ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/59 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/59
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 59/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ނާޝިމް
އައިޑީ ކާޑު ނަންބަރު: A048162
ދާއިމީ އެޑްރެސް: މ. ސީނުކަރަންކާގެ
މީހާރުގެ އެޑްރެސް: ގ. އެނިފް/ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 12 ފެބުރުވަރީ 2015
ނިމުނު ތާރީޚް: 19 ފެބުރުވަރީ 2015
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2015
/
1242/J
/
MD-145
• އަމުރު ނެރުނު ކޯޓު ކްރިމިނަލް ކޯޓް
މައްސަލައިގެ ބާވަތް: ބަންދު އަމުރު (ޓެރެރިޡަމް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުން)
އަމުރު ނެރުނު ތާރީޚް: 10 ފެބުރުވަރީ 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ބުއިކޯޓް
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/59
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓްގެ ނަންބަރު 2015
/
1242/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
މަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
މ.ސީނުކަރަންކާގެ/ މާލެ މުޙައްމަދު ނާޝިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)އެވެ.
86=ހ8 9
8
އެއްގޮތަށްނަން
CCCO
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓްގެ ނަންބަރު 2015
/
1242/J
/
MD-145 ކޯޓުއަމުރަކީ، މ. ސީނުކަރަންކާގެ| މާލެ
މުޙައްމަދު ނާޝިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޓެރެރި ރަމްގެ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ މައްސަލައާ
ގުޅިގެން، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 2015 ފެބުރުވަރީ 10 ވަނަ ދުވަހުގެ 17:30 އިން
ފެށިގެން 2015 ފެބުރުވަރީ 25 ވަނަ ދުވަހުގެ 17:29 ގެ ނިޔަލަށް މުޙައްމަދު ނާޝިމް، މިނިސްޓްރީ އޮފް
ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ނެރުއްވާފައިވާ
CCCX
އަމުރެއްކަން އެނގެން އޮވެއެވެ.
02- ކްރިމިނަލް ކޯޓްގެ ނަންބަރު 2015
/
1242/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނޫންކަމަށްބުނެ މުޙައްމަދު ނާޝިމްގެ ފަރާތުން އެއަމުރު
އިސްތިއުނާފުކުރުމަށް އަންނަނިވި 03 (ތިނެއް) ނުކުތާ ފާހަގަކޮށް، އެ ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން މީހަކު
ބަންދުކުރެވިދާނެ ކަމަށް ބުނާ އެއްވެސް ސަބަބެއް މުޙައްމަދު ނާޝިމްގެ ކިބައިގާ ނުވާ ކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
ބައިކޯޓް
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޟިއްޔާ
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/59
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވާ ޤާނޫނީ ހަމަތަކާއި އުޞޫލުތަކަށް ރިޢާޔަތްކުރާއިރު
މުޙައްމަދު ނާޝިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ކޯޓު އަމުރުގެ ޤާނޫނީ ޞައްޙަކަން
ގެއްލިފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: މުޙައްމަދު ނާޝިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ހުށަހެޅުމާ ގުޅިގެން މުޙައްމަދު ނާޖިމާމެދު ކޮށްފައިވާ ތުހުމަތުތަކުގެ ޞައްޙަކަމަށް
އުނިކަން ލިބިދެނިވި ގޮތަށް ކްރިމިނަލް ކޯޓުން ބޭއްވެވި މުއްދަތު މަޖިލީހުގައި މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ވެފައިވާ އިޢްތިރާފުގެ ބަސްތަކަށް ޤާޟީ ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
0
03- ކްރިމިނަލް ކޯޓްގެ ނަންބަރު 2015
/
1242/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރި ފަރާތުންނާއި ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކުގެ ގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) މ. ސީނުކަރަންކާގެ| މާލެ މުޙައްމަދު ނާޝިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޓެރެރިޚަމް
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ މައްސަލައާ ގުޅިގެން، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 2015
ފެބުރުވަރީ 10 ވަނަ ދުވަހުގެ 17:30 އިން ފެށިގެން 2015 ފެބުރުވަރީ 25 ވަނަ ދުވަހުގެ 17:29 ގެ
ނިޔަލަށް މުޙައްމަދު ނާޝިމް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރު ކުރައްވާ ކްރިމިނަލް ކޯޓްގެ ނަންބަރު 2015
/
1242/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވާކަން
އެނގެން އޮވެއެވެ.
ބައިކޯޓް
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/59
(ނ) މިމައްސަލައިގާ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މުޙައްމަދު ނާޝިމް ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 2015
/
12/D2
/
AWF-171 ”ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ފަނޑިޔާރަށް
ހުށަހަޅާ ފޯމް” އިން 2015 ފެބުރުއަރީ 09 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ކްރިމިނަލް ކޯޓުން
ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 2015
/
39/(J
(
HA-145 ހައްޔަރުކުރުމުގެ އަމުރު، ގެ ދަށުން
ހައްޔަރުކުރުމުގެ ހުއްދަލިބިގެންކަން އެނގެން އޮންނައިރު، އިސްތިއުނާފުކުރެވޭ މިކްރިމިނަލް ކޯޓްގެ ނަންބަރު
2015
/
1242/J
/
MD-145 ކޯޓު އަމުރު އަމުރަކީ އިސްވެ އިޝާރާތްކުރެވުނު ހައްޔަރުކުރުމުގެ އަމުރުގެ ދަށުން
މުޙައްމަދު ނާޝިމް ހައްޔަރުކުރުމަށް ފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު ނާޝިމްގެ ބަންދާމެދު
ގޮތެއް ކަނޑައަޅައި ދެއްވުން އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ނެރުއްވާފައިވާ އަމުރެއްކަމާއި؛
އިސްވެ އިޝާރާތްކުރެވުނު ހައްޔަރުކުރުމުގެ އަމުރު ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ކަމަށް ބުނެ މުޙައްމަދު ނާޝިމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން،
މުރަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް..“ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 58/HC-A/2015 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން މުޙައްމަދު ނާޝިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު
2015
/
39/(J
(
HA-145 ”ހައްޔަރުކުރުމުގެ އަމުރު] ގެ ޤާނޫނީ ޞައްޙަކަން ގެއްލިފައިވާކަމަށް ބަލާނެ ޤާނޫނީ
ހަމައެއް ނެތުމުގެ އިތުރުން މުޙައްމަދު ނާމް ހައްޔަރުކުރެވިފައިވަނީ ޤާނޫނީ ހަމަތަކާ
މަތީންކަމަށް ބަލަންޖެހޭ ކަން އެނގެއެވެ.
(ނ) މައްސަލައެއްގެ ތަޙްޤީޤުކުރެވެމުންދާއިރު ނުވަތަ ތަޙްޤީޤު ނިންމުމަށްފަހު ދަޢުވާކުރުމާމެދު ގޮތެއް
ނިންމުމުގެ މަރުޙަލާގައިވާއިރު އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ
މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހައަކީ ކުށެއްގެ ތުހުމަތުގައި ހުރި
މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢާންމު އުޞޫލެއްގެ ގޮތުން
ޑ 8 *40
ގޮތުގެ
އީކަ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/59
COC
ފަނޑިޔާރު ޢަމަލުކުރަން
ކުރަންޖެހޭ ގޮތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ ކިބާގައި
ފުރިހަމަވެފައި ވޭތޯ ބެލުންކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި، 49 ވަނަ މާއްދާއިން އެނގެން
އޮންނަކަމާއި
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާ
ށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ،
އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
ގޮތުގެ މަތީން މީހަކު
ރަދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ
ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި،
އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަ ބޮޑު މިނަކީ
ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ
ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާވަރަކަށް ކަން ފަނޑިޔާރު
ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަން
ދި 40
އއ 103
4
ބދު
4 2228
އެނގެން އޮވެއެވެ.
ބައިކޯޓް
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/59
(ށ) މުޙައްމަދު ނާޝިމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޓެރެރިދަމްހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ
TD075983
:ކުށެއްގެ
44
64 657
މައްސަލައާގުޅިގެން، މުޙައްމަދު ނާޝިމް ދޫކޮށްލާފައި ބަހައްޓައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް
ފެންނަ ކަމަށް ބަޔާންކޮށް، 2015 ފެބުރުވަރީ 10 ވަނަ ދުވަހު މުޙައްމަދު ނާޝިމްގެ ބަންދުގެ މުއްދަތު އިތުރުކޮށް
ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:
ތުހުމަތުގައި
ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ
ފޯރމް“ އިން ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، މުޙައްމަދު ނާޝިމްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ
މައްސަލައިގެ ތަޙްޤީޤު ނިންމާ އޭނާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ފޮނުވާފައިވާކަން މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 12 ވަނަ މާއްދާގެ (ހ) ގައި މައްސަލައިގެ ތަޙްޤީޤު ނިމުމުން، ތުހުމަތު ކުރެވޭ މީހާ
ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނީ ދަޢުވާ އުފުލޭ ވަރަށް ހެއްކާއި ޤަރީނާ ހުރުމާއެކު، އެޤަވާއިދުގެ 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރި ސަބަބެއް އޮތްނަމަ ކަމަށް ބަޔާކޮށްފައިވާއިރު، އެ
ޤަވާޢިދުގެ 12 ވަނަ މާއްދާގެ (ނ) ގައި، ތަޙްޤީޤު ނިމުނަސް އެމީހަކު ހައްޔަރުން ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭ ސަބަބުތަކެއް
ހުރިނަމަ، ޝަރީޢަތުން ވަކިގޮތެއް ނުނިމެނީސް އެމީހަކު މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލައިގެން ނުވާނެކަމަށް ސާފު
ޢިބާރާތުން ބަޔާންކޮށްފައިވާކަމާއިގެ
ކުށެއްގެ ތަޙްޤީޤުނިމި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއްގައި
ހިމެނޭ ފަރާތެއް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބެއް އޮތްނަމަ އެ ކަމުގެ މައްޗަށް ރިޢާޔަތްކޮށް އެމީހެއްގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ފަނޑިޔާރަށް ހުށަހެޅުމަށް ނިންމާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަމާއި،
ޝަރީބަޖ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9ކުށްއެޤީ
.ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/59
18/
«
44
ބަންދުގެ މުއްދަތު އިތުރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ މައްސަލައަކީ އެމައްސަލައިގެ އަސްލު ދަޢުވާ
ކޯޓަށް ހުށަހެޅިފައިނުވާ މައްސަލައެއްނަމަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުމުގެ މައްޗަށް ބިނާކޮށް މައްސަލައިގައި
ތުހުމަތު ކުރެވިފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެމައްސަލަ ތަޙްޤީޤުކުރި ފަރާތުން ކޯޓަށް
ހުށަހެޅިދާނެކަމާއިގެ
މިމައްސަލައިގައި ތުހުމަތުކުރެވިފައިވާ މުޙައްމަދު ނާޝިމްގެ ތަޙްޤީޤު ނިންމާ އޭނާގެ މައްޗަށް ދަޢުވާކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވީނަމަވެސް
އޭނާގެ މައްޗަށް އެމައްސަލައިގައި އަދި ކޯޓުގައި ދަޢުވާ އުފުލާފައިވާނުވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި؛
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު ނާޝިމްގެ ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: TD075983
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް، އިން
ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، މުޙައްމަދު ނާޝިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކަނޑައެޅުމަށްފަހު މުޙައްމަދު ނާޝިމްގެ މައްޗަށް
މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދޭ ގޮތެއްގެ މަތީން ބަންދުގެ
މުއްދަތު އިތުރުކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓުގެ އިސްޤާޟީއަށް އެޑްރެސް ކޮށްފައިވާ، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ނަންބަރު 15
/
145
/
2015
/
313-196 (10 ފެބުރުއަރީ 2015) ސިޓީ ކްރިމިނަލް ކޯޓުގެ
ބަންދުގެ މުއްދަތު އިތުރުކުރުމުގެ މަޖިލީހަށް ހުށަހަޅާފައިވާކަން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، އެސިޓީ އެމަޖިލީހުގައި މުޙައްމަދު
ނާޝިމަށްވެސް ދައްކާފައިވާކަން މުޙައްމަދު ނާޝިމްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން
އެނގެއެވެ.
އއ0 ހ8 އއދވ
مع ستم سرما کې
3
2 ހ 33
48
8226ށވެ
ބައިކޯޓް
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/59
އ ހ4/
732
އެރެކަމަށް
ގޭގެ
(ބ) މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓްގެ ނަންބަރު 2015
/
1242/J
/
MD-145 ކޯޓު އަމުރަކީ
އިސްވެ އިޝާރާތްކުރެވުނު ހައްޔަރުކުރުމުގެ އަމުރުގެ ދަށުން މުޙައްމަދު ނާޝިމް ފަހު މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު TD075983 ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް“ އިން މުޙައްމަދު ނާޝިމްގެ
ބަންދާމެދު ގޮތެއް ކަނޑައަޅައި ދެއްވުން އެދި، ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މުޖްތަމަޢުގެ ސަލާމަތަށްޓަކައި،
މުޙައްމަދު ނާޝިމް ބަންދުގައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނައިރު، މުޙައްމަދު ނާޝިމްގެ
ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އިޝާރާތްކުރެވުނު ފޯމުގައި،
މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި މުޙައްމަދު ނާޝިމް ދިރިއުޅެމުންދާ ގ. އެނިފް
08 ވަނަ ފަންގިފިލާގައި ހުންނަ އެޕާރޓްމަންޓް ބަލާ ފާސްކުރުމުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށް
ގެންގުޅުން މަނާ ތަކެތި ފެނިފައިވާ ކަމާއި، ބަލާ ފާސްކުރުމުން ފެނުނު ޕެންޑްރައިވްގައިވާ މަޢުލޫމާތާއި ސީނަށް
ދިޔަ ފުލުހުން ދީފައިވާ ބަޔާން ހިމަނާފައިވާކަން އެނގެން އޮންނަކަމާއިގެ
އެހެންކަމުން މުޙައްމަދު ނާޝިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޓެރެރިޚަމް| ހަނގުރާމަވެރި ހަތިޔާރު
ގެންގުޅުމުގެ މައްސަލައާގުޅިގެން، މުޙައްމަދު ނާޝިމް ދޫކޮށްލާފައި ބަހައްޓައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެދާނެ ކަމަށް ފެންނަ ކަމަށް ބަޔާންކޮށް،
2015 ފެބުރުވަރީ 10 ވަނަ ދުވަހު މުޙައްމަދު ނާޝިމްގެ
ބަންދުގެ މުއްދަތު އިތުރުކޮށް ދެއްވުން އެދި ހުށަހަޅާފައިވާ ފޯމުގައި ބަޔާންކުރެވިފައިވާ ހެކި ޤަރީނާ އާއި މުޙައްމަދު
ނާޝިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޒާތާއި ބާވަތާއި، ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް
ނަޒަރުކުރުމުން މުޙައްމަދު ނާޝިމު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު
2015
/
1242/J
/
MD-145އަމުރުގައި ބަޔާންކުރައްވާފައިވާ ސަބަބަކީ މައުޖޫދުވެފައިވާ ސަބަބެއްކަމަށް ބެލުމުގެ
ފުރުޞަތު ބޮޑުކަން އެނގެއެވެ.
ވީމާ، ކްރިމިނަލް ކޯޓްގެ ނަންބަރު 2015
/
1242/J
/
MD-145 ކޯޓު އަމުރަށް ބަދަލުގެންނަންޖެހޭ
ސަބަބެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ބުއިކޯޓް
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/59
ޙުކުމް:
ހއ ހއ ހދ
ކަންބއެއ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު
ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2015
/
1242/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
6
8 އ ހވ
ން ކަމަށް
ދިވެހި68
*
t
އާއް*
އީސަ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv