ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/358 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A/358
بم ان المراسیم
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހައިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 358/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުލްޣަނީ މޫސާ ދާއިމީ އެޑްރެސް: މއ.
ނިއުވެލީ / މާލެ
އައިޑީކާޑު ނަންބަރު: A056355 މިހާރުގެ އެޑްރެސް: މއ.
ނިއުވެލީ / މާލެ
ބަދަލުގައި: އަލްއުސްތާޛު އަބޫބަކުރު މުޙައްމަދު (A076502) މ.
ހިޔަމަ / މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙާމިދު ފާއިޒު
އެޑްރެސް: ފ. ޗަމަން / މާލެ
އައިޑީކާޑު ނަންބަރު: A033158
މިހާރުގެ އެޑްރެސް: ގ. ޗަމަން / މާލެ
ގައި: އަލްއުސްތާޛު ޢަބްދުﷲ އަޙްމަދު (A057643) ގޯލްޑަންހައުސް / މާލެ
ދާއިމީ
ހުށަހެޅުނު ތާރީޚް: 16 ޑިސެމްބަރު 2009
މުނު ތާރީޚް: 29 އޭޕްރީލް 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
z ނަންބަރު:2008/MC/784
ނިންމެވި ކޯޓް: މަދަނީ ކޯޓު
ނިންމެވި ތާރީޚް: 15 ނޮވެމްބަރު 2009
• މައްސަލަވި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{{9/HC-A/358
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
ދަޢުވާގެ
ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/784 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ނިއުވެލީ ޢަބްދުލްޣަނީ މޫސާ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
އއ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، ގ. ޗަމަން ޙާމިދު ފާއިޒުއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީ ކޯޓުގެ ނަންބަރު 2008/MC/784 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މއ. ނިއުވެލީ، ޢަބްދުލްޣަނީ މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- މަދަނީ ކޯޓުގެ ނަންބަރު 2008/MC/784 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ގ. ޗަމަން ޙާމިދު ފާއިޒުގެ އަތުން އެކިފަހަރުގެ މަތިން މއ. ނިއުވެލީ
ޢަބްދުލްޣަނީ މޫސާ ނަގާފައިވާ 1,098,313.66ރ (އެއްމިލިޔަން ނުވަދިހައަށްހާސް ތިންސަތޭކަ ތޭރަ ރުފިޔާ
ފަސްދޮޅަސް ހަ ލާރި) ގެ ތެރެއިން އެކިފަހަރުމަތިން ޙާމިދު ފާއިޒަށް ދައްކާފައިވާ 568,225.61ރ
(ފަސްލައްކަ ފަސްދޮޅަސް އަށްހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ ފަސްދޮޅަސްއެއް ލާރި) ކެނޑުމުން ބާކީވާ
530,088.05ރ (ފަސްލައްކަ ތިރީސްހާސް އަށްޑިހަ އަށް ރުފިޔާ ފަސް ލާރި) ޢަބްދުލްޣަނީ މޫސާގެ އަތުގެ
ހޯދުމަށް ޙާމިދު ފާއިޒު ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
ހއ
3
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޙާޚިދު ފާއިޒަށް ޢަބްދުލްޣަނީ މޫސާ ދޭންޖެހޭ
ފައިސާގެ ޖުމްލަ ޢަދަދަކީ 1,075,730.46ރ (އެއްމިލިޔަން ހަތްދިހަ ފަސްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ
ސާޅީސްހަ ލާރި) ކަމަށާއި، އެފައިސާގެ ތެރެއިން އެކިފަހަރު މަތިން ޙާމިދު ފާއިޒަށް ފައިސާ ދައްކަމުން ގޮސް
ބާކީ ނުދެއްކިވަނީ 115,075.26ރ. (އެއްލައްކަ ފަނަރަހާސް ހަތްދިހަ ފަސް ރުފިޔާ ސައްބީސް ޔާއިޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{09/HC-A/358
ކަމަށާއި، ދަޢުވާކުރާ ޙާމިދު ފާއިޒަށް 1,098,313.66 ރ (އެއްމިލިޔަން ނުވަދިހައަށްހާސް ތިންސަތޭކަ ތޭރަ
ރުފިޔާ ފަސްދޮޅަސްހަ ލާރި) ޢަބްދުލްޣަނީ މޫސާއަށް ދެވިފައިވާކަން ސާބިތުކޮށް ދެވިފައިނުވާތީއާއި، ނަމަވެސް
ނިއުވެލީ ޢަބްދުލްޣަނީ މޫސާގެ ބަހުން 1,075,730.46ރ (އެއްމިލިޔަން ހަތްދިހަ ފަސްހާސް ހަތްސަތޭކަ
ތިރީސް ރުފިޔާ ސާޅީސް ހަލާރި) އަކީ ޙާމިދު ފާއިޒަށް ދައްކަންޖެހޭ ފައިސާއެއް ކަމަށާއި، އެފައިސާގެ ތެރެއިން
އެކިފަހަރު މަތިން ތަކެތިންނާއި ފައިސާއިން ދައްކަމުން ގޮސް ޙާމިދު ފާއިޒަށް މިހާރު ބާކީ
ދައްކަންޖެހެނީ 115,076.26ރ (އެއްލައްކަ ފަނަރަހާސް ހަތްދިހަ ހަ ރުފިޔާ ސައްބީސް ލާރި) ކަމަށްބުނި
ނަމަވެސް 1,075,730.46ރ (އެއްމިލިޔަން ހަތްދިހަފަސްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ސާޅީސް ހަ ލާރި)
ގެ ތެރެއިން އެކިފަހަރު މަތިން ނަގާފައިވާ ތަކެތިން އަގު އަދާކުރުމަށް ފައިސާ ދެއްކިފައިވާކަމަށް ބުނިނަމަވެސް
އެކަން ޢަބްދުލްޣަނީ މޫސާއަށް ސާބިތުކޮށްދެވިފައި ނުވާތީއާއި، ޢަބްދުލްޣަނީ މޫސާގެ ބަހުން ޙާމިދު ފާއިޒަށް
ދައްކަންޖެހޭ ޖުމްލަ ފައިސާ 1,075,730.46ރ (އެއްމިލިޔަން ހަތްދިހަފަސްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ
ސާޅީސްހަ ލާރި) ގެ ތެރެއިން ޙާމިދު ފާއިޒަށް ލިބިފައިވާ ކަމަށްބުނާ 568,225.61ރ (ފަސްލައްކަ
ފަސްދޮޅަސްއަށްހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ ފަސްދޮޅަސްއެއް ލާރި) ކެނޑުމުން ބާކީވާ
507,504.85ރ (ފަސްލައްކަ ހަތްހާސް ފަސްސަތޭކަ ހަތަރު ރުފިޔާ އަށްޑިހަފަސް ލާރި) އަކީ ނިއުވެލީ
ޢަބްދުލްޣަނީ މޫސާ ގ. ޗަމަން ޙާމިދު ފާއިޒަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި، އެފައިސާ
އަދާކުރުމަށް މިއަދު 15 ނޮވެމްބަރ 2009 ދުވަހުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި އެމަހަކަށް
ޖެހޭވަރު ޙާމިދު ފާއިޒަށް ދެއްކުމަށް މަދަނީ ކޯޓަށް ދައްކައި ޚަލާޞްކުރުމަށް މއ. ނިއުވެލީ ޢަބްދުލްޣަނީ
މޫސާއަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
784/MC/2008
03- މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ނިއުވެލީ، ޢަބްދުލްޣަނީ މޫސާ ގެ ފަރާތުން 3 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
9އ
ބެހޭ ގޮތުން
(ހ) ފުރަތަމަ ނުކުތާއަކީ: ގ. ޗަމަން ޙާމިދު ފާއިޒުގެ ފަރާތުން މަދަނީ ކޯޓަށް ފުރަތަމަ
ހުށަހެޅި، އެކޯޓުގެ ނަންބަރު 2007/MC/1771 ޤަޟިއްޔާ، 25 އޮކްޓޯބަރ 2007 ގައި ހުށަހަޅައި،
30 ޖެނުއަރީ 2008 ގައި ނިންމަވާފައިވަނީ ނިއުވެލީ ޢަބްދުލްޣަނީ މޫސާ ޖަވާބުދާރީވީ ފަދައިގެ ހައި
ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުގައި ކަމަށް ވީ ނަމަވެސް ދަޢުވާކުރި ޙާމިދު ފާއިޒުގެ ފަރާތުން ދަޢުވާ
F
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{09HC-A/358
ކުރަން އެދި މައްސަލަ ބާޠިލު ކުރުމަށްފަހު، ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅި އިރު ދަޢުވާގެ ބަދަލުކޮށް
ދަރަނީގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން އެގޮތުގެ މަތިން މައްސަލަ ބައްލަވައި ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ދެވަނަ ފަހަރަށް މަދަނީ ކޯޓުގެ ނަންބަރު 2008/MC/784
ޤަޟިއްޔާއިން، އަނބުރާ ދައްކަން ޙާމިދު ފާއިޒު ދިން ފައިސާގެ ގޮތުގައި، މައްސަލަ ހުށަހަޅާ ދަރަނީގެ
ގޮތުގައި ހިގާފައިވާ މުޢާމަލާތެއްގެ ގޮތުގައި ޝަރީޢަތުން ކަނޑައެޅި ސާބިތުވި އަދަދު 1,075,730.46ރ
(އެއްމިލިޔަން ހަތްދިހަފަސްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ސާޅީސްހަ ލާރި) ކަނޑައަޅުއްވާފައިވަނީ، ފުރަތަމަ
ދަޢުވާއިން ފެށިގެން ދެވަނަ ދަޢުވާގައި ވެސް ބުނެ ސާބިތު ކޮށްދެވިފައިވާ، ވިޔަފާރިއަށް ދިން ފައިސާކަމުގައި
ޢަބްދުލްޣަނީ މޫސާ ބުނާ ގޮތުގެ މަތިން ޙާމިދު ފާއިޒު ދިން ފައިސާގެ އިތުރަށް ފައިދާގެ ގޮތުގައި ދިނުމަށް
ހިސާބުގައި ހިމަނާފައިވާ 80,037.01ރ (އަށްޑިހަހާސް ތިރީސްހަތް ރުފިޔާ އެއް ލާރި) އާއި، 9415.85ރ
(ނުވަހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އައްޑިހަފަސް ލާރި) އާއި، 1,000.85ރ (އެއްހާސް ރުފިޔާ އައްޑިހަ
ފަސް ލާރި) އާއެކުޖުމްލަ 90,415.85 (ނުވަދިހަހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އައްޑިހަފަސް ލާރި)
ދަޢުވާކޮށް، ދަޢުވާ ސާބިތުވެ ނިމުނު ގޮތަށް ބަލާއިރު ދަރަންޏަށް، މުދަލުގެ އަގުންނާއި ފައިސާއިން ޙާމިދު
ފާއިޒު ދިން 985,276.65ރ (ނުވަލައްކަ އަށްޑިހަފަސްހާސް ދުއިސައްތަ ހަތްދިހަހަ ރުފިޔާ ފަސްދޮޅަސް ފަސް
ލާރި) އަށްވުރެ އިތުރުވާ މިންވަރު ދަރަންޏަށް ވުރެ އިތުރުވިކަން ސާބިތުވި ނަމަވެސް އިންސާފު ލިބިދިނުމުގައި
ދަރަންޏަށް ދިން މިންވަރަށް ވުރެ، ދަރަނި ނަގައި ދިނުމުގައި ރިބާގެ ގޮތުގައި ބެލެވިދާނެ ބަޔަކާއެކު ދަޢުވާކުރާ
ފަރާތުން ނުދޭ މިންވަރު ލިބިދީ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ދަރަންޏަށް ފައިސާ ދިންކަމަށް ބުނެ ދަޢުވާކުރާ ޙާމިދު ފާއިޒާއި
ޝަރީޢަތުން ބުރަވި، ޢަބްދުލްޣަނީ މޫސާ އަތުން އެކި ފަހަރު މަތިން ނެގި 08 (އަށެއް) ސައިކަލުގެ އަގަށްވާ
200,000.00ރ (ދެލައްކަ ރުފިޔާ)ގެ ތަކެތިލިބި ބަލައި ގަނެފައިވާ ކަމުގެ ހެކި ލިބިފައިވާ މިންވަރު ތަކަށާއި،
ދަޢުވާ ލިބޭ ފަރާތުގެ ޙައްޤަށް ބެއްލެވުމެއްނެތި ޝަރުޢީ މިންގަޑަކުން ހުވާ ލާޒިމް ނުކޮށް މައްސަލާގައި
ޢަދުލުވެރި އިންސާފުވެރި ކަމާއެކު ޝަރުޢީ މިންގަޑުށް ބެލެވި ނިމިގެން ކަޑައަޅުއްވާފައިވާ ޙުކުމެއްކަމަށް
ނުފެންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{{39/HC-A/358
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
cu o
04- މަދަނީ ކޯޓުގެ ނަންބަރު 2008/MC/784 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޢަބްދުލްޣަނީ މޫސާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ޢަބްދުލްޣަނީ މޫސާގެ
ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޙާމިދު ފާއިޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/784 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ގ. ޗަމަން ޙާމިދު ފާއިޒަށް މއ. ނިއުވެލީ ޢަބްދުލްޣަނީ މޫސާ
ދައްކަންޖެހޭ 1098,313.66ރ (އެއްމިލިޔަން ނުވަދިހައަށްހާސް ތިންސަތޭކަ ތޭރަ ރުފިޔާ
ފަސްދޮޅަސްހަ ލާރި)ގެ ތެރެއިން އެކިފަހަރު މަތިން ޙާމިދު ފާއިޒަށް ލިބިފައިވާ 568225.61ރ
(ފަސްލައްކަ ފަސްދޮޅަސްއަށްހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ ފަސްދޮޅަސްއެއް ލާރި) ކެނޑުމުން
ބާކީވާ 530,088.05ރ (ފަސްލައްކަ ތިރީސްހާސް އަށްޑިހައަށް ރުފިޔާ ފަސް ލާރި) ނުލިބިވާކަމަށްބުނެ
އެފައިސާ ހޯދުމަށް ޢަބްދުލްޣަނީ މޫސާގެ މައްޗަށް ޙާމިދު ފާއިޒު ކޮށްފައިވާ ދަޢުވާއަށް ބަލާއިރު،
އެފައިސާގެ ތެރޭގައި ހިމެނެނީ، އެދެފަރާތުގެ ދެމެދުގައި އޮންނަގާތް ރަހްމަތްތެރިކަމުގެ ގޮތުން 12
ފަހަރެއްގެ މަތިން ދޫކޮށްފައިވާ 276.65،953ރ (ނުވަލައްކަ ފަންސާސްތިންހާސް ދުއިސައްތަ ހަތްދިހަ
ހަ ރުފިޔާ ފަސްދޮޅަސްފަސް ލާރި) އާއި، ޢަބްދުލްޣަނީ މޫސާ ކުރާ ވިޔަފާރީގެ ފައިދާގެ ގޮތުގައި
ދިނުމަށް އެއްބަސްވެފައިވާ 7.01
03، 80ރ (އައްޑިހަހާސް ތިރީސްހަތް ރުފިޔާ އެއް ލާރި) އާއި، ޙާމިދު
ފާއިޒު ހިންގަމުންދިޔަ ފަހާތަނުގައިހުރި މެޝިނަރީޒް ތަކުގެ އަގުގެ ގޮތުގައި ދޭންޖެހޭ 000.00،65ރ
(ފަސްދޮޅަސް ފަސްހާސް ރުފިޔާ) ކަން، މިމައްސަލައިގައި މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާމިދު
ފާއިޒުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ގ. ޗަމަން ޙާމިދު ފާއިޒުގެ އަތުން އެކިފަހަރުމަތިން ނިއުވެލީ
ޢަބްދުލްޣަނީ މޫސާ ފައިސާ ނަގާފައިވާކަމަށާއި، މިގޮތުން ނަގާފައިވާ ފައިސާ ކަމަށް ޙާމިދު ފާއިޒުޑުގެ
ދަޢުވާގައި ބަޔާންކޮށްފައިވާ ޢަދަދަކީ ރަނގަޅު ޢަދަދެއްނޫންކަމަށާއި، ޙާމިދު ފާއިޒުގެ އަތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{09/HC-A/358
ޙާމިދު ފާއިޒުގެ އަތުއްޖޭގެ ހައި9
މޫސާ، އެކިފަހަރުމަތިން ނަގާފައިވަނީ 1,075,730.46ރ (އެއްމިލިޔަން ހަތްދިހަފަސްހާސް ހަތްސަތޭކަ
ތިރީސް ރުފިޔާ ސާޅީސްހަ ލާރި) ކަމަށާއި، އޭގެ ތެރެއިން އެކިފަހަރުމަތިން ފައިސާއިންނާއި ތަކެތިން
ދައްކަމުންގޮސް 22 މާޗް 2009 އަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދަކީ 115076.26ރ
(އެއްލައްކަ ފަނަރަހާސް ހަތްދިހަހަ ރުފިޔާ ސައްބީސް ލާރި) ކަމަށް ޢަބްދުލްޣަނީ މޫސާގެ ފަރާތުން
މިމައްސަލައިގައި ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: އިސްތިއުނާފު ކުރެވިފައިވާ މަދަނީ ކޯޓުގެ ނަންބަރު
2008/MC/784 ޤަޟިއްޔާ މަދަނީ ކޯޓަށް ހުށަހެޅުމުގެ ކުރިން، މއ. ނިއުވެލީ ޢަބްދުލްޣަނީ މޫސާގެ
މައްޗަށް ގ. ޗަމަން ޙާމިދު ފާއިޒު، ފައިސާ ހޯދުމުގެ މައްސަލައެއް މަދަނީ ކޯޓަށް ހުށަހަޅާފައިވާ
ކަމާއި، އެމައްސަލަ (މަދަނީ ކޯޓުގެ ނަންބަރު 2007/MC/1771 ޤަޟިއްޔާ)ގައި، ކޮށްފައިވާ ދަޢުވާއަށް
ބަލާއިރު، ޙާމިދު ފާއިޒުގެ ދަޢުވާއަކީ އޭނާ ފައިސާ ދީގެން ޢަބްދުލްޣަނީ މޫސާގެ މަސައްކަތުން ސައިކަލް
އިމްޕޯޓްކުރުމުގެ ވިޔަފާރި ކުރުމަށްޓަކައި، ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން ހަވާލުކުރި
ފައިސާއާއި، އެފައިސާގައި ދެވަނަ ފަހަރަށް އިމްޕޯޓްކުރި ސައިކަލް ވިއްކައިގެން ލިބުނު ފައިދާއިން
ޙާމިދު ފާއިޒަށް ދޭންޖެހޭ އެކުޖުމްލަ 519,962.99ރ (ފަސްލައްކަ ނަވާރަހާސް ނުވަސަތޭކަ
ފަސްދޮޅަސް ދެ ރުފިޔާ ނުވަދިހަ ނުވަ ލާރި) ހޯދުމަށް ކޮށްފައިވާ ދަޢުވާއެއް ކަމާއި، އެފައިސާގެ
ތެރެއިން 439925.98ރ (ހަތަރުލައްކަ ތިރީސްނުވަހާސް ނުވަސަތޭކަ ފަންސަވީސް ރުފިޔާ ނުވަދިހައަށް
ލާރި) އަކީ ސައިކަލް ވިޔަފާރިކުރުމަށްޓަކައި ހަވާލުކުރި ފައިސާ ކަމާއި، އެގޮތުން ގެންނަ ސައިކަލްގެ
ވިޔަފާރީން ލިބޭ ފައިދާއިން ދިނުމަށް އެއްބަސްވެފައިވާ 1/2 (ދެބައިކުޅަ އެއްބައި) ފުރަތަމަ ގެނައި
ސައިކަލް ޝިޕްމަންޓް ވިއްކައިގެން ލިބުނު ފައިދާގެ 1/2 (ދެބައިކުޅަ އެއްބައި) އަށްވާ 037.01،80ރ
(އައްޑިހަހާސް ތިރީސްހަތް ރުފިޔާ އެއް ލާރި) ޙާމިދު ފާއިޒަށް ލިބިފައި އޮންނަކަން، މަދަނީ ކޯޓުގެ
ނަންބަރު 2007/MC/1771 ޤަޟިއްޔާގައި، ދަޢުވާ ހުށަހެޅި ފޯމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ދެފަރާތުން އެއްބަސްވެގެން ކުރަމުން ގެންދިޔަ ވިޔަފާރީގައި
ލިބިފައިވަނީ އެޝިޕްމަންޓްގެ ފައިސާގެ ތެރެއިން ބައެއްކަމަށާއި، ބާކީ ފައިސާ ޢަބްދުލްމަނީ
8 0 4 6
44
8 0 0 0
4
44
2 ހ8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{09/HC-A/358
2
8
9
0 ހ 04
ޤައމނު/ހއ
ދަށު ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފައިސާގެ އަދަދު ސާބިތުވެފައިވަނީ، ޢަބްދުލްޣަނީ މޫޖުގެ ހައިކޯއާ
ހޯދަން ޖެހުނީ އެކިއެކި މީސްމީހުންގެ އަތުން ކަމަށާއި، މިގޮތަށް ފައިސާ ލިބުމުގައި ދަތިތަކެއް
ދިމާވުމުގެ
ސަބަބުން
ގިނަގުނަ
އެޝިޕްމަންޓުން ފައިދާނުވެ،
ގެއްލުންވެފައިވާކަމަށާއި، އަދި މިގޮތަށް ކަންތައްތައް ކުރުމުން އެވިޔަފާރި އިތުރަށް ކުރިޔަށް ގެންދަން
ޙާމިދު ފާއިޒު ބޭނުންނުވާކަން އަބްދުލްޣަނީ މޫސާއަށް އެނގިފައިވާކަމަށް ޢަބްދުލްޣަނީ މޫސާގެ ފަރާތުން
ބުނެފައި އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ރާއްޖެއަށް އާންމުކޮށް އެތެރެނުކުރާ އާވައްތަރެއްގެ 4 ސައިކަލް
ސާމްޕަލް ގެނެސް އެ ވިއްކައިގެން ލިބުނު ފައިސާ ޙާމިދު ފާއިޒަށް ދީފައިވާކަމަށް ޢަބްދުލްޣަނީ މޫސާގެ
ފަރާތުން ބުނެފައިވީނަމަވެސް، އެކަމާމެދު ޙާމިދު ފާއިޒުގެ ފަރާތުން އިންކާރުކޮށްފައިވާ ކަމާއި، އަދި
އެކަން ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުން އެސައިކަލްތައް ވިއްކުނުކަން އަދި ވިއްކައިގެން
ލިބުނު ފައިސާ ޙާމިދު ފާއިޒަށް ލިބިފައިވާކަން ޢަބްދުލްޣަނީ މޫސާއަށް މަދަނީ މިންގަނޑުން ސާބިތުކޮށް
ދެވިފައި ނުވާކަމެވެ.
(ޅ) ހަވަނަ ކަމަކީ: ޙާމިދު ފާއިޒު ހިންގަމުންދިޔަ ފަހާތަނެއްގައިހުރި މެޝިނަރީޒްތައް
ޢަބްދުލްޣަނީ މޫސާ ގަނެފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނައިރު، އެތަކެތި ޢަބްދުލްޣަނީ މޫސާ
ގަތް އަގަކީ 65,000.00ރ (ފަސްދޮޅަސް ފަސްހާސް ރުފިޔާ) ކަމަށް ޙާމިދު ފާއިޒުގެ ފަރާތުން
ބުނާބުނުމަށް ޢަބްދުލްޣަނީ މޫސާ އިންކާރުކުރި ކަމުގައިވީނަމަވެސް، ޢަބްދުލްޣަނީ މޫސާގެ ފަރާތުން ދަށު
ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެތަކެތި ގަތްއަގަކީ 000.00، 65ރ (ފަސްދޮޅަސް ފަސްހާސް
ރުފިޔާ) ކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ: ދަޢުވާ ސާބިތުކޮށް ދިނުމުގެ ޒިންމާއަކީ އެދަޢުވާކުރާ މީހެއްގެ
މައްޗަށް އޮތް ޒިންމާއެއް ކަމާއި، އަދި ހުވާ ދެވޭނީ އެދަޢުވާ ސާބިތުކޮށް ދެވޭފަދަ ހެކި ޝަރީޢަތަށް
ހުށަހެޅިފައި ނެތުމުން ނުވަތަ ހުށަހަޅާފައިވާ ހެކި އިތުރަށް ކަށަވަރުކުރުމުގެ ގޮތުން ކަން އެނގޭއިރު،
ޙާމިދު ފާއިޒުގެ އަތުން ނެގިކަމަށް އިޢުތިރާފުވާ ޢަދަދުން، ޙާމިދު ފާއިޒަށް ޢަބްދުލްޣަނީ މޫސާގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{{39/HC-A/358
ލިބިފައިވާކަމަށް ޙާމިދު ފާއިޒު އިޢުތިރާފުވެފައިވާ އަދަދު އުނިކޮށްގެންކަން ޤަޟިއްޔާގެ ލިޔެކިޔުންތަކަށް
ބެލުމުން އެގެން އޮންނާތީއާއި، ޢަބްދުލްޣަނީ މޫސާގެ ފަރާތުން ބުނާބުނުމަށް ބާރުލިއްބައިދޭ ކާފީހެކިތަކެއް
ނުވަތަ ޤަރީނާތަކެއް ފެންނަންނެތުމުން، މިހާލަތުގައި ޝަރީޢަތުން ހުވައި، ލާޒިމް ކުރަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ހަމައެ
ހަމައެއްއޮތްކަމަށް ޤަބޫލުނު
ލުނުކުރެވޭކަމެވެ.
4 22
(އ) އަށްވަނަ ކަމަކީ: ނިއުވެލީ ޢަބްދުލްޣަނީ މޫސާއަށް ފައިސާގެ ދަތިކަން
ދިމާވުމުން، ގ. ޗަމަން ޙާމިދު ފާއިޒުގެ އަތުން ފައިސާ ނަގާކަން ޢަބްދުލްޣަނީ މޫސާގެ އިޢުތިރާފުން
ސާބިތުވާން އޮންނައިރު، ޙާމިދު ފާއިޒުގެ ދަޢުވާގައި ހިމަނާފައިވަނީ، އެދެފަރާތުގެ ދެމެދުގައި އޮންނަގޮތް
ރަހްމަތްތެރިކަމުގެ ގޮތުން 12 ފަހަރެއްގެ މަތިން ދޫކޮށްފައިވާ 276.65،953ރ (ނުވަލައްކަ
ފަންސާސްތިންހާސް ދުއިސައްތަ ހަތްދިހަ ހަ ރުފިޔާ ފަސްދޮޅަސްފަސް ލާރި) އާއި، ޢަބްދުލްޣަނީ މޫސާ
ކުރާ ވިޔަފާރީގެ ފައިދާގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 80،037.01ރ (އައްޑިހަހާސް
ތިރީސްހަތް ރުފިޔާ އެއް ލާރި) އާއި، ޙާމިދު ފާއިޒު ހިންގަމުންދިޔަ ފަހާތަނުގައިހުރި މެޝިނަރީޒް ތަކުގެ
އަގުގެ ގޮތުގައި ދޭންޖެހޭ 000.00،65ރ (ފަސްދޮޅަސް ފަސްހާސް ރުފިޔާ) ކަން، އެނގެން
އޮނަންއިރު، ޙާމިދު ފާއިޒުގެ އަތުން 1,075,730.40 (އެއްމިލިޔަން ހަތްދިހަފަސްހާސް ހަތްސަތޭކަ
ތިރީސް ރުފިޔާ ސާޅީސް ލާރި) ނަގާފައިވާކަމަށް ޢަބްދުލްޣަނީ މޫސާ އިޢުތިރާފުވެފައިވާއިރު، ޢަބްދުލްޣަނީ
މޫސާގެ އަތުން ޙާމިދު ފާއިޒަށް 568225.61ރ (ފަސްލައްކަ ފަސްދޮޅަސްއަށްހާސް ދުއިސައްތަ
ފަންސަވީސް ރުފިޔާ ފަސްދޮޅަސް އެއް ލާރި) ލިބިފައިވާކަމަށް ޙާމިދު ފާއިޒުގެ ފަރާތުން ބުނެފައިވާއިރު،
އިސްތިއުނާފުކޮށްފައިވާ ދަށު ކޯޓުގެ ޤަޟިއްޔާގައި ޙާމިދު ފާއިޒު ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާގެ
ތެރޭގައި، ފުރަތަމަ އިމްޕޯޓް ކުރި ސައިކަލް ޝިޕްމަންޓް ވިއްކައިގެން ލިބުނު ފައިދާގެ 12 (ދެބައިކުޅަ
އެއްބައި) ހިމެނިފައިވާކަން ޙާމިދު ފާއިޒުގެ ފަރާތުން ހުށަހެޅި ބަޔާންތަކަށް ބެލުމުން އެނގެން
އޮތްނަމަވެސް، ފުރަތަމަ އިމްޕޯޓްކުރި ސައިކަލް ޝިޕްމަންޓު ވިއްކައިގެން ލިބުނު ފައިދާގެ 1/2
(ދެބައިކުޅަ އެއްބައި) އަށްވާ 804037.01ރ (އައްޑިހަހާސް ތިރީސްހަތް ރުފިޔާ އެއް ލާރި) ޙާމިދު
ފާއިޒަށް ލިބިފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 2007/MC/1771 ޤަޟިއްޔާގައި ޙާމިދު ފާއިޒުގެ
ފަރާތުން ހުށަހެޅި ދަޢުވާ ފޯމަށް ބެލުމުން އެނގެން އޮތުމުން، ޢަބްދުލްޣަނީ މޫސާގެ އަތުން ޙައިޑުޘްގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{{39/HC-A/358
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފާއިޒަށް
ލިބެންޖެހޭކަމަށް
ކަނޑައަޅުއްވާފައިވާ ޢަދަދުން އެފައިސާ އުނިކުރަންޖެހޭކަމަށް
4 4
ޤުބލިPރކެމެވެ.
އެހެންކަމުން، މަދަނީ ކޯޓުގެ ނަންބަރު 2008/MC/784 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ
ކަމެވެ.
497
94
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން މަދަނީ ކޯޓުގެ
ނަންބަރު 2008/MC/784 ޤަޟިއްޔާގައި، ޢަބްދުލްޣަނީ މޫސާގެ ބަހުން ޙާމިދު ފާއިޒުއަށް ދައްކަންޖެހޭ
ޖުމްލަ ފައިސާ 1,075,730.46ރ (އެއްމިލިއަން ހަތްދިހަފަސްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ސާޅީސްހަ
ލާރި) ގެ ތެރެއިން ޙާމިދު ފާއިޒަށް ލިބިފައިވާ ކަމަށްބުނާ 568,225.61ރ (ފަސްލައްކަ ފަސްދޮޅަސްއަށްހާސް
ދުއިސައްތަ ފަންސަވީސް ރުފިޔާ ފަސްދޮޅަސްއެއް ލާރި) ކެނޑުމުން ބާކީވާ 507,504.85ރ (ފަސްލައްކަ
ހަތްހާސް ފަސްސަތޭކަ ހަތަރު ރުފިޔާ އަށްޑިހަފަސް ލާރި) އަކީ މއ. ނިއުވެލީ ޢަބްދުލްޣަނީ މޫސާ ގ. ޗަމަން
ޙާމިދު ފާއިޒަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވާފައިވަނީ، ފުރަތަމަ އިމްޕޯޓްކުރި ސައިކަލް
ޝިޕްމަންޓުގެ ފައިދާގެ 1/2 (ދެބައިކުޅަ އެއްބައި) ގެ ގޮތުގައި ޢަބްދުލްޣަނީ މޫސާގެ އަތުން ޙާމިދު ފާއިޒަށް
ލިބިފައިވާކަމަށް ޙާމިދު ފާއިޒު އެއްބަސްވެފައިވާ 80037.01ރ (އައްޑިހަހާސް ތިރީސްހަތް ރުފިޔާ އެއް ލާރި)
އުނިކޮށްގެން ކަމަށްނުވާތީ، ފުރަތަމަ އިމްޕޯޓްކުރި ސައިކަލް ޝިޕްމަންޓުގެ ފައިދާއިން ޙާމިދު ފާއިޒަށް
ލިބިފައިވާކަމަށް ޙާމިދު ފާއިޒު އިޢުތިރާފުވެފައިވާ 01-80031ރ (އައްޑިހަހާސް ތިރީސްހަތް ރުފިޔާ އެއް ލާރި)
އަކީ، ދަށުކޯޓުގެ ޤަޟިއްޔާގައި ސާބިތުވެފައިވާ 507,504.85ރ (ފަސްލައްކަ ހަތްހާސް ފަސްސަތޭކަ ހަތަރު
ރުފިޔާ އަށްޑިހަފަސް ލާރި) ގެ ތެރެއިން އުނިކުރަންޖެހޭ ފައިސާއެއްކަމަށް ޤަބޫލުކުރެވޭތީ، އެފައިސާ
އުނިކުރުމުން ޢަބްދުލްޣަނީ މޫސާ، ޙާމިދު ފާއިޒަށް ދައްކަންޖެހެނީ 427467.84ރ. (ހަތަރުލައްކަ ހަތާވީސްހާސް
ހަތަރުސަތޭކަ ފަސްދޮޅަސް ހަތްރުފިޔާ އައްޑިހަ ހަތަރު ލާރި) ކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މިފައިސާ މިއަދު 29 އޭޕްރީ
2012 އިން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށް ނިސްބަތުން
O Cox
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
2{{9/HC-A/358
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަދަދަށްވުރެ މަދުނޫން މިންވަރެއްގެ ފައިސާ ޙާމިދު ފާއިޒަށް ލިބިދިނުމަށްޓަކައި، ސިވިލް ކޯޓަށް ދައްކައި
މިދަރަނި ޚަލާސް ކުރުމަށް ހއ. ނިއުވެލީ ޢަބްދުލްޣަނީ މޫސާއަށް އަންގައި، ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv