ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/233 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/233
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 233/HC
-
A/2013
އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޔޫސުފް ޢަބްދު
އައި.ޑީ.ކާޑު ނަންބަރު: A144585
: ދާއިމީ އެޑްރެސް: ފުސްތުޅާގެ ނައިފަރު
މިހާރުގެ އެޑްރެސް: ފުސްތުޅާގެ/ ޅ. ނައިފަރު
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން. އަބޫބަކުރު ޢަބްދުއްރަޙްމާން
* އައި.ޑީ.ކާޑު ނަންބަރު: A012347
ދާއިމީ އެޑްރެސް: ތަރިވިދާގެ| ޅ. ނައިފަރު
މިހާރުގެ އެޑްރެސް: ތަރިވިދާގެ . ނައިފަރު
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަމަޝާން 1434
25 ޖުލައި 2013
ނިމުނު ތާރީޚް: 29 ރަބީޢުލްއައްވަލު 1435
30 ޖެނުއަރީ 2014
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/G2MC/54
• ނިންމެވި ކޯޓު: ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ތުރާފިލުވުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 08 އޭޕްރީލް 2012
• ޤަޟިއްޔާ ނިމުނު ތާރީޚް: 31 މާރޗް 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ނޫންކަމަށްބުނެ،
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/233
ދަޢުވާގެ ޚުލާޞާ
މިއީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ޅ. ނައިފަރު ފުސްތުޅާގެ ޔޫސުފް ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ނައިފަރު ތަރިވިދާގެ އަބޫބަކުރު
އިބްދުއްރަޙްމާނެވެ. އަދި މިމައްސަލާގައި ތަދައްޚުލުވުމުގެ ފުރުސަތު، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި
މިމައްސަލަ ހިނގިއިރު ދަޢުވާރައްދުވި ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާއަށް މިކޯޓުގެ ނަންބަރު
B1
/
327
/
2013
/
3-95 (03 ޑިސެމްބަރ 2013) މެސެޖުން ދެވުމުން، ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ
(08 ޑިސެމްބަރ 2013) މެސެޖުން މިމައްސަލާގައި
.ޚުލުވުމަށް އެއިދާރާއިން
ބޭނުންނުވާކަމުގައި އަންގާފައިވެއެވެ.
އިދާރާގެ ނަންބަރު
327-B95/2013/1
ހއ 393 އ
26 5ދ8
އއ 43ށް
އެޤަޟިއްޔާ
1. ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ޅ. ނައިފަރު ފުސްތުޅާގެ ޔޫސުފް ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
ދިވެހިރާއްޖޭގެ
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/233
.
2. ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ނައިފަރު ފުސްތުޅާގެ ގޯއްޗާއި ޅ. ނައިފަރު
ރިޔާޒް ގޯއްޗާ ދެމެދުގައިވާ ހުސްގޯޅި އެއްކޮށް ފުސްތުޅާގެ ގޯއްޗަށް އިތުރުކޮށްދިނުމުން، ރިޔާޒް ގޯތީގެ
ހުޅަނގުފަރާތުގައި ހުރި 4 ފެންލައިޓާއި 01 ބޮޑު ދޮރާއި، 01 އެގްޒޯސްޓް، އެއަރކޯންގެ އައުޓްޑޯރ
ބެދިފައިވާކަމަށާއި މިކަމުން ރިޔާޒް ގޯއްޗަށް ދަތި އުނދަގޫތަކެއްވަމުން ދާކަމަށްބުނެ، މިކަން ޝަރީޢަތުން ބަލައި
މިކަމުން ރިޔާޒް ގޯއްޗަށްވާ ތުރާ ފިލުވައިދިނުމަށް އެދިގެން ފާދިއްޕޮޅު ނައިފަރު ރަށު ކައުންސިލްގެ އިދާރާގެ
ނައިފަރު ތަރިވިދާގެ އަބޫބަކުރު ޢަބްދުއްރަޙްމާން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން
މައްޗަށް ޅ.
އެނގެންއޮވެއެވެ.
3. މިމައްސަލައާ ގުޅިގެން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ އިސްވެ
ދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލައި ވިސްނުން ހިންގުމަށްފަހު، 29 މާރޗް 2012 ދުވަހު
ޅ. ނައިފަރު ތަރިވިދާގެ އަބޫބަކުރު ޢަބްދުއްރަޙުމާން، ހުށަހަޅުއްވާފައިވާ، ފުސްތުޅާގެ ގޯއްޗާއި ރިޔާޒް ގޯއްޗާ
ދެމެދުގައިވާ ހުސްގޯޅި އެއްކޮށް ފުސްތުޅާގެ ގޯއްޗަށް އިތުރުކޮށްދިނުމުން، ރިޔާޒް ގޯތީގެ ހުޅަނގުފަރާތުގައި ހުރި
4 ފެންލައިޓާއި 01 ބޮޑު ދޮރާއި، 01 އެގްޒޯސްޓް އާ، އެއަރކޯންގެ އައުޓްޑޯރ ބެދިފައިވާކަމަށާއި މިކަމުން
ރިޔާޒް ގޯއްޗަށް ދަތި އުނދަގޫތަކެއްވަމުން ދާކަމަށްބުނެ، މިކަން ޝަރީޢަތުން ބަލައި މިކަމުން ރިޔާޒް ގޯއްޗަށްވާ
ތުރާ ފިލުވައިދިނުމަށް އެދިގެން ފާދިއްޕޮޅު ނައިފަރު ރަށު ކައުންސިލް އިދާރާގެ މައްޗަށް ޅ. ނައިފަރު
ތަރިވިދާގެ އަބޫބަކުރު ޢަބްދުއްރަޙުމާން ހުށަހެޅުމުން ބެލުނު މިމައްސަލާގައި، ޤާނޫނު އަސާސީގައި
ޢަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެވާހަކަ އައިސްފައިވާ، 43 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް
އިދާރީގޮތުން އަޅާފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ
އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާ ކަމަށް ބުނެފައިވާތީ އަބޫބަކުރު ޢަބްދުއްރަޙުމާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/233
ހުށަހެޅި މައްސަލަ ޝަރީޢަތުން ބެލިބެލުމުގައި، ޅ. ނައިފަރު ރިޔާޒު އެވެ ކިޔާގޯއްޗާ ފުސްތުޅާގެ އާ
ދެމެދުގައިވާ 32 ފޫޓް ދިގު 5 ފޫޓް ފުޅާ ގޯޅީގެ މައްސަލައަކީ، ރިޔާޒު އެވެ ކިޔާ ގޯތި ހަދަން ފެށިއިރު
ސަރުކާރުގެ ކަމާބެހޭ އިދާރާއިން ވަކިގޮތަކަށް ނުނިންމާ އޮތްމައްސަލައަކަށް ވެފައި، ނައިފަރު ކައުންސިލް
އިދާރާއިން އެމައްސަލަ ނިންމާފައިވަނީ ރިޔާޒު އެވެ ކިޔާ ގޯތި ހަދާ ނިމުނުފަހުން، 14 ފެބްރުއަރީ 2012
ގައި ކަމާ، އެކަމުގެ ސަބަބުން ރިޔާޒް ގޯތީގެ ހުޅަނގުފަރާތުގައި ހުރި 4 ފެންލައިޓާއި 01 ބޮޑު ދޮރާއި، 01
އެގްޒޯސްޓް، އާ، އެއަރކޯންގެ އައުޓްޑޯރ ބެދިފައިވާކަން ޝަރީޢަތަށް ސާބިތުވާތީ މިކަމުގެ ތުރާފިލުވުމުގެ
ގޮތުން، ފުސްތުޅާގެއެވެ ކިޔާގޯއްޗަށް ރިޔާޒު އެވެ ކިޔާ ގޯއްޗަށް ވުރެ ބިންދަތިވެފައިވާތީ އެކަމަށް ރިޢާޔަތްކޮށް
ޅ.ނައިފަރު ރިޔާޒު އެވެ ކިޔާގޯއްޗާ ފުސްތުޅާގެ އާ ދެމެދުގައިވާ 32 ފޫޓް ދިގު 5 ފޫޓް ފުޅާ ގޯޅިން،
އެތެރެއިން އެތެރެއަށް 32 ފޫޓް ދިގު 3 ފޫޓްފުޅާ ޖާގަ ފުސްތުޅާގެ އަށް އެގޯޅިންދެން ބާކީއޮތް މިންވަރު
އެދެގޭގެ ވެންޓިލޭޝަންގެ ގޮތުގައި ބޭއްވުމީ މަޞްލަހަތުހުރި ގޮތްކަމަށް ޝަރީޢަތަށް ފެންނާތީ އެގޮތުގެ މަތިން
މިއަދު، 31 މާރޗް 2013 ދުވަހުން ފެށިގެން 06 ދުވަހުގެތެރޭގައި ޢަމަލު ކުރުމަށް ފާދިއްޕޮޅު ނައިފަރު
ކައުންސިލް އިދާރާއަށް އަންގައި މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންނެވެ.
cco
ޅ.
4. ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2 MC/54 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ނައިފަރު ފުސްތުޅާގެ ޔޫސުފް
ޢަބްދުﷲގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ce O
(ހ) ފުރަތަމަ ނުކުތާއަކީ، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ނައިފަރު ފުސްތުޅާގެ
ގޯތީގެ އިރުން އޮންނަ ހުސްގޯޅީގައިވާ 160 އަކަފޫޓުގެ ބިންކޮޅަކީ ފުސްތުޅާގެ ގޯތީގެ ބައެއްކަމަށް
އިތުރުކޮށްދެއްވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހައްދަވާދެއްވާފައިވަނިކޮށް ނައިފަރު ރަށު ކައުންސިލްގެ އިދާރާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/233
މިނިންމެވުމަށް ފުށުއަރާގޮތަށް އަދި ފުސްތުޅާގެ ގޯތިން ބައެއް އުނިވާގޮތަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/G2MC/54 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަމަށް
ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގެ
ކްތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ، ފާދިއްޕޮޅު ނައިފަރު ފުސްތުޅާގޭ ގޯތިން ބައެއް އުނިވާގޮތަށް ނައިފަރު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/
G2C/54 ޤަޟިއްޔާއިން ނިންމެވިއިރު، ފުސްތުޅާގޭގެ
ވެރިފަރާތުގެ ބަހެއް ނުހޯއްދަވައި މައްސަލަ ނިންމަވާފައި ވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54 ޤަޟިއްޔާ
ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
ނައިފަރު ފުސްތުޅާގެ ޔޫސުފް
ޢަބްދުﷲގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54
ޤަޟިއްޔާއަކީ، ޅ. ނައިފަރު ފުސްތުޅާގެ ގޯއްޗާއި ޅ. ނައިފަރު ރިޔާޒް ގޯއްޗާ ދެމެދުގައިވާ ހުސްގޯޅި އެއްކޮށް
ފުސްތުޅާގެ ގޯއްޗަށް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން އިތުރުކޮށްދިނުމުން، ރިޔާޒް ގޯތީގެ
ހުޅަނގުފަރާތުގައި ހުރި 4 ފެންލައިޓާއި 01 ބޮޑު ދޮރާއި، 01 އެގްޒޯސްޓް، އަދި އެއަރކޯންގެ އައުޓްޑޯރ
ބެދިފައިވާކަމަށާއި މިކަމުން ރިޔާޒް ގޯއްޗަށް ދަތި އުނދަގޫތަކެއްވަމުން ދާކަމަށްބުނެ، މިކަމުން ރިޔާޒް ގޯއްޗަށްވާ
ތުރާ ފިލުވައިދިނުމަށް އެދިގެން ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ މައްޗަށް ޅ. ނައިފަރު ތަރިވިދާގެ
އަބޫބަކުރު ޢަބްދުއްރަޙްމާން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/233
ވެ.
އެމައްސަލަ ބައްލަވައި، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ، ނައިފަރު
ރިޔާޒު އެވެ ކިޔާގޯއްޗާ ޅ. ނައިފަރު ފުސްތުޅާގެއާ ދެމެދުގައިވާ 32 ފޫޓް ދިގު 5 ފޫޓް ފުޅާ ގޯޅީގެ މައްސަލަ
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ނިންމާފައިވަނީ ރިޔާޒު އެވެ ކިޔާ ގޯތި ހަދާ
ނިމުނުފަހުންކަމަށާއި، އެކަމުގެ ސަބަބުން ރިޔާޒް ގޯތީގެ ހުޅަނގުފަރާތުގައި ހުރި 4 ފެންލައިޓާއި 01 ބޮޑު
ދޮރާއި، 01 އެގްޒޯސްޓް، އަދި އެއަރކޯންގެ އައުޓްޑޯރ ބެދިފައިވާކަން ޝަރީޢަތަށް ސާބިތުވާތީ މިކަމުގެ
ތުރާފިލުވުމުގެ ގޮތުން، ފުސްތުޅާގެއެވެ ކިޔާގޯއްޗަށް ރިޔާޒުއެވެ ކިޔާ ގޯއްޗަށް ވުރެ ބިންދަތިވެފައިވާތީ އެކަމަށް
ރިޢާޔަތްކޮށް ރިޔާޒުއެވެ ކިޔާގޯއްޗާ ފުސްތުޅާގެއާ ދެމެދުގައިވާ 32 ފޫޓް ދިގު 5 ފޫޓް ފުޅާ ގޯޅިން، އެތެރެއިން
އެތެރެއަށް 32 ފޫޓް ދިގު 3 ފޫޓް ފުޅާ ޖާގަ ފުސްތުޅާގެ އަށް ދީ އެގޯޅިންދެން ބާކީއޮތް މިންވަރު އެދެގޭގެ
ވެންޓިލޭޝަންގެ ގޮތުގައި ބޭއްވުމީ މަޞްލަހަތުހުރި ގޮތްކަމަށް ޝަރީޢަތަށް ފެންނާތީ، އެމައްސަލަ އެކޯޓުން
ނިންމެވި ތާރީޚު ކަމުގައިވާ 31 މާރޗް 2013 ދުވަހުން ފެށިގެން 06 ދުވަހުގެ ތެރޭގައި އެގޮތަށް ޢަމަލު
ރުމަށް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއަށް އަންގަވައި މަތިންކަން އެނގޭކަމެވެ.
پیرمرد
(ށ) ދެވަނަ ކަމަކީ، ޅ. ނައިފަރު ރިޔާޒު އެވެ ކިޔާގޯއްޗާއި ޅ. ނައިފަރު ފުސްތުޅާގެއާ ދެމެދުގައިވާ
ގޯޅިގަނޑުގެ ދިގުމިނަކީ ރިޔާޒު ގޯއްޗާވީ ފަރާތުން "3-
321 (ބައްތިރީސް ފޫޓް ތިން އިންޗި) ކަމާއި،
ފުސްތުޅާގެ ގޯއްޗާވީ ފަރާތުން "4
321 (ބައްތިރީސް ފޫޓް ހަތަރު އިންޗި) ކަމާއި، ފުޅާމިނަކީ 5
ފޫޓްކަމާއި،
މި ގޯޅިއަކީ ޒަމާނުއްސުރެ ހުސްކޮށް އޮތް ގޯޅިއެއްކަމާއި، މިގޯޅި ހޯދުމަށް ފުސްތުޅާގޭ ޔޫސުފް
ޢަބްދުﷲގެ ފަރާތުން ކުރީގެ ނައިފަރު އޮފީހަށް 19 މެއި 1998 ން ފެށިގެން ހުށަހަޅައި، އެކަމަށް އެދެމުން
ގޮސްފައިވާކަމާއި، އަދި ރިޔާޒު ގޯތި އަބޫބަކުރު ޢަބްދުއްރަޙުމާނަށް ލިބުމާ ގުޅިގެން އެގޯޅި ލިބުން އެދި
އަބޫބަކުރު ޢަބްދުއްރަޙްމާނުވެސް 4 ނޮވެންބަރު 2007 ގައި ނައިފަރު އޮފީހަށް ހުށަހަޅާފައިވާކަމާއި،
ދިވެހިރާއްޖޭގެ
އައިކާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/233
މިގޯޅި ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ ބަޔާންތައް ނައިފަރު އޮފީހުން، ފާދިއްޕޮޅު އަތޮޅު އޮފީހަށް
ފޮނުވުމުން، ރ.ކ
ކޮމެޓީގެ މަޝްވަރާ އެކަމުގައި ހޯދައި، ކޮމެޓީން ނިންމާ ގޮތެއް އަންގައިދިނުމަށް
އަތޮޅު އޮފީހުން އެންގުމުން، ރ.ކ ކޮމެޓީގެ މަޝްވަރާއަށް އެކަން ފޮނުވުމުން، އެކޮމެޓީއިން ނިންމައި
ލަފާދީފައިވަނީ، އެގޯޅި ބައިކުރުމަކާ ނުލައި ފުސްތުޅާގެއަށް އެގޯޅި އިތުރުކޮށްދިނުމަށްކަމާއި، ނަމަވެސް
އެގޮތާމެދު ދެފަރާތަށް އެއްބަސްވެވޭގޮތެއް ނެތުމާއެކު އެގޯޅި އެއްވެސް ފަރާތަކަށް ނުދީ ބޭއްވުމަކީ އެވަގުތަށް
އެންމެ ރަނގަޅުގޮތްކަމަށް އަތޮޅުއޮފީހުން ނިންމައި އަދި އެކަން 26 އޮގަސްޓް 2008 ގައި ދެގޭގެ ވެރިންނަށް
އަންގައި ސޮއިކުރެވިފައިވާކަމާއި،
އޭގެފަހުން، އެގޯޅިގަނޑު ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށްދެވިފައިވަނީ، ނައިފަރު ރިޔާޒުއެވެ
ކިޔާގޯއްޗާއި ފުސްތުޅާގެއާ ދެމެދުގައިވާ ގޯޅިގަނޑުގެ މައްސަލައަކީ އެ ދެފަރާތުގެ ގެދޮރުގެ ތަނަވަސްކަމަށާއި،
ދިރިއުޅޭމީހުންގެ އަދަދަށް ރިޢާޔަތްކޮށް، އަދި އެސަރަހައްދަށް ގޮސް ބެލުމަށްފަހު، އެ ގޯޅި ބައިކުރުމަކާނުލައި،
ފުސްތުޅާގޭގެ ރަޖިސްޓަރީއަށް އެގޯޅި އިތުރުކޮށްދިނުމަށް ރ.ކ ކޮމެޓީއިން 17 އޭޕްރީލް 2008 ގައި
ނިންމާފައިވާ މައްސަލައަކަށްވާތީ، ރ.ކ ކޮމެޓީން ނިންމާފައިވާ ނިންމުމަކީ މައްސަލަ ދިރާސާކޮށް ބަލާފައިވާ
ހަމަތަކަށް ބަލާއިރު ރަނގަޅު ނިންމުމެއްކަމަށް، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއަށް ފެންނާތީ،
ކޮމެޓީގެ އެނިންމުން ތަންފީޒުކުރުމަށް، 25 މެއި 2011 ވަނަ ދުވަހު ބޭއްވުނު، ފާދިއްޕޮޅު ނައިފަރު
ކައުންސިލްގެ 2011 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން
ނިންމާފައިވާ ނިންމުމުގެ މައްޗަށް ބިނާކޮށްކަމާއި،
އެގޯޅި ފުސްތުޅާގެ ގޯއްޗަށް އިތުރުކޮށްދިނުމަށް ފެންނަކަމަށް ކޮމެޓީއަށް ފެންނަކަމަށް
ނިންމާފައިވަނީ، ދެފަރާތުގެ ގެދޮރުގެ ތަނަވަސްކަމަށާއި، އެދެގޯތީގައި ދިރިއުޅޭ މީހުންގެ އަދަދަށް
ރިޢާޔަތްކޮށްގެންކަމާއި، އެގޮތުން ފުސްތުޅާގޭގައި 16 މީހުން ހިމެނޭގޮތުން ދެ ޢާއިލާއެއް ދިރިއުޅެމުންދާކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/233
އެއީ ޔޫސުފް ޢަބްދުﷲ އާއި މަރިޔަމް ޢަބްދުﷲ ގެ ޢާއިލާކަމާއި، އަދި ޔޫސުފް ޢަބްދުﷲ އާއި މަރިޔަމް
ޢަބްދުﷲގެ ގެދޮރުގެ ތަނަވަސްކަމަށް ބަލާއިރު، ފުސްތުޅާގެ ފިޔަވައި އެހެން ބިމެއް އަދި އެހެން ގެއަކުން ބައެއް
މިދެމީހުންނަށް ލިބިފައިނުވާއިރު، ނައިފަރު ރިޔާޒު ކިޔާ ގޯއްޗަކީ އަބޫބަކުރު ޢަބްދުއްރަޚްމާނަށް ތަރިކައިން
ލިބިފައިވާ ގޯއްޗެއްކަމާއި، މިގޯތީގެ އިތުރުން ޅ. ނައިފަރު ތަރިވިދާގެ ރަޖިސްޓްރީކުރެވިފައިވަނީވެސް އަބޫބަކުރު
ޢަބްދުއްރަޙްމާނުގެ ނަމުގައިކަމާއި، ތަރިވިދާގެއަކީ 1720 އަކަފޫޓުގެ ގޯއްޗެއްކަމާއި، އަބޫބަކުރު
ޢަބްދުއްރަޙްމާނުގެ ޢާއިލާގައި ތިބެނީ ދެމަފިރިންނާއި ދެ ދަރިންނާއެކު ޖުމްލަ 4 މީހުންކަން
ފާހަގަކޮށްފައިވާކަމާއި،
މިގޯޅި ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށްދިނުމަށް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން 25
މެއި 2011 ވަނަ ދުވަހު ބޭއްވުނު، އެ ކައުންސިލްގެ 2011 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގައި
ނިންމުމުގައި، ރ.ކ ކޮމެޓީއިން މައްސަލަ ދިރާސާކޮށް ބަލާފައިވާ އިސްވެދިޔަ ހަމަތައް ރަނގަޅުކަމަށާއި އަދި
އެހަމަތަކުގެ މައްޗަށް ބިނާކޮށް ރ.ކ ކޮމެޓީއިން ނިންމާފައިވާގޮތް ރަނގަޅުކަމަށް ފެންނާތީ އެގޮތަށް
ރުމަށް ނިންމާފައިވާކަން އެނގޭކަމެވެ.
އެކަން
(ނ) ތިންވަނަ ކަމަކީ، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ބަޔާންކުރެވިދިޔަ ނިންމުމުގެ
މައްޗަށް ބިނާކޮށް، ފުސްތުޅާގޭ ގޯއްޗާއި ރިޔާޒް ގޯއްޗާ ދެމެދުގައި އޮތް ގޯޅި ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށް
14 ފެބްރުއަރީ 2012 ގައި، ފުސްތުޅާގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ
އިދާރާއިން ޔޫސުފް ޢަބްދުﷲގެ ނަމުގައި އަލުން ހަދައިދީފައިވާކަމާއި، އެގޯޅި ފުސްތު
އިތުރުކުރުމުން އެގޯތީގެ ބޮޑުމިނަކީ ޖުމްލަ 969.96 އަކަފޫޓުކަން އެނގޭކަމެވެ.
ސްތުޅާގޭ ގޯއްޗަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/233
ގޯއްޗަށް
(ރ) ހަތަރުވަނަ ކަމަކީ، ފުސްތުޅާގޭ ގޯއްޗާއި ރިޔާޒު ގޯއްޗާ ދެމެދުގައި އޮތް ގޯޅި ފުސްތުޅާގޭ
އިތުރުކޮށްދިނުމަށް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން 25 މެއި 2011 ވަނަ ދުވަހު،
ނިންމުމާ ހަމައަށް އެގޯޅިއަކީ ފުސްތުޅާގެ ގޯތީގެ އަދި ރިޔާޒު ގޯތީގެވެސް ބައެއްގެ ގޮތުގައި އޮތް ތަނަކަށް
ނުވާއިރު، ކަނޑައެޅިފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން އެބިންކޮޅާމެދު ގޮތް ނިންމުމުގެ ބާރު
ފާދިއްޕޮޅު ނައިފަރު ކައުންސިލަށް ލިބިގެންވާނެކަމަށް ބަލަންޖެހޭއިރު، ކައުންސިލުން އެކަން ނިންމާފައި އެވަނީ
އެކައުންސިލަށް ލިބިފައިވާ ބާރުތަކުގެ ބޭރުންކަމަށް، އަދި ކައުންސިލުން އެކަން ނިންމާފައިވާ އަސާސްތައް
ރަނގަޅުނޫންކަމަށް ބެލެވޭނެ ހަމައެއް ދެއްކިފައިނުވާކަމާއި،
ފުސްތުޅާގޭ ގޯއްޗާއި ރިޔާޒު ގޯއްޗާ ދެމެދުގައި އޮތް ގޯޅި ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށްދިނުމަށް
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން 25 މެއި 2011 ވަނަ ދުވަހު ނިންމާފައިވާ ނިންމުމަށް،
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54 ޤަޟިއްޔާއިން ބަދަލު
ގެންނަވާފައިވަނީ، ތުރަ ފިލުވުމަށް ނުވަތަ ދެގޯތީގެވެސް ވެންޓިލޭޝަނަށް ޖާގަ ދިނުމުގެ ގޮތުން މަޞްލަޙަތު
ރަނގަޅުގޮތްކަމަށް ވިދާޅުވެ އެއަސާސުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، ރިޔާޒުގޯތީގެ އަނެއް ތިން
ފަރާތުގައިވެސް ގޯޅިތަކާއި މަގުތައް އެބަހުރިކަމާއި، އެހެންކަމުން، ވެންޓިލޭޝަންގެ މައްސަލަޖެހި، އެގެއަށާއި
އެގޭގައި ދިރިއުޅޭ މީހުންނަށް ވަޔާއި އަލި ނުލިބި ދިއުމުގެ ފުރުޞަތު އޮތްކަމަށް ނުބެލެވޭ
ނުބެލެވޭކަމާއި،
2 ހ48=ހ2
.އނ431ށް
ފުސްތުޅާގޭ ގޯއްޗާއި ރިޔާޒު ގޯއްޗާ ދެމެދުގައި އޮތް އެގޯޅިއަ ރިޔާޒު ގޯތިން ދޮރު ކަނޑައި،
ފެންލައިޓާއި އެގްޒޯސްޓް އަދި އެއަރ ކޯނުގެ އައުޓް ޑޯރ ޔުނިޓް ބަހައްޓާފައިވަނީ، ކުރީގެ ނައިފަރު އޮފީހާއި،
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ އެންގުމާއި ޚިލާފަށްކަން، މިމައްސަލައާ ގުޅިގެން ފާދިއްޕޮޅު
ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތަކުންނާއި މިމައްސަލައާގުޅޭ
ލިއުންތަކުން އެނގޭކަމާއި، އަދި އެކަން މިގޯޅި ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށްދިނުމަށް ފާދިއްޕޮޅު ނައިފަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ވެ ދިވެހިން
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/233
ކައުންސިލްގެ އިދާރާއިން 25 މެއި 2011 ވަނަ ދުވަހު، އެ ކައުންސިލްގެ 2011 ވަނަ އަހަރުގެ 13 ވަނަ
ޖަލްސާގައި ނިންމި ނިންމުމުގައިވެސް ފާހަގަކޮށް، އެގޯޅިއަށްވާގޮތަށް އަބޫބަކުރު ޢަބްދުއްރަޙްމާނު ރިޔާޒު ގޯތިން
ކަނޑާފައިވާ ދޮރާއި، އޭސީގެ އައުޓްޑޯ ޔުނިޓާއި، އަދި ގޯތީގެ ފިޔަކަނި އުޞޫލުތަކާ ޚިލާފަށް ނެރެފައިވަނީ
ނައިފަރު އޮފީހުން އެކަންކަން ނުކުރުމަށް އަންގަމުން ދަނިކޮށްކަމަށްވާތީ އެކަންކަން ރަނގަޅުކުރުމަށް އަބޫބަކުރު
ޢަބްދުއްރަޙްމާނަށް އަންގައި، ޤަވާއިދުން މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށްވެސް
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ނިންމާފައިވާކަން އެނގޭކަމާއި،
އެހެންކަމުން، އެގޯޅިއަށް ކަނޑާފައިވާ ދޮރާއި ބަހައްޓާފައިވާ އޭ.ސީ އައުޓްޑޯ ޔުނިޓާއި ފިޔަކަނިފަދަ
ތަންތަނަކީ ކުރީގެ ނައިފަރު އޮފީހާއި އަދި މިހާރު ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެވިޔަސް ހުއްދަނެތި
އެއިދާރާގެ އަމުރާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކަކަށް ވުމުން، އެކަންކަމަކީ ޤާނޫނީގޮތުން ރައްކާތެރިކަން
ލިބިދީ، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ނިންމުމާ ދެކޮޅަށް ޙިމާޔަތް ލިބިދޭންޖެހޭ
އ ހ އމހ ޑއ ދ ތތ
ދ
ޞްލަޙަތުތަކެއްކަމަށް ބެލެވޭނެ ތަނެއްނެތްކަމެވެ.
COC
-) ފަސްވަނަ ކަމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ މީހެއްގެ މަދަނީ
ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަށް އުފުލުމުގައި،
އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި، އަދި ހަމަ މިމާއްދާގެ (ށ) ގައި،
ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި،
ހާމަކަމާއެކުގައިކަމަށް ބަޔާންކޮށްފައިވާކަމާއި،
މީހެއްގެ ޙައްޤަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ޝަރީޢަތުން ގޮތެއް ކަނޑައެޅިގެންދާއިރު،
އެޙައްޤުގެ ވެރިފަރާތަށް ނުވަތަ އެޙައްޤުގެ ވެރިފަރާތްކަމަށް އޭރު ފެންނަން އޮތްފަރާތަށް އޭނާގެ ޙައްޤުގެ
މާޢީކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/233
ދިފާޢުގައި ބަސްބުނެ ޖަވާބުދާރީވުމަށް ޝަރީޢަތުން ފުރުޞަތުދެވިފައި އޮންނަންވާނެކަމާއި، އެފަރާތަށް
ޖަވާބުދާރީވެ، އެފަރާތުގެ ޙައްޤުގެ ދިފާޢުގައި ބަސްބުނުމަށް ފުރުޞަތު ދެވިފައިނުވާނަމަ އެއީ ޢަދުލުވެރި
ޝަރީޢަތެއް (Fair Trial) ކަމަށް ނުބެލެގެ
4
2
4
2 ހދ8
ލިންކަމަށެވެ
ށްވާއިރު،
ނައިފަރު ތަރިވިދާގެ އަބޫބަކުރު ޢަބްދުއްރަޙްމާން ހުށަހެޅުމުން ބެލެވިފައިވާ، ފާދިއްޕޮޅު ނައިފަރު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54 ޤަޟިއްޔާގައި، ޅ. ނައިފަރު ފުސްތުޅާގެ ގޯތިން ބައެއް
އުނިކުރުމަށް ނިންމަވާފައިވާއިރު، ފުސްތުޅާގޭގެ ވެރިފަރާތްކަމުގައިވާ ޔޫސުފް ޢަބްދުﷲ އަށް އެކަމުގައި
ޖަވާބުދާރީވެ، އޭނާގެ ޙައްޤުގެ ދިފާޢުގައި ވާހަކަ ދެއްކުމަށް ޝަރީޢަތުން ފުރުޞަތު ދެއްވާފައިނުވާކަން
އެނގޭކަމެވެ.
.
(ޅ) ހަވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުން ދެކެނީ ނައިފަރު ފުސްތުޅާގޭ ގޯއްޗާއި ރިޔާޒު ގޯތީގެ ވެރި ފަރާތްތަކުގެ ބިމުގެ
ތަނަވަސްކަމަށާއި އަދި އެދެ ގޯތީގައި ދިރިއުޅޭ މީހުންގެ ޢަދަދަށް ބަލައި، ފުސްތުޅާގޭ ގޯއްޗާއި ރިޔާޒު ގޯއްޗާ
ދެމެދުގައި އޮތް ގޯޅި ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށްދިނުމަށް 25 މެއި 2011 ގައި ފާދިއްޕޮޅު ނައިފަރު
ކައުންސިލްގެ އިދާރާގެ ފަރާތުން ނިންމައި، އެ ގޯޅި ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށް ފުސްތުޅާގޭގެ ޢިމާރާތާއި
ގޯތީގެ ރަޖިސްޓަރީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ޔޫސުފް ޢަބްދުﷲ ގެ ނަމުގައި 14
ފެބްރުއަރީ 2012 ގައި އަލުން ހަދައިދީފައިވަނިކޮށް، ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ އެނިންމުމަކީ
އެއިދާރާއަށް ލިބިގެންވާ އިޚްތިޔާރާއި ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަން އެނގެން ނެތްއިރު،
ފުސްތުޅާގޭ ގޯއްޗަށް އިތުރުކޮށްދެވުނު ގޯޅިން ބައެއް އުނިކޮށް، އެދެގޭގެ ވެންޓިލޭޝަންގެ ގޮތުގައި އެބައި
ބޭއްވުމަކީ މަޞްލަހަތުހުރި ގޮތްކަމަށް ޝަރީޢަތަށް ފެންނާތީކަމަށް ބަޔާންކުރައްވައި، ފުސްތުޅާގޭގެ ވެރިފަރާތުގެ
ބަހެއް ހޯދުމަކާނުލައި، އަދި އެފަރާތުގެ ޙައްޤު ދިފާޢުކުރުމަށް ފުރުޞަތުނުދެވި، ފާދިއްޕޮޅު ނައިފަރު
>COXE
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
12
2013/HC-A/233
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭކަމުގައެވެ.
ޙުކުމް:-
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން،
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2MC/54 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް، އެގޮތުގެމަތީން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv