ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/01 ޤަޟިއްޔާގެ ޙުކުމް
1
2009/HC-I-SH/pl
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
، ޤަޟިއްޔާ ނަންބަރ: 01/HC
-
I
-
SH/2009
އިންތިޚާބީ
ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މުޙައްމަދު ޣައްސާން މައުމޫނު * ދާއިމީ އެޑްރެސް: މއ.ކިނބިގަސްދޮށުގެ
އައިޑީ ކާޑު ނަންބަރ: 000004
A * މިހާރުގެ އެޑްރެސް: ފ.އަލިވާގެ
4
• އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވިފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
* މިހާރުގެ
އެޑްރެސް: ޕާ ބިލިޑިންގް (މާލެ
•ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޖުމާދަލްއޫލާ ()1/2
*ނިމުނު ތާރީޚް: 17 ޖުމާދަލްއާޚިރާ 1439
13
މެއި
2009
11 ޖޫން
2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގަން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-I-SH/01
#
05-32
i
33-3
1- ދަޢުވާގެ ޚުލާޞާ
ޞަފްޙާ ނަންބަރ: 05-04)
2- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް.
04- މަޙްޝަރު ބަޔާންތައް:
04.1 އިންތިޚާބީ ޝަކުވާ ހުށަހަޅާ ފަރާތުގެ މަޙްޝަރު ބަޔާންތައް:
މުޙައްމަދު ޣައްސާން މައުމޫނު މއ.ކިނބިގަސްދޮށުގެ
ވަކީލު:އޗި.އައްބާސް ޝަރީފު މ.ވެލިގާ ގެ ފަރާތުން ދެއްކި ވާހަކަތައް:
މަޙްޝަރު ނަންބަރ: 28-01 :HC
-
I
-
SH
-
01_Mpg-2009
މަޙްޝަރު ނަންބަރ: 77-66 :HC
-
I
-
SH
-
01 Mpg-2009
މަޙްޝަރު ނަންބަރ: 108-107 :HC
-
I
-
SH
-
01 Mpg-2009
04.2 އިންތިޚާބީ ޝަކުވާ ރައްދުވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ނައިބު ރައީސް:އޏ.ޙުސައިން ސިރާޖު ހ.މެރީރޯސްގެ ވާހަކަތައް:
ވަކީލު:އޏ.ޙަސަން މައާޒު ޝަރީފު މއ.ޝިޕްމަންގެ ވާހަކަތައް
މަޙްޝަރު ނަންބަރ 51-29 :HC
-
I
-
SH
-
01 Mpg-2009
މަޙްޝަރު ނަންބަރ: 65-58 :IHC
-
I
-
SH
-
01 Mpg-2009
މަހް ޝަރު ނަންބަރ: 101-99 :HC
-
I
-
SH
-
01 Nipg-2009
މަޙްޝަރު ނަންބަރ: 104-102 :HC
-
I
-
SH
-
01_Mpg-2009
04.3 މައްސަލައާ ގުޅުން ހުރި ފަރާތްތަކުން ދީފައިވާ މަޙްޝަރު ބަޔާންތައް
ހިއުމަންރައިޓްސް ކޮމިޝަންގެ ފަރާތުން: މުޙައްމަދު ޝަފާޒު ވަޖީޙް މ.ހަޒާރުމާގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 57-52 :HC
-
I
-
SH
-
01 Mpg-2009
04-4 މައްސަލައާ ގުޅިގެން ހެކިން ދީފައިވާ މަޙްޝަރު ބަޔާންތައް
ޢަލީ އާދަމް ހ.ބޯބެދިގެ ވާހަކަތައް
މަޙްޝަރު ނަންބަރ: 82-78 :HC
-
I
-
SH
-
01 Mpg-2009
އޫޝާ ރަޝީދު ތ.ތިމަރަފުށި ބިލާލުގެ ވާހަކަތައް:
މަޙް ސަރު ނަންބަރ: 85-83 :HC
-
I
-
SH
-
01 NIpg-2009
މުޙައްމަދު ޝަރީފު މއ.ހިންނަވަރުގެހުޅަނގުބައި ގެ ވާހަކަތައް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިޚާއްޖެ، ފޯން: 29
33251، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.lviv
3
2000/HC--SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މަޙްޝަރު ނަންބަރ: 87-86 :HC
-
I
-
SH
-
01 Mpg-2009
އިބްރާހީމް ޝިހާބް ތ.ތިމަރަފުށި ސައްކެޔޮގަސްދޮށުގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 89-88 :HC
-
I
-
SH
-
01_Mpg-2009
އިބްރާހީމް އަޝްރަފް ވ.މަށިވެލި ގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 91-90 :HC
-
I
-
SH
-
01 Mpg-2009
މުޙައްމަދު މަނިކު ތ.ތިމަރަފުށި! ކާނޭޝަންމާގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 93-92 :HC
-
I
-
SH
-
01 Mpg-2009
އަޙްމަދު ޝިހާމު ތ.ތިމަރަފުށި ސަނީމަންޒިލްގެ ވާހަކަތައް
މަޙްޝަރު ނަންބަރ: 95-94 :HC
-
I
-
SH
-
01_Mpg-2009
އިބްރާހީމް ފުޅު ތ.ތިމަރަފުށި) ހިރި ގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 97-96 :HC
-
I
-
SH
-
01 Mpg-2009
ޙުސައިން އުމަރު ނ.ވެލިދޫހަނދުވަރީގެ ވާހަކަތައް
މަޙްޝަރު ނަންބަރ: 98-98 :HC
-
I
-
SH
-
01_Mpg-2009
05- މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
05.1-
N02 ތިމަރަފުށި ދާއިރާ ވޯޓް ފޮށި ނަންބަރު N02.13.1 (ވަގުތީ ނަތީޖާ)
05-2-
N02 ތިމަރަފުށި ދާއިރާ ވޯޓް ފޮށި ނަންބަރު N02.4.1 (ވަގުތީ ނަތީޖާ)
05.3- ވޯޓް ފޮށި ނަންބަރު N02.3.1 ކަންހިނގައި ދިޔަ ގޮތުގެ ރިޕޯރޓް
05.4- ވޯޓް ފޮށި ނަންބަރު N02.3.2 ކަންހިނގައި ދިޔަ ގޮތުގެ ރިޕޯރޓް
05.5–
2009 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތ.އަތޮޅު ސެކިއުރިޓީ ބެލެހެއްޓިފައިވާ
ގޮތުގެ ރިޕޯރޓް
05.6- ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މުޙައްމަދު ޣައްސާން މައުމޫނު
ހުށަހެޅި މައްސަލަ ނިމުނު ގޮތުގެ ރިޕޯރޓް.
05.7- އިސްލާމިކު ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި ރިޕޯރޓް.
05.8- އިލެކްޝަންސް ކޮމްޕްލެއިންޓްސް ބޮއުރޯއަށް ތ.ތިމަރަފުށި(ޕިންކުހައުސް އަސަދު
އިބްރާހީމް ދީފައިވާ ބަޔާން.
05.9- އިލްކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ތ.ތިމަރަފުށި/އަތަމާއާގެ މުޙައްމަދު
ޝަރީފު ބީފައިވާ ބަޔާން.
05.10- އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ތ.ތިމަރަފުށި(ދިލާވަރުގެ ނަސްލާ
ޢަބްދުލްމަޖީދު ދީފައިވާ ބަޔާން.
404 40
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2{{9/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
05.11- އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ތ.ތިމަރަފުށި، ފާތުމަތު މުޙައްމަދު ފުޅު
ދީފައިވާ ބަޔާން.
05.12- އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ތ.ތިމަރަފުށި އިރުވައިގެ ސިއްތި
ހަސްމާ ދީފައިވާ ބަޔާން.
05.13. އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ތ.ތިމަރަފުށި ވާރޭވިލާ މަރިޔަމް
އިނާޝާ ދީފައިވާ ބަޔާން.
05-14 އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ތ.ތިމަރަފުނި ވައިފިލާމާގެ ޙައްވާ
ޒިމްނާ ދީފައިވާ ބަޔާން.
05.15- ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ޢަލީ އަމްޖަދު ދީފައިވާ ބަޔާން.
05.16- ތ. ކޮޅުމަޑުލު ވޭމަންޑޫ ދަތުރު ރިޕޯރޓް.
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:180
4 ¢ ¢s
ދަޢުވާގެ ޚުލާޞާ
ل02
3
3
މިއީ، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކައި މީލާދީ ސަނަތުން
2009 ވަނައަހަރުގެ މެއި މަހުގެ 09 ވަނަދުވަހު ދިވެހިރާއްޖޭގައި
ބޭއްވުނު ޢާއްމު
އިންތިޚާބާގުޅިގެން ތާއީދު ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައްޔާއި ވޯޓްލުމުގެ ކަންތައް
ހިނގަމުން ދިޔައިރުގައްޔާއި އަދި އޭގެ ފަހުގައިވެސް ތިމަރަފުށީގައި ޤާނޫނާއި ޤަވާޢިދާއި
ޚިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތް ކުރުމާއި އިންތިޚާބުގެ ނަތީޖާ ޤާނޫނާ
ޚިލާފަށް ވަކި ފަރާތަކަށް ލެންބުމަށްޓަކައި ކެމްޕޭންކުރުމާއި ތިމަރަފުށީގެ ރައްޔިތުންނަށް
ބިރުދެއްކުމާއި މަރުގެ އިންޒާރުދިނުންފަދަ ކަންތައްތައް ބައެއް ކެންޑިޑޭޓުންނާއި އެފަރާތްތަކަށް
ތާއީދު ކުރާ ފަރާތްތަކުން ހިންގާފައިވާއިރު، އެ އިންތިޚާބުގެ ކަންތައްތަކާއި ޙަވާލުވެގެންތިބި
އިލެކްޝަންސް ކޮމިޝަނުގެ ބައެއް އޮފިޝަލުންވެސް އިންތިޚާބުގައި ޤާނޫނާއި ޤަވާޢިދާއި
ދިވެހިރާއްޖޭގެ ހައިކޯޓް. މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: ]33147
އީމެއިލް: [email protected] ވެބް ސުއިޓް: www.highcourt.gov.mv
5
2009/HC-I-SH/01
ތ. އަތޮޅު
#
ޚިލާފު ޢަމަލުތަކެއް ހިންގާފައިވާކަމަށާއި އަދި މިދެފަރާތުން ހިންގާފައިވާ ޤާނޫނާއި ޤަވާޢިދާއި
ޚިލާފު ޢަމަލުތަކުގެ ސަބަބުން އިންތިޚާބުގެ ކަންތައްތައް ހިނގަމުން ދިޔައިރު
ތިމަރަފުށީގައި ބިރުވެރިކަން އުފެދި މިނިވަންކަމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި
އަމިއްލަ އިޚްތިޔާރާއި ރުހުމުގައި އެމީހަކު އިޚްތިޔާރު ކުރާފަރާތަކަށް ވޯޓްދިނުމުގެ ފުރުޞަތު
ގެއްލިދިޔުމުގެ ސަބަބުން މީލާދީ ސަނަތުން 2009 ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު
ތ. އަތޮޅު ތިމަރަފުށީގައި ނެގިފައިވާ ވޯޓަކީ ޤާނޫނީގޮތުން ޞައްޙަ ވޯޓެއް ކަމަށް
ނުބެލެވޭކަމަށާއި އެސަބަބުތަކަށްޓަކައި ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ތ. އަތޮޅު
ތިމަރަފުށީގައި އަލުން ވޯޓް ނެގުމަކީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭނެ
ކަމެއްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތ. އަތޮޅު ތިމަރަފުށީ ދާއިރާއަށް
ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކިނބިގަސްދޮށުގޭ މުޙައްމަދު ޣައްސާން
މައުމޫނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިމައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- މިއީ، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކައި މީލާދީ
ސަނަތުން 2009 ވަނައަހަރުގެ މެއި މަހުގެ 09 ވަނަދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ޢާއްމު
އިންތިޚާބާގުޅިގެން ތާއީދު ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައްޔާއި ވޯޓްލުމުގެ ކަންތައް
ހިނގަމުން ދިޔައިރުގައްޔާއި އަދި އޭގެ ފަހުގައިވެސް ތިމަރަފުށީގައި ޤާނޫނާއި ޤަވާޢިދާއި
ޚިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތް ކުރުމާއި އިންތިޚާބުގެ ނަތީޖާ ޤާނޫނާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ޚާވެ. ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316472
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަلޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2[09/HC-I-SH/0
ޚިލާފަށް ވަކި ފަރާތަކަށް ލެންބުމަށްޓަކައި ކެމްޕޭންކުރުމާއި ތިމަރަފުށީގެ ރައްޔިތުންނަށް
ބިރުދެއްކުމާއި މަރުގެ އިންޒާރުދިނުން ފަދަ ކަންތައްތައް ބައެއް ކެންޑިޑޭޓުންނާއި އެފަރާތްތަކަށް
ތާއީދު ކުރާ ފަރާތްތަކުން ހިންގާފައިވާއިރު، އެ އިންތިޚާބުގެ ކަންތައްތަކާއި ޙަވާލުވެގެންތިބި
އިލެކްޝަންސް ކޮމިޝަނުގެ ބައެއް އޮފިޝަލުންވެސް އިންތިޚާބުގައި ޤާނޫނާއި ޤަވާޢިދާއި
ޚިލާފު ޢަމަލުތަކެއް ހިންގާފައިވާކަމަށާއި އަދި މިދެފަރާތުން ހިންގާފައިވާ ޤާނޫނާއި ޤަވާޢިދާއި
ޚިލާފު ޢަމަލުތަކުގެ ސަބަބުން އިންތިޚާބުގެ ކަންތައްތައް ހިނގަމުން ދިޔައިރު އަތޮޅު
ތިމަރަފުށީގައި ބިރުވެރިކަން އުފެދި މިނިވަންކަމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި
އަމިއްލަ އިޚްތިޔާރާއި ރުހުމުގައި އެމީހަކު އިޚްތިޔާރު ކުރާފަރާތަކަށް ވޯޓް ދިނުމުގެ ފުރުޞަތު
ގެއްލިދިޔުމުގެ ސަބަބުން މީލާދީ ސަނަތުން 2009 ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު
އަތޮޅު ތިމަރަފުށީގައި ނެގިފައިވާ ވޯޓަކީ ޤާނޫނީގޮތުން ޞައްޙަ ވޯޓެއް ކަމަށް
ނުބެލެވޭކަމަށާއި އެސަބަބުތަކަށްޓަކައި ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ތ. އަތޮޅު
ތިމަރަފުށީގައި އަލުން ވޯޓް ނެގުމަކީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭނެ
ކަމެއްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބ. އަތޮޅު ތިމަރަފުށީ ދާއިރާއަށް
ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ހއ. ކިނބިގަސްދޮށުގޭ މުޙައްމަދު ޣައްސާން
މައުމޫނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިމައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.
02- ބުނެވިދިޔަ އިންތިޚާބުގެ ތެރޭގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންތިޚާބަށް
ނުފޫޒު ފޯރުވާފައިވާކަމަށް ބުނެ މި އިންތިޚާބީ ޝަކުވާ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ
99
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2009!HC-I-SH/1
ޤަޟިއްޔާ ނިމުނު ގޮތުގެ ދިޕޯޓް
ކަންކަމުގެ މައްޗަށް ބަލާއިރު ވޯޓްލުން ހިނގަމުން ދިޔައިރުގައި ވޯޓްފޮއްޓާއި ދާދިކައިރީގައި
އެމް.ޑީ.ޕީ ގެ ޖަގަހައެއް ބަންދުނުކޮށް ކެމްޕޭން ފޮތިތައް ދަމާ، ދިލަނަގައިގެން ހިންގަމުން
ގޮސްފައިވުމާއި، ކެމްޕޭން ހިނގަމުން ދިޔައިރުގައްޔާއި، ވޯޓްލުން ހިނގަމުން ދިޔައިރުގައިވެސް
ތިމަރަފުށީގައި ރައްޔިތުންނަށް ބިރުދައްކައި މުދަލާއި ނަފްސަށް ގެއްލުން ދިނުމުގެ އިންޒާރު
ދެމުންއައިސްފައިވުމާއި، އިންތިޚާބަށް ކެމްޕޭން ފެށުނު ފަހުން ރަށުތެރޭގައި ބިރުވެރިކަން
ފެތުރިފައިވުމުގެ ސަބަބުން އެމީހަކު އިޚްތިޔާރު ކުރާ ފަރާތަކަށް މިނިވަންކަމާއެކު ވޯޓްދިނުމުގެ
ފުރުޞަތު އެރަށުގެ ރައްޔިތުންނަށް ލިބިފައި ނުވުމާއި އިންތިޚާބުގެ ކަންތައްތައް ހިންގަން
ވޯޓްފޮށި ކައިރީގައި ތިބި އޮފިޝަލުންގެ މެދުގައިވެސް ބިރުވެރިކަން އުފެދިފައިވުމާއި މާރާމާރީ
ހިންގުމާއި މުދަލަށް ގެއްލުންދިނުން ހިމެނިފައިވާއިރު އެކަން ސާބިތުކުރުމަށްޓަކައި ހެކިންގެ
ގޮތުގައި 13 ފަރާތެއްގެ ނަން ހުށަހެޅި އޭގެ ތެރެއިން 09 ފަރާތަކުން 2009 ވަނަ އަހަރުގެ
މެއި މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެދުވަސްވަރު އެރަށުގެ ޢާންމު މާޙައުލަށް އައިސްފައިވާ ނުތަނަވަސްކަމާއި އެރަށުގެ ޙާލަތު
އޮތް ގޮތާއިބެހޭގޮތުން ބަޔާންދީފައިވާކަން ފާހަގަކުރެވިފައިވެއެވެ.
03-
2009 ވަނައަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ
.ވަރީޢަތުގެ މަޖިލީހަށް ހެކިންގެ ގޮތުގައި ބަޔާންދީފައިވާ ފަރާތްތަކު ގެ އިތުރަށް ބައެއް
ފަރާތްތަކުގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ދީފައިވާކަން ސާބިތުކޮށްދޭ ހެކިކަމަށްބުނެ ބައެއް
ފޮޓޯއާއި ވޯޓްލުމުގެ ތެރޭގައްޔާއި ވޯޓްލާ ނިމުނުފަހުން ތިމަރަފުށީގައި ވޯޓްލީ ދާއިރާގެ
ތެރޭގައްޔާއި އެދާއިރާގެ ވަށައިގެންވާ ސަރަޙައްދުގައި ހިނގާފައިވާ ޤާނޫނާއި ޤަވާޢިދާއި ޚިލާފު
44
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.laighcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2000/HC-I-SH/0!
ކަންތައްތަކާބެހޭ ވީޑިއޯ ކްލިޕަކާއި އޯޑިއޯ ރިޕޯޓެއްގެ އިތުރަށް އިލެކްޝަންސް ކޮމިޝަނުގެ
ކަމާބެހޭ ވަފްދުގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓަކާއި މިނިވަން މުސްތަޤިއްލު
މުއައްސަސާތަކުގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން އެ އިންތިޚާބުގެ ތެރޭގައި ތިމަރަފުށީގައި
ކަންތައްތައް ހިނގައިދިޔަގޮތާއި އެރަށުގެ މާޙައުލުގައި އުފެދިފައިވާ ނުތަނަވަސްކަމާއި
ބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުތައްވެސް 2009 ވަނަ އަހަރުގެ މެއި މަހުގެ 14
ވަނަދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާކަން
ފާހަގަކުރެވިފައިވެއެވެ.
04- މި މައްސަލައާއި ގުޅިގެން ހެކިންގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް
ބަޔާންދީފައިވާ ފަރާތްތަކުގެ ހެކިބަހަށް ބަލާއިރު 2009 ވަނައަހަރު މެއިމަހުގެ 09 ވަނަދުވަހު
ދިވެހިރާއްޖޭގައި ބޭއްވުނު ޢާއްމު އިންތިޚާބާ ގުޅިގެން ތިމަރަފުށީގައި އިންތިޚާބަށް
ކެމްޕޭންކުރަން ފެށުނުފަހުން ރަށުތެރޭގައި ވާދަވެރިކަން އުފެދި ޤާނޫނާއި ޤަވާޢިދާއި ޚިލާފު
ކަންތައްތައް ޢާއްމުވެފައިވާ ކަމަށާއި ބައެއް ކެންޑިޑޭޓުންނާއި އެފަރާތްތަކަށް ތާއީދުކުރާ
ފަރާތްތަކުން، އެފަރާތަށް ތާއީދުނުކުރާ ފަރާތްތަކާމެދު ޖެއްސުންކުރުމާއި، ދިމާކުރުމާއި،
މާރާމާރީ ހިންގުމާއި، މުދަލާއި ތަކެއްޗަށް ގެއްލުންދިނުމާއި، މަރުގެ އިންޒާރުދިނުންފަދަ
ކަންތައްތައް ހިންގާފައިވާކަމަށް ބުނެފައިވާއިރު، އިންތިޚާބާ ގުޅިގެން ތ. ތިމަރަފުށީގެ
މާޙައުލަށް އައިސްފައިވާ ނުތަނަވަސްކަން ސިފަކުރުމަށް އެދުވަސްވަރު އެރަށުގެ ކަންތައްތައް
ހުރީ 1988
ވަނައަހަރުގެ ނޮވެމްބަރމަހުގެ 03 ވަނަދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33147
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2009/HC-I-SH/01
ނިމުނު ގޮތުގެ ރިޕޯޓް
ޢުދުވާނީ ޙަމަލާގެ ތެރޭގައި ކަންތައް ހިނގާދިޔަގޮތަށް ކަމަށްބުނެ، އެރަށަށް ވެރިވެފައިވާ
ނާމާންކަމާއި ބިރުވެރިކަން މި މައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް އެކިދީފައިވާ ބައެއް ހެކިން ސިފަކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
05-
2009 ވަނައަހަރު މެއި މަހުގެ 19 ވަނަދުވަހު ބޭއްވުނު ޢާއްމު އިންތިޚާބާ
ގުޅިގެން ތިމަރަފުށީގައި އިންތިޚާބުގެ ކަންތައްތައް ހިނގައިދިޔަގޮތާއި އެ އިންތިޚާބު
ހިނގަމުން ދިޔައިރު އެރަށުގެ އަމަންއަމާންކަމުގެ ޙާލަތާއި އެ މާޙައުލު އޮތްގޮތް ދިރާސާކުރި
ބައެއް މުސްތަޤިއްލު ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަން
ހިމެނިފައިވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އެކަމާބެހޭގޮތުން
ތައްޔާރުކޮށްފައިވާ ރިޕޯޓް ހުށަހެޅިފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
ox ox
4 0.
އަސާސީގެ 149 ވަނަ މާއްދާގެ ދަށުން އުފެދި، ޤާނޫނު ނަންބަރު 6
/
2006ގެ ދަށުން
ހިނގަމުންދާ ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޤާނޫނީގޮތުން ޙަވާލުވެފައިވާ
މޭންޑޭޓާއި މަސްއޫލިއްޔަތުގެ ތެރޭގައި:-
އިންސާނީ ޙައްޤުތަކަށް މީހުންގެ ހިތްތަކުގައި އިޙްތިރާމް އަށަގެންނެވުމަށް
*2
މަސައްކަތް ކުރުމާއި،
އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުރިއެރުވުމާއި އެޙައްޤުތައް
ހޯދައިދިނުމަށް މަސައްކަތް ކުރުމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.inv
10
2009/HC-I-SH/01
ނ. އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތްމިންވަރު ބަލް ވަޒަންކުރުމާއި
އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު ތަޙްޤީޤުކޮށް އަންގަންޖެހޭ ފަރާތްތަކަށް
އެންގުމާއި،
ދ. އަސާސީ ޙައްޤެއް ނިގުޅައިގަނެފިނަމަ ޤާނޫނުގައިވާގޮތުގެ މަތިން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމާއި،
ބ. ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކަށް ނިސްބަޘްވާ އިދާރާއަކުން
ވިޔަސް އިންސާނީ ޙައްޤުތަކާއި ޚިލާފަށް ކަމެއް ހިންގާކަމަށްބުނެ ހުށަހަޅާ ޝަކުވާތައް ބަލައި
4 2 4 2 22 92
އެކަމާ ގުޅޭގޮތުން އަޅަން އެ ކޮމިޝަނަށް ފެންނަ ފިޔަވަޅުތަކާބެހޭގޮތުން އެ އިދާރާއަކަށް
ލަފާދިނުމާއި،
އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް
ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް ކޮމިޝަނަށް ފެންނަމީހުން ނުވަތަ ފަރާތްތަކުގެ
މައްސަލަތައް ތަޙްޤީޤުކޮށް ބެލުމާއި، ބުނެވިދިޔަފަދަ ކަމެއް ހުއްޓުވުމަށާއި ހިނގިޔަނުދިނުމަށް
ފިޔަވަޅު އެޅުމުގައި އިހްމާލުވެފައިވާކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ އެ މައްސަލަ ތަޙްޤީޤުކޮށް
ބެލުން ފަދަ އެންމެހައިކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 192 ވަނަ
މާއްދާއާއި ޤާނޫނު ނަންބަރު 6/2006 (ހިއުމަންރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ ދަށުން
އެކޮމިޝަނާއި ޙަވާކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް ވެފައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ ދަށުން ލިބިދޭ އަސާސީ ޙައްޤުތަކާ، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި
ޤަރާރުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކުގައި
40 /
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2009HC-[-SH/01
ނިމުނު ގޮތުގެ ރިޕޯޓް
ދެބެން
ކަނޑައަޅާފައިވާ ޙައްޤުތަކުގެ ތެރެއިން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާ ޙައްޤުތަކަކީ
އިންސާނީ ޙައްޤުތައް ކަމަށް ޤާނޫނު ނަނަބްރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަން ގެ
ޤާނޫނޫ) ގެ 36 ވަނަ މާއްދާގައި ބުނެފައިވުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ ދަށުން އަސާސީ ޙައްޤުތަކުގެ ގޮތުގައި ޙިމާޔަތްކޮށްދީފައިވާ ޙައްޤުތަކުގެ ތެރޭގައި
އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓްތަކުގައި ވޯޓް ދިނުމުގެ
ޙައްޤާއި އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބު
މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤުގެ އިތުރަށް
އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި ސިޔާސީ ޕާރޓީތައް
އުފައްދައި ހިންގައި، ޕާރޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޤާނޫނުތަކާއި
ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއާއި 30 ވަނަ މާއްދާއިން
ކަށަވަރުކޮށްދީފައިވާތީ ދިވެހިރައްޔިތެއްގެ މިފަދަ އަސާސީ ޙައްޤަކަށް އަރައިގަނެވޭ ކޮންމެ
ހިނދެއްގައި އެކަމަކާ ގުޅިގެން ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ހިއުމަން ރައިޓްސް
ކޮމިޝަނުގެ ފަރާތުން އަޅަމުން ގެންދާ ފިޔަވަޅަކާމެދު ޤާނޫނީގޮތުން އިޢްތިރާޒު ކުރެވޭނެ
8 40 4
އެއެވެސް މައެއް ފެނިދާނެކަ
ދިމައެއް ނޯންނާނެކަން ފާހަގަކުރެވިފައިވެއެވެ.
06- ބުނެވިދިޔަ އިންތިޚާބާ ގުޅިގެން ކ. އަތޮޅު ތިމަރަފުށީގައި ކަންތައް
ހިނގާދިޔަގޮތާއި އެރަށުގެ ޢާއްމު ޙާލަތާއި އަމަންއަމާންކަމާއި އެރަށުގައި އެދުވަހު ނެގިފައިވާ
ވޯޓާއިބެހޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ތައްޔާރުކޮށް 2009 ވަނައަހަރުގެ މެއި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މްވެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 33147
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009HC-I-SH/01
12 ދަޟިއްޔާ ނިމުނު ގޮ
މަހުގެ 21 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ
ރިޕޯޓަށް ބެލިއިރު: އެމް.ޑީ.ޕީ ގެ އޮބްޒަރވަރަކު މުސްކުޅި އަންހެނަކު ގަދަކަމުން ވޯޓުލާން
ވައްދަންވެގެން އުޅުނުކަން ފާހަގަކުރެވުމާއި ވޯޓުލާ ސަރަޙައްދުން ބޭރުގައި ތިބޭ މީހުންނަށް
އައިޑީ ކާރޑް ހިފައިގެންވޯޓުލާން އައުމަށް ގަދައަޑުން ގޮވައި ބާރުއަޅަމުން ދިޔަކަމަށާއި،
އެމް.ޑީ.ޕީ ގެ ކެންޑިޑޭޓުގެ އޭޖެންޓް އިލެކްޝަންސްގެ އޮފިޝަލަކަށްހުރެ ވޯޓުލާ
މަރުކަޒުގައި ވޯޓްލާންގޮސް ތިބިމީހުންނާއި ގިނަގިނައިން ވާހަކަދައްކާ ހަދަމުން ގެންދިއުމުގެ
434
އިތުރަށް ވޯޓުލީ ދުވަހުގެ ދަންވަރު ތ. ތިމަރަފުށީގައި އޮތް ދޯންޏެއްގައި ރޯކޮށްލިކަމުގެ
440
މަޢްލޫމާތާއި، ޑީ.އާރ.ޕީގެ ކެމްޕޭން ޖަގަހައިގެ ބިއްލޫރިތައް ތަޅާލިކަމުގެ މަޢްލޫމާތު ތ.
ތިމަރަފުށީގެ ޕޮލިސް އިން ޗާޖް ސަބް އިނިސްޕެކްޓަރ، ހިޔުމަން ރައިޓްސް ކޮމިޝަންގެ
ބޭފުޅުންނަށް ފޯނުން މަޢްލޫމާތު ދެއްވާފައިވުމާއި، ތިމަރަފުށީގައި ބެހެއްޓިފައިހުރި ނަންބަރު
N02-3-2 ވޯޓްފޮއްޓާއި ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދޭ ޤައުމީ ކޮމިޓީގައި
ހިމެނޭ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރަށް އިލެކްޝަންސް ކޮމިޝަނުން ލިބިފައިވާ
މަޢުލޫމާތުގެ ތެރޭގައި އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ)
ގައިވާގޮތުގެ މަތިން ވޯޓުފޮށި ބަންދުކުރެވިފައި ނުވާކަމާއި އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނުގެ
53 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން ވޯޓު ނެގުން ނިމުމާއިއެކު، ވަކިގޮތަކަށް
ބަންދުކުރަން ޚާއްޞަކުރެވިފައިވާ ސެކިއުރިޓީ އުރަތައް ބަންދުކުރެވިފައި ނުވާކަމާއި އަދި މި
މާއްދާގައިވާގޮތުގެ މަތިން ބާކީހުރި ވޯޓްކަރުދާހާއި، ކައުންޓަރ ފޮއިލުތައް އެކަމަށް
ޚާއްޞަކުރެވިފައިވާ ސެކިއުރިޓީ އުރައިގައި ބަންދުކުރެވިފައި ނުވުމާއި، ވޯޓުފޮށީގައިހުރި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.tny
13
2009/HC-I-SH/di
20 8
ކަރުދާހުގެ އަދަދާއި ކައުންޓަރ ފޮއިލްގެ ޢަދަދު ދިމާނުވުމާއި 15 ވޯޓުކަރުދާހަށް
ވީނުވީގޮތެއް ނޭނގުމާއި، އަދި އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ)
އާއި ޚިލާފަށް ވޯޓުތައް ގުނާ ޢަދަދުކޮށް ނަތީޖާ ހޯދުމުގައި ވޯޓުފޮށި ކައިރީގައި ތިބި ބައެއް
މޮނިޓަރުންނާއި، އޮބްޒަރވަރުން ބައިވެރިވީކަމާއި، އަދި އެ އިންތިޚާބުގެ ކަންތައް ހިނގާ
ނުހިނގާގޮތް ބެލުމަށް ކޮޅުމަޑުލުގައި ޙަރަކާތްތެރިވި ހިއުމަން ރައިޓްސް ކޮމިޝަނުގެ
އޮފިޝަލުންނަށް ކޮޅުމަޑުލު ތިމަރަފުށީގައި ބެހެއްޓިފައި ހުރި 2-3-N02 ނަންބަރު
ވޯޓުފޮއްޓާއި ބެހޭގޮތުން ލިބިފައިވާ މަޢުލޫމާތުގެ ތެރޭގައި ތިމަރަފުށީގައި ބެހެއްޓިފައިހުރި
-N02-3 ވޯޓްފޮއްޓާއި އެރަށުގައިހުރި 2-3-N02 ވޯޓު ފޮށި ބެހެއްޓިފައިވާ ސަރަޙައްދުގައި
އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 100
ފޫޓްހަމަނުވާކަމާއި، ވޯޓުފޮށި ބަލަހައްޓަންތިބި އޮފިޝަލުންގެ އަމަލުތައް ޖުމްލަގޮތެއްގައި
ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހުރިކަމާއި، މިގޮތުން ވޯޓުލާ މަރުކަޒުގެ އިސްވެރިއެއްގެ ގޮތުން،
ކަނޑައަޅާފައިވާ މީހާގެ މަސައްކަތް، ކޮމްޕްލެއިންޓްސް އޮފިސަރެއްގެ ގޮތުގައި ކަނޑައަޅާފައި
ހުރި މީހާ ކުރަމުން ގެންދިޔަކަމާއި، އަދި ވޯޓުފޮށި އޮބްޒާވް ކުރުމުގައި ޙަރަކާތްތެރިވި
ފަރާތްތަކުގެ ޢަމަލުތައްވެސް ޖުމްލަގޮތެއްގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހުރިކަމާއި،
މިގޮތުން ވޯޓުލާ މަރުކަޒުގައިތިބި އޮފިޝަލުންގެ މަސައްކަތަށާއި، ވޯޓްލާން އަންނު
ފަރާތްތަކަށް ދަތިވާގޮތަށް ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް އެފަރާތްތަކުން އަމަލުކުރަމުން
ދިޔަކަމާއި، އޮބްޒާވް ކުރުމުގައި ޙަރަކާތްތެރިވި މީހުންނާއި ވޯޓުލާ މަރުކަޒުގައިތިބި
އޮފިޝަ
ޝަލުންވެސް ވޯޓުލާންގޮސް ތިބިމީހުންނަށް ވަކިގޮތަކަށް ވޯޓުލާން އިޝާރާތްކޮށް ބާރުއަޅާ
oxo
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14
2009/HC-I-SH/05
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
OXO
ހެދިކަމާއި ކޮޅުމަޑުލު ތިމަރަފުށީގައި ބެހެއްޓިފައިހުރި ނަންބަރު 1-3-N02 ވޯޓްފޮއްޓާއި،
ނަންބަރު 2-3-N02 ވޯޓުފޮއްޓަށް ވޯޓްލުމުގައި ބައެއް ކެންޑިޑޭޓުންނާއި އެފަރާތްތަކަށް
ތާއީދުކުރާ ފަރާތްތަކުން ހިންގާފައިވާ ޤާނޫނާއި ޚިލާފު ޢަމަލުތަކުގެ ސަބަބުންނާއި
ތިމަރަފުށީގައި މިނިވަންކަމާއިއެކު އެމީހަކު އިޚްތިޔާރުކުރާ ފަރާތަކަށް ވޯޓުލެވޭނެ މިނިވަން
ރައްކާތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މާޙައުލެއް ޤާއިމުކުރެވިފައި ނެތުމުގެ
ސަބަބުންވޯޓަށް އެކަށީގެންނުވާ ނުފޫޒު ފޯރާފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް
ޤަބޫލުކުރެވޭތީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އޮންނަންޖެހޭ ރައްޔިތުންގެ
އިތުބާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް
މެމްބަރުން
އިންތިޚާބު
ކުރުމަށްޓަކައި، ކޮޅުމަޑުލު ތިމަރަފުށީގައި ބަހައްޓާފައިހުރި 1-2-N02 ވޯޓުފޮއްޓާއި
A02-3-2 ވޯޓުފޮއްޓަށް އަލުން ވޯޓުލުމާއިމެދު، އިލެކްޝަންސް ކޮމިޝަނުން
ވިސްނާވަޑައިގަތުމަށް އެކޮމިޝަނުގައި ދެންނެވިފައިވާނެ ދިވެހިރާއްޖޭގައި އިންސާނީ
ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 189 ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ
މަންދޫބު މައްސަލަ އާއިގުޅިގެން 2009 ވަނައަހަރު މެއި މަހުގެ 21 ވަނަދުވަހު ބޭއްވުނު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައިވާއިރު ހިއުމަން ރައިޓްސް
ކޮމިޝަންގެ އިތުރަށް މި މައްސަލައާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާން
ހުށަހަޅާފައިވާ މުސްތަޤިއްލު ފަރާތްތަކުގެ ތެރެއިން ޓުރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން
/ އދއޖ 25
ނމނވ
44
އެއިންތިޚާބާ ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެދުވަހު ދިވެހިރާއްޖޭގައި ބޭއްވިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/01
15 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިންތިޚާބުގައި ޢާއްމުގޮތެއްގައި އެދުވަހު ވޯޓްލުމުގެ ކަންތައް ހިނގައިދިޔައީ
ޓްރާންސްޕޭރަންސީ އާއި މަޑުމައިތިރިކަމާއެކުގައިވިޔަސް ތ. ތިމަރަފުށީގައި ޤާނޫނާއި ޤަވާޢިދާ
ޚިލާފަށް
ގިނަ
ކަންތައްތަކެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން ފާހަގަކުރެވިފައިވާއިރު،
އެމައްސަލައާ ގުޅިގެން އިސްލާމިކް ޑިމޮކްރެޓިކް ޕާރޓީގެ ފަރާތުން ތައްޔާރުކޮށް ޝަރީޢަތަށް
ހުށަހެޅިފައިވާ ރިޕޯޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ކެމްޕޭން ފެށުނުފަހުން
އިންތިޚާބު ބޭއްވުނުދުވަހާ ހަމައަށް އެ އިންތިޚާބަށް ޤާނުނާއި ޚިލާފަށް ނުފޫޒު ފޯރުވުމަށްޓަކައި
އެރަށުގައި ހިނގާފައިވާކަމަށް އެފަރާތުން ދެކޭ 06 ކުށެއް ފާހަގަކޮށް 2009 ވަނައަހަރުގެ
މެއިމަހުގެ 09 ވަނަދުވަހު ބޭއްވުނު އިންތިޚާބާ ގުޅިގެން ތ. ތިމަރަފުށީގައި ހިނގާދިޔަ
ކެމްޕޭނާއި ނެގުނު ވޯޓަކީ، މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއްކަމަށް ނުދެވޭކަމަށާއި،
އެއީ އެ ޕާރޓީގެ ނަޒަރުގައި ޑިމޮކްރެސީއަށް ކުރެވުނު މަލާމާތެއް ކަމުގަ
މަލާމާތެއް ކަމުގައި މެނުވީ
ނުދެކޭކަމަށް ބުނެފައިވާކަން ފާހަގަކުރެވިފައިވެއެވެ.
07- އިންތިޚާބުތަކުގައި އެކިއެކި މަޤާމްތަކަށް ކުރިމަތިލުމުގެ ޙައްޤާއި އެމީހަކު
އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބަކު މެދުވެރިކޮށް
ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ "ހ"، އަދި "ނ" ގެ ދަށުން
ދިވެހިރައްޔިތުންނަށް އަސާސީ ޙައްޤެއްގެ ގޮތުގައި ލިބިދީފައިވާ ޙައްޤަކަށްވާއިރު، ޤާނޫނުގައި
ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާއްމު
483
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/01
16 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ވޯޓުތައް ނެގުމާއި އެވޯޓްތަކުގެ ނަތީޖާ އިޢުލާން ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ
ހދު 43x
0
މަސްއޫލިއްޔަތަކަށް ވީ ފަދައިން އިންތިޚާބުތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމުވޯޓު
ނެގުމަށް ކުރަންޖެހޭ ކަންތަކާއި އެކަންތައްތައް ހިންގުމާއި ބެލެހެއްޓުމާއި އެކަންތައްތަކަށް
މަގުފަހިކުރުމާއި އެކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު ބިރުވެރިކަމެއް، ބިރުދެއްކުމެއް
ތަޅާފޮޅުމެއް، ނުރަނ ނުފޫޒެއް އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއިއެކު
ރައްޔިތުންނަށް ވޯޓްލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަކަށްކަން ކަށަވަރު ކުރުމަކީވެސް
އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ ވަނަ މާއްދާގައި ސާފުބަހުން ކަނޑައަޅާ ބަޔާންކޮށްފައިވާކަން
170
ފާހަގަކުރެވިފައި އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން އިލެކްޝަންސް ކޮމިޝަނާ ޙަވާލުވެފައިވާ އިސްވެ
ބުނެވުނު މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް
ކުރުމާއި ދިވެހިރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓް
ނެގުމުގެ ކަންތައްތައް ހިނގަންވާނީ އިންޞާފުވެރި ކަމާއެކު މީހެއްގެ އަމިއްލަ ނަފުސަށް
ނުވަތަ މިލްކަކަށްވިޔަސް ބިރުވެރިކަމެއް ނުވަތަ ބިރުދެއްކުމެއް، ތަޅާފޮޅުމެއް، މާރާމާރީއެއް
ނުވަތަ ނުރަނގަޅު ނުފޫޒެއް ނެތި އަމާންކަމާއި އޮމާންކަންމަތީގައި ކަން ކަށަވަރުކޮށް
އެނޫންގޮތަކަށް ކަންތައްހުރިނަމަ އެކަމެއް އިޞްލާޙުކޮށް އެ އިންތިޚާބެއް މެދުވެރިކޮށް
ރައްޔިތުން ހޮވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށާއި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަން ހީނަރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 47!33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2009}lic.j-SlI{{p1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކަންތައް ކުރުމަކީވެސް އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން ރަނގަޅަށް
އެނގޭކަމަށެވެ.
08- ބުނެވިދިޔަ އިންތިޚާބާ ގުޅިގެން ތ. ތިމަރަފުށީގައި ކަންތައްތައް ހިނގާދިޔަގޮތާއި
ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ އިލެކްޝަންސް ކޮމިޝަންގެ
ކަމާއިބެހޭ ވަފްދުން ތައްޔާރުކޮށް އެވަފްދުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަނުގެ ވަފުދުގެ
އެންމެ އިސްވެރިޔާ ސޮއިކޮށްފައިވާ ރިޕޯޓަށް ބެލިއިރު 2009 ވަނައަހަރުގެ 09
ވަނަދުވަހުގެރޭ 21 ގަޑިއާއި 22 ގަޑިއާއި ދެމެދުގެ ވަގުތެއްގައި ތ. އަތޮޅު ތިމަރަފުށީގައި
ދެވުނު ވޯޓްފޮށިތައް ބެހެއްޓިފައިހުރި އެރަށު ރަށުއޮފީހަށް ދިޔައިރު އެރަށުގެ އިލެކްޝަންސް
އޮފިސަރު ފިޔަވައި އެހެން އެއްވެސް އޮފިޝަލަކު އެތާނގައި ނެތްކަމަށާއި އަދި އޮފީހުގައި
ބެހެއްޓިފައިހުރި ވޯޓްފޮއްޓާއި ޙަވާލުވާން ބެލިއިރު ބަންދުކުރަންޖެހޭ ސެކިއުރިޓީ އުރަތައް ހުރީ
ބަންދުނުކޮށް ނަންބަރު 1-N024 ވޯޓްފޮށީގެ ތެރޭގައި ކަމަށާއި، އެކަން އެގޮތަށް
ފާހަގަވުމާގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މަޝްވަރާގެ މަތިން އެފޮއްޓާއި ޙަވާލުވެތިބި
އެންމެންގެ ބަޔާންތައް ސިއްރުގޮތެއްގައި ފުލުހުންމެދުވެރިވެ، ނަގައިދިނުމަށް ފުލުހުންގެ
ކިބައިން އެދިފައިވާނެކަމަށާއި، އެނޫންގޮތަކަށް އެފަރާތްތަކުގެ ބަޔާންތައް ނަގަންޖެހިއްޖެނަމަ
އެރަށުގެ ޙާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި އެކަމުގައި
އުޅުނުފަރާތްތަކުގެ ބަޔާންތައް ނަގާ ތަޙްޤީޤު ކުރުމަށްވުރެ އިދާރީގޮތުން ކުރަންޖެހޭ
ކަންތައްކުރުމަށްފަހު އެރަށުން ފުރުމަކީ އެންމެ މަޞްލަޙަތު ހުރިގޮތްކަމަށާއި އެހެންނޫނަމަ
ވޯޓްކަރުދާސް ނުގުނި ރަށުންވެސް ނުފުރި ހިނގައިދާނެކަމަށާއި އެގޮތަށް ފުލުހުން ނިންމެވީ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SIT}01
18 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ތަޙްޤީޤު ކުރާކަން ގިނަބަޔަކަށްއެނގި މަޞްލަހަތު ގޯސްވެދާނެކަމުގެ ބިރަށްޓަކައި ކަމަށް
އިލެކްޝަންސް ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައި އޮތުމުން އެދުވަހު އެރަށުގެ މާޙައުލަށް
އައިސްފައިވާ ނުތަނަވަސްކަން ފުލހުންނަށްވެސް ވަޒަންކުރެވިފައިވާކަމަށް ޝަރީޢަތަށް
ޤަބޫލުކުރެވިފައިވެއެވެ.
09- މި މައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުގެ
ތެރޭގައި ހިމެނޭ ތ. ތިމަރަފުނީގެ ނަންބަރު 1-3-N02 ވޯޓްފޮށީގެ ކަންހިނގައިދިޔަގޮތުގެ
ރިޕޯރޓަށް ބެލިއިރު ވޯޓްލާ ދުވަހު އެސަރަޙައްދުގައި ހިނގާފައިވާ އާދަޔާއި ޚިލާފު
ޙާދިސާއެއްގެ ގޮތުގައި، ވޯޓްނެގުން ނިންމާ، ފޮށި ބަންދުކުރުމަށްފަހު، 1 ގަޑިއިރުފަހުން ވޯޓް
ގުނުމަށް މޭޒުމައްޗަށް އޮއްސާލުމާއެކު ޢާއްމުންގެ ތެރެއިން ގިނަޢަދަދެއްގެ ބަޔަކު އެތަނަށް
ވަދެ، ވޯޓް ގުނުން ހުއްޓުވާލާފައިވަނިކޮށް ފުލުހުންގެ އެހީތެރިކަމާއެކު ވޯޓްފޮށި ގުނަންފެށުނީ
އޭގެ އެއްދުވަސްފަހުން އަނެއްދުވަހުގެ 9.25 އެހާކަންހާއިރުގައިކަމަށާއި، އަދި އެރޭ އެތަނަށް
ވަންމީހުން އެތަނަށްވަދެ ބާކީހުރި 115 ވޯޓް ކަރުދާސް ވަގަށް ގެންގޮސްފައިވާކަމަށް ބުނެ
އެކަންކަން އާދަޔާޚިލާފު ޙާދިސާއެއްގެ ގޮތުގައި އެވޯޓްފޮއްޓާއި ޙަވާލުވެތިބި އޮފިޝަލުން
އެރިޕޯޓުގައި ފާހަގަކޮށްފައިވާއިރު އެވޯޓްފޮށީގެ ވަގުތީ ނަތީޖާޝީޓްގައި ވޯޓު ގުނި އޮފިޝަލުގެ
އިތުރަށް ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނު) ގެ 58 ވަނަ
މާއްދާގެ ދަށުން އިތުރުދެމީހަކު ސޮއިކުރަންޖެހޭއިރު ސޮއިކުރަންޖެހޭ އެތަނުގައިވެސް
ސޮއިކޮށްފައިވަނީ އަސަދު އިބްރާހީމްއެވެ ކިޔާމީހަކު ކަން ފާހަގަކުރެވިފައިވެއެވެ.
oxo
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3225029، ފެކްސް: 32147
އީމެއިލް [email protected] ދެބް ސައިޓް:
www.highcourt.gov.my : ;
2009/HC-I-SH/0]
19 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
-l0
މި މައްސަލައާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) އަށާއި،
ޝަރީޢަތުގެ މަޖިލީހަށް ހެކިންގެ ގޮތުގައި ޙާޟިރުކުރެވިފައިވާ ފަރާތްތަކުގެ ހެކިބަހުގެ
މައްޗަށާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ ތެރެއިން ހިއުމަން ރައިޓްސް
ކޮމިޝަނާއި، ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އައިޑީ.ޕީ ގެ އިތުރަށް 2009
ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު ބޭއްވުނު ޢާއްމު އިންތިޚާބާއި ގުޅިގެން ތ.
ތިމަރަފުށީގައި ކަންތައް ހިނގާދިޔަގޮތާބެހޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ވަފުދުން
ތައްޔާރުކޮށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ
ހ. ފުރަތަމަ ކަމަކީ:- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 172 ވަނަ
މާއްދާގެ (ހ) ގެދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ބެލެވެމުން މިދާ އިންތިޚާބީ
ޝަކުވާއާބެހޭ މައްސަލައަކީ މީލާދީ ސަނަތުން 2009 ވަނައަހަރުގެ މެއިމަހުގެ 19 ވަނަދުވަހު
ދިވެހިރާއްޖޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެމްޕޭން ކުރަން ފެށުމާއެކު
ތިމަރަފުށީ ދާއިރާއަށް ކުރިމަތިލާފައިވާ ބައެއް ކެންޑިޑޭޓުންނާއި އެފަރާތްތަކަށް
ތާއީދުކުރާ ފަރާތްތަކުން އެރަށުގައި ހިންގަން ފެށި ޤާނޫނާއި ޤަވާއިދާ ޚިލާފު ޢަމަލުތަކެއްގެ
ސަބަބުން މީހުންގެ ހިތުތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށާއި މީސްމީހުންގެ ނަފުސަށާއި
-1
އަތޮޅު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ލޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/gl
20 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
4 ·
ގޯތިގެދޮރަށާއި މިލްކިއްޔާތަށް ގެއްލުންދިނުމާއި މަރުގެ އިންޒާރުދިނުންފަދަ ކަންތައްތައް
ޢާއްމުވުމުގެ ސަބަބުން ވޯޓްލުމުގެ ކުރީގައްޔާއި ވޯޓްލާ ދުވަހުގައްޔާއި ވޯޓްލުމުގެ ކަންތައްތައް
ހިނގަމުން ދިޔައިރުގައްޔާއި އަދި އޭގެ ފަހުގައިވެސް އެރަށުގައި އަމަން އަމާންކަން ގެއްލި
މުޅި ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފެތުރިފައިވާތީ އެރަށުގެ ރައްޔިތުންނަށް އަމިއްލަ
އިޚްތިޔާރާއި ރުހުމުގައި އެމީހަކު ޚިޔާރުކުރާ ފަރާތަކަށް ވޯޓްލުމުގެ
ފުރުޞަތު
مو ک مروک مرگ
ގެއްލިފައިވާކަމަށާއި ބުނެވިދިޔަ ކަންތައްތައް އެގޮތުގެމަތިން ހުރުމުގެ އިތުރަށް އެކަންކަމަކީ
އިންތިޚާބީ ޙައްޤުގެ ފައިދާ ނަހަމަގޮތަކަށް ވަކިފަރާތަކަށް ލެންބުމަށްޓަކައި ވަކިފަރާތަކުން
ކޮށްފައިވާ ކުށްވެރި ޢަމަލަކަށްވެފައި، އޭގެ ސަބަބުން އިންތިޚާބަށް އެކަށީގެން ނުވާ ނުފޫޒު
ފޯރާފައިވާކަމަށް ބުނެ 2009 ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު ބޭއްވުނު ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ތ. އަތޮޅު
ތ. އަތޮޅު ތިމަރަފުށީގައި ލާފައިވާ ވޯޓް ބާޠިލުކޮށް ޤާނޫނު
ނަންބަރު 1/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) އާއި އެއްގޮތްވާ
މަތިން
ތިމަރަފުށީ ދާއިރާގައި އަލުން ވޯޓް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދިނުމަށް
އެދި ހުށަހެޅިފައިވާ ދަޢުވާއަކަށްވާއިރު، އެދަޢުވާ ބިނާކޮށްފައިވަނީ އެދުވަސްވަރު އެރަށުގެ
ޢާއްމު ޙާލަތަށް އައިސްފައިވާ ނުތަނަވަސްކަމާއި ބިރުވެރިކަމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިދީފައިވާ ފަރާތްތަކުގެ ހެކިބަހާއި މިނިވަން މުސްތަޤިއްލު
މުވައްސަސާތަކުގެ ތެރެއިން އެދުވަސްވަރު ތިމަރަފުށީގެ ޢާއްމު ޙާލަތު އޮތްގޮތާއި ވޯޓްލުމުގެ
ކަންތައްތައް ހިނގައިދިޔަގޮތާއި ވޯޓްލާ ނިމިގެން ވޯޓްގުނަންފެށުމުގެ ކުރީގައި ކަންތައްތައް
ހިނގައިދިޔަގޮތާއިބެހޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއި، ޓްރާންސްޕޭރަންސީ މޯލްޑިވްސް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: vWv
-
highcourt.gov.tmv
2009/HC-I-SH/01
21 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
44 44
އާއި އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅިފައިވާ ރިޕޯޓުގެ މައްޗަށްކަން އެނގެން އޮވެއެވެ.
ށ- ދެވަނަކަމަކީ:- ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމުވޯޓްތަކުގައި ވޯޓްދިނުމުގެ
ޙައްޤާއި އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި އެމީހުން
އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް
ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤަކީ އެޙައްޤުގައި ޙިއްޞާކުރާ
އެހެނިހެން އިންތިޚާބީ ދާއިރާތަކުގެ ރައްޔިތުންނެކޭވެސް އެއްފަދައަކުން 2009 ވަނައަހަރުގެ
މެއިމަހުގެ 09 ވަނަދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި
ބައިވެރިވުމުގެ ޝަރުޠުފުރިހަމަ ވެފައިވާ ތ. ތިމަރަފުށީގެ އެންމެހައި ރައްޔިތުންނާއި އެ
ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓުންނަށްވެސް އެއްވެސް އިސްތިސްނާއެއް ނެތި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ
ޙައްޤެއް ކަމާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި
ބުނެފައިވާ ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން މެނުވީ ދިވެހިރާއްޖޭގައި އެފަދަ ޙައްޤަކަށް
އެއްވެސް ސިފައަކުން އަދި އެއްވެސް މިންވަރަކަށް ހުރަސްއެޅުމުގެ ޙައްޤު ހަމަ އެކަކަށްވެސް
ލިބިގެން ނުވާނެތީއާއި ބުނެވިދިއުފަދަ އެންމެހައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ޤާނޫނު
އަސާސީގައިވާގޮތުގެ މަތިން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހި ދައުލަތުގެ އެންމެހައި
މުއައްސަސާތަކުގެ މައްޗަށްވެސް ވާޖިބުވެގެންވާކަމެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 325029، ފެކްސް: ]331647
އީމެއިލް [email protected] ވެބް ސައިޓް: www.lhigllcourt.gov.mv
22
2091ilC.I-Sl[/u5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤާނޫނު އަސާސީގެ 18
ވަނަ މާއްދާގައި ފާޅުކަން ބޮޑުގޮތެއްގައި ކަނޑައަޅާ
ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
ތިންވަނަކަމަކީ:- ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހައި އިންތިޚާބުތަކަކީ ދީމުގުރާތީ
އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން،
އިންޞާފުވެރި، ބިރުވެރިކަމާއި، ބިރުދެއްކުމާއި، ތަޅާފޮޅުމެއް ނުވަތަ ނުރަނގަޅު
ނުފޫޒެއްވިޔަސް ނެތް ހާމަކަންބޮޑު އަދި އިތުބާރު ކުރުވަނިވި ގޮތުގެމަތިން
އިންތިޚާބުތަކެއްކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން
4 94
94
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާއިން ސާފުކޮށް އެނގެން
އޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އެއްވެސް އިންތިޚާބަކާ ގުޅިގެން
ބުނެވިދިޔަ ދީމުޤްރާތީ އުޞޫލުތަކާއި ޤާނޫނާއި ޚިލާފަށް ދިވެހިރާއްޖޭގެ އެއްވެސް އިންތިޚާބީ
ދާއިރާއެއްގައި ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން، އިންޞާފުވެރި އަދި
އިތުބާރު ކުރުވަނިވި ގޮތުގެމަތިން ބޭއްވޭ އިންތިޚާބެއް ބޭއްވުމަށް އެއްވެސް ސަބަބަކާހުރެ،
އަދި އެއްވެސް ފަރާތެއްގެ ޤާނޫނާއި ޚިލާފު ނުފޫޒެއްގެ ސަބަބުން ހުރަސްއެޅިއްޖެނަމަ ނުވަތަ
ހުރަސްއެޅިދާފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ބިރުވެރިކަމަކާއި ނުލައި އިޚްތިޔާރާއި ރުހުމުގައި
އެދާއިރާއެއްގެ މީހުން ޚިޔާރުކުރާ ފަރާތަކަށް މިނިވަންކަމާއެކު ވޯޓްލެވޭނެ އިންތިޒާމް
ހަމަޖެއްސުމަކީވެސް އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތަކަށް މެނުވީ
4 47 26 27
ންވެކަމަށްވެ.
...
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 29(3325 ، ފެކްސް: ]331647
އީމެއިލް [email protected] ވެބް ސައިޓް: WVw.highcourt.gov.mv
23
29/HC-I-SH/01
އެޔާ ނިމުނު ގޮތުގެ ރިޕޯޓް
ރ. ހަތަރުވަނަކަމަކީ- އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ކުރާ
މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ
އެއްވެސްކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކަނޑައެޅިގެން މަނާކަމެއްކަން ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ށ) އިން އެނގެން
އޮންނައިރު އެފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށް އެކަމުގެ ޝަކުވާ
ލިބިގެން
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއްޖެނަމަ އެކަމެއް ހުއްޓުވައިދިނުމުގެ ޙައްޤު އެފަރާތަށް
ވާނެކަމަށްވެސް ޤާނޫނު ނަންބަރު 11/2008 ގެ 29 ވަނަ މާއްދާގެ (ނ) ގައި
ޞަރީޙަބަހުން ބުނެފައިއޮތުމާއެކު 2009 ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު
ދިވެހިރާއްޖޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ތ. ތިމަރަފުށީގައި
ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަންތައްތަކެއް ހިންގާ އޭގެ ސަބަބުން ވޯޓްލާ ފަރާތްތަކާއި
ކެންޑިޑޭޓުންގެ ޙައްޤުތަކަށް އުނިކަން އަންނަމުންދާކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް
އެކިއެކި ފަރާތްތަކުން އުފުލާފައިވާކަމާއި އަދި އެ ޝަކުވާތަކާ ގުޅިގެން ވަގުތުން ވަގުތަށް
އެޅެންހުރި ފިޔަވަޅުތައްވެސް އެކޮމިޝަނުގެ ފަރާތުން އަޅާފައިވާކަން އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
4 492 0
އނއއވެ.
-C
ފަސްވަނަކަމަކީ:- އެކިއެކި އިންތިޚާބުތަކުގައި ވޯޓްދިނުމާއި އިންތިޚާބުތަކުގައި
ބައިވެރިވުމާއި ބައިވެރިކުރުމުގެ ޙައްޤުފަދަ ދިވެހިރާއްޖޭގައި ޤާނޫނީގޮތުން އިންސާނީ
ޙައްޤުތައްކަމަށް ބެލެވޭ އެންމެހައި ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/1
24 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
428 4ދހ
2
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 189 ވަނަ މާއްދާގެ ދަށުން އުފެދި، އެ
މުހިއްމު މަސްއޫލިއްޔަތު އަދާކުރަމުން ގެންދާ ހިއުމަންރައިޓްސް ކޮމިޝަނަށްވެސް 2009
ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު ބޭއްވުނު އިންތިޚާބުގައި ތިމަރަފުށީގައި ވޯޓްލެވިފައިވާ
މާޙައުލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ޙިމާޔަތް ކުރެވިފައިވާ
ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ރައްކާތެރިވެތިބެ އިންޞާފުވެރިކަމާއިއެކު ބިރެއް،
ބިރުދެއްކުމެއް ނެތި ކޮންމެ މީހަކަށްވެސް އެމީހަކު ޚިޔާރުކުރާ ފަރާތަކަށް މިނިވަންކަމާއެކު
މާޙަލުއެއްނޫންކަން
ޤަބޫލުކުރެވޭ
މިންވަރަށް ހެކިލިބިފައިވާކަން
ފާހަގަކުރެވިފައިވާތީ އާއި ދިވެހިރާއްޖޭގައި ބޭއްވޭމިފަދަ އިންތިޚާބު ތަކަކީ ޞައްޙާ އިންތިޚާބު
ތަކެއްކަމަށް ޤާނޫނީގޮތުން ބެލެވޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 170
ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާގޮތަށް ބޭއްވޭ އިންތިޚާބުތަކަކަށްވާތީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އިންތިޚާބުތައް ބޭއްވެންވާނީ ދީމުގުރާތީ
އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ނުފޫޒެއްނެތި މިނިވަން އިންޞާފުވެރި
މާޙައުލެއްގައި ހާމަކަންބޮޑުގޮތެއްގައި، އޮޅުވާލުމުގެ އެއްވެސް ކުލަވަރެއް ނެތް މާޙައުލެއްގަ
ކަމަށާއި އަދި އިންތިޚާބުތައް ކާމިޔާބުކުރާ ފަރާތްތަކާއި އިންތިޚާބުގެ ކަންތައްތައް
ޤާނޫނުގައިވާގޮތުގެ މަތިން ހިންގާ ތަންޒީމް ކުރުމުގެ މަސްއޫލިއްޔަތު ޙަވާލުވެފައިވާ
ފަރާތްތަކުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަޤީންކުމަށް އެއްވެސް ސިފައެއްގައި ބުރުލެއް
/ އއ0 93 ހ
ފެންނާނެގޮތެއްގެ މަތިންކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 32529، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/01
25 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޅ ހަވަނަކަމަކީ:- މުޖްތަމަޢުއެއްގައި ޤާނޫނުގެ ވެރިކަން ނުވަތަ ރޫލް އޮފް ލޯ
ހިނގާކަމުގެ އެންމެ ފާޅުކަންބޮޑު އެއްސިފައަކީ އެޤައުމެއްގައި ސިޔާސީ އަދި އިޖްތިމާޢީ
ޙައްޤުތައް ރައްކާތެރިވެފައި އޮތުމާއި ހުރިހާއެންމެންނަކީވެސް ޤާނޫނުގެ ކުރިމަތީގައި
އެއްހަމައަކުން މުޢާމަލާތް
ކުރެވޭ އެއްވެސް ފަރާތަކުން އަނެއްފަރާތެއްގެ
ޙައްޤުތަކަށް
އަރައިގަތުމުގެ ރޫހެއްނެތް އެމުޖްތަމަޢުއެއްގެ ކަންތައްތައް އެމުޖްތަމަޢުއެއްގައި ހަމަޖެހި ޢަމަލު
ކުރަމުންދާ ޤާނޫނު ތަކާ އެއްގޮތްވާގޮތުގެ މަތިން މަކަރާއި ޙީލަތާއި އޮޅުވާލުމަށް ޖާގައެއްނުދީ
ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ހިނގަމުން ދިޔުމާއި ޤާނޫނުގައިވާގޮތުގެ މަތިން
ހަމަކޮންމެ ފަރުދަކަށްވެސް އެއްވެސް ހުރަހެއްނެތި އިންޞާފު ލިބިދެޅުން އެ މުޖްތަމަޢުއެއްގައި
ފަހިވެފައި އޮތުންކަމަށްވާއިރު، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު
ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު ބިރުވެރިކަމެއް، ބިރުދެއްކުމެއް،
ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް
ވޯޓްލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށްކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް
ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10
ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާ ބަޔާންކޮށްފައިވާތީއާއި ކޮންމެ އިންތިޚާބެއް ނުވަތަ
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ ޢާއްމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން
44 44
ނިންމާ ނިންމުމަކާމެދު ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު ނުވަތަ އިންތިޚާބަކާ
ބެހޭކަމެއްގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހިނގާފައިވާކަމަށް އެފަރާތްތަކުން
ޤަބޫލުކުރާކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެޝަކުވާއަކާމެދު ގޮތެއް ނިންމައިދިނުންއެދި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީލެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
26
2009/liC-I-SII/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ކޮންމެ ފަރާތަކަށްވެސް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ލިބިދީފައިވާކަން ޤާނޫނު އަސާސީގެ 172 ވަނަ
މާއްދާއިން ރަނގަޅަށް އެނގެންއޮންނާތީއާއި އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް
ފޯރުވުމާއި އިންތިޚާބެއްގެ ފައިދާ ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ލެންބުމަށްޓާކައި
ރިޝްވަތުދިނުމާއި އިންތިޚާބުތަކާއިބެހޭ ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާފައިވާ
ޤަވާޢިދާއި ނުވަތަ އިންތިޚާބާބެހޭ ޚާއްޞަ ޤާނޫނު ނުވަތަ އެޤާނޫނުގެ ދަށުން ހަދާފައިވާ
ޤަވާޢިދާއި ޚިލާފަށް އަމަލު ކުރުންފަދަ ކަންކަމަކީ އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް
އަސަރުފޯރާފައިވާ ކަމަށްބެލެވިއްޖެ ޙާލަތެއްގައި އެދާއިރާއެއްގެ އިންތިޚާބު ބާޠިލުކޮށް އަލުން
އިންތިޚާބު ބޭއްވުމަށް އަމުރުކުރުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދީފައިވާކަން ޤާނޫނު
ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 65 ވަނަ މާއްދާއިން އެނގެން
4
rކ ސ*442
އއނއތމެވެ.
4 33xcz
کیفرنس
ހަތްވަނަކަމަކީ:- ޢާއްމުވޯޓަކާ އިލެކްޝަންސް ކޮމިޝަނުގެ
ނިންމުމަކާމެދު ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާމެދު ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި
ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހިނގާފައިވާކަމެއްކަމަށް އެފަރާތްތަކުން ދެކޭކަމަކާމެދު
ޝަކުވާއެއް އޮތްނަމަ އެޝަކުވާއަކާމެދު ގޮތެއް ނިންމުމަށްއެދި ހައިކޯޓަށް ހުށަހެޅިދާނެކަމަށް
ޤާނޫނު އަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާއިރު އެމާއްދާގައި
އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާމެދު މިފަދައިން އޮތުމުން އެ އިލެކްޝަންސް
ކޮމިޝަންގެ ކޮންމެ ނިންމުމެއްކަމުގައި ވިޔަސް އަދި އެމާއްދާގައި އިންތިޚާބެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން3325429، ފެކްސް: !331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/01
27 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ނަތީޖާއަކާމެދު މިފަދައިން އޮތުމުން އެއީ އެއިންތިޚާބުގެ ކޮންމެ ނަތީޖާއަކާމެދު، ވަގުތީ ނުވަތަ
ދާއިމީ ނަތީޖާ ކަމުގައިވިޔަސް ޝަކުވާއެއް އޮތްނަމަ ނުވަތަ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް
ހިނގާފައިވާ ކަމަކާއިމެދު ޝަކުވާއެއް އޮތްނަމަ އެއީ އިންތިޚާބުގެ ތެރޭގައި ކަމުގައިވިޔަސް
ނުވަތަ އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމުގެ ފަހުގައިކަމަށްވިޔަސް އަދި އެއީ ކޮންމެ
ޝަކުވާއެއްކަމުގައި ވިޔަސް އެ ޝަކުވާއަކާބެހޭ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅި ބެލެވިދާނެކަމާއި އެފަދަ ޝަކުވާއެއް ހުށަހެޅުމާބެހޭގޮތުން ޤާނޫނު ނަންބަރު
11/2008 ގެ 64 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ 14 ދުވަހަކީ އެފަދަ ޝަކުވާ
ހުށަހަޅަން ފެށުމަށް އޮތް މުއްދަތަކަށް ނުވެފައި އެއީ އެފަދަ ޝަކުވާތައް ހުށަހެޅުން ނިމުމަކަށް
ގެނައުމަށް އޮތް އެންމެ ފަހު މުއްދަތުކަމަށްވާތީ އިންތިޚާބެއްގެ ނަތީޖާ އިޢުލާން ކުރެވޭ
ތާރީޚުން ފެށިގެން 14 ދުވަސް ފުރިހަމަވަންދެން އޭގެ ކުރިއެކޭވެސް އެއްފަދައަކުން އެ
އިންތިޚާބަކާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 172 ވަނަ މާއްދާގެ
ދަށުން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ އިންތިޚާބީ ޝަކުވާ ހުށަހެޅުމުގެ ޙައްޤު
ދެމިއޮންނާނެކަން ރަނގަޅަށް އެނގެން އޮންނާންކަމާމެދު ޤާނޫނީގޮތުން ޖަދަލުއުފެދެންޖެހޭ
4. 03
ސަބަބެއް ނެތުމެވެ.
އ. އަށްވަނަ ކަމަކީ:- މީލާދީ ސަނަތުން 2009 ވަނައަހަރުގެ މެއިމަހުގެ 09
ވަނަދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން
އެއިންތިޚާބަށްޓަކައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި މަސައްކަތް ފެށުމާއިއެކު
ތިމަރަފުށީގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފު ޢަމަލުތަކެއް ބައެއް ކެންޑިޑޭޓުންނާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325،02، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސުއިޓާ: www.highcourt.gov.mv
28
ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓް
2009/HC.[-SH/01
4
އެކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރި ފަރާތްތަކުން ހިންގާފައިވާކަމަށާއި
މީސްމީހުންގެ ނަފުސަށާއި މިލްކިއްޔާތަށް ގެއްލުންދިނުމާއި ޖެއްސުންކުރުމާއި އެފަރާތްތަކަށް
ތާއީދު ނުކުރާ ފަރާތްތަކަށް މަރުގެ އިންޒާރުދިނުމާއި އަދި ވޯޓްލުމުގެ ތެރޭގައި ތ.
ތިމަރަފުށީގައި ވޯޓްފޮށިތަކާއި ޙަވާލުވެތިބި އޮފިޝަލުންވެސް ވަކި ކެންޑިޑޭޓަކަށް ވޯޓްލުމަށް
މީސްމީހުންނަށް ހިތްވަރުދިނުމާއި ނަންބަރު 1-3-N02 ވޯޓްފޮއްޓަށް ވޯޓްލުމަށްފަހު ވޯޓު
ގުނުމަށްޓަކައި ވޯޓްތައް މޭޒުމައްޗަށް އޮއްސާލިވަގުތު ޢާއްމުންގެ ތެރެއިން ގިނަ އަދަދެއްގެ
މީހުން އެވޯޓްފޮށި ހުރި ތަނަށް ޤާނޫނާއި ޚިލާފަށްވަދެ ވޯޓްގުނުން ހުއްޓުވާލުމަށްފަހު
އޮފިޝަލުންނަށް ބިރުދައްކާ އެތަނުން 15 ވޯޓްކަރުދާސް ގެންގޮސްފައިވާތީ މިކަންކަމަކީ
އިންތިޚާބަށް ނުރަނގަޅު ނުފޫޒެއް ފޯރުވުމަށާއި އިންތިޚާބީ ޙައްޤުގެ ފައިދާ ވަކިފަރާތަކަށް
ލެންބުމަށްޓަކައި ކޮށްފައިވާ ކަންތައްތައް ކަމަށާއި މިކަންކަމުގެ ސަބަބުން ތ. ތިމަރަފުށީ
ދާއިރާގެ ނަތީޖާއަށް އަސަރުފޯރާފައިވާކަމަށް ބުނެ އެ އިންތިޚާބުގެ ނަތީޖާ ބާޠިލުކޮށް
އެދާއިރާގައި އަލަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދެއްވުންއެދި މއ.
ކިނބިގަސްދޮށުގޭ މުޙައްމަދު ޣައްސާން މައުމޫނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅިފައިވާ ދަޢުވާއަކަށްވާއިރު އެދަޢުވާ ސާބިތުކުރުމަށްޓަކައި ހެކިންގެ ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިދީފައިވާ ފަރާތްތަކުގެ ހެކިބަހުގެ މައްޗަށް
ބެލިއިރު، ޝަރީޢަތަށް ހުށަހެޅިފައިވާ ދަޢުވާގައި ބުނެފައިވާ ކަންކަމާއި ބެހޭގޮތުން އެދަޢުވާގައި
ބުނެފައިވާގޮތަށް ހެކިދިނުމާއެކު އިންތިޚާބު ބޭއްވުނު ދުވަހު ތ. ތިމަރަފުށީގެ ޙާލަތު އޮތްގޮތް
ސިފަކުރުމުން އެދުވަހުގެ ކަންތައްތައް ހުރީ 1988 ވަނައަހަރުގެ މަހުގެ 03
2 20
44x
2 ރ( 2
ވެމްބަރމަހގ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ފެބް ސައިޓް: www.lhighcourt.gov.mv
2009/HC-I-SH/01
29 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
It
ވަނަދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގެ ތެރޭގައިކަންތައްތައް ހުރިގޮތަށްކަމަށް
ބުނެ އެފަރާތްތަކުން އެހާލަތު ސިފަކޮށްދީފައިވާއިރު އެފަރާތްތަކަކީ ޝަކުވާ ހުށަހެޅިފަރާތާއި
ސިޔާސީގޮތުން ގުޅުންތަކެއް ހުރި ފަރާތްތަކެއްކަން އެފަރާތްތަކުގެ ބަހުން އެނގެން އޮންނާތީ
އެފަރާތްތަކުގެ އެ ހެކިބަހަކީ އެސަބަބަށްޓަކައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޢައުނު
ކުރެވިދާފަދަ ހެކިބަހެއްކަމަށް ބެލެވި އެހެކިބަހަކީ ހަމައެކަނި އެ ހެކިބަހުގެ މައްޗަށް ބިނާކޮށް
ކަމެއް ސާބިތުކުރުމަށް ބޭނުންވާފަދަ ލާބައެއް ލިބިދާނެކަމުގެ އުއްމީދެއް ނެތް ގެއްލުމެއް
ލިބިދާނެކަމުގެ ބިރެއްވެސް ނެތި" މާތްރަސްލާނގެ
ވަޙަފުޅަށްޓަކައި ދީފައިވާ
ހެކިބަހެއްކަމާމެދު ސުވާލު އުފެދިދާފަދަ ޙާލަތެއް އޮވެދާނެކަމަށް ޤަބޫލުކުރެވުނުކަމުގައި ވިޔަސް
މި މައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ތ. ތިމަރަފުށީގައި
ބެހެއްޓިފައިވާ ނަންބަރު 1-3-N02 ވޯޓްފޮށީގެ ކަންހިނގާދިޔަގޮތުގެ ރިޕޯރޓުގައި ވޯޓުގުނަން
އުޅެނިކޮށް ވޯޓުފޮށި ބަހައްޓާފައިހުރި ތަނަށް ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ޢާއްމުންގެ
ގިނަޢަދަދެއްގެ މީހުންވަދެ ޤާނޫނާ ޚިލާފަށް ވޯޓްގެނުން ހުއްޓުވާފައިވާ ކަމަށާއި އަދި އެމީހުން
އެތަނުން ނެރެވިފައިވަނީ ފުލުހުންގެ އެހީތެރިކަން ލިބިގެންކަމަށާއި ވޯޓް ގުނަންފެށިފައިވަނީ
އޭގެ 01 ދުވަސް ފަހުންކަމަށާއި އަދި ޤާނޫނާއި ޚިލާފަށް އެތަނަށް ވަންމީހުން 115
ވޯޓްކުރުދާސް ވަގަށް ގެންގޮސްފައިވާކަމަށް ބުނެ އެދާއިރާގެ ވޯޓްފޮއްޓާއި ޙަވާލުވެ ތިބި ހުރިހާ
ސިޔާސީ އަދި އިޖްތިމާޢީ ފަންތިއެއް ޝާމިލުވާ އިލެކްޝަންސްގެ އޮފިޝަލުން ސޮއިކޮށްފައިވާ
އިސްވެ ބުނެވުނު ކަންހިނގާދިޔަގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތަކުގެ މައްޗަށާއި، ތ.
ތިމަރަފުށީގައި ވޯޓްލާ ދުވަހު ކަންތައްހުރި ގޮތާއިބެހޭގޮތުން އެފަދަ ކަންތައްތައް ބަލާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/0]
30 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
e
497
ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ހުށަހަޅާ އެކަންކަން އިޞްލާޙުކޮށް ކުރިއެރުވުމުގެ
މަސްއޫލިއްޔަތާ ޤާނޫނީގޮތުން ޙަވާލުވެފައިވާ ހިއުމަންރައިޓްސް ކޮމިޝަންގެ ފަރާތުން
ހުށަހަޅާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަންތައްތަކުގެ
މައްޗަށާއި ތިމަރަފުށީގައި ވޯޓްގެ ކަންތައްތައް ހުރިނެތްގޮތް ބަލް ހެދުމަށްޓަކައި
އިލެކްޝަންސް ކޮމިޝަނުން ފޮނުވި އެކޮމިޝަނުގެ ވަފުދުގެ ފަރާތުން ތައްޔާރުކޮށްފައިވާ
ރިޕޯޓުގައި ފާހަގަކޮށްފައިވާ ޤާނޫނާއި ޤަވާޢިދާ ޚިލާފު ކަންތައްތަކުގެ މައްޗަށާއި
އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު ނާޅާ ފުލުހުންގެ މަޝްވަރާގެ މަތިން އަވަހަށް ފުރައިގެން
އައިކަމަށްބުނެފައި އޮންނައޮތުމުން އެރަށުގައި އޭރުއޮތް ޤާނޫނާއި ޤަވާޢިދާ ޚިލާފުވުމުގެ ރޫޙުގެ
ސަބަބުން ޚުދު ފުލުހުންނަށް ކުރިމަތިވެފައިވާ ފިއްތުންވެސް ވަޒަން ކުރެވެން އޮތް މިންވަރުގެ
މައްޗަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ
ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯރޓުގައި ތ. ތިމަރަފުނީގައި އިންތިޚާބާ ގުޅިގެން ޤާނޫނާއި
ޤަވާޢިދާއި ޚިލާފުވުމުގެ ގިނަގުނަ ކަންތައްތައް ހިނގާފައިވާކަން ފާހަގަކޮށްފައި އޮންނައޮތުމުގެ
މައްޗަށާއި އިންތިޚާބުތަކުގަޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމުވޯޓް ތަކުގައި ވޯޓްދިނުމުގެ
ޙައްޤާއި، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި އެމީހަކު
4 3 24 0
އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބަކު މެދުވެރިކޮށް
ރައްޔިތުންގެ ކަންތައްތަކުގައި ބައިވެރިވުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ދިވެހިރައްޔިތުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ
އެންމެހައި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ގޮތުގައި ހަމަޖެހިފައި އޮންނައޮތުމުގެ މައްޗަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
209HC-I-SH/0]
31 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާއްމު ވޯޓުތަކުގެ
ކަންތައްތައް ހިނގަނީ
އިންޞާފުވެރި ކަމާއެކު ބިރުވެރިކަމަށް ބިރުދެއްކުމެއް ތަޅާފޮޅުމެއް ނުރަނގަޅު ނުފޫޒެއް އަދި
ކޮރަޕްޝަނެއްނެތި މިނިވަންކަމާއިއެކު ރައްޔިތުންނަށް ވޯޓްލުމުގެ ޙައްޤު ފުރިހަމައަށް
އަދާކުރެވޭގޮތަށްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ
"ހ" ގައި ސާފުބަހުން ކަނޑައެޅި ބަޔާންވެފައި އޮންނައޮތުމުގެ މައްޗަށާއި އިސްވެ
ފާހަގަކުރެވުނު އެންމެހައި ކަންކަމުގެ މައްޗަށް އިންޞާފުވެރި ނަޒަރަކުން ވިސްނާ ބަލާއިރު މި
މައްސަލަ ބަލާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ އެންމެހައި ފަނޑިޔާރުންނަށް
އިއްތިފާޤުވެވެނީ 2009 ވަނައަހަރުގެ މެއިމަހުގެ 09 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބާ ގުޅިގެން ތ. ތިމަރަފުށީގައި ހިނގަމުންދިޔަ ޤާނޫނާއި ޤަވާޢިދާއި ޚިލާފު
ޢަމަލުތަކުގެ ސަބަބުން އިލެކްޝަންސްގެ ކަމާބެހޭ އޮފިޝަލުންނަށާއި ވޯޓްލާންދިޔަ ފަރާތްތަކަށް
ސިހުންތެރިކަމާއި ޖެހިލުންވުން ކުރިމަތިވެ، އެދުވަހު އެރަށުގައި އުފެދިފައިވާ ޤާނޫނާއި
ޤަވާޢިދާއި ޚިލާފުވުމުގެ ރޫޙުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ބިރެއްނެތި މިނިވަންކަމާއެކު
އެމީހަކު އިޚްތިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓްލުމުގެ ފުރުޞަތު ފަހިވެފައިނުވާކަމަށާއި، އަދި
އެކަންކަމުގެ ސަބަބުން 2009 ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު ދިވެހިރާއްޖޭގައި
ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތ. ތިމަރަފުށީގައި ނެގުނު ވޯޓަށް ޤާނޫނު
ނަންބަރު 11/2008 ގައި ބުނެފައިވާ އެކަށީގެންނުވާ ނުފޫޒު ފޯރާފައިވާކަމަށް ޤަބޫލުކުރެވޭ
.4
4 43729/
2ތL &
ހ2ނވާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/1
32 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
22 04
ބެއވ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކަކީ
ދީމުޤްރާތީ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ
މިނިވަން އިންޞާފުވެރި ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި ގޮތުގެ މަތިން
އިންތިޚާބުތަކެއްކަން ކަށަވަރުކުރުމަށާއި ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ)
އިތުރަށް ހަރުދަނާކޮށް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި، ދިވެހިރައްޔިތުންނަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި ޚިލާފުއެއްވެސް
ނުފޫޒަކަށް ދިވެހިރާއްޖޭގައި ބޭއްވޭ އެއްވެސް އިންތިޚާބެއްގައި ފުރުޞަތު ދެވިގެން
ނުވާނެކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ދިވެހި
ރައްޔިތުންނަށް ފަހިވަމުން އަންނަ ދީމުޤްރާތީ ވެއްޓަށް ދިވެހިން މަރުޙަބާ ކިޔާއިރު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން އަލަށް ތައާރަފު ކުރެވިފައިވާ
404
މުސްތަޤިއްލު މުއައްސަސާތަކަށާއި ރައްޔިތުންގެ ފަރާތުން އެ މުއައްސަސާތަކާ ޙަވާލުވާ
ފަރާތްތަކުގެ މައްޗަށް ޤާނޫނީގޮތުންނާއި އަޚްލާޤީގޮތުން ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ
އިތުބާރާއި ޔަޤީންކަން ކަށަވަރު ކުރުމަކީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި
އެންމެ މަޞްލަޙަތު ބޮޑު އަދި އެންމެ އިންޞާފުވެރިގޮތް ކަމަށެވެ.
..---
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325429، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
33
2009}IC-I-Sil/q1
ނިމުނު ގޮތުގެ ރިޕޯޓް
އެކުމް:
ދެންފަހެ، މީލާދީސަނަތުން 2009 ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު
ދިވެހިރާއްޖޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެ އިންތިޚާބުގައި
ވާދަކުރި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތް ކޮޅުމަޑުލު ތިމަރަފުށީގައި ފެނުމާއިއެކު،
އިންތިޚާބީ ޙައްޤުގެ ފައިދާ ނަހަމަގޮތުގައި ވަކިފަރާތަކަށް ލެންބުމަށްޓަކައި ޤާނޫނާއި ޤަވާއިދާއި
ޚިލާފު ކަންތައްތަކެއް ބައެއް ކެންޑިޑޭޓުންނާއި އެފަރާތްތަކަށް ތާއީދުކުރާ ފަރާތްތަކުން
ހިނގާފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެން ނުވާ
ނުފޫޒު ފޯރުމާއި ގުޅިގެން އެދާއިރާގައި ނެގިފައިވާ ވޯޓުގެ ޞައްޙަކަން ގެއްލިފައިވާކަމަށްބުނެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 172 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅިފައިވާ ބުނެވިދިޔަ އިންތިޚާބީ ޝަކުވާގެ
އިންތިޚާބީ ޝަކުވާގެ މައްސަލައާ ގުޅިގެން،
ކަންހިނގާފައިވާގޮތުގެ މައްޗަށް ބަލާއިރު ދިވެހިރާއްޖޭގައި ބޭއްވޭ
ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހައި އިންތިޚާބުތައް
ބާއްވަންވާނީ އިންޞާފުވެރިކަމާއެކު ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް ނުރަނގަޅު
ނުފޫޒެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް
އަދާކުރެވޭގޮތަށްކަން ކަށަވަރުކުރުމުގެ ޝަރުޢުގެ މަތިންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ
170 ވަނަ މާއްދާގެ (ހ) އިން ރަނގަޅަށް އެނގެން އޮންނައިރު،
ދިވެހިރައްޔިތުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ އެންމެހައި ފަރާތްތަކުގެ އަސާސީ
ޙައްޤެއްކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ "ހ"
"ނ" އަދި "ނ" ގައި ސާފުބަހުން ކަޑައެޅި ބަޔާންވެފައިވާ އިންތިޚާބީ ޙައްޤަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/0
34 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހުރަސްއެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫޙިއްޔާގެ ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ހ)
ގައި ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލުއިންޞާފު ޤާއިމު
ކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުގައިތިބި މީހުންނާއި ދައުލަތުގެ
މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމުތަކާއި ޙަވާލުވެތިބި މީހުންނާއި އެންމެހައި ރައްޔިތުން
އަސާސީގައިވާ
އެންމެހައި
ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ
އަމަލުކުރަންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވާ ދުސްތޫރީ އަމުރާއި ޚިލާފުކަމަކަށްވެފައި،
މީލާދީ ސަނަތުން 2009 ވަނައަހަރުގެ މެއި މަހުގެ 09 ވަނަދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ވާދަވެރި ކެންޑިޑޭޓުންނާއި
އެފަރާތްތަކަށް
ތާއީދުކުރާ ފަރާތްތަކުން ކޮޅުމަޑުލު ތިމަރަފުށީގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހިނޤާފައިވާ
ކުށްވެރި ޢަމަލުތައްކަމަށް ހިއުމަން ރައިޓްސް ކޮލިޝަނުގެ ރިޕޯރޓުގައި
ފާހަގަކޮށްފައިވާކަންކަމުގެ މައްޗަށާއި، އެ އިންތިޚާބުގެ ކަންތައްހިނގާ ނުހިނގާގޮތް
ބެލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެރަށަށް ފޮނުވި ވަފުދުގެ ފަރާތުން
ތައްޔާރުކޮށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯރޓުގައި ފާހަގަކޮށްފައިވާ
ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަންކަމުގެ މައްޗަށާއި، ދިވެހިރާއްޖޭގައި އިޖްތިމާޢީ ކަންތައްތައް
ކުރިއެރުވުމަށް މަސައްކަތްކުރާ މުސްތަޤިއްލު ޖަމްޢިއްޔާއެއްކަމުގައިވާ ޓްރާންސްޕޭރަންސީ
މޯލްޑިވްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޢާއްމު އިންތިޚާބާ ބެހޭގޮތުން
ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެއިންތިޚާބުގެ ތެރޭގައި ކޮޅުމަޑުލު ތިމަރަފުށީގައި
ހިނގާފައިވާކަން ފާހަގަކޮށްފައިވާ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަނތައްތަކަށާއި ތިމަރަފުށީގައި
OX
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-I-SH/pl
35 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބެހެއްޓިފައިވާ ނަންބަރު N02-3-1 ވޯޓްފޮށި ބެލެހެއްޓުމާއި ޙަވާލުވެތިބި މުޖްތަމަޢުގެ
އެކިއެކި ސިޔާސީ އަދި އިޖްތިމާޢީ ފަންތިތަކަށް ނިސްބަތްވާ އިލެކްޝަންސް ކޮމިޝަނުގެ 08
އޮފިޝަލުން ސޮއިކޮށްފައިވާ އެދާއިރާގެ ކަންހިނގާދިޔަގޮތުގެ ރިޕޯޓްގައި ވޯޓްފޮށިހުރިތަނަށް
ގިނަޢަދަދެއްގެ މީހުން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ވަދެ ވޯޓްގުނުމަށް ހުރަސްއެޅުމުގެ
އިތުރަށް ވޯޓްކަރުދާހުގެ ތެރެއިން 15 ވޯޓް ކަރުދާސް ވަގަށް ގެންގޮސްފައިވާކަމަށް
ބުނެފައިވާ ބުނުމުގެ މައްޗަށާއި އެއިންތިޚާބުގެ ތެރޭގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފު
ކަންތައްތަކެއް ހިނގާފައިވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސާފުބަހުން ވެފައިވާ އިޤްރާރުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު މި މައްސަލަ ބަލާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުގެ އެންމެހައި ފަނޑިޔާރުންނަށް އެއްވެސް އިސްތިޘްނާއެއްނެތި
އިއްތި ދެވުނީ 2009 ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ކޮޅުމަޑުލު ތިމަރަފުށީގައި ފުޅާދާއިރާއެއްގައި
ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަމަށް ބުނާ ވާހަކައަކީ ޙަޤީޤަތެއްކަމަށް
ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ މިންވަރަށް ހެކި ލިބޭކަމަށާއި އަދި އެ އިންތިޚާބާއި ގުޅިގެން
ހިނގާފައިވާކަން ސާބިތުވާ ޤާނޫނާ ޤަވާޢިދާއި ޚިލާފު ކުނުގެ ޢަމަލުތަކަށާއި އެކަންތައް
ހިނގާފައިވާ ގޮތަށާއި އެކަން ހިނގާފައިވާ މިންވަރުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 110ވަނަ
މާއްދާގެ "ހ" ގައި ބުނެފައިވާފަދަ މާޙައުލެއް އެރަށުގައި ޤާއިމުވެފައި ނެތްކަމަށާއި އަދި
6
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: wwww.highcourt.gov.mv
2009/HC-I-SH/0[
36 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
th
ދި
440 4
އެކަންކަން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެމަގަށް ހިނގާފައިވުމުގެ ސަބަބުން އެ އިންތިޚާބަށް
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާއްމު ޤާނޫނު)ގެ 65 ވަނަ މާއްދާގެ "ހ"
ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ފަދައިން އެކަށީގެން ނުވާ ނުފޫޒު ފޯރާފައިވާކަމަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭތީ ކޮޅުމަޑުލު ތިމަރަފުށީގައި 2009
ވަނައަހަރުގެ މެއިމަހުގެ 09 ވަނަދުވަހު ނެގިފައިވާ ވޯޓަކީ ޤާނޫނު ނަންބަރު 11/2008 ގެ
65 ވަނަ މާއްދާގެ ގެ 1 ވަނަ ނަންބަރަށް ރިއާޔަތްކޮށް އެމާއްދާގެ ދަށުން ބާޠިލު
ވޯޓެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 170 ވަނަ
މާއްދާގެ (ހ) ގައި ބުނެފައިވާފަދަ މާޙައުލެއްގައި މިނިވަންކަމާއިއެކު ވާދަކުރުމަށާއި އެދާއިރާގެ
ރައްޔިތުންނަށް ބިރުވެރިކަމެއްނެތި އެމީހަކު އިޚްތިޔާރުކުރާ ފަރާތަކުން މިނިވަންކަމާއެކު
ވޯޓްލުމުގެ އަސާސީ ޙައްޤު
ލިބިދިނުމަށްޓަކައި ޤާނޫނު ނަންބަރު
(އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އަލުން އިންތިޚާބު
ބާއްވަންޖެހޭނެކަމަށް ޙުކުމްކޮށް ކަނޑައެޅުމާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 144 ވަނަ މާއްދާގެ "ނ" އަށް ރިޢާޔަތްކޮށް ކޮޅުމަޑުލު ތިމަރަފުށީގައި މިއަދު
2009 ވަނައަހަރުގެ ޖޫންމަހުގެ 11 ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ ތެރޭގައި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި
ބުނެފައިވާފަދަ މާޙައުލެއް ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ އެހީގައި ޤާއިމުކުރުމަށާއި،
ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނާއި، ސަރަޙައްދީ
ނުވަތަ ބައިނަލްއަޤްވާމީ އޮބްޒަރވަރުންގެ ބެލުމުގެ ދަށުން، ބުނެވިދިޔަ ވިހިދުވަސް ހަމަވާ
11/2008
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.inv
37 ޘަޟިއްޔާ ނިތުން ރޮޤުގެ ރިޕޯޓް
2009C-I-SH/0]
ތާރީޚުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައި ކޮޅުމަޑުލު ތިމަރަފުށީގައި އަލުން ވޯޓް
ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކުރާހިނދު އިލެކްޝަންސް ކޮމިޝަނަށް
ބޭނުންވެއްޖެ ކޮންމެހިނދެއްގައި ބުނެވިދިޔަ އިންތިޚާބު ބޭއްވުމުގައި ފުރިހަމަ އެއްބާރުލުން
ދިނުމަށް ދައުލަތުގެ ކަމާބެހޭ ސަލާމަތީ ބާރުތަކަށް އަމުރުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާކަނޑައެޅީ
und
ސީޖީ )
A
ޢަލީ ޙަމީދު މުޙައްމަM
(ފުނޑިޔާރު)
އަބުދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: ]331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv