ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/235 ޤަޟިއްޔާގެ ޙުކުމް
1
20T}HC-A235
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ތައް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 235/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް
* ނަން: މުޙައްމަދު ޝަރީފް
* އައި.ޑީ.ކާޑު ނަންބަރު: A037573
* ދާއިމީ އެޑްރެސް: ފ. ދިވެހިގެ / މާލެ
މިހާރުގެ އެޑްރެސް:
ފިޔާތޮށިގެ / މާލެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
*
* ނަން: ހައިކޮމިޝަން އޮފް އިންޑިއާ
ދާއިމީ އެޑްރެސް
މިހާރުގެ އެޑްރެސް:
އައިޑީ ކާޑު ނަންބަރ.
މައްސަލާގައި ތަދައްޚުލުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު:
*
ދާއިމީ އެޑްރެސް: ވެލާނާގެ/ މާލެ
މިހާރުގެ އެޑްރެސް: ވެލާނާގެ| މާލެ
*
ރަޖިސްޓްރީ ކުރި ތާރީޚް: 01 ޛުލްޤަޢިދާ 1432
29 ސެޕްޓެމްބަރ 2011
ނިމުނު ތާރީޚް: 13 ޝައްވާލު 1434
20 އޯގަސްޓް 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/1495
ނިންމެވި ކޯޓު: ސިވިލް ކޯޓު
ޟިއްޔާގެބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 23 ނޮވެމްބަރ 2010
ނިމުނު ތާރީޚް: 25 މެއި 2011
0
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމުގެ 9 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{{ HC-A/235
ދަޢުވާގެ ޚުލާޞާ
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1495 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުއީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހ. ދިވެހިގެ މުޙައްމަދު
ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ހައިކޮމިޝަން އޮފް އިންޑިއާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1495 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ދިވެހިގެ މުޙައްމަދު
ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- މިމައްސަލަ މިކޯޓުގައި އިސްތިއުނާފުކުރެވުމުން، މައްސަލަ ޝެޑިއުލްކޮށް، މައްސަލާގައި
ޖަވާބުދާރީވާން ބޭނުންފުޅުވާނަމަ ފެބްރުއަރީ ދުވަހުގެ 13:45 އަށް މިކޯޓަށް ހާޒިރުވުމަށް،
މިކޯޓުގެ ނަންބަރު B1
/
25
/
2012
/
2-95 (16 ޖަނަވަރީ 2012) ސިޓީއިން، މިނިސްޓްރީ އޮފް ފޮރިން
އެފެއާޒް މެދުވެރިކޮށް ހައިކޮމިޝަން އޮފް އިންޑިޔާއަށް އެންގިފައިވީނަމަވެސް މިމައްސަލާގައި އެފަރާތުން
ޖަވާބުދާރީވެފައިނުވެއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1495 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ހައިކޮމިޝަން އޮފް އިންޑިއާއާއި މ. ދިވެހިގެ މުޙައްމަދު ޝަރީފް އާއި ދެމެދު 20
ފެބްރުއަރީ 2006 ވަނަ ދުވަހު ކުރެވުނު "ހ. ދިވެހިގެ" ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ
ކުރިން، އެއްބަސްވުމާއި ޚިލާފަށް ހައިކޮމިޝަން އޮފް އިންޑިއާއިން 09 ސެޕްޓެމްބަރ 2009 ދުވަހު
ކުއްޔަށްދިން ތަން ދޫކޮށްލައި ކުއްޔަށްދިނުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށްބުނެ، ކުއްޔަށްދިން
ތަނާ މުޙައްމަދު ޝަރީފް ޙަވާލުވެފައިވަނީ، މުޙައްމަދު ޝަރީފްގެ ޙައްޤަކަށް އުނިކަމެއް ނާންނަގޮތަށްކަމަށާއި
އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށްދިން ތަން ދޫކޮށްލާނަމަ އެއްބަސްވުމުގެ ދަށުން
ހައިކޮމިޝަން އޮފް އިންޑިއާއިން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރާނެކަމަށް ބަލައިގެންކަމަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
:
5
2{)] HC-A1235
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހ2
ހައިކޮމިޝަން އޮފް އިންޑިއާއިން އަދާކުރަންޖެހޭ އިލްތިޒާމްތައް ތަކުރާރުކޮށް އަދާކުރުމަށް އެންގުމުންވެސް
އެކަމަށް އެއްވެސް އިޖާބައެއް ދީފައިނުވާކަމަށްބުނެ، އެކަމުގެ ސަބަބުން މުޙައްމަދު ޝަރީފަށް ސީދާގޮތުން
ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުއްޔަށްދިންތަން ދޫކޮށްލި ތާރީޚުން ފެށިގެން އެއްބަސްވުމުގެ މުއްދަތު
ތާރީޚާ ހަމައަށް ތަނުގެ ކުލީގެ ގޮތުގައި މުޙައްމަދު ޝަރީފަށް ލިބެންޖެހޭ 193,666.00$US
(އެއްލައްކަ ނުވަދިހަ ތިންހާސް ހަސަތޭކަ ފަސްދޮޅަސް ހަ އެމެރިކާ ޑޮލަރު) އާއި ތަން ދޫކޮށްލިއިރު
ކުއްޔަށްދިން ތަނުގައި ހިމެނޭ ގެއްލުން ލިބިފައިވާ ތަކެތި ބަދަލުކުރުމަށްދިޔަ ޚަރަދު ކަމުގައިވާ
US
$
2,435.00 (ދެހާސް ހަތަރުސަތޭކަ ތިރީސްފަސް އެމެރިކާ ޑޮލަރު) އާއި އެކުޖުމްލަ 196,101.00$US
(އެއްލައްކަ ނުވަދިހަ ހަހާސް އެއްސަތޭކަ އެއް އެމެރިކާ ޑޮލަރު) އެއްފަހަރާ ހައިކޮމިޝަން އޮފް އިންޑިއާއިން
ލިބިގަތުމަށްއެދި ދިވެހިގެ މުޙައްމަދު ޝަރީފްގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން
އެނގެ
2
8 $ &
.ނިގަނއވއވެ.
04- މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1495 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ،
އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ތ، ދިވެހިގެ
ކުއްޔަށްހިފުމަށްޓަކައި 20 ފެބްރުއަރީ 2006 ވަނަ ދުވަހު ށ. ދިވެހިގެ/ މާލެ، މުޙައްމަދު ޝަރީފްއާއެކު
އިންޑިއާގެ ރައީސްގެ ފަރާތުން ވެފައިވާ އެއްބަސްވުމާއި ގުޅިގެން، ހައިކޮމިޝަން އޮފް އިންޑިއާގެ މައްޗަށް
މުޙައްމަދު ޝަރީފް ހުށަހަޅާފައިވާ މިމައްސަލަ ހިންގުމަށްޓަކައި ޝަރީޢަތުން ބެލިއިރު،
20 ފެބްރުއަރީ 2006 ވަނަ ދުވަހު ދިވެހިގެ ކުއްޔަށްހިފުމަށްޓަކައި މުޙައްމަދު
ޝަރީފްއާއެކު އިންޑިއާގެ ރައީސްގެ ފަރާތުން ވެފައިވާ އެއްބަސްވުމަކީ، ދިވެހިރާއްޖޭގައި އިންޑިއާ
މެސީލުކުރުމަށްހުންނަ އިންޑިއާގެ ހައިކޮމިޝަނަރ ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށްޓަކައި ވެފައިވާ
އެއްބަސްވުމެއްކަމުގައިވާހިނދު، ދިވެހިރައްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި، އަސާސީ
ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކުރަންޖެހޭއިރު،
އެމާއްދާގައި ބަޔާންކޮށްފައިވަނީ "ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި
މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް
އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް
ނަގަހައްޓަންވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް
OX
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471] 33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
201;IHC-A/335
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ރިޢާޔަތްކުރަންވާނެކަމަށް"
މަށް" މިފަދައިންކަމާއި، މިގޮތުން ބަލާއިރު "ވިއަނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް
ރިލޭޝަންސް 1961" އަކީ ދިވެހިރާއްޖޭން ބައިވެރިވެފައިވާ އަދި ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކޮށް
ޢަމަލުކުރާ މުޢާހަދާއެއްކަމުގައިވާހިނދު، އެމުޢާހަދާގެ 31 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ (އޭ) އިން
ޑިޕްލޮމެޓިކް މިޝަންގެ ބޭނުމަށްޓަކައި ނުއުފުލޭމުދާލާ ގުޅިގެން އުފެދޭ ދަޢުވާތަކުން ޑިޕްލޮމެޓިކް އޭޖެންޓުންނަށް
އިމްތިޔާޒް ލިބިގެންވާކަން އެނގެން އޮތުމުންނާއި، އެމުޢާހަދާގެ 1 ވަނަ މާއްދާގައި "ޕްރެމިސިސް އޮފް ދަ
މިޝަން" މާނަކޮށްފައިވާއިރު، އެމާނައިގެ ތެރޭގައި އެމިޝަންގެ އެންމެ އިސްފަރާތް ދިރިއުޅޭތަން
ހިމަނާފައިވާހިނދު، އިސްވެ ޙަވާލާދެވުނު އެއްބަސްވުމަކީ ދިވެހިރާއްޖޭގައި އިންޑިއާ ތަމްސީލުކުރުމަށް ހުންނަ
އެންމެ އިސްފަރާތްކަމުގައިވާ އިންޑިއާގެ ހައިކޮމިޝަނަރ ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށްޓަކައި ވެފައިވާ
އެއްބަސްވުމެއްކަމުގައިވާތީއާއި، އަދި މިއެއްބަސްވުމަކީ ހައިކޮމިޝަން އޮފް އިންޑިއާގެ ބޭނުމަށްޓަކައި ވެފައިވާ
އެއްބަސްވުމެއްކަމުގައިވުމުން، މިއެއްބަސްވުމުގައި ޑިޕްލޮމެޓިކް އޭޖެންޓުންނަށް ލިބިދޭ އިމްތިޔާޒްތައް ބަޔާންކޮށް
ލިޔެފައިނުވިނަމަވެސް، އެއެއްބަސްވުމުގެ "އިމްޕްލައިޑް ޓަރމްސް" ގެ ގޮތުގައި އެމުޢާހަދާގައި ބަޔާންކޮށްފައިވާ
އިމްތިޔާޒްތަކާއި މަބާދިއުތައް ހިމެނޭނެކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭތީ، މިދަޢުވާއަކީ އިސްވެފާހަގަކުރެވުނު
ސަބަބުތަކަށްޓަކައި، ހައިކޮމިޝަން އޮފް އިންޑިއާއިން ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބޭނުން ހިފުމަށް
ބޭނުންވިހިނދު، މިކޯޓުގައި ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމުގައި ކަނޑައަޅައި، ޙުކުމްކޮށްފީމެވެ"
މިހެންނެވެ.
I
05- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1495 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ހ. ދިވެހިގެ މުޙައްމަދު ޝަރީފުގެ ފަރާތުން 03 (ތިނެއް)
ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
64 422
ނުކުތާއެއް
ފުރަތަމަ ނުކުތާއަކީ، މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ)، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު
ނަންބަރު 22/2010) ގެ 71 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށްވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ
43 ވަނަ މާއްދާގެ (ށ) ގެ (1) ގައިވާގޮތުގެމަތިން، ޙުކުމުގެ ކުރިއަށް ބާޠިލު އިޖުރާއަތެއް
އައިސްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
1
19(
2(T]HC-A1235
ޤަޟިއްޔާ ނިމުނު ގޮތުގެ
ދެވަނަ ނުކުތާއަކީ މައްސަލާގައި ޙުކުމްކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ މައްސަލާގައި ޙުކުމްކުރައްވާފައިވަނީ، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއަށް
އެއްވެސް މިންވަރަކަށް ރިޢާޔަތްކުރެއްވުމެއްނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
06- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1495 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ހ. ދިވެހިގެ މުޙައްމަދު ޝަރީފުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކަށާއި، މިމައްސަލައާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފްކުރެވިފައި މިވާ، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/1495 ޤަޟިއްޔާއަކީ، ހައިކޮމިޝަން އޮފް އިންޑިއާއާއި މ. ދިވެހިގެ މުޙައްމަދު ޝަރީފް އާއި
ދެމެދު "ހ. ދިވެހިގެ" ކުއްޔަށްދިނުމާ ބެހޭގޮތުން 20 ފެބްރުއަރީ 2006 ވަނަ ދުވަހު ވެވުނު ކުއްޔަށްދިނުމުގެ
އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ކުއްޔަށްދިން ތަން ދޫކޮށްލައި ކުއްޔަށްދިނުމުގެ އެއްބަސްވުން
ނިމުމަކަށް ގެނެސްފައިވާކަމަށްބުނެ، ކުއްޔަށްދިންތަން ދޫކޮށްލި ތާރީޚުން ފެށިގެން އެއްބަސްވުމުގެ މުއްދަތު
ހަމަވާ ތާރީޚާ ހަމައަށް ތަނުގެ ކުލީގެ ގޮތުގައި 193,666.00$US (އެއްލައްކަ ނުވަދިހު ތިންހާސް ހަސަތޭކަ
ފަސްދޮޅަސް ހަ އެމެރިކާ ޑޮލަރު) އާއި ތަން ދޫކޮށްލިއިރު ކުއްޔަށްދިން ތަނުގައި ހިމެނޭ ގެއްލުން ލިބިފައިވާ
ތަކެތި ބަދަލުކުރުމަށްދިޔަ ޚަރަދު ކަމުގައިވާ 2,435.00$US (ދެހާސް ހަތަރުސަތޭކަ ތިރީސްފަސް އެމެރިކާ
ޑޮލަރު) އާއި އެކުޖުމްލަ 196,101.00$US (އެއްލައްކަ ނުވަދިހަ ހަހާސް އެއްސަތޭކަ އެއް އެމެރިކާ ޑޮލަރު)
އެއްފަހަރާ ހައިކޮމިޝަން އޮފް އިންޑިއާއިން ލިބިގަތުމަށްއެދި ހ. ދިވެހިގެ މުޙައްމަދު ޝަރީފްގެ ފަރާތުން
ބެލެވިފައިވާ މައްސަލައެއްކަމާއި،
2 413
ހައިކޮމިޝަން އޮފް އިންޑިއާގެ މައްޗަށް މުޙައްމަދު ޝަރީފް ހުށަހަޅާފައިވާ މިމައްސަލަ
ހިންގުމަށްޓަކައި ޝަރީޢަތުން ބެލިއިރު، "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961" އަކީ
ދިވެހިރާއްޖޭން ބައިވެރިވެފައިވާ އަދި ދީމިޤްރާޠީ
ޤަބޫލުކޮށް
ޢަމަލުކުރާ
43 ހ އމހ2 4
މުޖުތަމަޢުތަކުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2] ITIC-A1235
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މެޢުހަދެއެއެކު2
ކަމުގައިވާހިނދު، އެމުޢާހަދާގެ 31 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ (އޭ) އިން ޑިޕްލޮމެޓިކް
މިޝަންގެ ބޭނުމަށްޓަކައި ނުއުފުލޭމުދާލާ ގުޅިގެން އުފެދޭ ދަޢުވާތަކުން ޑިޕްލޮމެޓިކް އޭޖެންޓުންނަށް އިމްތިޔާޒް
ލިބިގެންވާކަން އެނގެން އޮތުމުން، މިދަޢުވާއަކީ ހައިކޮމިޝަން އޮފް އިންޑިއާއިން ޑިޕްލޮމެޓިކް އިމްތިޔާޒްގެ
ބޭނުން ހިފުމަށް ބޭނުންވިހިނދު، އެކޯޓުގައި ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމުގައި ސިވިލް ކޯޓުން
ކަނޑައަޅުއްވައި، އެގޮތުގެ މަތިން މައްސަލަ ނިންމަވާފައިވާކަން އެނގޭކަމެވެ.
4 2 4 2 2 4
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ޒަމާންވީ ތާރީޚީ ގުޅުމަށް
ރިޢާޔަތްކޮށް، މިމައްސަލައިގެ ސަބަބުން ދެގައުމުގެ ގުޅުމަށް ވަރަށް ސީރިއަސް އަސަރުތަކެއް ކުރާނެކަމުގައި
މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ފެންނަކަމުގައާއި، އެހެންކަމުން، މިމައްސަލައަށް ކޯޓުން ބޭރުން ޙައްލެއް
ހޯދުމަކީ ދިވެހި ދައުލަތަށް ވަރަށް މުހިންމުކަމެއްކަމުގައި ފެންނާތީ، މިމައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް
ދެފަރާތަށް ފުރުޞަތު ދިނުމަށް ފެންނަކަމުގައި ބަޔާންކޮށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ނަންބަރު
F3
/
32
/
2010
/
1049-25 (16 ޑިސެމްބަރު 2010) ގެ ސިޓީ އެޓަރނީ ޖެނެރަލްގެ އޮފީހަށް
ފޮނުވާފައިވާއިރު، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ބަޔާންކުރެވިދިޔަ ސިޓީއަށް ޙަވާލާދީ
މިމައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމުގެ ފުރުޞަތު ދެފަރާތަށްވެސް ލިބުމަކީ
ންމުކަމެއްކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު 144
/
2010
/
1004/D-32 (18 ޑިސެމްބަރު
2010) ގެ ސިޓީއިން ސިވިލް ކޯޓުގައި ދަންނަވާފައިވާއިރު،
.32 43384 ,
.ޝަރަކުAމައކ
5
4
2 ހ 8 ހ02
މިމައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމުގެ ފުރުޞަތު ދެފަރާތަށްވެސް ލިބުމަކީ
މުހިންމުކަމެއްކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުންނާއި އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން 16 ޑިސެމްބަރު 2010 އަދި 18 ޑިސެމްބަރު 2010 ގައި ދަންނަވާފައިވާކަން އެނގޭއިރު،
އެތާރީޚުން ފެށިގެން މިއަދު (20 އޯގަސްޓް 2013) އާ ހަމައަށް 2 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާއިރު،
އަދި މިމައްސަލަ ކޯޓަށް ހުށަހެޅުމުންވެސް އެކަމަށް މިކޯޓުންވެސް ފުރުސަތުދެވިފައިވާއިރު، މިމައްސަލަ ކޯޓުން
ބޭރުގައި ޙައްލުކުރެވިފައި ނުވާކަމާއި، އަދި އެކަމަށް ދިވެހި ދައުލަތުގެ ފަރާތުން އެކަށޭނަ މަސައްކަތެއް
ކޮށްފައިވާކަންވެސް ބަޔާންކޮށްދެވިފައިނުވާކަމާއި،
މިމައްސަލައަށް ޙައްލެއް ނުލިބި، ބަޔާންކުރެވިދިޔަ މުއްދަތު ހިނގާފައިވާއިރު، މި
މައްސަލާގައި ކޯޓުން ބޭރުގައި ޙައްލު ހޯދުމުގެ ކަންތައް ގޮސްފައިވާ ހިސާބެއް މިކޯޓަށް އަންގަދިނުމަށް އެދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
19
2] IHC-A735
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިކޯޓުގެ ނަންބަރު B1
/
25
/
2012
/
5-95 (21 ނޮވެންބަރު 2012) ސިޓީ މިނިސްޓްރީ އޮފް ފޮރިން
އެފެއާޒަށް ފޮނުވުމުން، އެމިނިސްޓްރީއިން މިކޯޓަށް ފޮނުވާފައިވާ ނަންބަރު G3
/
95
/
2013
/
2-25 (19 މާރޗް
2013) ސިޓީގައިވެސް "މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް
މިމިނިސްޓްރީން މިދަނީ ވަމުން" ކަމަށް ބުނެފައިވީނަމަވެސް މިމައްސަލާގައި މިހާތަނަށް އެފަދަ ޙައްލެއް ދިވެހި
ދައުލަތުން ހޯދައިދެވިފައިވާކަން ނުވަތަ އެފަދަ ޙައްލެއް ހޯއްދުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް
ކޮށްފައިވާކަން އެނގެންނެތްކަމާއި،
މިމައްސަލައިގެ ސަބަބުން ދެގައުމުގެ ގުޅުމަށް ވަރަށް ސީރިއަސް އަސަރުތަކެއް ކުރާނެކަމުގައި
މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ޤަބޫލުކުރެވިގެން، މިމައްސަލައަށް ކޯޓުން ބޭރުން ޙައްލެއް ހޯދުމަކީ ދިވެހި
ދައުލަތަށް ވަރަށް މުހިން ދެކޭނަމަ، މިމައްސަލަ ޙައްލުކުރު އެކަށީގެންވާ މަސައްކަތް ކުރުމަކީ
ދިވެހި ދައުލަތުގެ މައްޗަށް ލާޒިމްވާނޭކަމެއްކަމުގައި ޤަބޫލުކުރެވޭކަމެވެ.
4
2 ށ 2
4
3
2
3
3
2 1ތ
ވެރިކޮށް
(ނ) ތިންވަނަ ކަމަކީ، މިމައްސަލަ މިކޯޓުގައި އިސްތިއުނާފްކުރެވުމުން، މިމައްސަލައަކީ
އެހެން ދައުލަތަކާ ގުޅުންހުރި މައްސަލައަކަށްވެފައި، މި މައްސަލައިގެ ބާވަތުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން މިމައްސަލާގައި ތަދައްޚުލުވުމަށް ބޭނުންވާނަމަ އެކަން 19 އޭޕްރީލް 2012 ވަނަ ދުވަހުގެ 14:00
ގެ ކުރިން މިކޯޓަށް އަންގައިދިނުމަށް މިކޯޓުގެ ނަންބަރު B1
/
32
/
2012
/
6-95 (4 އޭޕްރީލް 2012)
ސިޓީއިން އެންގިފައިވީނަމަވެސް އެކަމާމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ނިންމި ގޮތެއް،
އަންގާފައިނުވުމުން، މިކޯޓުން އެކަން އެޓަރނީ ޖެނެރަލްގެ އޮފީހުގައި ތަކުރާރުކޮށް ބުނެފައިވާކަމާއި، އެކަމާމެދު
ނިންމައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިމައްސަލާގައި ތަދައްޚުލުވާން ބޭނުންވާވާހަކަ މިކޯޓަށް
އަންގާފައިވަނީ، އެއޮފީހުގެ ނަންބަރު 95
/
2013
/
72/B-32 ގެ ސިޓީއިން 22 މެއި 2013 ގައިކަމާއި،
atޑ 4
443
ދައުލަތުގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިމައްސަލާގައި ތަދައްޚުލުމު
ޚުލުވުމުން،
މިމައްސަލަ ހިންގައި ނިންމުމުގައި މިމައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ ށ. ދިވެހިގޭ މުޙައްމަދު ޝަރީފުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ އިތުރުން ދައުލަތުގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށްވެސް ބެލެވި، ރިޢާޔަތްކުރެވިފައިވާނެކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީޅުގެ 3 ނަންބަދު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011JC-A;235
(ރ) ހަތަރުވަނަ ކަމަކީ، މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ)، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު
ނަންބަރު 22/2010) ގެ 71 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށްވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ
43 ވަނަ މާއްދާގެ (ށ) ގެ (1) ގައިވާގޮތުގެމަތިން، ޙުކުމުގެ ކުރިއަށް ބާޠިލު އިޖުރާއަތެއް އައިސްފައިވާކަމަށް
ބުނެ މުޙައްމަދު ޝަރީފުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
2
މި ނުކުތާގެ ތަފްޞީލުގައި މުޙައްމަދު ޝަރީފުގެ ފަރާތުން ބުނެފައިވަނީ، މިމައްސަލާގައި
ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، ހާމަކަމާއެކު، ޢާންމުކޮށް ހުޅުވާލައިގެން އެއްވެސް ޝަރީޢަތުގެ
އަޑުއެހުމެއް ނުވަތަ މަޖިލީހެއް ނުބާއްވައި، އަދި މައްސަލާގައި ހިމަނާފައިވާ ލިއުންތަކާމެދު އެއްވެސް ބަހެއް
ބުނުމުގެ ފުރުޞަތު މުޙައްމަދު ޝަރީފަށް ނުދެއްވައި ކަމަށާއި، އެހެންކަމުން، އިސްތިއުނާފްކުރެވިފައި މިވާ
މައްސަލާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައި ވަނީ އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ
ޚިލާފަށް ކަމަށާއި، އެހެންކަމުން، ޙުކުމާ ހަމައަށް ވާޞިލުވެފައިވަނީ ބާޠިލު އިޖްރާއާތެއްގެ ދަށުންކަމަށްކަމުގައި
ވާއިރު،
އިސްތިއުނާފުކުރެވިފައިމިވާ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1495 ޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވަނީ އެޤަޟިއްޔާގައި ހުށަހެޅުނު މައްސަލައިގެ މައުޟޫއަށް ނޫންކަމާއި، އެޤަޟިއްޔާގައި
ނިންމަވާފައިވަނީ އެދަޢުވާއަކީ އެކޯޓުގައި ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމުގައި ކަނޑައަޅުއްވައި،
އެގޮތުގެ މަތިންކަމާއި،
ކޯޓަށް ހުށަހެޅޭ ޤަޟިއްޔާއެއްގައި ހުށަހެޅުނު މައުޟޫޢުގެ މައްޗަށް ގޮތެއް ނިންމެވޭނީ
އެމައްސަލާގައި އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ބޭއްވުމަށްފަހުގައިކަމާއި، ނަމަވެސް އެދަޢުވާއަކީ ނުވަތަ
އެމައްސަލައަކީ އެކޯޓުގައި ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނުވަތަ މައްސަލައެއް ނޫންކަމުގައި ފެނިވަޑައިގެން
އެމައްސަލަ އެގޮތުގެ މަތިން ނިންމަވާ ޙާލަތުގައި އަޑުއެހުން ބޭއްވުމަކާ ނުލައި އެދަޢުވާއަކީ ކުރިއަށް ގެންދެވޭނެ
ދަޢުވާއެއްނޫންކަމުގައި ކަނޑައެޅުއްވިދާނެކަމާއި، އެކަމަށް ހުރަސްއަޅާ ޤާނޫނީ ނައްސެއްނެތްއިރު، އެއީ
ކޯޓުތަކުން ޢަމަލުކުރައްވަމުން އައިސްފައިވާ ގޮތެއްކަންވެސް ފާހަގަކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ޔާ ނިމުނު ގޮތުގެ ރިޕޯޓް
2{{;HC-A/235
(ބ) ފަސްވަނަ ކަމަކީ، މައްސަލާގައި ޙުކުމްކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) އާއި (ރ) އާ ޚިލާފަށްކަމަށްބުނެ މުޙައްމަދު ޝަރީފުގެ ފަރާތުން
ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައިވަނީ "ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން
ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި
އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތިންނެވެ" މިފަދައިން ކަމާއި، އެމާއްދާގެ (ށ)
ގައިވަނީ "މިމާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވިޔަސް، ދިވެހިދައުލަތުން ބައިވެރިވާ ބައިނަލްއަޤްވާމީ
މުޢާހަދާތަކުގެ މައްޗަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމުވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ
އެއްގޮތްވާ ގޮތުގެ މަތީންނެވެ" މިފަދައިންކަން އެނގޭކަމާއި،
ދިވެހި ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރުވެސް ދިވެހި ދައުލަތުން ބައިވެރިވާ، ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ މައްޗަށް ޢަމަލުކުރުމަ
ރައްޔިތުންނަށް ލާޒިމްވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ދިވެހި
ދައުލަތުގެ ފަރާތުން ބުނެ، ނަމަވެސް އެގޮތަށް ލާޒިމްވާނީ ޤާނޫނުއަސާސީއަށް 07 އޯގަސްޓް 2008 ގައި
ޢަމަލުކުރަން ފެށިފަހުން ދިވެހި ދައުލަތުން ބައިވެރިވެފައިވާ، ބައިނަލްއަޤުވާމީ މުޢާހަދާތަކާ ގުޅޭގޮތުންކަމަށް
ދިވެހި ދައުލަތުން ދެކޭކަމަށާއި، މިމައްސަލާގައި ވާހަކަދެކެވޭ ވިއެނާ ކޮންވެންޝަން ފަދަ، ޤާނޫނުއަސާސީއަށް
07 އޯގަސްޓް 2008 ގައި ޢަމަލުކުރަން ފެށުމުގެ ކުރިން ދިވެހި ދައުލަތުން ބައިވެރިވެފައިވާ، ބައިނަލްއަޤުވާމީ
މުޢާހަދާތަކުގެ މައްޗަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމްވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ
އެއްގޮތްވާ ގޮތުގެ މަތީންކަން ނުވަތަ ނޫންކަމާމެދު ވަކި އެއްޗެއް ނުބުނެ، އެކަން ދިވެހިރާއްޖޭގެ ހައިކޯޓުން
ކަނޑައަޅައިދިނުމަށް ދިވެހި ދަޢުލަތުގެ ފަރާތުން އެދިފައިވާކަމާއި،
OXOC
03
އެހެންކަމުން، މި ނުކުތާގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު، ޤާނޫނުއަސާސީއަށް
ޢަމަލުކުރަން ފެށުމުގެ ކުރިން ދިވެހި ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައް ޤާނޫނުއަސާސީގެ
93 ވަނަ މާއްދާގެ (ނ) ގައި، "..ދިވެހި ދައުލަތުން ބައިވެރިވާ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މައްޗަށް
ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމުވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ
މަތީންނެވެ" މިފަދައިން ބަޔާންކޮށްފައިވާ ބަޔާންކުރުން ޤަނޫނުއަސާސީގައި އިސްތިސްނާކޮށްފައިވާކަން
2 99
رم
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2{"1IIC-A/235
ފެމުނު ގޮތުގެ ރިޕޯޓް
ހ4 0
08
If
4
އެނގެންނެތްކަމާއި، ޤާނޫނުއަސާސީގެ 269 ވަނަ މާއްދާގައި "މިޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު
އެމައްޗަށް ޢަމަލުކުރެވެމުންދާ، މި ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ އެންމެހައި ޤާނޫނުތަކަށް، ރައްޔިތުންގެ
މަޖިލީހުން ބަދަލެއް ނުގެންނަހައި ހިނދަކު، އަމަލުކުރަމުން ގެންދާންވާނެއެވެ" މިފަދައިން
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވެމުން ދިޔަ ޤާނޫނުތަކަށް ޢަމަލުކުރަންޖެހޭކަމުގައި
ޞަރީޙަކޮށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ށ) ގައި "...ދިވެހި ދައުލަތުން
ބައިވެރިވާ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މައްޗަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމުވާނީ، ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން.." ކަމަށް ބަޔާންކުރުމަށްފަހު، ޤާނޫނުއަސާސީގެ 269
ވަނަ މާއްދާގައި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު، ޢަމަލުކުރެވެމުންދިޔަ ޤާނޫނުތަކަށް އިސްތިސްނާ
ދީފައިވާ ގޮތަށް، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު، ޢަމަލުކުރެވެމުންދިޔަ ބައިނަލްއަޤުވާމީ
މުޢާހަދާތަކަށް އެފަދަ އިސްތިސްނާއެއް ދީފައި ނުވާކަމާއި، އެހެންކަމުން، ޤާނޫނުއަސާސީއަށް ޢަމަލުކުރަން
ފެށުނުއިރު، ޢަމަލުކުރެވެމުންދިޔަ ބައިނަލްއަޤުވާމީ މުޢާހަދާތަކަށްވެސް ޢަމަލުކުރެވޭނީ ޤަނޫނުއަސާސީގެ 93
ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "..ދިވެހި ދައުލަތުން ބައިވެރިވާ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ
މައްޗަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމުވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ
ގޮތުގެ މަތީން" ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި،
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ކޮންމެ މީހަކަންމެ އެމީހެއްގެ
މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ކޯޓުގައި ނުވަތަ ޓްރައިބިއުނަލެއްގައި ޝަރީޢަތްކުރެވުމުގެ
ޙައްޤު އެމީހަކަށް ލިބިގެންވާކަމާއި، އަދި ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއަށް ބަލާއިރު، އަސާސީ ޙައްޤެއް
ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅައިގަނެވިއްޖެނަމަ، ނުވަތަ ހިފެހެއްޓިއްޖެނަމަ،
އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާކަން
· · 4
(ޅ) ހަވަނަ ކަމަކީ، މައްސަލާގައި ޙުކުމްކުރައްވާފައިވަނީ، ޤާނޫނުއަސާސީގެ 69 ވަނަ
މާއްދާއަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރެއްވުމެއްނެތިކަމަށް ބުނެ މުޙައްމަދު ޝަރީފުގެ ފަރާތުން ހުށަހެޅި
ނުކުތާއަށް ބެލިއިރު، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައިވާގޮތުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ
އިއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭފަދަ ނުވަތަ އުނިކަމެއް ލިބޭނޭފަދަ ގޮތަކަށް
ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށްގެން ނުވާނެކަން އެނގެން އޮތްކަމާއި، އެހެންކަމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
13
2011HC-A1235
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
OXOL
ޙައްޤު ހޯދުމަށް ދަޢުވާކުރުމަކީ ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްޤަކަށްވާއިރު، ޤާނޫނުއަސާސީގެ 69
ވަނަ މާއްދާއާއި 93 ވަނަ މާއްދާގެ (ނ) އެއްކޮށް ކިޔާއިރު، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތުގެމަތިން
ޞަރީޙަކޮށް އެޙައްޤު ނިގުޅައިގަނެވޭގޮތަށް ނުވަތަ އެޙައްޤު ހިފެހެއްޓޭގޮތަށް އޮންނަ އޮތުމަކުން މެނުވީ އެޙައްޤު
ނުހިފެހެއްޓޭނެކަމެވެ.
3 9
(ކ) ހަތްވަނަ ކަމަކީ، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ
31 ވަނަ މާއްދާގައި ރައްކާތެރިކަން (immunity} ދީފައިވަނީ ޑިޕްލޮމެޓިކް އޭޖެންޓުންނަށްކަމާއި، މި
މުޢާހަދާގެ 1 ވަނަ މާއްދާގެ (c) ގައި ޑިޕްލޮމެޓިކް އޭޖެންޓުންނަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމާއި،
އެއަކުރުގައި ޑިޕްލޮމެޓިކް އޭޖެންޓު މާނަކޮށްފައިވަނީ، ޑިޕްލޮމެޓިކް މިޝަންގެ ހެޑް ނުވަތަ ޑިޕްލޮމެޓިކް
މިޝަންގެ މުވައްޒަފުންގެ ގޮތުގައިކަން އެނގެން އޮތްއިރު، މުޙައްމަދު ޝަރީފުގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހެޅުނު މައްސަލައަކީ، ބަޔާންކުރެވިދިޔަފަރު ޑިޕްލޮމެޓިކް އޭޖެންޓެއްގެ
ހުށަހެޅުނު
މައްސަލައެއްނޫންކަން އެނގޭކަމެވެ.
މައްޗަށް
4c4
ހ04
ޢަމަލުކުރާ
(އ) އަށްވަނަ ކަމަކީ، ބޭރުގެ ދައުލަތަކާ އިދިކޮޅަށް ދައުވާކުރެވުމަކީ
ދެޤައުމުގެ ގުޅުމަށް ނުރަނގަޅު އަސަރުތަކެއްކޮށް،
މައްސަލަތަކެއް ކުރިމަތިވެދާނެ
ކަމެއްކަމާއި އެހެންކަމުން، ބޭރުގެ ދައުލަތްތަކާ އިދިކޮޅަށް ކޯޓުތަކުގައި ދަޢުވާކުރުމުން އުޞޫލެއްގެ ގޮތުން
އެދައުލަތްތަކަށް ރައްކާތެރިކަން (immunity) ލިބިގެންވާކަމާއި، ނަމަވެސް ދުނިޔޭގެ ހުޅުވިގެންވާ
ދީމިޤްރާޠީ މުޖްތަމަޢުތަކުން
އުޞޫލުތަކަށް
ރިޢާޔަތްކުރާއިރު، އަޞްލުގެ މައްޗަށް
އިސްތިސްނާތަކެއް ކަނޑައެޅިފައިވާކަން އެނގޭކަމާއި، އެގޮތުން އެމެރިކާގެ ފޮރިންގ ސޮވެރައިން އިމިއުނިޓީސް
އެކްޓް (Foreign Sovereign Immunities Act) ގައި، ބަޔާންކުރެވި ދިޔަ އުޞޫލުން
އިސްތިސްނާކުރެވި، ބޭރުގެ ދައުލަތްތަކާ އިދިކޮޅަށް ކޯޓުތަކުގައި ދަޢުވާކުރެވިދާނެ ޙާލަތްތަކެއް
ކަނޑައަޅުއްވާފައިވާކަން އެނގޭކަމާއި، ދިވެހިރާއްޖޭގައިވެސް މިފަދަ ޤާނޫނެއް އޮތުން މުހިންމުކަމަކަށް ވާއިރު،
އަދި ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި " ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން
ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން
ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތިން.." ކަމަށް، އަދި އެމާއްދާގެ (ށ) ގައި " މިމާއްދާގެ
(ހ) ގައި އެހެން އޮތްކަމުގައިވިޔަސް، ދިވެހިދައުލަތުން ބައިވެރިވެ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މައްޗަށް
ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމުވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ
I
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14
201II-Ap:5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މަތީން.." ކަމުގައި ބަޔާންކޮށްފައިވާއިރު، މިފަދަ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާކަން
އެނގެންނެތްކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ފަދައިން، ދިވެހި ދައުލަތުން ބައިވެރިވާ،
ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ މައްޗަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމްވާނީ، ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައިވާއިރު އަދި އެކަން ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާއިރު، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 އަށް ޢަމަލުކުރުމަށް
ރައްޔިތުންނަށް ލާޒިމްވާގޮތަށް، ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައިވާކަން އެނގެން ނެތްކަމާއި،
OXO
4 22
އަދި މުޙައްމަދު ޝަރީފު ޙައްޤެއް ހޯދުމަށް ދަޢުވާކުރާއިރު، ކޮންމެ މީހަކަންމެ
އެމީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ކޯޓުގައި ނުވަތަ ޓްރައިބިއުނަލެއްގައި
ޝަރީޢަތްކުރެވުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާކަމާއި، އަދި އަސާސީ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ
އެއްވެސް މިންވަރެއް ނިގުޅައިގަނެވިއްޖެނަމަ، ނުވަތަ ހިފެހެއްޓިއްޖެނަމަ، އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި
އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާކަން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
އާއި ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން އެނގޭކަމާއި،
ox OL
އެހެންކަމުން، ދިވެހި ދައުލަތުން ބައިވެރިވާ، ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ މައްޗަށް
ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމްވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ
މަތީންކަމުގައިވާއިރު އެފަދަ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ފާސްކޮށްފައި ނުވުމުން މުޙައްމަދު
ޝަރީފް ހުށަހެޅި ދައުވާކުރުމަކީ އޭނާއަށް ލިބިފައިވާ ޙައްޤެއްކަން އެނގޭކަމާއި، އެހެންނަމަވެސް، މިދަޢުވައާއި
މިނޫނަސް މިފަދަ ދަޢުވާތަކަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަށް ބުރޫއަރައި ނުރަނގަޅު
ނަތީޖާތަކެއް ނުކުމެދާނެ ކަމެއްކަމުގައި ދިވެހި ދައުލަތުން ބުނާތީއާއި އަދި އެކަން މިކޯޓަށްވެސް ޤަބޫލުކުރެވޭތީ،
ދެޤައުމުގެ ދޭދޭ ގުޅުމަށް ބުރޫއަރާފާނެ ޙާލަތްތަކުގައި އެކަންކަން ޙައްލުކުރުމުގެ ޒިންމާ ދިވެހި ދައުލަތުގެ
ކޮނޑުގައިވެސް އެޅިފައިވާނެތީއާއި، އަދި އެމައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމުގެ މުހިންމުކަން ދިވެހި
ދައުލަތުންވެސް ފާހަގަ ކޮށްފައިވާތީ، މިމައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް ދިވެހި ދައުލަތަށް އަދިވެސް
އިތުރު ފުރުޞަތު ދިނުމުގެ މަޞްލަހަތު އޮތްކަން ފާހަގަ ކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ: ފޯން: 3325329، ފެކްސް: ]331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2) IjtiC-A/235/
15
ނިމުނު ގޮތުގެ ރިޕޯޓް
ޙުކުމް:
ދެންފަހެ، ފެންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/1495 ޤަޟިއްޔާގައި އެކޯޓުން ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް،
ދިވެހިގެ ކުއްޔަށް
ހިފުމަށްޓަކައި 20 ފެބްރުއަރީ 2006 ވަނަ ދުވަހު ހ. ދިވެހިގެ/ މާލެ، މުޙައްމަދު ޝަރީފުއާއެކު އިންޑިއާގެ
ރައީސްގެ ފަރާތުން ވެފައިވާ އެއްބަސްވުމާއި ގުޅިގެން، މުޙައްމަދު ޝަރީފް ސިވިލް ކޯޓަށް ހުށަހެޅި
މައްސަލައަކީ އެކޯޓުގައި ހިންގަވައި، ނިންމެވިދާނެ މައްސަލައެއްކަމުގައި ކަނޑައަޅައި، މިފަދަ ދަޢުވާތަކަކީ
އެކަމުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަށް ބުރޫއަރައި ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ
ކަމެއްކަމުގައިވާތީއާއި، އަދި އެމައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމުގެ މުހިންމުކަން ދިވެހި ދައުލަތުންވެސް
ފާހަގަ ކޮށްފައިވާތީ، މިމައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް، މިއަދު (20 އޯގަސްޓް 2013) ން ފެށިގެން
އިތުރު 3 މަސްދުވަހުގެ މުއްދަތު ދީ، އެމުއްދަތުގައި މިމައްސަލައަށް ޙައްލެއް ހޯދައި ނުދެވިއްޖެނަމަ،
އެމުއްދަތަށްފަހު އެދަޢުވާ މުޙައްމަދު ޝަރީފުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއްޖެނަމަ، އެމައްސަލަ ބަލައި
ފައިޞަލާކުރަނިވި ޙުކުމެއް ކުރައްވަންޖެހޭނެކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ،
ޝުޢައިބު ޙުސައިން ޒަކަރިއްޔާ-
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ތައްޔާރުކުރީ: މުޙައްމަދު ޢަބްދު
ޗެކްކުރީ: މަރްޔަމް ހޫރުޝިދާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv