ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/110 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/110
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 110/HC-A/2014
، އިސްތިއުނާފުކުރި ފަރާތް:
ނަން: އާމިނަތު ޙަސަން
* އައި.ޑީ.ކާޑް ނަންބަރު: A306164
* ވަކީލު: އގ. ޢާއިޝަތު އާޒިމާ ޝަކޫރު
* ދާއިމީ އެޑްރެސް: ވިލާޑިލައިޓް/ ގދ. ތިނަދޫ
މިހާރުގެ އެޑްރެސް: މއ. އާހިޔާ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް: ގދ. ތިނަދޫ ކައުންސިލް އިދާރާ (އެޓަރނީ ޖެނެރަލްގެ އޮފީސް)
0
04
• ހުށަހެޅުނު ތާރީޚު: 23 އޭޕްރީލް 2014
ނިމުނު ތާރީޚް: 29 ނޮވެންބަރު 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Q10C/187
ނިންމެވި ކޯޓު: ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ރަޖިސްޓްރީ ބާޠިލްކުރުން
ހުށަހެޅުނުތާރީޚް: 23 ޖުލައި 2013
ނިމުނު ތާރީޚް: 02 އޮކްޓޯބަރު 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/110
ދަޢުވާގެ ޚުލާޞާ
މިއީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/Q10C/187 ޤަޟިއްޔާ އެ ކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ، ގދ. ތިނަދޫ | ވިލާޑްލައިޓް،
އާމިނަތު ޙަސަން ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ. ތިނަދޫ ކައުންސިލް
އިދާރާ އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/Q10C/187 ޤަޟިއްޔާއަކީ، ގދ.ތިނަދޫ
ވިލާޑްލައިޓް އާމިނަތު ޙަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގދ. ތިނަދޫ ވިލާޑްލައިޓްކިޔާ 'x50'100
ފޫޓްގެ ބަންޑާރަ ގޯތީގެ ދެކުނު ފަރާތުގައިވާ ހުސްބިން، ގދ. ތިނަދޫ ރަށުކައުންސިލް އިދާރާއިން ގދ. ތިނަދޫ
ވިލާޑްލައިޓް އަޙްމަދު ޙަސަނަށް ރަޖިސްޓްރީ ކޮށްދީފައިވާތީ، އެކަން ބަލައިދިނުމަށްއެދި އާމިނަތު ޙަސަންގެ
ފަރާތުން ދަޢުވާކުރުމުން، ބައްލަވާފައިވާ މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް
ރިޢާޔަތްކޮށް، ގދ. ތިނަދޫ ވިލާޑްލައިޓް އާމިނަތު ޙަސަން، ގދ. ތިނަދޫ ކައުންސިލްގެ އިދާރާގެ މައްޗަށް
ދަޢުވާކުރާ، ގދ. ތިނަދޫ ވިލާޑްލައިޓް އާމިނަތު ޙަސަންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގދ. ތިނަދޫ
ވިލާޑްލައިޓްކިޔާ '250'100 ގެ ބަންޑާރަގޯތީގެ ދެކުނުބަޔަށް އާމިނަތު ޙަސަންއަށް ނޭނގި، ގދ. ތިނަދޫ
ކައުންސިލްގެ އިދާރާއިން ރަޖިސްޓްރީއެއް ހަދާފައިވާތީ، އެކަން ބަލައިދިނުމަށް އެދިފައިވާ މައްސަލަ ޝަރީޢަތުން
ބެލިބެލުމުން، ގދ. ތިނަދޫ ވިލާޑްލައިޓް ކިޔާ 'x50'100 ގެ ބަންޑާރަގޯތީގެ ދެކުނުބަޔަށް ގދ. ތިނަދޫ
ކައުންސިލްގެ އިދާރާއިން، ގދ. ތިނަދޫ ވިލާޑްލައިޓް އަޙްމަދު ޙަސަންއަށް "މާހަތާ” ގެ ނަމުގައި ހަދާދީފައިވާ
ނަންބަރު: 2012
/
47-MS
/
GR-415 ގޯތީގެ ރަޖިސްޓްރީއަކީ
ނަންބަރު
86/Q10C/129 ޤަޟިއްޔާގައި ގދ. ތިނަދޫ ވިލާޑްލައިޓް އާމިނަތު ޙަސަން ކުޅަ ހިބަޔަކުން ގދ. ތިނަދޫ
ވިލާޑްލައިޓް ގޯތީގެ ދެކުނުބައިގައި ހިމެނޭ އެންމެހައި ތަންތަނާއި ތަކެތި ގދ. ތިނަދޫ ވިލާޑްލައިޓް އަޙްމަދު
މިލްކުވެފައިވާތީ، އެޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް އަޙްމަދު ޙަސަންއަށް ލިބިފައިވާ ބަޔަށްވަކި
ގދ.
ތިނަދޫ ކޯޓުގެ
ޙަސަންއަށް
ޖޭ
ޝާއި
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްޖޭގެ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/110
ދި 2
3
4
29
ބަޔާން ކުރެފެން
2
އެއްގޮތަށް
CCCX
ރަޖިސްޓްރީއެއް ހެދުމަށްއެދި، ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަށް އަޙްމަދު ޙަސަން ހުށަހެޅުމުން، އިސްވެ
(ގދ. ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129) ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި
ގދ. ތިނަދޫ ކައުންސިލްގެ އިދާރާއިން އަޙްމަދު ޙަސަންގެ ނަމުގައި ހަދައިދީފައިވާ ޞައްޙަ
ރަޖިސްޓްރީއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،.." ޙުކުމްކުރައްވާފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/Q10C/187 ޤަޟިއްޔާ އެ ކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން،
ގދ. ތިނަދޫ ވިލާޑްލައިޓް އާމިނަތު ޙަސަންގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެ
ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ގދ. ތިނަދޫ ވިލާޑްލައިޓް ގެ ގޯތި ދެބައިކޮށް، އެގޯތީގެ އެއްބައި، ގދ.ތިނަދޫ
އާހަތަ، އަޙްމަދު ޙަސަނަށް ރަޖިސްޓްރީ ހައްދާދީފައިވަނީ ރަނގަޅަށްކަމަށް،
ގދ. ތިނަދޫ ކޯޓުން
ޙުކުމްކުރައްވާފައިވާއިރު، އެރަޖިސްޓްރީއަކީ އޭގެކުރިން 15 މެއި 2012 ގައި ގދ. ތިނަދޫ ކޯޓުން
ކުރައްވާފައިވާ ގދ. ތިނަދޫ ވިލާޑްލައިޓްގެ މިލްކުވެރިކަން ސާބިތުކުރުމުގެ ޙުކުމާ ޚިލާފަށް ހަދާފައިވާ
ރަޖިސްޓްރީއެއްކަމަށާއި، މި ޙާލަތުގައި އެފަދަ ރަޖިސްޓްރީއެއް ހެދުމުގެ ޤާނޫނީ ބާރު ހުވަދު އަތޮޅު ދެކުނުބުރީ
| ކައުންސިލްގެ އިދާރާއަށް ލިބިފައިނުވާކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: މިމައްސަލައިން އިސްތިއުނާފްކުރެވޭ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/Q10C/187 ޤަޟިއްޔާ ނިންމަވާފައިވަނީ ގދ. ތިނަދޫ ވިލާޑްލައިޓް އެފަރާތަކަށް މިލްކުވެފައިވާކަމަށް
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/17 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ، ގދ.
ތިނަދޫ ވިލާޑްލައިޓް އާމިނަތު ޙަސަންގެ ބަހެއް ޝަރީޢަތަށް ހޯދުމަކާނުލާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: މިމައްސަލައިން އިސްތިއުނާފްކުރެވޭ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ގދ.
ތިނަދޫ ވިލްޑްލައިޓް ގޯތި ހަމަޔަށް ދެބައިކޮށް، ދެބަޔަކަށް ވަކި ރަޖިސްޓްރީއެއް އެމައްޗަށް ބުރަވެ ހައްދާފައިވާ،
ގދ. ތިނަދޫ ވިލާޑްލައިޓް ގޯތިން ބައެއް ހިބައިން ދިނުމުގެ ޤަޟިއްޔާއިން ހިބައިން ދީފައިވާކަމަށް
ކަނޑައަޅުއްވާފައިވާ ޢިމާރާތަކީ މިހާރު ވުޖޫދުގައިވާ ތަނަކަށްނުވާއިރު، ވުޖޫދުގައި ނެތްތަނެއްގެ މިލްކުވެރިކަމުގެ
#
COCOC
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/110
މައްޗަށް ޤާނޫނީ ޢަމަލެއް ނުވަތަ މުޢާމަލާތެއް ހިންގުމަކީ ޤާނޫނީ ހަމައަކަށް ނުވާކަމަށްބުނެ ފާހަގަކުރި
2 4 237
ންކު#އވެ.
-03
)
• ހަތަރުވަނަ ނުކުތާއަކީ:
ގދ. ތިނަދޫ ވިލާޑްލައިޓް ގޯތި ހަމަޔަށް ދެބައިކޮށް، އެގޯތިން އެއްބައި އަޙްމަދު
ޙަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވަނީ، ގޯތީގެ 1/2 އަޙްމަދު ޙަސަނަށް ރަޖިސްޓްރީކުރުމަށް ޝަރީޢަތުގެ
ޙުކުމެއްނެތިކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/Q10C/187
ޤަޟިއްޔާއަށާއި، މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ގދ.ތިނަދޫ ވިލާޑްލައިޓް އެވެ ކިޔާ ގޯއްޗަކީ ގދ.ތިނަދޫގައި މީހުން ވަޒަންވެރިވުމާއި ގުޅިގެން
24 އޯގަސްޓް 1966 ގައި ޙަސަންއަށް ދީފައިވާ ގޯއްޗެއްކަމަށާއި، ގދ.ތިނަދޫ ކޯޓުގެ ނަންބަރު
80/Q.10.C/256 ޤަޟިއްޔާގައި އެ ގޯތީގައި ޙަސަން އަޅާފައިވާ ދަނޑިފަނުގެ ގެ، ޙަސަންގެ ދަރިފުޅު
އާމިނަތު ޙަސަންއަށް ހިބައިން ދިނުމާއި ގުޅިގެން، އާމިނަތު ޙަސަންގެ ނަމުގައި އެގޯތި ރަޖިސްޓްރީކޮށްދިނުމަށް
ތިނަދޫ އޮފީހުގެ ނަންބަރު 86
/
293/Q/10ހ (22 ޖުލައި 1986) ސިޓީން އެދުމުން، ބުނެވުނު ގެއާއި ގޯތި
އާމިނަތު ޙަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާކަމަށް، 29 ޖުލައި 1986 ގައި އާމިނަތު ޙަސަންއަށް ހަދާ
ދީފައިވާ ގދ.އަތޮޅު އޮފީހުގެ ރަޖިސްޓްރީ ނަންބަރު 71.X ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައި
ބަޔާންކޮށްފައިވާކަމާއި،
ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q.10.C/129 ޤަޟިއްޔާގައި އާމިނަތު ޙަސަންގެ ނަމުގައިވާ
ވިލާޑްލައިޓް ނަމަކަށް ކިޔާ ގޯތީގެ ޢިމާރާތްތަކުގެ ތެރެއިން އެ ގޯތީގެ ދެކުނުބައިގައިވާ ދަނޑިފަނުގެ ޢިމާރާތް
އާމިނަތު ޙަސަންގެ އެއްބަޑު އެއްބަފާ ކޮއްކޮ، އަޙްމަދު ޙަސަންއަށް ހިބައިން ދީފައިވާކަމާއި، އަދި
އިޝާރަތްކުރެވޭ ޤަޟިއްޔާގައި އަޙްމަދު ޙަސަން ޤަބޫލުކުރުމުން، އެއީ ޞައްޙަ ކިބައެއްކަމަށް ކަނޑައަޅުއްވައި،
ވިލާޑްލައިޓް އެވެކިޔާ ގޯތީގެ ދެކުނުބައިގައި ހުރި ދަނޑިފަނުގެ ޢިމާރާތަކީ އަޙްމަދު ހަސަންގެ މިލްކުތަނެއްކަމަށް
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގޭކަމާއި، ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކޮށްފައިނުވާކަމަށް
އާމިނަތު ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި،
)
ކުޅަ ހިބަ
R
ހައިކަކީ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/110
އިސްވެބުނެވުނު ޤަޟިއްޔާއިން ވިލާޑްލައިޓް އެވެކިޔާ ގޯތީގެ ދެކުނުބައިގައި ހުރި ދަނޑިފަނުގެ ޢިމާރާތް
އަޙްމަދު ޙަސަންއަށް މިލްކުވެފައިވަނިކޮށް، ގދ. ތިނަދޫ ކުޅީގެ ބިން ހިއްކުމުން، އަޙްމަދު ޙަސަންއަށް 13
ފެބްރުއަރީ 1995 ގައި ދިރިއުޅުމަށްޓަކާ '50>"100 ފޫޓުގެ ގޯއްޗެއް ދީފައިވާކަމާއި، އެ އެ ގޯތި
ނަމުގައި ރަޖިސްޓްރީކޮށްފައިވަނީ 28 އޭޕްރީލް 2001 ގައިކަން ރަޖިސްޓްރީ ނަންބަރު 39/2001
-X
(17/1) އަށް ބެލުމުން އެނގޭކަމާއި،
އާމިނަތު ޙަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިލާޑްލައިޓް އެވެކިޔާ "50>"100 ފޫޓުގެ ބަންޑާރަ
ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަން ސާބިތުކުރުމަށް 29 މާރޗް 2012
ގައި އާމިނަތު ޙަސަން ހުށަހެޅުމުން، 15 މެއި 2012 ގައި ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/Q10MC/17 ޤަޟިއްޔާގައި ވިލާޑްލައިޓް އެވެކިޔާ '50>'100 ފޫޓުގެ ބަންޑާރަ ގޯތީގައިވާ އެންމެހާ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، ރުއް ގަސް ފަދަ އެންމެހައި ތަކެއްޗަކީ އާމިނަތު ޙަސަންގެ މިލްކު
ތަންތަނާއި ތަކެތިކަމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވާފައިވާކަމާއި،
އިސްވެބުނެވުނު ޤަޟިއްޔާގައި އެފަދައިން ޙުކުމް ކުރައްވާފައިވަނިކޮށް، އަޙްމަދު ޙަސަންގެ ނަމުގައި
ވިލާޑްލައިޓް އެވެކިޔާ ގޯތީގެ ދެކުނުބަޔަށް ވަކި ރަޖިސްޓްރީއެއް ހެދުމަށް ހުށަހެޅުމާ ގުޅިގެން 25 ޑިސެމްބަރު
2012 ގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު
2012
/
47-MS
/
GR ގޯތީގެ ރަޖިސްޓްރީން އަޙްމަދު ޙަސަންއަށް ވަކި ރަޖިސްޓްރީއެއް ހަދައިދީފައިވާކަމާއި،
އެ ރަޖިސްޓްރީއަކީ ވިލާޑްލައިޓް އެވެކިޔާ ބަންޑާރަ ގޯތި، އާމިނަތު ޙަސަންގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވަނިކޮށް، ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q
-
10C/129 ޤަޟިއްޔާއިން ވިލާޑްލައިޓް ގޯތީގެ
ދެކުނުބައި 50
°
x59 ފޫޓު، އަޙްމަދު ހަސަންއަށް ހިބައިން ދީފައިވާތީ ހަދައިދެވުނު ރަޖިސްޓްރީއެއްކަމަށް ހުވަދު
އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ އިސްވެ ބުނެވުނު ރަޖިސްޓްރީއަށް ބެލުމުން އެނގޭކަމާއި،
އަޙްމަދު ޙަސަންގެ ނަމުގައި ރަޖިސްޓްރީ ކުރެވުނު ބަޔަށް ކިޔަނީ "މާއިތާ" ކަމާއި، ބުނެވުނު ގޯތި
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން އަޙްމަދު ޙަސަންއަށް ރަޖިސްޓްރީކޮށްދިނުމުން،
އާމިނަތު ޙަސަންގެ ފަރާތުން އެކަން ބަލައިދިނުމަށް އެދި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް
ހުށަހެޅުމުން، މިހާރު އިސްތިއުނާފު މިކުރެވޭ، އެ ކޯޓުގެ ނަންބަރު 2013/Q10C/187 ޤަޟިއްޔާގައި، އެ
415-
etc>
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/110
ރަޖިސްޓްރީއަކީ ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް
ހަދާދީފައިވާ ޞައްޙަ ރަޖިސްޓްރީއެއްކަން ސާބިތުވާކަމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވާފައިވާކަން އެނގެން
އޮވެއެވެ.
(ނ) ގދ. ތިނަދޫ ވިލާޑްލައިޓް ގޯތި ދެބައިކޮށް، އެގޯތީގެ އެއްބައި، އަޙްމަދު ޙަސަންއަށް ރަޖިސްޓްރީ
ހައްދާދީފައިވަނީ ރަނގަޅަށް ކަމަށް، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރައްވާފައިވާއިރު،
އެރަޖިސްޓްރީއަކީ އޭގެކުރިން 15 މެއި 2012 ގައި ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/17Q10MC ޤަޟިއްޔާގައި ކުރައްވާފައިވާ ތިނަދޫ ވިލާޑްލައިޓްގެ މިލްކުވެރިކަން
ސާބިތުކުރުމުގެ ޙުކުމާއި ޚިލާފަށް ހަދާފައިވާ ރަޖިސްޓްރީއެއްކަމަށާއި، މި ޙާލަތުގައި އެފަދަ ރަޖިސްޓްރީއެއް
ހެދުމުގެ ޤާނޫނީ ބާރު ހުވަދު އަތޮޅުދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބިފައިނުވާކަމަށް ބުނެ
އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
ވިލާޑްލައިޓް އެވެކިޔާ ގޯތި އާމިނަތު ޙަސަންގެ ނަމުގައި ރަޖިސްޓްރީކުރެވިފައި ވަނިކޮށް، އެ ގޯތީގެ
ދެކުނުބައިގައިވާ ދަނޑިފަނުގެ ޢިމާރާތް އަޙްމަދު ޙަސަންއަށް ހިބައިން ދީފައިވާކަމާއި، އަދި އެ ހިބަ އަޙްމަދު
ޙަސަން ޤަބޫލުކުރުމުން އެ ޢިމާރާތަކީ އަޙްމަދު ޙަސަންގެ މިލްކު ތަނެއްކަމަށް ގދ.ތިނަދޫ ކޯޓުގެ ނަންބަރު
86/Q10C/129 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، ބުނެވުނު ޤަޟިއްޔާގައި އަޙްމަދު ޙަސަންއަށް
ބުނެވުނު ޢިމާރާތް ހިބައިން ދީފައިވާ ކަމާމެދު އާމިނަތު ޙަސަން އިންކާރުކޮށްފައިނުވާކަމާއި، އަދި ބުނެވުނު
ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިނުވާނެކަމަށް އާމިނަތު ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވާކަމާއިޑް
އިޝާރާތްކުރެވުނު ވިލާޑްލައިޓް ގޯތީގެ ދެކުނުބައިގައިވާ ދަނޑިފަނުގެ ޢިމާރާތް އަޙްމަދު ޙަސަންއަށް
ހިބައިން ދީފައިވާ، ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129 ޤަޟިއްޔާގެ ޙުކުމް ދެމިއޮއްވައި،
ވިލާލައިޓް ގޯތީގެ މިލްކުވެރިކަން ސާބިތުކުރުމަށް އާމިނަތު ޙަސަން ހުށަހެޅުމުން، ހުވަދު އަތޮޅު ދެކުނުބުރީ
ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10MC/17 ޤަޟިއްޔާގައި ވިލާޑްލައިޓް އެވެކިޔާ
509>"100 ފޫޓުގެ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، ރުއް ގަސް ފަދަ
އެންމެހައި ތަކެއްޗަކީ އާމިނަތު ޙަސަންގެ މިލްކު ތަންތަނާއި ތަކެތިކަމަށް ކަނޑައަޅުއްވާފައިވާއިރު،
އެ
R
ހައި9
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/110
އފުލި
ޤަޟިއްޔާގައި ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129 ޤަޟިއްޔާއާ ދެއްވާފައިނުވާކަން
ފާހަގަކުރެވޭކަމާއި؛
އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއެކު މައްސަލާގެ ބަޔާންތައް
ހިމެނިފައިނުވާތީވެ، އެ ލިޔުންތައް ހޯދުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި
އެދުމުން، އެ ކޯޓުގެ ނަންބަރު 95
/
2015
/
01/A
-
Q10MC ސިޓީއާއެކު ފޮނުއްވާފައިވާ ބަޔާންތަކަށް
ބެލިއިރު، އެ ބަޔާންތަކުގައިވެސް ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129 ޤަޟިއްޔާއިން ކޮށްފައިވާ
ހިބައާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ވާހަކަ ދައްކާފައިނުވާކަން ފާހަގަކުރެވެން އޮތްއިރު، އަޙްމަދު ޙަސަންގެ
ބަޔާނެއްވެސް އެ ޤަޟިއްޔާގައި ހިމެނިފައިނުވާކަން އެނގޭކަމާއި؟
ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/129
/
10C ޤަޟިއްޔާއަކީ އިސްތިއުނާފު ކުރެވިފައިވާ
ޤަޟިއްޔާއެއް ނޫންކަމަށް އާމިނަތު ޙަސަންގެ ފަރާތުން ބުނެފައިވާއިރު، އެ ޤަޟިއްޔާގެ ފަހުން ހުވަދު އަތޮޅު
ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10MC/17 ޤަޟިއްޔާއިން ވިލާޑްލައިޓް އެވެކިޔާ
ގޯތީގެ މިލްކުވެރި ފަރާތަކީ އާމިނަތު ޙަސަންކަމަށް ކަނޑައެޅުމަކުން، އެކަމަކީ، ފުރަތަމަ ޙުކުމް ކުރެވިފައިވާ
ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129 ޤަޟިއްޔާގެ ޙުކުމުގެ ޤާނޫނީ ޙުއްޖިއްޔަތު ނެތިދާންޖެހޭ
ސަބަބެއް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ނ) ގދ. ތިނަދޫ ވިލާޑްލައިޓް ގޯތި ހަމަޔަށް ދެބައިކޮށް، ދެބަޔަކަށް ވަކި ރަޖިސްޓްރީއެއް އެމައްޗަށް
ބުރަވެ ހައްދާފައިވާ، ގދ. ތިނަދޫ ވިލާޑްލައިޓް ގޯތިން ބައެއް ހިބައިން ދިނުމުގެ ޤަޟިއްޔާއިން ހިބައިން
ދީފައިވާކަމަށް ކަނޑައަޅުއްވާފައިވާ ޢިމާރާތަކީ މިހާރު ވުޖޫދުގައިވާ ތަނަކަށްނުވާއިރު، ވުޖޫދުގައި
މިލްކުވެރިކަމުގެ މައްޗަށް ޤާނޫނީ ޢަމަލެއް ނުވަތަ މުޢާމަލާތެއް ހިންގުމަކީ ޤާނޫނީ ހަމައަކަށް ނުވާކަމަށާއި،
ވިލާޑްލައިޓް ގޯތި ހަމަޔަށް ދެބައިކޮށް، އެ ގޯތިން އެއްބައި އަޙްމަދު ޙަސަންގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވަނީ، ގޯތީގެ 1/2 (ދެބައި ކުޅަ އެއްބައި) އަޙްމަދު ޙަސަންއަށް ރަޖިސްޓްރީކުރުމަށް
ޝަރީޢަތުގެ ޙުކުމެއްނެތިކަމަށް ބުނެ، އާމިނަތު ޙަސަންގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކުރިއިރު،
ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129 ޤަޟިއްޔާގެ ޙުކުމް ކުރައްވާފައިވަނީ ވިލާޑްލައިޓް
އެވެކިޔާ ގޯތީގެ ދެކުނުބައިގައި ހުރި ދަނޑިފަނުގެ ޢިމާރާތަކީ އަޙްމަދު ހަސަންގެ މިލްކުތަނެއްކަމަށް
سرمرمر سری
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/110
ކަނޑައަޅުއްވައިކަން އެ ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގޭކަމާއި، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގެ 4 ވަނަ ނަންބަރުގައި، ގދ. ތިނަދޫ ވިލާޑްލައިޓް ގޯތީގެ ދެކުނު ބައިގައި ހުރި ދަނޑިފަނުގެ ޢިމާރާތް
އާމިނަތު ޙަސަން، އަޙްމަދު ޙަސަންއަށް ހިބައިން ދިނުމުން، އެ ގޯތީގެ ދެކުނު ބައި އަޙްމަދު ޙަސަންއަށް
ރަޖިސްޓަރީ ކުރެވިދާނެކަމަށް ގދ. އަތޮޅު އޮފީހުން އެ އޮފީހުގެ ނަންބަރު 86
/
82/A.Q
/
Q.10.C ސިޓީން
ގދ.ތިނަދޫ ކޯޓަށް އަންގާފައިވާކަމަށް އެ ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއި،
އެހެންކަމުން، ގދ. ތިނަދޫ ވިލާޑްލައިޓް ގޯތީގެ ދެކުނު ބައި އަޙްމަދު ޙަސަންގެ ނަމުގައި ރަޖިސްޓްރީ
ކުރެވިދާނެކަމަށް ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަމާއި،
އަދި އެޤަޟިއްޔާ އާމިނަތު ޙަސަންގެ ފަރާތުން މިހާތަނަށް އިސްތިއުނާފުކޮށްފައިނުވާކަން އެނގެން އޮންނައިރު،
އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މައްޗަށް ބިނާކޮށް، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ
އިދާރާގެ ނަންބަރު 2012
/
47-MS
/
GR-415 ގޯތީގެ ރަޖިސްޓްރީން އަޙްމަދު ޙަސަންގެ ނަމުގައި
ރަޖިސްޓްރީކޮށްދީފައިވާ މާއިތާ" އެވެ ކިޔާ ގޯއްޗަކީ، ވިލާޑްލައިޓް އެވެކިޔުނު ގޯތީގެ ދެކުނުބައިކަން
ފާހަގަކުރެވޭކަމާއިގެ
މީގެ އިތުރުން ވިލާޑްލައިޓް އެވެކިޔާ ގޯތި ދެބައިކޮށް އަޙްމަދު ޙަސަންއަށް ވަކި ރަޖިސްޓްރީއެއް
ހެދުމުގެ ބާރު ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާއަށް ލިބިގެންނުވާކަމަށް އާމިނަތު ޙަސަންގެ
ފަރާތުން ފާހަގަކުރި ނުކުތާގައި، އަޙްމަދު ޙަސަންއަށް ގދ.ތިނަދޫއިން "އާހަތަ" ގެ ނަމުގައި 600 އަކަފޫޓަށް
ވުރެ ބޮޑު ގޯއްޗެއް
ލިބިފައިވާކަމަށާއި، އެ ގޯތި ލިބިފައިވަނިކޮށް އެހެން ގޯއްޗެއް އަޙްމަދު ޙަސަންއަށް
ރަޖިސްޓްރީ ކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2002) އާ ޚިލާފަށްކަމަށް
ބުނެ ފާހަގަކޮށްފައިވީނަމަވެސް، އަޙްމަދު ޙަސަންއަށް 13 ފެބްރުއަރީ 1995 ގައި ދިރިއުޅުމަށްޓަކައި ލިބުނު
ގޯއްޗަށް "އާހަތަ" އިގެ ނަމުގައި ރަޖިސްޓްރީ ހައްދާދީފައިވަނީ 28 އޭޕްރީލް 2001 ގައި ކަން އެގޯތީގެ
ރަޖިސްޓްރީއަށް ބެލުމުން އެނގޭކަމާއި، ވިލާޑްލައިޓް އެވެކިޔާ ގޯތީގެ ދެކުނުބައި (250°50) އަޙްމަދު
ޙަސަންއަށް ހިބައިން ލިބުނީ ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129 ޤަޟިއްޔާއިން ކަމުގައިވާއިރު، އެ
ގޯއްޗަށް އަޙްމަދު ޙަސަންގެ ޙައްޤު އުފަންވެފައިވަނީ އެ ޤަޟިއްޔާ ނިމުނު ތާރީޚުކަމުގައިވާ
15 އޮކްޓޯބަރު
1986 ގައިކަމާއި، މިއީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ވުޖޫދުވުމުގެ މާކުރީގެ
R
، ހައިކޯޓް"
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/110
ތާރީޚެއްކަމާއި، 15 އޮކްޓޯބަރު 1986 ގެ ފަހުން އެތައް އަހަރުތަކެއް ފާއިތުވީއިރުވެސް، ވިލާޑްލައިޓްގެ
ދެކުނުން ލިބުނު ބަޔަށް އަޙްމަދު ޙަސަން ވަކި ރަޖިސްޓްރީ އެއް ނަހައްދާ އޮތުމަކީ، އަޙްމަދު ޙަސަންއަށް
ޝަރީޢަތް މެދުވެރިކޮށް، އެ ގޯތީގެ އެބަޔަށް ލިބިފައިވާ ޙައްޤަށް ޤާނޫނީ ގޮތުން އުނިކަމެއް އަތުވެދާނެކަމަށް
ބެލެވޭ ފަދަ ސަބަބެއް ނޫންކަމާއި؛
އެހެންކަމުން، ގދ.ތިނަދޫ ކޯޓުގެ ނަންބަރު 86/Q10C/129 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް
ތިނަދޫ ކައުންސިލްގެ އިދާރާއިން އަޙްމަދު ޙަސަންގެ ނަމުގައި ގދ. ތިނަދޫ ވިލާޑްލައިޓްގެ ދެކުނު ބަޔަށް
"މާއިތާ" ގެ ނަމުގައި ހަދާދީފައިވާ ނަންބަރު 2012
/
47-MS
/
GR-415 ގޯތީގެ ރަޖިސްޓްރީއަކީ
ރަޖިސްޓްރީއެއްކަމަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/Q10C/187 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ޙުއްޖަތެއް
އިސްތިއުނާފުކުރާ އާމިނަތު ޙަސަންއަށް ދެއްކިފައިނުވާކަން އެނގެއެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ގދ.ތިނަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/Q10C/187 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް ބުނެ ގދ.ތިނަދޫ ވިލާޑްލައިޓް އާމިނަތު ޙަސަންގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު
މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
ނެތްކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
އުމުން ހުށަހެޅި ނުކުތާތަކުގެ
ވާއަކަނި
$=
":
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ