ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2013/SC-A/44 ޤަޟިއްޔާ
ސަފްޙާ 25 ގެ 1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 44/SC
-
A/2013
ދަޢުވާކުރާ ފަރާތް: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: ޝަމްޢީލް ރަޝީދު، ދަފްތަރު ނަންބަރު 6721، މާލެ
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
• ހުށަހެޅުނު ތާރީޚް: 29 އޮގަސްޓް 2013
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 ސެޕްޓެމްބަރ 2013
• ނިމުނު ތާރީޚް: 07 ޑިސެމްބަރ 2015
• މައްސަލަ ނިންމި ގަޑި: 14:25
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު
ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
• ނަންބަރު: 34/HC
-
A/2013
• ނިންމެވި ކޯޓު ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 31 ޖެނުއަރީ 2013
• ނިމުނު ތާރީޚް: 04 އޭޕްރީލް 2013
OLC
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ (އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 2
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާ، އެ ކޯޓުން
ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މޯލްޑިވްސް އެއަރޕޯޓްސް
ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 6721 | މާލެ،
ޝަމްޢީލް ރަޝީދުއެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާއަކީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު
6721 | މާލެ، ޝަމްޢީލް ރަޝީދުއެވެ.
22 2 0 0
ފާހަގަކުރެވުނު ނުކުތާތައް
މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 34/HC
-
A;2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ
ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ
ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ
ބެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
ދިވެހިރާއްޖެ،
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 3
-1
کرتی
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލައަކީ،
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސެކިއުރިޓީ އޮފިސަރ
3 ގެ މަޤާމުގައި ހުރި ދަފްތަރު ނަންބަރު 6721 | މާލެ، ޝަމްޢީލް ރަޝީދުއަށް ވަޒީފާގެ
ކުރިއެރުން ދިނުމެއްނެތި އެއަރޕޯޓްސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި އެއް ރޭންކެއްގައި
މަސައްކަތްކުރާ ބައެއް މީހުންނަށް 09 ޖެނުއަރީ 2012 ގައި ވަޒީފާގެ ކުރިއެރުން ދީފައިވަނީ ސިޔާސީ
ވިސްނުމެއްގައި، ވަޒީފާގެ ކުރިއެރުން ދިނުމުގެ ޕޮލިސީއާ ޚިލާފަށް، އުޞޫލެއް ހަމައެއްނެތި ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މަސައްކަތްކުރާ ހަމަހަމަ
މީހުންގެ މެދުގައި ކޮށްފައިވާ ތަފާތުކުރުމެއް ކަމުގައި ޤަބޫލުކުރެވޭތީ އެކަން ކަނޑައަޅައި، އެހެން
މުވައްޒަފުންނަށްވެސް ވަޒީފާގެ ކުރިއެރުން ދިންފަދައިން ޝަމްޢީލް ރަޝީދަށްވެސް، އެ ތާރީޚުން ފެށިގެން
ވަޒީފާގެ ކުރިއެރުން ދިނުމަށް އެދި، ޝަމްޢީލް ރަޝީދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ
ޓްރައިބިއުނަލުން ބަލައި ނިންމާފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، މައްސަލަ ހުށަހެޅި ފަރާތަށް
ވަޒީފާގެ ކުރިއެރުން ނުދިނުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ވާފަދަ ތަފާތުކުރުމެއް
ގެންގުޅެފައި ނުވާނޭކަމާއި، މައްސަލަ ހުށަހެޅި ފަރާތަށް ވަޒީފާގެ ކުރިއެރުން ނުދިނުމުގައި މައްސަލަ
ރައްދުވާ ފަރާތުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކުރާފަދަ ހަމަހަމަކަމާ އެކުގައިކަން މައްސަލަ ރައްދުވާ ފަރާތުން ސާބިތުކޮށްދެވިފައި ނުވާކަމަށް
މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތާ އެއް ފެންވަރެއްގައި ތިބި
މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ޝަމްޢީލް ރަޝީދުއަށް ވަޒީފާގެ
ކުރިއެރުން ދިނުމާބެހޭ މި މައްސަލައިގައި ޢަމަލުކުރުމަށާއި، މައްސަލަ ރައްދުވާ ކުންފުނީގެ މުވައްޒަފުންގެ
ވަޒީފާގެ އެންމެހައި ކަންކަމުގައި ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރަމުން ގެންދިއުމަށް
oxo
ދިވެހިރާއްޖެގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 4
މައްސަލަ ރައްދުވި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގައި އިޝާރާތްކުރެވުނު ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލަ ނިންމަވާފައިވާކަން އެނގެން އޮވެއެވެ.
-2
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިސްވެ ޙަވާލާދެވުނު ނަންބަރު 2012/VTR/38
މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް
ބުނެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި،
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 34/HC
-
A/2013
ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ބުނެވިދިޔަ
ނަންބަރު 2012/VTR/38 މައްސަލައިގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން
އެނގެން އޮވެއެވެ.
-3
ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާގެ
ޙުކުމް ބިނާވެފައިވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށް ފެންނަ ސަބަބުތަކުގެ ގޮތުގައި މި
މައްސަލަ އިލްތިމާސްކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބެލިއިރު، މައިގަނޑު ދެ ސަބަބެއް
ހުށަހަޅާފައި ވެއެވެ.
(ހ) ފުރަތަމަ ސަބަބަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި ޢަމަލުކުރާނެ
ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތީސް އެ ކުންފުނީގެ ފަރާތުން
09 ޖެނުއަރީ 2012 ގައި ވަޒީފާގެ ކުރިއެރުން 5 މުވައްޒަފަކަށް ދިނުމުން، ޝަމްޢީލް ރަޝީދާ މެދު
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ތަފާތުކޮށްފައިވާ ކަމަށާއި، އެ ކުންފުނީގެ މި
ޢަމަލަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް،
މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަދި
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގެ މާނައަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުންޑީޖޭގެ ސުޕްރި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
ކޯޓް
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 5
ވަޒީފާގެ ކުރިއެރުން 5 މުވައްޒަފަކަށް ދީފައިވަނީ ޤާނޫނާ ޚިލާފަށް (ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ
ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތްއިރު) ކަމުގައިވާ އިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ
ފަރާތުން އެފަހަރު ޢަމަލުކުރި ޤާނޫނާ ޚިލާފު އުޞޫލުގެ މަތިން ޝަމްޢީލް ރަޝީދަށް ވަޒީފާގެ ކުރިއެރުން
ދިނުމަށް ޤާނޫނީ ހަމަތަކުގެމަތިން ދިވެހިރާއްޖޭގެ ހައިކޯޓަށް އެންގިދާނެކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި
ސަބަބެވެ.
2x 2
(ށ) ދެވަނަ ސަބަބަކީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަމަކާ އެއްގޮތަށް އަލުން
ޢަމަލުކުރުމުގެ ބަދަލުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ވަޒީފާގެ ކުރިއެރުން
ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތި ޤާނޫނާ ޚިލާފަށް ވަޒީފާގެ ކުރިއެރުން ދެވިފައިވާ
މުވައްޒަފުންގެ ޕްރޮމޯޝަން ނަފީކޮށް އަލުން ހުރިހާ މުވައްޒަފުން ހިމެނޭގޮތަށް ވަޒީފާގެ ކުރިއެރުން
ދިނުމާބެހޭ ޕޮލިސީއެއް އެކުލަވާލުމަށްފަހު އެންމެން އެއް އުޞޫލަކުން މިނެކިރައިގެން ވަޒީފާގެ ކުރިއެރުން
ދިނުމަކީ އިންޞާފުވެރި ގޮތްކަމުން އެގޮތަށް ޢަމަލުކުރުމަށް އެންގުމުގެ ބަދަލުގައި މައްސަލަ ހުށަހެޅި
ޝަމްޢީލް ރަޝީދަށް ވަޒީފާގެ ކުރިއެރުން ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއަށް
އެންގުމަކީ ޤާނޫނާ ޚިލާފަށް އަލުން ޢަމަލުކުރުމަށް އެންގުން ކަމާއި، މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން
އަންގާފައިވާކަމީ ޤާނޫނީ ހަމަތަކާ ޚިލާފު
ކަމެއްކަމަށް
ބުނެ ހުށަހެޅި ސަބަބެވެ.
-4
f1 0 0 2x
ދނޑު
1 ޖެނުއަރީ 2013 ގައި ރައީސުލްޖުމްހޫރިއްޔާ "އޭވިއޭޝަން ސެކިއުރިޓީ
ގެ ނަމުގައި މުއައްސަސާއެއް އުފައްދަވައި އެ މުއައްސަސާއަކީ މިނިސްޓްރީ އޮފް ޑިފެންސް
އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން،
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި ތިބި މުވައްޒަފުން ސިވިލް ސަރވިސް ކޮމިޝަނުގެ ދަށަށް ބުނެވިދިޔަ
ތާރީޚުން ފެށިގެން ބަދަލުކުރެވިފައިވާކަން 1 ޖެނުއަރީ 2013 ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވާފައިވާ އެ އޮފީހުގެ ނަންބަރު
ދިވެހިރާއް
މިޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 6
28
/
2013
/
1ސީބީއޯ(ޖީއާރު)-l" ސިޓީއިންނާއި، 20 ޖެނުއަރީ 2013 ގައި ސިވިލް ސަރވިސް
ކޮމިޝަނަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން، ފޮނުވާފައިވާ އެ
މިނިސްޓްރީގެ ނަންބަރު 1
/
188
/
2013
/
7-PM-28 ސިޓީއިން އެނގެން އޮންނައިރު، މި މައްސަލާގައި
ދަޢުވާ ލިބޭ ޝަމްޢީލް ރަޝީދު ވަޒީފާ އަދާކުރާ އިދާރާ 1 ޖެނުއަރީ 2013 އިން ފެށިގެން ހިނގަމުންދަނީ
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ކަމަށްވެފައި، އެ ތާރީޚުން ފެށިގެން
އޭނާއަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ތަބާވާ މުވައްޒަފެއް ނޫންކަން އެނގެން އޮންނާތީ،
ޝަމްޢީލް ރަޝީދަށް ވަޒީފާގެ ކުރިއެރުން ލިބިދިނުމަށް އެދިފައިވާ މައްސަލައެއްގައި އޭނާ މިހާރު ތަބާވާ
އިދާރާ މި މައްސަލާގައި ތަދައްޚުލްކުރުވުމަކީ އިޖްރާއީގޮތުން ޟަރޫރަތްތެރިކަމެއް ކަމުގައިވާތީ، އެ އިދާރާ
ޤާނޫނީގޮތުން ތަމްޘީލުކުރާ ފަރާތުގެ ޙައިޘިއްޔަތުން ދައުލަތުގެ އެޓަރނީ ޖެނެރަލްގެ އޮފީހަށް މި
މައްސަލައަށް ތަދައްޚުލްވުމަށް އެންގުނު ހިނދު، 01 ޑިސެންބަރ 2015 ގައި ބޭއްވުނު މި މައްސަލައިގެ
ޝަރީޢަތުގެ މަޖިލީހަށް ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ
ފަރާތުންނާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ޙާޟިރުވެ ވާހަކަ
ދައްކާފައިވެއެވެ.
2 0 2 0 0
-5
މި މައްސަލައިގެ ވަޤާއިޢުތަކަށް ބަލާއިރު، މި މައްސަލައަކީ، މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިނގަމުން އައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސެކިއުރިޓީ
އޮފިސަރ ގްރޭޑް 3 ގެ މަޤާމުގައި ހުރި ދަފްތަރު ނަންބަރު 6721 | މާލެ، ޝަމްޢީލް ރަޝީދުއަށް
ވަޒީފާގެ ކުރިއެރުން ދިނުމަކާ ނުލައި، އެ ކޮމާންޑްގައި ޝަމްޢީލް ރަޝީދުއާ އެއް ރޭންކެއްގައި
މަސައްކަތްކުރާ 5 (ފަހެއް) މުވައްޒަފަކަށް 09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ ކުރިއެރުން
ދީފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި
ބަޔާންވެގެންވާ "މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުން މަނާކުރާ އުސޫލާ ޚިލާފަށް
ޖިފްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
" ދިވެހިރާއްޖެ
ސަފްޙާ 25 ގެ 7
ކަމަށްވާތީ، އެކަން ކަނޑައަޅައި ދިނުމާއެކު، ބުނެވިދިޔަ 5 (ފަހެއް) މުވައްޒަފުންނަށް
09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ ކުރިއެރުން ދިންފަދައިން ޝަމްޢީލް ރަޝީދަށްވެސް، އެ
ތާރީޚުން ފެށިގެން ވަޒީފާގެ ކުރިއެރުން ދިނުމަށް އެދި، ޝަމްޢީލް ރަޝީދުގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ބަލައި ނިންމާފައިވާ މައްސަލައެއްކަން އެނގެން
އޮންނައިރު، އެ މައްސަލާގައި ދަޢުވާ ރައްދުވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން
ޝަމްޢީލް ރަޝީދުގެ ދަޢުވާއަށް ޖަވާބުދެމުން އެދިފައިވަނީ ޝަމްޢީލް ރަޝީދަށް އެފަރާތުގެ ދަޢުވާ ޘާބިތު
ނުކުރެވޭކަމަށާއި، އެފަރާތަށް ވަޒީފާގެ ކުރިއެރުން ދޭން ނުޖެހޭކަމަށް ކަނޑައަޅައި އެ މައްސަލަ ނިންމައި
ދިނުންކަން އެ ކުންފުނީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައިގެ ޖަވާބު
ހުށަހަޅާ ފޯމަށް ބެލުމުން އެނގެން އޮވެއެވެ.
-6
މި މައްސަލައާ ގުޅުންހުރި ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކަށް ބަލާއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން
އެ ބާބުގައި ބަޔާންވެގެންވާ ގޮތުގެމަތިން އެއްވެސް ގޮތަކަށް ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ
ކަމަށާއި، އެ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް،
ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ
ޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ
ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި
ތަފާތުކޮށްގެނެއް ނުވާނެކަމަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ
އިރު، އެ މާއްދާގެ (ށ) ގައި، "މުޖްތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ
ބަޔަކަށް، ނުވަތަ އިޖްތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް
އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ)
9497
#
ދިވެހިރާއްޖެ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 8
ކަމުގައެއް
8ގ 2
3
4
ހހހހ2ތ> <
c
ހ 8
3
ދި 8
4
2 ބ 2 ދ
591ޓ9ކމަ
ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް
މިއެވެ." މިފަދައިން ކަނޑައަޅާފައިވާ އިރު،
ހަމަހަމަކަމާއެކު
އެކު މުޢާމަލާތްކުރެވޭ، ރައްކާތެރި މާޙައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތަށް
އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތާ އެއް މިންގަނޑަކުން ވަޒަންކުރެވި އެއް
ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު
ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްގައި
އަދި މީގެ އިތުރުން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދެވަނަ
ބާބުގައި ވަޒީފާއާބެހޭ ކަންކަމުގައި ޢަމަލުކުރަންޖެހޭ އަސާސީ އުޞޫލުތައް ބަޔާންކޮށްފައިވާ އިރު، އެ
އުޞޫލުތަކުގެ ތެރޭގައި މުވައްޒަފުންގެ މެދުގައި ތަފާތު ނުކުރުމުގެ އުޞޫލު ބަޔާންކޮށްފައިވާ ބުނެވިދިޔަ
ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި، (ހ)- "ވަޒީފާ ދިނުމުގަޔާއި، އުޖޫރަ ކަނޑައެޅުމުގަޔާއި، އުޖޫރަ
އިތުރުކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި، ވަޒީފާގެ ޝަރުތުތަކާއި ވަޒީފާ އަދާކުރާނެ ގޮތް
ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކިކުރުމުގައާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި،
މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާއީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް،
ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، ޢާއިލާގައި އަދާކުރާ
ޒިންމާތަކަށް، މި ޤާނޫނާ ޚިލާފުނުވާ ގޮތުން ޢުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި،
މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެކެވެ." (ނ)- "މި
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބަކާ ހުރެ ނިކަމެތިވެފައިވާ ފަރާތްތަކާއި، އިޖްތިމާޢީގޮތުން
ނިކަމެތިކަން ފޯރާފައިވާ ފަރާތްތަކުގެ ޙާލަތަށް ލުއިފަސޭހަ ކަމެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ވަކި
އުޞޫލެއް ހަމަޖައްސައިދިނުން، ނުވަތަ ވަކި ޕްރޮގްރާމެއް ނުވަތަ ވަކި ޙަރަކާތެއް ހިންގުމަކީ ހަމަހަމަ
މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ކަމުގައެއް ނުބެލެވޭނެއެވެ." (ނ)- "ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ
ތަޢުލީމާއި ފެންވަރާއި، ހުނަރާއި، ތަޖުރިބާއާ އަދި މިނޫންވެސް ސީދާ މަސައްކަތާ ގުޅުންހުރި ކަންތަކުގެ
ބ ޖހތ
ދިވެހިރާއްޖެ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 9
4 2 0 2
و ترک
ނުބެލެވޭނެއެވެ.
-1
މައްޗަށް ބެލުން މި މާއްދާގެ (ހ) އިން ހުރަހެއް ނާޅައެވެ." (ރ)- "ވަޒީފާދޭ ފަރާތުން މި މާއްދާގެ (ހ)
އާ ޚިލާފުވެއްޖެކަމުގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭކަމަށް ނުވަތަ ތަފާތު ގެނައީ މި
(ހ) އާ ޚިލާފުނުވާ ގޮތުގެމަތިން އެކަށީގެންވާ ސަބަބެއްގެ
މައްޗަށް ބިނާކޮށްކަން
ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ." (ބ)- "ވަޒީފާދޭ ފަރާތުން، ވަޒީފާއަށް މީހުން
ހޮވުމުގައި ދިވެހިންނަށް އިސްކަން ދިނުމަކީ، މި މާއްދާގައި ބުނެފައިވާ ތަފާތުކުރުން ކަމުގައެއް
މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި ވެއެވެ.
ޝަމްޢީލް ރަޝީދު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި އިސްވެ ބަޔާންވެދިޔަ
މައްސަލާގައި ބުނެފައިވާ ފަދައިން، ޝަރްޢީލް ރަޝީދުއަށް ވަޒީފާގެ ކުރިއެރުން ދިނުމަކާ ނުލައި، އޭނާއާ
އެއް ރޭންކެއްގައި މަސައްކަތްކުރާ 5 (ފަހެއް) މުވައްޒަފަކަށް 09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ
ކުރިއެރުން ދީފައިވާކަން ޘާބިތުކޮށްދިނުމުގެ ގޮތުން، ބުނެވުނު ތާރީޚުގައި ވަޒީފާގެ ކުރިއެރުން ދެވުނު
މުވައްޒަފުންގެ ލިސްޓެއް އެ މުވައްޒަފުންގެ ނަމާއި މަޤާމު އެނގޭގޮތަށް ޝަމްޢީލް ރަޝީދުގެ ފަރާތުން
ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ އިރު، އެ ލިސްޓުގައި ބަޔާންވެގެންވާ މުވައްޒަފުންނަށް
ވަޒީފާގެ ކުރިއެރުން އެގޮތުގެމަތިން ދެވިފައިވާނެކަމަށް އެ މައްސަލާގައި ދަޢުވާ ރައްދުވާ މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އިޢުތިރާފުވެފައިވާކަމާ، އަދި ބުނެވިދިޔަ މުވައްޒަފުންނަށް
ވަޒީފާގެ ކުރިއެރުން ދެވިފައިވާގޮތުގެ ތަފްޞީލު ނުވަތަ ކުރިއެރުން ދިނުމުގައި ރިޢާޔަތްކޮށްފައިވާ
މިންގަނޑަކީ ކޮބައިކަން އެ ކުންފުނީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދީފައި ނުވާކަން އެނގެން އޮންނައިރު، ޝަމްޢީލް ރަޝީދުއަށް ވަޒީފާގެ
ކުރިއެރުން ދިނުމަކާ ނުލައި، އޭނާއާ އެއް ރޭންކެއްގައި މަސައްކަތްކުރާ 5 (ފަހެއް) މުވައްޒަފަކަށް
09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ ކުރިއެރުން ދިން ދިނުމަކީ ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި
4 22
ދިވެހިރާއްޖެގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 10"
2 0 04
رہ کر کیم
ކޮށްފައިވާ ތަފާތުކުރުމެއް ނޫންކަން، ނުވަތަ ބުނެވިދިޔަ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން 5 (ފަހެއް)
މުވައްޒަފަކަށް ދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފުނުވާ ގޮތުގެމަތިން
އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ޘާބިތުކޮށް ދިނުމުގެ ބުރަ އުފުލަންޖެހޭނީ ވަޒީފާދޭ ފަރާތުގެ
ޙައިޘިއްޔަތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުންކަން އިސްވެ އިޝާރާތްކުރެވުނު
ޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އިން ސާފުކޮށް އެނގެން އޮންނައިރު، ޝަމްޢީލް ރަޝީދުއަށް
ވަޒީފާގެ ކުރިއެރުން ދިނުމަކާ ނުލައި، އޭނާއާ އެއް ރޭންކެއްގައި މަސައްކަތްކުރާ 5 (ފަހެއް) މުވައްޒަފަކަށް
09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ ކުރިއެރުން ދީފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑްގެ ފަރާތުން އިޢުތިރާފުވުމަށްފަހު، ބުނެވިދިޔަ 5 (ފަހެއް) މުވައްޒަފުންނާއި، ޝަމްޢީލް ރަޝީދުއާ
ދެމެދު ވަޒީފާގެ ކުރިއެރުން ދިނުމުގައި ތަފާތުކޮށްފައިވަނީ އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކާ
ތެގެމަތިންކަން، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މުވައްޒަފުގެ ޤާބިލުކަމާއި، މުވައްޒަފަށް
ލިބިފައިވާ ތަޢުލީމާއި ތަޖްރިބާއާއި ހުނަރާއި، ވަޒީފާ އަދާކުރާ އިދާރާގެ މަޤްޞަދު ޙާޞިލުކުރުމަށް
މުވައްޒަފު ހިއްސާކޮށްފައިވާ މިންވަރާއި، މުވައްޒަފު އަދާކުރާ މަޤާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި
ފެންވަރު ފަދަ ކުރިއަރާފައިވާ ތަފާތު ޖުރިސްޑިކްޝަންތަކުގައި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން
ދިނުމުގައި ރިޢާޔަތްކުރާ، އެކަށީގެންވާ ސަބަބުތަކާއި މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށްގެންކަން އެ
ކުންފުންޏަށް ޘާބިތުކޮށްދެވިފައި ނުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 34/HC
-
A/2013
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/38 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނައިރު، ޝަމްޢީލް ރަޝީދުއާ
ދެކެއްގައި މަސައްކަތްކުރާ 5 (ފަހެއް) މުވައްޒަފަކަށް 09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ
ކުރިއެރުން ދިން ފަދައިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ޝަމްޢީލް ރަޝީދުއަށް
23x މ
کر کر کے
1 0 2 0x2
04
0402c ދ
کے سربراہ کا
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 11
ވަޒީފާގެ ކުރިއެރުން ދީފައި ނުވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ
މާއްދާގެ (ހ) އާ ޚިލާފަށްކަން އެނގެން އޮވެއެވެ.
-8
2 20
އަލަށް
މި މައްސަލަ އިލްތިމާސްކުރި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާގެ ޙުކުމް
ބިނާވެފައިވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށް ފެންނަ ސަބަބުތަކުގެ ގޮތުގައި ހުށަހެޅި
އިސްވެ އިޝާރާތްކުރެވުނު ސަބަބުތައް ބަޔާންކުރުމަށްފަހު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގައި
ޢަމަލުކުރާނެ ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް ވަކި މުއްދަތެއްގެ ތެރޭގައި އެކުލަވާލުމަށް އަންގައި
އެކުލަވާލެވޭ ޕޮލިސީގެ ދަށުން ހުރިހައި މުވައްޒަފުންނަށް އެއް އުޞޫލަކުން މިނެކިރައިގެން ވަޒީފާގެ
ކުރިއެރުން ދިނުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގައި
ދިނުމަށާއި، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަމަކާ އެއްގޮތަށް އަލުން ޢަމަލުކުރަން ނުޖެހޭނެ ކަމަށާއި
އަދި ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތި ޤާނޫނާ ޚިލާފަށް ވަޒީފާގެ
ކުރިއެރުން ދެވިފައިވާ މުވައްޒަފުންގެ ޕްރޮމޯޝަން ނަފީކޮށް އަލުން ހުރިހައި މުވައްޒަފުން ހިމެނޭގޮ
ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް އެކުލަވާލުމަށްފަހު އެންމެން އެއް އުޞޫލަކުން މިނެކިރައިގެން
ވަޒީފާގެ ކުރިއެރުން ދިނުމަށް އެންގުމަށާއި، ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް
ނެތި ޤާނޫނާ ޚިލާފަށް ވަޒީފާގެ ކުރިއެރުން ދެވިފައިވާ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި
ޢަމަލުކުރި ނުރަނގަޅު ގޮތަށް އަލުން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މޯލްޑިވްސް އެއަރޕޯޓްސް
ކޮމްޕެނީ ލިމިޓެޑްއަށް އެންގޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށް އެ ކުންފުނީގެ
ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައި އޮންނަ އޮތުމަށް ޤާނޫނީ ނަޒަރަކުން ބެލިއިރު
އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
x2ދ 0
يک عیسی
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 12"
(ހ) ފުރަތަމަ ކަމަކީ، ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާގުޅިގެން ފުރަތަމަ މަރުޙަލާގެ
ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް
ފައިޞަލާކުރުމަށް އެދިފައިވާ ކަންތަކަށް ކަމާއި، ޚަޞްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި
ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމާ، ހަމައެއާއެކު، ފުރަތަމަ
މަރުޙަލާގެ ކޯޓުގައި އެދިފައިނުވާ އާ ކަމަކަށް ޚަޞްމުންގެ ފަރާތުން ފުރަތަމަ ފަހަރަށް އިސްތިއުނާފް
ކޯޓުގައި ފައިޞަލާކޮށްދިނުމަށް އެދުމަކީ އުޞޫލެއްގެ ގޮތުގައި ތަފާތު ޖުރިސްޑިކްޝަންތަކުގައި
އިސްތިޤުރާރުވެފައިވާ "މުރާފަޢާތު" (Civil Procedure) ގެ ހަމަތަކާ ޚިލާފުކަމެއްކަން އެނގެން
* 2 ހދ4 2
އަންނަކަމެވެ"
(ށ) ދެވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/38 މައްސަލާގައި، ޝަމްޢީލް ރަޝީދު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވަނީ
އޭނާއަށް ވަޒީފާގެ ކުރިއެރުން ދިނުމަކާނުލައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި އޭނާއާ އެއް
ރޭންކެއްގައި މަސައްކަތްކުރާ 5 (ފަހެއް) މުވައްޒަފަކަށް 09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ
ކުރިއެރުން ދީފައިވާ ދިނުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ)
އާ ޚިލާފަށް މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި ކޮށްފައިވާ ތަފާތުކުރުމެއްކަމުގައި ކަނޑައަޅައި، އެ
މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިންފަދައިން އޭނާއަށްވެސް ވަޒީފާގެ ކުރިއެރުން ލިބިދިނުމަށް
އެދިގެންކަމާއި، ބުނެވިދިޔަ މައްސަލަ ރައްދުވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން
ޝަމްޢީލް ރަޝީދުގެ ދަޢުވާއަށް ޖަވާބުދާރީވަމުން އެދިފައިވަނީ ޝަރްޢީލް ރަޝީދަށް އެފަރާތުގެ ދަޢުވާ
ޘާބިތު ނުކުރެވޭކަމަށާއި، އެފަރާތަށް ވަޒީފާގެ ކުރިއެރުން ދޭން ނުޖެހޭކަމަށް ކަނޑައަޅައި އެ މައްސަލަ
ނިންމައި ދިނުންކަމާއި، އެއާ ޚިލާފަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ވަޒީފާގެ
ކުރިއެރުން ދިން މުވައްޒަފުންނަށް ކުރިއެރުން ދީފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 13
ކުންފުނީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދިފައި ނުވާކަމާ، އަދި އެއީ ވަޒީފާއާބެހޭ
ޓްރައިބިއުނަލުން އެ މައްސަލައިގައި ބަލައި ފައިޞަލާ ކޮށްފައިވާ މައުޟޫއެއްވެސް ނޫންކަން އެނގެން
އޮންނަ އޮތުމެވެ.
4 ex
(ނ) ތިންވަނަ ކަމަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ވަޒީފާގެ
ކުރިއެރުން 5 (ފަހެއް) މުވައްޒަފަކަށް ދީފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި
ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ކަނޑައަޅާފައި ނުވާކަމާއި، އަދި އެއީ ވަޒީފާއާބެހޭ ޓްރައިބިއުނަލާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން ޝިމްނީގޮތުން އިސްތިޚްލާޞްވާން އޮތްކަމެއްވެސް ނޫންކަމާއި،
ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލް އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން އިސްތިޚްލާޞްކުރެވެނީ
ވަޒީފާގެ ކުރިއެރުން ބުނެވިދިޔަ 5 (ފަހެއް) މުވައްޒަފަކަށް ދިންއިރު، އެ މުވައްޒަފުންނާ އެއް ރޭންކެއްގައި
ނުވަތަ އެއް ފެންވަރެއްގައި ހުރި ޝަމްޢީލް ރަޝީދަށް ވަޒީފާގެ ކުރިއެރުން ނުދިން ނުދިނުމަކީ ވަޒީފާއާބެހޭ
ޤާނޫނުގެ ބުނެވިދިޔަ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މަސައްކަތްކުރާ އެއް ފެންވަރެއްގެ މީހުންގެ
މެދުގައި ތަފާތުކުރުންކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން
ވަޒީފާގެ ކުރިއެރުން 5 (ފަހެއް) މުވައްޒަފަކަށް ދީފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެ ކުންފުނިން
ދެކޭހައިވެސް ސަބަބަކީ އެ ކުންފުނިން އެއިރު ޢަމަލުކުރާނެ ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް
ނުވަތަ އުޞޫލެއް ނެތަސް އެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުންކަމާއި، ވަޒީފާގެ ކުރިއެރުން
ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތުމަކީ އޭގެ ޒާތުގައި ވަޒީފާގެ ކުރިއެރުން ދިނުން ޤާނޫނާ
ޚިލާފުވާންޖެހޭ ސަބަބެއް ނޫންކަމާއި، ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި
ކަނޑައަޅައި ވަޒީފާއާބެހޭ ޢާންމު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން
ދިނުމާ ބެހޭ ޕޮލިސީ އެކުލަވާލުމަކީ ވަޒީފާގެ ކުރިއެރުން ދިނުމުގެ ކަންތައް ނަޒާހަތްތެރިކަމާއި ދެފުށް
ހ 2
2 ދީ
ބަޔާންވެގެންވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 14
4 22
ފެންނަގޮތަށް ތަންޒީމުކުރުމަށްޓަކައި މުހިއްމު ކަމެއްކަމުގައި ވީނަމަވެސް، އެފަދަ ޕޮލިސީއެއް ނުވަތަ
އުޞޫލެއް ނެތި ދެވޭ ވަޒީފާގެ ކުރިއެރުން އޭގެ ޒާތުގައި ޤާނޫނާ ޚިލާފުކަމަށް ނުބެލެވޭނެކަމާއި، ވަޒީފާގެ
ކުރިއެރުން ދިނުން ޤާނޫނާ ޚިލާފުކަމަށް ކަނޑައެޅޭނީ އެ ކުރިއެރުން ދިނުން ޤާނޫނުއަސާސީއާއި
ޤާނޫނުތަކުގައި ކަނޑައަޅައި ބަޔާންވެގެންވާ ވަޒީފާއާބެހޭ ދުސްތޫރީ އަދި ޤާނޫނީ ޤާޢިދާތަކާ
ޙަޤީޤަތުގައިވެސް ޚިލާފުވާނަމަކަން އެނގެން އޮންނައިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ
ފަރާތުން ވަޒީފާގެ ކުރިއެރުން 5 (ފަހެއް) މުވައްޒަފަކަށް ދީފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެ ކުންފުނިން
ބުނާ ބުނުން ފިޔަވައި، ވަޒީފާގެ ކުރިއެރުން އެ މުވައްޒަފުންނަށް ދިނުމުގައި އެ ކުންފުނިން ޚިލާފުވެފައިވަނީ
ކޮން ޤާނޫނެއްގެ ކޮން ނައްޞަކާކަން ނުވަތަ ކޮން ޤާނޫނީ އުޞޫލަކާކަން އެ ކުންފުންޏަށް ބަޔާންކޮށް
ދެވިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މި މައްސަލަ އިލްތިމާސްކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާގެ
ޙުކުމް ބިނާވެފައިވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށް ފެންނަ ސަބަބުތަކުގެ ގޮތުގައި
ހުށަހަޅާފައިވާ އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ބުނެވިދިޔަ ނަންބަރު 2012;VTR;38 މައްސަލާގައި ބަލައި ފައިޞަލާކޮށްފައިނުވާ
މުޅިން އާ ވަޤާއިޢުތަކެއްގެ މައްޗަށް ބިނާކޮށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ
ނަންބަރު 34/HC
-
A/2013 ޤަޟިއްޔާގަޔާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެވޭ މި
ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަންތަކެއްކަން އެނގެން އޮތުމުގެ އިތުރުން ބުނެވިދިޔަ އިލްތިމާސް ނުކުތާތަކަކީ
ޤާނޫނީގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ނުކުތާތަކަކަށް ނުވާތީ، އެ ކުންފުނިން
އެދިފައިވާ ގޮތުގެމަތިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި ޢަމަލުކުރާނެ ވަޒީފާގެ ކުރިއެރުން
ދިނުމާބެހޭ ޕޮލިސީއެއް ވަކި މުއްދަތެއްގެ ތެރޭގައި އެކުލަވާލުމަށް އަންގައި އަލަށް އެކުލަވާލެވޭ ޕޮލިސީގެ
42
މިޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 15
ދަށުން ހުރިހާ މުވައްޒަފުންނަށް އެއް އުޞޫލަކުން މިނެކިރައިގެން ވަޒީފާގެ ކުރިއެރުން ދިނުމުގެ މަސައްކަތް
ކުރުމަށާއި، ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް ނުވަތަ އުޞޫލެއް ނެތި ވަޒީފާގެ ކުރިއެރުން
ދެވިފައިވާ މުވައްޒަފުންގެ ޕްރޮމޯޝަން ނަފީކޮށް އަލުން ހުރިހާ މުވައްޒަފުން ހިމެނޭގޮތަށް ވަޒީފާގެ
ކުރިއެރުން ދިނުމާބެހޭ ޕޮލިސީއެއް އެކުލަވާލުމަށްފަހު އެންމެން އެއް އުޞޫލަކުން މިނެކިރައިގެން ވަޒީފާގެ
ކުރިއެރުން ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގަންޖެހޭނެ ހަމައެއް ނެތްކަމެވެ.
-9
އިސްވެ ބަޔާންވެދިޔަ ޤާނޫނީ ސަބަބުތަކަށް ރިޢާޔަތްކޮށް ބަލާއިރު، މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިނގަމުން އައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި ވަޒީފާ
އަދާކުރަމުން އައި ޝަމްޢީލް ރަޝީދުއާ އެއް ފެންވަރެއްގައި ތިބި 5 (ފަހެއް) މުވައްޒަފަކަށް
09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ ކުރިއެރުން ދިން ފަދައިން ޝަމްޢީލް ރަޝީދަށް ބުނެވިދިޔަ
ތާރީޚުން ފެށިގެން ވަޒީފާގެ ކުރިއެރުން ދީފައި ނުވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ 4 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންވެގެންވާ، މަސައްކަތްކުރާ އެއް ފެންވަރެއްގެ މީހުންގެ
މެދުގައި ތަފާތުކުރުން މަނާކުރާ އުސޫލާ ޚިލާފަށްކަމާއި، އެ އަސާސްގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ އިސްވެ ޙަވާލާދެވުނު ނަންބަރު 2012;VTR;38 މައްސަލައިގައި ޝަމްޢީލް ރަޝީދުއާއި
އެއް ފެންވަރެއްގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތަށް އޭނާއަށް
ވަޒީފާގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގައި
ކޮށްފައިވާ އަމުރަކީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ އަމުރެއްކަން އެނގެން
އޮންނައިރު، އެ އަމުރުގެ މައްޗަށް ބިނާކޮށް 09 ޖެނުއަރީ 2012 އިން ފެށިގެން ޝަމްޢީލް ރަޝީދުއަށް،
އޭނާއާއި އެއް ފެންވަރެއްގައި ތިބި މުވައްޒަފުންނަށް އެ ތާރީޚުން ފެށިގެން ދެވުނު ވަޒީފާގެ ކުރިއެރުން
ޙައްޤުވެފައިވާކަން
ން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ (އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 16
-10
38/VTR/2012
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ބުނެވިދިޔަ ނަންބަރު
މައްސަލައިގެ ނިންމުމުގައި ޝަމްޢީލް ރަޝީދުއާއި އެއް ފެންވަރެއްގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ
ކުރިއެރުން ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތަށް އޭނާއަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރުމަށް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގައި ކޮށްފައިވާ ޙަވާލާދެވުނު ޙުކުމް ފައިޞަލާކުރަނިވި
ނިހާއީ ޙުކުމަކަށްވުމުގެ ކުރިން، އަދި ވަޒީފާއާބެހޭ ޓްރައިބިއުންލްގެ ބުނެވިދިޔަ މައްސަލަ މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު
34/HC
-
A/2013 ޤަޟިއްޔާއިން އިސްތިއުނާފު ކުރުމުގެ ކުރިން، އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ
ދަށުން ހިނގަމުންދިޔަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި ތިބި މުވައްޒަފުން 1 ޖެނުއަރީ 2013 ގައި
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި
ސަރުކާރުން އުފެއްދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބަދަލުކުރެވިފައިވާކަން އެނގެން އޮންނައިރު،
އޭގެ މައްޗަށް ތަރައްތުބުވާ ޤާނޫނީ ނަތީޖާގެ މައްޗަށް ބަލައި ނަޒަރު ކުރިއިރު އަންނަނިވި ކަންތައް
ދު ތ ދ9 4442
ހޤހރއވެ
ޑިފެންސް
(ހ) ފުރަތަމަ ކަމަކީ، 1 ޖެނުއަރީ 2013 ގައި ރައީސުލްޖުމްހޫރިއްޔާ "އޭވިއޭޝަން
ސެކިއުރިޓީ ކޮމާންޑް" ގެ ނަމުގައި މުއައްސަސާއެއް އުފައްދަވައި އެ މުއައްސަސާއަކީ މިނިސްޓްރީ އޮފް
އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމާ
ގުޅިގެން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުގައި އޮތް އޭވިއޭޝަން ސެކިއުރިޓީ
ކޮމާންޑްގައި ތިބި މުވައްޒަފުން ވަނީ 1 ޖެނުއަރީ 2013 އިން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް
އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި އުފެދުނު އޭވިއޭޝަން
ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކުރެވިފައިކަމާ، އަދި އެ މުވައްޒަފުންނަކީ އެ ތާރީޚުން
ފެށިގެން ސިވިލް ސަރވިސް ކޮމިޝަނަށް ތަބާވާ މުވައްޒަފުންތަކެއްކަން އެނގެން އޮންނައިރު، އެ ތާރީޚުން
ދިވެހިރާއްޖެ،
މިޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ (އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
632 ނު،
ސަފްޙާ 25 ގެ 17
2ބ ރ
t
ފެށިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި ތިބި މުވައްޒަފުންނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑަށް ތަބާވާ މުވައްޒަފުންތަކެއް ނޫންކަމާއި، އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި ތިބި
(Contractual) އަދި "ތަންޝީމީ" (Regulatory) ގުޅުން 1 ޖެނުއަރީ 2013 އިން ފެށިގެން ނިމުމަކަށް
ގޮސްފައިވާކަން އެނގެން އޮންނަކަމެވެ.
2 4 2 2 03x
(ށ) ދެވަނަ ކަމަކީ، 01 ޖެނުއަރީ 2013 ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ މުއައްސަސާއެއްގެ ގޮތުގައި އޭވިއޭޝަން ސެކިއުރިޓީ
ކޮމާންޑް އުފެއްދުމާ ގުޅިގެން، އެކުލަވާލެވުނު އެ ކޮމާންޑްގެ ރޭންކުތަކުގެ އާ އޮނިގަނޑަށް މުވައްޒަފުން
ނަޤުލުކުރެވުނުކަމާއި، އެގޮތަށް ނަޤުލުކުރެވުނީ އެ މުވައްޒަފުންނަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑްގެ ދަށުގައި ތިބިއިރު ލިބެމުންދިޔަ އާމްދަނީ ލިބޭނެ އުޞޫލަކުން ކަމާއި، އޭވިއޭޝަން ސެކިއުރިޓީ
ކޮމާންޑްގެ ސެކިއުރިޓީ އޮފިސަރ ގްރޭޑް 3 ގެ މަޤާމުގައި ހުރި މި މައްސަލައިގައި އިލްތިމާސް ރައްދުވާ
ޝަމްޢީލް ރަޝީދު އިޝާރާތްކުރެވުނު އާ އޮނިގަނޑުގެ ދަށުން އެ ކޮމާންޑްގެ ކޯޕްރަލްގެ މަޤާމަށް
ބަދަލުކުރެވުނު ކަމާއި، އަދި 09 ޖެނުއަރީ 2012 އިން ފެށިގެން ޝަމްޢީލް ރަޝީދުއަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ބުނެވިދިޔަ ނަންބަރު 2012/VTR/38 މައްސަލައިގެ ނިންމުމާއި އެއްގޮތްވާ ގޮތުގެމަތިން
ޙައްޤުވާ ވަޒީފާގެ ކުރިއެރުމަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސީނިއަރ ސެކިއުރިޓީ އޮފިސަރގެ
މަޤާމުކަމާއި، އެއީ އިސްވެ އިޝާރާތްކުރެވުނު އެ ކޮމާންޑްގެ އާ އޮނިގަނޑުގެ ދަށުން ސާރޖަންޓްގެ
މަޤާމުކަން މި މިއްސަލައިގައި ހުށަހެޅިފައިވާ ލިއުންތަކުންނާއި މައްސަލައިގައި ހިމެނޭ ފަރާތްތަކުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
Oxo
2
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ބުނެވިދިޔަ ނަންބަރު
2012/VTR/38 މައްސަލަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ
<< O
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 18
oc
ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާއިން އިސްތިއުނާފު ކުރުމުގެ
ކުރިން، 1 ޖެނުއަރީ 2013 ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން
ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އުފެދުމާ ގުޅިގެން، އެއަރޕޯޓްސް
ކޮމްޕެނީ ލިމިޓެޑްގެ ދަށުގައި ތިބި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން މިނިސްޓްރީ އޮފް
ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށަށް ބަދަލުވެފައިވާކަން ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ބުނެވިދިޔަ ނަންބަރު
34/HC
-
A/2013 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާ ރައްދުވާ
ފަރާތުން 27 ފެބްރުއަރީ 2013 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވީ ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާ ނިންމުމުގައި، 1 ޖެނުއަރީ 2013
އިން ފެށިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންގެ 'ތަންޝީމީ' އަދި 'ތަޢާޤުދީ ގުޅުމަށް
އައިސްފައިވާ އިސްވެ އިޝާރާތްކުރެވުނު ބަދަލަށް ޤާނޫނީ ނަޒަރަކުން ބަލައިފައި ނުވާކަން އެނގެން އޮންނަ
443x
3244
24 2
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ޙަވާލާދެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR;38 މައްސަލައިގެ ނިންމުމަށް ތާއިދުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ
ނަންބަރު 34/HC
-
A/2013 ޤަޟިއްޔާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައި ވަނިކޮށް، މި މައްސަލައިގައި ދަޢުވާ ރައްދުވާ
ޝަމްޢީލް ރަޝީދުގެ ފަރާތުން 16 ޖެނުއަރީ 2014 ގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ
ކޮމާންޑަރަށް ފޮނުވި ސިޓީގައި ބަޔާންވެދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38
މައްސަލައިގެ ނިންމު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 34/HC
-
A/2013
ޤަޟިއްޔާގެ
ނިންމުމަށް ރިޢާޔަތްކޮށް 09 ޖެނުއަރީ 2012 އިން ފެށިގެން އޭނާއަށް ޙައްޤުވެފައިވާ ވަޒީފާގެ ކުރިއެރުން
ލިބޭނެ ގޮތް ހަދައިދިނުމަށް އެދިފައިވާކަން އެނގެން އޮންނަކަމާއި، ޝަމްޢީލް ރަޝީދުގެ ބުނެވިދިޔަ ސިޓީއާ
23ނއި،
ﷲ
ކަކީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 19
ބެހޭގޮތުން ޢަމަލުކުރާނޭ ގޮތަކާމެދު ރައުޔަކަށް އެދި 19 ޖެނުއަރީ 2014 ގައި އޭވިއޭޝަން ސެކިއުރިޓީ
ކޮމާންޑްގެ ފަރާތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލަލް ސެކިއުރިޓީއަށް ލިޔުމުން، އެ
މިނިސްޓްރީން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފު ޝަމްޢީލް ރަޝީދުއަށް ޕްރޮމޯޝަންދިނުމާ
މެދު ދައުލަތުގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ލަފައަކަށް 21 ޖެނުއަރީ 2014 ގައި އެދިފައިވާކަން
މި މައްސަލައިގައި ހުށަހެޅިފައިވާ ލިއުންތަކުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޝަމްޢީލް ރަޝީދުއަށް ޕްރޮމޯޝަން ދިނުމާ މެދު
03 ފެބްރުއަރީ 2014 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް
ސެކިއުރިޓީއަށް ފޮނުވާފައިވާ ޤާނޫނީ ލަފައަށް ބަލާއިރު، ޤާނޫނު ނަންބަރު 2
:
2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ 17 ވަނަ މާއްދާގެ ދަށުން ވަޒީފާގެ އެއްބަސްވުން އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވޭ
ޙާލަތްތަކުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކާ ދެމެދު އުފެދިގެންވާ ޙައްޤުތަކާއި
ވާޖިބުތައް އެ މަސައްކަތެއް ބަދަލުވެގެންދިޔަ ފަރާތަށް ބަދަލުވެގެން ދާނެކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރާކަމަށާއި، އެހެންކަމުން ކުރިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުގައި ތިބި އޭވިއޭޝަން
ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން މިހާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ
ދަށުން ހިނގަމުންދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސާފައިވާނަމަ،
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާ އެ ކުންފުނީގެ ދަށުން ހިނގަމުންދިޔަ އޭވިއޭޝަން ސެކިއުރިޓީ
ކޮމާންޑްގެ މުވައްޒަފުންނާ ދެމެދު އުފެދިފައިވާ އެންމެހައި ޙައްޤުތަކާއި ޒިންމާތަކެއް މިނިސްޓްރީ އޮފް
ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުން ހިނގަމުންދާ އިދާރާ (އޭވިއޭޝަން ސެކިއުރިޓީ
ކޮމާންޑް) އަށް ޤާނޫނީގޮތުން ނަޤްލުވެފައިވާކަމަށް ފެންނަކަމަށާއި، ވުމާއެކު، މޯލްޑިވްސް އެއަރޕޯޓްސް
ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް ކުރެވުނު ޙުކުމާ (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38
މައްސަލައިގެ ނިންމުމަށް ތާއިދުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 34/HC
-
A/2013
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
2 4 3 04-
ސަފްޙާ 25 ގެ 20
OXO
ޤަޟިއްޔާގެ ޙުކުމް) އެއްގޮތްވާ ގޮތުގެމަތިން ޝަމްޢީލް ރަޝީދުއަށް މަޤާމުގެ ކުރިއެރުން ދިނުމުގެ
ކަންތައްތައް ހަމަޖެއްސުން ރަނގަޅުވާނެކަމަށް ފެންނަކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިސްވެ
އިޝާރާތްކުރެވުނު ޤާނޫނީ ލަފާގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
4 04
ލަފައާއެކު، ޝަމްޢީލް ރަޝީދުއަށް ވަޒީފާގެ ކުރިއެރުން ދިނުމާބެހޭ އިސްވެ އިޝާރާތްކުރެވުނު މައްސަލަ،
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް
ހުށަހެޅުމުން އެ ކޮމިޝަނުން 01 ޖެނުއަރީ 2013 އިން ފެށިގެން ޝަމްޢީލް ރަޝީދުއަށް ވަޒީފާގެ
ކުރިއެރުން ދިނުމަށް ނިންމައި، އެ ތާރީޚުން ފެށިގެން އޭނާގެ މަޤާމު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ
ސަރޖަންޓްގެ މަޤާމަށް ހަމަޖައްސައި، އެކަން 02 މާރޗް 2014 ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީއަށް އަންގާފައިވާކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިއުންތަކުން އެނގެން
އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޙަވާލާދެވުނު ނަންބަރު
2012/VTR/38 މައްސަލައިގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅައި ކޮށްފައިވާ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޝަމްޢީލް ރަޝީދުއަށް
09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ ކުރިއެރުން ޙައްޤުވެފައިވާ އިރު، އިސްވެ ބަޔާންވެދިޔަ
ގޮތުގެމަތިން 01 ޖެނުއަރީ 2013 އިން ފެށިގެން ޝަމްޢީލް ރަޝީދުއަށް ވަޒީފާގެ ކުރިއެރުން ސިވިލް
ސަރވިސް ކޮމިޝަނުން ހަމަޖައްސައިދީފައިވީ ނަމަވެސް، އަދިވެސް 09 ޖެނުއަރީ 2012 އިން ފެށިގެން
31 ޑިސެންބަރ 2012 ގެ ނިޔަލަށް އޭނާއަށް ލިބުން ޙައްޤުވެފައިވާ ވަޒީފާގެ ކުރިއެރުން ލިބިފައި
ނުވާކަމާއި، 31 ޑިސެންބަރ 2012 ގެ ނިޔަލަށް ޝަމްޢީލް ރަޝީދު ވަޒީފާއަދާކުރާ އިދާރާ ކަމުގައިވާ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ހިނގަމުން ގޮސްފައިވަނީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ
ދިވެހިރާޠޫ
މިޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަޤު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 21
4 22
ލިމިޓެޑްގެ ދަށުން ކަމުގައި ވީނަމަވެސް، އަދި ޙަވާލާދެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/38 މައްސަލައިގެ ނިންމުމުގައި ޝަމްޢީލް ރަޝީދުއަށް ވަޒީފާގެ ކުރިއެރުން ދިނުމަށް
އަމުރުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް ކަމުގައި ވީނަމަވެސް، އެ
ނިންމުން ފައިޞަލާކުރަނިވި ނިހާއީ ޙުކުމަކަށް ވުމުގެ ކުރިން 01 ޖެނުއަރީ 2013 ގައި ޝަމްޢީލް
ރަޝީދު ވަޒީފާ އަދާކުރާ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން
ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި
ޝަމްޢީލް ރަޝީދާ ދެމެދު އޮތް "ތަޢާޤުދީ" އަދި "ތަންދީމީ ގުޅުން އެ ތާރީޚުން ފެށިގެން ނިމިގެން
ގޮސްފައިވުމުން، ބުނެވިދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/38 މައްސަލައިގެ
ނިންމުން ތަންފީޒުކުރުމަށް އެ ކުންފުންޏަށް އަންގަންޖެހޭނެ ޝަރްޢީ އަދި ޤާނޫނީ ވިއަސް ހަމައެއް
ނެތްކަމާ، އެހެނީ 01 ޖެނުއަރީ 2013 ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ
ދަށަށް ތަންދީމީ ގޮތުން އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުން ބަދަލުވެގެން ދިއުމަކީ އެ މުވައްޒަފުން
އަދާކުރަމުން ދިޔަ ވަޒީފާތައް އުވި، ވަޒީފާގެ އާ ޙަޔާތެއް ފެށުން ނޫންކަމާއި، އެ މުވައްޒަފުން ކުރިންވެސް
އަދާކުރަމުން ދިޔަ ވަޒީފާތައް ވަނީ ދެމިގެން ގޮސްފައިކަމާއި، އެކަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާކުރެވިގެން އެކުލަވާލެވުނު "އޭވިއޭޝަން ސެކިއުރިޓީ
ކޮމާންޑްގެ ރޭންކްތަކުގެ އާ އޮނިގަނޑަށް މުވައްޒަފުން ހިޖުރަކުރުމުގެ އުޞޫލު" އަށް ބެލުމުންވެސް
އެނގޭކަމާއި، 01 ޖެނުއަރީ 2013 ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ
ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އުފެދި، މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިނގަމުންދިޔަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން
އެ މިނިސްޓްރީގެ ދަށަށް ބަދަލުވުމާ ގުޅިގެން އެ މުވައްޒަފުންނަށް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުގައި
ތިބިއިރު ލިބިފައިވާ ވަޒީފާގެ ޙައްޤުތައް މިނިސްޓްރީ އޮފް ޑިފެންސްގެ ދަށަށް ބަދަލުވެގެން ދިއުމާބެހޭގޮތުން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 22
02 ހ 0
042
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި، މިނިސްޓްރީ އޮފް ޑިފެންސްއާ ދެމެދު ވަކި ޚާއްޞަ
ބަސްވުމެއް ނުވަތަ ތަފާހުމެއް (understanding) ވެފައިވާކަން އެނގެން ނެތުމުން މި
ބާވަތުގެ
މައްސަލަތަކުގައި ތަޠުބީޤު ކުރަންޖެހޭ ޢާންމު އުޞޫލަކީ މުވައްޒަފަކު އެއް އިދާރާގެ ދަށުން އަނެއް އިދާރާގެ
ދަށަށް ބަދަލުވެގެން ދާއިރު، ނުވަތަ މުވައްޒަފަކު ވަޒީފާ އަދާކުރާ އިދާރާ އެހެން މުއައްސަސާއެއްގެ ބެލުމުގެ
ދަށަށް ބަދަލުވެގެންދާ ޙާލަތުގައި، އެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން އުވިގެން ނުދިއުމާއި، ވަޒީފާގައި
ކުރީގައި ހޭދަކޮށްފައިވާ މުއްދަތާއެކު ވަޒީފާ ދެމިގެން ދިއުމާއި، ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުވައްޒަފަށް
ލިބިފައިވާ އެންމެހައި ޙައްޤުތަކާއި އިލްތިޒާމްތަކަށް އެ ބަދަލުވުމުގެ ސަބަބުން އެއްވެސް އަސަރެއް
ނުކުރުންކަމާއި، މި އުޞޫލުތައްވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ
މާއްދާގެ (ށ) އާއި (ނ) ގައި ތަޤްރީނު ކުރެވިފައިކަމާ، އެހެންކަމުން 01 ޖެނުއަރީ 2013 ގެ ކުރިން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުގައި ތިބި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ
މުވައްޒަފުން އެ ތާރީޚުން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން
ހިނގަމުންދާ ގޮތަށް އުފެދުނު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކުރެވުމާ
ގުޅިގެން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ އެ ކުންފުނީގެ ދަށުން ހިނގަމުންދިޔަ އޭވިއޭޝަން
ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނާ ދެމެދު އުފެދިފައިވާ ވަޒީފާގެ އެންމެހައި ޙައްޤުތަކާއި އިލްތިޒާމްތައް
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށަށް ޤާނޫނީގޮތުން ނަޤްލުވެފައިވާކަން
އެނގެން އޮންނަ އޮތުމެވެ.
11- އިސްވެ ބަޔާންވެދިޔަ ކަންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާގެ ޙުކުމުން ތާއީދުކޮށްފައިވާ ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޙަވާލާދެވުނު ނަންބަރު 2012/VTR/38 މައްސަލައިގެ ނިންމުމުގައި ޝަމްޢީލް
ރަޝީދުއާ އެއްފެންވަރެއްގައި ތިބި މުވައްޒަފުންނަށް 09 ޖެނުއަރީ 2012 އިން ފެށިގެން ވަޒީފާގެ
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 23
22 22
ކުރިއެރުން ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ޝަމްޢީލް ރަޝީދުއަށް ވަޒީފާގެ ކުރިއެރުން ދިނުމަށް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް އަމުރުކޮށްފައިވަނީ ޤާނޫނީ އަދި ޝަރްޢީ
އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުމަށް
ފައިޞަލާކުރަނިވި ނިހާއީ ޙުކުމެއްގެ ޙުއްޖިއްޔަތު ލިބުމުގެ ކުރިން މި މައްސަލައިގެ ބައެއް ވަޤާއިޢުތަކަށާއި
ޙާލަތަށް އިސްވެ ބަޔާންވެދިޔަ ފަދައިން ޖައުހަރީ ބަދަލުތަކެއް އައިސްފައިވާތީ އެކަންތަކަށް ރިޢާޔަތްކޮށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 34/HC
-
A/2013 ޤަޟިއްޔާގެ ޙުކުމާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޙަވާލާދެވުނު ނަންބަރު 2012/VTR/38 މައްސަލައިގެ ނިންމުމަށް ބަދަލު
ގެންނަންޖެހޭކަމާ، މިގޮތުން، 01 ޖެނުއަރީ 2013 އިން ފެށިގެން ޝަމްޢީލް ރަޝީދުއަށް އޭނާއަށް
ޙައްޤުވެފައިވާ ވަޒީފާގެ ކުރިއެރުން ލިބިފައިވާތީ މިހާރު އޭނާއަށް ބުނެވިދިޔަ ޙުކުމާ އެއްގޮތްވާ ގޮތުގެމަތިން
ވަޒީފާގެ ކުރިއެރުން ލިބުން ޙައްޤުވެގެންވަނީ 09 ޖެނުއަރީ 2012 އިން ފެށިގެން 31 ޑިސެންބަރު
2012 ގެ ނިޔަލަށް ކަމާއި، އަދި އޭނާއަށް ބުނެވިދިޔަ މުއްދަތުގައި ޙައްޤުވެގެންވާ ވަޒީފާގެ ކުރިއެރުމަކީ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސީނިއަރ ސެކިއުރިޓީ އޮފިސަރުގެ މަޤާމުކަން އެނގެން އޮންނަކަމާ،
މީގެ އިތުރުން ޝަމްޢީލް ރަޝީދު ވަޒީފާ އަދާކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް 01 ޖެނުއަރީ 2013
އިން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ގޮތަށް
ހަމަޖެހުމާ ގުޅިގެން ޝަމްޢީލް ރަޝީދުގެ ވަޒީފާ ސިވިލް ސަރވިސް ކޮމިޝަނަށް ބަދަލުވެފައިވާތީ،
07 އޮކްޓޯބަރ 2012 ގައި ނިންމާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/38 މައްސަލައިގެ ނިންމުމަށް ތާއީދުކޮށް ކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ
ނަންބަރު 34/HC
-
A/2013 ޤަޟިއްޔާގެ ޙުކުމުގައި ޝަމްޢީލް ރަޝީދުއަށް ދިނުމަށް ކަނޑައަޅާފައިވާ
ވަޒީފާގެ ކުރިއެރުން ދިނުމުގެ ކަންތައް މިހާރު ޤާނޫނީގޮތުން ތަންފީޒު ކުރަންޖެހޭ އިދާރާއަކީ، މިނިސްޓްރީ
އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްއާއި
ހ22224
އޅުޅވާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
" ދިވެހިރާއްޖެ
ސަފްޙާ 25 ގެ 24
ސިވިލް ސަރވިސް ކޮމިޝަންކަން އެނގެން އޮތުމުން، 01 ޖެނުއަރީ 2013 ގައި މިނިސްޓްރީ އޮފް
ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި އުފެދުނު
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބަދަލުކުރެވުނު ޝަމްޢީލް ރަޝީދަކީ 09 ޖެނުއަރީ 2012 އިން
ފެށިގެން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސީނިއަރ ސެކިއުރިޓީ އޮފިސަރގެ މަޤާމަށް ވަޒީފާގެ
ކުރިއެރުން ދެވިފައިވާ މުވައްޒަފެއްކަމަށް ބަލައި، އޭގެ ސަބަބުން ތަމްޢީލް ރަޝީދަށް 09 ޖެނުއަރީ 2012
އިން ފެށިގެން 31 ޑިސެންބަރ 2012 ގެ ނިޔަލަށް ލިބެންޖެހި ނުލިބިވާ މާލީ އެންމެހައި ޙައްޤުތަށް
އޭނާއަށް ލިބިދިނުމުގެ އިންތިޒާމު ޤަވާޢިދުން ހަމަޖައްސަންޖެހޭ ފަރާތްތަކަކީ މިނިސްޓްރީ އޮފް ޑިފެންސް
އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުން އަންނަ އޭވިއޭޝަން ސެކިއުރިޓީ އާއި،
ސިވިލް ސަރވިސް ކޮމިޝަން އާއި، މި ދެ ފަރާތް ކަމުގައި ބަލަންޖެހެއެވެ.
2x ތ 8
ކުމާ.ޑީ
ޙުކުމް:
04
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/38 މައްސަލައިގެ ނިންމުމާއި، ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
34/HC
-
A/2013 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމާއެކު، ދަފްތަރު ނަންބަރު 6721| މާލެ، ޝަމްޢީލް
ރަޝީދަކީ 09 ޖެނުއަރީ 2012 އިން ފެށިގެން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުގައި
އޮތް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސީނިއަރ ސެކިއުރިޓީ އޮފިސަރގެ މަޤާމަށް ވަޒީފާގެ ކުރިއެރުން
ލިބިފައިވާ މުވައްޒަފެއްކަމަށް ބެލުމަށާއި، އޭގެ ސަބަބުން ޝަމްޢީލް ރަޝީދަށް 09 ޖެނުއަރީ 2012 އިން
ފެށިގެން 31 ޑިސެންބަރ 2012 ގެ ނިޔަލަށް ލިބެންޖެހި ނުލިބިވާ މާލީ އެންމެހައި ޙައްޤުތައް އޭނާއަށް
ލިބިދިނުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުން އަންނަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ 25 ގެ 25
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މައްޗަށާއި، ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގައި މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްކޭ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+