ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/275 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A275
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 275/HC-A/2015
• އިސްތިއުނާފުކުރި ފަރާތް:
T
ނަން: ޢަލީ ޝުޖާޢު
އައިޑީ ކާޑު ނަންބަރު: A141768
އެޑްރެސް: މި.ހުނަރު/ ކ.މާލެ
މިހާރުގެ އެޑްރެސް: މ.ހުނަރު/ ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ރިކްސާ ޙުސައިން
އައިޑީ ކާޑުނަންބަރު: A145350
ދާއިމީ އެޑްރެސް: ޖަވާހިރުމާގެ/ކ.ގާފަރު
* މިހާރުގެ އެޑްރެސް:ޖަވާހިރުމާގެ{ކ.ގާފަރު
L
• ރަޖިސްޓްރީ ތާރީޚް:
13 ޝައްވާލް 1436
29 ޖުލައި 2015
ނިމުނު ތާރީޚް:09 ޛުލްޤަޢިދާ 1436
24 އޯގަސްޓް 2015
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު:މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
01/H2C
ވަގުތީ އަމުރު
• ނިންމެވި ކޯޓު: މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ވަގުތީ އަމުރު
ހުށަހެޅި ތާރީޚް: 10.02.2015
، ނިމުނު ތާރީޚް: 07.06.2015
ދިވެހިރާއްa
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަބްދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2015/HC-A275
ދަޢުވާގެ ޚުލާޞާ
މިއީ މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
01/2C ވަގުތީ އަމުރު، އެ
ކޯޓުން ނެރެދީފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް
އެދި، ކ.މާލެ/ މ.ހުނަރު، ޢަލީ ޝުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.ގާފަރު ޖަވާހިރުމާގެ، ރިކްސާ ޙުސައިން
އެވެ.
....ކ
ކޯޓުގެ
1) އިސްތިއުނާފުކުރެވޭ މާލެއަތޮޅު
މެޖިސްޓްރޭޓް
ނަންބަރު
2015
/
01/H2C ވަގުތީ އަމުރަކީ، މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/05
/
2C
ޤަޟިއްޔާގައި ކޯޓުން ވަކިގޮތަކަށް ޙުކުމްކުރުމުގެ ކުރިން، ޢަލީ ޝުޖާޢުއާއި ރިކްސާ ޙުސައިންގެ ދެކުދިންކަމަށްވާ
މާހިލް ބިން ޢަލީ ޝުޖާޢުއާއި ޢާއިސާ ބިންތު ޢަލީ ޝުޖާޢު، ކުދީންގެ މަންމަ، ރިކްސާ ޙުސައިންއާ
ރުމަށް ކުދީންގެ ބައްޕަ، ޢަލީ ޝުޖާޢުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދި ރިކްސާ ޙުސައިންގެ
ފަރާތުން ވަގުތީ އަމުރަކަށް ގާފަރު މެޖިސްޓްރޭޓް ކޯޓުގައި އެދުނުހިނދު އެ ކޯޓުން ނެރެދީފައިވާ އަމުރެއްކަމާއި،
ހއ 33 މ ކތ
ހވާލުކުރުމަށް
އެ ވަގުތީ އަމުރު އެ ކޯޓުން ނެރެދީފައިވަނީ "ކ.މާލެ މ.ހުނަރު ޢަލީ ޝުޖާޢު، ކ.ގާފަރު
ޖަވާހިރުމާގެ ރިކްސް ޙުސައިން އާ، ކައިވެނިކޮށް މިދެމީހުންނަށް ލިބިފައިވާ ކ.މާލެ މ.ހުނަރު މާހިލް ބިން ޢަލީ
ޝުޖާޢު(އައިޑީކާޑުނަންބަރު:A372834)، (އުފަންތާރީޚް: 28 މެއި 2008 މ.1 22 ޖުމާދަލްއޫލާ 1429 ހ.)
އާއި، ކ.މާލެ މ.ހުނަރު ޢާއިޝާ ބިންތު ޢަލީ ޝުޖާޢު (އައިޑީކާޑް ނަންބަރު: A403957)، (އުފަންތާރީޚް: 22
ނޮވެމްބަރ 2011 މ. 22 ޖުމާދަލްއޫލާ 1429ހ.) ގެ ޙަޟާނަތު ލިބިގަތުމަށް އެދި ރިކްސާ ޙުސައިން
ކ.ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H2C/05 ޤަޟިއްޔާއިން މައްސަލަ ހުށަހަޅައި އެމައްސަލާގެ
ޝަރީޢަތް ކުރިއަށް ދަނިކޮށް، ބުނެވިދިޔަ ދެފަރާތުގެ ކުދީން ރިކްސާ ޙުސައިންގެ ބެލުމުގެ ދަށަށް ބަދަލު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
އިޖްހިރާއްޖޭގެ
3
2015/HC-A275
32
OXUcc
އެދި ޢަލީ ޝުޖާޢުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ރިކްސާ ޙުސައިން އެދުނުހިނދު، މިދެމީހުން
ކައިވެނިކުރުމަށްފަހު ކުދިންލިބި އެކުދިންނާއެކު ދިރިއުޅެމުގައި ގިނަދުވަސްތަކެއް ހޭދަކުރެވިފައިވަނީ
ކ.ގާފަރުގައިކަމަށާއި، އަދި އޭގެފަހުގައި މާލެއަށް ދިރިއުޅުން ބަދަލުކުރިކަމަށާއި، ނަމަވެސް ދެމަފިރީންގެ ދެމެދު
ތަފާތު މައްސަލަތައް ޖެހި ރިކްސާ ޙުސައިންއަށް އަނިޔާކޮށް ހަދާތީ، ފިރިމީހާ ގާތުން ފިލައިގެން ކ.ގާފަރަށް
އާދެވުނު ނަމަވެސް ބުނެވިދިޔަ ދެކުދިން ރިކްސާޙުސައިންއާއެކު ގެނެވޭގޮތް ނުވިކަމަށާއި، އެކުދީން ދޭން
ބުނުމުންވެސް ނުދޭވޭނޭކަމަށާއި، ބޭނުންކަމުގައިވާނަމަ ކޯޓަށްދާށޭ ޢަލީ ޝުޖާޢު ބުނެފައިވާކަމަށާއި، ޙަޟާނަތުގެ
މައްސަލަ ވަކިގޮތަކަށް ނިމެންދެން ވަގުތީ އަމުރެއްގެ ދަށުން ރިކްސާހުސައިންގެ ބެލުމުގެ ދަށުގައި ކުދީން
ބައިތިއްބަން ބޭނުންވަނީ މިކުދިންނަކީ ކުޑަކުދީންނަށްވެފައި އެކުދީން މައިމީހާއާ ވަކިކޮށްފައި ބޭތިއްބުމަކީ
އެކުދިންނަށް ލިބެންވާ އަޅާލުމާއި އޯގާތެރިކަން ނުލިބި ނަފްސާނީގޮތުން އެކުދީންނަށް އަސަރު ކުރާނެކަމަކަށް
އެކަން ވާނެތީއާއި އަދި އެކުދީން އެ އުޅޭ ވެއްޓަކީ ޞިއްޙީ ގޮތުންވެސް އެކަށީގެންވާ ތަނަކަށް ނުވާތީއާއި، އަދި
މިހާތަނާޖެހެންދެންވެސް އެކުދީންގެ އެންމެހައި ކަންކަން ބަލަހައްޓަމުން ދިޔައީ ރިކްސާ ޙުސައިންގެ ބަލުމުގެ
ދަށުންކަމަށް ރިކްސާ ޙުސައިން ބުނެފައިވާއިރު، މި މައްސަލާގައި ޢަލީ ޝުޖާޢުގެ ބަހެއް ހޯދުމަށް ފެމިލީ ކޯޓަށް
ފޮނުވުމުން ބަޔާންދޭން ބޭނުންވަނީ ރިކްސާ ޙުސައިންގެ ޙާޟިރުގައި ކ.ގާފަރު މެކިސްޓްރޭޓް ކޯޓަށް
ޙާޟިރުވެކަމަށާއި، އެހެންކަމުން 15 މެއި 2015 ވަނަ ދުވަހު ކ.ގާފަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވާނޭކަމަށް
ޢަލީ ޝުޖާޢު ބުނިނަމަވެސް އެބުނާ ދުވަހަކީ ހުކުރު ދުވަހެއްކަން އެނގެން އޮންނަކަމާއި، ނަމަވެސް އެބުނާދުވަހު
ޢަލީ ޝުޖާޢު ކ.ގާފަރަށްވެސް އައިސްފައިނުވާކަން މިކޯޓުން ބެލިބެލުމުން އެނގޭކަމާއި، މި މައްސަލާގައި ޢަލީ
ޝުޖާޢު ފެމިލީކޯޓަށް ޙާޟިރުކުރުމަށް އެންގި އެކޯޓުގެ ނަންބަރު D3
/
2015
/
751 (19 މެއި 2015) (ކޯޓަށް
ޙާޟިރުވުމުގެ އަމުރު) ޢަލީ ޝުޖާޢުއަށް ލިބި ރައްދުވިނަމަވެސް މަޤުބޫލު ޢުޒުރެއް ނެތި އަމުރުގައި ބުނެފައިވާ
ތާރިޚާއި ގަޑިއަށް ޙާޟިރުވެފައިނުވާތީ، މިވަގުތީ އަމުރު ނެރުމުގައި ޢަލީ ޝުޖާޢުގެ ބަހެއް ހޯދިފައި ނުވާކަމާއި،
ޙަޟާނަތުގެ ޙައްޤަކީ ދެމަފިރިން ވަރިވުމުން ދެމަފިރީންނަށް ލިބިފައިވާ ދަރީންގެ ބެލެނިވެރިކަމުގެ މައްޗަށް
އުފަންވާ ޙައްޤެއްކަމަށް ވާހިނދު، މިކޯޓުގެ ނަންބަރު 2015/N2C/04 ޤަޟިއްޔާއިން ރިކްސާ ޙުސައިން އާއި،
ޢަލީ ޝުޖާޢުގެ 1 (އެކެއް) ވަނަ ކައިވެނި ތަފްރީޤުކޮށްފައިވާކަން އެނގޭތީ، ޙަޟާނަތުގެ މި މައްސަލައަށް
P
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A275
ކަނޑައެޅިދާނޭކަން އެނގޭހިނދު، ބުނެވިދިޔަ ކުދީން މިހާތަނާ ޖެހެންދެންވެސް އެކުދީންނަށް ދޭންވާ އަޅާލުމާއި،
ލޯބި ދީގެން ގެންގުޅެ ބަލަހައްޓާފައިވަނީ ރިކްސާ ޙުސައިން ކަން މީނާގެ ބަހުންނާއި، ހެކީންގެ ބަހުން އެނގެން
އޮތަތީ، މިކުދިންގެ ޙަޟާނަތުގެ ދަޢުވާ ފައިސަލާކުރެވެންދެން ނުވަތަ ޝަރުޢީ ކޯޓަކުން އެހެންގޮތަކަށް
ކަނޑައަޅަންދެން ބުނެވިދިޔަ ދެކުދީންގެ މަންމަގެ ބެލުމުގެ ދަށުގައި މި ކުދީން ތިބުމަކީ މިކުދީންގެ މަންމަ
ފިޔަވައި އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބޭނަމަ އެކަމުން އެކުދީންގެ ޙައްޤަށް އުނިކަމެއް ލިބިދާނޭކަމަށް
ފުރުޞަތު އޮތަތީ، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އާއި، މި
މާއްދާގެ (ބ) އާއި، ޢާއިލާއާބެހޭ ޤަވާއިދުގެ 71 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 2015 ޖޫން 07މ.
| 1436 ޝަޢުބާން 20 ހ. ވަނަ ދުވަހުގެ 11:45 އިން ފެށިގެން 120 (ސަތޭކަ ވިހި) ގަޑިއިރުގެ ތެރޭގައި،
ކ.މާލެ ހުނަރު މާހިލް ބިން ޢަލީ ޝުޖާޢު އާއި، ކ. މާލެ މ.ހުނަރު ޢާއިޝާ ބިންތު ޢަލީ ޝުޖާޢު މި ކުދީންގެ
މަންމަ ގާފަރު ޖަވާހިރުމާގެ ރިކްސާ ޙުސައިންއާ ޙަވާލުކުރުމަށް މާލެ މ.ހުނަރު ޢަލީ ޝުޖާޢުއަށް
އަމުރުކޮށް، އަމުރު ތަންފީޒުކުރުމަށް ޢަލީ ޝުޖާޢު ނުވަތަ އެނޫންމީހަކުވެސް ދެކޮޅުހަދައި ހުރަސްއަޅާނަމަ،
އެކަމެއް ހުއްޓުވައި، މި އަމުރު ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށް"
ނެރުއްވާފައިވާ އަމު
އަމުރެއްކަން އެ އަމުރަށް ބެލުމުން، އެނގެން އޮވެއެވެ.
#
#
މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
01/H2C ވަގުތީ އަމުރު،
އެ ކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ/ މ.ހުނަރު، ޢަލީ
ޝުޖާޢުގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ކުދިންގެ މަންމަ ރިކްސާ ޙުސައިން ކުދިންގެ ޙަޟާނަތު
ހޯދުމަށްއެދި ކ.ގާފަރު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ދެމަފިރިންގެ ވަރީގެ މައްސަލައެއްގެ އި
ނިމިފައިނުވާއިރު، ދެމަފިރިންނަށް ލިބިފައިވާ ދަރިންގެ ޙަޟާނަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2015/HC-A275
ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތްކަމަށްވާއިރު، ގާފަރު މެޖިސްޓްރޭޓް ކޯޓުން ކުދިންގެ މަންމައާއި ކުދިން
ޙަވާލުކުރުމަށްއެދި ނެރެފައިވާ ނަންބަރު 2015
/
01/H2C ވަގުތީ އަމުރަކީ މިދެންނެވި ކަންކަމަށް ނުބައްލަވާ
ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމަށް
ހުށަހެޅި ނުކުތާ.
9
ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/2000 ޢާއިލާއާބެހޭ ޤާނޫނު) ގެ 44 ވަނަ
މާއްދާގެ (ހ) އަދި (ށ) ގައި ކުދިންގެ ޙަޟާނަތު މުއްދަތު ކަނޑައެޅިފައިވާއިރު، ދެމީހުންނަށް ލިބިފައިވާ ދޮށީ
ދަރިފުޅު މާހިލް ބިން ޢަލީ ޝުޖާޢު އަކީ މިހާރު ޢުމުރުން 7 އަހަރު ފުރިފައިވާ ކުއްޖަކަށް ވާތީ، ކުއްޖާގެ ބަހެއް
ހޯދުމެއްނެތި ކުއްޖާގެ ނުޤަބޫލުގައި ވަކި މީހަކާ ޙަވާލުކުރުމަށް ގާފަރު މެޖިސްޓްރޭޓް ކޯޓުން ޢަމުރު ކޮށްފައިވަނީ
މިދެންނެވި މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
6
ތިންވަނަ ނުކުތާއަކީ، ދެމީހުން ކާވެނިކޮށްގެން ލިބިފައިވާ ދެކުދިންނަކީ މިހާރުވެސް
މާލޭ ސްކޫލެއްގައި ތަޢުލީމް ޙާޞިލްކުރަމުން ގެންދާ ދެ ކުދިންކަމަށްވާއިރު، މިވަގުތު ކުދިންގެ މަންމަ އާއި
ކުދިން ހަވާލުކޮށްފިނަމަ، ކުދިންގެ ތަޢުލީމަށް އަސަރުކުރާނެ ކަމަށްވީއިރު ކ.ގާފަރު މެޖިސްޓްރޭޓް ކޯޓުން އަމުރު
ނެރުއްވާފައިވަނީ އިސްވެދެންނެވި ކަންކަމަށް ނުބައްލަވާކަމަށްބުނެ ހުށަހެޅި ނުކުތާ.
COCCO
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
01/H2C "ވަގުތީ
އަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި
ހަގަކުރެވިފައިވެއެވެ.
ccc
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2015
/
01/H2C ވަގުތީ އަމުރަށް ބަލާއިރު އެ އަމުރަކީ މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުޕެގޭގެ
ނަންބަރު 2015/H2C/05 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅަންދެން ވަގުތީ އަމުރެއް ނެރެދިނުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
-ގުޅޭ
0232 8:
6
2015/HC-A275
ޖަވާހިރުމާގެ، ރިކްސާ ޙުސައިންގެ ފަރާތުން އެދުމުން މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުން ނެރެދީފައިވާ
އަމުރެއްކަމާއި، އިސްވެބުނެވުނު މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H2C/05
ޤަޟިއްޔާގައި، ކ.މާލެ/ މ.ހުނަރު، ޢަލީ ޝުޖާޢުއާއި ރިކްސާ ޙުސައިންއާ ކައިވެނިކޮށް ލިބިފައިވާ
ކ.މާލެ މ.ހުނަރު، މާޙިލް ބިން ޢަލީ ޝުޖާޢު (އައިޑީކާޑު ނަންބަރު: A372834) އާއި ކ.މާލެ/ މ.ހުނަރު،
ޢާއިޝާ ބިންތު ޢަލީ ޝުޖާޢު (އައިޑީކާޑު ނަންބަރު: A403957) އަށް ބޭނުންވާ ލޯތްބާއި އަޅާލުން އެ
ކުދިންގެ ބައްޕަ، އަލީ ޝުޖާޢުގެ ފަރާތުން ނުލިބޭނެތީކަމަށް ބުނެ، ކުދިންގެ ޙަޟާނަތު ލިބިގަތުމަށް އެދި
ކޮށްފައިވާ ދަޢުވާއެއްކަން އެކުދިންގެ ޙަޟާނަތު ލިބިގަތުމަށް އެދި ދަޢުވާ ހުށަހަޅާ ފޯމް" އަށް ބެލުމުން
އެނގޭކަމާއި،
ބުނެވުނު މައްސަލާގައި ރިކްސާ ޙުސައިންގެ ފަރާތުން ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމް"
ގައި ވަގުތީ އަމުރަކަށް އެދިފައިވާ ސަބަބެއްކަމުގައި ފާހަގަކޮށްފައިވަނީ، ކުދިންނަކީ 18 އަހަރުނުވާ
ކުޑަކުދިންނަށްވާތީ އާއި މައްސަލަ ވަކިގޮތަކަށް ނިމެންދެންވެސް ކުދީންގެ މަންމަ ކައިރީގައި އެ ކުދީން
ބައިތިއްބަން ބޭނުންވާތީކަމަށާއި، އަދި ވަގުތީ އަމުރު ނުނެރެފިނަމަ ލިބޭނެ ގެއްލުމުގެ ގޮތުގައި، އެ ކުދިންނަކީ
18 އަހަރުނުވާ ކުޑަކުދިންނަށް ވެފައި އެ ކުދިން މައިމީހާއާ ވަކިކޮށް ބޭތިއްބުމުން އެ ކުދިންނަށް ލިބެންވާ
އަޅާލުން ނުލިބި ނަފްސާނީގޮތުން އެ ކުދިންނަށް އަސަރުކުރާނެތީއާއި، އަދި އެ ކުދިން އުޅޭ ވެއްޓަކީ
ސިއްޙީގޮތުންވެސް އެކަށީގެންވާ ތަނަކަށް ނުވާތީއާއި، އަދި މިހާތަނަށްވެސް ކުދިންގެ ކަންކަން ބަލަހައްޓަމުން
އައީ ކުދިންގެ މަންމަކަމަށް ރިކްސާ ޙުސައިންގެ ފަރާތުން "ވަގުތީ އަމުރަށް އެދޭ ފޯމް" ގައި ފާހަގަކޮށްފައިވާކަން
އެނގޭކަމާއި، ރިކްސާ ޙުސައިންގެ ފަރާތުން ފާހަގަކޮށްފައިވާ ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، މާލެއަތޮޅު
ގާފަރު މެޖިސްޓްރޭޓް ކޯޓުން އިސްތިއުނާފުކުރެވޭ ވަގުތީ އަމުރު ނެރެދީފައިވާކަން އެނގެންއޮންނަކަ
SOXO
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012
ޤަޟިއްޔާގައި ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ވަގުތީ އަމުރަށް
އެދޭފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެeއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
47 8 5 8
31
1
2015/HC-A275
"ޞިފަތު" ނުވަތަ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި، އަދި ވަގުތީ އަމުރު ނެރުމަކާއި ނުލާ
އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން ހިމެނިފައިވާކަމަށް
ކަނޑައެޅުއްވުމަށްފަހު، ބުނެވުނު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނުކުތާގައި، ވަގުތީ އަމުރު
ނެރުމުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ އެއް އަޞްލަކީ، ކޯޓަށް ހުށަހެޅޭ
މައްސަލައަކާއި ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަޞްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ
ޤާނޫނީ މަރުކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް ނުވަތަ އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު
ނެރުމުގެ ބާރު ކޯޓަށް ލިބިގެންނުވާކަމަށާއި، އެހެންނޫންނަމަ އެ ވާނީ މައްސަލަ ބެލުމުގެ ކުރިން، އެ
މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ކުރިއާލައި ހިމާޔަތްދެވުންކަމަށް
އިސްވެބުނެވުނު އަކުރުގައި ފާހަގަކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015
/
01/H2C ވަގުތީ އަމުރަކީ މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H2C/05
ޤަޟިއްޔާގައި ޙުކުމްކުރެވެންދެން ޢަލީ ޝުޖާޢުއާއި ރިކްސާ ޙުސައިންއާ ދެމީހުންގެ ކައިވެނީގެ މުއްދަތުގައި
ލިބިފައިވާ މާއިލް ބިން ޢަލީ ޝުޖާޢުއާއި، ޢާއިޝާ ބިންތު ޢަލީ ޝުޖާޢުއާ ދެކުދިންނަކީ 18 (އަށާރަ) އަހަރު
ނުފުރޭ ކުޑަކުދިންކަމަށްވާތީ، މައްސަލަ ވަކިގޮތަކަށް ނިމެންދެން ބުނެވުނު ދެ ކުދީން، އެ ކުދީންގެ މަންމަ،
ރިކްސާ ޙުސައިން ކައިރީގައި ބައިތިއްބުމަށް ބޭނުންވާތީ، ރިކްސާ ޙުސައިންގެ ފަރާތުން ވަގުތީ އަމުރަކަށް
އެދުމުން އެ ކޯޓުން ނެރެދީފައިވާ އަމުރެއްކަމާއި،
އިސްވެ ބުނެވުނު އަމުރަށް ބަލާއިރު، އެ އަމުރުގައި އެ ކުދީން، ކުދީންގެ މަންމަ، ރިކްސާ
ޙުސައިންގެ ބެލުމުގެ ދަށުގައި ބައިތިއްބަންޖެހޭ ސަބަބުކަމަށް ފާހަގަކުރައްވާފައިވަނީ، އެ ކުދީންނަކީ
ކުޑަކުދީންނަށްވެފައި އެ ކުދީން މައިމީހެއް ވަކިކޮށްފައި ބޭތިއްބުމަކީ އެ ކުދިންނަށް ލިބެންވާ އަޅާލުމާއި
އޯގާތެރިކަން ނުލިބި ނަފްސާނީގޮތުން އަސަރުކުރާނެކަމަކަށް އެކަން ވާނެތީއާއި، އަދި އެކުދީން އުޅޭ ވެއްޓަކީ
ޞިއްޙީގޮތުންވެސް އެކަށީގެންވާ ތަނަކަށް ނުވާތީ، އިސްތިއުނާފު ކުރެވޭ އަމުރު ނެރެދިނުމާ ހަމައަށްވެޞިއްޖޭގެ
ކުދީންގެ ކަންކަން ބަލަހައްޓަމުންދިޔައީ ރިކްސާ ޙުސައިންގެ ބެލުމުގެ ދަށުންކަމަށް ބުނެ ރިކްސާ ޙުސަން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް irif [email protected] ވެބްސައިޓް www.highcourt.gov.mv
8
2015/HC-A275
ފަރާތުން ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެނގޭކަމާއި، އަދި އިސްތިއުނާފުކުރެވޭ އަމުރު
ނެރެދިނުމާ ހަމައަށްވެސް އެ ކުދީންނަށް ދޭންވާ އަޅާލުމާއި، ލޯބި ދީގެން ބަލަހައްޓާފައިވަނީ ރިކްސާ
ޙުސައިންކަން ރިކްސާ ޙުސައިންގެ ބަހުންނާއި ހެކީންގެ ބަހުން އެނގެންއޮންނާތީއާއި، އެ ކުދީންގެ މަންމަ
ފިޔަވައި އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ބުނެވުނު ކުދީން ތިބޭނަމަ، އެ ކަމުން ކުދީންގެ ޙައްޤަށް އުނިކަމެއް
ލިބިދާނެކަމުގެ ފުރުޞަތުއޮތްކަމަށް އިސްތިއުނާފު ކުރެވިފައިވާ މިއަމުރުގައި ފާހަގަކޮށްފައިވާކަމާއި،
މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H2C/05 ޤަޟިއްޔާގައި ކޮށްފައިވާ
ދަޢުވާއަކީ، މާޙިލް ބިން ޢަލީ ޝުޖާޢުއާއި ޢާއިޝާ ބިންތު ޢަލީ ޝުޖާޢުއަށް ބެނުންވާ ލޯތްބާއި އަޅާލުން އެ
ކުދިންގެ ބައްޕަގެ ފަރާތުން ނުލިބޭނެތީ، އެ ކުދީންގެ ޙަޟާނަތު ލިބިގަތުމަށް އެދި ރިކްސާ ޙުސައިންގެ ފަރާތުން
ހުށަހެޅި މައްސަލައެއްކަން އެނގެންއޮންނައިރު، އިސްވެ ބުނެވުނު ދަޢުވާގެ ނަތީޖާއަކަށް ވެގެންދާނީ އެ
ކުދީންނަށް އެންމެ މަޞްލަޙަތު ބޮޑީ އެ ކުދީން، އެ ކުދީންގެ މަންމަ، ރިކްސާ ޙުސައިންގެ ބެލުމުގައި ދަށުގައި
ބޭތިއްބުންކަން ނުވަތަ އެ ކުދީންނަށް އެންމެ މަޞްލަޙަތު ބޮޑީ، އެ ކުދީންގެ ބައްޕަގެ ބެލުމުގެ ދަށުގައި
ތިބުންކަން ކަނޑައެޅިގެންދިއުންކަމާއި،
އިސްވެ ބުނެވުނު ޤަޟިއްޔާގައި ރިކްސާ ޙުސައިންގެ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވަނީ،
އެ ޤަޟިއްޔާގައި ޙުކުމްކުރެވެންދެން، މާޙިލް ބިން ޢަލީ ޝުޖާޢުއާއި ޢާއިޝާ ބިންތު ޢަލީ ޝުޖާޢު، ކުދީންގެ
މަންމަ، ރިކްސާ ޙުސައިންގެ ބެލުމުގެ ދަށަށް ގެނައުމަށްކަން ކަށަވަރުވާހިނދު، އިސްތިއުނާފުކުރެވޭ ވަގުތީ
އަމުރުން މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/05/12C ޤަޟިއްޔާގައި ޙުކުމްކުރެވެންދެން
ކުދީންގެ މަޞްލަހަތުގެ މައްޗަށް ރިޢާޔަތްކޮށް ވަގުތަށް އެންމެ ރަނގަޅީ ކުދީން، އެ ކުދީންގެ މަންމަ، ރިކްސާ
ޙުސައިންގެ ބެލުމުގެ ދަށުގައި ތިބުންކަމަށް ފާހަގަކޮށްފައިވާއިރު، މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2015/H2C/05 ޤަޟިއްޔާއިންވެސް ރިކްސާ ޙުސައިން ބޭނުންވާ ނިހާއީ ނިންމުމަކީ އެއީ
ކަމަށްވާއިރު، އިސްތިއުނާފުކުރެވޭ މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
01/2C ވަގުތީ
އަމުރު ބިނާވެގެންވަނީ، މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H2C/05
ކަމުގައިވާއިރު، ބުނެވުނު ޤަޟިއްޔާ ހިނގަމުން ދަނިކޮށް، އެ ޤަޟިއްޔާގެ ތެރެއިން ރިކްސާ
6
ޤައްޔާއަށް
9
ޓްގެ
، ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2015/HC-A275
433
2
2
4
2 ޑ 8
ކަމެކެރވނތނ
އެދިފައިވާގޮތަށް، މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H2C/05 ޤަޟިއްޔާގައި
މާހިލް ބިން ޢަލީ ޝުޖާޢުއާއި ޢާއިޝާ ބިންތު ޢަލީ ޝުޖާޢު، ކުދީންގެ މަންމަ، ރިކްސާ
ޙުސައިންގެ ބެލުމުގެ ދަށަށް ނުވަތަ، ކުދީންނަށް މަޞްލަހަތު އެންމެ ބޮޑު ގޮތަކީ، އެ ކުދީން، އެ ކުދީންގެ
މަންމަ، ރިކްސާ ޙުސައިންގެ ބެލުމުގެ ދަށުގައި ދެމިތިބުމަށް ކަނޑައެޅިގެން ދިއުންކަން އެނގެންއޮންނާތީ، މި
ކަމަކީ، މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H2C/05 ޤަޟިއްޔާގައި ކުދީންގެ ޙަޟާނަތު
ލިބިގަތުމަށް އެދި ރިކްސާ ޙުސައިންގެ ފަރާތުން ހުށަހެޅި މައްސަލާގެ މައުޟޫޢުއާމެދު، ޝަރީޢަތުން ބަލައި ގޮތެއް
ކަނޑައެޅުމުގެ ކުރިން އަޞްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ
ހިމާޔަތް ކުރިއާލާ ނުވަތަ ދުރާލާ ދެވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި
ފަނޑިޔާރުންނަށް ފެނުނުކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއިއެކު މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2015
/
01/H2C ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް
ޑ ދ 8
4
2
2
4
އެއބަސްފެންވެ.
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2015
/
01/H2C ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށްޓަކައި ކ.މާލެ/ މ.ހުނަރު، ޢަލީ
ޝުޖާޢު ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމެވުން ބާޠިލުކަމަށް ކަނޑައަޅައި،
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv