ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/108 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/108
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 108/HC-A/2012
• އިސްތިއުނާފުކުރި ފަރާތް.
* ނަން: އަޙްމަދު އާދަމް
އައި.ޑީ ނަންބަރު: A026775
* ބަދަލުގައި: އޗ.އިސްމާޢީލް ވިޝާމް
އައި.ޑީ ނަންބަރު: A040670
ދާއިމީ އެޑްރެސް: ފަޒާ/ ސ.މަރަދޫ
:
އެޑްރެސް: މ.ހަންޑިއު/ މާލެ
ދާއިމީ އެޑްރެސް: އަސްރަފީގެ/ ސ.މަރަދޫ
އިސްތިއުނާފް ރައްދުވާ ފަރާތްތައް:
* ނަން: 1- އިލްހާމާ މުޙައްމަދު
އައި.ޑީ ނަންބަރު: A061995
ނަން: 2- ޢަލީ ސަޢީދު
އައި.ޑީ ނަންބަރު: A270509
ނަން: 3- މަރްޔަމް ޖަމް ޝީދާ
* އައި.ޑީ ނަންބަރު: A032260
ދާއިމީ އެޑްރެސް: އަސްރަފީގެ ސ.މަރަދޫ
:
ދާއިމީ އެޑްރެސް: ފަތަނގުމާގެ/ ސ.މަރަދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 ޖުމާދަލްއޫލާ 1439
15 އޭޕްރީލް 2012
ނިމުނު ތާރީޚް: 11 ރަބީޢުލްއައްވަލު 1434
ފެބުރުއަރީ
04
11
2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/S3C/35
ނިންމެވި ކޯޓް: އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ތަރިކަ
މައްސަލަބެލި ފަނޑިޔާރުން މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފު ޙުސައިން، ފަނޑިޔާރު: ޢައްބާސް ޝަރީފު ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2
2012/HC-A/108
ދައުވާގެ ޚުލާޞާ
>??
6
މިއީ، އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/S3C/35 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ތ.މަރަދޫ
ފަޒާ އަޙްމަދު އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތްތަކަކީ، ސ.މަރަދޫ އަސްރަފީގޭ ޢަލީ ސަޢީދުއާއި،
ސ.މަރަދޫ ފަތަގުމާގޭ މަރްޔަމް ޖަމްޝީދާއި، ސ.މަރަދޫ އަސްރަފީގޭ އިލްހާމާ މުޙައްމަދެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-01
އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/S3C/35 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ސ.މަރަދޫ ފަތަނގުމާގެ އަލްމަރުޙޫމް މުޙައްމަދު
ޝިމްހާދުގެ ތަރިކާގައި ހިމެނޭ ސ.މަރަދޫ ފަތަނގުމާގޭ ގޯތި ބަހައިގެން މުޙައްމަދު ޝިމްހާދުއަށް ލިބިފައިވާ
3100 އަކަފޫޓުގެ ބިމާއި މިބިމުގައިވާ ރުއްގަސް ފަދަ ތަކެތި މުޙައްމަދު ޝިމްހާދުގެ ވާރިސުންގެ މެދުގައި
ހަމަޖައްސާ ނިންމުމަށް އެދި އަލްމަރުޙޫމް މުޙައްމަދު ޝިމްހާދުގެ ބައްޕަ ފަރާތު ބޮޑުބޭބެ ސ.މަރަދޫ ފަޒާ
އަޙްމަދު އާދަމް ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި" މިޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ،
I
"ދެންފަހެ، ސ.މަރަދޫ ފަތަނގުމާގޭ މުޙައްމަދު ޝިމްހާދު ނިޔާވެފައިވާކަމާއި، އެމަރުޙޫމްގެ
ވާރިސުންނަކީ ބައްޕައާ އެއްބަނޑު އެއްބަފާ ބޭބެ ސ.މަރަދޫ ފަޒާ އަޙްމަދު އާދަމް އާއި، މަންމަ ސ.މަރަދޫ
އަސްރަފީގޭ އިލްޙާމާ މުޙައްމަދު އާއި، އެއްބަފާ އުޚްތު ސ.މަރަދޫ ފަތަނގުމާގޭ މަރިޔަމް ޖަމްޝީދާ އާއި،
އެއްބަނޑު 4 މީހުންކަމުގައިވާ ސ.މަރަދޫ އަސްރަފީގޭ ޢުބާދު ސަޢީދު އާއި ސ.މަރަދޫ އަސްރަފީގޭ ޢަލީ
ސަޢީދުއާއި، ސ.މަރަދޫ އަސްރަފީގޭ އަޙްމަދު ޢަޠީޤު ސަޢީދު އާއި، ތ.މަރަދޫ ސީޒަންގެ ޢިމާދު ސަޢީދު އާ،
މި 07 (ހަތެއް) މީހުންކަން ސ.މަރަދޫ މީނާޒުގެ ޙަސަން ނާޞިރު އާއި ދަފްތަރު ނަންބަރު 2893
(ގަނދަކޯޅިމާގެ/ ސ.މަރަދޫ) ޝާހްޒާދުގެ ހެކި ބަހުން ޝަރީޢަތަށް ސާބިތުވާތީ އާއި، ސ.މަރަދޫ ފަތަނގުމާގޭ
ގޯތީގެ ހުޅަނގު ފަޅިން އޯކިޑްމަގާއި އިންވެގެން އޮތް 1100 އަކަފޫޓުގެ ބިމާއި މިބިމުގައިވާ ރުއްގަސް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/108
ތަކެއްޗަކީ މުޙައްމަދު ޝިމްހާދުގެ ބައްޕަ އަލްމަރުޙޫމު ޢަލީ ވަޙީދުގެ ތަރިކަ ބަހައިގެން މުޙައްމަދު
ޝިމްހާދުއަށް ލިބިފައިވާ ތަންތަނާއި ތަކެތިކަން މިކޯޓުގެ ނަންބަރު 1999/S3C/39 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގޭތީއާއި، މުޙައްމަދު ޝިމްހާދުގެ ވާރިސުންގެ ތެރެއިން މަންމަ އިލްޙާމާ
މުޙައްމަދުއަށް މިތަރިކައިގައި ހިމެނޭ ބިމާއި އެހެނިހެން ތަކެތިން ލިބޭބައި އޭނާގެ 4 ކުދިން ކަމުގައިވާ
ސ.މަރަދޫ އަސްރަފީގޭ ޢުބާދު ސަޢީދު އާއި ސ.މަރަދޫ އަސްރަފީގޭ ޢަލީ ސަޢީދު އާއި، ތ.މަރަދޫ
އަސްރަފީގެ އަޙްމަދު އަޠީޤު ސަޢީދު އާއި، ތ.މަރަދޫ ސީޒަންގެ ޢިމާދު ސަޢީދު އަށް ހަދިޔާކޮށްފައިވާތީއާއި،
އަޙްމަދު އާދަމް އާއި،މަރިޔަމް ޖަމްޝީދާ އާ ދެމީހުން އެދެމީހުންގެ ބައި އޭގެ ޒާތުން ލިބިގަތުމަށް
އެދިފައިވާތީއާއި، މުޙައްމަދު ޝިމްހާދުގެ އެއްބަނޑު 4 ބެއިން މިތަރިކައިން އެމީހުންނަށް ޙައްޤުވާ ބައި
ލިބިގަތުމާއެކު، އެމީހުންގެ މަންމަ އިލްހާމާ މުޙައްމަދު މިކުރި ހަދިޔާ ޤަބޫލުކޮށްފައިވާތީ، ސ.މަރަދޫ
ފަތަނގުމާގޭ އަލްމަރުޙޫމް މުޙައްމަދު ޝިމްހާދުގެ ތަރިކާގައި ހިމެނޭ 1100 އަކަފޫޓުގެ ބިން ބައިކުރުމަށް
ވާރިސުން އެއްބަސްވެފައިވާ ގޮތުގެ މަތިން ކުރެހިފައިވާ ޗާޓާ އެއްގޮތަށް ސ.މަރަދޫ ފަޒާ އަޙްމަދު އާދަމް
އަށް، މިބިމުން 775 އަކަފޫޓުގެ ބިންލިބިގެންވާކަމާއި، ސ.މަރަދޫ ފަތަނގުމާގޭ މަރިޔަމް ޖަމްޝީދާ އަށް
775 އަކަފޫޓުގެ ބިން ލިބިގެންވާކަމަށާއި، އަދި މުޙައްމަދު ޝިމްހާދު އެއްބަނޑު މީހުންކަމުގައިވާ
ސ.މަރަދޫ އަސްރަފީގޭ ޢުބާދު ސަޢީދު އާއި، ތ.މަރަދޫ އަސްރަފީގޭ ޢަލީ ސަޢީދު އާއި ސ.މަރަދޫ
އަސްރަފީގޭ އަޙްމަދު އަޠީޤު ސައީދު އާއި، ތ.މަރަދޫ ސީޒަންގެ ޢިމާދު ސަޢީދު އާއި 4 މީހުންނަށް 1550
އަކަފޫޓުގެ ބިން ލިބިގެންވާކަމަށާއި، ކޮންމެ ބަޔަކަށް އަރާފައިވާ ރުއްގަސް ފަދަ ތަކެއްޗަކީ އެބައެއް ލިބުނު
މީހެއްގެ ނުވަތަ ބައެއްގެ މިލްކުކަމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
4
-02
3.
s
އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/S3C/35 ޤަޟިއްޔާ ނިމިފަވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ސ.މަރަދޫ
ފަޒާ އަޙްމަދު އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ، ސ.މަރަދޫ ފަތަނގުމާގޭ މުޙައްމަދު ޝިމްހާދު
ނިޔާވުމާއި ގުޅިގެން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމެވި، 2010/S3C/35 ޤަޟިއްޔާގައި އެ
އެއްބަނޑު 4 އަޚުން ކަމުގައިވާ ސ.މަރަދޫ އަސްރަފީ ޢުބާދު ސަޢީދު އާއި ސ.މަރަދޫ
އަސްރަފީގޭ ޢަލީ ސަޢީދު އާއި، ތ.މަރަދޫ އަސްރަފީގޭ އަޙްމަދު އަޠީޤު ސަޢީދު އާއި، ތ.މަރަދޫ ސީޒަންގެ
ޢިމާދު ސަޢީދު އަށް އެމަރުޙޫމްގެ ތަރިކައިން ލިބޭގޮތަށް ނިންމަވާފައިވާ ނިންމެވުމަކީ އިސްލާމީ ޝަރީޢަތާ
ޚިލާފު ގޮތެއްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
މަރުހޫމްގެ
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/108
03- މިމައްސަލައާއި ގުޅިގެން އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/S3C/35 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ސ.މަރަދޫ ފަޒާ އަޙްމަދު
އާދަމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ސ.މަރަދޫ ފަތަނގުމާގެ މުޙައްމަދު ޝިމްހާދު 2007 ވަނަ އަހަރުގެ ތެރޭގައި
ނިޔާވެފައިވާކަމަށާއި، އެމަރުޙޫމު ނިޔާވިއިރު އޭނާގެ ދަރިއަކު ނެތްކަމަށާއި، އެމަރުޙޫމުގެ ވާރިސުންނަކީ
ބައްޕައާއި އެއްބަޑު އެއްބަފާ އަޚާ (ބައްޕަ ފަރާތު ބޮޑު ބޭބެ) ސ.މަރަދޫ ފަޒާ އަޙުމަދު އާދަމް އާއި މަންމަ
ސ.މަރަދޫ އަސްރަފީގެ އިލްހާމާ މުޙައްމަދާއި އެއްބަފާ އުޚުތު ސ.މަރަދޫ ފަތަނގުމާގެ މަރްޔަމް ޖަމްޝީދާ އާއި
އެއްބަޑު 4 (ހަތަރެއް) އަޚުން ކަމުގައިވާ ސ.މަރަދޫ އަސްރަފީގެ ޢުބާދު ސަޢީދު އާއި ހަމަ އެގޭ ޢަލީ ސަޢީދު
އާއި އަޙުމަދު އަތީޛު ސަޢީދު އާއި ސ.މަރަދޫ ސީޒަންގެ ޢިމާދު ސަޢީދު އާއި މި 07 މީހުން ކަން އައްޑު
އަތޮޅު މަރަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުނު ހެކިންގެ ހެކިބަހުން އެނގޭކަމަށް އެކޯޓުގެ ނަންބަރު
2010/35
/
3C ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު، ސ.މަރަދޫ
ފަތަނގުމާގެ އަލްމަރުޙޫމު މުޙައްމަދު ޝިމްހާދުގެ ވާރިސުންގެ ގޮތުގައި މިނޫން އިތުރު ބަޔަކު ތިބިކަމަށް
މިމައްސަލަ އިސްތިއުނާފު ކުރާ އަޙުމަދު އާދަމްގެ ފަރާތުން ބުނެފައި ނުވާކަން އެނގޭކަމެވެ.
މ 24
0
cu o
(ށ) ދެވަނަކަމަކީ، އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/S3C/35 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން
އެދި ސ.މަރަދޫ ފަޒާ އަޙްމަދު އާދަމްގެ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ހަމައެކަނި ނުކުތާއަކީ
އެޤަޟިއްޔާގައި މަރުޙޫމު މުޙައްމަދު ޝިމްހާދުގެ ވާރިސުންގެ ގޮތުގައި ތިބި އެމަރުޙޫމުގެ އެއްބަޑު 4
އަޚުންނަށް މުޙައްމަދު ޝިމްހާދުގެ ތަރިކައިން ލިބޭ ނިންމި ނިންމުމަކީ އިސްލާމީ ޝަރީޢަތާއި ޚިލާފު
ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާކަމާއި، އަދި އެނުކުތާގެ ތަފްސީލުގައި އަޙުމަދު އާދަމްގެ ފަރާތުން
ހަމައެކަނި ބުނެފައިވަނީ މަރްޙޫމު މުޙައްމަދު ޝިމްހާދު ގެ މަންމައާއި އެއްބަޑު އެއްބަފާ ކޮއްކޮ އާއި ބޮޑު
(އަޙުމަދު އާދަމް) އަށް ތަރިކައިން ލިބުމުން ތަރިކައިގައި ބާކީ އެއް ނޯންނާނެތީ މަރުޙޫމުގެ އެއްބަޑު ހަތަރު
ގޮތަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2012/HC-A/108
އަޚުންނަށް މަރުޙޫމު މުޙައްމަދު ޝިމްހާދުގެ ތަރިކައިން ނުލިބޭނެތީ އެވެ. މިފަދައިން ކަމާއި، މި ނޫން އިތުރު
އެއްވެސް ތަފްސީލެއް އަޙުމަދު އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ނުވާއިރު، މަރުޙޫމް
މުޙައްމަދު ޝިމްޙާދުގެ ތަރިކައިން އެމަރުޙޫމްގެ އެއްބަޑު 4 އަޚުންނަށް ލިބުން މަޙުރޫމް ކުރާ ޝަރުޢީ ނުވަތަ
ޤާނޫނީ ނައްސެއް ނުވަތަ އުސޫލެއް ވިޔަސް އަޙުމަދު އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، މީހަކު ނިޔައުވުމަށްފަހު އެމީހެއްގެ ތަރިކައިގައި ހުރި މުދާ، އެނިޔައުވި މީހާގެ
ވާރިސުންނަށް ބެހުމަކީ އެކަމުގައި އިސްލާމީ ޝަރީޢަތުން ވަކި ގޮތްތަކަކާއި މިންވަރުތަކެއް ކަނޑައަޅައި
ބަޔާންކޮށްފައިވާކަމެއްކަމާއި، މިގޮތުން މީހަކު ނިޔައުވިއިރު އޭނާގެ ވާރިސުންގެ ގޮތުގައި އެއްވެސް އަސްލެއް
ނުވަތަ ފަރުއެއް ނެތި އަޚުން ނުވަތަ އުޚުތުން ތިބެއްޖެނަމަ އެމީހުންނަށް ލިބެންޖެހޭ މިންވަރު ބަޔާންކޮށްދެމުން
ޤުރުއާނުގެ ނިސާއު ސޫރަތުގެ 12 ވަނަ އާޔަތުގެ މާނާގައިވަނީ
><ﷲ ގެ ގޮތުން
(އެބަހީ: އަސްލެއް ފަރުއެއްނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން ވާރުތަކުރެވޭނަމަ، އަދި، އޭނާޔަށް
އަޚަކު ނުވަތަ އުޚުތަކު ހުރިނަމަ، ފަހެ، އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބައެވެ. ފަހެ އެއަޚުންނާއި
އުޚުތުން އެއަށްވުރެ ގިނަނަމަ، އެއުރެންވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމަޔަށް) ބައިވެރިވެގެންނެވެ."
މިފަދައިންކަމާއި، ނިޔައުވި މީހާގެ އެއްބަޑު އަޚުންނަށް ކަނޑައަޅާފައިވާ މިމިންވަރުގެ މައްޗަށް ބެލުމުން
އަޚުންނަކީ އަސްޙާބުލް ފުރުޟުގެ ތެރޭގައި ހިމެނޭ
ދައްކަން އެނގެން އޮތް
އިރު
އެމީހުންނަކީ ނިޔައުވި މީހާ ދޫކުޅަ ތަކެތީގެ ތެރެއިން ހަމައެކަނި ބާކީގައި
އެއްޗެއް އޮތް ނަމަ
ނ.ހ ރައް ނޫންކަން އަން.64203
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
ކމ
7/ ގތ
4ހ2
0855
4 2 2 4
އިސްތިއުނާފު މިކުރެވޭ
އައްޑު އަތޮޅު މަރަދޫ މެޖިސްޓްރޭޓްކޯޓުގެ ނަންބަރ 2011/S3C/35
ޤަޟިއްޔާއަށް ބެލުމުން އެޤަޟިއްޔާގައި މުޙައްމަދު ޝިމްހާދުގެ ވާރިސުންނަކީ ކޮބައިކަން ޝަރީޢަތުން ސާބިތު
ކޮށްފައިވާކަން އެނގެން އޮތްއިރު، މަރުޙޫމް މުޙައްމަދު ޝިމްހާދު ނިޔައުވިއިރު އޭނާގެ ބައްޕައެއް އަދި
ދަރިއެއްވެސް ދުނިޔޭގައި ނެތްކަން އެނގޭކަމާއި، މަރުޙޫމު މުޙައްމަދު ޝިމްހާދުގެ ވާރިސުންގެ ގޮތުގައި
ނިޔައުވިއިރު ދުނިޔޭގައި ތިބީ މަރުޙޫމުގެ މަންމައާއި، އެއްބަޑު އެއްބަފާ އުޚުތަކާއި އެއްބަޑު 4 އަޚުންނާއި
ބައްޕަ ފަރާތު ބޮޑުބޭބެކަން އެނގޭކަމާއި، ޝަރުޢީ އުސޫލުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު މި ޙާލަތުގައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/108
މުޙައްމަދު ޝިމްހާދުގެ އެއްބަޑު ހަތަރު އަޚުންނަށް މުޙައްމަދު ޝިމްހާދުގެ މުދަލުން ތަރިކައިގެ ގޮތުގައި
ލިބުމުން މަޙުރޫމު ނުކުރެވޭނެކަން އެނގޭކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެހެންހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ދެކެނީ އައްޑު އަތޮޅު މަރަދޫ މެޖިސްޓްރޭޓްކޯޓުގެ ނަންބަރ 2011/S3C/35 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ސ.މަރަދޫ ފަޒާ އަޙުމަދު އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައެވެ.
• ޙުކުމް
3.
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، އައްޑު އަތޮޅު މަރަދޫ މެޖިސްޓްރޭޓްކޯޓުގެ
ނަންބަރ 2011/S3C/35 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސ.މަރަދޫ ފަޒާ އަޙުމަދު އާދަމްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަން
ނަންޖެހޭފަދަ
ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު އައްޑު އަތޮޅު މަރަދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ
2011/S3C/35 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭނެ ތަނެއް ނެތްކަމަށް
ކަނޑައަޅައި އެގޮތުގެ މަތިން މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްa؟
ހައިކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv