ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/195 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު
ހިމުނު ގޮތުގެ ޚުލާޞާ
2014/HC-A/195
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 195/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް
ނަން: ޢަލީ ޢަޠީފް
އައިޑީ
ކާޑު ނަންބަރު: A125048
ވަކީލު: އަލްއުސްތާޛް ޝަހީމް އަޙްމަދު
#
މިހާރުގެ އެޑްރެސް: ކ. މާފުށި ޖަލު
ދާއިމީ އެޑްރެސް: ކުރުދުމާގެ/ ސ.މަރަދޫ
. އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެލަރުގެ އޮފީސް)
• ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޖުލައި 2014
* ނިމުނު ތާރީޚް: 29 ނޮވެންބަރު 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު 2012/Jv
-
C/16
ނިންމެވި ނޯޓު: ޖުވެނައިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ގަސްތުގައި މީހަކު މަރާލުން
ހުށަހެޅުނުތާރީޚް: 09 މެއި 2012
0
! ނިމުނު ތާރީޚް: 02 މެއި 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
2 ޤު ޟީއްޔާ ނިމުނު
މުނު ގޮތުގެ ޚުލާޞާ
2014/HC-A/195
ޚުލާޞާ:
މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/16 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށް ބުނެ . މަރަދޫ! ކުރުދުމާގެ ޢަލީ ޢަޠީފް އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
ޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/16 ޤަޟިއްޔާއަކީ، މއ.ދުއްލިސާ/ މާލެ މުޙައްމަދު
މާހިން ޝާފީ އާއި، މަރަދޫ ކުރުދުމާގެ ޢަލީ ޢަޠޫފް އާއި، މއ.މޯނިންގވިއު މާލެ އަޙްމަދު ނަވާޒް
އިތުރު ބަޔަކާއެކު 19 ފެބުރުއަރީ 2012 ދުވަހުގެ 01:50 އެހައިކަންހައިއިރު، ގ.ވޭރު މާލެ ޢަބްދުލްމުޢީތު،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރިމައްޗަށްވާ ގޮތަށް އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑު
ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި އިންދައި މިމީހުން ސައިކަލުތަކެއްގައި ގޮސް ޢަބްދުލްމުޢީތުގެ ބޮލަށާއި
ގައިގެ އެތަން މިތަނަށް ތޫނު ހަތިޔާރުން ހަމަލަދީ ބޮޑެތި ޒަޚަމްތަކެއް ދީފައިވާތީއާއި، މިޙަމަލާގެ ސަބަބުން
.ބްދުލްމުޙީތަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، 19 ފެބުރުއަރީ 2012 ވަނަ ދުވަހުގެ
04:40 އެހައިކަންހައިއިރު، ޢަބްދުލްމުޢީތު ނިޔާވެފައިވާތީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ
ދަށުން ޢަލީ ޢަޠީފް އާއި އިތުރު ބައެއްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމު
ޅެމުގެ ކުށުގެ ދަޢުވާ ދައުލަތުގެ
ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މަރަދޫ/ ކުރުދުމާގެ ޢަލީ ޢަޠީފްގެ މައްޗަށް ދައުލަތުން
ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ހެކިންގެ ހެކިބަހުންނާއި ޝަރީޢަތަށް ހުށަހެޅުނު އެހެނިހެން
ހެކިތަކުންނާއި ޤާރީނާތަކުން ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޢަބްދުލްމުޢީތުގެ ވާރިޖުންގެ ގޮތުގައި ހިމެނޭ
ހުރިހާ ވާރިޘުންވެސް ބޭނުންވަނީ ޢަބްދުލްމުއީތު މަރާލި ޤާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށް
އެމީހުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތީން ޢަލީ ޢަޠީފަށް
ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށްވުމުން
މަށްވުމުން ޢަލީ ޢަޠޫފް މެރުމަށް...
... ކަން އެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
3 ޤަޟިއްޔާ ނިމުނު'
ދިމުނު ގޮތުގެ ޚުލާޞާ
2014/HC-A/195
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/16
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ
ޚިލާފުވާ ކަމަށް ބުނެ، ޢަލީ ޢަޠީފްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، 02 (ދޭއް) ނުކުތާ
ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
• ފުރަތަމަ ނުކުތާއަކީ: ޢަލީ ޢަޠީފްގެ މައްޗަށް ކުށް ސާބިތުކުރެއްވުމުގައި އަޞްލެއްކަމަ
ބައްލަވާފައިވަނީ ހެކިންގެ ހެކިބަހުގެ މައްޗަށްކަން އެނގެން އޮތްނަމަވެސް، މައްސަލަ ސާބިތުކުރުމުގައި
ހެކިންގެ ހެކިބަސް ވަޒަންކުރުމާއި، ހެކިންގެ ޢަދުލުވެރިކަމާއި، ހެކިބަހުގައި ހުރި ފުށުއެރުންތަކުގެ
މައްޗަށް އެންމެ ފުރިހަމައަށް ރިޢާޔަތް ކުރައްވާފައިވާކަމަށް ބެލެވެން ނެތް ކަމަށް ބުނެ ފާހަގަ ކުރި
ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ގ.ވޭރު ޢަބްދުލްމުޢީތުއަށް ޢަލީ ޢަޠޫފް ހަމަލާދިންކަން އެނގޭނެ އެއްވެސް އެއްޗެއް
ޤަރީނާއެއްގެ ގޮތުގައި ހުށަހަޅާފައި ނެތްއިރުވެސް ގ.ވޭރު ޢަބްދުލްމުޢީތުގެ މަރުގެ ހާދިސާ ޢަލީ ޢަޠީފް
ޤަރީނާއެއްގެ ގޮތުން ގުޅުވާ ގޮތުގައި އެހާ ސާފުކަން ނެތް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- މި މައްސަލައާ ގުޅިގެން ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/16 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
ކަމަށްބުނެ ޢަލީ ޢަޠީފްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާ
ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މއ.ދުއްލިސާ މާލެ މުޙައްމަދު މާހިން ޝާފީ އާއި، މަރަދޫ/ ކުރުދުމާގެ ޢަލީ ޢަޠޫފް އާއި،
މއ.މޯނިންގވިއު މާލެ އަޙްމަދު ނަވާޒް އިތުރު ބަޔަކާއެކު 19 ފެބުރުއަރީ 2012 ދުވަހުގެ 01:50
އެހައިކަންހައިއިރު، ގ.ވޭރު މާލެ ޢަބްދުލްމުޢީތު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ
ކުރިމައްޗަށްވާ ގޮތަށް އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑު ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި އިންދައި
<< O
ދިވެހިރާއް
އޮއީކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
4 ޤަޟިއްޔާ ނިމުނު'
مر
2014/HC-A/195
މިމީހުން ސައިކަލުތަކެއްގައި ގޮސް ޢަބްދުލްމުޢީތުގެ ބޮލަށާއި ގައިގެ އެތަން މިތަނަށް ތޫނު ހަތިޔާރުން ހަމަލަދީ
ބޮޑެތި ޒަޚަމްތަކެއް ދީފައިވާތީއާއި، މިޙަމަލާގެ ސަބަބުން ޢަބްދުލްމުޙީތަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ
ކުރަމުން ދަނިކޮށް، 2012 ފެބުރުއަރީ 19 ވަނަ ދުވަހުގެ 04:40 އެހައިކަންހައިއިރު، ޢަބްދުލްމުޢީތު
ނިޔާވެފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ޢަލީ ޢަޠޫފް އާއި އިތުރު ބައެއްގެ
މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ހެކިންގެ ހެކިބަހުންނާއި ޝަރީޢަތަށް
ހުށަހެޅުނު އެހެނިހެން ހެކިތަކުންނާއި ޤަރީނާތަކުން ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޢަބްދުލްމުޢީތުގެ
ވާރިޘުންގެ ގޮތުގައި ހިމެނޭ ހުރިހާ ވާރިޘުންވެސް ބޭނުންވަނީ ޢަބްދުލްމުޙީތު މަރާލި ޤާތިލުންގެ ކިބައިން މަރަށް
މަރު ހިފުމަށް ކަމަށް އެމީހުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތީން
ޢަލީ ޢަޠީފަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށްވުމުން ޢަލީ ޢަޠީފް މެރުމަށް ޖުވެނައިލް ކޯޓުގެ ނަންބަރު
2012/Jv
-
C/16 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
OX
(ހ) ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/16 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާއަށް ޢަލީ ޢަޠީފް
އިންކާރުކުރުމުން، ފޯލިއޯ ނަންބަރު 220 އާއި، ފޯލިއޯ ނަންބަރު 221 އާއި، ފޯލިއޯ ނަންބަރު 222 ގައިވާ
ހެކިން ޝަފަހީ ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާކަމާއި، އަދި އެ ހެކިންގެ ހެކިބަސް ސިއްރުން
ނަގައިދިނުމަށް ދައުލަތުން އެދިފައިވާތީ، ދައުލަތުގެ ފަރާތުން ސިއްރުކޮށް ދިނުމަށް އެދިފައިވާ ސަބަބުތަކުގެ
މައްޗަށް ރިޢާޔަތްކޮށް އެ ހެކިންގެ ހެކިބަސް ސިއްރުން ނަންގަވާފައިވާކަން އެނގެން އޮންނަކަމާއި؛
އިޝާރާތްކުރެވުނު ޝަފަހީ ހެކިންގެ އިތުރުން ދައުލަތުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހެކި ޤަރީނާގެ
ގޮތުގައި ޢަބްދުލްމުޢީތުގެ މެޑިކޯ ލީގަލް ރިކޯޑާއި، ޢަބްދުލްމުޢީތުގެ މަރުގެ ރިޕޯޓާއި، ސީން އޮފް ކްރައިމް
ރިޕޯޓާއި ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓާއި، ފޯންކޯލް ޑީޓެއިލް ހޯދުމަށް ކޯޓުން ހޯދާފައިވާ
އަމުރުތަކާއި، ޗައިން އޮފް ކަސްޓަޑީ ރިޕޯޓާއި، މައްސަލައާ ގުޅިގެން ސީސީޓީވީތަކުން ނެގިފައިވާ ވީޑިއޯ
ކްލިޕްތަކާއި، ތަޙްޤީޤުގައި ދައްކާފައިވާ ފޮޓޯތަކާއި، ވޮއިސް ރިކޮގްނިޝަން އެނަލިސިސް ރިޕޯޓް
ހުށަހަޅާފައިވާކަމާއި؛
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
Sޤަހކީ
ނިމުނު
2014/HC-A/195
މީގެ އިތުރުން ދައުލަތުން ހުށަހެޅި ހެކި ޤަރީނާގެ ޞައްޙަކަން ދެނެގަތުމަށްޓަކައި ތަޙްޤީޤުގައި
އިސްކޮށް ޙަރަކާތްތެރިވި ޕޮލިސް ސްޓާފް ސަރޖަންޓް އުސްވަތު އަޙްމަދާއި ޕޮލިސް ކޯޕްރަލް އިސްމާޢީލް
ވިރުދާންއާއި، ވީޑިއޯތައް އެނަލައިސް ކުރުމަށްފަހު ރިޕޯޓް ތައްޔާރުކުރި ފޮލިސް ސަރޖަންޓް މުޙައްމަދު
އަޝްރަފް އާއި މޯބައިލް ނަންބަރުތަކުގެ އިންޓަރސެޕްޓެޑް ކޯލްތަކުގެ ވޮއިސް ރެކޮގްނިޝަން އެނެލިސިސް،
ސައިބަރ ސެކިއުރިޓީ މެލޭޝިއާއިން ހެދުމަށްފަހު ތައްޔާރުކޮށްފައިވާ ކޭސް ރިޕޯޓާބެހޭ ގޮތުން އެކްސްޕާރޓް
އެވިޑެންސް ދިނުމަށްޓަކައި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަމީން ޢަބްދުލްޤައްޔޫމް ޝަރީޢަތަށް
ޙާޟިރުކޮށް ހެކިބަސް ނަގައި ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަން އެނގެން އޮވެއެވެ.
(ނ) ޢަލީ ޢަޠީފްގެ މައްޗަށް ކުށް ސާބިތުކުރެއްވުމުގައި އަޞްލެއްކަމަށް ބައްލަވާފައިވަނީ ހެކިންގެ
ހެކިބަހުގެ މައްޗަށްކަން އެނގެން އޮތްނަމަވެސް، މައްސަލަ ސާބިތުކުރުމުގައި ހެކިންގެ ހެކިބަސް ވަޒަންކުރުމާއި،
ހެކިންގެ ޢަދުލުވެރިކަމާއި، ހެކިބަހުގައި ހުރި ފުށުއެރުންތަކުގެ މައްޗަށް އެންމެ ފުރިހަމައަށް ރިޢާޔަތް
ކުރައްވާފައިވާކަމަށް ބެލެވެން ނެތްކަމަށް ބުނެ ޢަލީ ޢަޠީފުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
ނުކުތާއަށް ބެލުމުގެ ގޮތުން ޝަރީޢަތުން ނަޒަރުކުރާއިރު؛
ޢަލީ ޢަޠީފްގެ ފަރާތުން އެގޮތަށް ފާހަގަކޮށްފައިވާ ސަބަބަކީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް
ސާބިތުވާނީ ޢަދުލުވެރި ފިރިހެނުންގެ ހެކިބަހުންކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވާތީ އާއި،
އިސްލާމްދީނުގެ މައިގަނޑު ދެމަސްދަރުކަމުގައިވާ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތަށް ބެލުމުން
ހެކިންގެ ގޮތުގައި ބަލައިގަންނަ އިސްލާމީ ޝަރީޢަތުގައި ޞައްޙަވަނީ ކޮންކަހަލަ ބައެއްކަން ސާފުކޮށް އެނގެން
އޮތުމުންނާއި، ޢަލީ ޢަޠީފްގެ މައްޗަށް ހެކިބަސް ދީފައިވާ ފަރާތްތަކަކީ އެފަދަ ފަރާތްތަކެއްތޯ ބެލިފައިވާކަން
ނުވަތަ ނޫންކަން ސާފުކޮށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން ފެންނަން ނެތުމުން
ފާހަގަކޮށްފައިވާކަމާއި
ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/16 ޤަޟިއްޔާގައި ދައުލަތުން ޢަލީ ޢަޠީފްގެ މައްޗަށް ކުޅަ
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ޝަފަހީ ހެކިންގެ ގޮތުގައި ދައުލަތުން
ހުށަހަޅާފައިވާ ހެކިން ކުރެ ފޯލިއޯ ނަންބަރު 220 ގެ ހެކިބަހަށް ބަލާއިރު މި ޙާދިސާ ހިނގިއިރު އޭނާ ހުރީ
ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
،
6 ޤަޟިއްޔާ ނިމުނު'
2014/HC-A/195
އެހިސާބުގައި ކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައި ތިބި މުއްތަހަމުންނަކީވެސް ޢަބްދުލްމުޢީތު މަރާލުމުގައި
ބައިވެރިވި ކުދިންކަމަށާއި، ތޫނު ހަތިޔާރަކުން ހަމަލާދިން ތަންވެސް ދުށްކަމަށާއި، ޢަލީ ޢަޠީފްވެސް އެކަމުގައި
އުޅުނުކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަމާއި;
އަދި ފޯލިއޯ
ނަންބަރު 221 ގެ ހެކިބަހުގައި ޢަލީ ޢަޠީފް އެތަނުން ފާހަގަކުރެވިފައި ނުވާކަމަށް
ބުނެފައިވާކަމާއި؛
އަދި ފޯލިއޯ ނަންބަރު 222 ގެ ހެކިބަހަށް ބަލާއިރު، މިހާދިސާ ހިނގިރޭ ޢަބްދުލްމުޙީތަށް ހަމަލާ ދިން
މީހުންގެ ތެރޭގައި ޢަލީ ޢަޠީފް (ކޮއިނޭ) ހިމެނޭ ކަމަށާއި، އަދި އޭރު ޢަލީ ޢަޠީފްގެ އަތުގައި ވަޅިއެއް
އޮތްކަމަށާއި އެވަޅިން ޢަލީ ޢަޠޫފް ޢަބްދުލްމުޙީތަށް ހަމަ ދެނިކޮށްވެސް ފެނުނުކަމަށް ބުނެ ހެކިބަސް
ދީފައިވާކަމާއިޑް
އިސްވެ ބަޔާންކުރެވުނު ހެކިވެރިންގެ ތެރެއިން ފޯލިއޯ ނަންބަރު 221 ގެ ހެކިބަހުގައި ޢަލީ ޢަޠީފު
އެތަނުން ފާހަގަކުރެވިފައި ނުވާކަމަށް ބުނެފައިވީނަމަވެސް، އަނެއް ދެހެކިވެރިންކަމުގައިވާ ފޯލިއޯ ނަންބަރު 220
އާއި ފޯލިއޯ ނަންބަރު 222 ގެ ހެކިބަހުގައި، ހާދިސާ ހިނގިރޭ ޢަބްދުލްމުޙީތަށް ހަމަލާ ދިން މީހުންގެ ތެރޭގައި
ޢަލީ ޢަޠީފް (ކޮއިނޭ) ހިމެނޭ ކަމަށާއި، އަދި އޭރު ޢަލީ ޢަޠީފްގެ އަތުގައި ވަޅިއެއް އޮތްކަމަށާއި އެވަޅިން ޢަލީ
ޢަޠިފް ޢަބްދުލްމުޙީތަށް ހަމަލާ ދެނިކޮށްވެސް ފެނުނުކަމަށް ބުނެ ހެކިބަސް ދީފައިވާކަމާއި، އެހެންކަމުން، ފޯލިއޯ
ނަންބަރު 220 އާއި ފޯލިއޯ ނަންބަރު 222 ގެ ހެކިބަހުގައި ފުށު އެރުންތަކެއް ހުރިކަމަށް ޝަރީޢަތުން
ނުދެކޭކަމާއިގެ
އިސްލާމީ ފިޤުހުގައި، ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ޙައްދާއި ޤިޞާޞްގެ މައްސަލަތަކުގެ
ތެރެއިން ޒިނޭގެ ޙައްދު ފިޔަވައި އެހެނިހެން ކުށްތައް، ޢަދުލުވެރި 02 (ދޭއް) ފިރިހެނުންގެ ހެކިބަހުން
ޘާބިތުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ޢަދުލުވެރިއެއްކަމުގައި ވުމަކީ އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގައި
ހުރުން ލާޒިމްވެގެންވާ އަސާސީ އެއް ޝަރުތުކަން އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުން ސާފުކޮށް
އެނގެންއޮންނައިރު، ހެކިވެރިއެއްގެ ކިބައިގައި ޢަދުލުވެރިކަމުގެ ސިފަހުރިކަމުގައި ބެލޭނީ އެމީހަކީ ބޮޑެތި
ފާފަތަކަށް އަރައިނުގަންނަ އަދި ކުދި ފާފަ ކުރުމުގައި ދެމި ނުހުންނަ މީހެއްކަމުގައިވާނަމަކަމާއި، ބޮޑެތި
ފާފަތަކަށް އަރައިގަންނަ އަދި ކުދި ފާފަކުރުމުގައި ދެމިހުންނަ ފާސިޤުއްގެ ހެކިބަސް އިސްލާމީ ޤަޟާއީ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
7 ޤަޟިއްޔާ ނިމުނު'
2014/HC-A/195
222224
ނިޒާމުގައި ޤަބޫލުނުކުރެވޭނެކަމާއި، އިސްލާމީ ޝަރީޢަތުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ޤަޞްދުގައި މީހުން
މެރުމާއި، ވައްކަންކުރުމާއި، ޒިނޭކުރުމާއި، "ޤަޛުފް" ކުރުމާއި، ބަނގުރާ ބުއިމާއި، ދޮގު ހެކި ދިނުން ފަދަ
ބޮޑެތި ޖަރީމާތައް ޝާމިލުވެގެންވާކަމާއި
މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އިސްވެ
ހެކިވެރިންނަކީ، ބުއްދި ސަލާމަތުންހުރި ބާލިޣްވެފައިވާ ފިރިހެނުންކަމާއި، އެ ހެކިވެރިންގެ ޢަދުލުވެރިކަން
ގެއްލޭފަދަ ކުށެއް އެ ފަރާތްތަކުގެ މައްޗަށް ސާބިތުވެފައިވާކަން އެނގެން ނެތުމުގެ އިތުރުން، ހެކިބަސްދިން
ހެކިވެރިންގެ ޢަދުލުވެރިކަމާމެދު ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފުކުރާ ޢަލީ ޢަޢޫފުގެ ފަރާތުން
ސުވާލު އުފައްދައި އެކަމާމެދު ވާހަކަ ދައްކާފައިނުވާކަން އެނގެން އޮވެއެވެ.
އެއްޗެއް
ވޭރު ޢަބްދުލްމުޢީތުއަށް ޢަލީ ޢަޠޫފް ހަމަލާދިންކަން އެނގޭނެ އެއްވެސް
ޤާރީނާއެއްގެ ގޮތުގައި ހުށަހަޅާފައި ނެތްއިރުވެސް ގ.ވޭރު! ޢަބްދުލްމުޢީތުގެ މަރުގެ ހާދިސާ ޢަލީ ޢަޠީފް
ޤަރީނާއެއްގެ ގޮތުން ގުޅުވާގޮތުގައި އެހާ ސާފުކޮށް ނެތް ކަމަށް ބުނެ ޢަލީ ޢަޠީފުގެ
ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށް ބެލުމުގެ ގޮތުން ޝަރީޢަތުން ނަޒަރުކުރާއިރުގެ
ޢަލީ ޢަޠީފްގެ ފަރާތުން އެގޮތަށް ފާހަގަކޮށްފައިވާ މައިގަނޑު ސަބަބަކީ، ތ. ވޭރު ޢަބްދުލްމުޢީތުގެ
ޑީ.އެން.އޭ އާއި ޢަލީ ޢަބޫޕުގެ ޑީ.އެން.އޭ ދިމާވެފައިނުވާތީކަން ފާހަގަކޮށްފައިވާއިރު؟
ޢަބްދުލްމުޢީތުގެ ޑީ.އެން.އޭ އާއި ޢަލީ ޢަޠީފްގެ ޑީ.އެން.އޭ ދިމާވެފައިނުވާ ސަބަބަކީ، އެއީ ފުލުހުން
ކްރައިމް ސީނަށް ދިޔުމުގެ ކުރިން، ޢަބްދުލްމުޢީތުގެ ބުރަކަށްޓަށް އަރާފައި ހުރި ވަޅި ޢަބްދުލްމުޢީތުގެ
އައިސް ނައްޓާލައި ބިންމައްޗަށް ވައްޓާލައިފައިވާތީ، ޢަބްދުލްމުޢީތުގެ ޑީ.އެން.އޭ އާއި ޢަލީ ޢަޠީފުގެ ޑީ.އެން.އޭ
ދިމާވެފައިނުވާކަމަށް ޑީ.އެން.އޭ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމާއި އަދި އެކަން އެގޮތަށް މެދުވެރި ވެދާނެކަމަށް
ކަމާގުޅޭ އެކްސްޕާޓުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާކަމާއި;
އިސްވެ ބަޔާންކުރެވިދިޔަ ފަދައިން، އިސްލާމީ ޝަރީޢަތުގައި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް
(ޤަތުލް ޢަމްދު)، ޢަދުލުވެރި 2 (ދޭއް) ފިރިހެނުންގެ ހެކިބަހުން ސާބިތުވާނެކަން އެނގެންއޮތްއިރު، ޖުވެނައިލް
ކޯޓުގެ ނަންބަރު 2012/Jv
-
C/16 ޤަޟިއްޔާގައި ދައުލަތުން ޢަލީ ޢަޠީފުގެ މައްޗަށްކުޅަ ޤަޞްދުގައި މީހަކު
oxo
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
،
8 ޤު ޟީއްޔާ ނިމުނު
و مرگ
2014/HC-A/195
މަރާލުމުގެ ކުށުގެ ދަޢުވާ ޢަލީ ޢަޠީފުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ދައުލަތުން މައްސަލަ
ސާބިތުކުރަން ހުށަހެޅި ހެކިވެރިންގެ ތެރެއިން 2 (ދޭއް) ހެކިވެރިއެއްގެ ހެކި ބަހުން ސާފުކޮށް އެނގެން
އޮތުމުގެ އިތުރުން، އެ ހެކިވެރިންގެ ހެކިބަހަށް ބާރުލިބިދޭ އިތުރު ޤަރީނާތަކެއް ހުރުމުންކަން އެނގެން
އޮންނަކަމާއި،
އެގޮތުން، ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖްތަކުގެ ތެރެއިން، އޭ.ޑީ.ކޭ ހޮސްޕިޓަލްގެ އެންޓްރެންސް
ޕޯޓިކޯ ސަރވިސް ކައުންޓަރުގެ ސީސީޓީވީ ފުޓޭޖުން ނެގިފައިވާ ކްލިޕްތަކުން، ޙާދިސާ ހިނގި ގަޑީގެ ފަހުގެ
ވަގުތެއްގައި މިމައްސަލައިގައި ހިމެނޭ ޙާދިސާގައި ބައިވެރިވިކަމަށް ބެލެވޭ އެހެން މީހުންނާއެކު އޭ.ޑީ.ކޭ
ހޮސްޕިޓަލު ތެރޭގައި ޢަލީ ޢަޠީފު ޙަރަކާތްތެރިވާ މަންޒަރު ފެނިފައިވުމާއި
ޢަލީ ޢަޠީފުއާއި ޙާދިސާގައި ބައިވެރިވިކަމަށް ބެލެވޭ އެހެން މީހުން ބޭނުންކުރި މޯބައިލް ނަންބަރުތަކުގެ
އިންޓަރސެޕްޓަޑް ކޯލްތަކުގެ ވޮއިސް ރެކޮގްނިޝަން އެނެލިސިސް، ސައިބަރ ސެކިއުރިޓީ ހެދުމަށްފަހު،
ތައްޔާރު ކުރެވިފައިވާ ކޭސް ރިޕޯޓުގެ 05 ވަނަ ޕޮއިންޓުގައި އަޑު ދިމާވެފައިވާ މީހުންގެ ތެރޭގައި ޢަލީ ޢަފު
ހިމެނޭކަމާއި؛
އެ ކޯލްތަކުގައި ދައްކާފައިވާ ވާހަކަތަކުން އެވާހަކަތަކަކީ، ޢަބްދުލްމުޙީތު މަރާލުމުގެ ޢަމަލު ނުވަތަ އެ
ހާދިސާގައި ބައިވެރިނުވާ މީހަކަށް އެނގޭނެ މަޢުލޫމާތު ތަކެއް ނޫންކަން އެނގެންއޮތުމާއި؛
ޝަރީޢަތަށް ހުށަހެޅުނު ކްރައިމް ސީން ރިޕޯޓަކާއި ފޮޓޯތަކަށް ބެލުމުން، އެ ހާދިސާ (މާރާމާރީ) ހިންގި
ގޯޅިގަނޑުތެރޭގައި ލޭހުރި ވަޅިއެއް އޮތުމާއި:
އެހާދިސާގައި ޢަބްދުލްމުޢީތުގެ ހަށިގަނޑުގެ އެކިތަންތަނަށް ތޫނު އެއްޗަކުން ޙަމަލާދިފައިވާކަން
ފޮޓޯތަކުން އެނގެން ހުރުމާއި؛
ޢަބްދުލްމުޢީތުގެ މެޑިކޯ ލީގަލް ރިޕޯޓުން ޢަބްދުލްމުޢީޢު ނިޔާވެފައިވަނީ ތޫނު އެއްޗަކުން ޙަމަލާ
ދީގެންކަމާއި، މޭގެ ކަނާއަތް ފަރާތަށް ވަރަށް ބޮޑަށް ލެއާއި ވައި ޖަމާވެފައިވާކަމާއި، އެކަމުގެ ސަބަބުން ހިތް
މަސައްކަތްކުރުމަށާއި ނޭވާލުމަށް އުނދަގޫ ވެފައިވުމުންނާއި، ޢަބްދުލްމުޢީތުގެ ހިތާއި ނޭވާލުން ހުއްޓި،
ހަށިގަނޑުން ބައިވަރު ލޭ ފޭބުމުގެ ސަބަބުން ޝޮކެއްޖެހި، ތޫނު އެއްޗަކުން ޙަމަލާދީ ގިނަ އަނިޔާތަކެއްވެ، މޭގެ
ހހހހ
2x ހއ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
9 ޤަޟިއްޔާ ނިމުނު'
2014/HC-A/195
ކަނާތްފަރާތުގައި ވަރަށް ބައިވަރު ލެއާއި ވައި ޖަމާވުމުން (ހީމޯ ނިއުމޯނޮރެކްސް) ގެ ސަބަބުން ޢަބްދުލްމުޙީތު
މަރުވެފައިވާކަމަށް ޢަބްދުލްމުޢީތުގެ ކޭސް ރިޕޯޓުން އެނގެންއޮވެއެވެ.
(އ) އިސް އިޝާރާތްކުރެވުނު އެންމެހައި ހެކި ޤަރީނާތަކާއި އެހެކިތަކުން ޙާސިލުވާ ނަތީޖާއަށް
ބެލުމުން، ޢަބްދުލްމުޢީތުގެ ގައިގައި ޢަލީ ޢަޠީފުއާއި އިތުރު ބަޔަކުބައިވެރިވެ ތަޅައި ވަޅިން ހަމަލާ ދިނުމުގެ
ސަބަބުން، ޢަބްދުލްމުޢީތުގެ މޭގެ ކަނާއަތް ފަރާތަށް ވަރަށް ބޮޑަށް ލެޔާއި ވައި ޖަމާވެފައިވާކަމާއި، އެކަމުގެ
ސަބަބުން ހިތް މަސައްކަތްކުރުމަށާއި ނޭވާލުމަށް އުނދަގޫ ވެފައިވުމުންނާއި، އަދި ޢަބްދުލްމުޢީތުގެ ހިތާއި
ނޭވާލުން ހުއްޓި، ހަށިގަނޑުން ބައިވަރު ލޭ ފޭބުމުގެ ސަބަބުން ޝޮކެއްޖެހި، ތޫނު އެއްޗަކުން ޙަމަލާދީ ގިނަ
އަނިޔާތަކެއްވެ، މޭގެ ކަނާތްފަރާތުގައި ވަރަށް ބައިވަރު ލެޔާއި ވައި ޖަމާވުމުގެ ސަބަބުން ޢަބްދުލްމުޙީތު
މަރުވެފައިވާކަން، ޝަރީޢަތަށް ސާބިތުވުމަށް ފުދޭ ހެކި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަން
އެނގޭކަމާއި،
ޢަލީ ޢަޠީފްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި ދަޢުވާއަކީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ
ދަޢުވާކަމަށްވާއިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) އަށް
ރިޢާޔަތްކުރުމުން، މަރުގެ ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށަށް ކަނޑައެޅިފައިވާ
އަދަބުކަން އެނގޭކަމާއި،
އިސްލާމީ ޝަރީޢަތްކަމަށް ޤާނޫނުއަސާސީގައި ބުނެފައިވަނީ، ކީރިތި ޤުރުއާނާއި، ރަސޫލާގެ
ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއައްވާލުގެ ޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ
އަހްލުއްސުއްނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށްކަން ޤާނޫނުއަސާސީގެ 274 ވަނަ
މާއްދާގެ (ހ) އިން އެނގޭކަމާއި؛
ޝަރުޢީ އިޞްޠިލާޙުގައި ޖޮ:ل هلا ނުވަތަ ގަސްތު މަރަކީ، ޢާންމު
އާންމުކޮށް މީހަކު މަރުވެދާފަދަ ހަތިޔާރަކުން
ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކުން މީހެއްގެ ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް ޙަމަލާ
6
(;
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
10
ޤަޟިއްޔާ ނިމުނު'
و مرگ
2014/HC-A/195
ދިނުމުގެ ސަބަބުން ނުވަތަ ކުޑަ ކައްޓެއްފަދަ ވަސީލަތެއް ބޭނުން ކޮށްގެން މީހެއްގެ މަރުވަޅަކަށް ޙަމަލާ
ދިނުމުގެ ސަބަބުން އެމީހާ މަރުވުން! ކަމާއި؛
3هل ه& (ގަސްތު މަރު) ގައި 03 ރުކުނެއް ފުރިހަމަވުން އިސްލާމީ ޝަރީޢަތް ލާޒިމްކުރާކަމާއި،
(1) މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ މިލޭ ހުއްދަކުރެވިފައިވާ ނުވާ)
މީހެއްކަމުގައިވުމާއި،
(2) އެމީހާ މަރުވީ ޤާތިލް ކުރި ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުމާއިޑް
(3) ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަޢަމަލެއްކަމުގައިވާ
ކަމުގައިވުމާއި، މިތިން ރުކުން2
ކަމާއި؛
2 2x2
އއ 3ނން
24 0
ބަލާއިރު، ޢަލީ ޢަޠީފުގެ ޙަމަލާގެ ސަބަބުން މަރުވި ޢަބްދުލްމުޙީތަކީ ޢަލީ ޢަޠީފު އޭނާއަށް
ޙަމަލާ ދިނުމާ ހަމައަށް ދިރި ދުނިޔޭގައި ހުރި އިންސާނެއްކަމާމެދަކު އެއްވެސް ޝައްކެތް ނެތްކަމާއި، އަދި
ޢަބްދުލްމުޙީތަކީ އެހާތަނަށް ލޭގެ ޙުރުމަތް ކެނޑިފައިވާ މީހަކަށްނުވާތީ، zل هلا (ގަސްތު މަރު) ގައި ފުރިހަމަ
ވާންޖެހޭ ފުރަތަމަ ރުކުން ފުރިހަމަވެފައިވާކަމާއި
އަދި ޢަބްދުލްމުޙީތު މަރުވެފައިވަނީ ތޫނު އެއްޗަކުން ޙަމަލާދީ ގިނަ އަނިޔާތަކެއްވެ، ލޭގެ
ކަނާތްފަރާތުގައި ވަރަށް ބައިވަރު ލެއާއި ވައި ޖަމާވުމުގެ (ހީމޯ ނިއުމޯތޮރެކްސް) ސަބަބުން ހިތް
މަސައްކަތްކުރުމަށާއި ނޭވާލުމަށް އުނދަގޫވެ، ހިތާއި ނޭވާލުން ހުއްޓުމުގެ ސަބަބުންކަން އެނގެން އޮންނާތީ،
ޢަބްދުލްމުޙީޠު މަރުވެފައިވަނީ ޢަލީ ޢަޠީފު ޢަބްދުލްމުޙީތަށް ތޫނުއެއް)
ތޫނުއެއްޗަކުން ޙަމަލާ ދިނުމުގެ ނަތީޖާއެއްގެ
ގޮތުންކަމާމެދަކު ޝައްކެތް ނެތްކަމާއި، އެހެންކަމުން ޖޫا هلا (ގަސްތު މަރު) ގައި ފުރިހަމަވާންޖެހޭ ދެވަނަ
ރުކުންވެސް ފުރިހަމަވެފައިވާކަމާއި
1 |لލޮޖް2 | للهل هللله، ل&íهلللا للjهل (221/6)
2 |لލޮهل |g ޙާދهވالللل • لللههلللا ۈهل (224/6). لللللهللهلاللا هلهل هلا لاقلهلالهلللل. لللل هلاقللا ~هلا ޤާ (12/2)
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
11 ޤަޟިއްޔާ ނިމުނު
2014/HC-A/195
2 2x2
އެޤަޗުން
ca هلا (ގަސްތު މަރު) ގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން ކަމުގައިވާ، ޤާތިލް ކުޅަ ޢަމަލަކީ
އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ ޢަމަލެއްކަން ދެނެގަތުމަށް އިސްލާމީ ޝަރީޢަތުގައި އަދި ޖިނާއީ
ޤާނޫނުތަކުގައިވެސް ކަނޑައެޅިފައިވާގޮތަކީ އެމީހާ މަރާލުމަށް ބޭނުންކުރި ވަސީލަތާއި އެޢަމަލު ހިންގުމަށް ރޭވި
ރޭވުމާއި، ޙަމަލާ އަމާޒުކޮށްފައިވާ ތަނާއި، ޙަމަލާދީފައިވާ ގޮތަށް ބެލުން ކަމާއި؛
ބަލާއިރު، ޢަލީ ޢަޠީފު މުޅި ދަޢުވާއަށް އިންކާރުކޮށް، އެހާދިސާއާ ގުޅުމެއް އޮތްކަމާމެދު ވެސް
އިންކާރުކޮށްފައިވުމާއެކު، ޢަލީ ޢަޠީފުގެ ނިޔަތާ ބެހޭގޮތުން ޢަލީ ޢަޠީފުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި
އެއްވެސް ވާހަކައެއް ދައްކާފައިވާކަން އެނގެން ނެތްކަމާއި، ގަސްތު ނުވަތަ ނިޔަތަކީ ފޮރުވިފައިވާ
އެއްޗަކަށްވެފައި، ނިޔަތް ދެނެގަނެވޭނީ ބޭރުފުށުން ފެންނަ ކަންތައްތަކުން ކަމަށްވާއިރު، ޢަބްދުލްމުޙީތަށް ޢަލީ
ޢަޠީފު ޙަމަލާ ދިނީ ރުޅިވެރިކަމެއް އޮވެގެން، ޙަމަލާދިނުމަށް ރާވައިގެންކަމާއި، ޢަބްދުލްމުޙީތަށް ޢަލީ ޢަޠީފު
ޙަމަލާ ދިނީ މީހަކު މަރާލެވިދާފަދަ ތޫނު ހަތިޔާރަކުން ކަމާއި، އެހަތިޔާރަކީ ކުށްކުރި މީހާގެ ނިޔަތުގެ ބޭރުފުށުގެ
ސިފަކަމަށް ވުމާއެކު،4 އެޙާލަތުގައި އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، މަރާލުމުގެ ގަސްތު އޮތްކަމަށް
ބަލަން ޖެހޭތީ، ގަސްތު މަރުގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން ފުރިހަމަ ވެފައިވާކަން އެނގެއެވެ.
(ވ) އިސްލާމީ ޝަރީޢަތުގެ ޢުޤޫބާތުގެ ފަލްސަފާއަށް ބަލާއިރު، އިސްލާމީ ޝަރީޢަތުގައި
ކަނޑައެޅިފައިވާ ޢުޤޫބާތްތަކަކީ، އިންސާނުންގެ ތަބީޢަތާ އެއްގޮތްވާގޮތުގެ މަތީން، އެތަބީޢަތް އެންމެ
ފުރިހަމައަށް ދެނިވޮޑިގެންވާ މާތް ރަސްކަލާނގެ ކަނޑައެޅުއްވި އެއްޗެއްކަމާއި، އިސްލާމީ ޝަރީޢަތުގައި
ބައެއްކަހަލަ ކުށްތަކަށް ބޮޑެތި އަދަބު ކަނޑައެޅުއްވުމުގެ ޙިކުމަތަކީ، އެކުށުގެ ނުރައްކާތެރިކަން ބޮޑުކަމުން،
މުޖުތަމަޢުގެ އަޚުލާޤު ފުނޑުފުޑުވެ ފަސާދައާއި ހަމަނުޖެހުން ފެތުރުން ހުއްޓުވުންކަން އެނގޭކަމާއި؛
3 |& |[ هلاތ هلللهލޮފީ هلللا للލޮهل (2596). (تهللޖ |لهنل |{ هللތ هلا لاهللهلللهللل. لللޒهل هلا |íللا هلا 5 (2{79)
للهللهللهلاه| هلللގ، ޓޫ: 2 ، هلل: 80
4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
12 ޤަޟިއްޔާ ނިމުނު'
ގޮތުގެ ޚުލާޞާ
2014/HC-A/195
އެގޮތުން، މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މެރުމާއި، ތޫނު ހަތިޔާރުން
މީހުންނަށް ބިރުދައްކާ ޙަމަލަދިނުން ފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތަކަކީ އިސްލާމީ ޝަރީޢަތުގައި ޖިނާޔަތުގެ
އެންމެ މަތީ ދަރަޖައިގެ ކުށްތައްކަމާއި، ގަސްތުގައި މީހުން މެރުމަކީ މީސްތަކުންގެ މެދުގައި ޢަދާވަތްތެރިކަމާއި
ރުޅިވެރިކަމާއި ލޭއޮހޮރުވުން ފެތުރި، މުޖުތަމަޢުގައި ބިރުވެރިކަން ފެތުރިގެން ހިނގައިދާނެކަމެއްކަމާއި؛
އެންމެ މީހަކު މެރުމަކީވެސް އެންމެހައި މީސްތަކުން މަރާލުމާ އެއްފަދަކަމެއްކަމަށާއި، އަދި އެނަފްސެއް
ނުމަރާ ދޫކޮށްލުމަކީ ނުވަތަ ބެހެއްޓުމަކީ އެންމެހައި މީސްތަކުން ދިރުވުމާ އެއްފަދަ ކަމެއްކަމަށް ކީރިތި
ޤުރުއާނުގައި ބަޔާންކުރައްވާ، މާތް ﷲ ވަޙީކުރައްވާފައިވަނީ ﷲ ނަ، ޤަޟީ ޝޫا އަޤީ ޘާޤާޤީ ޤަﷲ
í á ފަދަ ޤަލާ_& ޤަ_ޖާ ، ޝަވަ] 4
5 މާނައަކީ: ”ނަފްސެއް
މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި މީހަކު، އެންމެހާ
މީސްތަކުން މެރިފަދައެވެ. އަދި އެ ނަފްސެއް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ)
އެންމެހާ މީސްތަކުން ދިރުވިފަދައެވެ. މިފަދައިންކަމާއިގެ
ކޮންމެ މީހަކަށްމެ ދިރިހުރުމުގެ ޙައްޤާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރި ކުރުމުގެ ޙައްޤު
ލިބިގެންވާކަމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
އަނެކުންގެ ޙައްޤުތަކާއި މިނިވަންކަމަށް ހަމަ ކޮންމެ މީހަކުވެސް ރައްކާތެރިވެ އެޙައްޤުތަކާއި މިނިވަންކަމަށް
އިޙްތިރާމްކުރަން ޖެހޭނެކަމަށް ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ތޫނު ހަތިޔާރުން މީހުންނަށް ޙަމަލާ ދިނުމަކީ އިސްލާމީ ޝަރީޢަތުގައި މަނާ ކުރައްވާފައިވާ ކަމެއްކަން
ބަޔާންކުރައްވާ މާތް ނަބިއްޔާގެ އަރިހުން للا ل هل ޘު ރިވާކުރެއްވި ކަމަށް ބުޚާރީގައި ވާރިދު ވެގެންވާ
ޙަދީސެއްގައިވަނީ (ދ ލަهل ههلا للا ޓާ ޤަޤު لا) 6 މާނައަކީ "އަހަރުމެންގެ މައްޗަށް ހަތިޔާރު އުފުލައިފި
މީހަކީ އަހަރުމެންގެ ތެރެއިންވާ މީހެއް ނޫނެވެ.“ މިފަދައިން ކަމާއި، މިޙަދީސްގައި ހަތިޔާރު އުފުލުން ކަމަށް
5 ههޖާ للللللا 32
6للهللهللللل، للهل يc للللاهلل للاފގ هللهلهلا 6874، للال:لللللا للاهللا، لޖާا3، z:4هل:267
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
13 ޤަޟިއްޔާ ނިމުނު'
މުނު ގޮތުގެ ޚުލާޞާ
2014/HC-A/195
ބަޔާންކުރައްވާފައި އެވަނީ މުސްލިމުންނަށް ޙަމަލާދިނުމަށާއި ބިރުދެއްކުމަށް ހަތިޔާރު އުފުލުން ކަމަށާއި، ޙިމާޔަތް
ދިނުމުގެ ގޮތުން ހަތިޔާރު އުފުލުން ނޫންކަމަށް ފަތްޙުލްބާރީ (ޞަޙީޙުލް ބުޚާރީގެ ޝަރަޙަ) ގައި
ބަޔާންވެގެންވާކަމާއި؛
،7
އިސްލާމީ ޝަރީޢަތުގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ މަރުގެ އަދަބުކަމާއި އަދި
އާޚިރަތުގައި ވެސް އޭނާއަށް ބޮޑު ވެގެންވާ ޢަޛާބު ދެއްވާނެ ކަމަށް މާތްﷲ އަންގަވައި، އާޚިރަތުގައި އެމީހަކަށް
ހުރި ޢަޛާބު ބަޔާން ކުރައްވައި މާތްﷲ ވަޙީކުރައްވާފައިވަނީ ފަލަ ޤަهللا ސޯދިއޯރޕޯޤަލަފުޤު ޤަޤަކެވެ
ޝަللل ފަޤައިޞަ ޤާ2 ގަޑި ފަޝަޑު ފަޘާސަﷲ ޤަޑު ބަޤޤާ ކަމެلا 84 މާނައަކީ ”އަދި، ގަސްތުގައި މުއުމިނަކު
މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި،
އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.“
މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މަރައިފި މީހެއްގެ މައްޗަށް ދުނިޔެމަތީގައި
ކަނޑައެޅިފައިވާ ޢުޤޫބާތަކީ ކޮބައިކަން ބަޔާންކުރައްވަމުން ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވަނީ:
ياما اين اموايب عليكم القصاش في ألقى الخير والعبد بالعبي والأنقى بالألق من عينى که من أخيه تي فاي
އެ
ޤާދޫދީ، ފަfޑް ޕޮއި هللا ޤަﷲ އައި ދީ، ނުޤްޤާ ޤަޤަގ މަޤްޤީ للا ޤަ→ }9 މާނައަކީ: "އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް
ފަރުޟުކުރައްވައިފިއެވެ. މިނިވަކަށް މިނިވަނެކެވެ. އަޅަކަށް އަޅަކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ،
އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ
ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި އިޙްސާންތެރިކަމާއެކު މާފުކުރި
ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން
xx.
7 فتح الباري شرح صحيح البخاري، لابن حجر العسقلاني، الناشر: دار المعرفة، بیروت، ج 12، ص: 197
8 هل→ ދީޖާ |للاވ 93
9 هلهފهللهޤާ ގެ 178 ވަނަ އާޔަތް
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
ހހހނ246
14 ޤަޟިއްޔާ ނިމުނު'
و مرگ
2014/HC-A/195
(ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ
(ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." މިފަދައިންކަމާއިޑް
އަދި ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ ޤަޘު ތ ބޮޑޫ
10
ޤަޤުޤީ &ނ ل& ޚަޝަޛު104 މާނައަކީ: ”އަދި ޤިޞާޞްހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު)
: 047
4 2 22
2 ދތ ވ މ 24 $$
ޤާރ829ގއެވެ.
މިފަދައިންކަމާއި؛
އަދި އަނިޔާވެރިގޮތުގައި މަރާލެވިފައިވާ މީހާގެ ވާރުތަވެރިންނަށް ބާރުވެރިކަމެއް ދެއްވާފައިވާކަން
ބަޔާންކުރައްވާ ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވަނީ، { ޕަ ޘާސަ ޘަ - !ފާ 51ބާވަތަކީ
2 2 203
ޤާޤީ އަޣްޡަޛު ޤަޓާ ނަ للهގ ل6 ﷲ ޘަلل ޤަޤަލޤީ 114 މާނައަކީ: ”އަދި ތިޔަބައިމީހުން
މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި
މަރާލެވޭ މީހާގެ ވަލީވެރިޔާއަށް، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ބާރުވެރިކަމެއް ދެއްވީމެވެ. ފަހެ،
ޤަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާ ހުށިކަމެވެ. ހަމަކަށަވަރުން އެ ވަލީވެރިޔަކީ، ނަޞްރު ލިބިގެންވާ
މީހެއް ކަމުގައިވިއެވެ.] މިފަދައިންކަމާއި
މި އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބާރުވެރިކަމަކީ، ޤާތިލުގެ ކިބައިން ޤިޞާޞްހިފުމާއި، ނުވަތަ
ޤާތިލުގެ ކިބައިން ދިޔަ އަތުލުމަށް ފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާތިލަށް ޢަފޫކުރުމުގެ ބާރު މަރާލެވުނު
މީހާގެ ވާރުތަވެރިންނަށް ލިބިދިފައިވުންކަމާއި؛
10 هههلللهފީޤާ ގެ 179 ވަނަ އާޔަތް
11 ފ3 1[ ه|$ ގެ 33 ވަނަ އާޔަތް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
15 ޤު ސިއްޔާ ނިމުނު
کر مرگ
2014/HC-A/195
22 ކ އ ވ2 23
24
އަހަކމެށެވެ2
9e
18
ޤާ..
ބުނެވިދިޔަ ގޮތްތަކުގެ ތެރެއިން ވާރިޘުން އެދޭގޮތަކަށް މަރާލި މީހާއާމެދު
ޢަމަލުކުރަންޖެހޭނެތީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/16 ޤަޟިއްޔާގައި ޢަބްދުލްމުޢީތުގެ
ވާރިޘުންނަކީ ކޮބައިކަން ދެ ހެކިންގެ ހެކިބަހުން ސާބިތު ކުރެވިފައިވާ ކަމާއި
އެގޮތުން ޢަބްދުލްމުޙީޠު މަރާލިއިރު ވާރުތަވެރިންނަށް .. ވޭރު(މާލެ ބަސްމާ މުޙައްމަދު އާއި،
ވޭރު މާލެ ޢަބްދުލްބާ ޞިތު އާއި، ދަރަވަންދޫ! ފީރޯޒުގެ އަޝްރަފު ޙުސައިންއާއި، ވޭރު| މާލެ
މުޙައްމަދު ފާއިޒު އާއި، ދަރަވަންދޫ ފީރޯޒްގެ ޢިނާޔާ އަޙްމަދުއާއި، ވ. ރިއޯ މާލެ ޢަބްދުﷲ ޢާޞިމް
އއ. ތޮއްޑޫގެ ސޯސަންހިޔާ އަސްރާރު ޙުސައިން އާއި، ވޭރު މާލެ އިބްރާހީމް ނާޘިމް އާއި،
ގ.ވޭރު| މާލެ ޙަސަން ސިނާން އާއި، ވޭރު މާލެ ޢާއިޝަތު ޝާނީން އާއި، ވޭރު މާލެ ޝަމްވީލާ
ފާއިޒު އާއި، ގ. ވޭރު/ މާލެ ޙުސައިން ފަޟީލް އާއި، ހޯރަފުށި އާވެލި އަޙްމަދު ފާއިޒު އާއި،
ވޭރު މާލެ ފައިޞަލް މުޙައްމަދު ފާއިޒު އާއި، ގ. ވޭރު/ މާލެ ފާތިމަތު ރޫނާއާއި، މއ.ދެކުނުއިންނާގެ މާލެ
މަރްޔަމް ނާދިމާ ފާއިޒު އާއި، މ. ފަށުވިމާގެ / މާލެ ނަތާޝާ ފާއިޒު އާއި، ގ.ވޭރު/ މާލެ ނަސްމާ ފާއިޒު އާއި،
ގ.ވޭރު މާލެ ލިއުޝާ މުޙައްމަދު ފާއިޒު އާއި، ގ.ވޭރު/ މާލެ ރީނާ މުޙައްމަދު ފާއިޒު އާއި، މ.ފަށުވިމާގެ
މާލެ ޚަދީޖާ ޝުޒީނާ ފާއިޒު އާއި، ގ.ވޭރު!މާލެ މުނީޒާ ފާއިޒްއާއި، މ.ފަށުވިމާ ގެ! މާލެ ޔަޝާއުﷲ ޢަލާ
ނަޝާތު ޢަލި މަނިކު މުޙައްމަދު ފާއިޒު އާއި، މ. ވޭރު/މާލެ އާމިނަތު ނުޒުހަތު ފާއިޒު އާއި،
ފޭރުމާލެ
މަޢުޞޫމާ ފާއިޒްއާއި، މ. މެރީލޮޖް މާލެ އަޙްމަދު ނާއިޒު އާއި އެކު ޖުމްލަ 26 ވާރިޘުންކަމާއި، އަދި މިހުރިހާ
މީހުންނަކީވެސް ބާލިޣުވެ ބުއްދިސަލާމަތުން ތިބި، ޢުމުރުން 18 އަހަރު ފުރިފައިވާ ވާރިޘުންކަމާއި،
ޢަބްދުލްމު ވާރިސުންކުރެ ބުނެވިދިޔަ ހަމަ ހުރިހާ އެންމެންވެސް ބޭނުންވަނީ މަރަށް މަރު (ޤިޞާޞް)
ހިފަންޖެހޭ ޙާލަތު އަތުވެއްޖެ ނަމަ މަރަށް މަރު (ޤިޞާޞް) ހިފުން ކަން އެނގެން އޮވެއެވެ.
ވީމާ، މަތީގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް ޝަރުޢީ ޤާނޫނީ
ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ޢަލީ ޢަޠީފުގެ
ޖުވެނައިލް ކޯޓުގެ
2
49
ތ0 02
2
842
/
84
މައްޗަށް
ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ
،އެވެ
16
ޤަޟިއްޔާ ނިމުނު'
2014/HC-A/195
2012/Jv
-
C/16 ޤަޟިއްޔާގައި ދައުލަތުން ކުޅަ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ބައްލަވައި،
ޢަބްދުލްމުޢީ މަރުވީ ޢަލީ ޢަޠީފުއާއި އިތުރު ބަޔަކު ޢަބްދުލްމުޢީތުއަށް ވަޅިން ދިން ހަމަލާގެ ސަބަބުންކަން
ޝަރީޢަތަށް ސާބިތުވާތީ، ގަސްތުގައި މީހަކު މަރާލުމުގެ ކުށުން ޢަލީ ޢަޠީފު ކުށްވެރިވެއްޖެ ކަމަށް
ކަނޑައަޅުއްވައި، ޢަބްދުލްމުޢީޠުގެ ވާރުތަވެރިން ބޭނުންވަނީ މަރަށް މަރު ހިފުންކަމަށްވާތީ، އިސްލާމީ
ޝަރީޢަތުގައިވާ ގޮތުގެ މަތީން ޢަލީ ޢަޠީފަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށްވުމުން، ޢަލީ ޢަޠީފު
މެރުމަށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން
ކުރައްވާފައިވާ ޙުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ
4 04 /
ޙުކުމް:
ދެންފަހެ، އިސްވެ
ދ / 0
2
92
2
22
22 ހއ
ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ
މަތިން ހުރުމުން،
މަރަދޫ! ކުރުދުމާގެ
ޢަލީ ޢަޠީފުގެ މައްޗަށް ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/16 ޤަޟިއްޔާގައި ދައުލަތުން ކުޅަ
ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ބައްލަވައި، ޢަބްދުލްމުޢީޢު މަރުވެފައިވަނީ، ޢަބްދުލްމުޢީތުގެ
ގައިގައި ޢަލީ ޢަޠީފުއާއި އިތުރު ބަޔަކުބައިވެރިވެ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ގިނަ އަނިޔާތަކެއްވެ،
ބެދުލްމުޢީތުގެ މޭގެ
ކަނާތްފަރާތުގައި ވަރަށް ބައިވަރު ލެޔާއި ވައި ޖަމާވުމުގެ ސަބަބުން ހިތް
މަސައްކަތްކުރުމަށާއި ނޭވާލުމަށް އުނދަގޫވެ، ހިތާއި ނޭވާލުން ހުއްޓުމުގެ ސަބަބުންކަން ހުށަހެޅިފައިވާ ހެއްކާއި
ޤާރީނާއިން ޝަރީޢަތަށް ސާބިތުވާތީ، ގަސްތުގައި މީހަކު މަރާލުމުގެ ކުށުން ޢަލީ ޢަޠީފު ކުށްވެރިވެއްޖެ ކަމަށް
ކަނޑައަޅުއްވައި، ޢަބްލުމުޢީތުގެ ވާރުތަވެރިން ބޭނުންވަނީ މަރަށް މަރު ހިފުންކަމަށްވާތީ، އިސްލާމީ
ޝަރީޢަތުގައިވާ ގޮތުގެ މަތީން ޢަލީ ޢަޠީފަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށްވުމުން، ޢަލީ ޢަޠީފު
މެރުމަށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
،
17 ޤަޟިއްޔާ ނިމުނު ގޮތުގެ
2014/HC-A/195
ceco
4 22
ކުރައްވާފައިވާ ޙުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ޤަޟިއްޔާބެލި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ
ފަނޑިޔާރުންނަށް އެއްވެސް ޚިލާފެއްނެތި އިއްތިފާޤުވެވިފައިވާތީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/16
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެނެވެން ނެތްކަމަށް މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
:
OX O2
ދިވެހި69
*
$.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
;ވެ