ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/305 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 05
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 305/HC-A/2013
އިސްތިއުނާފް ކުރިފަރާތް:
* ނަން: މުޙައްމަދު ޝަފީޤް
* ދާއިމީ އެޑްރެސް: މޯނިންގވިލާ
* އައި.ޑީ.ކާޑު ނަންބަރު: A002487 * މިހާރުގެ އެޑްރެސް:
* ވަކީލް: ޛު.
މައުމޫން މޫސާ، ސީސްޓަރ
ށ. ފުނަދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. އާއިޝަތު ރީޝާ
. ޕަބްލިކް ޕްރޮސިކިއުޓަރ އދ. އާއިޝަތު މުޙައްމަދު
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ޛުލްޤައިދާ 1434
01 އޮކްޓޯބަރ 2013
* ނިމުނު ތާރީޚް: 01 ޛުލްޙިއްޖާ 1434
06 އޮކްޓޯބަރ 2013
O
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013/8497(J/(MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް: 26 ސެޕްޓެމްބަރ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު:އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
str
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 05
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J
/
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ކޯޓު އަމުރު
އިސްތިއުނާފުކޮށްދިނުމަށް އެދި، އއ. ރަސްދޫ، މޯނިންގވިލާ މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J/(MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައި
ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ކޯޓު އަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި،
ރަސްދޫ، މޯނިންގވިލާ މުޙައްމަދު ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J/(MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރަކީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންގެ ގައިގައި ތަޅާ މާރާމާރީ ހިންގައި،
ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި، އއ. ރަސްދޫ، މޯނިންގވިލާ
މުޙައްމަދު ޝަފީޤް މިވަގުތު ދޫކޮށްލުމަށް ނުފެންނަކަމަށް ބަޔާންކުރައްވައި، 26 ސެޕްޓެމްބަރ 2013 ވަނަ
ދުވަހުގެ 16:30 އިން 06 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ 16:29 އަށް މުޙައްމަދު ޝަފީޤް، މިނިސްޓްރީ
އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ
އަމުރެއްކަން އެނގެންއޮވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 05
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J/(MD-145 ކޯޓު އަމުރު ނެރުއްވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ އއ. ރަސްދޫ، މޯނިންގވިލާ މުޙައްމަދު ޝަފީޤުގެ
ފަރާތުން ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވަނީ ދިވެހިޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާ ޚިލާފަށް، އަދި މުޙައްމަދު ޝަފީޤަކީ އެމާއްދާއަށް
ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާ
ބުނުމެއްގެ މައްޗަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވަނީ ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި
2 2 499
ނއއ.
0
ތިންވަނަ ނުކުތާއަކީ، މުޙައްމަދު ޝަފީޤް ބަންދުގައި ބެހެއްޓުމަށް ޤާޟީ ނިންމެވި ނިންމެވުމަށް
ވާޞިލުވި ސަބަބު ބަޔާންކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އެންކީ eeކ
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J/(MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ރަސްދޫ، މޯނިންގވިލާ މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްa
ރައީކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 05
(ހ) ފުރަތަމަ ކަމަކީ، ރަސްދޫ މޯނިންގވިލާ މުޙައްމަދު ޝަފީޤް ހައްޔަރުކުރެވިފައިވަނީ،
2013 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 21:30 ހާއިރު ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ
ދޮރުމަށްޗަށްވާގޮތަށް ނަގާފައިހުރި ހުދުކުލައިގެ ބޮޑު ޖަނގިޔަލެއް ފުލުހުން ނަގައި، އއ. ރަސްދޫ ޕޮލިސް
ސްޓޭޝަނަށް ގެންދަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގައި، އެ
ޖަނގިޔާ ފުލުހުންގެ އަތުން ގަދަކަމުން އަތުލައިގެން ގެންގޮސްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ
ގުޅިގެން، 26 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 00:26 ގައިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު TD057367 "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އަށް ބެލުމުން އެނގެންއޮންނަކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J/(MD-145 ކޯޓު
އަމުރަކީ،
ރަސްދޫ މޯނިންގވިލާ މުޙައްމަދު ޝަފީޤް 26 ސެޕްޓެމްބަރ 2013 ވަނަ ދުވަހުން ފެށިގެން
15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދިނުމަށްއެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD057367 ތުހުމަތުގައި ބަންދުކުރެވޭމީހުން
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމަށްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް"
އިން ހުށަހެޅުމުން ނެރެދެއްވާފައިވާ އަމުރެއްކަމާއި،
މިއަމުރުގައި، މުޙައްމަދު ޝަފީޤުގެ މައްޗަށް ތުކުރެވިފައިވާ މައްސަލައާ ގުޅިގެން
ހުށަހަޅާފައިވާ ކަންކަމާއި، ހާދިޘާ ހިނގާފައިވާގޮތަށް ބަލައި ރިޢާޔަތްކުރާއިރު މުޙައްމަދު ޝަފީޤް މިވަގުތު
ދޫކޮށްލުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ރައްކައުތެރިކަމެއް ނޫންކަމަށް ކަނޑައަޅުއްވައި، 26
ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 16:30 އިން 06 އޮކްޓޯބަރ 2013 ދުވަހުގެ 16:29 އަށް 10
(ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު ޝަފީޤް
ބަންދުކޮށްފައި ބެހެއްޓުމަށް އަމު
އަމުރުކުރައްވާފައިވާކަން
އެނގެންއޮންނަކަމެވެ.
2i ޑ
33ދ699
ހ02ކ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/3 05
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށް
މުޙައްމަދު ޝަފީޤުއަކީ އެމާއްދާއަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި، ހަމައެކަނި ފުލުހުން ބުނާބުނުމެއްގެ
މައްޗަށް މުޙައްމަދު ޝަފީޤުގެ ބަންދުގެ މުއްދަތު އިތުރުކޮށްދެއްވާފައިވާކަމަށް ބުނެ މުޙައްމަދު ޝަފީޤުގެ
ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަކީ ކުށެއްގެ ތުހުމަތުގައި މީހަކު
ހައްޔަރު ނުވަތަ ބަންދުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، މި މާއްދާގައި ވަނީ "ހައްޔަރު ކުރާ
މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ އެވަގުތު އެއުޅެނީ ކުށެއް ކުރާން ކަމަށް
ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން
ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަން
ބަންދުކޮށްގެ
ކޮށްގެނެއް ނުވާނެއެވެ"
މިފަދައިންކަމަށްވާއިރު،
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގިކަމުގެ
ތުހުމަތުގައި، 2013 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 23:00 އިން ފެށިގެން 48 ގަޑިއިރުގެތެރޭގައި
މުޙައްމަދު ޝަފީޤް ހައްޔަރުކުރުމުގެ އަމުރަކަށް އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2013
/
49/G3
(
U2
)
/
AW-171 "ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް” އިން
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެކޯޓުގެ ނަންބަރު
2013
/
44/HA
)
U2MC
-
B) ކޯޓު އަމުރުން 25 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 23:45 އިން
ފެށިގެން 24 ގަޑިއިރުގެ ތެރޭގައި، ރަސްދޫ މޯނިންގވިލާ މުޙައްމަދު ޝަފީޤް ހައްޔަރުކުރުމުގެ އަމުރު
ނެރެދެއްވާފައިވާކަމާއި،
މިގޮތުން، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ ގައިގާ ތަޅައި މާރާމާރީ ހިންގައި
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތުގައި ރަސްދޫ މޯނިންގވިލާ މުޙައްމަދު ޝަފީޤް
ހައްޔަރުކުރެވިފައިވަނީ، ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ހޯއްދަވައިގެން އެއަމުރުގެ މައްޗަށް ބިނާކޮށް 26
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 05
ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 00:26 ގައިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
TD057367 "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އަށާއި، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013
/
44/HA
)
U2MC
-
B) ކޯޓު އަމުރަށް ބެލުމުން އެނގެންއޮންނަކަމުން، މުޙައްމަދު
ޝަފީޤް ހައްޔަރުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއްނެތި، ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށްކަމަށް
ބެލެވޭނެތަނެއްނެތްކަމެވެ.
ce O
OCX
ކުށެއްގެ
7
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދުގެ ވަނަ މާއްދާއާ ޚިލާފަށް މުޙައްމަދު ޝަފީޤުގެ ބަންދުގެ މުއްދަތު
އިތުރުކޮށްދެއްވާފައިވާކަމަށް ބުނެ މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ
މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައި ވާ މީހާ ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު
ނެރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މާއްދާތަށްކަމާއި، މިގޮތުން އެމީހަކާމެދު
ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި
އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
މުއްޗަ8
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 05
OCX
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ މީހެއްގެ
ކިބައިގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ސަބަބުތަކުން ކުރި ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 93/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި
ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅު ހެކިތައް
އެތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކުރައްވާފައިވާކަމާއި،
ރަސްދޫ މޯނިންގވިލާ މުޙައްމަދު ޝަފީޤުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ބާވަތަށް
ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ ގައިގާ ތަގައި މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުކަން
އިސްތިއުނާފު ކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J
/
(
MD-145 ކޯޓު އަމުރަށް
ން هe
ނައްތާލަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 05
ބެލުމުން އެނގެންއޮންނައިރު އަދި މުޙައްމަދު ޝަފީޤުގެ މައްޗަށް
ތުހުމަތު ކުރުމަށް އެކަށީގެންވާ
ސަބަބުތަކެއް ހުރިއިރު،
2012/HC-A/213
2013/HC-A/120
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމަކީ އެކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކާވެ، އަމަން އަމާންކަން ގެއްލިދާފަދަ ކަމެއްކަމާއި، އަދި މިކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
ޤަޟިއްޔާއާއި،
ޤަޟިއްޔާގައިވެސް
ފާހަގަކުރައްވާފައިވާކަން އެނގެންއޮންނަކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި "މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާ ސަބަބެއް
އޮތްނަމަ ގިނަވެގެން 15 ދުވަހުގެ މުއްދަތަށް އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު
ފަނޑިޔާރަށް ނެރެދެވިދާނެއެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ރ) ގައި "އެމީހަކު
ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބު ފަނޑިޔާރު ފޯމުގައި ލިޔަންވާނެއެވެ" މިފަދައިން ބަޔާންކޮށްފައިވާއިރު،
އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
8497/J
/
MD-145 ކޯޓު
އަމުރުގައި އއ. ރަސްދޫ މޯނިންގވިލާ މުޙައްމަދު ޝަފީޤް ބަންދުގައި ބަހައްޓަންވީ މުއްދަތުގެ ގޮތުގައި
ކަނޑައަޅުއްވާފައިވަނީ 10 (ދިހައެއް) ދުވަހުގެ މުއްދަތު ކަން އެ އަމުރަށް ބެލުމުން އެނގެންއޮންނަކަމާއި،
އަދި އެއަމުރުގައި މުޙައްމަދު ޝަފީޤް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި "މީނާގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ފުލުހުންގެ ގައިގާ ތަޅާމާރީ ހިންގާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މިމައްސަލައާއި
ގުޅިގެން ހުށަހަޅާފައިވާ ކަންކަމާއި ހާދިޘާ ހިނގާފައިވާ ގޮތަށް ބަލާ ރިޢާޔަތްކުރާއިރު މިވަގުތު މީނާ ދޫކޮށްލުމަކީ
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ރައްކާތެރިކަމެއްކަމަށް ނުފެންނާތީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި"
" ކަމަށް ބަޔާންކުރައްވާފައިވާކަމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J
/
(
MD-145 ކޯޓު އަމުރަކީ ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް
93 ހދ29
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 05
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާ ޚިލާފަށް އަދި މުޙައްމަދު ޝަފީޤް ފާހަގަކުރި
ފަދައިން، މުޙައްމަދު ޝަފީޤް ބަންދުގައި ބެހެއްޓުމަށް ނިންމެވި ނިންމެވުމަށް ވާޞިލްވި ސަބަބު
ބަޔާންނުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމުގައި
ޏ ސ ޑ ވ މ ގތ ކތ ދ ތ
3އ ބނމނއނ20ވ
(ށ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J
/
MD-145 ކޯޓު
އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް
ނެތްކަމުގައެވެ.
05→
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8497(J
/
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv