ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/186 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/186
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 186/HC
-
A/2012
އިސްތިއުނާފް ކުރިފަރާތް:
* ނަން: އިބްރާހީމް ތަޢުފީޤް
އައިޑީ ކާޑު ނަންބަރ: A074761
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 2894 މާލެ
މިހާރުގެ އެޑްރެސް: ލ. މުންތަޒާ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ލަޠީފު
އައިޑީ ކާޑު ނަންބަރ: A096692
ހުށަހެޅުނު ތާރީޚް: 19 ޖޫން 2012
ދާއިމީ އެޑްރެސް: ގދ. ތިނަދޫ ސްކޫނަރ
މިހާރުގެ އެޑްރެސް: ލ. މުންތަޒާ
0
* ނިމުނު ތާރީޚް: 28 ފެބުރުއަރީ 2013
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/687
ނިންމެވިކޯޓް: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: އެޕާރޓްމަންޓް ހުސްކުރުން
ހުށަހެޅުނުތާރީޚް: 04 އޭޕްރީލް 2011 ނިމުނު ތާރީޚް: 20 މެއި 2012
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢައްބާސް ޝަރީފް
ހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/186
ދައުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/687 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކު
މާފުކުރުމަށް ދަފްތަރު ނަންބަރު 2894
މާލެ، އިބްރާހީމް ތަޢުފީޤު (މ. މުންތަޒާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ. ތިނަދޫ ސްކޫނަރ ޢަބްދުﷲ ލަޠީފު (މ.
މުންތަޒާ) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/687 ޤަޟިއްޔާއަކީ، ގދ. ތިނަދޫ ސްކޫނަރ
ޢަބްދުﷲ ލަޠީފު، މ. މުންތަޒާ އާމިނަތު ރިފްޢަތުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
މ. މުންތަޒާއެވެ
ކިޔާ ބަންޑާރަ ގޯތި، މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ އެގްރީމެންޓުގެ ދަށުން 15 ޑިސެމްބަރ
2007 އިން 15 (ފަނަރަ) އަހަރު ދުވަހުގެ ނިޔަލަށް ކުއްޔަށްދީގެން ޢަބްދުﷲ ލަޠީފު ހަދާފައިވާ ޢިމާރާތުގެ
03 ވަނަ ބުރީގައި ހިމެނޭ 02 ކޮޓަރި އާއި، 02 ފާޚާނާ އާއި 01 ސިޓިންގ ރޫމް އާއި ބަދިގެ މީލާދީ
ކޮންމެ މަހަކު -/12000ރ (ބާރަހާސް ރުފިޔާ) ގެ އަގަށް ދަފްތަރު ނަންބަރު 2894 އިބްރާހީމް
ތަޢުފީޤަށް ކުއްޔަށް އިބްރާހީމް ތަޢުފީޤާއި، ޢަބްދުﷲ ލަޠީފު އާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އިބްރާހީމް
ތަޢުފީޤް ޚިލާފުވެފައިވާ ކަމަށް ބުނެ، އިބްރާހީމް ތަޢުފީޤު މުންތަޒާ ގެއިން ނެރުމަށް ގދ. ތިނަދޫ
ޢަބްދުﷲ ލަޠީފު، އިބްރާހީމް ތަޢުފީޤުގެ މައްޗަށް ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް
ސްކިނަރ
ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، ގދ. ތިނަދޫ ސްކޫނަރ ޢަބްދުﷲ ލަޠީފު،
މ. މުންތަޒާ އާމިނަތު ރިފްޢަތުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މ. މުންތަޒާއެވެ ކިޔާ ބަންޑާރަ ގޯތީ،
މަދަނީ ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ އެގްރީމެންޓެއްގެ ދަށުން 15 ޑިސެމްބަރ 2007 އިން ފެށިގެން
15 (ފަނަރަ) އަހަރު 15 ފެބުރުއަރީ 2012 ގެ ނިޔަލަށް އާމިނަތު ރިފްޢަތު ކުއްޔަށްދީގެން، ޢަބްދު
ލަޠީފު ހަދާފައިވާ ޢިމާރާތުގެ 03 ވަނަ ބުރީގައި ހިމެނޭ 02 ކޮޓަރި އާއި، 02 ފާޚާނާ އާއި 01
ސިޓިންރޫމް އާއި ބަދިގެ، މީލާދީ ކޮންމެ މަހަކު -/12000ރ (ބާރަހާސް ރުފިޔާ) އަށް 01 ފެބުރުއަރީ
s
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/186
2009 އިން ފެށިގެން 16 (ސޯޅަ) އަހަރުގެ މުއްދަތަށް ޢަބްދުﷲ ލަޠީފް އާއި، ދަފްތަރު ނަންބަރު 2894
(އައި.ޑީ.ކާޑް ނަންބަރު: A074761) އިބްރާހީމް ތަޢުފީޤަށް ކުއްޔަށް އިބްރާހީމް ތަޢުފީޤާއި، ޢަބްދު
ލަޠީފު އާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އިބްރާހީމް ތަޢުފީޤު އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން
ކުއްޔަށް ހިފާފައިވާކަން އޮންނައިރު، މިނަންގަނެވުނު އެއްބަސްވުމާއި އިބްރާހީމް ތަޢުފީޤް ޚިލާފުވެފައިވާ
ކަމަށް ބުނެ، އިބްރާހީމް ތަޢުފީޤު އެތަނުން ނެރެދިނުމަށް އެދި ޢަބްދުﷲ ލަޠީފު ޝަރީޢަތަށް މައްސަލަ
ހުށަހަޅާފައިވާ ކަމާއި،
ވަކި އެއްބަސްވުމެއްގެ ދަށުން ޢަބްދުﷲ ލަޠީފު، މ. މުންތަޒާގައި ހަދާފައިވާ ޢިމާރާތްތަކާއިމެދު
ޝަރީޢަތުން ވަކިގޮތަކަށް ނިމުމުގެ ކުރީން ޢަބްދުﷲ ލަޠީފުގެ އަތުން އިބްރާހީމް ތަޢުފީޤު އެތަނުގައި
ކުއްޔަށް ހިފައިވާ ތަނުގައި، ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އިބްރާހީމް ތަޢުފީޤް އުޅުމަކީ
ޝަރުޢީ އަދި ޤާނޫނީ ގޮތުން ބެލިކަމުގައިވިޔަސް މަޞްލަޙަތު ހަމަޖެހޭނެ ކަމެއް ޝަރީޢަތަށް ނުފެންނާތީ،
މިއަދު 20 މެއި 2012 އިން ފެށިގެން، 30 ދުވަހުގެ ތެރޭގައި، ގދ. ތިނަދޫ ސްކޫނަރ ޢަބްދު
ލަޠީފުގެ އަތުން، މ. މުންތަޒާ އެވެކިޔާ ގޯތިން، އިބްރާހީމް ތަޢުފީޤު ކުއްޔަށް ހިފާފައިވާ ތަނުގައި ދިރިއުޅޭ
ބަޔަކާއި، އެބަޔަކު ގެންގުޅޭ ތަކެއް
ތަކެއްޗާއިއެކު ނެރެ ތަން ހުސްކުރުމަށްފަހު އެތަން، ގދ. ތިނަދޫ ސްކޫނަރ
ޢަބްދުﷲ ލަޠީފް އާއި ޙަވާލުކުރުމަށް ދަފްތަރު ނަންބަރު 2894 (އައި.ޑީ.ކާޑް ނަންބަރު: A074761)
އިބްރާހީމް ތަޢުފީޤު އަށް އަންގައި ޙުކުމްކޮށްފީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ރިޕޯޓުން އެނގެން އޮވެއެ
¢¢ ¢ ¢
443
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/687
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން
އިބްރާހީމް ތަޢުފީޤުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން،
ހަތަރު ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: މުންތަޒާގައިވާ ޢިމާރާތްތައް ކުއްޔަށް ދިނުމުގެ ޤާނޫނީ ބާރުލިބިދީފައިވާ
ކަމަށްބުނެ ގދ. ތިނަދޫ ސްކޫނަރ ޢަބްދުﷲ ލަޠީފު ޝަރީޢަތަށް ހުށަހެޅި 20 ޖެނުއަރީ 2008 ގައި މ.
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/186
މުންތަޒާ އާމިނަތު ރިފްޢަތާއި، ޢަބްދުﷲ ލަތީފާއި، ދެމެދު ވެފައިވާ އެއްބަސްވުމަކީ 01 އެޕްރީލް 2008
ގައި ކެލާ ވިންގް މުޙައްމަދު ނަޞީމާ، ދަފްތަރު ނަންބަރު 843 އަޙްމަދު އައުޖާޒާއި، ގދ. ވާދޫ
އަނދުންގޭ އަޙްމަދު ދީދީއާއި، ޏ. ފުވައްމުލަކު ތުންމަތި އިބްރާހީމް ފިރުޝާން ހެކިކޮށް އާމިނަތު ރިފްޢަތު
ޢަބްދުﷲ ލަޠީފާ ޙަވާލުކުރި ނޯޓިސްގެ ސަބަބުން 01 މެއި 2008 ގައި ބާޠިލުވެ ނިމުމަކަށް ގެނެސްފައިވާ
އެއްބަސްވުމެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ހެކި ލިޔުމުން ހުށަހެޅުމުގެ އިތުރަށް، ހަތަރު ހެއްކަކު
ޙާޟިރުކުރައްވާ އެމީހުންގެ ހެކިބަސް ނަންގަވައި ދެއްވުން އެދިފައިވާއިރު ލިޔުމުން ހުށަހެޅި ހެއްކަށް
ނުބައްލަވާ ޙާޟިރުކޮށް ހެކިބަސް ނަންގަވާ ދެއްވުމަށް އެދިފައިވާ ހެކިންގެ ހެކިބަސް ނަންގަވާފައި ނުވުން
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދެމީހެއްގެ ދެމެދުގައި ވެފައިވާ މަދަނީ އެއްބަސްވުމެއް، އެ އެއްބަސްވުމުގައި
ޝާމިލުވާ ފަރާތަކަށް ބާޠިލުކޮށް ނިމުމަކަށް ނުގެނެވޭނެކަމަށް ބަޔާންކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު
ލިބިގެން ހެދިފައިވާ ޤަވާއިދެއްނެތި އެފަދަ އެއްބަސްވުމެއް ބާޠިލުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީޢަތުން
ކަމުގައި ކަނޑައެޅުއްވި ކަނޑައެޅުއްވުން ކަމަށް
ބުނެ ފާހަގަ ކުރި
ނއ 0އ
0
ޖެއްބަސްވުމުގެ
ތިންވަނަ ނުކުތާއަކީ: މަދަނީ އެއްބަސްވުމެއްގެ މުއްދަތު ހަމަވުމުގެކުރިން އެ
ބައިވެރިން ކުރެ ކޮންމެ ބައިވެރިއަކަށް އެއެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރާއި، ބާރު ލިބިފައިވާ ކަމާއި،
ނޯޓިސްދީފައިވާނަމަ އެނޯޓިސްގެ މުއްދަތު ހަމަވާ ތާރީޚްގައި އެ އެއްބަސްވުމެއް ބާޠިލްވާނެ ކަމަށް 29
ނޮވެމްބަރ 2011 ގައި ނިންމެވި ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/2157 ޤަޟިއްޔާގައި ޙުކުމް
ކުރައްވައި އެޤަޟިއްޔާގެ ޙުކުމަށް 13 ޑިސެމްބަރ 2011 ގައި ނިންމެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 277/HC-A/2011 ޤަޟިއްޔާއިން ތާޢީދު ކުރައްވާފައިވުމާއި، މަތީމަރުޙަލާގެ ކޯޓުތަކުން
ނިންމަވާ ނިންމެވުންތަކަށް ދަށުމަރުޙަލާގެ ކޯޓުތަކުން މައްސަލަތައް ނިންމެވުމުގައި ތަބާވާންޖެހޭއިރު، 13
ޑިސެމްބަރު 2011 ގައި ނިންމެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 277/HC-A/2011 ގެ
ޤަޟިއްޔާގެ ޙުކުމަށް ތަބާނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/186
ހަތަރުވަނަ ނުކުތާއަކީ: މ. މުންތަޒާ އާމިނަތު ރިފްޢަތާ، ގދ. ތިނދޫ ސްކޫނަރ ޢަބްދު
ލަޠީފާއި، ދެމެދު 20 ޖެނުއަރީ 2008 ގައި ވެފައިވާ އެއްބަސްވުމަކީ 01 އޭޕްރީލް 2008 ގައި ޢަބްދު
ލަޠީފާ ޙަވާލުކުރި ނޯޓިސްގެ ސަބަބުން 01 މެއި 2008 ގައި ބާޠިލުވެ ނިމުމަކަށް ގެނެވިފައިވާ
އެއްބަސްވުމަކަށްވާތީ، އެ އެއްބަސްވުމަކީ 01 މެއި 2008 ދުވަހުން ފެށިގެން ބާޠިލުވެ ނިމުމަކަށް
ގެނެވިފައިވާ އެއްބަސްވުމެއްކަން ޝަރީޢަތަށް ސާބިތުވެ އެކަމުގެ ޝަރުޢީ ލިޔުމެއް ލިބުމަށް އެދި އާމިނަތު
ރިފްއަތުގެ ވާރިސުން ހުށަހެޅި މައްސަލައެއް ކަމުގައިވާ ސިވިލްކޯޓުގެ ނަންބަރު 2012/Cv-C/817 ގެ
ޤަޟިއްޔާ ވަކިގޮތަކަށް ނިމިގެން މެނުވީ މުންތަޒާގައިވާ ޢިމާރާތްތައް ކުއްޔަށް ދިނުމުގެ ބާރެއް ގދ.
ތިނަދޫ ސްކޫނަރ ޢަބްދުﷲ ލަތީފަށް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައެޅެން ނެތްއިރު އިސްވެ
ދެންނެވި ސިވިލްކޯޓުގެ ނަންބަރު 2012/Cv-C/817 ގެ ޤަޟިއްޔާ ނުބައްލަވާ މައްސަލަ ނިންމެވުން
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/687 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ
އިބްރާހީމް ތަޢުފީޤުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
OXOC
މ. މުންތަޒާ އެވެކިޔާ 588 އަކަފޫޓުގެ ބަންޑާރަ ގޯތި މީލާދީ 15 އަހަރު ދުވަހުގެ
މުއްދަތަށް ކުއްޔަށް ހިފައި، އެބައިގައި ހުރި ޢިމާރާތް ތަޅާލައި ހަބުރީގެ އައު ޢިމާރާތެއްކޮށް، ކުއްޔަށް
ހިފުމުގެ މުއްދަތު ހަމަވަންދެން އަލަށްކުރި ޢިމާރާތް ބޭނުން ހިފަމުންދާނެ ގޮތާއިމެދު ގދ. ތިނަދޫ
ސްކޫނަރ ޢަބްދުﷲ ލަޠީފު އާއި ގޯތީގެ ވެރިފަރާތްކަމުގައިވާ މ. މުންތަޒާ އާމިނަތު ރިފްއަތު އާއި ދެމެދު
އެއްބަސްވުމެއްގައި ސޮއިކުރެވި
ނަންބަރު 34
/
2008-MC
/
C އެގްރީމަންޓްގެ ގޮތުގައި
s ޑ ވ މ 4
2
4
އެއެއްބަސްވުން،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2012/HC-A/186
206ތ ދ
!ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަދަނީ ކޯޓުގައި 2008 ޖެނުއަރީ 20 ވަނަ ދުވަހު ރަޖިސްޓްރީކުރެވިފައިވާކަން އެނގެން އޮންނައިރު،
ކުއްޔަށް ހިފާފައިވާ ތަން ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ
ގޮތުގެ މަތިން ދިރިއުޅުމަށާއި
ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު ކުއްޔަށް ހިފިފަރާތުގެ ހައިސިއްޔަތުން ޢަބްދުﷲ ލަޠީފަށް
ލިބިގެންވާކަން އެއެގްރީމެންޓްގެ 7 ވަނަ މާއްދާގެ (ނ) ގެ ސާފު ޢިބާރާތުން އެނގެން އޮވެއެވެ.
އެއެގެތެވެ
(ނ) އިސްވެ އިޝާރާތްކުރެވުނު އެގްރީމެންޓްގެ ދަށުން ޢަބްދުﷲ ލަޠީފު ކުއްޔަށް ހިފާފައިވާ
މ. މުންތަޒާއެވެ ކިޔާ ގޯތީގައި ކުރެވިފައިވާ ޢިމާރާތުގެ 03 ވަނަ ބުރި ޢަބްދުﷲ ލަޠީފު އާއި ދަފްތަރު
ނަންބަރު 2894 މާލެ އިބްރާހީމް ތަޢުފީޤާއި ދެމެދު 2009 ޖެނުއަރީ 13 ވަނަދުވަހުގެ ތާރީޚުގައި
ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން އިބްރާހީމް ތަޢުފީޤަށް ކުއްޔަށް ދީފައިވާކަން އެނގެން
އޮންނަކަމާއި، މިއެގްރީމެންޓްގެ ދަށުން ކުއްޔަށް ދެވިފައިވާ 03 ވަނަ ބުރީގެ ކުއްޔެއްގެ ގޮތުގައި
ކަނޑައެޅިފައިވާ ވަނީ މަހަކު -/12000ރ (ބާރަހާސް ދިވެހި ރުފިޔާ) ކަމާއި، އެފައިސާ ކޮންމެ މަހެއްގެ
10 ވަނަ ދުވަހުގެ ނިޔަލަށް ޢަބްދުﷲ ލަތީފަށް ނުވަތަ ޢަބްދުﷲ ލަޠީފު ކަނޑައަޅާ ފަރާތަކާއި ނަގުދު
ފައިސާއިން ނުވަތަ ކުއްޔަށް ހިފާފަރާތުގެ އެކައުންޓުގެ ޗެކަކުން ޙަވާލުކުރަންވާނެ ކަމަށް
އެގްރީމެންޓްގެ 2 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަން އެނގެން އޮވެއެވެ.
ލބނ ކ
(ނ) ޢަބްދުﷲ ލަޠީފު އާއި އިބްރާހީމް ތަޢުފީޤު އާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ
ދަށުން ދައްކަންޖެހޭ ކުލި 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އިބްރާހީމް ތަޢުފީޤު ދެއްކުން
ހުއްޓައިލާފައިވާކަމަށް ޢަބްދުﷲ ލަޠީފުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމާއިގެ
ކުލި ދައްކާފައިވާކަން އެނގޭނެ އެއްވެސް އެކެއް އިބްރާހީމް ތަޢުފީޤުގެ ފަރާތުން
ހުށަހަޅާފައިނުވާއިރު، މ. މުންތަޒާގެ ތިންވަނަ ބުރި ކުއްޔަށް ދިނުމާއި، ހިފުމާއި
ލަޠީފު އާއި އިބްރާހީމް ތަޢުފީޤު އާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރެވެން ނެތުމާއެކު
އެއްބަސްވުމަށް ޢަމަލުކުރުން 2011 ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސް 2011
ފެބުރުއަރީ 01 ވަނަ ދުވަހުން ފެށިގެން އިބްރާހީމް ތަޢުފީޤު އާއި އޭނަގެ ޢާއިލާ މ. މުންތަޒާގެ ތިންވަނަ
ބެހޭގޮތުން ޢަބްދު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/186
ބުރީގައި ދިރިއުޅެމުންދަނީ އެޢިމާރާތުގެ ޝަރުޢީ އަދި ޤާނޫނީ ވެރިފަރާތްކަމުގައިވާ މ. މުންތަޒާ އާމިނަތު
ރިފްޙަތާއި އިބްރާހީމް ތަޢުފީޤު އާއި ދެމެދު 2011 ފެބުރުއަރީ 01 ގައި ލިޔުމުން ވެފައިވާ
ބަސްވުމެއްގެ ދަށުންކަމަށް އިބްރާހީމް ތަޢުފީޤުގެ ފަރާތުން ބުނެފައިވާކަމާއި؛
އިބްރާހީމް ތަޢުފީޤު ދިރިއުޅެމުންދާ 3 ވަނަ ބުރި އަކީ ޢަބްދުﷲ ލަޠީފު އާއި އާމިނަތު
ރިފްޢަތާ ދެމެދު ސޮއިކޮށް މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، ޢަބްދު
ލަޠީފާއަށް ތަޞައްރަފުކުރުމުގެ ޙައްޤު ލިބިފައިވާ ތަނެއްކަން އެނގެން އޮތްއިރު މިއެއްބަސްވުމުގެ ދަށުން
ޢަބްދުﷲ ލަތީފަށް ލިބިދީފައިވާ އިޚްތިޔާރު ތަކާއި ބާރުތައް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ނިމުމަކަށް
ގެނެވިފައިވާކަން އެނގެން ނެތުމާއެކު،
ޚާއެކު، އިބްރާހީމް ތަޢުފީޤު އާއި ޢަބްދުﷲ ލަޠީފު އާމެދު ކުރެވިފައިވާ
އެއްބަސްވުން އިބްރާހީމް ތަޢުފީޤުގެ ފަރާތުން އަމިއްލަޔަށް ނިމުމަކަށް ގެނެސް، ޢަބްދުﷲ ލަތީފަށް ކުލި
ދެއްކުމަކާއި ނުލައި، އެއެގްރީމެންޓުގެ ދަށުން ޢަބްދުﷲ ލަޠީފުގެ ނުރުހުމުގައި އެތަން ބޭނުންކުރުމަށް ހުއްދަ
ކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން އެނގެއެވެ.
CCC
ދޗ 4
3
34
3
8ނހރނ
ވީމާ،
ކަންކަން ބުނެވުނު ގޮތަށް ހުރުމާއެކު
ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/687 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެނެވެން ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބުނެވުނު ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/687 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ
ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
+
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv