ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/18 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-Al8
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 18/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
ނަން:ފަތުޙުﷲ އިބްރާހީމް
އައިޑީ ކާޑުނަންބަރު: A047549
*ދާއިމީ އެޑްރެސް: ނައިނާ ބ.އޭދަފުށި
* މިހާރުގެ އެޑްރެސް: ލ.ބީޗްފްލެޓްމާވެ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ރޭޝަން ލިމިޓެޑް * ދާއިމީ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ ހުޅުމާލެ
ރަޖިސްޓަރީ ނަންބަރު: 793
/
2008-C މިހާރުގެ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ ހުޅުމާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ރަބީޢުލްއައްވަލް 1436 *
ނިމުނު ތާރީޚް: 30 ޝަޢުބާން 1436
18 ޖަނަވަރީ 2015
17 ޖޫން 2015
443
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/HMC/383
ނިންމެވިކޯޓް: ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: އަވަސް ނިޔާ
ހުށަހެޅި ތާރީޚް: 12 އޯގަސްޓް 2013
* ނިމުނު ތާރީޚް: 23 މާރޗް 2014
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2015/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ:
މިއީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/383 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ބ.އޭދަފުށި ނައިނާ، ފަތުޙު
އިބްރާހީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުA047549) ގެ ފަރާތުން އެ ޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ފަތުޙުﷲ އިބްރާހީމް ގެ
ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
41- އިސްތިއުނާފު މިކުރެވޭ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2013/HMC/383 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ "ހުޅުމާލެ
ރޯހައުސް މަޝްރޫޢު 2010" ގެ ދަށުން އަލަށް އިމާރާތްކުރެވޭ 20 ރޯހައުސްއަށް ގުރުއަތުން ހޮވުނުކަން
ބ.އޭދަފުށި ނައިނާ، ފަތުޙުﷲ އިބްރާހީމްއަށް އަންގައި، ރޯހައުސް ގަތުމަށް ޝޯޓްލިސްޓް ކުރެވި، ރޯހައުސް
ނަންބަރު 09-R14 ޕްރީ ސެލެކްޓްކޮށް، ލޯން ލިބިގަތުމަށްޓަކައި "ފައިނޭންޝަލް ސްކްރީނިންގ" ފުރިހަމަކޮށް
ރޯހައުސް ނަންބަރު 09-R14 ގައި 03 ބުރީގެ އިމާރާތެއް ހެދުމަށް މޯލްޑިވްސް އިސްލާމިކް ބޭންކްއިން ލޯނު
ހަމަޖައްސާ، ރޯހައުސް ނަންބަރު 09-R14 ގަތުމަށްޓަކައި ޑައުންޕޭމަންޓް ދައްކަމުން ދަނިކޮށް، ދަޢުވާކުރާ
ފަރާތަށް ރޯހައުސް ގަތުމުގެ ފުރުޞަތު ދެވިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ އިދާރީ
ކުށަކުން ކަމަށްބުނެ ކުއްލި ގޮތަކަށް ފަތުޙުﷲ އިބްރާހީމްއަށް ރޯހައުސް ގަތުމަށް ދެވިފައިވާ ފުރުޞަތު
11 ޖުލައި 2013 ގައި ބާޠިލްކުރި، ކުރުމަކީ، ރޯހައުސް ނަންބަރު 09-R14 ގަތުމާ ގުޅޭގޮތުން ފަތުޙު
އިބްރާހީމްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭގޮތަށް
ކުރެވިފައިވާ މުޢާމަލާތާ ޚިލާފަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ނިންމި ބާތި
Ooxc
ބާތިން މީގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-Al8
cec
e e cތ4
އެއްގޮތަށް
ނިންމުމެއްކަމަށާއި، ރޯހައުސް ނަންބަރު 09-R14 ގަތުމާގުޅޭގޮތުން ފަތުޙުﷲ އިބްރާހީމް އާއި ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ކުރެވިފައިވާ މުޢާމަލާތަކީ ދެފަރާތުގެ މައްޗަށް ޤާނޫނީގޮތުން
ބަނދެވިގެންވާ އަދި އޭގެ މައްޗަށް އަމަލުކުރުން ލާޒިމްވާ މުޢާމަލާތެއްކަމަށާއި އެ މުޢާމަލާތަކީ، ފަތުޙު
އިބްރާހީމް
އެއްގޮތަށް ޢަމަލުކުރަމުން ދާހާހިނދަކު ދަޢުވާކުރާ ފަރާތުގެ ނުރުހުމުގައި، ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް އަމިއްލައަށް ބާޠިލްކުރެވޭނެ ނުވަތަ ރޫޅާލެވޭނެ މުޢާމަލާތެއް ނޫންކަމަށް
ކަނޑައަޅައި ދެއްވުމަށާއި ރޯހައުސް ނަންބަރު 09-R14 ގަތުމާ ގުޅޭގޮތުން ފަތުޙުﷲ އިބްރާހީމްއާއި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ކުރެވިފައިވާ މުޢާމަލާތާ އަދި/ނުވަތަ ދެފަރާތުގެ
މެދުގައި ކުރެވިފައިވާ ޕްރީސޭލް އެއްބަސްވުމާ ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑްއަށް އަމުރު ކޮށްދެއްވުމަށް އެދި އަވަސް ނިޔާއަކަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާ އުފުލުމުން ބެލުނު ޤަޟިއްޔާއެއްކަމަށް އެޤަޟިއްޔާގެ ރިޕޯޓުގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި
ފާހަގަކުރެވުނު ނުކުތާތަކުގެ
ތެތަކުގެ މައްޗަށް ވިސްނާ ނަޒަރު ހިންގިހިނދު، ބ.އޭދަފުށި(ނައިނާ، ފަތުޙުﷲ އިބްރާހީމް
(ދ.ރ.އ. ކާޑް ނަންބަރު: A047549 ) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު
02 ޖެނުއަރީ 2013 ގައި ކުރެވުނު ޕްރީސްވާ އެއްބަސްވުމުގައި ރޯހައުސް ނަންބަރު 09-R14 ގަތުމާއި
ގުޅޭގޮތުން ފަތުޙުﷲ އިބްރާހީމްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު ޤާނޫނީ ގޮތުން
ބަދެވޭގޮތަށް ކުރެވިފައިވާ މުޢާމަލާތާއި ޚިލާފަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން
ބާޠިލްކޮށްފައިވާތީ އެއީ ބާޠިލް ނިންމުމެއް ކަމަށާއި، ރޯހައުސް ނަންބަރު 09-R14 ގަތުމާއި
ގުޅޭގޮތުން ފަތުޙުﷲ އިބްރާހީމްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު ކުރެވިފައިވާ
މުޢާމަލާތަކީ ދެފަރާތުގެ މައްޗަށް ޤާނޫނީގޮތުން ބަނދެވިފައިވާ އަދި އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމު
ފަތުޙުﷲ އިބްރާހީމް ގެ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ހިނދަކު
4ކ1 މ 4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-Al8
030 18
އައެވެ
ފަތުޙުﷲ އިބްރާހީމްގެ ނުރުހުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން އަމިއްލައަށް
ބާޠިލްކުރެވޭނެ ނުވަތަ ރޫޅާލެވޭނެ މުޢާމަލާތެއް ނޫންކަމަށާއި، ރޯހައުސް ނަންބަރު 09-R14
ގަތުމާ ގުޅޭގޮތުން ފަތުޙުﷲ އިބްރާހީމްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު
ކުރެވިފައިވާ ޕްރީސޭލް އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑްއަށް އަންގައި އަމުރުކޮށް ދެއްވުމަށް އެދި ފަތުޙުﷲ އިބްރާހީމް ގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާ އުފުވިހިނދު،
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަކީ ކުންފުންޏެއް ކަމަށާއި، ކުންފުނީގެ
އަސާސީ ޤަވާޢިދާ ޚިލާފަށް އެއްވެސް ހަމައެއް އުޞޫލެއްނެތި އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް
ނުހެދޭނެކަމަށާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
ހުޅުމާލެ އަމިއްލަ ބިމުން ރޯހައުސް ވިއްކަމުން އަންނަނީ ޢާންމުކޮށް ހުޅުވާލައިގެން "ޕްރީސްލް" އުޞޫލުން
ކަނޑައެޅިފައިވާ ވަކި ހަމަތަކެއްގެ މަތިން އެކަމަށް ހޮވޭ ފަރާތްތަކާއިމެދު އެއް އުޞޫލަކުން ކަމަށާއި، މި
ގޮތުން އާންމުކޮށް ހުޅުވާލެވޭ ފުރުޞަތުގައި ރޯހައުސް ގަތުމަށް އެދޭ ފަރާތްތަކުން ރޯހައުސް ގަތުމުގެ ޙައްޤު
ރިޒާވް ކުރުމުގެ ގޮތުން ޕްރީބްކިންގ ފީއެއްގެ ގޮތުން -/20,000 (ވިހިހާސް ރުފިޔާ) ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައްކަންޖެހޭ ކަމަށާއި އަދި ރޯހައުސް ލިބޭ ފަރާތްތައް ކަނޑައަޅަނީ
ޕްރީބްކިންގ ފީ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން
ކަމަށާއި އެއްވެސް ސަބަބަކާހުރެ ރޯހައުސް ގަތުމުގެ ޙައްޤު ރިޒާވް ކުރުމުގެ ގޮތުން ދެއްކި ޕްރީބިބްކިންގ ފީ
އަނބުރާ ނަގައިފިނަމަ، އެފަދަ ފަރާތްތަކަށް ރޯހައުސް ގަތުމުގެ ފުރުޞަތު ނުލިބޭނެކަމަށާއި، ފަތުޙު
އިބްރާހީމް ވަނީ ރޯހައުސްއެއް ގަތުމުގެ ޙައްޤު ރިޒާވް ކުރުމަށްޓަކައި 25 ޖުލައި 2010 ގައި "ޕްރީސިކިންގ
ރެޖިސްޓްރޭޝަން ފޯމް" ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ހުށަހަޅާފައިވާ ކަމަށާއި، މި
ފޯމުގައި ފަތުޙުﷲ އިބްރާހީމް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށާއި ފަތުޙުﷲ އިބްރާހީމް ރޯހައުސް
ގަތުމުގެ ޙައްޤު ރިޒާވް ކުރުމުގެ ގޮތުން ޕްރީ-ބޯކިންގ ފީއެއްގެ ގޮތުގައި ދައްކާފައިވާ -/20,000
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-Al8
ރުފިއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން 25 ޖުލައި 2010 ދުވަހު ބޭންކް އޮފް
މޯލްޑިވްސްގެ ނަންބަރު 002891 ބޭންކް ގެރެންޓީ ޗެކުން ދައްކާފައިވާކަމަށާއި، ރިޒާވް ލިސްޓުން ފަތުޙު
އިބްރާހީމް ގެ ނަން އުނިވެގެންދާނެކަމަށާއި، ނަމަވެސް ރިޒާވް ލިސްޓުން ފަތުޙުﷲ އިބްރާޙީމް ގެ ނަން
އުނިނުވެ އޮތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އަށް އެރި އިދާރީ އޮޅުމަކުން ކަމަށާއި އަދި
28 އޯގަސްޓް 2012 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ބޭއްވި ޕްރީ ސެލެކްޝަން
ހަފްލާއަށް ފަތުޙުﷲ އިބްރާހީމަށް ދަޢުވަތު ދެވުނު ކަމަށާއި ނަމަވެސް ފަތުޙުﷲ އިބްރާހީމް ޕްރީބުކިންގ ފީ
އަނބުރާ ގެންދަވާފައިވާކަން ހާމަކުރައްވާފައި ނުވުމުން ފަތުޙުﷲ އިބްރާހީމްއަށް ރޯހައުސް ނަންބަރު 09-R14
ގަތުމަށް ޕްރީސެލެކްޓް ކުރެވުނުކަމަށާއި އަދި 02 ޖެނުއަރީ 2013 ގައި ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑާއި ފަތުޙުﷲ އިބްރާހީމްއާއި ދެމެދު ކުރެވުނު މި އެއްބަސްވުމުގައި ސޮއިކުރެވުނު
ކަމުގައިވިޔަސް ރޯހައުސް ގަތުމުގެ ފުރުޞަތު ދެވެނީ ރޯހައުސް ގަތުމުގެ ޙައްޤު ރިޒާވް ކުރުމުގެ ގޮތުން ޕްރީ
ބްކިންގ ފީގެ ގޮތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް -/20,000 (ވިހިހާސް ރުފިޔާ)
ދައްކާފައިވާ ފަރާތްތަކަށް ކަމަށްވުމާއިއެކު ފަތުޙުﷲ އިބްރާހީމް ދައްކާފައިވާ ޕްރީ-ބޯކިންގ ފީ ގެންގޮސްފައި
ވުމުން ފަތުޙުﷲ އިބްރާހީމްއަށް ލިބިފައިވާ ފުރުޞަތު ގެއްލިފައިވާތީކަމަށް ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑްއިން ބުނުމާއި،
ފަތުޙުﷲ އިބްރާހީމް ޕްރީ-ބޯކިންގ ފީ ރަޖިސްޓްރޭޝަން ފޯމާއިއެކު ލިބިފައިވާ ޕްރީ-ބޯކިންގ
ފީގެ ގޮތުގައި ދެއްކި -/20,000 (ވިހިހާސް ރުފިޔާ) ލިބިގަތުމަށް ހުށަހަޅަންޖެހޭ ސްލިޕް ފުރާފައި ހުށަހެޅި
ހަނދާންނުވާ ކަމަށް ފަތުޙުﷲ އިބްރާހީމް ބުނި ނަމަވެސް ފަތުޙުﷲ އިބްރާހީމުއާއި ޙަވާލުކޮށްފައިވާ ޕްރީ
ބުކިންގ ފީ ލިބިގަތުމަށް އެދޭ ސްލިޕް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ހުށަހަޅާފައިނުވާނަމަ
އެސުލިޕް ޝަރީއަތަށް ހުށަހެޅުމަށް އެންގުމުން އެ ލިޔުން ޝަރީޢަތަށް ހުށަހެޅިފައިނުވާތީ އާއި ފަތުޙު
އިބްރާހީމްގެ ބަހުންވެސް ޕްރީނބުކިންގ ފީގެ ގޮތުގައި ބެހެއްޓި -/20,000 (ވިހިހާސް ރުފިޔާ) ފަތުޙު
އިބްރާހީމްއަށް ލިބިފައިވާކަން ފަތުޙުﷲ އިބްރާހީމް ގެ އިޢުތިރާފުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
48
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-Al8
ޘާބިތުވާތީ، ރޯހައުސް ރިޒާވްކުރުމަށް ބެހެއްޓި ފައިސާ އަނބުރާ ނެގުމުން ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑާއި ފަތުޙުﷲ އިބްރާހީމްއާއި ދެމެދު 02 ޖަނަވަރީ 2013 ވަނަ ދުވަހު ރޯހައުސް ނަންބަރު
R14-09 ޕްރީސޭލް އެއްބަސްވުމެއް ހަދާ ޑައުންޕޭމަންޓް ދައްކާފައިވީނަމަވެސް އެއްބަސްވުމަކީ ޞައްޙަ
އެއްބަސްވުމެއްކަމަށް ބަލައި ނަންބަރު 09-R14 ރޯހައުސް ފަތުޙުﷲ އިބްރާހީމްއާއި ޙަވާލުކުރުމަށް ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް އެންގޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަން
ފަތުޙުﷲ އިބްރާހީމަށް އަންގައި އަދި ފަތުޙުﷲ އިބްރާހީމްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑާއި ދެމެދު 02 ޖަނަވަރީ 2013 ދުވަހު ވެވުނު އެއްބަސްވުމެއްގެ ދަށުން ފަތުޙުﷲ އިބްރާހީމްއަށް މާލީ
ގެއްލުންތަކެއް ވެފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކޮށްފިނަމަ އެކަންނެވޭނެކަން ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށާއި ފަތުޙުﷲ އިބްރާހީމަށް އަންގައި ޙުކުމްކޮށްފިމެވެ."މިފަދައިން
ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2013/HMC/383 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ބ.އޭދަފުށި ނައިނާ ފަތުޙުﷲ އިބްރާހީމް ގެ
ފަރާތުން އެނިންމުން އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2013/HMC/383
ޤަޟިއްޔާގައި ކުރައްވާފައިވާ
ކޮންޓްރެކްޓާ
ޤާނޫނު
(ޤާނޫނު ނަންބަރު: 4/91) ގެ 22 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެކެވެ.
(ނ) ދެވަނަ ނުކުތާއަކީ: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
ޤަޟިއްޔާގައި، ފަތުޙުﷲ އިބްރާހީމް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު
02 ޖަނަވަރީ 2013 ވަނަ ދުވަހު ކުރެވުނު ރޯހައުސް ނަންބަރު 09-R14 ޕްރީ ސޭލްސް އެއްބަސްވުމަކީ
ބެހޭ
383/HMC/
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2015/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޞައްޙަ އެއްބަސްވުމެއް
މެއްކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ނިންމާފައިވަނީ،
ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 4/91) ގެ 5 ވަނަ މާއްދާ، 6 ވަނަ މާއްދާ އަދި 7 ވަނަ
0 s 0 0
اسرع ياع
ނުކުތާއެކެވެ.
"
މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ
(ނ) ތިންވަނަ ނުކުތާއަކީ: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2013/HMC/383
ޤަޟިއްޔާ ނިމުމުގެ ނަތީޖާއަކީ ފަތުޙުﷲ އިބްރާހީމް ގެ ކިބައިން ރޯހައުސް ނަންބަރު: 09-R14
ބީވެގެންދިއުންކަމަށްވާއިރު، ފަތުޙުﷲ އިބްރާހީމް އަށް ގެއްލުމެއްލިބިފައިވާނަމަ އެކަމަށް ވަކިން
ދަޢުވާކުރެވޭނެކަމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ)
ގެ ދަށުން ކަށަވަރުކޮށްދީފައިވާ ބޯހިޔާވަހިކަން ލިބުމުގެ އަސާސީ ޙައްޤަށާއި، ކޮންޓްރެކްޓާ ބެހޭ ޤާނޫނު
(ޤާނޫނު ނަންބަރު: 4/91)ގެ 25 ވަނަ މާއްދާގައިވާ ފަދައިން، ފަތުޙުﷲ އިބްރާހީމް އަށް ލިބޭނެ ގެއްލުމަކީ
މާލީގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށް އެއްވެސް
އެވެސް މިންވަރަކަށް ރިޢާޔަތް ކުރެއްވުމެއް
// 9
4 ، ދދވ
83
ނެތި ކަމަށް
ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03 ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2013/HMC/383 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ބ.އޭދަފުށި(ނައިނާ ފަތުޙުﷲ އިބްރާހީމް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވިފައިމިވާ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/HMC/383 ޤަޟިއްޔާއަކީ، ހުޅުމާލެ ރޯހައުސް މަޝްރޫޢު 2010" ގެ ދަށުން އަލަށް
ޢިމާރާތްކުރެވޭ 20 ރޯހައުސްގެ ތެރެއިން ރޯހައުސްއެއް ގަތުމަށް ބ.އޭދަފުށި ނައިނާ، ފަތުޙުﷲ އިބްރާހީމް
ގުރުއަތުން ހޮވުނުކަން އަންގައި، ރޯހައުސް ގަތުމަށް
ޝޯޓްލިސްޓް ކުރެވި، ނަންބަރު 09-R14 ރޯހައުސް
ގޭގެ ކައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j5/HC-Al8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕްރީ ސެލެކްޓްކޮށް، އެ ރޯހައުސް ގަތުމަށްޓަކައި ޑައުންޕޭމަންޓް ދައްކަމުން ދަނިކޮށް، ފަތުޙުﷲ އިބްރާހީމް އަށް
ރޯހައުސް ގަތުމުގެ ފުރުޞަތު ދެވިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ އިދާރީ
ކުށަކުން ކަމަށްބުނެ ފަތުޙުﷲ އިބްރާހީމް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ދެމެދު
02 ޖެނުއަރީ 2013 ގައި ވެފައިވާ ޕްރީ.ސޭލް އެއްބަސްވުން ބާޠިލްކޮށްފައިވާކަމަށާއި، އެ އެއްބަސްވުން
ބާޠިލްކުރި ކުރުމަކީ އެ އެއްބަސްވުމުގެ ދަށުން ފަޠުޙުﷲ އިބްރާހީމް އާއި ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަންއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭގޮތަށް ކުރެވިފައިވާ މުޢާމަލާތާ ޚިލާފަށް ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑްއިން ނިންމާފައިވާ ބާޠިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އަދި އެ މުޢާމަލާތަކީ
ދެފަރާތުގެ މައްޗަށް ޤާނޫނީގޮތުން ބަނދެވިގެންވާ އަދި އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމްވެގެންވާ
މުޢާމަލާތެއްކަމަށް ކަނޑައަޅައި ދިނުމަށާއި، އެ މުޢާމަލާތަކީ ފަތުޙުﷲ އިބްރާހީމް އެއާ އެއްގޮތަށް ޢަމަލު
ކުރަމުންދާހާ ހިނދަކު ފަތުޙުﷲ އިބްރާހީމް ގެ ނުރުހުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް
އަމިއްލައަށް ބާޠިލްކުރެވޭނެ
ކަނޑައަޅައި ދެއްވުމަށާއި، ނަންބަރު
R14-09 ރޯހައުސް ގަތުމާ ގުޅޭގޮތުން ފަތުޙުﷲ އިބްރާހީމް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި
ދެމެދު ކުރެވިފައިވާ ޕްރީ-ސޭލް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑް އަށް އަމުރުކޮށްދިނުމުގެ އަވަސްނިޔާއަކަށް އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ
އެއްކަން އެ ދަޢުވާ ހުށަހެޅުމުގެ ގޮތުން ފަތުޙުﷲ އިބްރާހީމް ގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް
ހުށަހަޅާފައިވާ ފޯމުން އެނގެން އޮންނަކަމާއި،
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ރޯހައުސް ވިއްކަމުން ގެންދަނީ "ޕްރީ-
ސޭލް އުޞޫލުން ކަނޑައެޅިފައިވާ ވަކި ހަމަތަކެއްގެ މަތިން އެކަމަށް ހޮވޭ ފަރާތްތަކަށްކަމާއި، އެގޮތުން
ރޯހައުސް ގަތުމަށް އެދޭ ފަރާތްތަކުން ރޯހައުސް ގަތުމުގެ ޙައްޤު ރިޒާރވް ކުރުމުގެ ގޮތުން ޕްރީ-ބުކިންގފީ
އެއްގެ ގޮތުގައި -/20,000ރ. (ވިހިހާސް ރުފިޔާ)، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް
ދައްކަންޖެހޭ ކަމާއި، އަދި ރޯހައުސް ލިބޭ ފަރާތްތައް ކަނޑައަޅަނީ ޕްރީނބުކިންގފީ ދައްކާފައިވާ ފަރާތްތަކުވެހިރާއްޖޭގެ |
މުޢާމަލާތެއް
ނޫންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-Al8
ދއކ
ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމާއި، އެއްވެސް ސަބަބަކާހުރެ
ޕްރީ- ބުކިންގފީ އަނބުރާ ގެންގޮސްފިނަމަ އެފަދަ ފަރާތްތަކަށް ރޯހައުސް ގަތުމުގެ ފުރުޞަތު ގެއްލިގެންދާނެ
ކަމާއި،
ރޯހައުސް ގަތުމުގެ ޙައްޤު ރިޒާރވް ކުރުމަށްޓަކައި 25 ޖުލައި 2010 ގައި ފަތުޙު
އިބްރާހީމް ޕްރީ-ބުކިންގ ރަޖިސްޓްރޭޝަން ފޯމު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް
ހުށަހަޅާފައިވާކަމާއި، އަދި ޕްރީނބުކިންގފީ އެއްގެ ގޮތުގައި -/
20,000ރ، ވިހިހާސް ރުފިޔާ)
.ކާފައިވާކަމާއި، ނަމަވެސް އެ ފައިސާ އަނބުރާ ދިނުމަށް އެދި ފަތުޙުﷲ އިބްރާހީމް ގެ ފަރާތުން ހައުސިން
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުމުން، 28 ޑިސެމްބަރ 2011 ގައި ބޭންކް އޮފް މޯލްޑިވްސްގެ
ނަންބަރު:002891 ބޭންކް ގެރެންޓީ ޗެކުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ފަތުޙު
އިބްރާހީމް އަށް އެފައިސާ އަނބުރާ ދީފައިވާ ކަމަށާއި، އެހެންކަމުން ރޯހައުސް ގަތުމުގެ ޙައްޤު ލިބިފައިވާ
މީހުންގެ ރިޒާރވް ލިސްޓުން ފަތުޙުﷲ އިބްރާހީމް ގެ ނަން އުނިވެގެންދާން ޖެހޭނެކަމާއި، ނަމަވެސް ފަތުޙު
އިބްރާހީމްގެ ނަން ރިޒާރވް ލިސްޓުން އުނިނުވެ އޮތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް
އެރި އިދާރީ އޮޅުމަކުން ކަމާއި، ރިޒާރވް ލިސްޓުން ފަތުޙުﷲ އިބްރާހީމް ގެ ނަން އުނިނުވެ އޮތުމުގެ ސަބަބުން
28 އޮގަސްޓް 2012 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ބޭއްވި ޕްރީ-ސެލެކްޝަން
ހަފްލާއަށް ފަތުޙުﷲ އިބްރާހީމް އަށް ދަޢުވަތު ދެވުނުކަމާއި އަދި އެ ހަފްލާގައި ފަތުޙުﷲ އިބްރާހީމް ގެ ފަރާތުން
ޕްރީ-ބުކިންގ ފީ އަނބުރާ ގެންގޮސްފައިވާކަން ހާމަކޮށްފައި ނުވުމުގެ ސަބަބުން، ނަންބަރ 09-R14 ރޯހައުސް
ގަތުމަށް ފަތުޙުﷲ އިބްރާހީމް ޕްރީ-ސެލެކްޓް ކުރެވުނު ކަމަށާއި، އަދި 02 ޖެނުއަރީ 2013 ގައި ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ފަތުޙުﷲ އިބްރާހީމް އާ ދެމެދު ނަންބަރު 09-R14 ރޯހައުސް ގެ
އެކުމަށްޓަކައި ޕްރީ-ސޭލް އެގްރީމެންޓެއް ކުރެވިފައިވާކަން ދެފަރާތުގެ ބަޔާންތަކުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން
އެނގެން އޮންނަކަމެވެ
.
ދ8
4
2
2
2
و پر سرسرع
984ދ8
ދިއކމ
ދިވެހިރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20j5/HC-Al8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3.2- ދެވަނަ ކަމަކީ: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/383
ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ނ)
އާއި ޚިލާފަށްކަމަށް ފަތުޙުﷲ އިބްރާހީމް ގެ ފަރާތުން ބުނެފައިވާކަމާއި،
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ
22 ވަނަ މާއްދާގެ (ނ) ގައި ވަނީ،
ކޮންޓްރެކްޓެއްގެ
6 24
ބައިވެރިއެއްގެ އިހުމާލުން، ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވާ ޙާލަތަކާހުރެ، އެކޮންޓްރެކްޓަކުން އޭނާގެ
މައްޗަށް ލާޒިމްކުރާ ޢަމަލެއް ކުރެވެންނެތީ ކަމަކަށް އޭނާ ބަލައިގެން ނުވާނެކަމަށް ބަޔާންކޮށްފައިކަމާއި،
ޕްރީ-ބުކިންގފީ އެއް ނެގުމުގެ ބޭނުމަކަށް ވެފައިވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑް އާއެކު ރޯހައުސް ގަތުމުގެ މުޢާމަލާތްކުރުމަށް އެންމެ ޝައުޤުވެރިވާ އަދި ސީރިއަސް ކަމާއެކު އެ
މުޢާމަލާތްކުރަން އެންމެބޮޑަށް އެދޭ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ، އެފަރާތްތަކާއެކު އެ މުޢާމަލާތް ކުރިއަށް
ގެންދިއުންކަމާއި،
ޕްރީ-ބުކިންގފީ ދެއްކުމަށްފަހު، ޑައުންޕޭމަންޓް ދެއްކުމަށް ވެވޭ އެއްބަސްވުމުގެ ކުރިން
އެފަރާތެއްގެ ޚިޔާލު ބަދަލުވެގެން ނުވަތަ މެދުވެރިވާ ޙާލަތެއްގެ މައްޗަށް ބިނާކޮށް، ޕްރީ-ބުކިންގފީ ގެ ގޮތުގައި
ދެއްކި ފައިސާ އަނބުރާ ލިބިދިނުމަށް އެދެވިދާނެކަމާއި، ނަމަވެސް އެފައިސާ އަނބުރާ ދިނުމަށް އެދިފައިވާ،
ނުވަތަ އެފައިސާ އަނބުރާ ގެންގޮސްފައިވާ ފަރާތަކާއެކު ޑައުންޕޭމަންޓް އެއްބަސްވުމުގައި ސޮއިކުރެވިގެން
ނުވާނެކަމާއި، އެހެނީ އެފައިސާ އަނބުރާ ހޯދުމަށް ހުށަހަޅާ ހިސާބުން އެ މުޢާމަލާތުގައި އެފަރާތުން ދެއްކި
ޝައުޤުވެރިކަމުގެ ސީރިއަސްކަން ނެތިދިޔައީކަމާއި،
މިމައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ފަތުޙުﷲ އިބްރާހީމް ގެ ފަރާތުން ޕްރީ
ބުކިންގފީ ގެ ގޮތުގައި ދައްކާފައިވާ -/20,000 ރ. (ވިހިހާސް ރުފިޔާ) އަނބުރާ ހޯދުމަށްއެދި އެކަމަށްޓަކައި
ފުރަންޖެހޭ ސްލިޕް ފުރުމަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އަށް ހުށަހަޅާފައިވާކަމާއި،
އަދި ހަމަޖެހިފައިވާގޮތާއި މަތިން އެފައިސާ ފަތުޙުﷲ އިބްރާހީމް އަށް އަނބުރާ ލިބިދީފައިވާކަން
ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި، ނަމަވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގަހިރާއްޖޭގެ ހައި
2
2x 2 2xޑ
އއޤީ3838
6 24
އަނJ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
20j5/HC-Al8
ލިމިޓެޑް
ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ހުށަހެޅުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓެއްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެ ފައިނޭންސް
ޑިޕާރޓްމަންޓުގެ ފަރާތުން އެ މަޢުލޫމާތު ސޭލްސް ޑިޕާރޓްމަންޓަށް
ފޯރުކޮށްދީފައިނުވާތީ، ޑައުންޕޭމަންޓް ދެއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑް އިން ފަތުޙުﷲ އިބްރާހީމް އަ
އަށް ދަޢުވަތު ދެވިފައިވަނީކަމާއި، އަދި އެދައުވަތު ޤަބޫލުކޮށް
ފަތުޙުﷲ އިބްރާހީމް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އަށް ޙާޟިރުވުމަށްފަހު، އޭނާއަކީ ޕްރީ
ބުކިންގފީ އަނބުރާ ގެންގޮސްފައިވާ ފަރާތެއްކަމުގެ މަޢުލޫމާތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ގެ ކަމާބެހޭ މުވައްޒަފުންނާއި ޙިއްޞާ ނުކުރުމުގެ ސަބަބުން އެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ފަތުޙުﷲ އިބްރާހީމް އާއެކު ސޮއިކުރެވިފައިވަނީ ހެޔޮނިޔަތުގައި ކަމާއި،
ނަމަވެސް އެ އެއްބަސްވުންވެވިފައި އެވަނީ އެ އެއްބަސްވުން ވުމަށް ޤާނޫނީގޮތުން ޝަރުޠު ފުރިހަމަވާ
ފަރާތަކާއެކުގައި ކަމަށް ނުވުމުން، އަދި ފަތުޙުﷲ އިބްރާހީމަކީ އެ އެއްބަސްވުމުގައި ސޮއިކުރުމަށް ޝަރުޠު
ފުރިހަމަވާ ފަރާތެއް ނޫންކަމުގެ މަޢުލޫމާތު ފަތުޙުﷲ އިބްރާހީމް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑް އާއި ހިއްސާ ކޮށްފައިނުވަނީ ހެޔޮނިޔަތުގައިކަމަށް ބެލެވެން ނެތަތީ، ފަތުޙުﷲ އިބްރާހީމް އާއި އެކު
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ވެފައިވާ އެއްބަސްވުމުގެ ކުރިން އޮތް ޙާލަތަށް
ރުޖޫޢަވާންޖެހޭކަމާއި،
އެހެންކަމުން
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން
އެއްބަސްވުން ބާޠިލްކުރިކަން ފަތުޙުﷲ އިބްރާހީމް އަށް އަންގާފައި އެވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ
މާއްދާގެ (ނ) އާއި ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
3.3- ތިންވަނަ ކަމަކީ: ރޯހައުސް ގަތުމުގެ ފުރުޞަތު ގެއްލޭނެ ޙާލަތްތަކަކީ ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފައިނޭންޝަލް ސްކްރީނިންގ އިން "ހުޅުމާލެ ރޯހައުސް 2010" ގެ
ރޯހައުސް އެއް
ގަތުމުގެ ޤާބިލްކަން ހުރިކަމަށް ސާބިތުނުވުމާއި، ރޯހައުސް އެއް ގަތުމަށް
ޕްރީނބުކިންގފީ ރޯހައުސް ބުކް ކުރުމަށް ކަނޑައަޅާ ތާރީޚްގައި ނުދެއްކުން ނުވަތަ އެތާރީޚުގައި އެކަންތައް
ކުރެވޭނެ ފުރުޞަތެއް ނުލިބުންކަމާއި، އަދި ޕްރީ.ބުކިންގ ރަޖިސްޓްރޭޝަން ފޯމު ބާޠިލްކުރުމަށް ފައިސާ ދެއްކި
27 ހއ 8 هلހދ
e coco
84 ދ 8
44
کو مل رسم
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-Al8
ހއ 0 =ތ
ބަޔާންކޮށް
ކޯޕަރޭޝަން ލިމިޓެޑްގެ ޕްރީ-ބުކިންގ ރަޖިސްޓްރޭޝަން ފޯމުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމަށް
ފަތުޙުﷲ އިބްރާހީމް ގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު،
ޕްރީނބުކިންގ ރަޖިސްޓްރީ ފޯމް ބާޠިލްކުރުމަށް އެފޯމް ހުށަހެޅި ފަރާތުން އެދުމާއި، އެފޯމުގެ
ޒަރިއްޔާއިން ޕްރީ-ބުކިންގފީ ދެއްކުމުގެ ގޮތުން ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެދުމާއި މި
ދެކުމަކީވެސް އެއް ނަތީޖާއަކަށް ވާޞިލުވެވޭ ދެކަންކަމާއި، އެއީ ރޯހައުސް ގަތުމުގެ މުޢާމަލާތާއިގެން ކުރިއަށް
ދިއުމަށް ޝައުޤުވެރިކަން ނެތްކަން ފާޅުކުރުންކަމާއި، އެހެންކަމުން އެހިނދުން ފެށިގެން ފަތުޙުﷲ އިބްރާހީމް ގެ
ކިބައިން ރޯހައުސް ގަތުމުގެ ޙައްޤު ގެއްލިގެން ދާނެތީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ
ފަރާތުން ފަތުޙުﷲ އިބްރާހީމް އާއެކު އޮޅުމަކުން އެ މުޢާމަލާތް ކުރިއަށް ގެންދެވިފައިވަނީ ފަތުޙުﷲ އިބްރާހީމް
ހެޔޮނިޔަތުގައި ފޯރުކޮށްދޭންޖެހޭ ތެދު މަޢުލޫމާތު ފޯރުކޮށްދީފައިނުވާތީ ކަމަށްވާއިރު، އެ މުޢާމަލާތް ކުރިއަށް
ގެންދެވުނު ޙާލަތުގެ ޙަޤީޤަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް އެނގުނު ހިސާބުން ފެށިގެން
މުޢާމަލާތް ކުރިއަށް ގެންދިއުމަކީ އެ ކޯޕަރޭޝަނަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށް ބެލެވެން ނެތްކަމެވެ.
3.4- ހަތަރުވަނަ ކަމަކީ: 02 ޖެނުއަރީ 2013 ގައި ފަތުޙުﷲ އިބްރާހީމް އާއި ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގައި، ރޯހައުސް
ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ
ގޮތަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭ ޑައުންޕޭމަންޓް ދައްކައި ޚަލާސް ކުރުމުންކަމާއި
އެހެންކަމުން، 02 ޖެނުއަރީ 2013 ގައި ފަތުޙުﷲ އިބްރާހީމް އާއި ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވެވިފައިވާ އެއްބަސްވުމަކީ ނަމްބަރ 09-R14 ރޯހައުސް
ގަތުމަށް ވެވިފައިވާ އެއްބަސްވުމެއް ނޫންކަމާއި، އަދި އެއީ ނަމްބަރ 09-R14 ރޯހައުސް ގެ ޑައުންޕޭމަންޓް
ދެއްކުމަށް ވެވިފައިވާ ޕްރީ-ސޭލް އެއްބަސްވުމެއް ކަމާއި، ޕްރީ-ސޭލް އެއްބަސްވުމުގެ ބައިވެރިއަކަށް ވުމުގެ
ފުރުޞަތު ލިބެނީ ރޯހައުސް ގަތުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ
ފަރާތްތަކަށް ކަމަށްވެފައި ޕްރީނބުކިންގ ފީ ގެ ގޮތުގައި ފަތުޙުﷲ އިބްރާހީމް ދައްކާފައިވާ -/20,000 ރާއްޖޭގެ
etc.
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-Al8
04
86ށ 30ދ
(ވިހިހާސް ރުފިޔާ) އަނބުރާ ގެންދިއުމުގެ ސަބަބުން ރޯހައުސް ގަތުމުގެ ފުރުޞަތު ފަތުޙުﷲ އިބްރާހީމް އަށް
ގެންލިފައިވާތީ، ފަތުޙުﷲ އިބްރާހީމް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާ ދެމެދު
02 ޖަނަވަރީ 2013 ވަނަ ދުވަހު ނަންބަރު 09-R14 ރޯހައުސް ގެ ޑައުންޕޭމަންޓް ދެއްކުމަށް ވެވިފައިވާ
ޕްރީ-ސޭލް ވުމަކީ ސައްޙަ އެއްބަސްވުމެއް ކަމަށް ބަލައި ރޯހައުސް ނަންބަރު 09-R14 ފަތުޙު
އިބްރާހީމް ޙަވާލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ މައްޗަށް އެންގޭނެ ޝަރުޢީ
އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/383
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ
މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
COC
އެންމެ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތީން
ހުރުމާއެކު، އިސްތިއުނާފް މިކުރެވޭ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2013/HMC/383
ޤަޟިއްޔާގައި ބ.އޭދަފުށި ނައިނާ ފަތުޙުﷲ އިބްރާހީމް (ދ.ރ.ކާޑު: A047549) ހުށަހެޅި މައްސަލަ ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓުން ބައްލަވާ ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތް
ޙުކުމެއްކަމަށް
މެއްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު، ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓު ގެ އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ce O
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv