ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/114 ޤަޟިއްޔާގެ ޙުކުމް
މަސްތުވާގެ هނ“
1
2006/HC-A/114
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
، ޤަޟިއްޔާ ނަންބަރ: 114/HC
-
A/2006
އިސްތިއުނާފުކުރި ފަރާތް.
* ނަން: ޢަބްދުﷲ ފުރުޤާން * ދާއިމީ އެޑްރެސް: ބަނޑޭރިކޮށި 204
އައިޑީ ކާޑު ނަންބަރ: A148880 * މިހާރުގެ އެޑްރެސް: ބަނޑޭރިކޮށި 204
• އިސްތިއުނާފު ރައްދުވި ފަރާތް:
1- * ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އައިޑީ ކާޑު ނަންބަރ.
*
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
1431
• ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ޖުމާދުލްއޫލާ 1427 *ނިމުނު ތާރީޚް:07 ރަބީޢުލްއައްވަލް 1431
11 ޖޫން 2006
21 ފެބުރުއަރީ 2010
0
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2006/JC/147
• ނިންމެވިކޯޓް: ޖިނާއީ ކޯޓް
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ
ނުންކުރުމާއި، ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުން
ހުށަހެޅުނުތާރީޚް: 2006-01-24
ނިމުނު ތާރީޚް: 2006-03-13
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2006/HC-A/114
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/147 ޤަޟިއްޔާ އެކޯޓުން ބައްލަވައިނިންމާފައިވާ
ގޮތް ރަނގަޅު ނޫންކަ
ބުނެ އެޤަޟިއްޔާ އިސްތިޢު
މަށްއެދި (މމ.ލ ދަފްތަރު ނަންބަރު
A148880) ޢަބްދުﷲ ފުރުޤާން (ބަނޑޭރިކޮށި 204) ހުށަހަޅާފައިވެއެވެ.
(0 އ ހ 0
2
4
.ންކަމަށްބުނޭ
2
32 ހ ·
:އފވރމިސް
* ފާހަގަކުރެވުނު ނުކުތާތައް:
ޖިނާއީ ކޯޓުގެ 2006/JC/147 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި ޢަބްދުﷲ ފުރުޤާންގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި އިތުރަށް ދައުލަތުގެ ފަރާތުންނާއި ޢަބްދުﷲ ފުރުޤާންގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބެލިއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ޢަބްދުﷲ ފުރުޤާންގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވަނީ 19 ޑިސެމްބަރ
2005 ދުވަހުގެ 18:15 އެހާކަންހާއިރު ޢަބްދުﷲ ފުރުޤާން ތަންދޫރީ ރެސްޓޯރެންޓުގައި މަސްތުވާ
ތަކެތީގެ ވިޔަފާރިކުރުމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެން ފުލުހުންގެ ބޭކަލުން
އެރެސްޓޯރެންޓަށް ދުރުވެ ބެއްލެވިއިރު ޢަބްދުﷲ ފުރުޤާން އަތަނުގައި ހުއްޓާ ފެނިފައިވުމާއި އަދި މީނާ
އިށީންދެގެން އިންދިމާ ބިންމައްޗަށް މީނާގެ އަތުގައި އޮތް ދަޅެއް ވައްޓަލާފައިވުމުން އެދަޅުގައި ކެނެބިސް
28 ގްރާމް ހުރިކަމަށް ލެބޯޓްރީ ތަޙްލީލު ރިޕޯޓުން ދައްކާތީއާއި މީނާގެ ކުޑަކަމުދާ ތަކެތި
ޓެސްޓްކުރުމުން އޯޕިއޭޓްސްއަކާއި ކެނެބިސްއަށް ޕޮޒިޓިވްވެފައިވާތީ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ބޭނުންކުރުމާއި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ
ދަޢުވާ ކަން އެނގެން އޮންނަކަން،
(ށ) ޢަބްދުﷲ ފުރުޤާން 19 ޑިސެމްބަރ 2005 ގައި މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ދީފައިވާ ބަޔާނުގައި "އަޅުގަނޑުމެން އެރެސްޓޯރެންޓަށް ވަންތާ 5 ވަރަކަށް މިނިޓް
ވީތަނާ ފުލުހުންގެ ބޭކަލުން އެތަނަށް ދުރުވެ އަޅުގަނޑުމެންގެ ހަށިގަނޑާއި އަޅުގަނޑުމެން ތިބި
މޭޒުކައިރި ޗެކްކޮށް ހަދާފައިވެއެވެ. މިޗެކްކުރި ކުރުމުގައި އަޅުގަނޑު އަތުން މަސްތުވާ ޒާތުގެ އެއްވެސް
އެއްޗެއް ފެނިފައިނުވެއެވެ. އަދި އަޅުގަނޑުމެން ތިބި މޭޒުކައިރިންވެސް މަސްތުވާ ޒާތުގެ އެއްވެސް
އެއްޗެއް ފުލުހުންގެ ބޭކަލުން ނެގިތަނެއް އަޅުގަނޑު ނުދެކެމެވެ. އަދި ނެގުމަށްފަހު އަޅުގަނޑުމެންނަށް
· · 4
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2006/HC-A/114
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދައްކާ ހަދާފައިވެސް ނުވެއެވެ. އެހެންނަމަވެސް ކަޅުކުލައިގެ ރިހާކުރު ކަހަލަ އެއްޗެއް އަޅާފައިހުރި
ފޮޓޯ ފިލުމު އަޅާ ވައްތަރުގެ ދަޅެއް ފުލުހުންގެ ބޭކަލުން އަޅުގަނޑުމެންނަށް ދައްކާފައިވެއެވެ. ފުލުހުންގެ
ބޭކަލުން އެދަޅު ނެގީ ކޮންތާކުން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެދަޅަކީ އަޅުގަނޑާއިއެކު
އެތަނަށްދިޔަ ނިޝާން ގެންގުޅުނު ދަޅެކެވެ. ނިޝާން އެތަނަށް ދިޔައީ އެދަޅު ހިފައިގެންނެވެ. އަދި
އެދަޅަކީ ޑީލެއް އަޅުވަން ގެންގުޅުނު ދަޅެއްކަމަށް ނިޝާން އަޅުގަނޑު ގާތުގައި ބުނެފައިވެއެވެ.
ނިޝާން އެތަނުގައި އެދަޅު ގެންގުޅެނިކޮށް އޭނާ އަތުން އެދަޅު އަތުލައިގެން އަޅުގަނޑުވެސް އެދަޅު
ގެންގުޅުނީމެވެ. އަޅުގަނޑު އެދަޅު ގެންގުނުއިރުވެސް އެދަޅުގައި ކަޅުކުލައިގެ ރިހާކުރު ކަހަލަ އެއްޗެއް
ހުރިކަން އަޅުގަނޑަށް އެނގެއެވެ." މިފަދައިން ބުނެފައިވާއިރު ޝަރީޢަތަށް ޢަބްދުﷲ ފުރުޤާން ދީފައިވާ
ބަޔާނުގައި ބުނެފައިވަނީ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި އިންކާރުކުރާ ތަންކޮޅެއް އޮތްކަމަށާއި އެއީ
އެވިދާޅުވާ ދަޅެއް ޢަބްދުﷲ ފުރުޤާން އަށް ދެއްކިކަމަށް ލިޔެފައިވާ ވާހަކަ ކަމަށާއި އޭގެ އިތުރުން
ޢަބްދުﷲ ފުރުޤާން އަށް ފެނުނު ދަޅަކީ ފިލުމު ހުސްކުރި ދަޅެއް ނޫންކަމަށާއި އެއީ ޕައުޑަރ އަޅަފައި
ހުންނަ ވައްތަރުގެ ފެމްދަޅެއްކަމަށާއި އޭގައިހުރި އެއްޗެއް ނޭނގޭކަމަށް ބަޔާނުގައި ބުނެފައިއޮންނަކަން،
(ރ) ޢަބްދުﷲ ފުރުޤާން ދަޢުވާއަށް އިންކާރުކޮށްފައިވާއިރު ދައުލަތުގެ ފަރާތުން ދަޢުވާ
ޞާބިތުކުރުމަށް ހުށަހަޅާފައިވާ ލެބޯޓަރީ ތަޙްލީލު ރިޕޯޓާއި، ޢަބްދުﷲ ފުރުޤާންގެ މައްޗަށް
ހެކިބަސްދީފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބްލް އަޙްމަދު ޒާހިރު އާއި ކޮންސްޓަބްލް
އިލްޔާސް ރަޝީދު ޝަރީޢަތުގައި ހެކިބަސްދީފައިވާގޮތަށް ބަލާއިރު ޝަރީޢަތަށް ކަމެއް ޞާބިތުކުރުމަށް
ޝަރުޢުގައި ކަނޑައެޅިފައިވާ މިންގަނޑުން ޢަބްދުﷲ ފުރުޤާންގެ މައްޗަށް ކޮށްފައިވާ ކުށުގެ ދަޢުވާ
ޞާބިތުވުމަށް އެއްވެސް ޝައްކެއްނެތް މިންވަރަށް ހެކި ލިބިފައިވާ ކަން އެނގެންއޮތުމާއި ހެކިބަސް އަދި
ތަޙްލީލު ރިޕޯޓުތައް ދޮގުކުރެވޭ ނުވަތަ އެއަށް ޠަޢުނު ކުރެވޭ އެއްވެސް ޝަރުޢީ އަދި ޤާނޫނީ
ސަބަބެއްވިޔަސް ނެތްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2006/HC-A/114
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
14
ވީމާ، ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/147 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވައިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފްވާކަމަށް ބަލާނެތަނެއް އޮތްކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްއަށް ބުރަވެވެން
ނެތްކަމަށްޓަކައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
އެ
(.
އަޙްމަޚު ޝަރީފު ޢަލީ
ޢަބްދުލްޣަނީ މުޙައްމަދު
ޢަބްދުﷲ ޙަމީދު
ފަނޑިޔާރު
އިސްފަނޑިޔާރު
ފަނޑިޔާރު
ބެއް
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރޯށި، ލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv