ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/265 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/265
Au
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޅއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 265/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
އެޑްރެސް: -
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
0
އިސްތިއުނާފް ރައްދުވި ފަރާތް:
1- * ނަން: އަޙްމަދު ވިސާމް
އައިޑީ ކާޑުނަންބަރު: A119643
26
ދާއިމީ އެޑްރެސް:- މ.ބޮއިލިންގފިޝް / ކ.މާލެ
މިހާރުގެ އެޑްރެސް:- މ.ބޮއިލިންގފިޝް | ކ.މާލެ
*
2
*
* ނަން: މުޙައްމަދު ޙަމީދު
އައިޑީ ކާޑުނަންބަރު: A107056
ދާއިމީ އެޑްރެސް:- ގުލްދަސްތާގެ/ ގދ.ރަތަފަންދޫ
މިހާރުގެ އެޑްރެސް:- ހުޅުމާލެ ފްލެޓް 05-2-72
.
، ނިމުނު ތާރީޚް: 13
ޖުމުދަލްއޫލާ
1437
ރަޖިސްޓްރީ ތާރީޚް: 26 ރަމަޟާން 1436
13 ޖުލައި 2015
22
ފެބްރުއަރީ 2016
ދިއެހިރާއްޖޭގެ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު 2013/Cr-C/1039
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
، މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
• ހުށަހެޅި ތާރީޚް: 26.08.2013 * ނިމުނު ތާރީޚް: 15.02.2015
ދިވެހިރާއްޖެ
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އިސްފަނޑިޔާރު ޢަބްދު
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
2
2015/HC-A/265
ދަޢުވާގެ ޚުލާޞާޑީ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1039 ޤަޟިއްޔާ އެ ކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލާގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.މާލެ / މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމްއާއި ގދ.ރަތަފަންދޫ
ގުލްދަސްތާގެ، މުޙައްމަދު ޙަމީދުއެވެ.
OCO
1) އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1039 ޤަޟިއްޔާއަކީ
ކ.މާލެ / މ.ބޮއިލިންގ ފިޝް، އަޙްމަދު ވިސާމްއާއި ގދ. ރަތަފަންދޫ / ގުލްދަސްތާގެ، މުޙައްމަދު ޙަމީދުގެ މައްޗަށް
ދައުލަތުން ކޮށްފައިވާ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައެއްކަމާއި،
މި ދަޢުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލާ ބުނެފައިވަނީ، އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދު
26 ނޮވެމްބަރު 2012 ދުވަހުގެ ވަގުތެއްގައި އިންޑިޔާއިން މުދާ ހިފައިގެން ދިވެހިރާއްޖޭއަށް އައި އެމް.އެސް.ވީ
ސިލްވަރ ކްލައިޑް (49-TTN) ބޯޓުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމުގެ މަޢުލޫމާތު ލިބުމާ
ގުޅިގެން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު ޚާއްޞަ
އޮޕަރޭޝަންގެ ދަށުން، މާލޭ ކޮމާޝަލް ހާބަރު ސަރަޙައްދުގައި ބޮޑުތަކުރުފާނު މަގުގައި ފުލުހުން ހަރަކާތްތެރިވަމުން
ދަނިކޮށް، 27 ނޮވެމްބަރު 2012 ދުވަހު 04:56 އެހާކަންހާއިރު، މާލޭ ކޮމާޝަލް ހާބަރުގެ މަތިން ބޮޑުތަކުރުފާނު
މަގުގައި ލޮރީތައް ޕާކްކޮށްފައިވާ ދިމާލަށް އެއްޗެއް އެއްލާލިކަން ފުލުހުންނަށް ފެނުނު ވަގުތު،
މި ދެމީހުން
ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އެ ސަރަޙައްދުގައި ލޮރީ ޕާކްކޮށްފައި އޮތްތަން ވަށައިގެން ހޯދުމަށްފަހު
ލޮރީއެއްގެ ފަހަތަށް ވަތް މަންޒަރު ފުލުހުންނަށް ފެނިގެން، ފުލުހުން އެ ލޮރީ ކައިރިއަށް ދިޔަ ވަގުތު މި ދެމީހުންޑިންގެޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޖު ހިނގުން މާލެ ދިވެހިރާއްޖެ ޕޯން:3325029 ފެކްސް:16471
33
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
ވާ، ދިވެހި
3
2015/HC-A/265
ހު
ލޮރީ ފަހަތުން ނުކުތުމަށްފަހު ކުއްލިއަކަށް ވަރަށް ބާރަށް ހިނގައިގަތުމުން މި ދެމީހުންގެ ފަހަތުން ފުލުހުންގޮސް
ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، އެ ސަރަޙައްދު ބަލައި ފާސްކުރިއިރު، މި ދެމީހުން އެ
ލޮރީއެއްގެ ކައިރީގައި ހަރަކާތްތެރިވި ވޮރީގެ ފުރޮޅު ކައިރީގައި ފޮތި ކޮޅެއް އޮއްވާ ފެނިގެން އެ ކޮތަޅު ނަގައި
ބެލިއިރު، އެ ކޮތަޅުގެ ތެރެއިން ފެނުނު ރީދޫކުލައިގެ ކޮތަޅެއްގެ ތެރެއިން ފެނުނު ބޮޑު 03 (ތިނެއް) ރަބަރު
ޕެކެޓުގައި 2979.7000 ގްރާމް ކެނެބިސް ހުރިކަމަށާއި، އެ ކޮތަޅުގެ ތެރޭގައި އޮތް ހުދުކުލައިގެ ކޮތަޅެއްގެ
ތެރޭގައި އޮތް ބޮޑު ރަބަރު ކޮތަޅެއްގައި 970.2000 ގްރާމް ކެނެބިސް ހުރިކަމަށް އެ ތަކެތީގެ ތަޙްލީލް ރިޕޯޓުން
ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާއި
ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުގެ މައްޗަށް ކެނެބިސް
ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، އަޙްމަދު ވިސާމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި
އޮންނަ 100-10008183-03-9901 އެކައުންޓްގައި ހުރި 523,791.73ރ. (ފަސްލައްކަ ތޭވީސްހާސް
ހަތްސަކޭތަ ނުވަދިހަ އެއް ރުފިޔާ ހަތްދިހަ ތިން ލާރި) އާއި، ބޭންކް އޮފް މޯލްޑިވްސްގައި އަޙްމަދު ވިސާމްގެ
ނަމުގައި ހުޅުވާފައި އޮންނަ ނަންބަރު 101-464804-7704 އެކައުންޓުގައި ހުރި 606,778.92ރ. (ހަލައްކަ
ހަހާސް ހަތްސަތޭކަ ހަތްދިހަ އަށް ރުފިޔާ ނުވަދިހަ ދެލާރި) އަކީ މީނާ ކިހިނެއް ހޯދާފައިވާ ފައިސާއެއްކަން
މީނާއަށް ސާބިތުކޮށްދެވިފައިނުވާތީއާއި، މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް
ބެލެވޭތީ، މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދޭ މައްސަލައާއި، މުޙައްމަދު ޙަމީދުގެ ނަމުގައި މޯލްޑިވްސް
އިސްލާމިކް ބޭންކުގައި ހުޅުވާފައި އޮންނަ ނަންބަރު 100-10011410-03-9901 އެކައުންޓުގައި ހުރި
-/19950 (ނަވާރަހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) އާއި، މުޙައްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް
މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު 101-240697-7703 އެކައުންޓްގައި ހުރި 22,612.40ރ.
(ބާވީސްހާސް ހަސަތޭކަ ބާރަ ރުފިޔާ ސާޅީސްލާރި) އަކީ މީނާ ކިހިނެއް ހޯދާފައިވާ ފައިސާއެއްކަން މީނާއަށް
ސާބިތުކޮށްދެވިފައިނުވާތީއާއި، މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބެލެވޭތީ،
މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދޭ މައްސަލާގެ ދައުވާކުރާކަމަށާއި،
ecc
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:16471
33
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
4
2015/HC-A/265
ހހހ4 9
3ދ.ރ9ގފާނދު
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، މާލެ / މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމްއާއި،
| ގުލްދަސްތާގެ، މުޙައްމަދު ޙަމީދުގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ
ދަޢުވާއާއި، އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އާއި މޯލްޑިވްސް
އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ހުރި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދޭ މައްސަލަ
ޝަރީޢަތުން ބެލިބެލުމުން، އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދު، 26 ނޮވެމްބަރު 2012 ދުވަހުގެ ވަގުތެއްގައި
އިންޑިޔާއިން މުދާހިފައިގެން ދިވެހިރާއްޖެއަށް އައި އެމް.އެސް.ވީ ސިލްވަރ ކްލައިޑް (49-TTN) ބޯޓުން
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު ޚާއްޞަ އޮޕަރޭޝަންގެ ދަށުން، މާލޭ
ކޮމާޝަލް ހާބަރު ސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ފުލުހުން ޙަރަކާތްތެރިވަމުން ދަނިކޮށް 27 ނޮވެމްބަރު
2012 ދުވަހު 04:56 އެހައިކަންހައިއިރު، މާލޭ ކޮމާޝަލް ހާބަރުގެ މަތިން ބޮޑުތަކުރުފާނު މަގުގައި ލޮރީތައް
ޕާކްކޮށްފައިވާ ދިމާލަށް އެއްޗެށް އެއްލާލިތަން ފުލުހުންނަށް ފެނުނު ވަގުތު، މިދެމީހުން ބޮޑުތަކުރުފާނު މަގުން
ހިނގާފައި ގޮސް އެސަރަހައްދުގައި ލޮރީޕާކުކޮށްފައި އޮތްތަން ވަށައިގެން ހޯދުމަށްފަހު ލޮރީއެއްގެ ފަހަތަށް ވަތް
މަންޒަރު ފުލުހުންނަށް ފެނިގެން، ފުލުހުން އެފޮރީ ކައިރިއަށް ދިޔަވަގުތު މިދެމީހުން ލޮރީ ފަހަތުން ނުކުތުމަށްފަހު
ކުއްލިއަކަށް ވަރަށް ބާރަށް ހިނގައިގަތުމުން މިދެމީހުންގެ ފަހަތުން ފުލުހުންގޮސް މިދެމީހުން ފުލުހުންގެ ބެލުމުގެ
ދަށަށް ގެންދިޔުމަށްފަހު، އެސަރަހައްދު ބަލައި ފާސްކުރިއިރު، މިދެމީހުން އެލޮރީއެއްގެ ކައިރީގައި ހަރަކާތްތެރިވި
ލޮރީގެ ފުރޮޅުކައިރީގައި ފޮތިކޮޅެއް ފެނިގެން އެކޮތަޅު ނަގައި ބެލިއިރު، އެކޮތަޅުގެ ތެރެއިން ފެނުނު
ރީނދޫކުލައިގެ ކޮތަޅެއްގެ ތެރެއިން ފެނުނު ބޮޑު 03 (ތިނެއް) ރަބަރު ޕެކެޓުގައި 2979.7000 ގްރާމް ކެނެބިސް
ހުރިކަމަށާއި، އެކޮތަޅުގެ ތެރޭގައި އޮތް ހުދުކުލައިގެ ކޮތަޅެއްގެ ތެރޭގައި އޮތް ބޮޑު ރަބަރު ކޮތަޅެއްގައި
1013.1000 ގްރާމް ކެނެބިސް ހުރިކަމަށާއި، ހުދުކުލައިގެ ކޮތަޅުގެ ތެރޭގައި އޮތް އިތުރު ބޮޑު ކޮތަޅެއްގައި
970.2000 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީއާއި އަޙްމަދު ވިސާމްގެ ނަމުގައި
މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ 100-10008183-03-9901
523,791.73ރ (ފަސްލައްކަ ތޭވީސްހާސް ހަތްސަތޭކަ ނުވަދިހަ އެއް ރުފިޔާ ހަތްދިހަ ތިން ލާރި) އާއި، ބޭންކް /
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:16471
33
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
އއ
އެކައުންޓްގައި ހުރި ރާއްޖޭގެ ހައި
5
2015/HC-A/265
Ocox
މޯލްޑިވްސްގައި އަޙްމަދު ވިސާމްގެ
ނަމުގައި
ހުޅުވާފައި
އޮންނަ
7704-464804-101 އެކައުންޓުގައި ހުރި 606,778.92ރ (ހަލައްކަ ހަހާސް ހަތްސަތޭކަ ހަތްދިހަ އަށް
ރުފިޔާ ނުވަދިހަ ދެލާރި) އަކީ މީނާ ކިހިނެއް ހޯދާފައިވާ ފައިސާއެއްކަން ލީނާއަށް ސާބިތުކޮށްދެވިފައިނުވާތީއާއި،
މިފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާއެއްކަމަށް ބެލެވޭތީ، މިފައިސާ ދައުލަތަށް
ނަގައިދިނުމަށް އެދޭ މައްސަލައާއި، މުޙައްމަދު ޙަމީދުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައި
އޮންނަ ނަންބަރު 9901-03-10011410-100 އެކައުންޓްގައި ހުރި 19950/- (ނަވާރަހާސް ނުވަސަތޭކަ
ފަންސާސް ރުފިޔާ) އާއި، މުޙައްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު
7703-240697-101 އެކައުންޓްގައި ހުރި 4612.40 22ރ (ބާވީސްހާސް ހަސަތޭކަ ބާރަ ރުފިޔާ ސާޅީސްލާރި)
އަކީ މީނާ ކިހިނެއް ހޯދާފައިވާ ފައިސާއެއްކަން މީނާއަށް ސާބިތުކޮށްދެވިފައި ނުވާތީ ކަމަށްބުނެ، އަޙްމަދު
ވިސާމްއާއި މުޙައްމަދު ޙަމީދުގެ މައްޗަށް ދައުލަތުން ކުޑަ މިދަޢުވާއަށް އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދު
އިންކާރު ކުރުމާއި ގުޅިގެން ދައުލަތުން މިދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެކިންގެ ހެކިބަހުން އަޙްމަދު
ވިސާމްއާއި މުޙައްމަދު ޙަމީދުގެ މައްޗަށް މިދަޢުވާ ޝަރީޢަތަށް ސާބިތުވާވަރަށް ހެކިޤަރީނާ ލިބިފައިނުވާތީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް މާލެ/ މ.
ބޮއިލިންގފިޝް،
ޝް، އަޙްމަދު ވިސާމްއާއި، ގދ.ރަތަފަންދޫ ގުލްދަސްތާގެ، މުޙައްމަދު ޙަމީދުގެ މައްޗަށް ދައުލަތުން
ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، މިދަޢުވާ އަޙްމަދު
ވިސާމްއާއި މުޙައްމަދު ޙަމީދުގެ މައްޗަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ އަޙްމަދު ވިސާމްއާއި މުޙައްމަދު
ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި
އުންޓްތަކުގައި ހުރި ފައިސާ ދައުލަތަށް ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މިގޮތުގެ މަތިން
..." މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
4 22
ޙުކުމްކޮށް...
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1039 ޤަޟިއްޔާ އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއް
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
ސއެއް
6
2015/HC-A/265
ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
އިސްތިއުނާފުކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް،
މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
Ccc
0 31 32
0
ފުރަތަމަ ނުކުތާއަކީ، އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުގެ
މައްޗަށް ދައުލަތުން
ހުށަހެޅި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާކަމަށް
ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 221/HC
-
A/2013
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމަކަށްވުން.
ދެވަނަ ނުކުތާއަކީ، އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް
މޯލްޑިވްސްގައި އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ހުރި ފައިސާއަކީ
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް
ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 17/2011 (މަސްތަކުވާތަކެއްޗާބެހޭ ޤާނޫނު) ގެ 155 ވަނަ މާއްދާއާއި،
46
158 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ނިންމަވާފައިވާ ނިންމެ
4
2
2
4
2 ހއ
رومانسي
cu o
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1039 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
33
ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1039
ޤަޟިއްޔާގައި ދައުލަތުން ކ.މާލެ / މ.ބޮއިލިންގ ފިޝް، އަޙްމަދު ވިސާމްއާއި ގދ.ރަތަފަންދޫ / ގުލްދަސްތާގެ،
މުޙައްމަދު ޙަމީދުގެ މައްޗަށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ
(ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި މި ދެމީހުންގެ
ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި
ހުރި ފައިސާއަކީ ކިހިނެއް ހޯދާފައިވާ ފައިސާއެއްކަން މި ދެ މީހުންނަށް ސާބިތުކޮށްދެވިފައިނުވާތީއާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
ދިވެހިރާއްޖޭގެ
2015/HC-A/265
ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބެލެވޭތީ، މި ފައިސާ ދައުލަތަށް
ނަގައިދިނުމަށް އެދި ދަޢުވާ ހުށަހެޅުމުން، އިޝާރާތްކުރެވުނު ދަޢުވާއަށް އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދު
އިންކާރުކުރުމާއި ގުޅިގެން ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެކިންގެ ހެކި ބަހުން އަޙްމަދު ވިސާމްއާއި
މުޙައްމަދު ޙަމީދުގެ މައްޗަށް ދަޢުވާ ސާބިތުވާވަރަށް ހެކި ލިބިފައިނުވާތީ، މި ދަޢުވާ ޝަރީޢަތަށް
ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާކަން އެނގެންއޮންނަކަމެވެ.
P
142
(ނ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106
ވަނަ މާއްދާގެ (ހ) ގައި ކެނެބިސް ޓްރެފިކް ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެ މާއްދާގެ (ނ)
ގައި އެކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއި އެކު -/
100,000ރ. (އެއްލައްކަ) ރުފިޔާއިން ފެށިގެން
-/10,000,000 ރ. (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުންކަމަށް ބަޔާންކޮށްފައި
އޮންނަކަމާއި،
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ޓްރެފިކް
ކުރުމަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމާއި، އެގޮތުން، ޓްރެފިކް ކުރުމަކީ ޕެޑްލަރަކަށް ނުވާމީހަކު، އެޤާނޫނުގެ
ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާ ގޮތަށް މަސްތުވާތަކެތިން
މުޢާމަލާތުކުރުމަށް، ނުވަތަ ޕެޑްލަރަކަށްހުރެ، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ
ކަމުގެ ތެރެއިން
ދެކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތްކުރުންކަމަ
ކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްވެބުނެވުނު ޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި "މި ޤާނޫނުގައި އެހެން
ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން
ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރި މީހެއްކަމަށް ބެލެވޭނެއެވެ."
މިފަދައިން ބަޔާންކޮށް ޖުމްލަ 11 (އެގާރަ) ކަމެއް ބަޔާންކޮށްފައިވާކަމާއި، އެ އަކުރުތަކުގެ ތެރެއިން (ހ) ގައި
"މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ މަސްތުވާއެއްޗެއް ދިވެހިރާއްޖެއިން ބޭރުކު
ބޭރުކުރުން،"
މިފަދައިން ބަޔާންކޮށްފައިވާކަމާއި އަދި އެމާއްދާގެ (ށ) ގައި "މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ދިވެހިރާއްޖެއިން
ބޭރުގައި ޙަރަކާތްތެރިވާ ބަޔަކާ ގުޅިގެން މަސައްކަތްކުރުން، އަދި ހަމަ އެ މާއްދާގެ (ރ) ގައި އޭނާގެ ޢާންމު
ދިރިއުޅުމުގެ ޙާލަތަށް ބަލާއިރު، އެ ޙާލަތާ އަޅާކިޔޭ މިންވަރަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ނުވަތަ މުދާ އޭނާގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބު، މުޒުހިނގުން މާލެ ދިވެހިރާއްޖެ ދޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
Ccc ecc
]
8
2015/HC-A/265
އަތުގައި ހުރުމާއެކު،
އެ ލިބުނު ގޮތެއް ބަޔާންކޮށްދޭން ނޭނގުން،" މިފަދައިން ބަޔާންކޮށްފައިވާކަން
ފާހަގަކުރެވެ.
ދިވެންއޮންނައިރު، ބުނެވުނު ޤާނޫނުގެ 141 ވަނަ މާއްދާގައި، އެ ޤާނޫނުގެ ބޭނުމަށްޓަކައި މަސްތުވާތަކެތި
އަތުގައި ހުރިކަމަށް ބެލެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާކަމާއި، އަދި އެ ޤާނޫނުގެ 144 ވަނަ މާއްދާގައި، އެކެއްގެ
އަތުގައި ހުރި މަސްތުވާ އެއްޗެއް އެހެން މީހެއްގެ އަތުގައިވެސް ހުރީކަމަށް ބެލެވޭނެ ޙާލަތް ބަޔާންކޮށްފައިވާކަމާއި،
އެގޮތުން، އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އެމީހުންގެ ރުހުމާއެކު، އޭގެ ތެރެއިން ވަކިމީހެއްގެ އަތުގައި
މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެއަދަދަށް ހުރީ
ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެންއޮންނައިރު، ބުނެވުނު ޤާނޫނުގެ 155 ވަނަ މާއްދާގައި
މަސްތުވާތަކެތިން މުޢާމަލާތްކުރުމު
މުޢާމަލާތްކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ނުވަތަ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ
ނުވަތަ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށެއްގެ ތަޙުޤީޤުގައި
ފާހަގަކުރެވޭ ވަކި މުދަލެއް ނުވަތަ ފައިސާއަކީ، ކޮންގޮތަކަށް ހޯދުނު މުދަލެއް ނުވަތަ ފައިސާއެއްކަމާމެދު ކުށުގެ
ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރެވޭހިނދު، އެ މުދަލެއް ނުވަތަ ފައިސާއެއް ލިބުނު ގޮތް ސާފުކޮށް
ބަޔާންކޮށްދިނުމަކީ އޭނާގެ މައްޗަށް އެ ޤާނޫނު ލާޒިމުކުރާ ކަމެއްކަމަށާއި، އަދި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި
ފައިސާކަމަށް ޝައްކުކުރެވޭ މުދަލާއި ފައިސާއަކީ އެ ނޫން ގޮތަކަށް ހޯދާފައިވާ މުދަލާއި ފައިސާކަން
ސާބިތުނުވާހާހިނދަކު، އެ މުދަލާއި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާކަމަށް އެ ޤާނޫނުގެ
ބޭނުމަށްޓަކައި ބެލެވޭނެކަމަ
ކަމަށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 158 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެންއޮންނަކަމެވެ.
cox
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ މައްސަލާގައި ދައުލަތުން އަޙްމަދު ވިސާމްއާއި މުޙައްމަދު
ޙަމީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާކަމާއި، މި ދައުވާއަށް އަޙްމަދު
ވިސާމްއާއި މުޙައްމަދު ޙަމީދުގެ ފަރާތުން އިންކާރުކުރުމުން، މި ދަޢުވާ ސާބިތުކުރުމުގެ ގޮތުން، މައްސަލާގައި
ފެނިފައިވާ މަސްތުވާތަކެއްޗާއި ދަޢުވާ ލިބުނު އަޙްމަދު ވިޝާމްއާއި މުޙައްމަދު ޙަމީދުއާ ގުޅުވައިދިނުމުގެ ގޮތުން
ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކ.މާލެ / މއ.ފާގަފިލާގެ، އިބްރާހީމް އިސްމާޢީލްއާއި ކ.މާލެ
ޢަބްދުއްރަޙްމާން ރަފީޢުގެ ހެކިބަހާއި، އަޙްމަދު ވިސާމްގެ ފޯނު ނަންބަރުން ކޮށްފައިވާ
މަލާތްތަކެއްގެ ކޯލް ޑީޓެއިލްސްތަކާއި، އަޙްމަދު ވިސާމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި
ހުޅުވާފައިވާ ނަންބަރު 100-10008183-03-9901 އެކައުންޓްގެ ބޭންކް ސްޓޭޓްމަންޓާއި، އަދި ހަމަ އޭނާގެ
ހދ ފ 320
ރަނމނދ
= / ހދ ޏ ސ ޑ 8 *
މުޢާމަލިe
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:16471
33
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
9
2015/HC-A/265
8 0 4
ބޭންކް
41
ނަމުގައި އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި ނަންބަރު 101-464804-7704 އެކައުންޓުގެ ބޭންކް
ސްޓޭޓްމަންޓާއި، މުޙައްމަދު ޙަމީދުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައި އޮންނަ ނަންބަރު
9901-03-10011410-100 އެކައުންޓާއި އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮން
އޮންނަ
ނަންބަރު 101-240697-7703 އެކައުންޓްގެ ބޭންކް ސްޓޭޓްމަންޓްތައް ހުށަހަޅާފައިވާކަމާއި،
އެގޮތުން، އިބްރާހީމް އިސްމާޢީލްއާއި ޢަބްދުއްރަޙްމާން ރަފީޢު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، 26 ނޮވެމްބަރު 2012 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި
އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން 27 ނޮވެމްބަރު 2012 ވަނަ ދުވަހު ޚާއްޞަ
އޮޕަރޭޝަނެއް ހިންގުނުކަމަށާއި، މި އޮޕަރޭޝަންގައި ފުލުހުން އެމް.ޕީ.އެލް ސަރަޙައްދު ބޭރުން ބޮޑުތަކުރުފާނު
މަގުގައި މަޑުކޮށްގެން ތިއްބާ ގާތްގަނޑަކަށް 4:56 ހާއިރު، އެމް.ޕީ.އެލް ފާރުމަތިން ކޮތަޅެއް އެއްލިކަމަށާއި، އެ
ކޮތަޅު ބަލާ އަންނަ ބަޔަކު ބަލަން ތިއްބާ އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުއާ ދެމީހުން ހިނގާފައި އެ
ޕިކަޕުތައް ކައިރިއަށް އައިސް އެއްޗެއް ހޯދަން އުޅެން ފެށުމުން، ފުލުހުން އެ މީހުންގެ ކައިރިއަށް ދާން ފެށުމުން
އެތަނުން ނުކުމެގެން ބާރަށް ދުރަށް ހިނގައިގަތުމުން، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށާއި،
މި ދެމީހުން ހަރަކާތްތެރިވި ސަރަޙައްދު ބަލާ ފާސްކުރެވުނުކަމަށާއި، އެމީހުން ތިބި ތަނުގައި އޮތް ޕިކަޕެއްގެ
ފުރޮޅުކައިރީގައި އޮތް ފޮތި ކޮތަޅެއްގެ ތެރެއިން ފެނުނު ބޮޑު ފަސް ކޮތަޅުގެ ތެރެއިން މަސްތުވާތަކެތިކަމަށް
އެއްޗެއް ފެނިފައިވާކަމަށާއި، މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނީ ބޯޓަކުން
އެތެރެކުރި މަސްތުވާތަކެތި ބަލާ ދިޔަކަމަށް ތުހުމަތުކުރެވިގެންކަމަށާއި، މި ދެމީހުންގެ އަތުން މަސްތުވާޒާތުގެ
އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެންއޮތުމުން މި މައްސަލާގައި މަސްތުވާތަކެތި
ފެނިފައިވަނީ އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދު ޙަރަކާތްތެރިވި ޕިކަޕުގެ ދަށުންކަމާއި، އަދި އަޙްމަދު
ވިސާމްއާއި މުޙައްމަދު ޙަމީދުގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާކަން މި މައްސަލާގައި ހުށަހެޅުނު ހެކިންގެ
ދެކިބަހުން އެނގޭކަމާއި،
އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުއާ ދެމީހުން، ދަޢުވާގައި ބުނެފައިވާ މަސްތުވާތަކެތި
ބަލާދިޔަކަމަށް ބެލެވޭނެ އިތުރު ހެއްކާއި ޤަރީނާކަމުގައި މި މައްސަލާގައި މަސްތުވާތަކެތި އެތެރެކުރިފަރާތްކަމަށް
ދައުލަތުން ބުނާ އެސް މާރިޔާ އެންތޮނީ ކްރިސްޓޮފާގެ ނަންބަރު 7472839 މޮބައިލް ފޯނަށް މޮބައިލް ނަންބަރު
7820399 ން ގުޅާފައިވާކަން އަންގައިދިނުމުގެ ގޮތުން ކޯލް ޑީޓެއިލްސް ހުށަހަޅާފައިވާއިރު ބުނެވުނު ނަންބަރަކީ
އަޙްމަދު ވިސާމްގެ މަންމަ ކ.މާލެ / މ.ބޮއިލިންގ ފިޝް، ޒަހީރާ އާދަމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވެހިރާއްޖޭގެ
8ޑ ه
އއކ
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2015/HC-A/265
22
2
4
2 ހދ8
ނަންޓްރެއެކަމަށް
0 31 9 8 7 4
މ އ ވ3
ނަންބަރު ބޭނުންކުރުމެނެ
ބާރެއްކަ ދައުލަތުން ބުނެފައިވާކަމާއި ޒަހީރާ އާދަމް މި މައްސަލާގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ
7820399 ނަންބަރަކީ ޒަހީރާ އާދަމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރެއްކަމަށާއި، އެ
ނަންބަރުވާނީ އޭނާގެ ދަރިފުޅު އަޙްމަދު ވިސާމް ބޭނުންކުރަންދީފައިކަމަށާއި، މި ނަންބަރު ބޮއިލިންގ އިން
ގެސްޓްހައުސްގައާއި ބޮއިލިންގ ގަރާޖްގައިވެސް އެ ނަންބަރު ބޭނުންކުރާކަމަށާއި، އަޙްމަދު ވިސާމްގެ އަމިއްލަ
އެހެން ނަންބަރެއްވެސް ގެންގުޅޭކަމަށް ޒަހީރާ އާދަމް ބުނެފައިވާއިރު، މި މައްސަލާގެ ތަޙުޤީޤުގައި 7820399
ނަންބަރަކީ 2009 ގައި ޒަހީރާގެ ނަންމަތީގައި ނަގާފައިވާ ނަންބަރެއްކަމަށާއި، އެ ނަންބަރު ކުޑަދުވަސްކޮޅަކު
ބޭނުން ކުރުމަށްފަހު އަޙްމަދު ވިސާމް ބޭނުންކުރުމަށް ދީފައިވާކަމަށާއި، އޭގެ ފަހުން ނަން
ދިޔައީ އަޙްމަދު ވިސާމްކަމަށް ޒަހީރާ އާދަމް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ބުނެވުނު ފޯން ކޯލް ޑީޓެއިލްސް ޤަރީނާގެ ގޮތުގައި އަޙްމަދު ވިސާމްއާ ދެކޮޅަށް ހުށަހަޅާފައިވީ
ނަމަވެސް އެއްވެސް ފޯން ކޯލް ރެކޯޑިންގއެއް ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭކަމާއި، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ބުނެވުނު ފޯން ކޯލް ޑީޓެއިލްސް ނަގާފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމާމެދު އަޙްމަދު
ވިސާމްގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ސުވާލު އުފައްދާފައިވާކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ކޮންމެ މީހެއްގެ
ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ
ކަންކަމާއި ތަންތަންކަމަށާއި، ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެ
ޙުރުމަތްތެރިކޮށް
ހިތަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނާ ޚިލާފަށް ހޯދާ ހެކިތައް ޝަރީޢަތަށް ބަލައިނުގަނެވޭނެކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮތުމުން، އެއްވެސް
ބައެއްގެ މެދުގައި ހިނގާފައިވާ ޒާތީ މުއާޞަލާތެއް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނީ އެ މުއާޞަލާތެއް
ހޯދައިފައިވަނީ ކަމާބެހޭ ޝަރުޢީ ކޯޓެއްގެ ހުއްދަ އޮވެގެންކަން އެނގޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި އަޙްމަދު ވިސާމް ގެންގުޅުނު ފޯން ނަންބަރު 7820399 ގެ ކޯލް
ޑީޓެއިލްސް ނަގާފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ބަލާއިރު، މިމައްސަލާގައި ފުލުހުންގެ އިންޓެލިޖެންސަށް
ކަހަފަތި އިލްޔާސް އަޙްމަދު މަސްތުވާ ތަކެތީގެ ވިޔަފާރީ ކުރާކަމަށް މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ކޯޓު
އަމުރެއްގެ ދަށުން އިލްޔާސް އަޙްމަދުގެ ފޯންކޯލް އަޑުއަހަމުން ދިޔަކަމަށާއި، މިމައްސަލާގައި ޚާއްޞަ
އޮޕްރޭޝަނެއް ހިންގިފައިވަނީ އިލްޔާސް އަޙްމަދު މަސްތުވާތަކެތި ބަލާގޮސް ހުއްޓައި އަތުލައިގަތުމަށްޓަކައިކަމަށާއި
އެހެންނަމަވެސް ޚާއްޞަ އޮޕްރޭޝަންގެ ތެރެއިން އިތުރު ބަޔަކު މަސްތުވާތަކެތި ބަލާދާކަން ފުލުހުންނަށް މަޢުލޫމާތު ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
11
2015/HC-A/265
ލިބުނުކަމަށާއި، އަޙްމަދު ވިސާމްއާ މުޙައްމަދު ޙަމީދަކީ އެންމެ ފުރަތަމަ އެސަރަހައްދަށް ދިޔަ ދެމީހުންކަމަށާއި،
ފޯން ކޯލް ޑީޓެއިލްސް ނަގާފައިވަނީ އެސަރަހައްދުން މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް
ގެންދިއުމަށްފަހުކަމަށާއި، އެއީ މި މައްސަލާގައި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި އިންޑިޔާގެ
ރައްޔިތެއް ކަމަށްވާ ކްރިސްޓޮފާގެ ނަންބަރުގެ ޑީޓެއިލްސް ނެގިއިރު، މި މީހުންގެ ނަންބަރުތަކުންވެސް ގުޅާފައި
ހުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށާއި، މިއީ މި މައްސަލާގެ ތަޙްޤީޤުގައި ނެގިފައިވާ ޑީޓެއިލްސްތަކެއްކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން
ފާހަގަކުރެވެންއޮތުމުން، އަޙްމަދު ވިސާމް ގެންގުޅުނު ކަމަށް ބުނެވުނު ނަންބަރުގެ ކޯލް ޑީޓެއިލްސް ނަގާފައިވަނީ
ކޯޓު އަމުރެއްނެތިކަން އެނގޭކަމާއި، އެހެންކަމުން، މި މައްސަލަ ނިންމުމުގައި ބުނެވުނު ފޯން ކޯލް ޑީޓެއިލްސް
ޤަރީނާއެއްގެ ގޮތުގައި ބަލައި އެއަށް ބުރަދަންދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާއާ ޚިލާފްކަމެއްކަމު
ޚިލާފްކަމެއްކަމުގައި ވާ ހިނދު، މި ޙާލަތުގައި ބުނެވުނު ފޯން ކޯލް ޑީޓެއިލްސްއަށް ޝަރީޢަތުން އެއްވެސް
ބުރަދަނެއް ދެވިގެންނުވާނެކަން އެނގޭކަމެވެ.
8 / 2
2013/HC-A}221
8 4 6 8 2
(ރ) ހަތަރުވަނަ ކަމަކީ، އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުގެ މައްޗަށް ދައުލަތުން ހުށަހެޅި
ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާކަމަށް ކަނޑައަޅައި
ނިންމާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 221/HC
-
A/2013 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމަށް ބުނެ ދައުލަތުން ހުށަހެޅި ނުކުތާއަށް
ރިޢާޔަތްކުރާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބެލުމުން
ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމަށް މަސްތުވާތަކެތި އަތުގައިހުރުމުގެ ކުށް ސާބިތުވުން ލާޒިމުނުވާކަން
އެނގޭކަމާއި، ބުނެވުނު މައްސަލާގައި ތުހުމަތުކުރެވޭ ދެފަރާތުން އެ މުޢާމަލާތުގައި އެކުއެކީގައި
ހަރަކާތްތެރިވެފައިވާއިރު، ދެމީހުންކުރެ ކޮންމެ މީހަކަށްވެސް އެ މީހަކު ކުރާންއުޅޭ އަދި ކުރި ޢަމަލާބެހޭ މަޢުލޫމާތު
ހެކީންގެ ބަޔާންތަކުންނާއި އެ މީހުން ޢަމަލުކޮށްފައިވާގޮތުން ސާފުކޮށް އެނގެންއޮންނާތީ، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެކަކަށްވުރެ ގިނަ މީހުންނަށް
އެނގިގެން، އެމީހުންގެ ރުހުމާއެކު، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން
ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެ އަދަދަށް ހުރީ ކަމުގައި ބެލެވޭނެކަމަށް އިސްވެބުނެވުނު
2ދ
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:16471
33
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
12
2015/HC-A/265
UCOU OX >
ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި، އެހެންކަމުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމަށް އެމީހެއްގެ
އަތުގައި މަސްތުވާތަކެތި ހުރުން ލާޒިމުނުވިނަމަވެސް، މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކާއި ގުޅިފައިވާ
ޤަރީނާތަކުން މަސްތުވާތަކެތި ޓްރެފިކްކުރިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް
ސާބިތުކޮށްދޭންޖެހޭކަން އެނގޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، މި މައްސަލާގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ އަޙްމަދު
ވިސާމްއާއި މުޙައްމަދު ޙަމީދުގެ ތަކެތިކަން ސާބިތުކޮށްދިނުމުގެ ގޮތުން ދައުލަތުން ހުށަހަޅާފައިވަނީ އިބްރާހީމް
އިސްމާޢީލްއާއި ޢަބްދުއްރަޙްމާން ރަފީޢުގެ ހެކިބަހާއި އަޙްމަދު ވިސާމް ގެންގުޅުނު ފޯން ނަންބަރު 7820399 ގެ
ކޯލް ޑީޓެއިލްސްކަން އެނގެންއޮންނައިރު، ކުރިންވެސް ފާހަގަކުރެވުނު ފަދައިން ބުނެވުނު ކޯލް ޑީޓެއިލްސްއަކީ ކޯޓު
އަމުރެއްގެ ދަށުން ހޯދިފައިވާ ހެކި ޤަރީނާ ކަމުގައިނުވާތީ ބުނެވުނު ކޯލް ޑީޓެއިލްސްއަށް މި މައްސަލަ ނިންމުމުގައި
އެއްވެސް ބުރަދަނެއް ދެވިގެންނުވާނެކަން އެނގޭތީ، ބުނެވުނު ކޯލް ޑީޓެއިލްސް އެއްފަރާތްކޮށް، މި މައްސަލާގައި
ހެކިބަސްދީފައިވާ އިބްރާހީމް އިސްމާޢީލްއާއި ޢަބްދުއްރަޙްމާން ރަފީޢުގެ ހެކިބަހަށް ބަލާއިރު، ބުނެވުނު ދެފަރާތުގެ
ހެކިބަހުން މި ދެމީހުންކުރެ މީހެއްގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާކަމަށް ބުނެފައިވާއިރު، މަސްތުވާތަކެތި
ފެނިފައިވަނީ މި ދެމީހުން ހަރަކާތްތެރިވި ޕިކަޕުގެ ދަށުގައި އޮތް ކޮތަޅަކުންކަން އެނގޭކަމާއި، އަދި މި ދެމީހުން
ކުރެ މީހަކު ބުނެވުނު ކޮތަޅު ނަގަނިކޮށް ނުވަތަ އެއްލާލަނިކޮށް މި މައްސަލާގައި ހެކިބަސްދީފައިވާ އެއްވެސް
ފުލުހަކަށް ފެނިފައިނުވާއިރު، ހެކިންގެ ހެކިބަހުގައި ބުނެފައިވަނީ، އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުއާ
ދެމީހުން ހިނގާފައި އެ ޕިކަޕުތައް ކައިރިއަށް އައިސް އެއްޗެއް ހޯދަން އުޅުނުކަމަށާއި، އަދި ފުލުހުން އެ މީހުންގެ
ކައިރިއަށް ދާން ފެށުމުން އެތަނުން ނުކުމެގެން ބާރަށް ދުރަށް ހިނގައިގަތީކަމަށް ހެކިން ބުނެފައިވާއިރު، މި
މައްސަލާގައި މަސްތުވާތަކެތި ފެނިފައިވާ ކޮތަޅުން އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުގެ ފިންގަރޕްރިންޓް
ފެނިފައިވޭތޯ ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބްމިޝަން ނަންބަރު S1211280022 "ފޮރެންސިކް
ތަޙްލީލަށް އެދޭ ފޯމު" ން ފިންގަރޕްރިންޓެއް ލިބޭތޯ ބެލުމަށް އެދިފައިވާކަން އެނގޭކަމާއި، ނަމަވެސް
ފިންގރޕްރިންޓް ލިފްޓް ކުރެވިފައިނުވާކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެންއޮންނައިރު މި
މައްސަލާގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަހުގައި އަޙްމަދު ވިސާމްއާ މުޙައްމަދު ޙަމީދުއާ ދެމީހުން އެ
ސަރަޙައްދުގައި ޙަރަކާތްތެރިވެ އުޅުމާއި، އެ މީހުން ހަރަކާތްތެރިވެ އުޅުނު ސަރަޙައްދުގައި އޮތް ޕިކަޕެއްގެ ފުރޮޅު
ކައިރިން މަސްތުވާތަކެތި ފެނިފައިވާކަމަށް ބުނެފައިވީ ނަމަވެސް ހަމައެކަނި މި ކަމުގެ މައްޗަށް ބިނާކޮށް އަޙްމަދު
ވިސާމްއާ މުޙައްމަދު ޙަމީދު މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނުކަން ސާބިތުކޮށްނުދޭކަމެވެ.
ދިޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:16471
33
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.rv
13
2015/HC-A/265
COX >
(ބ) ފަސްވަނަ ކަމަކީ، އަޙްމަދު ވިޝާމްއާއި މުޙައްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް
މޯލްޑިވްސްގައި އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ހުރި ފައިސާއަކީ
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ކަނޑައަޅާ
ފައިވަނީ ޤާނޫނު ނަންބަރު 17/2011 (މަސްތަކުވާތަކެއްޗާބެހޭ ޤާނޫނު) ގެ 155 ވަނަ މާއްދާއާއި 158 ވަނަ
މާއްދާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ދައުލަތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު،
އަޙްމަދު ވިސާމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު
9901-03-10008183-100 އެކައުންޓްގައި 523,791.73ރ. (ފަސްލައްކަ ތޭވީސްހާސް ހަތްސަކޭތަ ނުވަދިހަ
އެއް ރުފިޔާ ހަތްދިހަ ތިން ލާރި) އާއި، ބޭންކް އޮފް މޯލްޑިވްސްގައި އަޙްމަދު ވިސާމްގެ ނަމުގައި ހުޅުވާފައި
އޮންނަ ނަންބަރު 101-464804-7704 އެކައުންޓުގައި 606,778.92ރ. (ހަލައްކަ ހަހާސް ހަތްސަތޭކަ
ހަތްދިހަ އަށް ރުފިޔާ ނުވަދިހަ ދެލާރި) ހުރިކަމާއި، އަދި މުޙައްމަދު ޙަމީދުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް
ބެންކުގައި ހުޅުވާފައިވާ އޮންނަ ނަންބަރު 100-10011410-03-9901 އެކައުންޓުގައި -/19950
(ނަވާރަހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) އާއި، މުޙައްމަދު ޙަމީދުގެ ނަމުގައި އޮފް މޯލްޑިވްސްގައި
ހުޅުވާފައި އޮންނަ ނަންބަރު 101-240697-7703 އެކައުންޓްގައި 22,612.40ރ. (ބާވީސްހާސް ހަސަތޭކަ
ބާރަ ރުފިޔާ ސާޅީސްލާރި) ހުރިކަން މި މައްސަލާގައި ހުށަހެޅިފައިވާ
85
ބޭންކް
8
2
8
84 ހ2 8ދ29
ސްޓޭޓްމަންޓްތަކުން
ޑ 8 * 2 ހދދީ
އެނގެންއޮންނަކަމާއި،
އިޝާރާތްކުރެވުނު ފައިސާއަކީ ކިހިނަކުން ހޯދާފައިވާ ފައިސާއެއްކަން އަޙްމަދު ވިސާމްއަށާއި،
މުޙައްމަދު ޙަމީދުއަށް ސާބިތުކޮށްދެވިފައިނުވާކަމަށާއި މައްސަލާގެ ތަޙުޤީޤުގައި މިއީ ކިހިނަކުން ހޯދާފައިވާ
ފައިސާއެއްކަމާމެދު ސުވާލުކުރެވުނުކަމަށާއި، އެކަން ބަޔާންކޮށްދެވިފައިނުވާކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާއިރު، އަޙްމަދު ވިސާމްގެ ފަރާތުން މި މައްސަލާގެ ތަޙްޤީޤުގައި އެ ފައިސާއަކީ ކޮންގޮތަކަށް ހޯދުނު
ފައިސާއެއްކަން ބަޔާންކޮށްދިނުމަށް މަސައްކަތްކޮށްފައިވާކަމަށާއި، އެ ގޮތުން ހާދިސާ ހިނގި ގޮތާއި ފައިސާ
ހޯދާފައި ހުރި ގޮތް ކިޔާދީފައިވާނެކަމަށާއި، އަދި އޭރުގެ ވަކީލް ގއ.ވިލިނގިލި | ބީޗްހައުސް، ޢަލީ ޝާހް
ޙާޟިރުވެއިން މަޖިލިހެއްގައި މައްސަލާގެ އިންވެސްޓިގޭޝަން އޮފިސަރ ޕޮލިސް ސަރޖަންޓް ޙުސައިން
މައުރޫފްވެސް އެ ފައިސާއާ ބެހޭ ގޮތުން ޖަވާބުދާރީވެފައިވާކަމަށް ބުނެފައިވާކަމަށާއި، އިންވެސްޓިގޭޝަން އޮފިސަރ
ޕޮލިސް ސަރޖަންޓް ޙުސައިން މައުރޫފްއާއި ޢަލީ ޝާޙް ހެއްކެއްގެ ގޮތުގައި ހުށަހަޅަން ބޭނުންކަމަށް އަޙްމަދު
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:16471
33
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
14
2015/HC-A/265
ޑީ 8 ހދ
4320ކށް
ނަން2
OXOCC
{
ވިސާމްގެ ފަރާތުން ބުނެފައިވާއިރު، މުޙައްމަދު ޙަމީދުގެ ފަރާތުން، އޭނާގެ އެކައުންޓުގައި ހުރި ފައިސާއަކީ
ހޯދި ފައިސާއެއްކަން ސާފުކުރަން ފުލުހުން ތަޙްޤީޤެއް ކޮށްފައިނުވާކަމަށާއި، މައްސަލާގެ ތަޙްޤީޤު
ދަޢުވާއަކާ ހަމައަށް ފޮނުވިއިރުވެސް އެ ފައިސާއާ ގުޅުވާ އެއްވެސް ސުވާލެއް ކޮށްފައިނުވާކަމަށް
ބުނެފައިވާކަން ފާހަގަކުރެވެންއޮންނައިރު މި މައްސަލާގައި ހެއްކެއްގެ ގޮތުގައި ޕޮލިސް ސަރޖަންޓް ޙުސައިން
މަޢުރޫފް ހާޟިރުކޮށްފައިނުވާކަން މި މައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، އަދި
މައްސަލާގެ އޯޑިއޯ ރެކޯޑިންގް ހޯދަން މަސައްކަތްކޮށްފައިވާކަމަށާއި، ނަމަވެސް، މައްސަލަ ތަޙުޤީޤުކުރާ ފަރާތުން
އޯޑިއޯ ރެކޯޑިންގ މިހާރު ނެތްކަމަށް ބުނެފައިވާކަމަށާއި، އަދި މައްސަލާގެ ކޭސްޑައިރީވެސް ލިބިފައިނުވާކަމަށް
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި،
އަޙްމަދު ވިސާމްގެ އެކައުންޓްތަކުގައި ހުރި ފައިސާއަކީ ކިހިނަކުން ހޯދާފައިވާ ފައިސާއެއްކަން
ސާބިތުކޮށްދިނުމުގެ ގޮތުން ސ.ހުޅުދޫ ! ކީރަންމާގެ، މުޙައްމަދު ޞާލިޙްއާއި، އަޙްމަދު ވިސާމްއަކީ ބޮއިލިންގ
ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މާކެޓިންގ އެގްޒެކެޓިވް ގެ ވަޒީފާގައި
މަސައްކަތްކުރަމުން ދިޔަ ފަރާތެއްކަން އަންގައިދިނުމުގެ ގޮތުން އެ ކުންފުނީގެ ސިޓީއަކާއި، އަޙްމަދު ވިސާމްއަކީ
ސައިކަލް ވިއްކައިގެން އާމްދަނީ ހޯދާ ފަރާތެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ކ.މާލެ / މ.ސިލްވަރނެސްޓް ލޫތް
މުޙައްމަދުއާއި، ޅ.ހިންނަވަރު / ކަނީރުގެ، ޢަބްދުލްޙަސީބު މޫސާ ހުށަހަޅާފައިވާކަމާއި، އަދި މުޙައްމަދު ޙަމީދުގެ
އެކައުންޓުގައި ހުރި ފައިސާއަކީ ކިހިނަކުން ހޯދާފައިވާ ފައިސާއެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ކ.މާލެ }
މ.ސިލްވަރސްޓާރ 2، މުޙައްމަދު އަޘްމާން ހުށަހަޅާފައިވާކަމާއި،
ބުނެވުނު ހެކީން ޝަރީޢަތުގައި ދީފައިވާ ހެކިބަހަކީ، މި މައްސަލާގެ ތަޙްޤީޤު މަރުޙަލާގައި
ބުނެދީފައިވާ ކަންކަން ކަމުގައިނުވާތީ، މި ކަންކަމަކީ އުފައްދައިގެން ހުށަހަޅާފައިވާ ކަންކަމަށްވުމުގެ ފުރުޞަތު
އޮވެދާނެތީ، ތަޙްޤީޤުގައި ބުނެދީފައި ނުވާކަމެއް މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި ހުށަހަޅާ ބަލައިގަނެވިދާނެ
ނުދެކޭކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވީނަމަވެސް އަޙްމަދު ވިސާމްގެ ނަމުގައި ހުޅުވާފައިވާ
އެކައުންޓުތަކުގައި ހުރި ފައިސާއާމެދު ތަޙުޤީޤުގައި ޖަވާބުދާރީވެފައިވާކަމަށާއި އެކަން ސާބިތުކުރުމަށް
އިންވެސްޓިގޭޝަން އޮފިސަރ ޕޮލިސް ސަރޖަންޓް ޙުސައިން މަޢުރޫފް ޙާޟިރުކޮށްދިނުމަށް އެދިފައިވާކަމަށް
އަޙްމަދު ވިސާމްގެ ފަރާތުން ބުނެފައިވާއިރު، ޙުސައިން މަޢުރޫފްގެ ބަހެއް މި މައްސަލާގެ ދަށުކޯޓުގެ ޝަރީއަތުގައި
ނެގިފައިނުވުމާއި، މުޙައްމަދު ޙަމީދުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ހުރި ފައިސާއަކީ ކިހިނަކުން
ހޯދާފައިވާ ފައިސާއެއްކަމާމެދު މައްސަލާގެ ތަޙުޤީޤުގައި އެއްވެސް ސުވާލެއްކޮށްފައިނުވާކަމަށް މުޙައްމަދުމީން
އެވެ3
ކަމެއްކަމަށް
މި
ދިވެހިރާއްޖޭގެ ހައިކޯޓް އާބު ދުޒުހިއ.ގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
15
2015/HC-A/265
Oxu
ޕީޅެޤީން
cecom
ޙަމީދުގެ ފަރާތުން ބުނެފައިވާއިރު، މައްސަލާގެ ތަޙުޤީޤުގެ އެއްވެސް ރެކޯޑެއްނެތްކަމަށް ދަޢުލަތުން ބުނެފައިވާތީ،
ބުނެވުނު ފައިސާއާ ދިފާޢުވުމަށް އަޙްމަދު ވިސާމްއަށާއި މުޙައްމަދު ޙަމީދުއަށް ފުރުޞަތުދީފައިވާކަން
އެނގެންނެތުމުން، ބުނެވުނު ހެކިންގެ ހެކިބަހަކީ މި މައްސަލާގެ ޝަރީޢަތުގައި ބަލައިގަނެވޭނެ ހެކިކަމަށް މި
މައްސަލަ ބެލި ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމާއި،
އެ ގޮތުން، މުޙައްމަދު ޞާލިޙު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހުގައި
މި ފައިސާއަކީ އަޙްމަދު ވިސާމްއަށް ފިހާރައެއް ހުޅުވައި ދިނުމަށްޓަކާ އަޙްމަދު ވިސާމްގެ އެކައުންޓަށް އެކި
ފަހަރުމަތިން ޖަމާކުރަމުންދިޔަ ފައިސާއެއް ކަމަށް ބުނެފައިވާއިރު، ޢަބްދުލްޙަސީބު މޫސާ ހެކިބަސްދެމުން އަޙްމަދު
ވިސާމް ތަފާތު މަސައްކަތްކޮށްގެން ފައިސާ ހޯދާކަމަށާއި، ސައިކަލް، ކާރު ފަދަ ތަކެތި ރިޕެއަރކޮށް ވިއްކާކަމަށް
ބުނެފައިވާކަމާއި، އަދި ލޫތު މުޙައްމަދުގެ ހެކިބަހުގައި ބުނެވުނު ކަންތަކުގެ އިތުރަށް އަޙްމަދު ވިސާމް ފޯނު
އެއްޗިހިވެސް ވިއްކާކަމަށް ބުނެފައިވާކަން ފާހަގަކުރެވެންއޮންނައިރު، މުޙައްމަދު އަޘްމާންގެ ހެކިބަހުގައި 2012
އޯގަސްޓް ސެޕްޓެމްބަރު ހިސާބުގައި އޭނާގެ އެޕާޓްމަންޓުގައި މަސައްކަތެއް ކޮށްދިނުމުން އުޖޫރައެއްގެ ގޮތުން
މުޙައްމަދު ޙަމީދުއަށް -/20,000ރ. (ވިހިހާސް ރުފިޔާ) ދީފައިވާކަމަށް ބުނެފައިވާކަން ފާހަގަކުރެވެންއޮތުމުން،
ބުނެވުނު ހެކީންގެ ހެކިބަހަށް ރިޢާޔަތްކޮށް، އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުގެ ނަމުގައި މޯލްޑިވްސް
އިސްލާމިކް ބޭންކްއާއި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ހުރި ފައިސާއަކީ
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1039 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޤާނޫނު
ނަންބަރު 17/2011 (މަސްތަކުވާތަކެއްޗާބެހޭ ޤާނޫނު) ގެ 155 ވަނަ މާއްދާއާއި، 158 ވަނަ މާއްދާގައި
ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
ވީމާ! އިސްވެ ބަޔާންވެ ދިޔަ ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ
ބެލި ފަނޑިޔާރުންދެކެނީ ކްރިމިނަލްކޯޓުގެ ނަންބަރ 2013/Cr
-
C/1039 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލުގެންނަށް ޖެހޭފަދަ ތަނެއް ނެތްކަމުގައިއެވެ.
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:16471
33
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
16
2015/HC-A/265
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު
2013/Cr-C/1039 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި އަޙްމަދު ވިސާމްއާއި މުޙައްމަދު ޙަމީދުގެ މައްޗަށް
ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، ކޮށްފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ތަނެއް ނެތްކަމަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
P
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:16471
33
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv