ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/33 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/33
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 33/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޙަސަން
އައި.ޑީ. ކާޑު ނަންބަރ: A026447
ބަދަލުގައި: އޖ.
ނަދީމް އިބްރާހީމް
*
ދާއިމީ އެޑްރެސް: ގދ. ތިނަދޫ ހިންދޫސް
މިހާރުގެ އެޑްރެސް: ގދ. ތިނަދޫ ހިންދޫސް
• އިސްތިއުނާފް ރައްދުވި ފަރާތް:
ހުށަހެޅުނު ތާރީޚް: 01 ފެބުރުއަރީ 2012
ނިމުނު ތާރީޚް: 27 ފެބުރުއަރީ 2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފު
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/33
ދަޢުވާގެ ޚުލާޞާ
6
މިއީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މުޙައްމަދު ޙަސަން ދީދީއަށް ދީފައިވާ [އަމިއްލަ މީހުން
ފޮނުވާ ސިޓީގެ ޖަވާބު، (29 ޑިސެމްބަރ 2011) އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ
ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު (29 ޑިސެމްބަރ
2011) ޖަވާބަށް ބަލާއިރު އެޖަވާބުގައި ވަނީ: [އެމައްސަލައަކީ އަބުރާ ބެހުމުގެ މައްސަލައަކަށްވެފައި
ހުށަހަޅާފައިވާ މިމައްސަލައަކީ ކަނޑައެޅިގެން ފަސްމިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް އެކުލެވޭ މައްސަލައެއް
ކަމަށް ނުބެލެވޭތީ އާއި އެމައްސަލައަކީ މިހާރު ޝަރުއީ މަރުހަލާފައި ހިގަހިގާ އޮތް މައްސަލައަކަށް ވެފައި،
އެދިފައިވާ މަޢުލޫމާތުތަކަކީ ހިގަހިގާހުރި ޤަޟިއްޔާއަކާއި ގުޅުންހުރި ކަންތައްތައްތަކަކަށް ވުމުން މައްސަލަ
ނިމުމުގެ ކުރިން ޤަޟިއްޔާއާއި ގުޅުންހުރި ޝަރުއީ މަޢުލޫމާތު ޝަރީޢަތުން ބޭރުގައި ދެވެން ނެތްކަމަށާއި
ކޯޓަށް ހުށަހެޅޭ މައްސަލަތައް މެޖިސްޓްރޭޓުންނާއި ޙަވާލުކުރަނީ ހަމަޖެހިފައިވާ ޤަވާޢިދުގެ
މަތިންކަމުގައިވެސް ދެންނެވީމެވެ.“ މިފަދައިންކަން
އެގެން
CCCX
އަގނ އވއވެ
02- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެބަޔާންކުރި އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު
(29 ޑިސެމްބަރ 2011) އިސްތިއުނާފު ކުރުމަށް މުޙައްމަދު ޙަސަން ދީދީގެ ފަރާތުން ހުށަހަޅާފައިވާ
މައިގަނޑު ނުކުތާއަކީ: ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގައި
މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާއިރު، އެޖަދުވަލުގެ 2 ވަނަ ނަންބަރުގެ (ހ) ގައިވަނީ
5,000,000 (ފަސްމިލިއަން ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ މުދާ ހިމެނޭ
މައްސަލަތައް ކަމަށް ބަޔާންކޮށްފައިވުމާއެކު އަދި މިމައްސަލާގައި ދަޢުވާކުރާ ފަރާތުން ނަގައިދިނުމަށް އެކު
ޖުމްލަ 5,755,000 (ފަސްމިލިއަން ހަތްލައްކަ ފަންސާސްހާސް) ރުފިޔާކަމަށް ދަޢުވާކުރާ ފޯމުން އެނގެން
އޮތުމާއެކު ދަޢުވާކުރާ މުޅި ދަޢުވާއަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކާއިބެހޭ ޤާނޫނު)
އާއި ޚިލާފަށް ހުށަހެޅިގެން ބަލަމުން ގެންދާ މައްސަލައެއް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
03- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު (29 ޑިސެމްބަރ
2011) އަށާއި، މުޙައްމަދު ޙަސަން ދީދީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި،
K
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/33
އިނބ eއ
ފުކުތާއާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މެޖިސްޓްރޭޓް ކޯޓުތަކަކީ، ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ
ތިރީ ގިންތީގެ ކޯޓު ތަކެއްކަމާއި،
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 66 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި، އެކޯޓުތަކުގެ އިޚްތިޞާޞް އެޤާނޫނުގެ ޖަދުވަލު 5 ގައި
ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
އިސްވެ ބަޔާންކުރެވު
އެކުރެވުން
(ނ) މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 އަށް ބެލިއިރު، އެ ޖަދުވަލުގައި ނުވަތަ އެޤާނޫނުގެ އެހެން
މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ މައްސަލަތައް ފިޔަވައި އެކޯޓެއް ހިމެނޭ
ޖުޑިޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް
މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިދީފައިވާކަން އެނގެން އޮވެފައި؟
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްތަކުގެ އިތުރުން، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގައި ކޯޓުތަކަށް ލިބިގެންވާ ސަރަޙައްދީ
އިޚްތިޞާޞްތަކެއްވެސް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި
އެގޮތުން ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، އެމާއްދާގައި
ޤާނޫނު އަސާސީއާއި އެޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން އެކޯޓެއްގެ ޖުޑީޝަލް
ދާއިރާގައި ދާއިމީ އެޑްރެސް ހިމެނޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށް އެކޯޓަކަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ
ސަރަޙައްދީ އިޚްތިޞާޞްވެސް ލިބިގެންވާކަން އެމާއްދާގެ (ހ) އިން އެނގެން އޮތްއިރުގެ
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭގޮތަށް އިސްތިސްނާކޮށްފައިވާ
މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި އެހެނިހެން މަދަނީ މައްސަލަތަކަށް ބަލާއިރު،
ޖެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/33
މެޖިސްޓްރޭޓް ކޯޓުތަކުން ނުބެލޭގޮތަށް، ހަމައެކަނި ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ގޮތުގައި ކަނޑައެޅި ބަޔާން
ކުރެވިފައިވަނީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 2 ވަނަ
ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ، 5,000,000 (ފަސް މިލިއަން ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ
ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް އެކަނިކަން އެނގެން އޮވެއެވެ.
22 ތ 8 ގ 32
8
ބިފައެގެގޮތުން
(ނ) އިސްވެބަޔާންކުރެވުނު ގޮތުގެ މަތީން 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން
މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ މަދަނީ މުޢާމަލާތްތަކާއި ބެހޭ މައްސަލަތަކާއި ނުވަތަ އެއަގުގެ މުދާ ހިމެނޭ
މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް، އުޞޫލެ
މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ލިބިފައިވާކަން އެނގޭކަމާއި؛
އަނބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރާ ދަޢުވާތަކަކީ ނަގުދު ފައިސާ
ނުވަތަ މަދަނީ މުޢާމަލާތްތަކާއި ގުޅިގެން ފައިސާ ހޯދުމަށް ހުށަހެޅޭ މައްސަލަތަކެއް ނޫންކަން އެނގެން
އޮވެފައި، އަނބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާ ފައިސާގެ
ޢަދަދުތަކަކީ، ހަމަ އެޢަދަދަށް ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ކޯޓަށް ލޯޒިމް ކުރާ ޢަދަދުތަކެއް ނޫންކަން
އެނގޭކަމާއި؛
އެހެންކަމުން، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށްކުރާ ދަޢުވާ ތަކުގައި
ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދޭ ފައިސާގެ މިންވަރަކީ 5,000,000 (ފަސްމިލިއަން ރުފިޔާއަށް ވުރެ
މަތީ މިންވަރެއް ކަމުގައިވީނަމަވެސް އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ކޮންމެ ކޯޓަކަށްމެ އެކޯޓެއްގެ
ސަރަޙައްދީ އިޚްތިޞާޞްގެ ދާއިރާގެ ތެރެއިން ލިބިގެންވާ ކަން އެނގެއެވެ.
(ރ) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި، ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުން، ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން އެމާއްދާގައި ބަޔާންކުރެވިފައިވާ
ޙާލަތްތަކުގައި ސަރަޙައްދީ އިޚްތިޞާޞްވެސް އެކޯޓުތަކަށް ލިބިގެންވާކަމަށް ބަޔާން ކުރުމަށްފަހު ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުގެ 70 ވަނަ މާއްދާގައި، އެޤާނޫނުގެ ދަށުން ވަކި ކޯޓަކަށް ދީފައިވާ ވަކި އިޚްތިޞާ ކާއި
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/3
69 ވަނަ މާއްދާގެ ދަށުން ސަރަޙައްދީ ގޮތުން ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞް
ފުށުއަރާނަމަ އެހާލަތުގައި އެމައްސަލައެއް
ބަލާނީ އެ ވަކި އިޚްތިޞާޞް ލިބިގެންވާ ކޯޓުންކަމަށް ބަޔާން
ކޮށްފައިވާއިރު،
މިމައްސަލައިގާ ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހިމެނެނީ ގދ.
ތިނަދޫގައިކަން މިމައްސަލައާއި ގުޅިގެން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "އަބުރާބެހުމުގެ
ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މައްސަލަ ހުށަހަޅާ ފޯމު” ން އެނގެން އޮތުމުގެ އިތުރުން،
ދިވެހިރާއްޖޭގެ
ރާއްޖޭގެ ކޯޓުތަކުގެ ޤާނޫ
69 ވަނަ މާއްދާގެ ދަށުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިދީފައިވާ
ސަރަޙައްދީ އިޚްތިޞާޞް ފުށުއެރުމުގެ ފުރުޞަތެއް ނެތުމާއެކު، މިމައްސަލަ ބެލުމުގެ ސަރަޙައްދީ އިޚްތިޞާސް
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަން އެނގޭކަމާއި؛
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކަކީ،
އެމައްސަލަތަކުގައި ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާގެ މިންވަރަށް ނިސްބަތްކޮށް ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގެ (ހ) ގައި
ބުނެފައިވާ ފަދަ ފައިސާ ނުވަތަ މުދާ ހިމެނޭ މައްސަލަތަކެއްގެ ގޮތުގައި ބެލެވި އެގޮތުގެ މަތީން އެޤާނޫނުގެ
އެމާއްދާ މާނަކުރުމަކީ، އަތޮޅުތަކުގައި ހިނގާ މިފަދަ ކަންތައްތަކާއި ގުޅޭ ދަޢުވާތައް ހިންގުމަށް، އެއަތޮޅުތަކުގައި
ދިރިއުޅޭ މީހުން މާލެ އަންނަން މަޖުބޫރުވެދާނެ ކަމެއް ކަމަށްވުމުގެ އިތުރުން، ކޯޓުތަކަށް ލިބިދީފައިވާ
ސަރަޙައްދީ އިޚްތިޞާޞް ހަނިވެގެންދާނެ ކަމެއް ކަމާއި،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ކޯޓުތަކަށް ސަރަޙައްދީގޮތުން
ކަނޑައެޅިފައިވާ އިޚްތިޞާޞަކީ، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ރޫޙާ އެއްގޮތަށް،
ޢަދުލްއިންޞާފު ހޯދުމަށް އެދޭ ފަރާތަށާއި ޢަދުލްއިންޞާފު ފޯރުކޮށްދޭ ފަރާތަށް އަދި މައްސަލާގައި ހިމެނޭ
ފަރާތްތަކަށް ދިމާވާ ތަކުލީފު ކުޑަ ކުރެވޭނެ ގޮތެއްގެ މަތިން ވީހާވެސް ކައިރިން ފަސޭހަކަމާއެކު ޢަދުލު
އިންސާފަށް ވާޞިލްވެވޭނެ މަގު ފަހިކުރުމުގެ ގޮތުން ކަނޑައެޅިފައިވާ އިޚްތިޞާޞްތަކެއްކަން އެނގެން
އޮންނަކަމާއި؛
.8
co
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/33
cu.
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 2 ވަނަ
ނަންބަރުގެ (ހ) މާނަ ކުރެވެން ޖެހޭނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން
ކޯޓުތަކަށް ލިބިދީފައިވާ ސަރަޙައްދީ އިޚްތިޞާޞްގެ މަޤުޞަދު ނުގެއްލޭގޮތަށް، އަސާސީ ޙައްޤުތަކާއި
މިނިވަންކަން ލިބިދިނުމުގައި އެކަމެއް މާނަކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 68 ވަނަ
69 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކުރެވި، އެ މާއްދާތަކުގެ މަފްހޫމް
އާއި އިންޞާފު ލިބުމުގެ ޙައްޤު ހަނިކުރެވިގެން ނުދާނެ އަދި އެޙައްޤު ލިބިދިނުމަށް ހުރަހެއް
ނޭޅޭނެފަދަ ގޮތެއްގައި ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި މަޖިލީހުގެ ފަނޑިޔާރުންދެކެއެވެ.
މާއްދާއާއި
ޑ 0 =ދه
އއ 3ތށް
¢ ¢ ¢ ¢ ¢9 /
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، އަބުރާ
ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައަކީ، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ ފަދަ ފައިސާ
ނުވަތަ މުދާ ހިމެނޭ މައްސަލައެއްގެ ގޮތުގައި މާނަކުރާން ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ
ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
2
$
"ދިވެހިންގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv