ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/180 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 180/HC-A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު މުއުމިން
އައިޑީ ކާޑު ނަންބަރު: A046063
ދާއިމީ އެޑްރެސް: ކަރަންކާވިލާސ.ފޭދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
* ރަޖިސްޓްރީ ނަންބަރު: 186
/
2001-C
ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޝަޢުބާން 1432
19 ޖުލައި 2011
ނިމުނު ތާރީޚް: 26 ޝައްވާލް 1433
13 ސެޕްޓެމްބަރ 2012
• އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2010/VTR/190
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
* ހުށަހެޅުނު ތާރީޚް: 8 އޯގަސްޓް 2010 * ނިމުނު ތާރީޚް: 15 ޑިސެމްބަރު 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
އެ ނިންމުން
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/190 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
އިސްތިއުނާފު ކޮށްދިނުމަށްއެދި، މުޙައްމަދު މުއުމިން، ކަރަންކާވިލާސ.ފޭދޫ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A046063) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
(އެސް.ޓީ.އޯ.) (ރަޖިސްޓްރީ ނަންބަރު 186
/
2001-C) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
1-
1. އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/190 މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، ފޭދޫ ކަރަންކާވިލާ، މުޙައްމަދު
މުއުމިން، 2004 ފެބުރުއަރީ 15 އިން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ
ސ. ގަމުގެ ޖީ-21 ގައި ސޭލްސް ރެޕްރެޒެންޓޭޓިވް (ގްރޭޑް 2) ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ އޮނިގަޑަށް ގެނެވުނު ބަދަލަކާ ގުޅިގެން
ގަމުގައި ހުންނަ އެކުންފުނީގެ ޖީ-21 ގެ އޮނިގަޑަށްވެސް ބަދަލުގެނެވި، މުޙައްމަދު މުއުމިން ވަޒީފާ
އަދާކުރަމުންދިޔަ މަޤާމު އުވާލާ، 2010 މެއި 24 ގައި މުޙައްމަދު މުއުމިން ވަޒީފާއިން ވަކިކޮށްފައިވަނީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށްވެސް
މުޙައްމަދު މުއުމިން، ހިތަދޫ މަރުކަޒީ އިންޖީނުގެ ކައިރީގައި
ބޭއްވި އިޙްތިޖާޖެއްގައި ބައިވެރިވެފައިވާތީއާއި ދިވެހި ރައްޔިތުންގެ ޕާޓީގެ އޮފީސް ދޮށައް ގޮސްއުޅޭތީ،
ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރައްދުވާގޮތަށް، 8 އޯގަސްޓް 2010 ގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
(އެސް.ޓީ.އޯ.) ގެ މައްޗަށް މުޙައްމަދު މުއުމިން ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ
ނިންމާފައިވާ މައްސަލައެއްކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެމައްސަލަ ނިންމާފައިވަނީ، "މައްސަލަ ހުށަހެޅި
ގެމުގައިވާ، ފޭދޫ، ކަރަންކާވިލާ މުޙައްމަދު މުއުމިން (A046063)، ސްޓޭޓް ޓްރޭޑިންގ
ޑިއްއްޖޭގެ ހައި
ލިބިދީފައިވާ ޙައްޤުގެ ބޭނުން
aނނކށ
ފާރިކަމުގައިވާ،
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް 13316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ނިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
UOCCOC
48
44
އ
4 / ތތ
Occx
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (186/2001-C) ގެ ގަމުގެ ޖީ-21 ގައި ސޭލްސް
ރެޕްރެޒެންޓޭޓިވް (ގްރޭޑް-2) ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ އޮނިގަޑަށް ގެނެވުނު ބަދަލަކާ ގުޅިގެން
ގަމުގައި ހުންނަ
އެކުންފުނީގެ ޖީ-21 ގެ އޮނިގަޑަށްވެސް ބަދަލު ގެނެވި، މުޙައްމަދު މުއުމިން އަދާކުރަމުން ގެންދިޔަ
މަޤާމު އުވާލާ، 24 މެއި 2010 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށްބުނެ،
ކުރިން އަދާކުރަމުން ގެންދިޔަ ވަޒީފާ އަނބުރާ ހޯދައިދިނުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން
ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް އެދުނުކަމުގައި ވީނަމަވެސް، މުޙައްމަދު މުއުމިން
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ފަދައިން، އެކަށީގެންވާ ސަބަބެއް އޮވެގެންކަމާއި، ހަމަ މިޤާނޫނުގެ 25 ވަނަ މާއްދާގައި
ތީން، ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެ ނޯޓިސްގެ
މުއްދަތުފެށޭ ދުވަހުން ފެށިގެން އެނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް، އޭނާއަށް ލިބިދޭންޖެހޭ
މުސާރައާއި އެހެނިހެން އިނާޔަތްތައް ހަމައަށް ދީފައިކަން މައްސަލަ ރައްދުވާ ފަރާތުން
ޘާބިތުކޮށްދީފައިވާތީ، މައްސަލަ ހުށަހެޅި މުޙައްމަދު މުއުމިނަށް އަލުން އަނބުރާ ވަޒީފާ ދިނުމަށާއި
ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ނަގައިދިނުމަށް އެދިފައިވާ އެއްވެސް ބަދަލެއް ނަގައިދިނުމަށް މައްސަލަ
ރައްދުވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް އަންގާނެ ތަނެއް ނެތްކަމަށް
މައްސަލަބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި" އެގޮތުގެމަތިންކަން އެމައްސަލައިގެ "މައްސަލަ
ނިމުނުގޮތުގެ ރިޕޯޓު" އިން
ucou
مر مر مرسی
COC
2 * *
¢ ¢ ¢
އގނ އފއ
190/VTR/2010
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު
މުއުމިންގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 6 (ހައެއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މުޙައްމަދު މުއުމިން އެސް.ޓީ.އޯ. ގެ ވަޒީފާއިން
ވަކިކޮށްފައިވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު މުއުމިންއަށް ލިބިފައިވާ
ޤާނޫނީ ޙައްޤަކަށް އުނިކަންލިބޭ ޙައްޤެއް ބޭނުންކުރުމުގެ
ވާއިރު، މިކަމަކީ ވަޒީފާއާބެހޭ
2727 ހދ8
ބނޭ ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
ޤާނޫނުގެ 04 ވަނަ މާއްދާގެ (ހ) އާވެސް ޚިލާފްކަމެއްކަމަށް ވީހިނދު ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން
މިކަންކަމަށް ބައްލަވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ .
0
ދި 0ދު 1
މާއްދާގައި
މައްދިގެއި
ދެވަނަ ނުކުތާއަކީ، މުޙައްމަދު މުއުމިން އެސް.ޓީ.އޯ. ގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް ސިޔާސީ ސަބަބުތަކައްޓަކައި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ ސަބަބެއް އޮވެގެންކަ
ވެގެންކަމަށާއި، ހަމަ މިޤާނޫނުގެ 25 ވަނަ
ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޯޓިސްގެ މުއްދަތަށް ފައިސާ ދިނުމަށްފަހުގައި ކަމަށް
ބަޔާންކޮށްފައިވާއިރު، ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދީފައިވާ ސިޓީގައި 07 ދުވަހުގެ ތެރޭގައި އެފައިސާ
މުޙައްމަދު މުއުމިންގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭނެކަމަށް ބުނެފައިވާއިރުވެސް އެފައިސާކޮޅުވެސް،
ޖަމާކޮށްފައިވަނީ 01 މަސް ފަހުންކަމަށްވާއިރު، ކުއްލި ގޮތަކަށް މުޙައްމަދު މުއުމިން ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21، 22، 23 އަދި 25 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާއިރުވެސް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިކަންކަމަށް ބައްލާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ
ން ކަޓައިފި.
• ތިންވަނަ ނުކުތާއަކީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ
ޙާލަތްތަކާއި
ނުކުރެވޭނެ ޙާލަތްތައް ވަޒީފާއާއިބެހޭ
ޤާނޫނުގައި ވަރަށް ޞަރީޙަކޮށް
ބަޔާންކޮށްފައިވާއިރުވެސް، ވަޒީފާއާބެހޭ ޤާނޫނުގެ މަޤްޞަދާ ޚިލާފަށް އަނިޔާވެރި ގޮތެއްގައި މުޙައްމަދު
މުއުމިން ވަޒީފާއިން ވަކިކޮށްފައިވާއިރު މިކަންކަމަށް ބައްލަވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، މުޙައްމަދު މުއުމިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި
މައްސަލައިގައި އެސް.ޓީ.އޯ އިން، ވަގުތާއި ޙާލަތު ބަދަލުކޮށް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކައި
ޙަޤީޤަތާއި ޚިލާފު ލިޔުންތައް ހުށަހަޅާފައިވާކަން ސާބިތުވިހިނދުވެސް އެކަންކަމުގެ މައްޗަށް މައްސަލަ
ބައްލަވާ ކޮމެޓީގެ މެންބަރުން ބައްލަވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، މުޙައްމަދު މުއުމިން އެސް.ޓީ.އޯ. ގެ ވަޒީފާއިން
ވަކިކުރައްވާފައިވަނީ ކުންފުނީގެ އޮނިގަޑަށް ގެނެވުނު ބަދަލަކާއިގުޅިގެން ކަމަށް މައްސަލަބެލި މަޖިލީހުގައި
އެސް.ޓީ.އޯ. އިން ބުނެފައިވާއިރު މުޙައްމަދު މުއުމިންއަށްވުރެ ޖޫނިއަރ އެއްވެސް މުވައްޒަފަކަށް އެއްވެސް
ބަދަލެއް އައިސްފައިނުވާއިރު، އަދި އޮނިގަނޑު ތައްޔާރުކޮށްފައިވަނީ މުޙައްމަދު މުއުމިން ވަޒީފާއިން
ވަކިކުރުމުގެ ސިޓީ ލިބުނު ދުވަހުކަމަށްވާއިރު މިކަންކަމުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ބައްލަވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ
މ 4 ހދ8ވ ·
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހި 3325129، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
• ހަވަނަ ނުކުތާއަކީ، ބުނެވިދިޔަ ސަބަބުތައް ހުރުމާއެކު މުޙައްމަދު މުއުމިން
ވަޒީފާއިން ވަކިކޮށްފައިވާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބައްލަވައި ނިންމާފައިވަނީ
ވަޒީފާއާއި . ޤާނޫނާ އަދި އެޤާނޫނުގެ މަޤުޞަދާ ޚިލާފަށް ކަމަށް ބެލެވެން އޮތްކަމަށްބުނެ ހުށަހަޅާފައިވާ
24
5ދޫ 4
6
ންކުއެވެ.
3. މިމައްސަލައާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/190 މައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު
ކުރަމުން މުޙައްމަދު މުއުމިންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލަ ރައްދުވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕީލކ (އެސް.ޓީ.އޯ.) ގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
48
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަން
ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލަ އިސްތިއުނާފުކޮށްފައިވާ ފޭދޫކަރަންކާވިލާ، މުޙައްމަދު
މުއުމިން، 2004 ފެބުރުއަރީ 15 އިން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް
(އެސް.ޓީ.އޯ.) ގެ ސ. ގަމުގެ ޖީ-21 ގައި އޭނާ އަދާކުރަމުން ގެންދިޔަ ސޭލްސް ރެޕްރެޒެންޓޭޓިވް
(ގްރޭޑް 2) ގެ ވަޒީފާއިން، 2010 މެއި 24 ގައި އޭނާ ވަކިކޮށްފައިވަނީ، އެސް.ޓީ.އޯ. ގެ ހިންގުން
ހަރުދަނާކޮށް ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން އެކުންފުނީގެ ހިންގުމުގެ
ނިޒާމަށާއި މަސައްކަތުގެ މާޙައުލަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން ކުންފުނީގެ އޮނިގަނޑު
ރީސްޓްރަކްޗަރކޮށް އަލަށް އެކުލަވާލެވުނު އޮނިގަނޑުގައި، މުޙައްމަދު މުއުމިން އޭރު ވަޒީފާ އަދާކުރަމުން
ގެންދިޔަ މަޤާމުގެ ޢަދަދު 4 (ހަތަރެއް) އަކުން 3 (ތިނެއް) އަށް މަދުކުރަން އެސް.ޓީ.އޯ. އިން ނިންމުމާ
ގުޅިގެން އެމަޤާމުގައި އޭރު ވަޒީފާއަދާކުރަމުން ގެންދިޔަ 4 (ހަތަރު) މުވައްޒަފުންގެ ތެރެއިން އެންމެ
ޖޫނިއަރ މުވައްޒަފަކީ މުޙައްމަދު މުއުމިން ކަމަށްވާތީ، މުޙައްމަދު މުއުމިން ރިޑަންޑަންޓް (redlundant)
ވެގެންކަމާއި، އަދި ރިޑަންޑަންސީ އަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ނިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
މާއްދާގެ ދަށުން އަދި އެޤާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމުގެ ބަދަލުގައި
ފައިސާ ދިނުމަށްފަހުކަމާއި،
އަދި މިގޮތުގެމަތިން، ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ
މުއްދަތު ފެށޭ ދުވަހުން ފެށިގެން އެމުއްދަތު ނިމޭ ދުވަހާ ހަމައަށް މުޙައްމަދު މުއުމިންއަށް ލިބިދޭންޖެހޭ
މުސާރައާއި ޢިނާޔަތްތައް ހަމައަށް މުޙައްމަދު މުއުމިންގެ އެކައުންޓަށް އެސް.ޓީ.އޯ. ފަރާތުން
ޖަމާކޮށްފައިވާކަން އެނގޭކަމެވެ.
44
etc
(ނ) ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، މުޙައްމަދު މުއުމިން
އެސް.ޓީ.އޯ. ގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެކުންފުނީގެ ސްޓްރަކްޗަރަށް ގެނެވުނު ބަދަލަކާ ގުޅިގެން
މުޙައްމަދު މުއުމިން ރިޑަންޑަންޓް ވެފައިވާކަމަށާއި، ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާފަދަ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް
އެކުންފުނިން ބަލައިގެންކަމާއި،
ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވިދާނެ "އެކަށީގެންވާ" ސަބަބެއްތޯ ބަލާއިރު، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނި
ތަކުގައި، އެކުންފުނިތައް ހަރުދަނާ ކޮށް، ނަފާ އިތުރުވާނޭ ގޮތެއްގެމަތިން ހިންގުމަށްޓަކައި ނުވަތަ
ކުންފުނި ރީސްޓްރަކްޗަރ ކުރުން ފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
އެކުންފުންޏަކުން ދޫކޮށްލަންޖެހޭ ފަދަހާލަތެއް (ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ ކަމަށް
ޤަބޫލުކުރަން ޖެހޭކަމާއި، އަދި މިފަދަ ޙާލަތެއްގައި މުވައްޒަފުން މަދުކުރެވެން ނޯންނަމަ އެކަމަކީ އެފަދަ
ކުންފުނިތަކުގެ ވިޔަފާރިއަށް ހުރަސްތަކެއް މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް
އަތުވެދާނެފަދަ ސަބަބެއްކަމުގައި ޤަބޫލުކުރަން ޖެހޭކަމާއި، ވަޒީފާއާއިބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ
ދަށުން ހެދިފައިވާ ޤަވާޢިދެއްގައިވެސް "ރިޑަންޑަންސީ" އާއި ގުޅޭ ގޮތުން އެއްވެސް އުޞޫލެއް
ޤާއިމުކޮށްފައި ނުވިނަމަވެސް، އަދި "ރިޑަންޑަންސީ" ގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން
އެކަށީގެންވާ ސަބަބެއްކަމުގައި ބަޔާންކޮށްފައި ނެތްނަމަވެސް، ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ
ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ ކަމެއް މެދުވެރިވެގެން
ކުންފުނީގެ މުވައްޒަފަކު ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ މަދުކުރަންޖެހިއްޖެނަމަ، އެފަދަ ޙާލަތުގައި
މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށްއޮތް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެކަމާއި، ނަމަވެސް
ސަބަބަށްޓަކައި
ޚި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 73316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
22
04004ސ3އި
42
މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި،
އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި
ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން
(procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 89/HC-A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
ވިޔަފާރިއަށް ނުވަތަ އިޤްތިޞާދަށް ކުރިމަތިވާ ޚާއްޞަ
.ފުނިންތަކުން މުވައްޒަފުން މަދުކުރުމުގެ ބޭނުމުގައި ނުވަތަ ކުންފުންޏަށް ނަފާ އިތުރުވާނެގޮތެއް
އެދުމަށްޓަކައި ކުންފުނި ރީސްޓްރަކްޗަރ ކުރާ ކުރުމުގައި، ރިޑަންޑަންޓްވާ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާކުރުން އަދުލުވެރިކުރުވުމަށްޓަކައި ނުވަތަ ވަޒީފާދޭ
ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ
ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށްޓަކައި އެކުންފުންޏަކުން ޢަމަލުކުރަންޖެހޭ
ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑް ފަދަ
ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުން ޢަމަލުކުރަމުންދާ ޤާނޫނުތަކުގައާއި، އިންޓަނޭޝަނަލް ލޭބަރ
އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
:ޕްލޮއިމަންޓް ކޮންވެންޝަން 1982
(ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166)
ފަދަ ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާކަމާއި،
އަދި، އިސްވެދެންނެވުނު އުޞޫލަކީ، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ
ޙައްޤުތައް
ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް
ބަލާއިރު، އެޤާނޫނުގައިވެސް އެކުލެވިފައިވާ އުޞޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު ހިންގޭނެ ދާއިރާގެ
ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން
22
3 ދ9ތ4
މުވައްޒަފުންގެ
2
44ހ4
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
8
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
އިޖްރާއާތަކަށް ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC-A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ ދެންނެވިފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ
ޤާނޫނުތަކުގައާއި، ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ
އަލީގައި، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ވަޒީފާއާބެހޭ ޤާނޫނަށް ނަޒަރުކުރާއިރު، ޢާންމު
އުޞޫލެއްގެ ގޮތުން، ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި މައުޟޫޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުން
ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ އިޤްތިޞާދީ
(economic) ސަބަބުތަކަށްޓަކައި، ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް
ވާނަމަކަމާއި،
އަދި، ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ކުންފުންޏަށް
ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް
ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ
އަންގާފައިވުމާއި، ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ
ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުޞޫލުތަކަކީ
ކޮބައިކަން ކުންފުނީގެ މުއައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން
ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވެނީ، ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަމަށް ވުމާއެކު، ރިޑަންޑަންޓްވުމުގެ
ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން
ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ
25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިވާނަމަކަމާއި،
މީގެއިތުރުން، ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ
ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް
ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެނގިފައިވާނަމަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
01
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ހިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
އިން
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، އެސް.ޓީ.އޯ.
ގެ ވަޒީފާއިން މުޙައްމަދު މުއުމިން ވަކިކޮށްފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އެސް.ޓީ.އޯ.
އިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިތޯ ބަލާއިރު، އެސް.ޓީ.އޯ. ގެ ސ. ގަމުގެ
ޖީ-21 ގައި މުޙައްމަދު މުއުމިން އަދާކުރަމުން ގެންދިޔަ ސޭލްސް ރެޕްރެޒެންޓޭޓިވް (ގްރޭޑް 2) ގެ
ވަޒީފާއިން، 2010 މެއި 24 ގައި ވަކިކޮށްފައިވަނީ، އެސް.ޓީ.އޯ. ހިންގުން ހަރުދަނާކޮށް
ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން އެކުންފުނީގެ ހިނގުމުގެ ނިޒާމަށާއި
މަސައްކަތުގެ މާޙައުލަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން ކުންފުނީގެ އޮނިގަނޑު ރީސްޓްރަކްޗަރކުރުމުގެ
ތެރޭގައިކަން، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިވާ އެސް.ޓީ.އޯ.
ގެ ނަންބަރު 3
/
2010-C ސަރކިއުލަރ އަށާއި، މުޙައްމަދު މުއުމިން ވަޒީފާއިން ވަކިކުރިކަން އަންގައި،
23 މެއި 2010 ގެ ތާރީޚުގައި، އެސް.ޓީ.އޯ. ގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން މުޙައްމަދު
މުއުމިންއަށް ފޮނުވާފައިވާ އެޑިޕާޓްމަންޓުގެ ނަންބަރު 2010
/
486/HDR ސިޓީއަށް ބެލުމުން
އެނގޭކަމާއި، އެސް.ޓީ.އޯ. ހިންގުން ހަރުދަނާކޮށް ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ
ގޮތުން އެކުންފުނީގެ ހިނގުމުގެ ނިޒާމަށާއި މަސައްކަތުގެ މާޙައުލަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން
ކުންފުނީގެ އޮނިގަނޑު ރީސްޓްރަކްޗަރ ކުރުމަށް އެކުންފުނިން ނިންމާފައިވާ ނިންމުމަކީ، ވިޔަފާރިއަށް
ނުވަތަ އިޤްތިސާދަށް ކުރިމަތިވާ ޚާއްޞަ ޙާލަތްތެގައި ނުވަތަ އެކުންފުންޏަށް ލިބެމުންދިޔަ ނަފާ
ގުނެގޮތެއް ހޯދުމުގެ މަޤްޞަދުގައި ނޫންގޮތަކަށް ނުބައިނިޔަތެއްގައި ކޮށްފައިވާކަމެއްކަމަށް،
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން ޤަބޫލުނުކުރެވޭކަމާއި،
އިސްވެދެންނެވިފައިވާ ފަދައިން، ރިޑަންޑަންޓް ވެގެން މުވައްޒަފަކު
ވަޒީފާއިން ވަކިކުރާކުރުން ޢަދުލުވެރިވާނީ، ކުންފުނިން އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައި ކަމަށްވެފައި،
އަދި އެކަމަކީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
ކަނޑައެޅިގެން ވަޒީފާއިން ބޭއިންސާފުން
ވަކިކުރުމުގެ މަޤްސަދުގައި ކޮށްފައިވާކަމަށް ނުވާނަމަކަމާއި، މިގޮތުން މިމައްސަލައިގައި ކަންހިނގާފައިވާ
ބަލާއިރު، އެސް.ޓީ.އޯ. ހިންގުން ހަރުދަނާކޮށް ކަސްޓަމަރުންނަށް ދެވޭ
ރަނގަޅުކުރުމުގެ ގޮތުން އެކުންފުނީގެ ހިންގުމުގެ ނިޒާމަށާއި މަސައްކަތުގެ މާޙައުލަށް
ގެނައުމުގެ ގޮތުން
ކުންފުނީގެ އޮނިގަނޑު ރީސްޓްރަކްޗަރ ކުރުމުގައި އެސް.ޓީ.އޯ. ގެ ޖީ-21 ގައި
ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކޮށްފައިވަނީ ހަމައެކަނި މުޙައްމަދު
މުއުމިންކަން އެނގެންއޮންނަކަމާއި، އަދި، މުޙައްމަދު މުއުމިން އެސް.ޓީ.އޯ. ގެ ވަޒީފާއިން
މި ފ ދ ތ * 4
8
އިސްރުން.03ގއ
2
4
2 ހދ، 4
އިހންނަމަވެސް،
43ށް
.3ދ8ދ8
ޚިދު8409އ
ހހ2ތ 44
ބަދަލުތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10
2011HC-A/180
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސިޓީ ގައި
44 ދވ
ވަކިކޮށްފައިވަނީ އެސް.ޓީ.އޯ. ގެ ނަންބަރު 3
/
2010-C ސަރކިއުލަރގެ ދަށުން އެކުންފުނީގެ ހިންގުމަށް
ގެނެވުނު ބަދަލާގުޅިގެންކަމަށް، މުޙައްމަދު މުއުމިން ވަޒީފާއިން ވަކިކުރިކަން އަންގައި، 23 މެއި 2010
ގެ ތާރީޚުގައި، އެސް.ޓީ.އޯ. ގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން މުޙައްމަދު މުއުމިންއަށް ފޮނުވާފައިވާ
އެޑިޕާޓްމަންޓުގެ ނަންބަރު 2010
/
486/HDR
ބަޔާންކޮށްފާވާއިރު، އެސް.ޓީ.އޯ. ގެ
ހިންގުން ހަރުދަނާކޮށް ކަސްޓަމަރުންނަށްގެ
ހަށްދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން ހިންގުމުގެ ނިޒާމަށާއި
މަސައްކަތުގެ މާޙައުލަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކާ ގުޅިގެން ވަޒީފާއިން ވަކިވުމަށް އެދޭ
ފަރާތްތަކަށް، ޙާއްޞަ ޕެކޭޖަކާއެކު އެކުންފުނީގެ ވަޒީފާއިން ވަކިވުމަށް އެކުންފުނީގެ ނަންބަރު
6
/
2010-C ސަރކިއުލަރއިން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަނުވަނީސް މުޙައްމަދު މުއުމިން
ވަޒީފާއިން ވަކިކޮށްފައިވުމުން، އެ ސަރކިއުލަރއިން ހުޅުވާލި ފުރުސަތުވެސް
ލިބިދެވިފައިނުވާކަން އެނގޭކަމާއި، މިކަންކަމުގެ މައްޗަށް ނަޒަރުކުރާއިރު، އެސް.ޓީ.އޯ. ގެ ވަޒީފާއިން
މުޙައްމަދު މުއުމިން ވަކިކުރުމުގައި އެކުންފުނިން ޢަމަލުކޮށްފައިވަނީ ހެޔޮނިޔަތުގައި، އަދި ވަކި
މުވައްޒަފަކު ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ މަޤްޞަދުގައި ނޫންކަމާމެދު
ސުވާލުއެފެދޭކަމާއި، އެހެންކަމުން އެސް.ޓީ.އޯ. ގެ ވަޒީފާއިން މުޙައްމަދު މުއުމިން ވަކިކުރުމުގައި
އެކުންފުނިން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ބެލެވެންނެތްކަމާއި،
މީގެއިތުރުން، އެސް.ޓީ.އޯ. ގެ ވަޒީފާއިން މުޙައްމަދު މުއުމިން ވަކިކޮށްފައިވަނީ، އޭނާ
ވަޒީފާއިން ވަކިކުރުމުގެ ކުރިން އެސް.ޓީ.އޯ. އިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކޮށްފައިތޯ ބަލާއިރު، އެސް.ޓީ.އޯ. ގެ އޮނިގަނޑު ބަދަލުކޮށް، އެސް.ޓީ.އޯ. ގެ ހިންގުން ހަރުދަނާކޮށް
ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން އެކުންފުނީގެ ހިންގުމުގެ ނިޒާމަށާއި
މަސައްކަތުގެ މާޙައުލަށް ބަދަލުތަކެއް ގެނައުމަށް ނިންމިކަން އެކުންފުނީގެ މުވައްޒަފުންނަށް އަންގައި،
14 އެޕްރީލް 2010 ގައި އެކުންފުނިން ނެރެފައިވާ އެކުންފުނީގެ ނަންބަރު 3
/
2010-C
ސަރކިއުލަރއަށް ބަލާއިރު، އެސަރކިއުލަރ އިން މުވައްޒަފުންނަށް އަންގާފައިވާ ގޮތުގެމަތިން ކުންފުނީގެ
އޮނިގަނޑު ބަދަލުކުރުމުގައި، ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ
ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ
މުވައްޒަފުންނަށް އެނގޭނޭގޮތަށް ބަޔާންކޮށްފައި ނުވާކަމާއި، އަދި 25 އެޕްރީލް 2010 ގެ ތާރީޚުގައި
އެސް.ޓީ.އޯ. އިން އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 6
/
2010-C
ސަރކިއުލަރއަށް ބަލާއިރު، އެސަރކިއުލަރއަކީ އެސް.ޓީ.އޯ. ހިންގުން ހަރުދަނާކޮށް
ކަސްޓަމަރުންނަށް ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން ހިންގުމުގެ ނިޒާމަށާއި މަސައްކަތުގެ
ވަޒީފާގައި ތިބި
9/6/2
8 ދޑ 8
92އޒަފުންeއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
11
ނިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
ކޮއްލަށް
C-3/2010
ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކާ ގުޅިގެން ވަޒީފާއިން ވަކިވުމަށް އެދޭ ފަރާތްތަކަށް
ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލާ ފޮނުވާފައިވާ ސަރކިއުލަރއެއްކަމާއި، އެސް.ޓީ.އޯ. ގެ
އޮނިގަނޑަށް ގެނެވޭ ބަދަލުގެ ސަބަބުން އެކުންފުނީގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނެކަމަށް އެސަރކިއުލަރގައިވެސް ބަޔާންކޮށްފައިނުވާކަމާއި،
އަދި، އިސްވެ ޙަވާލާދެވިފައިވާ އެސް.ޓީ.އޯ ގެ ނަންބަރު
ސަރކިއުލަރގައި ބަޔާންކޮށްފައިވާ އެކުންފުނީގެ އޮނިގަނޑަށް ގެނެވޭ ބަދަލުގެ ސަބަބުން އެކުންފުނީގައި
ފާއަދާކުރަމުންގެންދާ ބައެއް މުވައްޒަފުން ރިޑަންޑަންޓް ވުމުގެ ސަބަބުން އެމުވައްޒަފުން ވަޒީފާއިން
ވަކިކުރަންޖެހޭނެކަމަށް އެސް.ޓީ.އޯ އިން ބަލާފައިވާކަމަށް ބަހުސްކުރުމުގެ ބޭނުމުގައި ޝަރީޢަތުން ބެލި
(assume) ކަމުގައިވިއަސް، މިގޮތުގެމަތިން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުޞޫލުތަކަކީ ކޮބައިކަން އެކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ
އަންގާފައިވާކަން، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި، މައްސަލައިގައި ހިމެނޭ
ދެފަރާތުގެ ބަހުންވެސް އެނގެން ނެތްކަމާއި، އެހެންކަމުން އެސް.ޓީ.އޯ. ގެ ވަޒީފާއިން މުޙައްމަދު
މުއުމިން ވަކިކުރުމުގައި އެސް.ޓީ.އޯ، އިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަންވެސް އެކުންފުނިން
ޤާއިމުކޮށްފައިނުވާކަމެވެ.
ސަބަބުން
44
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ފަދައިން، މުޙައްމަދު މުއުމިން އެސް.ޓީ.އޯ، ގައި
އަދާކުރަމުން ގެންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލެއްގެ
އޭނާ ރިޑަންޑަންޓްވެގެން ކަމުގައިކަމަށް އެސް.ޓީ.އޯ. އިން ބުނިކަމުގައިވީނަމަވެސް،
ޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި
އިޖްރާއީ ޢަދުލުވެރިކަން، މުޙައްމަދު މުއުމިން ވަޒީފާއިން ވަކިކުރުމުގައި އެސް.ޓީ.އޯ. އިން ޤާއިމުކޮށްފައި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު
މައްސަލާގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވޭކަމެވެ.
96
190/VTR/2010
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/180
048
40
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/190
މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ
ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/190 މައްސަލާގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގައި
މުޙައްމަދު މުއުމިން އަދާކުރަމުންދިޔަ ފެންވަރުގެ ވަޒީފާއެއް، މިއަދު (13 ސެޕްޓެމްބަރ 2012) އިން
ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މުޙައްމަދު މުއުމިންއަށް ދިނުމަށާއި، މުޙައްމަދު މުއުމިންއަކީ
އެއްވެސް ޙާލެއްގައި ސްޓޭޓް ޓްރޭޑިންގ
.ޑިންގ އޯގަނައިޒޭޝަން ޕލކ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް
ނުބެލުމަށާއި، 2010 މެއި 24 ވަނަ ދުވަހުން ފެށިގެން މުޙައްމަދު މުއުމިން އަށް ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕލކ ގެ ވަޒީފާ ދިނުމާހަމައަށް މުޙައްމަދު މުއުމިންއަށް ލިބެންވާ މުސާރައާއި
ޢިނާޔަތްތައް މިއަދު (13 ސެޕްޓެމްބަރ 2012) އިން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި
މުޙައްމަދު މުއުނިންއަށް ލިބިދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް އަންގައި
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
40
ގެ
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv