިކުފާނާ ދިމާއަށް ހަޑިހުތުރުބަހުން
އެއްޗެތިކިޔައި، އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިންނަށް ތަފާތު އަނިޔާތައް ކުރާނެކަމަށް ބުނެ އިންޒާރުދީ
ހަދާފައިވާތީކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ
ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާއިރު، އެދަޢުވާ ޝަރީޢަތުން ބެލިބެލުމުން ކަމްލާގެ އަމުރަށް
ނުކިޔަމަންތެރިވެފައިވާ ޤާނޫނީ އަދި ޝަރުޢީ ޞަރީޙަ އަމުރަކީ ކޮބައިކަން، ދަޢުވާ ކުރާ ފަރާތުން ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާތީކަމަށް ވިދާޅުވެ، ކަޚްލާޤްގެ މައްޗަށް ދައުލަތުން ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް
ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ޖިނާއީ ކޯޓުން ނިންމެވި ނިންމެވުން ބިނާކުރި އަސާސަށް ބަލާއިރު،
ޤާނޫނެއްގައި ނުވަތަ އިސްލާމީ ޝަރީޢަތުގައި އެކަމަކީ މަނާކަމެއްގެ ގޮތުގައި ބެލެވޭ ކޮންމެ ކަމަކީ
ކުށެއްކަމުގައި ބެލެވޭނެ ކަމެއްކަމާއި އަދި ވަކި ޢަމަލެއް ނުވަތަ ވަކިކަމެއް އެއީ ކުށެއްކަމުގައި ކަނޑައެޅެނީ
ހަމައެކަނި ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދަށުން ނޫންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
59 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ
ޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ޤާނޫނެއް ނުވަތަ
ޤަވާޢިދެއްގެ ދަށުންވިޔަސް އެއްވެސް މީހަކަށް އަދަބެއްދެވޭނީ އެޤާނޫނެއް ނުވަތަ އެޤަވާޢިދަކީ ޢާއްމުކޮށް
ޝާއިޢުކޮށްފައިވާ އެއްޗަކަށްވާނަމަ ކަމަށާއި، އަދި މަނާކުރެވޭ ކަންތަކާއި އެއިން ކަމެއްކޮށްފި މީހަކަށް ދެވޭނޭ
އަދަބު ސާފުކޮށް ބަޔާންކޮށްފައި އޮވެގެން ކަމަށް ބުނެފައި އޮންނަ އޮތުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލާ ފުށުއަރާކަމެއް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2{{39/HC-A/219
ޤުޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
މަނަމނއއ
މައްޗަށް
سرور اور ترکی
ކަމަށް ނުބެލެވޭ ކަމާއި، އެހެނީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައިވާ ނައްޞަކީ
އުޞޫލެއްގެގޮތުން އެކަން އޮންނަންވާގޮތް ބަޔާންކުރާ
ބަޔާންކުރާ ނައްސެއްކަމާއި، ނަމަވެސް އިސްލާމީ ޝަރީޢަތުގައި
އެއީ ދިވެހިރާއްޖޭގައިވެސް މަނާކަންތައްތަކެއްގެ
ކެއްގެ ގޮތުގައިމެނުވީ އުޞޫލެއްގެގޮތުން ބަލާނެ
ހަމައެއް ނެތްކަމާއި، ޤާނޫނުއަސާސީއާއި، ޤާނޫނުގައި ވަކިގޮތަކަށް ކަނޑައެޅިފައިނުވާ ކަންކަން ނިންމުމުގައި
އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެކަމުގައި
ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ޙައްޤަކާނުލާ މީސްމީހުންނަށް ބިރުދެއްކުމާއި، ގެއްލުންދޭނެކަމަށް ބުނެއިންޒާރު
ދިނުމަކީ އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެނގެން
އޮތްއިރު، ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ކަމާއި އަދި އެފަދަ ޢަމަލެއް
ކޮށްފިމީހެއްގެ
ކަނޑައެޅިފައިވާ ޢުޤޫބާތްވެސް
އޮތްކަން އެނގޭކަމެވެ.
އެހެންކަމުން، މިމައްސަލަ ބެލި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ޖިނާއީކޯޓުގެ
ނަންބަރު 2008/JC/1489 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާގައި ބަޔާންކޮށްފައިވާފަދަ ޢަމަލުތަކަކީ ކުށުގެ
ޢަމަލުތަކެއްކަން ބަޔާންކުރެވިދިޔަ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އެނގެން އޮތުމުންނާއި، މިފަދަ
މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009
ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 258/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅިފައިވުމުން،
މިމައްސަލައަކީ ދައުލަތުގެ ފަރާތުން އަލުން ހުށަހަޅައިފިނަމަ، މިފަދަ ޢަމަލުތައް ތަޖުރީމުކުރުމުގައި
ޢަމަލުކުރަންޖެހޭ، ބަޔާންކުރެވިދިޔަ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ އަލީގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 310/HC
-
A/2009 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 258/HC
-
A/2009
ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ދަށުކޯޓުން އަލުން ބައްލަވައި ހުށަހެޅޭ
ހެކިތަކާއި ޤަރީނާތަކުގެ އަލީގައި އެދަޢުވާގެ މައުޟޫޢާމެދު ފައިޞަލާ ކުރަނިވި ޙުކުމެއް ކުރައްވަން ޖެހޭނެ
މައްސަލައެއް ކަމަށެވެ.
0 00
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، މ. ސުންދުރަ ކަމްލާޤުގެ މައްޗަށް
ޖިނާއީ ކޯޓުގައި ދައުލަތުން ދަޢުވާކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން
ކަމްލާޤް ކޮށްފައިވާ ޢަމަލަކީ އޭރު ކުށެއްކަން އަންގައިދޭ ޤާނޫނެއް އަދި ޤަވާޢިދެއް ނެތުމުން
099
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
5
2009}HC-A/219
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ގވއދ
ކަމްލާޤްގެ މައްޗަށް ދައުލަތުން ކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށް ކަމްލާޤްގެ މައްޗަށް ސާބިތު ނުވާކަމަށް
ކަނޑައަޅުއްވައި، ޖިނާއީކޯޓުގެ ނަންބަރު 2008/JC/1489 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު
އްކަމުގައި ކަނޑައަޅައި، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1489 ޤަޟިއްޔާގައި ހުށަހެޅިފައިވާ
ދަޢުވާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަލުން ހުށަހަޅައިފިނަމަ އެދަޢުވާގައި
ބަޔާންކޮށްފައިވާފަދަ މިފަދަ ޢަމަލުތައް ތަޖުރީމުކުރުމުގައި ޢަމަލުކުރަންޖެހޭ، ބަޔާންކުރެވިދިޔަ ޤާނޫނީ އަދި
ޝަރުޢީ ހަމަތަކުގެ އަލީގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 258/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި
އެއްގޮތްވާގޮތުގެ މަތިން ދަށުކޯޓުން އަލުން ބައްލަވައި ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކުގެ އަލީގައި އެދަޢުވާގެ
މައުޟޫޢާމެދު ފައިޞަލާ ކުރަނިވި ޙުކުމެއް ކުރައްވަން ޖެހޭ މައްސަލައެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
0
<< O
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީގެ
ޝުޢައިބު ޙުސައިން ޒަކުރިއްޔާ
(ފަނޑިޔާރު)
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
، ހައިޑް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv