ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/44 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/44
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 44/HC-A/2015
• އިސްތިއުނާފު ކުރިފަރާތް:
ނަން: އަޙްމަދު
ފަޔާޝް
އައިޑީ ކާޑު ނަންބަރު: A027539
* ދާއިމީ އެޑްރެސް: ގ. ސިނަމާލެ 2
04-14/މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: -
* ދާއިމީ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 12 ރަބީޢުލްއާޚިރު 1436
2 ފެބްރުއަރީ 2015
ނިމުނު ތާރީޚް: 10 ޖުމާދަލްއޫލާ 1436
1 މާޗް 2015
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2015
/
854/J
/
MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 26 ޖެނުއަރީ 2015
ނިމުނު ތާރީޚް: 26 ޖެނުއަރީ 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
ނިމުނު 1
2015/HC-A/44
کی مری
ދަޢުވާގެ ޚުލާޞާ
e
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
854/J
/
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި، ގ. ސިނަމާލެ 2
04-14;މާލެ، އަޙްމަދު ފަޔާޝް (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A027539) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
854/J
/
MD-145 ކޯޓުއަމުރަށް ބަލާއިރު،
އެ ކޯޓުއަމުރަކީ، ސިނަމާލެ 2
04-14/މާލެ، އަޙްމަދު ފަޔާޟްގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ވިޔަފާރިކުރުމުގެ މައްސަލާގައި، އަޙްމަދު ފަޔާޝްގެ ބަންދުގެ
މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކްރިމިނަން ކޯޓަށް
ފިމާގުޅިގެން، އަޙްމަދު ފަޔާޝް "މުޖްތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި
މިވަގުތު މީނާ ދޫކޮށްލަން ނުފެންނާތީ ކަމަށް ވިދާޅުވެ، 2015 ޖެނުއަރީ 27 ވަނަ ދުވަހުގެ 14:36
އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ
ތަނެއްގައި، އަޙްމަދު ފަޔާޟް ބަންދުގައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ
2ކ 294
3
ހުށަހެޅެމު
ﷲ 9
02 ތ ބ
އަމުރެއްކަން އެނގެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
854/J
/
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ އަޙްމަދު ފަޔާޝްގެ
ދިން 02
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 * 2
2015/HC-A/44
کی عمری
3 ޤަޟިއްޔާ ނިމުނު 1
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާ
ފުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވާ؟
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
854/J
/
MD-145
ކޯޓުއަމުރުގައި، ކްރިމިނަލް ކޯޓުން އަޙްމަދު ފަޔާޝްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
04 3 2 3
• ދެވަނަ ނުކުތާއަކީ، އަޙްމަދު ފަޔާޝްގެ ބަންދުގެ މުއްދަތު
پر عمل ترسی
ޝަރީޢަތަށް ޙާޟިރު ކުރުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އާންމުކޮށް ޢަމަލުކުރަމުން
އަންނަ އުސޫލާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
/
<
/
854/J
/
MD-145 ކޯޓުއަމުރު އިސްތިއުނާފު
ކުރަމުން އަޙްމަދު ފަޔާޝްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، މައްސަލާގައި
ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުމުގެ
ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން، އަޙްމަދު ފަޔާޝް ހައްޔަރުކުރުމާ ގުޅިގެން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/44
کی مری مربع
4 22
ގެ
4 ޤަޟިއްޔާ ނިމުނު ގޮ
އޭނާގެ ފަރާތުން ޤާނޫނީ ވަކީލެއް ހަމަޖައްސާފައިވާކަމާއި، އަދި އޭނާގެ ފަރާތުން ހަމަޖެއްސި ޤާނޫނީ
ވަކީލު، 19 ސެޕްޓެމްބަރު 2014
10:30 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ޤަބޫލުކޮށްފައިވާކަން، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސް
ސަރިވިސްގެ ނަންބަރު WR011705 "ޤާނޫނީ ވަކީލުކަން ޤަބޫލުކުރިކަމުގެ ލިޔުން ބަލައިގެން ސްލިޕް"
އަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި،
އަޙްމަދު ފަޔާޝް ހައްޔަރުކުރެވުމާ ގުޅިގެން، އިސްވެދެންނެވިފައިވާ ގޮތުގެމަތިން،
އޭނާގެ ފަރާތުން ޤާނޫނީ ވަކީލަކު ހަމަޖައްސައި، އެވަކީލު މޯލްޑިވްސް ޕޮލިސް ސަރިވިސްގެ ފަރާތުން
ބަލައިގަނެފައި ވީނަމަވެސް، އަޙްމަދު ފަޔާޟްގެ ބަންދާމެދު ގޮތެއް
ގޮތެއް ނިންމުމައްޓަކައި، 2015 ޖެނުއަރީ
26 ވަނަ ދުވަހު އޭނާ ޝަރީޢަތަށް ހާޒިރުކުރުމުގެ ކުރިން، އޭނާގެ ފަރާތުން ހަމަޖައްސާފައިވާ ޤާނޫނީ
ވަކީލަށް، އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ފޯނުން ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެކަން އަންގާފައިނުވާކަމާއި، އަދި އެކަން އަޙްމަދު ފަޔާޝްގެ
ޤާނޫނީ ވަކީލަށް އެންގިފައިނުވަނީ، އަޙްމަދު ފަޔާޝްގެ މައްސަލަ ބަލާ އިންވެސްޓިގޭޓިންގ އޮފިސަރު
އެދުވަހު ސަލާމުގައި ހުރުމުންކަމަށާއި، އަދި އަޙްމަދު ފަޔާޝްގެ ބަންދާމެދު ގޮތެއް ނިންމުމައްޓަކައި،
2015 ޖެނުއަރީ 26 ވަނަ ދުވަހު އޭނާ ޝަރީޢަތަށް ހާޒިރުކުރުމުގެ ކުރިން، އޭނާގެ ފަރާތުން
ހަމަޖައްސާފައިވާ ޤާނޫނީ ވަކީލަށް، އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ފޯނުން ނުވަތަ
އެސް.އެމް.އެސް މެދުވެރިކޮށް އެންގިފައިނުވިނަމަވެސް އެމަޢުލޫމާތު، އޭގެ ކުރީ ދުވަހު އަޙްމަދު ފަޔާޝްގެ
ޤާނޫނީ ވަކީލަށް އަނގަބަހުން އަންގާފައިވާނޭކަމަށް، އަޙްމަދު ފަޔާޟްގެ މައްސަލަ ބަލާ
އިސްވެސްޓިގޭޓިން އޮފިސަރ، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ބަޔާނުގައި
ބުނެފައިވާކަމާއި، އަދި އަޙްމަދު ފަޔާޟްގެ ބަންދާމެދު ގޮތެއް ނިންމުމައްޓަކައި، 2015 ޖެނުއަރީ 26
ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުމުގައި، އަޙްމަދު ފަޔާޝްގެ
ފަރާތުން ވަކާލާތުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފައިވާކަމަށް، އެދުވަހު މޯލްޑިވްސް ޕޮލިސް
އ
ހ24297
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/44
5 ޤަޟިއްޔާ ނިމުނު ގޮ
گمرکی
ދެވެ
ސަރވިސްގެ ފަރާތުން ޝަރީޢަތަށް ހާޞިރުވީ ފަރާތުން ބުނެފައިވާކަމަށް، މިމައްސަލައާ ގުޅިގެން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަން އެނގެން
އޮންނަކަމެވެ.
0 /
<< O
0422
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 313/HC
-
A/2014
ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި،
އެމީހަކު އެހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ
އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެމީހަކަށް ފަހިކޮށްދެވިފައި އޮތުމަކީ ހައްޔަރުކުރެވޭ ނުވަތަ
ބަންދުކުރެވޭ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
ގައި ބަޔާންކޮށްފައިވާއިރު، އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި އެމީހަކު ޝަރީޢަތަށް ހާޒިރުކުރުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސަނީ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުންކަމަށްވެފައި، އެމީހަކު ޝަރީޢަތަށް ހާޒިރުކުރުމުގެ ކުރިން، އެކަން އެމީހަކު
ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަކަށް، އެމީހަކު އަމިއްލައަށް އެންގުމުގެ ފުރުޞަތު ނޯންނާތީ، އެމީހެއްގެ
ފަރާތުން ވަކީލަކު ޢައްޔަންކޮށްފައިވާ ޙާލަތްތަކުގައި، އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި
އެމީހަކު ޝަރީޢަތަށް ޙާޒިރުކުރުމަށް ހަމަޖެހިފައިވާ ތަނާއި، ގަޑިފަދަ އެންމެހާ މަޢުލޫމާތެއް އެމީހެއްގެ
ޤާނޫނީ ވަކީލަކަށް އެންގުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޒިންމާއެއްކަމާއި، އަދި މިއީ
އެސަރވިސްގެ ފަރާތުން މިހާތަނަށް އެކަން ކުރަމުން ގެންގޮސްފައިވާ ގޮތްކަންވެސް އެނގޭކަމާއި،
އިސްވެމިދެންނެވުނު ޤާނޫނީ އުސޫލު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި
ކަންހިނގާފައިވާ ގޮތުގެމައްޗަށް ތަޠުބީޤުކުރާއިރު، އަޙްމަދު ފަޔާޝް ހައްޔަރުކުރެވުމާ ގުޅިގެން، އޭނާގެ
ފަރާތުން އޭނާ ތަމްސީލުކުރާނެ ޤާނޫނީ ވަކީލަކު ހަމަޖައްސައި، އެކަން މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް އަންގައި، އަދި އެ ޤާނޫނީ ވަކީލު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު
2015/HC-A/44
کی مرگی
ޗެ3
ބަލައިގަނެފައިވާއިރު، 2015 ޖެނުއަރީ 26 ވަނަ ދުވަހު، އަޙްމަދު ފަޔާޟްގެ ބަންދާމެދު ގޮތެއް
ނިންމުމައްޓަކައި އޭނާ ޝަރީޢަތަށް ހާޒިރުކުރުމުގެ ކުރިން، އޭނާގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލަށް،
އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެކަން
އަންގާފައިނުވުމަކީ، އަދި އޭނާގެ ފަރާތުން ހަމަޖައްސާފައިވާ ޤާނޫނީ ވަކީލަށް، އާންމު އުސޫލާ
އެއްގޮތްވާ ގޮތުގެމަތިން، ފޯނުން ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އެންގިފައިނުވިނަމަވެސް
އެމަޢުލޫމާތު، އޭގެ ކުރީ ދުވަހު އަޙްމަދު ފަޔާޝްގެ ޤާނޫނީ ވަކީލަށް އަނގަބަހުން އަންގާފައިވާނޭކަމަށް،
އަޙްމަދު ފަޔާޟްގެ މައްސަލަ ބަލާ އިންވެސްޓިގޭޓިން އޮފިސަރ، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވީނަމަވެސް، އަޙްމަދު ފަޔާ ޝްގެ ފަރާތުން ހަމަޖައްސާފައިވާ
ވަކީލު އެކަމަށް އިންކާރުކޮށްފައިވާއިރު، އެކަން ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިނުވުމަކީ، އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވުނު
ޝަރީޢަތުގެ މަޖިލީހަށް އޭނާ ވެއްދުމަށްފަހު، އޭނާގެ ފަރާތުން ޤާނޫނީ ވަކީލެއް ޢައްޔަންކޮށްފައިވާކަމަށް
ބުނެ އެކަން، އެމައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޝަރީޢަތަށް ހާޟިރުވީ
ފަރާތުން، މައްސަލަ ބެއްލެވި ފަނޑިޔާރުގެ ސަމާލުކަމަށް ގެނައުމުންވެސް، ވަކީލުގެ ޣައިރު ހާޟިރުގައި
މައްސަލަ ހިންގުމާމެދު އަޙްމަދު ފަޔާޝްގެ ބަހެއް، މައްސަލަ ބެއްލެވި ފަނޑިޔާރު
ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދެވުމަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އިން އަޙްމަދު
ފަޔާޟިށް ކަށަވަރުކޮށްދީފައިވާ، އިސްވެދެންނެވިފައިވާ ޙައްޤުން އޭނާ މަޚްރޫމުކުރުވުންކަމަ މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
2
0
4
2 ހ2 (ދި
ހއދ009ނ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2015
/
854/J
/
MD-145 ކޯޓުއަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/44
7 ޤަޟިއްޔާ ނިމުނު "
ދެލީ
0474 ދ ތތ
/4ކށް
ހައިކޯޓުގެ
ފަނޑިޔާރުންނަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
އިއްތިފާޤުވެވިފައިވެއެވެ.
• ޙުކުމް
19ށ/ވަނީ
ހއ 2
2
22
ބަޔާނެކެރެ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
854/J
/
MD-145 ކޯޓުއަމުރަކީ
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ އަމުރެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
854/J
/
MD-145 ކޯޓުއަމުރު ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ވީހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv