ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/37
ޤަޟިއްޔާ ނިމުނު ގޮތު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
މިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 37/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
ނަން: ޢަބްދުލްމުހުސިން އަޙްމަދު
އައިޑީ ކާޑު ނަންބަރު: A283489
* ދާއިމީ އެޑްރެސް: ރަތްބަގީޗާގެ /އދ. މަހިބަދޫ
* ނަން:
* ދާއިމީ އެޑްރެސް: އދ. އަތޮޅު ކައުންސިލްގެ އިދާރާ
އިސްތިއުނާފް ރައްދުވި ފަރާތް:
އަތޮޅު ކައުންސިލް
ރަޖިސްޓްރީ ނަންބަރު.
ތަދައްޚުލުވީ ފަރާތް:
* ނަން: މަރްޔަމް ޢަލީ
އައިޑީ ކާޑު ނަންބަރު: A028731
• ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1433
31 ޖެނުއަރީ 2012
*
* ދާއިމީ އެޑްރެސް: ރަންބުސްތާނުގެ އދ. މަހިބަދޫ
0
ނިމުނު ތާރީޚް: 12 މުޙައްރަމް 1433
26 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/T-4-C/59
ޤަޟިއްޔާގެ ބާވަތް: ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރުން
ނިންމެވި ކޯޓް: އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓު
:
* ހުށަހެޅުނު ތާރީޚް: 8 ޑިސެމްބަރު 2010 * ނިމުނު ތާރީޚް: 2 ޖޫން 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
0
ދިޗެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2012/HC-A/37
ޤަޟިއްޔާ ނިމުނު ގޮތު
ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
59}I-4-C/2010
މިއީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޢަބްދުލްމުޙްސިން އަޙްމަދު،
ރަތްބަގީޗާގެ އދ. މަހިބަދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A283489) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ
ފަރާތަކީ އދ. އަތޮޅު ކައުންސިލްއެވެ. އަދި މިމައްސަލައިގައި މަރްޔަމް ޢަލީ، ރަންބުސްތާނުގެ އދ.
މަހިބަދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
ގެ ފަރާތުންވަނީ
(A028731
ދ8 09
4 ހ2 :
ތަދުއެހެލިވެފައެވެ"
ފާހަގަކުރެވުނު
ތާތައް:
2 22 22
.1
2&3 2
2x 22
އިސްތިއުނާފުކުރެވިފައިމިވާ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2010/I
-
4
-
C/59 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، އދ. މަހިބަދޫ/ރަތްބަގީޗާގޭ
ޢަބުދުލްމުޙްސިން އަޙްމަދު، އޭނާގެ ބައްޕަ އދ. މަހިބަދޫރަންބުސްތާނުގޭ އަލްމަހްރޫމް އަޙްމަދު މުޙައްމަދު
(މަސްފިހާ އަޙްމަދު) މަރުބަލީގައި ބަލިއެނދުގައެވެ، އޭނާގެ ކާފަ ދަރިފުޅު މަރްޔަމް ޢަލީއާއި އޭނާގެ ފިރި
ޢަލީ މުޙައްމަދަށް ހިބައިންދިން 22 (ބާވީސް) ހޯދުން ރުކާއި، ނުފޯދޭ ދޮޅަހަކަށް ރުކާއި 2 (ދޭއް)
އަށްޓާއި، 2 (ދޭއް) ތެއްޔާއި، 1 (އެކެއް) ރުނބާ ހިބައިން ދިނުމުގެ މައްސަލަ އދ. މަހިބަދޫ ކޯޓުގެ
ނަންބަރު 79/I
-
13
-
C/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް އދ. މަހިބަދޫ
އޮފީހުން ބައްލަވާ އދ. މަހިބަދޫ ރަންބުސްތާނުގެ ޢިމާރާތާއި ގޯތި މަހިބަދޫ ރަންބުސްތާނުގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
3
2012/HC-A/37
ޤަޟިއްޔާ ނިމުނު ގޮ
މަރްޔަމް ޢަލީގެ ނަމުގައި 21 ފެބްރުއަރީ 2001 ގައި ރަޖިސްޓްރީކޮށްދެއްވާފައިވާކަމާއި، ރަށު ކޯޓުގެ
ޤަޟިއްޔާއިން ނިންމާފައިވަނީ 1979 ވަނަ އަހަރުކަމާއި، އެޤަޟިއްޔާގައި ގޯތީގައި ހުރި ބައްޕަގެ ގެއާއި
ބަދިގެއާއި ވަޅާއި ގިފިލި ހިބައިން ދީފައި ނުވާކަމަށްބުނެ އދ. އަތޮޅު އޮފީހުން އދ. މަހިބަދޫ
ރަންބުސްތާނުގޭ މަރްޔަމް ޢަލީއަށް ހައްދަވާދެއްވާފައިވާ ނަންބަރު 2001/26|ގI41 ރަންބުސްތާނުގެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލް ކޮށްދެއްވުމަށް އެދި ޢަބްދުލްމުޙްސިންގެ ފަރާތުން ހުށަހެޅުމުން،
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
02 0 0
8އ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "އދ. މަހިބަދޫ ރަންބުސްތާނުގެ ކިޔާ
ބަންޑާރަގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ރުއްގަސްފަދަ ތަކެތީގެ / ބައި، އދ.
މަހިބަދޫ ރަންބުސްތާނުގެ މަރިޔަމް ޢަލީއަށް މިލްކުވެފައިވާކަން އަތޮޅު ކޯޓުގެ| ސެކްޝަން 2 ގެ
ނަންބަރ 50
/
29.1
/
71 (11-07-1971) ވަނަ ޤަޟިއްޔާއިން އެނގެން އޮތުމާއި، އދ. މަހިބަދޫ
ކޯޓުގެ ނަންބަރ: 79/I
-
13
-
C/41 (1979-12-02) ވަނަ ޤަޟިއްޔާއިން އދ. މަހިބަދޫ
ރަންބުސްތާނުގޭ އަޙުމަދު މުޙައްމަދުގެ މިލްކުގައި ހުރިނަމަހުރި އެއްޗެއް، އދ. މަހިބަދޫ ރަންބުސްތާނުގޭ
މަރިޔަމް ޢަލީ އާއި އޭނާގެ ފިރި އދ. މަހިބަދޫ ނޫރީގޭ ޢަލީ މުޙައްމަދަށް ހިބައިން ދީފައިވާކަން
އެނގެންއޮތުމާއި، އދ. މަހިބަދޫ ރަންބުސްތާނުގޭ އަޙުމަދު މުޙައްމަދު ނިޔާވީ ވާރިސުންނަށް ވާރިސްކުރާނެ
ތަރިކައެއްނެތި އަތްމަތި ހުސްވެގެންވާ ޙާލުގައިކަމަށް އދ. މަހިބަދޫ ކޯޓުގެ ނަންބަރު 89/C-18/113
(1989-07-25) ވަނަ ޤަޟިއްޔާއިން ޙުކުމްކޮށްފައިއޮތުމުން، އިސްވެދިޔަ އަތޮޅު ކޯޓުގެ ސެކްޝަން
2 ގެ ނަންބަރު 71ހއ.ހ50
/
2 ޤަޟިއްޔާއާއި، އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41
ޤަޟިއްޔާ އިން އދ. މަހިބަދޫ ރަންބުސްތާނުގެވެ ކިޔާ ބަންޑާރަގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި
ވަޅުފަދަތަންތަނާއި، ރުއްގަސްފަދަ ތަކެއްޗަކީ، އދ. މަހިބަދޫ ރަންބުސްތަނުގޭ މަރިޔަމް ޢަލީއާއި
އޭނާގެ
ފިރި އދ. މަހިބަދޫ ނޫރީގޭ ޢަލީ މުޙައްމަދުގެ މިލްކެއްކަން ދަލީލުކޮށްދޭކަމާއި، އދ. ކުރީގެ އަތޮޅު
0 0 2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2012/HC-A/37
ޤަޟިއްޔާ ނިމުނު ގޮތު
އޮފީހުން އެއޮފީހުގެ ނަންބަރު 2001/26|ގ 41-I ގޯތީގެ ރަޖިސްޓްރީ، އދ. މަހިބަދޫ ރަންބުސްތާނުގޭ
މަރިޔަމް ޢަލީގެ ނަމުގައި ހައްދަވާދެއްވާފައިވަނީ އިސްވެދިޔަ ދެޤަޟިއްޔާގެ މައްޗަށް ބައްލަވާފައިކަން
އެނގެންއޮތުމާއި، އދ.
އދ. މަހިބަދޫ ރަންބުސްތާނުގޭ މަރިޔަމް ޢަލީގެ ނަމުގައި ހައްދަވާދެއްވާފައިވާ
ރަންބުސްތާނު ގެވެ ކިޔާ ބަންޑާރަގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލްކުރަންޖެހޭފަދަ ޝަރުޢީ އަދި
ޤާނޫނީ ޙުއްޖަތެއް، އދ. މަހިބަދޫ ރަތްބަގީޗާގޭ ޢަބްދުލް މުޙުސިން (އައިޑީކާޑު ނަންބަރ A283489)
ހުށަހެޅި ބަޔާންތަކާއި، ލިޔުންތަކުންވެސް ޝަރީޢަތަށް ހުށަހެޅިފައި ނެތަތީވެ، އދ. މަހިބަދޫ ރަތްބަގީޗާގެ
ޢަބްދުލް މުޙުސިން (އައިޑީކާޑު ނަންބަރ 283489) ހުށަހެޅި މިދައުވާއިން،
އދ. ކުރީގެ އަތޮޅު
އޮފީހުން އދ. މަހިބަދޫ ރަންބުސްތާނުގޭ މަރިޔަމް ޢަލީގެ ނަމުގައި ހައްދަވާދެއްވާފައިވާ އެ އޮފީހުގެ
ނަންބަރު 2001/26|ގ/4-
I ގެ، އދ. މަހިބަދޫ ރަންބުސްތާނުގެވެ ކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި
ގޯތީގެ ރަޖިސްޓްރީ ބާޠިލްކުރަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި"
އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
24 2 2 0 2 0 0
2. އިސްތިއުނާފުކުރެވިފައިމިވާ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2010/I
-
4
-
C/59 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށް ބުނެ ޢަބްދުލްމުޙްސިން އަޙްމަދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން،
އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41
(1979-12-02) ޤަޟިއްޔާއިން އދ. މަހިބަދޫ ރަންބުސްތާނުގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ
ވަޅުފަދަތަންތަނާއި ރުއްގަސްފަދަތަކެއްޗަކީ، އދ. މަހިބަދޫ ރަންބުސްތާނުގޭ މަރިޔަމް ޢަލީއާއި އޭނާގެ ފިރި
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
5
2012/HC-A/37
ޤަޟިއްޔާ ނިމުނު ގޮތު
އދ. މަހިބަދޫ ނޫރީގޭ ޢަލީ މުޙައްމަދުގެ މިލްކެއްކަން ދަލީލުކޮށްދޭކަމަށް ނިންމާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ
• ދެވަނަ ނުކުތާއަކީ،
އދ. މަހިބަދޫ ކުރީގެ އަތޮޅު އޮފީހުން 7 ފެބްރުއަރީ 2001
ގައި ހަދާފައިވާ ނަންބަރު 2001/26 /4-I ގޯތީގެ ރަޖިސްޓްރީއަކީ އަތޮޅު ކޯޓުގެ ސެކްޝަން 2
ނަންބަރު 71!އ.50/29 ވަނަ ޤަޟިއްޔާއާއި އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41
ޤަޟިއްޔާއަށް ބެލުމަށްފަހު ހަދާފައިވާ ޞައްޙަ ރަޖިސްޓްރީއެއްކަމާއި އދ. މަހިބަދޫ ރަންބުސްތާނުގޭ
މަރްޔަމް ޢަލީގެ ނަމުގައި ހަދާދީފައިވާ ރަންބުސްތާނުގެ އެވެކިޔާ ބަންޑާރަގޯތީގެ ޢިމާރާތާއި ގޯތީގެ
ރަޖިސްޓްރީ ބާޠިލްކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ޙުއްޖަތެއް ނުވާކަމަށް ނިންމާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2010/I
-
4
-
C/59 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން ޢަބްދުލްމުޙްސިން އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި،
ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ އދ. އަތޮޅު ކައުންސިލްގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައަށް ތަދައްޚުލްވެފައިވާ މަރްޔަމް ޢަލީގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިއިރު، މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
l
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/I
-
4
-
C/59 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި، އދ. މަހިބަދޫ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/37
ޤަޟިއްޔާ ނިމުނު ގޮތު
03070
ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ޤަޟިއްޔާއިން އދ. މަހިބަދޫ ރަންބުސްތާނުގެ އެވެކިޔާ ބަންޑާރަ
ގޯތީގައިވާ އެންމެހާ ވަޅުފަދަތަންތަނާއި ރުއްގަސްފަދަތަކެއްޗަކީ، އދ. މަހިބަދޫ ރަންބުސްތާނުގޭ މަރްޔަމް
ޢަލީއާއި އޭނާގެ ފިރި އދ. މަހިބަދޫ ނޫރީގޭ ޢަލީ މުޙައްމަދުގެ މިލްކެއްކަން ދަލީލުކޮށްދޭކަމަށް އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ޢަބްދުލްމުޙްސިން އަޙްމަދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
ތެރޭގައި ހިމެނޭ، 1971 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އ. އަތޮޅު ކޯޓުގެ ސެކްޝަން
2 އިން ނިންމާފައިވާ އެކޯޓުގެ ނަންބަރު 71ހއ.ހ50
/
2 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި ހިމެނޭ
މައްސަލައަކީ، އޭރުގެ އ. މަހިބަދޫ/ރަންބުސްތާނުގޭ އަޙްމަދު މުޙައްމަދުގެ މިލްކުގައިވާ މަހިބަދޫ
ރަންބުސްތާނުގެ އެވެކިޔާ ގެއާއި، އެގޭގެ ބަދިގެއާއި، އެގޭގެ ގެވެހިކަންވާރާއި، ވަލުރުއްގަހާއި އަދި
މިނޫންވެސް ހުރިއެއްޗެއްގެ 2 (ދެބައިކުޅައެއްބައި) އޭނާގެ ކާފަދަރި • މަހިބަދޫ ރަންބުސްތާނުގޭ
މަރްޔަމް ޢަލީއަށް ހިބައިންދީ، އަދި އެހިބަވަނީ މަހިބަދޫ ނާއިބުގެ އޮފީހުގައި ޤަބޫލުކޮށްފައިކަމަށް ބުނެ،
އެކަމުގެ ޝަރުޢީ ލިޔުން ހޯދުމަށްއެދި މަރްޔަމް ޢަލީ ޝަރީޢަތަށް ހުށަހެޅުމުން އެކޯޓުން ބައްލަވާފައިވާ
މައްސަލައެއްކަމާއި، އެމައްސަލައިގައި އަޙްމަދު މުޙައްމަދުގެ މިލްކުގައިވާ ގޭގެ / (ދެބައިކުޅަ އެއްބައި)
ބަޔާއި، ވަލުރުއްގަހުގެ 1/2 (ދެބައިކުޅަ އެއްބައި) އާއި، ގެވެހި ކަންވާރުގެ 12 (ދެބައިކުޅަ އެއްބައި)
އާއި، އަދި މިނޫންވެސް ހުރި އެއްޗެއްގެ / (ދެބައިކުޅަ އެއްބައި ހިބައިންދީ އެހިބަ ޤަބޫލުކުރިކަމަށް
މަރްޔަމް ޢަލީ ބުނުމުން އެތަކެތި ހިބައިން ދިންކަމަށް އަޙްމަދު މުޙައްމަދު ބުނުމާއެކު، އަޙްމަދު މުޙައްމަދު
މަރްޔަމް ޢަލީއަށް މިކުޅަ ހިބައަކީ ޞައްޙަ ދިބައެއްކަމަށް ޙުކުމްކުރައްވާފައިވާކަމާއި،
އެއަށްފަހު، 1979 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު، އދ. މަހިބަދޫ
މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު 79/T
-
13
-
C/41 ޤަޟިއްޔާއަށް ބަލާއިރު، އދ.
މަހިބަދޫ ރަންބުސްތާނުގެ، އަޙްމަދު މުޙައްމަދު، އޭނާގެ މިލްކުގައިވާ ފޯދުނު 22 (ބާވިސް) ރުކާއި،
އ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިންޑްގެ
7
2012/HC-A/37
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
26
02 0 0
ނުފޯދޭ ދޮޅަހަކަށް ރުކާއި، 2 (ދޭއް) ތެއްޔާއި، 1 (އެކެއް) ރުނބައާއި، 2 (ދޭއް) އަށްޓާއި، ދެންވެސް
މީނާގެ މިލްކުގައިވާނަމަ ވާހަތަކެއްޗަކުން މީނާގެ ކާފަދަރި މަރްޔަމް ޢަލީއާއި އޭނާގެ ފިރި ޢަލީ
މުޙައްމަދާއި ދެމީހުންނަށް، މަހިބަދޫވައިދަށުގެ، ކުޑަމަނިކު މެދުވެރިކޮށް، ޤާނޫނީ ހަމަތަކުގެމަތިން
ކޮށްފައިވާ ބައަކީ، ޝަރީޢަތާއި ޤާނޫނުގެ ފަރާތުން ޞައްޙަގޮތުގައި ހިނގާފައިވާ ހިބައެއްކަމަށް
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަމާއި،
މިނަންގަނެވުނު، އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 79/I
-
13
-
C/41
ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާކަމާއި، މިގޮތުން އެޤަޟިއްޔާ
އިސްތިއުނާފުކުރެވުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 139/HC
-
A/2007 ޤަޟިއްޔާއިން
ބައްލަވާ ނިންމަވާފައިވާ މައްސަލައަށް ބަލާއިރު، އިސްވެ އިޝާރާތްކުރެވުނު، އދ. މަހިބަދޫ ކޯޓުގެ
ނަންބަރު 79/I
-
13
-
C/41 ޤަޟިއްޔާގައި އދ. މަހިބަދޫ/ރަންބުސްތާނުގެ، އަޙްމަދު މުޙައްމަދު އޭނާގެ
ކާފަދަރި މަރްޔަމް ޢަލީއާއި، މި މަރްޔަމް ޢަލީގެ ފިރި އދ. މަހިބަދޫ ނޫރީގެ، ޢަލީ މުޙައްމަދާއި
ދެމަފިރިންނަށް ކޮށްފައިވާ ހިބައިގެ ޓީޝާއަށް ބަލާއިރު، އެޓީޝާގައިވަނީ އޭނާގެ މިލްކުގައިވާ ފޯދުނު 22
(ބާވީސް) ރުކާއި، ނުފޯދޭ ދޮޅަހަކަށް ރުކާއި، 2 (ދޭއް) ތެއްޔާއި، 1 (އެކެއް) ރުނބައާއި، 2 (ދޭއް)
އަށްޓާއި، ދެންވެސް ހުރިނަމަ ހުރިއެއްޗެއް އޭނާގެ މިލްކުން ކަނޑައި އޭނާގެ ކާފަދަރި މަރްޔަމް ޢަލީއާއި
އަދި އޭނާގެ ފިރި ޢަލީ މުޙައްމަދާއި ދެމަފިރިންނަށް ހިބައިން ދިންކަމަށް ކަމުގައިވުމުން، މިޞީޣާއިން
އދ. މަހިބަދޫ ރަންބުސްތާނުގެ އެވެކިޔާ ގޯއްޗެއްގައިވާ އަޙްމަދު މުޙައްމަދުގެ މިލްކުގައިވާ ޢިމާރާތްތަކާއި
ވަޅުފަދަ މުދަލެއް އަޙްމަދު މުޙައްމަދު މިކުޅަކިބައިގައި ހިމަނާފައިވާކަން ކަނޑައެޅިގެން އެނގެން
ނެތްކަމަށާއި، އަދި އެޤަޟިއްޔާގެ ޙުކުމުގެ ޢިބާރާތުންވެސް، އެޤަޟިއްޔާގެ ދަށުން އަޙްމަދު މުޙައްމަދު
ކޮށްފައިވާ ހިބައިގެ ތެރޭގައި އދ. މަހިބަދޫ ރަންބުސްތާނުގެ އެވެކިޔާ ގޯއްޗެއްގައިވާ އެއްވެސް ޢިމާރާތެއް
ނުވަތަ ވަޅުފަދައެއްޗެއް ހިމެނިފައިވާކަން އެނގެންނެތްކަމަށާއި އަދި އެޤަޟިއްޔާގެ ޙުކުމުގެ ދަށުން އދ.
މަހިބަދޫ ރަންބުސްތާނުގެ އެވެކިޔާ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ނުވަތަ ވަޅުފަދަ އެއްޗެއް،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
8
2012/HC-A/37
ޤަޟިއްޔާ ނިމުނު ގޮތު
7x
އެޤަޟިއްޔާގައި އަޙްމަދު މުޙައްމަދު ކޮށްފައިވާ ހިބައިގެ ދަށުން އަޙްމަދު މުޙައްމަދުގެ ކާފަދަރި މަރްޔަމް
ޢަލީއާއި އޭނާގެ ފިރި ޢަލީ މުޙައްމަދާއި މިދެމީހުންނަށް މިލްކުވެއްޖެކަމަށް ކަނޑައަޅުއްވާފައިވެސް
ނުވާކަން އެޤަޟިއްޔާގެ ޙުކުމުން އެނގެން އޮތްކަމަށް ބަޔާންކުރައްވާފައިވާކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ ޤަޟިއްޔާތަ
އެޔާތަކަށް ޖުމްލަގޮތެއްގައި ބަލާއިރު، އދ.
މަހިބަދޫ(ރަންބުސްތާނުގެ، އަޙްމަދު މުޙައްމަދު، އޭނާގެ ކާފަދަރި މަރްޔަމް ޢަލީއާއި އޭނާގެ ފިރި ޢަލީ
މުޙައްމަދާއި ދެމީހުންނަށް ހިބައިންދީފައިވަނީ، އަޙްމަދު މުޙައްމަދުގެ މިލްކުގައިވާ ގޭގެ 1/2 (ދެބައިކުޅަ
އެއްބައި) އާއި، ވަލުރުއްގަހުގެ 1/2 (ދެބައިކުޅަ އެއްބައި) އާއި، ގެވެހި ކަންވާރުގެ 1/2 (ދެބައިކުޅަ
އެއްބައި) އާއި، އަދި މިނޫންވެސް ހުރި އެއްޗެއްގެ / (ދެބައިކުޅަ އެއްބައި) އާއި، އޭނާގެ މިލްކުގައިވާ
ފޯދުނު 22 (ބާވިސް) ރުކާއި، ނުފޯދޭ ދޮޅަހަކަށް ރުކާއި، 2 (ދޭއް) ތެއްޔާއި، 1 (އެކެއް) ރުނބައާއި،
2 (ދޭއް) އަށްޓާއި، ދެންވެސް އޭނާގެ މިލްކުގައިވާނަމަ ވާހާތަކެއްޗެއްކަމާއި، މީގެތެރޭގައި،
ކޯޓުގެ ސެކްޝަން 2 އިން ނިންމާފައިވާ އެކޯޓުގެ ނަންބަރު 171މ..50
/
2 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާ އެގޭގެ 1/2 (ދެބައިކުޅައެއްބައި) ފިޔަވައި، އދ. މަހިބަދޫ ރަންބުސްތާނުގެ އެވެކިޔާ
ޢިއްގައިވާ އެހެން އެއްވެސް ޢިމާރާތެއް ނުވަތަ ވަޅުފަދައެއްޗެއް ހިމެނިފައިނުވާކަމާއި،
އެހެންކަމުން، އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ޤަޟިއްޔާއިން
އދ. މަހިބަދޫ ރަންބުސްތާނުގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ވަޅުފަދަތަންތަނާއި
ރުއްގަސްފަދަތަކެއްޗަކީ، އަޙްމަދު މުޙައްމަދުގެ ކާފަދަރި މަރްޔަމް ޢަލީއާއި
މިލްކެއްކަން ދަލީލުކޮށްދޭކަމަށް އިސްތިއުނާފުކުރެވިފައިމިވާ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2010/I-4-C/59 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަކީ
ޞައްޙަ ނިންމެވުމެއް ނޫންކަމެވެ.
22
0 ދި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2012/HC-A/37
މަރްޔަމް
ޤަޟިއްޔާ ނިމުނު ގޮތު
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/I
-
4
-
C/59 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި، އދ. މަހިބަދޫ
ކުރީގެ އަތޮޅު އޮފީހުން 7 ފެބްރުއަރީ 2001 ގައި ހަދާދީފައިވާ ނަންބަރު 2001/26 ގ/I4 ގޯތީގެ
ރަޖިސްޓްރީއަކީ،
އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ ނަންބަރު 71!އ.50
/
29 ވަނަ ޤަޟިއްޔާއާއި
އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ޤަޟިއްޔާއަށް ބެލުމަށްފަހު ހަދާފައިވާ ޞައްޙަ
ރަޖިސްޓްރީއެއްކަމާއި އދ. މަހިބަދޫ ރަންބުސްތާނުގޭ ޢަލީގެ ނަމުގައި ހަދާދީފައިވާ
ރަންބުސްތާނުގެ އެވެކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލްކުރަންޖެހޭފަދަ ޝަރުޢީ
އަދި ޤާނޫނީ ޙުއްޖަތެއް ނުވާކަމަށް އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށްކަމަށްބުނެ ޢަބްދުލްމުޙްސިން އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އދ. މަހިބަދޫ ރަންބުސްތާނުގެ އޭކިޔާ ބަންޑާރަ ގޯތި، : މަހިބަދޫ ކުރީގެ އަތޮޅު
އޮފީހުން، އެގޭ މަރްޔަމް ޢަލީއާ ޙަވާލުކޮށް، އޭނާގެ ނަމުގައި އެގޯތި ރަޖިސްޓްރީކޮށްދީފައިވާކަން،
މަހިބަދޫ ކުރީގެ އަތޮޅު އޮފީހުން 7 ފެބްރުއަރީ 2001 ގައި ހަދާދީފައިވާ ނަންބަރު 2001/26|ގ/4-
I
ގޯތީގެ ރަޖިސްޓްރީއަށް ބެލުމުން އެނގޭކަމާއި، މަރްޔަމް ޢަލީއާ އެގޯތި ޙަވާލުކޮށް އޭނާގެ ނަމުގައި އެގޯތި
ރަޖިސްޓްރީ ކޮށްދީފައިވަނީ އެގޯތީގައިވާ އެންމެހާ ތަކެތި މަރްޔަމް ޢަލީއަށް ހިބައިން ލިބިފައިވާތީކަމަށާއި،
ޢަލީއަށް އެއްވެސް އިރެއްގައި އެރަށުން ގޯއްޗެއް
ދޫކޮށްފައިވާކަމުގެ އެއްވެސް ރެކޯޑެއް
އެއޮފީހުގައި ނެތްކަމަށް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން 1 ޑިސެމްބަރު 2011
ގައި ޢަބްދުލްމުޙްސިން އަޙްމަދަށް ފޮނުވާފައިވާ، މިމައްސަލައާ ގުޅިގެން ޢަބްދުލްމުޙްސިން އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ލިޔުމަށް ބެލުމުން އެނގޭކަމާއި،
އެހެންނަމަވެސް، އިސްވެދެންނެވިފައިވާ ފަދައިން،
އ. އަތޮޅު ކޯޓުގެ ސެކްޝަން 2 ގެ
ނަންބަރު 71ހއ.ހ50/2 ވަނަ ޤަޟިއްޔާއާއި އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/LI
-
13
-
Cޖޭގެ
އަދި
04 ތތ
މަރެމާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012HC-A/37
10 ޤަޟިއްޔާ ނިމުނު ގޮ
ޤަޟިއްޔާއިން މަރްޔަމް ޢަލީ އަށާއި އޭނާގެ ފިރި ޢަލީ މުޙައްމަދަށް ހިބައިން ލިބިދީފައިވާ ބިމާއި
ޢިމާރާތާއި ރުއްގަހާއި ތަކެތީގެ ތެރޭގައި، އ. އަތޮޅު ކޯޓުގެ ސެކްޝަން 2 އިން ނިންމާފައިވާ އެކޯޓުގެ
ނަންބަރު 71ހއ.ހ50/2 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ، އެގޭގެ / (ދެބައިކުޅައެއްބައި ފިޔަވައި،
އދ. މަހިބަދޫ ރަންބުސްތާނުގެ އެވެކިޔާ ގޯއްޗެއްގައިވާ އެހެން އެއްވެސް ޢިމާރާތެއް
ނުވަތަ
ވަޅުފަދައެއްޗެއް ހިމެނިފައިނުވާކަމާއި،
އެހެންކަމުން،
އިސްތިއުނާފުކުރެވިފައިމިވާ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/I
-
4
-
C/59 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި، އދ. މަހިބަދޫ
ކުރީގެ އަތޮޅު އޮފީހުން 7 ފެބްރުއަރީ 2001 ގައި ހަދާދީފައިވާ ނަންބަރު 2001/26 ގ/I4 ގޯތީގެ
ރަޖިސްޓްރީއަކީ، އަތޮޅު ކޯޓުގެސެކްޝަން 2 ގެ ނަންބަރު 71އ..50
/
2 ވަނަ ޤަޟިއްޔާއާއި
އދ. މަހިބަދޫ ކޯޓުގެ ނަންބަރު 79/I
-
13
-
C/41 ޤަޟިއްޔާއަށް ބެލުމަށްފަހު ހަދާފައިވާ ޞައްޙަ
ރަޖިސްޓްރީއެއްކަމަށާއި، އދ. މަހިބަދޫ ރަންބުސްތާނުގޭ މަރްޔަމް ޢަލީގެ ނަމުގައި ހަދާދީފައިވާ
ރަންބުސްތާނުގެ އެވެކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލްކުރަންޖެހޭފަދަ ޝަރުޢީ
އަދި ޤާނޫނީ ޙުއްޖަތެއް ނުވާކަމަށް އެކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ ޞައްޙަ ނިންމެވުމެއް
032 ދ .4
ނޫންކަމެވެ.
ނޮވެމްބަރު 2012) ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް،
މިމައްސަލައިގައި ދަޢުވާލިބޭ އދ. އަތޮޅު ކައުންސިލްގެ ފަރާތުން ހާޒިރުވުމަށް އަންގައި އެކައުންސިލަށް
މިކޯޓުން ފޮނުވި މިކޯޓުގެ ނަންބަރު HC
-
B9
/
2012
/
58 "ކޯޓަށް ހާޒިރުވުމުގެ އަމުރު" އާ 21
ނޮވެމްބަރު 2012 ގައި އެކައުންސިލްގެ ފަރާތުން ޙަވާލުވެފައިވީނަމަވެސް، މިއަދުގެ މި ޝަރީޢަތުގެ
މަޖިލީހަށް އެކައުންސިލްގެ ފަރާތުން ހާޒިރުވެފައި ނުވާތީ މިމައްސަލައިގައި ޙުކުމް ކުރެވިފައިމިވަނީ އދ.
އަތޮޅު ކައުންސިލްގެ ޣައިރުހާޒިރުގައެވެ.
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/37
11 ޤަޟިއްޔާ ނިމުނު ގޮތު
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އަރިއަތޮޅު ދެކުނުބުރީ
މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/I-4-C/59 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހައް ޤަބޫލުކުރެވެއެވެ.
• ޙުކުމް
19ނ/ވަނީ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ދިރުމާއެކު،
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/I
-
4
-
C/59 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/I
-
4
-
C/59 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، އދ.
މަހިބަދޫ ރަންބުސްތާނުގޭ މަރްޔަމް ޢަލީގެ ނަމުގައި، އދ. މަހިބަދޫ ކުރީގެ އަތޮޅު އޮފީހުން 7 ފެބްރުއަރީ
ގައި ހަދާދީފައިވާ ނަންބަރު 2001/26
I41 ގޯތީގެ ރަޖިސްޓްރީއަކީ
ބާޠިލު
ރަޖިސްޓްރީއެއްކަމުގައި، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، އދ. އަތޮޅު ކައުންސިލްގެ ޣައިރުޙާޒިރުގައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
2
2001
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv