ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/149 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.1
• ޤަޟިއްޔާ ނަންބަރ: 149/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް: ބްލޫލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް
ފަނަސް މާލެ (6 ވަނަ ފަންގިފިލާ)
މިހާރުގެ އެޑްރެސް: ގ. ފަނަސްމާލެ (6 ވަނަ ފަންގިފިލާ)
ރަޖިސްޓްރީ ނަންބަރު: 13
/
83-C
ވަކީލުން އިޒް. ޢަބްދުﷲ މުޢިއްޒު
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަރުޝަދު ރަޝީދު ޙުސައިން
އައިޑީ ކާޑު ނަންބަރު: A258122
ބަދަލުގައި: ފާތިމަތު ޝަފްނީޒް
ދާއިމީ އެޑްރެސް: ބ. ތުޅާދޫ ފާގަތި
މިހާރުގެ އެޑްރެސް: ބ. ތުޅާދޫ ފާގަތި
ހުށަހެޅުނު ތާރީޚް: 28 މެއި 2014
ނިމުނު ތާރީޚް: 06 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/190
• ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ށަހެޅުނުތާރީޚް: 13-11-2013
ނިމުނު ތާރީޚް: 27-02-2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/149
28
8
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/190 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު 13
/
83-C)
ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ
ރައްދުވާ ފަރާތަކީ،
ތުޅާދޫ ފާގަތި އަރުޝަދު ރަޝީދު ޙުސައިން (ދިވެހިރައްޔިތެއްކަން އަންގައިދޭ
ނަންބަރު A258122) އެވެ.
ކުޑީ
392
19
مرمت
ހަގަކުރެވުނު
ދީން ދޫކުތާގެ
01 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/190 މައްސަލަ އަކީ،
ފާގަތި އަރުޝަދު ރަޝީދު ޙުސައިން، 2013 ޖެނުއަރީ 05 ވަނަ ދުވަހުން ފެށިގެން ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (13/83-C) ގެ ދަށުން ހިންގާ މަޑޫގަލި އައިލަންޑް ރިސޯޓުގެ
ގެސްޓް ރިލޭޝަން އޮފިސަރުގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް، 2013
އޮކްޓޯބަރު 27 ވަނަ ދުވަހު، އޭނާ އަދާކުރަމުންގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވާތީ، ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް، 2013 ނޮވެމްބަރު 13 ވަނަ ދުވަހު
އަރުޝަދު ރަޝީދު ޙުސައިންގެ ފަރާތުން ހުށަހެޅުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ނިންމާފައިވާ
މައްސަލައެއްކަމާއި،
އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުމުގައިވަނީ، "މިމައްސަލައާ
ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ
ބެލި މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ
ހުށަހެޅި ބ. ތުޅާދޫ، ފާގަތި އަރުޝަދު ރަޝީދު ޙުސައިން (A258122)، ބްލޫ ލެގޫން އިންވެސްޓްމަންޓްސް
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
މެން0 6
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
4
0 =ދ8
އއ 3
ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޑޫގަލި އައިލަންޑް ރިސޯޓްގައި ގެސްޓް ރިލޭޝަންސް އޮފިސަރ
(ޓްރޭނީ) ގެ މަޤާމުގައި ވަޒީފާއަދާކުރަމުން ދަނިކޮށް 27 އޮކްޓޯބަރ 2013ގައި، ވަޒީފާއިން ވަކިކޮށްފައިވަނީ،
އަރުޝަދު ރަޝީދު ޙުސައިންގެ ފަރާތުން ކުންފުނީގެ ވިޔަފާރިއަށް ދަތިވާ ޒާތުގެ ކަންތައްތަކެއް ފެނިފައިވާކަމަށް
ތުހުމަތު ކުރެވޭ މައްސަލަ ބަލަމުންދާއިރު، އަރުޝަދު ރަޝީދު ޙުސައިން މަޑޫގަލި އައިލަންޑް ރިސޯޓްގައި
ހުރުމުން އެމައްސަލަ ބެލުމަށް ދަތިވާތީ، އެމައްސަލަ ބަލައި، އެމައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި
ނިމެންދެން، މަޑޫގަލި އައިލަންޑް ރިސޯޓުން ފުރައިގެން ދިއުމަށް އެންގި އެންގުމާ
ޢަމަލުކޮށްފައިނުވުމުން، އަރުޝަދު ރަޝީދު ޙުސައިންގެ ވަޒީފާގެ އަޚްލާޤު އެކަށީގެން ނުވާކަން ސާފުކޮށް
އެނގޭތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީކަމަށް
މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ
ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު
ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަރުޝަދު ރަޝީދު ޙުސައިން
ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް
އަރުޝަދު ރަޝީދު ޙުސައިން ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް
ޙާލެއްގައި މައްސަލަ ރައްދުވި ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިވެފައިވާ
މީހެއް ކަމުގައި ނުބެލުމަށާއި، އަރުޝަދު ރަޝީދު ޙުސައިން ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެނިގެން
މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި އަރުޝަދު ރަޝީދު ޙުސައިނަށް
ލިބެންޖެހޭ ފައިސާ، 2014 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ
ތެރޭގައި، އަރުޝަދު ރަޝީދު ޙުސައިނަށް އެހީއެއްފަހަރާ ދިނުމަށް ފަހު، އެކަން 03 (ތިނެއް) ދުވަހުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމަކުން އެންގުމަށް، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް
ލިމިޓެޑަށް އަންގާ އަމުރުކޮށްފީމެވެ.“ މިފަދައިންކަން އެމައްސަލާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެގެން
¢¢ ¢ ¢
etc
-02
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/190 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ
އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާގެ އެއްބަސްވުމުގެ 17 އަދި 20 ވަނަ
މާއްދާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ނޯޓިސް ނުދީ ވަޒީފާއިން
ވަކިކުރެވޭނެ ޙާލަތްތަކަށް މައްސަލަ ނިންމިއިރު ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ 134/HC
-
A/2011 ނަންބަރު ޤަޟިއްޔާގައި
ކަނޑައަޅާފައިވާ ފުރިހަމަކުރާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ ނޯޓިސް ދިނުމަށްފަހު
ވަކިކުރާނަމަ ފުރިހަމަ ކުރަންޖެހޭ މައުޟޫޢީ އަދި އިޖްރާއަތް ތަކެއްކަމުގައިވާއިރު މިކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
0
34
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/190 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރަމުން ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އަރުޝަދު ރަޝީދު
ޙުސައިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
02އޒާ
: 24
އޭނާގެ
ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/190
މައްސަލައަށް ބަލާއިރު އެމައްސަލައަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި
އެކުލަވާލެވިފައިވާ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ތަރަހައިގެ ތެރޭގައި ހިމެނޭ
އްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާގުޅިގެން ހުށަހެޅިފައިވާ މައްސަލައެއްކަން
އެނގެންއޮންނަކަމާއި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި
ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގޭކަމާއިގެ
ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ،
މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، މިމާއްދާގެ މި ނައްސަށް ބަލާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ
ޝަރުތެ
ފުރިހަމަވެގެންކަމާއި، އެއީ:
1. އެމުވައްޒަފެއްގެ މަސައްކަތުގެ އަޙްލާޤު އެކަށީގެން ނުވުން، އަދި
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު
ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން؛
ކަން އެނގޭކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިޝާރާތްކުރެވުނު ދެ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި،
ރއ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8225 ހދ(
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
8 79 8 6
އދއeމެން
ހަމައެއްކަމަށް
ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް
ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ
ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށް ބެލުމުން އެނގެން
އޮންނަކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު
ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠުބީޤުކުރި
ހަމައަކީ އެކަށީގެންވާ .ކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް
އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެ ކަމާއި؛
ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ ދެވަނަ
ޝަރުޠުކަމަށްވާ،
ވަޒީފާދޭ ފަރާތަށް ނުފެނުން“ ވެސް ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި އިތުރަށް
ބިހެއްޓުމަކީ
ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ ހަމައަކަށް ވެގެންކަން
އެމާއްދާއިން އެނގެން އޮތުމުގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ
އުޞޫލަށާއި، މުޅި ޤާނޫނުގެ ރޫޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން
ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ އެކަށީގެންވާ
ހަމައެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން އެނގެއެވެ.
(ނ) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ އަދުލުވެރިކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ
42
6 & هދ 4
2 ހދه
ކހފަނމއކމނ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/149
ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމާއި، އެގޮތުން ދިވެހިރާއްޖޭގެ
4
ހައިކޯޓުން ނިންމާފައިވާ މިބާވަތުގެ މައްސަލަތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި
ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި
މަޢު ޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ
އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި
އިޖްރާއާތަކަށްވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅައި
ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ނ) ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޢަމަލުކުރަންޖެހޭ އިސްވެ އިޝާރާތްކުރެވިފައިވާ ޤާނޫނީ އުޞޫލުތައް، މިމައްސަލައަށް ތަޠުބީޤުކުރުމުން،
މިމައްސަލާގައި އިސްތިއުނާފު ރައްދުވާ އަރުޝަދު ރަޝީދު ޙުސައިން ވަޒީފާއިން ވަކިކުރުމުގައި ބްލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުކޮށްފައިވޭތޯ ބަލާއިރު،
ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ މަޑޫގަލި އައިލަންޑް ރިޒޯޓުގައި
އަރުޝަދު ރަޝީދު ޙުސައިން އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 27 އޮކްޓޫބަރު 2013 ގައި އޭނާ
ވަކިކޮށްފައިވަނީ، އަރުޝަދު ރަޝީދު ޙުސައިން އެރިޒޯޓުގައި ވަޒީފާ އަދާކުރަމުން ދިޔުމުގެ ތެރޭގައި އޭނާގެ
ފަރާތުން ކުންފުނީގެ ވިޔަފާރިއަށް ދަތިވާ ޒާތުގެ ކަންތައްތަކެއް ފެނިފައިވާކަމަށް ތުހުމަތުކުރެވުމާ ގުޅިގެން
އެމައްސަލަ ބަލަމުންދާއިރު، އޭނާ އެރިޒޯޓުގައި ހުރުމުން އެމައްސަލަ ބެލުމަށް ދަތިވާތީ، އެމައްސަލަ ބަލައި
އެމައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ނިމެންދެން އަރުޝަދު ރަޝީދު ޙުސައިން އެރިޒޯޓުން ފޭބުމަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
8 0 4 6 8
އަންގައި އެކަމަށް ބޭނުންވާ ދަތުރުގެ ކަންތައްތައް ހަމަޖައްސައިދީފައިވަނިކޮށް، ކުންފުނިން އަންގާފައިވާ ގޮތާ
ޚިލާފަށް ޢަމަލު ކޮށްފައިވާތީ، އަރުޝަދު ރަޝީދު ޙުސައިންގެ ވަޒީފާގެ އަޚްލާޤު އެކަށީގެންނުވާކަމަށް ބަލައި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިހެއް
ދިނުމަކާނުލައިކަން، އަރުޝަދު ރަޝީދު ޙުސައިން ވަޒީފާއިން ވަކިކުރިކަން އަންގާ ބުލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން އޭނާއަށް ފޮނުވާފައިވާ ސިޓީއަށް ބެލުމުން އެނގެން އޮތްއިރު، ބުލޫ
ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އަރުޝަދު ރަޝީދު ޙުސައިން ވަކިކުރުމުގައި
ޤާއިމުވާންޖެހޭ މައުޟޫޢީ އަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބެލެވޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ، އިސްވެ
އިޝާރާތްކުރެވިފައިވާ ދެ ޝަރުޠު ފުރިހަމަވެފައިވާނަމަ ކަމާއި؛
ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އަރުޝަދު ރަޝީދު ޙުސައިން
ވަކިކޮށްފައިވަނީ އެކުންފުންޏާ އޭނާއާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވު
ބޮސްވުމުގެ 20.1 ވަނަ މާއްދާގެ ދަށުން
އެކުންފުނީގެ ފަރާތުން އަންގާފައިވާ އެންގުމެއް
ކިޔަމަންވެފައި ނުވާތީކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން
އޮންނައިރު، އެކަމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އޭނާގެ މަސައްކަތުގެ އަޚްލާޤު
އެކަށީގެން ނުވާކަމަށާއި އަދި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނޭކަމެއްކަމަށް އެކަށީގެންވާ
ހަމަތަކުގެމަތިން ވަޒީފާދޭ ފަރާތަށް ކަނޑައެޅިދާނެތޯ ބަލާއިރު،
4
2 ހއ
އނއށ
އޭނާއަށް ލިޔުމުން ލިބިގެ
2
2
4
2 ހއ
އެއެންގުމަށް
އޭނަ
2 3 4 ¢ ¢
މުވައްޒަފަކާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާ ވަގުތު އެމުވައްޒަފަކު ހުރެއްޖެނަމަ އިތުރު
މައްސަލަތަކެއް އުފެދިދާނެކަމަށް ފެނިއްޖެ ޙާލަތެއްގައި މުވައްޒަފަކު ވަޒީފާއަށް ނުނިކުމެ ހުރުމަށް ވަޒީފާދޭ
ފަރާތުން އެންގިދާނެކަމަށް ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އަރުޝަދު ރަޝީދު
ޙުސައިން ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
ވަޒީފާއަދާކުރާ ފަރާތް އެ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ލިޔުމަކުން އެކަން އެމީހަކަށް އެންގުމަށްފަހު އެމީހަކު
ވަޒީފާއިން ވަކިކުރެވިދާނެކަމަށް އެއެއްބަސްވުމުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި؛
އާންމު އުސޫލެއްގެ ގޮތުން، ވަޒީފާދޭ ފަރާތަކާއި ވަޒީފާ އަދާކުރާ ފަރާތަކާ ދެމެދު ހެދިފައިވާ
ވަޒީފާގެ އެއްބަސްވުމެއްގައި ހިމެނޭ މާއްދާއަކާ ޚިލާފުވާ ކޮންމެ ފަހަރަކީ އެފަދަ މުވައްޒަފަކު ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއް ނޫންކަމާއި، ވަޒީފާގެ އެއްބަސްވުމާ
ޚިލާފުވެގެން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ
އެމުވައްޒަފަކު ޚިލާފުވެފައިވާ މާއްދާގެ ބަހުރުވައަށާއި، މަޤްޞަދަށާއި، އެމާއްދާއާ އެމުވައްޒަފަކު ޚިލާފުވެފައިވާ
މިންވަރަށާއި ޙާލަތަށާއި، މައްސަލާގެ ވަށައިގެންވާ އެހެނިހެން އެންމެހާ ކަންތައްތަކަށް ބަލާއިރު، އެމާއްދާއަކާ
އެމުވައްޒަފަކު ޚިލާފުވި ޚިލާފުވުމުގެ ސަބަބުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ
ޝަރުތުތައް، އިސްވެ އިޝާރާތްކުރެވުނު ޤާނޫނީ ހަމަތަކުގެ މަތިން ފުރިހަމަވާ ޙާލަތްތަކުގައި އެކަނިކަމާއި؛
ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އަރުޝަދު ރަޝީދު ޙުސައިން އާއި
ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ މަޤްޞަދަކީ، އެއެއްބަސްވުމުގެ ދަށުން
އަރުޝަދު ރަޝީދު ޙުސައިން ވަޒީފާއަދާކުރާ ތަނާއި މާޙައުލުގެ ސަބަބުން، އޭނާއާމެދު
މައްސަލައެއް ކުންފުނިން ތަޙްޤީޤެއް ކުރަންޖެހޭ ޙާލަތުގައި އޭނާ ވަޒީފާއަދާކުރާ ތަނުގައި (ރިޒޯޓުގައި)
ހުރެއްޖެނަމަ އެ ތަޙްޤީޤަކަށް ތަފާތު ގޮތްގޮތުން ހުރަސްއަޅައި ދަތިކުރުންފަދަ ކަންތައްތައްކުރުމުގެ ފުރުޞަތު
އޭނާއަށް އޮންނާނެތީ އެފަދަ ކަންތައްތަކުން އޭނާ އެއްކިބާކޮށް، އެޙާލަތު ނައްތާލައި، އޭނާއާމެދު ކުންފުނިންކުރާ
ތަޙްޤީޤުތައް، އޭނާގެ ފަރާތުން ކުރިމަތި ކުރުވަފާނެ ދައްޗަކުން ނުވަތަ ފޯރުވާފާނެ ނުފޫޒަކުން އެއްކިބާކޮށް،
ތަޙްޤީޤު އެކަށީގެންވާ ގޮތެއްގައި ހިންގުމަށް މަގުފަހިކުރުންކަމަށް ޤަބޫލުކުރެވޭކަމާއި؛
ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އަރުޝަދު ރަޝީދު ޙުސައިން އާއި
ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ، އިޝާރާތްކުރެވުނު މަޤްޞަދުގެ އިތުރުން
ތުހުމަތުކުރެވޭ
etc.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
އެކުންފުނީގައި އަރުޝަދު ރަޝީދު ޙުސައިން އަދާކުރަމުން ގެންދާ ވަޒީފާގެ ޒާތާއި، އޭނާގެ މަޤާމުގެ
ފެންވަރާއި، ވަޒީފާ އަދާކުރާ ތަނާއި، އަރުޝަދު ރަޝީދު ޙުސައިން ވަޒީފާއިން ވަކިކުރުމާ ހަމައަށް
އެރިޒޯޓުގައި ކަންތައް ހިނގާފައިވާ ގޮތާއި، އޭނާގެ މައްޗަށް އަސްލު ތުހުމަތުކުރެވިފައިވާ މައްސަލާގެ ބާވަތް
ފަދަ މިމައްސަލާގެ ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ބަލާއިރު، އަރުޝަދު ރަޝީދު ޙުސައިން އާއި ބުލޫ
ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ
މާއްދާގެ ދަށުން ކުންފުނީގެ ފަރާތުން އަރުޝަދު ރަޝީދު ޙުސައިނަށް އަންގާ އެންގުންތަކަށް އަރުޝަދު
ރަޝީދު ޙުސައިން ތަބާ ނުވުމަކީ، އަރުޝަދު ރަޝީދު ޙުސައިންގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން
ނުވާކަމާއި، އަދި އަރުޝަދު ރަޝީދު ޙުސައިން އަދާކުރަމުން ދިޔަ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ
ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމެއްކަމަށް، އިސްވެ އިޝާރާތްކުރެވިފައިވާ
ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަނޑައެޅިދާނޭ ސަބަބެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި؛
އަރުޝަދު ރަޝީދު ޙުސައިންގެ މައްޗަށް އެމާއްދާ ތަންފީޛު ނުކުރެވުމަކީ އޭގެ
އަރުޝަދު ރަޝީދު ޙުސައިންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އަޞްލު މައްސަލަ ބެލުމުގައި ކުންފުންޏަ
ހުރަސްތަކެއް
އެޅުމުގެ އިތުރުން، ކުންފުނީގެ މުވައްޒަފުންނާމެދު ތުހުމަތުކުރެވޭ ކަންކަމުގައި ކުންފުނިންކުރާ
ތަޙްޤީޤުތައް އެކަށީގެންވާ މާޙައުލެއްގައި ކުރުމަށް ހުރަސްއެޅިގެން ދިޔުމާއި، އަދި އެފަދަ މަޤާމެއްގައި ހުރި
މުވައްޒަފެއްގެ މައްޗަށް އެއްބަސްވުމުގެ އެފަދަ މާއްދާއެއް ނުވަތަ މާއްދާތަކެއް ތަންފީޛު ނުކުރެވޭ ގޮތްވުމަކީ
އެކުންފުނީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް އެކަމުން ހިތްވަރު ލިބި، އެއްބަސްވުމުގެ މާއްދަތަކާ
ޚިލާފުވުމުގެ ޙާދިސާތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު ހުޅުވިގެން ހިގައިދާނޭކަމެއްކަމާއި، އެފަދަ ކަންކަމަކީ،
ކުންފުނީގެ މުވައްޒަފުންނާއި ކުންފުންޏާ ދެމެދު އޮންނަންޖެހޭ ގުޅުންތަކަށް ބުރޫއަރާ، މަސައްކަތުގެ މާޙައުލު
ސަބަބުން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ކަންކަމަކީޏހ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
ނޫނ
ނުތަނަވަސްވެ، ކުންފުނީގެ މުވައްޒަފުން ކުންފުނީގެ މައްޗަށް ނުޙައްޤުން އެކިއެކި ޒާތުގެ ނުފޫޒާއި ބާރު
ފޯރުވުމަށް މަގުފަހިވުމުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމެއްކަމާއިގެ
ކުމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، ބުދޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން އަރުޝަދު ރަޝީދު ޙުސައިން ވަކިކުރުމުގައި އެކުންފުނީގެ ފަރާތުން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެއެވެ.
(ހ) އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/190
މައްސަލާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
208/HC
-
A/2010 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް
ޢާންމު އުސޫލެއްގެ ގޮތުން ބެލެވޭނީ، ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން
އަރުޝަދު ރަޝީދު ޙުސައިން ވަކިކުރުމުގެ ކުރިން، އޭނަގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މަޢުލޫމާތު (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު) ބުލޫ ލެގޫން އިންވެސްޓްމަންޓްސް
މަންޓްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އަރުޝަދު ރަޝީދު ޙުސައިނަށް ދީފައިވުމުގެ އިތުރުން އެތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ
ފުރުޞަތު އޭނާއަށް ދިނުމަށްފަހު، އެމައްސަލައެއް ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިފައިވުމުގެ އިތުރުން
އަރުޝަދު ރަޝީދު ޙުސައިނަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، އޭނާ އެދިފައިވާނަމަ، އޭނާ ކަނޑައެޅި
މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އޭނާއަށް ދެވިފައިވާނަމަކަމާއި،
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
ހު
4
2 ހއ
އޭނައަށް
އެއެންގުމަށް
ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން އަރުޝަދު ރަޝީދު ޙުސައިން
ވަކިކުރެވިފައިވަނީ، އެކުންފުންޏާ އަރުޝަދު ރަޝީދު ޙުސައިން އާ ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ
20.1 ވަނަ މާއްދާގެ ދަށުން އަރުޝަދު ރަޝީދު ޙުސައިނަށް އެކުންފުނީގެ ފަރާތުން އަންގާފައިވާ އެންގުމެއް،
27 އޮކްޓޫބަރު 2013 ގެ ތާރީޚުގައި އެކުންފުނީން އަރުޝަދު ރަޝީދު ޙުސައިނަށް ފޮނުވާފައިވާ ސިޓީން
ލިމޭ
އެއެން އޭނާ ކިޔަމަންވެފައި ނުވާތީކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮންނައިރު، 27 އޮކްޓޫބަރު 2013 ގެ ސިޓީއަށް ބަލާއިރު، އެސިޓީގެ
ޒަރިއްޔާއިން އަރުޝަދު ރަޝީދު ޙުސައިނަށް އަންގާފައިވާ އެންގުން އެންގިފައިވަނީ ކީއްވެގެންކަމާއި، އަދި އެ
އެންގުމާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ ކުންފުނީގެ ފަރާތުން އަރުޝަދު ރަޝީދު ޙުސައިންއާމެދު ޤާނޫނީގޮތުން
އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެސިޓީގައި އަރުޝަދު ރަޝީދު ޙުސައިން ރަށުން
އަންގާފައިވާ ވަގުތުގެ ކުރިން އެސިޓީ އަރުޝަދު ރަޝީދު ޙުސައިނަށް ލިބިފައިވާކަން
މިމައްސަލައާ ގުޅިގެން އަރުޝަދު ރަޝީދު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކަށް ބެލުމުން ސާފުކޮށް އެނގޭކަމާއި، އަދި އެސިޓީގައި ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އަރުޝަދު ރަޝީދު ޙުސައިނަށް އަންގާފައިވާ ކަންތަކުގެ ޒާތަށް ބަލާއިރު، އެއެންގުމާ
ގޮތުގެމަތިން އަރުޝަދު ރަޝީދު ޙުސައިން ޢަމަލުކޮށްފައި
ފައިވާކަން ނުވަތަ ނޫންކަން ވަރަށް
ފާޅުކަންބޮޑުގޮތެއްގައި ފެންނާން ހުންނާނެކަމަށްޓަކައި، އެމުވައްޒަފަކު ކޮށްފައިވާކަމަކީ ނުވަތަ ނުކޮށް
ދޫކޮށްލާފައިވާކަމަކީ އެކަމުގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް
ދިނުމަކާނުލައި އެމުވައް
ވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ބާވަތުގެކަމެއްކަމަށްވާނަމަ، މިފަދަ މައްސަލަތަކުގައި
ވަޒީފާދޭ ފަރާތުން ޤާނޫނީ ފިޔަވަޅުއެޅުމުގެ ކުރިން (އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން) އިތުރު
ހޭކުމަށް ތައްޔާރުވު
cu o
0x 8 2
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
2
ންމެހެން
4 85 8 2
އިއިeyވެ
8 ,
3
44
ތަޙްޤީޤުތަކެއްކޮށް، އެކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުސަތުތަކެއް އެމުވައްޒަފަކަށް ދިނުމަކީ ވަޒީފާދޭ
ފަރާތުގެ މައްޗަށް ކޮންމެގެ ލާޒިމުކަމެއްކަމަށް ނުބެލެވޭކަމާއިގެ
ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އަރުޝަދު ރަޝީދު ޙުސައިން އާއި
ދެމެދު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20.1 ވަނަ މާއްދާގެ ދަށުން، 27 އޮކްޓޫބަރު 2013 ގެ
ތާރީޚުގައި އެކުންފުނީން އަރުޝަދު ރަޝީދު ޙުސައިނަށް ފޮނުވާފައިވާ ސިޓީގައި، އެ ސިޓީގެ ޒަރިއްޔާއިން
އޭނާއަށް އެކުންފުނީގެ ފަރާތުން އަންގާފައިވާ އެންގުން އަންގަންޖެހުނު ސަބަބާއި އެއެންގުމާ
ގޮތުގެމަތިން އޭނާ ޢަމަލުނުކޮށްފިނަމަ އެޅޭނެ ފިޔަވަޅު ސާފުކޮށް ބަޔާންކޮށްފައި އޮއްވާ، އެސިޓީގެ ގެ ޒަރިއްޔާއިން
ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަރުޝަދު ރަޝީދު ޙުސައިނަށް އަންގާފައިވާ
އެއްގޮތަށް އޭނާ ޢަމަލުކޮށްފައިނުވާކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތުމުގެ އިތުރުން، ވަޒީފާދޭ
ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު ހެދޭ ވަޒީފާގެ އެއްބަސްވުންތަކުގައި ހިމެނޭ، މިމައްސަލަ އެމައްޗަށް
ބިނާވެފައިވާފަދަ މާއްދާތަކާ މުވައްޒަފަކު ޚިލާފުވުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެފަދަ
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމެއްކަމަށްވުމާއެކު، އެމައްސަލައާ ގުޅިގެން ބުލޫ ލެގޫން
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރު ތަޙްޤީޤެއްކޮށް، އޭނާގެ ފަރާތުން ޢަމަލުކޮށްފައިވާ
ގޮތާމެދު ޖަވާބުދާރީވުމަށް އިތުރު ފުރުސަތުތަކެއް ދީފައިނުވިނަމަވެސް، ބުދޫ ލެގޫން އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން އަރުޝަދު ރަޝީދު ޙުސައިން ވަކިކޮށްފައިވަނީ މިބާވަތުގެ މައްސަލަތަކުގައި
ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމަށް ބެލެވެއެވެ.
ވީމާ، ބުދޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގައި އަރުޝަދު ރަޝީދު ޙުސައިން
އަދާކުރަމުންދިޔަ ވަޒީފާއިން، 27 އޮކްޓޫބަރު 2013 ގައި އޭނާ ވަކިކޮށްފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި
އެ އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރުމަށްފަހުގައިކަން އެނގެން އޮތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/190
0
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/149
ދޭކަށް
މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭކަ
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުން ދެކެއެވެ.
0
ޙުކުމްs
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ޕްރައިވެޓް ލިމިޓެޑުގައި، ބ. ތުޅާދޫ ފާގަތި
އަރުޝަދު ރަޝީދު ޙުސައިން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި
އެ އެކުންފުނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރުމަށްފަހުގައި ކަމަށްވުމާއެކު، ބުލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ޕްރައިވެޓް ލިމިޓެޑުގައި ބ.
ތުޅާދޫ ފާގަތި އަރުޝަދު ރަޝީދު ޙުސައިން އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރުމުގައި އެކުންފުނިން
ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ
މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ
ޓްރައި ނަންބަރު 2013/VTR/190 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
އެއްގޮތަށްކަމަށް،
cu o
އެހިރާއް
*
*
ދިވެހިރާއްޖެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv