ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/166 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/166
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 166/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ފައްޔާޝް އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A051313
* ދާއިމީ އެޑްރެސް: މއ. ބޯގަންވިލާ މާލެ
.1
* ދާއިމީ އެޑްރެސް: މއ.
ބޯގަންވިލާ/މާލެ
ދާއިމީ އެޑްރެސް: މއ. ބޯގަންވިލާމާލެ
.3
*
ދާއިމީ އެޑްރެސް: މއ. ބޯގަންވިލާ/މާލެ
.4
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޝަހިންދާ އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A039179
2. * ނަން: އަޙްމަދު އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A059099
އިބްރާހީމް އިސްމާޢީލް
* އައިޑީ ކާޑު ނަންބަރު: A063911
* ނަން: ޙުސައިން އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A041757
* ނަން: ޙަސަން އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A057234
ނަން: ޔާސިރު އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A071360
ނަން: ޢާއިޝަތު ޝާހީން އިސްމާޢީލް
ކާޑު ނަންބަރު: A051734
*
ދާއިމީ އެޑްރެސް: މއ.
ބޯގަންވިލާ މާލެ
.5
* ދާއިމީ އެޑްރެސް: މއ. ބޯގަންވިލާ/މާލެ
.6
ދާއިމީ އެޑްރެސް: މއ. ބޯގަންވިލާ/މާލެ
:
އައިޑީ
އެޑްރެސް: މއ.ބޯގަންވިލާ/މާލެ
R
ހައިޓީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްޖޭގެ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/166
8. * ނަން: ޤުރައިޝާ އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A049703
ދާއިމީ އެޑްރެސް: މއ. ބޯގަންވިލާ/މާލެ
0
ހުށަހެޅުނު ތާރީޚް: 29 މެއި 2012
* ނިމުނު ތާރީޚް: 15 ސެޕްޓެންބަރު 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/560
ނިންމެވިކޯޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ތަރިކަ
ހުށަހެޅުނުތާރީޚް: 20-03-2011
، ނިމުނު ތާރީޚް: 29-09-2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/166
42
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/560 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި، ބޯގަންވިލާ/މާލެ،
ފައްޔާޝް އިސްމާޢީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A051313) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ
ފަރާތްތަކަކީ، ބޯގަންވިލާ/މާލެ، ޝަހިންދާ އިސްމާޢީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A039179) އާއި، ބޯގަންވިލާ/މާލެ، އަޙްމަދު އިސްމާޢީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A059099) އާއި، ބޯގަންވިލާ މާލެ، އިބްރާހީމް އިސްމާޢީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A063911) އާއި، ބޯގަންވިލާ/މާލެ، ޙުސައިން އިސްމާޢީލް (ދިވެހިރައްޔިތެއްކަން
ނަންބަރު A041757) އާއި، ބޯގަންވިލާ މާލެ، ޙަސަން އިސްމާޢީލް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A057234) އާއި، ބޯގަންވިލާމާލެ، ޔާސިރު
އިސްމާޢީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A071360) އާއި، ބޯގަންވިލާ/މާލެ،
ޢާއިޝަތު ޝާހީން އިސްމާޢީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A051734) އާއި،
ބޯގަންވިލާ މާލެ، ޤުރައިޝާ އިސްމާޢީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A049703) އެވެ.
މއ.
އަންގައިދޭ ކާޑު
12
0
ޝަކުވާތަ
ހއ.
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/560 ޤަޟިއްޔާއަކީ، ބޯގަންވިލާ މާލެ،
އިސްމާޢީލް ނަޞީރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A071359) ނިޔާވެފައިވާތީ،
އެމަރްޙޫމްގެ ތަރިކައިގެ ތެރޭގައި ހިމެނޭ މަރުޙޫމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯގަންވިލާ އޭކިޔާ
އެމަރްޙޫމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ހުޅުވާފައިވާ
އެކައުންޓްތަކުގައިވާ ފައިސާއާއި، ބޯގަންވިލާ މާލެ، އަލްމަރްޙޫމް މުޙައްމަދު އިސްމާޢީލްގެ ތަރިކައިން
މިމަރްޙޫމް އިސްމާޢީލް ނަޞީރަށް ލިބިފައިވާ މުދާ ވާރިޘުންގެ މެދުގައި ބަހައިދިނުންއެދި، އެމަރުހޫމްގެ
ދަރިއެއްކަމުގައިވާ ބޯގަންވިލާ މާލެ ފައްޔާޝް އިސްމާޢީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ
ދި8ދ878
އފހރއ
R
ހައި9
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/166
އާއި،
މއ.
ކާޑު ނަންބަރު A051313} ގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުން ބައްލަވާ ނިންމަވާފައިވާ
ޤަޟިއްޔާއެއްކަމާއިގެ
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: [ދެންފަހެ، މއ. ބޯގަންވިލާ އިސްމާޢީލް ނަޞީރު
(ދ.ރ.ކާޑް ނަންބަރު A071359) 22 ޑިސެމްބަރ 2009 ދުވަހު ނިޔާވެފައިވާކަމާއި، ވާރިޘުންނަކީ
މަރްޙޫމްގެ 06 (ހައެއް) ފިރިހެން ދަރިންކަމުގައިވާ ބޯގަންވިލާ އަޙްމަދު އިސްމާޢީލް (ދ.ރ. ކާޑް
ނަންބަރު A059099) އައި، މއ. ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (ދ.ރ.ކާޑު ނަންބަރު A063911)
ބޯގަންވިލާ ހުސައިން އިސްމާޢީލް (ދ.ރ.ކާޑު ނަންބަރު A041757) އާއި، ބޯގަންވިލާ
ޙަސަން އިސްމާޢީލް (ދ.ރ.ކާޑު ނަންބަރު A057234) އާއި، ބޯގަންވިލާ ފައްޔާޝް އިސްމާޢީލް
(ދ.ރ.ކާޑު ނަންބަރު A051313) އާއި، ބޯގަންވިލާ ޔާސިރު އިސްމާޢީލް (ދ..ކާޑު ނަންބަރު
A071360) އާއި މަރްޙޫމްގެ 03 (ތިނެއް) އަންހެން ދަރިން ކަމުގައިވާ ބޯގަންވިލާ އާއިޝަތު ޝާހީން
އިސްމާޢީލް (ދ.ރ.ކާޑު ނަންބަރު A051734) އާއި، ބޯގަންވިލާ، ގުރައިޝާ އިސްމާޢީލް (ދ.ރ.ކާޑު
ނަންބަރު A049703) އާއި، ބޯގަންވިލާ ޝަހިންދާ އިސްމާޢީލް (ދ.ރ.ކާޑު ނަންބަރު A039179)
އާއެކު ޖުމްލަ 09 (ނުވައެއް) މީހުންކަން ހެކިންނާއި ވާރިޘުންގެ ބަހުން އެނގޭކަމާއި،
މަރުޙޫމްގެ ތަރިކައިގެ ގޮތުގައި ހިމެނިގެންވަނީ އެ މަރުޙޫމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ބޯގަންވިލާ އެވެ ކިޔާ (ރަޖިސްޓްރީ ނަންބަރު ބ.3529) ބަންޑާރަ ގޯއްޗާއި، މިގޯތީގައިވާ ނުއުފުލޭ މުދަލާއި އެ
މަރުޙޫމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުރި ފައިސާއާއި، ބޯގަންވިލާ އަލްމަރުޙޫމް
މުޙައްމަދު އިސްމާޢީލްގެ ތަރިކައިން އަލްމަރުޙޫމް އިސްމާޢީލް ނަޞީރަށް ލިބިފައިވާ ފައިސާކަމަށާއި، މިތަރިކަ
ހުރިހާ ވާރިޘުންނަށް ހަމަހަމަކޮށް ލިބުމަށް އެދި ވާރިޖުންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދީފައިވާތީ،
ބުނެވިދިޔަ ގޮތުގެ މައްޗަށް މއ. ބޯގަންވިލާ އެވެ ކިޔާ 3,576 (ތިންހާސް ފަސްސަތޭކަ ހަތްދިހަ
ހައެއް) އަކަފޫޓުގެ ބަންޑާރަ ގޯއްޗާއި، މިގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ، މއ. ބޯގަންވިލާ އަޙްމަދު
އިސްމާޢީލް އާއި، ބޯގަންވިލާ އިބްރާހީމް އިސްމާޢީލް އާއި، ހއ. ބޯގަންވިލާ ޙުސައިން އިސްމާޢީލް އާއި،
ބޯގަންވިލާ ޙަސަން އިސްމާޢީލް އާއި، ހއ.
.. ބޯގަންވިލާ ފައްޔާޝް އިސްމާޢީލް އާއި، ބޯގަންވިލާ
ޔާސިރު އިސްމާޢީލް އާއި، މއ.ބޯގަންވިލާ ޢާއިޝަތު ޝާހީން އިސްމާޢީލް އާއި، މއ.ބޯގަންވިލާ ޤުރައިޝާ
ހއ
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/166
.
އިސްމާޢީލް އާއި، ބޯގަންވިލާ ޝަހިންދާ އިސްމާޢީލް އަށް ހަމަހަމަކޮށް ލިބިގެންވާކަމުގައާއި، މަރުޙޫމްގެ
ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ހުރި އެކު ޖުމްލަ
54,593
/
69ރ. (ފަންސާސް ހަތަރުހާސް ފަސްސަތޭކަ ނުވަދިހަ ތިންރުފިޔާ ފަސްދޮޅަސް ނުވަލާރި) އާއި،
މަރްޙޫމް މުޙައްމަދު އިސްމާޢީލްގެ ތަރިކައިން މަރްޙޫމް އިސްމާޢީލް ނަޞީރަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވާ
162,837
/
89ރ. (އެއްލައްކަ ފަސްދޮޅަސް ދެހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ އަށްޑިހަ ނުވަލާރި) ގެ
ޖުމްލައަށްވާ
އަށްވާ 217,431
/
58ރ. (ދެލައްކަ ސަތާރަ ހާސް ހަތަރުސަތޭކަ ތެއްތިރީސް ރުފިޔާ ފަންސާސްއަށްލާރި)
އިން ވާރިޘުންކުރެ ކޮންމެ މީހަކަށް 24,159
/
06ރ. (ސައުވީސް ހާސް އެއްސަތޭކަ ފަންސާސް ނުވަރުފިޔާ
ހަލާރި) ލިބިގެންވާ ކަމުގައި ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.“ މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ރިޕޯޓުން އެނގެންއޮވެއެވެ.
2 92
443
02 ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/560 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަ ބުނެ، ފައްޔާޟް އިސްމާޢީލްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އަންނަނިވި 02 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާ ތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ޚިލާފަ
އެ ޤާނޫނު މާނަ ކުރައްވާފައިވާކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 25/75 (ތަރިކައިގެ ދަޢުވާގެ ޤާނޫނު) މާނަ ކުރެއްވުމުގައި،
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް މާނަ ކުރައްވާފައިވާކަމަށްބުނެ ފާހަގަ ކުރި ނުކުތާއެވެ.
CU O
49
ހއ
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/560 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ފައްޔާޝް އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާބު
ކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/166
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ހހހ3 4
2
2
4
ފޮހޤީދފައވެ.
20
އއ.
(ހ) އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/560 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، ބޯގަންވިލާ މާލެ، އިސްމާޢީލް ނަޞީރު (22 ޑިސެމްބަރު 2009 ގައި)
ނިޔާވެފައިވާތީ، އެމަރްޙޫމްގެ ތަރިކައިގެ ތެރޭގައި ހިމެނޭ، އެމަރުޙޫމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ބޯގަންވިލާ އޭކިޔާ ބަންޑާރަ ގޯއްޗާއި، އެމަރްޙޫމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް uމކ. ގައި ހުޅުވާފައިވާ
އެކައުންޓްތަކުގައިވާ ފައިސާއާއި، ބޯގަންވިލާ މާލެ، އަލްމަރްޙޫމް މުޙައްމަދު އިސްމާޢީލްގެ ތަރިކައިން
އަލްމަރްޙޫމް އިސްމާޢީލް ނަޞީރަށް ލިބިފައިވާ މުދާ، ވާރިޘުންގެ މެދުގައި ބަހައިދިނުންއެދި، އެމަރުހޫމްގެ
ދަރިއެއްކަމުގައިވާ ބޯގަންވިލާ/މާލެ، ފައްޔާޝް އިސްމާޢީލްގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުން
ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އަދި، މަރްޙޫމް އިސްމާޢީލް ނަޞީރު ދުނިޔޭގައި، މަރްޙޫމް ބަލައި ބޮޑުކުރި، ގާދޫ ޙުސައިން ޝިހާބް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A092585) އަށް އެމަރްޙޫމްގެ ދަރިންނެކޭ އެއްފަދައިން
ދިނުމަށް މަރްޙޫމް އަނގަބަހުން ވަޞިއްޔަތްކޮށްފައިވާ ކަމަށްބުނެ، އެމައްސަލައިގައި ހިމެނޭ ފަރާތްތައްކަމަށްވާ،
އަޙްމަދު އިސްމާޢީލާއި، އިބްރާޙީމް އިސްމާޢީލާއި، ޙުސައިން އިސްމާޢީލާއި، ޙަސަން އިސްމާޢީލާއި، ފައްޔާޝް
އިސްމާޢީލާއި، ޔާސިރު އިސްމާޢީލާއި، ޢާއިޝަތު ޝާހީން އިސްމާޢީލާއި، ޤުރައިޝާ އިސްމާޢީލާއި، ޝަހިންދާ
އިސްމާޢީލަށް ތަރިކައިން ލިބޭ މިންވަރަކަށް ޙުސައިން ޝިހާބަށް ލިބިދިނުމަށް އެފަރާތްތަކުން ސިވިލް ކޯޓުގައި
އެދިފައިވާކަން
ޑ
އެނގެން އޮވެއެވެ.
46
(ށ) އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/560 ޤަޟިއްޔާގައި
ހިމެނޭ މައްސަލަ އެކޯޓުން ނިންމެވުމުގައި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ
ރޫޙާ ޚިލާފަށް އެ ޤާނޫނު މާނަ ކުރައްވާފައިވާކަމަށްބުނެ ފައްޔާޟް އިސްމާޢީލްގެ ފަރާތުން އިސްތިއުނާފުކުރުމަށް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/166
އިނއި،
89.
0އ
ހުށަހަޅާފައިވާ ނުކުތާއަށާ އެނުކުތާގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ނިންމެވުމުގައި، ސިވިލް ކޯޓުން ބިމާބެހޭ ޤާނޫނުގެ ރޫޙާ
ޚިލާފަށް އެޤާނޫނު މާނަކުރައްވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ޤަބޫލުކުރާ މައިގަނޑު ސަބަބަކީ،
މަރުޙޫމް އިސްމާޢީލް ނަޞީރުގެ ދުނިޔޭގައި، އެމަރުޙޫމު ބަލައި ބޮޑުކުރި، ލ. ގާދޫ، ޙުސައިން ޝިހާބަށް،
އެމަރުޙޫމުގެ ދަރިންނެކޭ އެއްފަދައިން ދިނުމަށް އެމަރުޙޫމު އަނގަބަހުން ވަޞިއްޔަތް ކޮށްފައިވާކަމަށް ބުނެ،
އެމީހުންނަށް ތަރިކައިން ލިބޭ މިންވަރަކަށް ޙުސައިން ޝިހާބަށްވެސް ލިބިދިނުމަށް އެދި އެމައްސަލައިގައި
ހިމެނޭ ފަރާތްތަކުން ޝަރީޢަތަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށާއި، އެޤާނޫނުގެ
ދަށުން ހެދިފައިވާ ”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ ބައެއް މާއްދާތަކަށް ޙަވާލާދެއްވާ،
މަރުޙޫމް އިސްމާޢީލް ނަޞީރުގެ ތަރިކައިގެ ތެރޭގައި ހިމެނޭ ބޯގަންވިލާ އެވެކިޔާ ބަންޑާރަ ގޯތިން
ޙުސައިން ޝިހާބަށް ލިބިދެވެން ނެތްކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާތީކަން އެނގޭކަމާއި،
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗާ ބެހޭގޮތުން ޢަމަލުކުރުމަށް
ފިކުރުމަށް ދިވެހިރާއްޖޭގައި ހެދިފައިވާ
ޤާނޫނުތަކާ ޤަވާޢިދުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި،
ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހާ މުޢާމަލާތް ކުރަންވާނީ އެޤާނޫނާ އެއްގޮތްވާ
ގޮތުގެމަތިން ކަމަށް، އެޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށާއި، އެޤާނޫނުން ބާރު ލިބިގެން
ކަމާބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ”ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު“ އަށް ބަލާއިރު،
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތަކުން
އަމިއްލަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން
ބައެއް، ޢާންމު އުޞޫލެއްގެ ގޮތުން، ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ، ހިބައިން ނުވަތަ ވަޞިއްޔަތުން
ބައެއް ނުވަތަ
R
ހައި9
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/166
ދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިން ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ އެމީހެއްގެ
މަރުވެފައިވާ ދަރިއެއްގެ އުފަންދަރިއަކަށް އެކަނިކަމާއި (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާއި
ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 2 ވަނަ މާއްދާ)، އަދި އެއިން ފަރާތަކުން އިޢްތިރާޟް
ނުކުރާނަމަ ނުވަތަ އެއިން ފަރާތެއް ދުނިޔޭގައި ނެތްނަމަވެސް، ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ
ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ
އިމާރާތަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ،
ހިބައިން ނުވަތަ ވަޞިއްޔަތުން ދޭމީހާގެ ދަރިއެއްގެ ދަރިއަކަށް ނުވަތަ އޭނާގެ ބަފައިފުށުން ނުވަތަ މައިފުށުން
ތިމާގެކަމުގެ ގުޅުންހުރި ފަރާތަކަށް އެކަނިކަމާއި ފެހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާއިދުގެ 3 ވަނަ
މާއްދާ)؟
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ
އަމިއްލަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ހިބައިން ނުވަތަ
ވަޞިއްޔަތުން ދެވޭނީ ޝަރީޢަތް މެދުވެރިކޮށްކަމާއި ފެހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 9
4 2
ވަނަ މާއްދާ)؛
ވަޞިއްޔަތުން ދިނުމުގެ މައްސަލަތަކުގައި، ވަޞިއްޔަތް ފުރިހަމަކުރުމުގެ މައްސަލަ ހުށަހަޅާނީ ޤާނޫނު
ނަންބަރު 25175 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގެ ދަށުން، ވަޞިއްޔަތްކުރި މީހާ މަރުވި ދުވަހުން ފެށިގެން
60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކަމާބެހޭ ޝަރުޢީ ކޯޓަކަށް ކަން ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމާބެހޭ ޤަވާޢިދުގެ 12 ވަނަ މާއްދާ އިން ސާފުކޮށް އެނގެން އޮތްއިރު،
ޙުސައިން ޝިހާބަކީ މަރުޙޫމް އިސްމާޢީލް ނަސީރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ނުވަތަ
ގޯއްޗަކުން ބައެއް ނުވަތަ އެފަދަ ގޯއްޗެއްގައި ހުރި ޢިމާރާތެއް ނުވަތަ ޢިމާރާތަކުން ބައެއްވިއަސް ވަޞިއްޔަތުން
ލިބިދެވޭނެކަމަށް، ދިވެހިރާއް ބިމާބެހޭ ޤާނޫނުގައި ނުވަތަ އެޤާނޫނުގެ ދަށުން ހެދިފައިވާ ހިބައިން ނުވަތަ
ދ ޏ ސ ޑ
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/166
ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ، އިޝާރާތްކުރެވިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ
ފަރާތެއް ނޫންކަމާއި، މަރުޙޫމް އިސްމާޢީލް ނަޞީރު ދުނިޔޭގައި ކޮށްފައިވާކަމަށް، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ބުނާ ވަޞިއްޔަތަކީ، އިސްވެ އިޝާރާތްކުރެވިފައިވާ ޤާނޫނީ
އިޖްރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީޢަތް މެދުވެރިކުރެވިގެން ހިންގިފައިވާ އަދި އެވަޞިއްޔަތް
ފުރިހަމަކުރުމުގެ މައްސަލަ ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ އިޖްރާއާތާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގެ
ތެރޭގައި ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހެޅިފައިވާ ވަޞިޔަތެއް ނޫންކަން އެނގެން އޮންނަކަމާއި؛
އެހެންކަމުން މިޙާލަތުގައި، މަރުޙޫމް އިސްމާޢީލް ނަޞީރުގެ ދުނިޔޭގައި، އޭނާ ބަލައި ބޮޑުކުރި، ލ. ގާދޫ
ޙުސައިން ޝިހާބަށް، އެމަރުޙޫމުގެ ދަރިންނެކޭ އެއްފަދައިން ދިނުމަށް އެމަރުޙޫމު އަނގަބަހުން ވަޞިއްޔަތް
ކޮށްފައިވާކަމަށް ބުނެ، އެމީހުންނަށް ތަރިކައިން ލިބޭ މިންވަރަކަށް ޙުސައިން ޝިހާބަށް ލިބިދިނުމަށް އެދި
އެމައްސަލައިގައި ހިމެނޭ ފަރާތްތަކުން ޝަރީޢަތަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނަށާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދަށް ޙަވާލާދެއްވާ،
މަރުޙޫމް އިސްމާޢީލް ނަޞީރުގެ ތަރިކައިގެ ތެރޭގައި ހިމެނޭ ބޯގަންވިލާ އެވެކިޔާ ބަންޑާރަ ގޯތިން
ޙުސައިން ޝިހާބަށް ލިބިދެވެން ނެތްކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުސޫލަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
8އ
(ނ) ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/560 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގެ ތެރޭގައި
ޤާނޫނު ނަންބަރު 25/75 (ތަރިކައިގެ ދަޢުވާގެ ޤާނޫނު) ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް މާނަ
ކުރައްވާފައިވާކަމަށްބުނެ ފައްޔާޝް އިސްމާޢީލްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
99
2 ހއ
ނަކީ هلއށް
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/166
މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއްފަދަ ކަމެއް އޮވެގެން ދަޢުވާކުރާ
މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ކަމާބެހޭ
ޝަރުޢީ ކޯޓަކަށް ހުށަހަޅަންވާނެކަމަށާއި، އަދި އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ އެމީހެއްގެ
މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާއެއްކުރާ މީހަކު ނެތީކަމަށް
ކަމަށް ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ބަޔާންކޮށްފައި އޮތުމުން، މީހަކު މަރުވާ ދުވަހުން ފެށިގެން 60
(ފަސްދޮޅަސް) ދުވަސް ފަހުން، އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއްފަދަ ކަމެއް އޮތްކަމަށްބުނެ
ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ ދަޢުވާތަކަކީ ކޯޓުތަކުން ބަލައިގަނެ ހިންގޭނޭ ދަޢުވާތަކެއް ނޫންކަން އެނގޭކަމާއިގެ
މިޤާނޫނީ އުޞޫލުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިގާފައިވާ ގޮތަށް
ބަލާއިރު، މަރުޙޫމް އިސްމާޢީލް ނަޞީރު ނިޔާވެފައިވަނީ 22 ޑިސެމްބަރު 2009 ގައިކަން، މިމައްސަލައާއެކު
ޝަރީޢަތަށް ހުށަހެޅިފައިވާ ”މަރުސާބިތު ކުރުމުގެ ލިޔުން“ އަށް ބެލުމުން އެނގެން އޮތްއިރު، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ މަރްޙޫމް އިސްމާޢީލް ނަޞީރު ނިޔާވި ދުވަހުން
ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ފާއިތުވީފަހުން 20 މާޗް 2011 ގައިކަމާއި؛
އެހެންކަމުން، މަރުޙޫމް އިސްމާޢީލް ނަޞީރުގެ ދުނިޔޭގައި، އޭނާ ބަލައި ބޮޑުކުރި، ލ. ގާދޫ ޙުސައިން
ޝިހާބަށް، އެމަރުޙޫމުގެ ދަރިންނެކޭ އެއްފަދައިން ދިނުމަށް އެމަރުޙޫމް އަނގަބަހުން ކޮށްފައިވާކަމަށް،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ބުނާ ވަޞިއްޔަތް، އެމައްސަލައިގެ
ތެރޭގައި ތަންފީޛުކޮށްދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުސޫލަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/560 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ ފައްޔާޝް އިސްމާޢީލްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ
ecco
ކމމދއ
އއކުމަށް
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/166
ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތުގެ މަތީން
ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/560 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއް
މެއްކަމަށްބުނެ، ބޯގަންވިލާ/މާލެ،
ފައްޔާޝް އިސްމާޢީލް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ންބަރު A051313) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ސިވިލް ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ހއ ހ
ނިންބ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ