ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/324 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/ 24
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
MA
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤައްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 24/HC
-
A/2009
އިސްތިއުނާފް ކުރިފަރާތް:
ނަން: މުޙައްމަދު ޝާފިޢު
އައިޑީ ކާޑު ނަންބަރ: A02480
4
ދާއިމީ އެޑްރެސް: މޫންލައިޓްވިއު ބ. ގޮއިދޫ
އޭރުގެ އެޑްރެސް: ފ. ޒާމި
• އިސްތިއުނާފު ރައްދުވި ފަރާތް:
ފޭދޫ
* ނަން: ޢާއިޝަތު މައުޒޫމާ
ކާޑު ނަންބަރ: A057729
އެޑްރެސް: ދިރާސާގެ
މިހާރުގެ އެޑްރެސް: ހުޅުމާލެ، 50-1-3
ޢަ
= ނިމުނު ތާރީޚް: 25ޖުމާދަލް އާޚިރާ 1433
• ރަޖިސްޓްރީކުރެވުނު ތާރީޚް: 09 ސަފަރު(143
04 ފެބްރުއަރީ 2009
16 މެއި
2012
• އިސްތިއުނާފުކުރެވުނުޤާޟިއްޔާނަންބަރ: ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: ހަޟާނަތު
• ނިންމެވިކޯޓް: ޢާއިލާއާއިބެހޭ ކޯޓު
ޅުނު ތާރީޚް: 29 ޖެނުއަރީ 2008
* ނިމުނު ތާރީޚް: 26 އޮކްޓޯބަ 2008
) 24.7
އއ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ޖެހިޔެއްޖޭގެ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން
އީމެއިލް [email protected]
ފޯން: 29}3325، ފެކްސް 6471
1
33
ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-A/ 24
ދިރާސާގެ، ޢާއިޝަތު މައުޒޫމާ އާއި ބ. ގޮއިދޫ | މޫންލައިޓްވިއު، މުޙައްމަދު ޝާފިޢު އާ ދެމީހުން
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ
ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކިގެން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބ. ގޮއިދޫ މޫންލައިޓްވިއު،
މުޙައްމަދު ޝާފިޢު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A024808) ގެ ފަރާތުން ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ފޭދޫ ދިލްސާގެ، ޢާއިޝަތު މައުޒޫމާ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A057729 ) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފު ކުރެވޭ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާއަކީ، ސ.
ކާވެނިކޮށްގެން ލިބިފައިވާ ދަރިފުޅު ޔޫސުފް ޙަމްދާން ޝާފިޢުގެ ޙަޟާނަތު ލިބިގަތުމަށް އެދި އެދަރިފުޅުގެ
މަންމަ، ޢާއިޝަތު މައުޒޫމާ ގެފަރާތުން ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
0
222&
cox
އެޤަޟިއްޔާގެ ޙުކުމުގައިވަނީ ސ. ފޭދޫ ދިލްސާގެ، ޢާއިޝަތު މައުސޫމާ އާއި ގޮއިދޫ
| މޫންލައިޓްވިއު، މުޙައްމަދު ޝާފިޢު އާ ކާވެނިކޮށް ލިބިފައިވާ ދަރިފުޅު ޔޫސުފް ޙަމްދާން ޝާފިއު
(އުފަންތާރީޚް: 18 އޮކްޓޯބަރ 2004) ޙަޟާނާތް ލިބިގަތުމަށް އެދި ޢާއިޝަތު މައުޒޫމާ ހުށަހެޅި
މިމައްސަލާގައި، ދަޢުވާލިބޭ މުޙައްމަދު ޝާފިޢު އަކީ އެމެރިކާގައި ދިރިއުޅޭ މީހަކަށް ވާތީ އެމެރިކާގައި ހުންނަ
ދިވެހިރާއްޖޭގެ
ގެ އެމްބަސީ އަށް މުޙައްމަދު ޝާފިއު މިމައްސަލަ އާއި ގުޅިގެން ބަޔާންދިނުމަށް ބޭނުންނުވާ ކަމާއި،
އަދި މިމައްސަލަ އާއި ގުޅިގެން ސީދާ މިކޯޓަށް މުޢާމަލާތް ކުރާނެ ކަމަށް ބުނެފައިވާކަމަށް އެމެރިކާގައި ހުންނަ
ދިވެހިރާއްޖޭގެ އެމްބަސީ ނަންބަރު 2008
/
01/EMB
-
L ސިޓީއިން އެގެން އޮންނާތީ 2008 ޖުލައި 24 ވަނަ
ދުވަހު 11
:
00އަށް މިކޯޓަށް މުޙައްމަދު ޝާފިޢު ޙާޟިރުވުމަށާއި، ޙާޟިރު ނުވެވޭނަމަ ބަދަލުގައި މިކޯޓަށް
ޙާޟިރުވެ މުޙައްމަދު ޝާފިޢުގެ ފަރާތުން ޖަވާބުދާރީ ވާހަކަ ދެއްކޭނެ ފަރާތެއް ހަމަޖެއްސުމަށާއި، އަދި
މިތާރީޚުގައި ހަމަނުޖައްސައިފިނަމަ މުޙައްމަދު ޝާފިޢުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމަވާނެކަން
މުޙައްމަދު ޝާފިޢު އަށް އެމެރިކާގެ ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެންގުމުންވެސް
ޙާޟިރުވެފައިނުވާތީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ)
ގައިވާ ގޮތުގެ މަތިން 7 ދުވަހުގެ ތެރޭ މިކޯޓަށް ޙާޟިރުވުމަށާއި ޙާޟިރުނުވިނަމަ ޣައިރު ޙާޟިރުގައި
މައްސަލަ ހިންގައި ނިންމަވާނެކަން އަންގައި މިކޯޓުގެ ނަންބަރު 2
/
2008
/
124-IB-146 (15 އޮކްޓޯބަރު
2008) އިޢުލާން ދިވެހިރާއްޖޭގެ އަޑުމެދުވެރިކޮށް އިޢުލާން ކުރެވިފައި ވުމާއެކުވެސް 07 ދުވަސް ހަމަވެގެން
ދިޔައިރުވެސް ޙާޟިރުވެފައި ނުވާތީ، ޔޫސުފް ޙަމްދާން ޝާފިޢުއަށް ޒިޔާރަތްކުރުމަށް މިކުއްޖާގެ މަންމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/ 24
ޢާއިޝަތު މަޢުޒޫމާ އަށް ލިބިފައިވާ ޙައްޤަށް އުނިކަން ލިބޭގޮތަށް މުޙައްމަދު ޝާފިޢު މިދަރިފުޅު ދިރިއުޅޭތަން
ބަދަލުކޮށްފައިވާތީ، ޢާއިލާއާއި ބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގައި ޙަޟާނަތު ޙަވާލުކުރުމަށް އިސްކަންދޭންޖެހޭ
ތަރުތީބު ބަޔާންކޮށްފައިވާއިރު، ފުރަތަމައަށް ބަޔާންކޮށްފައިވަނީ ކުއްޖާގެ މަންމަ ކަމަށްވާތީ، ޔޫސުފް ހަމްދާން
ޝާފިއު މިދަރިފުޅުގެ މަންމަ ޢާއިޝަތު މަޢުޒޫމާ އާއި 07 ދުވަހުގެ ތެރޭ ޙަވާލުކުރުމަށް މިދަރިފުޅުގެ ބައްޕަ
މުޙައްމަދު ޝާފިޢު އަށް އަންގައި، މުޙައްމަދު ޝާފިޢުގެ ޣައިރު ޙާޟިރުގައި މިޤަޟިއްޔާ ނިންމީއެވެ."
މިފަދައިންކަން އެގެއެވެ.
-2
ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މައްސަލަ އިސްތިއުނާފު ކުރި ފަރާތުން މައިގަނޑު 8 ނުކުތާ
ފާހަގަކޮށް އެ ނުކުތާތަކުގެ މައްޗަށް ޝަރީޢަތުގެ މަޖިލީހުގައި ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޝާފިޢުއަކީ އެމެރިކާގައި ދިރިއުޅޭ މީހަކަށް ވާއިރު އޭނާ
އެމެރިކާގައި ހުއްޓާ އޭނާގެ މައްޗަށް ދިވެހިރާއްޖޭގެ ޢާއިލާއާއި ބެހޭކޯޓަށް މައްސަލައެއް ހުށަހަޅާ
އެމައްސަލަ ކޯޓުން ޤަބޫލުކޮށް މައްސަލަ ޣައިރު ޙާޟިރުގައި ހިންގަވާ ޙުކުމް ކުރައްވާފައިވަނީ ކޯޓަށް
މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދުގެ 19ވަނަ މާއްދާގެ (ނ)އާއި އަދި
އެޤަވާއިދުގެ 20 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، އާއިލާއާއި ބެހޭ ޤަވާއިދުގެ 71 ވަނަ މާއްދާގައި މަންމަގެ ނަން
އެންމެ ފުރަތަމައަށް އޮތް އޮތުމަކީ ޙަޟާނާތުގެ ހުރިހާ މައްސަލައެއްގައިވެސް މަންމައަކީ ދަރިފުޅުގެ
ޙަޟާނާތުގެ އަހަމިއްޔަތު ލިބިފައިވާ މީހެއްކަމަށް ބެލެވެންނެތް ހިނދު މިކަމަށް ރިޢާޔަތްކޮށްފައި ނުވާ
ކަމަށްބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޙަޟާނަތަކީ، އެޙައްޤު ލިބިފައިވޭތޯ ބަލާ ހަމައެކަނި ކުއްޖާގެ
މަސްލަޙަތު ހުރި ގޮތަކީ ކޮބައިތޯ ހޯދާ އެގޮތްހުރި ކުއްޖާ ކޮންފަރާތެއްގައި ހުރެގެންތޯ ބެލުމަށްފަހު
ކަނޑައަޅަންޖެހޭ އެއްޗެއް ކަމަށްވާއިރު މިކަމަށް ބައްލަވާފައިނުވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، މިގޮތުން ކަނޑައަޅާއިރު މަންމައަށް ލިބިފައިވާ އަހުލިއްޔަތު އެހެން
ފަރާތަކަށް ބަދަލުވެގެން ހިގައިދާނެ ކަމަށް ޢާއިލާއާއި ބެހޭ ޤަވާއިދުގެ 72 ވަނަ މާއްދާގައި
ބުނެފައިވާއިރު މިކަމަށް ރިޢާޔަތް ކުރައްވާފައިނެތްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/ 24
cuc
ފަސްވަނަ ނުކުތާއަކީ، ކުއްޖާގެ މަންމަ ޢާއިޝަތު މައުޒޫމާގެ ޙައްޤަށް އުނިކަން ލިބޭ ގޮތަށޭ
ވިދާޅުވެފައިވާއިރު ކުއްޖާއަކީ އެމެރިކާގެ ރައްޔިތެއް ކަމަށާއި ކުއްޖާގެ ބައްޕަ ދިރިއުޅެމުންދަނީ
އެމެރިކާގައި ކަމަށާއި ކުއްޖާގެ ކިޔެވުމާއި ދިރިއުޅުމުގެ ހުރިހާ ޙައްޤެއް އެމެރިކާގެ ރައްޔިތެއްގެ
ޙައިސިއްޔަތުން އޭނާއަށް އެމެރިކާ ސަރުކާރުން ހިލޭ ލިބިފައިވާ ކަމާއި މަންމަ ކުއްޖާ ހުރިތަނަކަށް
ދިޔުމުން ކުއްޖާއާއި ބައްދަލު ކުރެވޭނެ ނިޒާމް ހަމަޖެހިފައިވާނެ ކަމަށާއި ކުއްޖަކީ ކުޑަ
ކުއްޖަކަށްވެފައި ސްކޫލަށް ދިޔުމާއި އަދި ކުއްޖާ މަންމަ ދުށުމަށްޓަކާ މަންމަ ހުރި ތަނަކަށް ކުއްޖާ
ދިޔުން ޤާނޫނު ލާޒިމް ނުކުރާ ކަމާއި އަދި ކުއްޖާ ހުރިތަނަށް މަންމަ ދިޔުމުން ކުއްޖާ ބެލުމުގެ ޙައްޤު
މަންމައަށް ލިބިފައިވާކަމާއި މިކަންކަން މިހެންއޮތްއިރު މިކަންތަކުގެ މައްޗަށް ޢާއިލާއާއި ބެހޭ ޤާނޫނުގެ
ދަށުން ކުއްޖާގެ މަސްލަޙަތާއި ކުއްޖާއަށް ރަނގަޅު ގޮތް ހުރި ގޮތް ބެލުމަކީ ޙަޟާނާތު
ކަނޑައެޅުމުގައި ބެލެވޭ ހަމައެކަނި މިންގަނޑު ކަމަށްވާއިރު މިކަންތައްތަކަށް ރިޢާޔަތް
ކޮށްފައިނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަވަނަ ނުކުތާއަކީ، އާއިލާއާއި ބެހޭ ކޯޓުގެ ނަންބަރު 2006/AC/1432 ޤަޟިއްޔާ ގައި
ޙުކުމް ކުރައްވާފައިވާ ގޮތައްވެސް ޢާއިޝަތު މައުޒޫމާ ޢަމަލު ކުރައްވާފައި ނުވާއިރު އެކަމަށްވެސް
ރިޢާޔަތް ކުރައްވާފައިނުވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަތްވަނަ ނުކުތާއަކީ، ޔޫސުފް ޙަމްދާން ޝާފިޢުއަކީ އެމެރިކާގެ ކުއްޖަކަށްވާއިރު
އެކުއްޖާއަށް ޠަބީޢަތުން ދެއްވާފައިވާ ޤައުމު ދޫކޮށް އައުން އެއީ އެކުއްޖާއަށް އެންމެ ފައިދާހުރި
ގޮތްކަމަށް ނުވާއިރު އެކުއްޖާއަށް އެންމެ ފައިދާ ހުރިގޮތް ދޫކޮށް މަންމަގެ މަސްލަޙަތަށް ރިޢާޔަތް
ކުރެވިގެން ކުއްޖާގެ ޙަޟާނާތު މަންމައަށް ޙައްޤުވާކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
އަށްވަނަ ނުކުތާއަކީ، ކުއްޖާއަށް އެންމެ ފައިދާ ހުރިގޮތަށް ޢަމަލު ކުރުމުންވެސް
މަންމައަށް މަންމަ ދަރިފުޅަށް ޒިޔާރަތް ކުރުމުގެ ޙައްޤު ގެއްލިގެން ގޮސްފައިނުވާކަމަށްވާއިރު ދަރިފުޅު
ކައިރިއަށް މަންމަ ޒިޔާރަތް ކުރުމުން ދަރިފުޅާއިއެކު ވަގުތު ހޭދަކޮށް ދަރިފުޅަށް މަންމަ ބޭނުންނަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ނުއަށް ކޯޓަށް
5
2009/HC-A/ 24
/
<< O
އިއްގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބޭނުން އެއްޗެއްދީ ހެދުމުގެ ފުރިހަމަ އިޚްތިޔާރު އޮވެފައި އެކަމަށް ބައްޕަގެ ފަރާތުން ހުރަސް އަޅާނެތޯ
ނުވަތަ ނޫންތޯ ބައްލަވާ އެކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
3- ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި މިމައްސަލާގެ ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކަށާއި މައްސަލައާއި
ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން
ދުމުން އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) މުޙައްމަދު ޝާފިޢު އަކީ އެމެރިކާގައި ދިރިއުޅޭ މީހަކަށް ވާއިރު އޭނާ އެމެރިކާގައި ހުއްޓާ
އޭނާގެ މައްޗަށް ދިވެހިރާއްޖޭގެ އާއިލާ އާއި ބެހޭ ކޯޓަށް މައްސަލައެއް ހުށަހަޅައި އެމައްސަލަ ކޯޓުން ޤަބޫލުކޮށް
މައްސަލަ ޣައިރު ހާޟިރުގައި ހިންގާ ހުކުމް ކުރައްވާފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ
ގޮތުގެ ޤަވާއިދުގެ 19 ވަނަ މާއްދާގެ (ނ) އާއި އަދި އެ ޤަވާއިދުގެ 20 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް
ބަޔާންކޮށްފައިވާ ނުކުތާ އަށް ބަލާއިރު
ޝަރީޢަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6.1 ގެ ކޯޓަށް މީހުން ޙާޟިރު
ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު" ގެ 19 ވަނަ މާއްދާގައި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި
ދަޢުވާ ލިބޭ ފަރާތަކީ ދިވެއްސެއްކަމަށް ވެފައި، އޭނާ ރާއްޖެއިން ބޭރުގައި ވާނަމަ،
ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި، ޢަމަލުކުރާނީ ތިރީގައިވާ ގޮތަށެވެ. މިގޮތަށް ބަޔާންކޮށް އެމާއްދާގެ (ހ)
ގައި " ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ދަޢުވާލިބޭ ފަރާތް ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެޑްރެސް
އެނގޭނަމަ، އެފަރާތަކަށް ކޯޓަށް ހާޟިރުވުމުގެ އަމުރު ރަޖިސްޓްރީ ޕޯސްޓުން ފޮނުވާނީއެވެ. އަދި އެމާއްދާގެ
(ނ) ގައި މިމާއްދާގައި ބަޔާންކުރާ ފަރާތެއް ރާއްޖެއިން ބޭރުގައި އުޅޭ އެޑްރެސް ނޭނގޭނަމަ، އެމީހަކަށް އަމުރު
ފޮނުވުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުންކުރެ ގޮތަކަށް ކަމަށާއި އަދި މިއަކުރުގެ 1 ވަނަ ނަންބަރުގައި
އެމީހަކު ހުރި ޤައުމެއްގައި ހުރި ދިވެހި ސަރުކާރުގެ ކަމާބެހޭ އޮފީހެއް މެދުވެރިކޮށް އެމީހަކަށް އަމުރު
ރައްދުކުރުން" އަދި 2 ވަނަ ނަންބަރުގައި އެމީހަކު
ހަކު ހުރި ޤައުމެއްގެ ސަރުކާރުގެ ކަމާބެހޭ ފަރާތެއް ނުވަތަ
ކޯޓު މެދުވެރިކޮށް އެމީހަކަށް އަމުރު ރައްދުކުރުން." މިގޮތަށް ބަޔާންކޮށްފައިވާ ކަމާއި
ޢާއިޝަތު މަޢުޒޫމާ ގެ ފަރާތުން ޢާއިލާއާއި ބެހޭ ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު
2008/AC;163 ޤަޟިއްޔާގައި ދަޢުވާލިބޭ މުޙައްމަދު ޝާފިޢު އަކީ އެމެރިކާގައި އުޅޭ މީހެއް ކަމަށްވާތީ
29
i
i
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009/HC-A/ 24
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އޔގ.9ނ
އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މުޙައްމަދު ޝާފިޢުގެ ބަޔާނެއް ހޯދުމަށް އާއިލާއާ
ބެހޭ ކޯޓުން ފިޔަވަޅުއަޅާފައިވާ ކަމާއި ނަމަވެސް މުޙައްމަދު ޝާފިޢުގެ ބަޔާން އެކޯޓަށް ލިބިފައި ނުވާ ކަމާއި
އަދި މުޙައްމަދު ޝާފިޢު ޢާއިލާއާބެހޭ ކޯޓަށް ޙާޟިރުވުމަށް ނުވަތަ އޭނާގެ ބަދަލުގައި ކޯޓަށް
ހާޟިރުވެ މުޙައްމަދު ޝާފިޢުގެ ފަރާތުން ޖަވާބު ދާރީވެ ވާހަކަ ދައްކާނެ ފަރާތެއް ހަމަޖެއްސުމަށާއި އެކަން
އެގޮތަށް ހަމަނުޖައްސައިފިނަމަ މުޙައްމަދު ޝާފތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމޭނެކަންވެސް
އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މުޙައްމަދު ޝާފިޢުއަށް
އެއެންގެވުމަށް މުޙައްމަދު ޝާފިޢު އިޖާބަދީފައި ނުވުމުން
ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28 ވަނަ މާއްދާގެ (ހ)
ގައިވާ ގޮތުގެ މަތީން 7 ދުވަހުގެ ތެރޭގައި ޢާއިލާއާއި ބެހޭ ކޯޓަށް ޙާޟިރުވުމަށާއި ޙާޟިރު ނުވިނަމަ ޣައިރު
ޙާޟިރުގައި މައްސަލަ ހިންގާ ނިންމޭނެކަން ޢާއިލާއާއި ބެހޭ ކޯޓުން އިޢުލާންކޮށް އެ އިޢުލާނުގައިވާ މުއްދަތު
ހަމަވެގެން ދިޔައިރުވެސް މުޙައްމަދު ޝާފިޢު އެކޯޓަށް ޙާޟިރު ވެފައި ނުވާތީ ޢާއިލާއާ ބެހޭ ކޯޓުގެ ނަންބަރު
2008/AC/163 ޤަޟިއްޔާއިން މުޙައްމަދު ޝާފިޢުގެ މައްޗަށް ޢާއިޝަތު މައުޒޫމާ ހުށަހަޅާފައިވާ ޙަޟާނަތުގެ
މައްސަލަ މުޙައްމަދު ޝާފިއުގެ ޣައިރު ޙާޟިރުގައި ނިންމަވާފައިވާ ކަން އެގޭއިރު
ކޯޓަށް މީހުން ހާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އާއިލާއާއި ބެހޭ ކޯޓުގައި އެމައްސަލަ ހިންގިއިރު އެއްވެސް ކަހަލަ
ޑިޕޮޒިޓް ފައިސާއެއް ބަހައްޓާފައި ނުވާކަމަށް މައްސަލަ އިސްތިއުނާފުކުރި ފަރާތުން ބުނެފައި ވިއަސް
ޢާއިލާއާ ބެހޭ ކޯޓުގައި އެމައްސަލަ ހިންގިއިރު އެކޯޓަށް މުޙައްމަދު ޝާފިއު ޙާޟިރުވެފައި
ނުވާކަން އެގޭއިރު އެއީ މުޙައްމަދު ޝާފިއުގެ ޙައްޤެއް ގެއްލިފައިވާ ކަމެއް ނޫންކަމާއި،
އަދި އެކަމުގެ ސަބަބުން އެމައްސަލާގެ އަސްލަށް ނުވަތަ ޖައުހަރަށް އެއްވެސް ބަދަލެއް
އައިސްފައި ނުވާކަންވެސް
24
44 44
އޮވެސް އެގެއެވެ"
22 22
އިއ
(ށ) ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވައިދުގެ 20 ވަނަ މާއްދާގައި
މިޤަވައިދުގެ 19 ވަނަ މާއްދާގައި ވާގޮތަށް ރާއްޖޭން ބޭރުގައި ހުރި މީހެއްގެ މައްޗަށް ޙާޟިރުވުމުގެ
ނެރޭނީ ތިރީގައި މިވާ ޙާލަތްތަކުގައެވެ.
މިގޮތަށް ބަޔާންކޮށް އެމާއްދާގެ (ހ) ގައި ދަޢުވާ ލިބޭ ފަރާތަކީ ޢާންމުގޮތެއްގައި
ދިވެހިރާއްޖޭގައި ވަޒަންވެރިވެގެން އުޅޭ މީހެއް ކަމުގައިވުން" މިގޮތަށް ބަޔާންކޮށްފައިވާއިރު މުޙައްމަދު ޝާފިޢު
&
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/ 24
2
.
އިމްދިން
އެމެރިކާގައި ދިރިއުޅޭތާ މިހާރު އެތައް އަހަރުތަކެއް ވެފައިވާ ކަމަށާއި އަދި އޭނާއަކީ އެތަނުގައި ދާއިމީ ގޮތެއްގައި
މަސައްކަތް ކުރަމުންދާ ޕްރޮފެޝަނަލް ޑޮކްޓަރެއް ކަމަށާއި އަދި އޭނާއަކީ ޢާއްމުކޮށް ރާއްޖޭގައި ދިރިއުޅޭ މީހެއް
ނޫން ކަމަށްވެސް މުޙައްމަދު ޝާފިޢުގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވީ ހިނދު
އިސްވެ ބަޔާން ކުރެވުނު ޤަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައި ހުށަހެޅިފައިވާ
މައްސަލައަކީ ދިވެހިރާއްޖޭގައި ހިގާފައިވާ ހާދިސާއަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއް ކަމުގައިވުން"
މިގޮތަށް ބަޔާން ކޮށްފައި އޮތްހިނދު
ޢާއިޝަތު މަޢުޒޫމާއާއި މުޙައްމަދު ޝާފިޢު އާއި ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ޔޫސުފް ހަމްދާން
ޝާފިޢުގެ ޙަޟާނަތާބެހޭ މައްސަލާގެ ހާދިސާ ކުއްޖާގެ ބައްޕައާއި މަންމައާއި ދެމީހުންގެ މެދުގައި ހިގާފައިވަނީ
ދިވެހިރާއްޖޭގައިކަން މިމައްސަލާގެ ބަޔާންތަކުންނާއި މިކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުއުން ތަކުން އެގޭކަމާއި
އަދި އެކަން އާއިލާއާއި ބެހޭ ކޯޓުގެ ނަންބަރު 2005 |AC/1432 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލުމުން އިތުރަށް ކަށަވަރުވެގެންދާ ކަން އެގޭކަމާއި އަދި އެޤަޟިއްޔާގެ ޙުކުމުގައިވަނީ "ދެންފަހެ،
އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ސ. ފޭދޫ / ދިރާސާގެ ޢާއިޝަތު މަޢުޒޫމާ
އާއި ގޮއިދޫ | މޫންލައިޓްވިއު މުޙައްމަދު ޝާފިޢު އާ ދެމީހުން އިދެގެން ލިބިފައިވާ ދަރިފުޅު ޔޫސުފް
ޤުދާން ޝާފިޢުގެ ޙަޟާނަތު ލިބިގަތުމަށް ޢާއިޝަތު މަޢުޒޫމާ ދަރިފުޅުގެ ބައްޕަ މުޙައްމަދު ޝާފިޢުގެ މައްޗަށް
ދަޢުވާކުރާ މިދަރިފުޅަކީ ދަރިފުޅުގެ މަންމައާއި ބައްޕައާ ދެމީހުންގެ ދެމެދުގައި ވާހަކަދެކެވި އެއްބަސްވެގެން
ދަރިފުޅުގެ ބައްޕަފަރާތުގެ މަންމައާއި ބައްޕައާ ބެލުން ޙަވާލުކޮށްފައިވާ ދަރިފުޅެއްކަމާއި، މިގޮތަށް ހަމަޖައްސަން
ޖެހުނީ ދަރިފުޅުގެ މަންމަ ރާއްޖެއިން ބޭރުގައި މެލޭޝިޔާގައި ކިޔަވަން ހުންނާތީ ދަރިފުޅުގޮވައިގެން
މެލޭޝިޔާގައި ކިޔަވަން ހުރުން ދަތިވެގެންކަމާއި، މިހާރުވެސް ޢާއިޝަތު މަޢުޒޫމާ އަކީ މެލޭޝިޔާގައި
ކިޔަވަމުންދާ މީހަކަށްވާތީ، ދަރިފުޅަށް އެއްމެ މަސްލަހަތު ބޮޑުގޮތަކީ ޢާއިޝަތު މަޢުޒޫމާއާ މުޙައްމަދު ޝާފިޢުއާ
ދެމީހުން އެއްބަސްވެފައިވާ ގޮތުގެ މަތިން ދަރިފުޅުގެ ބައްޕަ ފަރާތުގެ ކާފައާ މާމަގެ ކާރީގަ ހުރުމުން ކަމަށް
ޝަރީޢަތަށް ބުރަވެވޭތީ ޢާއިޝަތު މަޢުޒޫމާ ކިޔެވުން ދޫކޮށްލާފައި، ނުވަތަ ކިޔެވުން ނިންމާފައި ރާއްޖެއައުމާ
ހަމައަށް ދަރިފުޅުގެ ބައްޕަ ފަރާތުގެ މާމައާ ކާފަގެ ބެލުމުގެ ދަށުގައި ދަރިފުޅު ބެހެއްޓުމަށާއި ދަރިފުޅުގެ މަންމަ
ޢާއިޝަތު މަޢުޒޫމާ ކިޔެވުން ދޫކޮށްފައި، ނުވަތަ ކިޔެވުން ނިންމާފައި ރާއްޖެއަތުވެއްޖެނަމަ، ދަރިފުޅުގެ ބައްޕައާ
ވާހަކަ ދައްކައިގެން ދަރިފުޅު ބެލުމުގެ ކަންތައް އެހެންގޮތަކަށް ހަމަޖެއްސުމުގެ އިޚްތިޔާރު ޢާއިޝަތު މަޢުޒޫމާއަށް
ލިބިގެންވާ ކަމަށާއި ވާހަކަ ދައްކައިގެން ވަކިގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ، މައްސަލަ ޝަރީޢަތަށް
ހުށަހެޅުމުގެ އިޚުތިޔާރު ޢާއިޝަތު މައުޒޫމާއަށް ލިބިގެންވާކަން އަންގައި މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން
ބަޔާންކޮށްފައިވާއިރު ޢާއިޝަތު މަޢުލޫމާއާއި މުޙައްމަދު ޝާފިޢު އާއި ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ޔޫސުފް
ހަމްދާން ޝާފިޢުގެ ޙަޟާނަތާ ބެހޭ ގޮތުން އުފެދުނު މައްސަލާގެ ހާދިސާ ހިގާފައިވަނީ ދިވެހިރާއްޖޭގައި ކަން
އެގެން އޮތްއިރު
ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާ ނައްސުގައި ހިމެނޭ " ޙާދިސާ ނިންމާތައިގެ ތެރޭގައި ފެމިލީ މައްސަލަތަކާއި
33b5e2، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މު*
އީމެއިލް [email protected]
ސައިޓް
www-highcourt.gov.my
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/ 24
ޙަޟާނަތުގެ މައްސަލަތަކާއި ބަލަދުވެރިކަމާއި މިފަދަ ފެމިލީ ޝަޚްސީ އާއިލީ މައްސަލަތަކެއް ނުހިމެނޭނެ ކަމަށާއި
އެނައްސުގައި " ޙާދިސާ" އޭ އެ ބުނަނީ ޖިނާއީ މުހިއްމު ޙާދިސާ ވައްކަން، ޓެކުން، ފޭރުން، މީހުން މެރުން،
މިކަހަލަ ހާދިސާ ތަކަށް ކަމުގައި ޤަބޫލުކުރެވޭ ކަމަށް މުޙައްމަދު ޝާފިޢުގެ ފަރާތުން ބަޔާންކޮށްފައިވާއިރު
ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައި
" ހުށަހެޅިފައިވާ މައްސަލައަކީ ދިވެހިރާއްޖޭގައި ހިގާފައިވާ ހާދިސާއަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއް
ކަމުގައިވުން މިއީ ޢާއްމު ނައްސެއް ކަމާއި އަދި މި ނައްޞުގައި ހިމެނޭ މިބަހަކީވެސް
IF
.
3 0
ޖީ24
ex
0%
ހ04 ހ4
ކޮށް 44 @ހއ ހއ
22
އެބަސް ނުވަތަ ޖުމްލަ ހަމައެކަނި ޖިނާއީ ވަކިބާވަތަކަށް ޚާއްސަ ކުރެވޭނީ އެކަމަށް ދަލާލަތު ކުރާ
ހުއްޖަތެއް އޮވެގެން ކަމަށްވާއިރު ކޯޓަށް މީހުން ހާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 20 ވަނަ
މާއްދާގެ (ނ) ގައި ހިމެނޭ ޢާއްމު ނައްޞު ޖިނާއީ ވަކި ބާވަތެއްގެ މައްސަލަތަކަށް ޙާއްސަ ކުރެވޭނޭ ހުއްޖަތެއް
އެޤަވާއިދުގައި ނެތް ކަމާއި އަދި މައްސަލަ އިސްތިއުނާފު ކުރިފަރާތްކަމަށްވާ މުޙައްމަދު ޝާފިޢުގެ ފަރާތުންވެސް
އެފަދަ ހުއްޖަތެއް ޝަރީޢަތަށް ދެއްކިފައިނުވާއިރު
.ސެއް ވަކި ކަމަކަށް ޙާއްސަ ކުރެވޭނޭ ދަލީލެއްނެތި ޙާއްސަ ކުރުމަކީ ޝަރުއީ ހަމަތަކާ
ޚިލާފުކަމެއް ކަމަށްވާއިރު
ޢާއްމު ތައް ކެއް
ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްކަމަށްވާ
މުޙައްމަދު ޝާފިޢު އެމެރިކާގައި ވަނިކޮށް އޭނާ ދިވެހިރާއްޖޭގެ އާއިލާއާއިބެހޭ ކޯޓަށް ޙާޟިރު ކުރުމަށްޓަކައި
އެކޯޓުން އަޅާފައިވާ ފިޔަވަޅަކީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 20 ވަނަ
މާއްދާ އިން ހުރަސް އެޅިފައިވާ ކަމެއް ނޫން ކަން އެގެއެވެ.
(ނ) ޢާއިލާއާއި ބެހޭ ޤަވާއިދުގެ 71 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތު ޙަވާލުކުރާނެ
ފަރާތެއް ކަނޑައެޅުމުގައި އިސްކަންދޭންޖެހޭ ތަރުތީބު ބަޔާންކޮށްފައިވާއިރު އެންމެ ފުރަތަމަ ބަޔާން ކޮށްފައިވަނީ
/ 2
ملی تر کر
މަންމަކަން އެނގޭކަމާއި
އަދި އެޤަވާޢިދުގެ 72 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތުގެ ތަރުތީބުން އެންމެ އިސްކަންދެވޭ
މީހާއާ ކުއްޖާގެ ޙަޟާނަތު ޙަވާލު ކޮށްފިނަމަ ކުއްޖާގެ މަސްލަޙަތަށް އުނިކަމެއް އަންނާނެ ކަމަށް ބެލެވޭ
ޤަރީނާތަކެއް ހުރިނަމަ ކުއްޖާގެ މަސްލަޙަތަށް ރިޢާޔަތްކޮށް ޙަޟާނަތުގައި އިސްކަން ދެވިފައިވާ ތަރުތީބުގެ
މަތީން ކުއްޖާގެ ޙަޟާނަތު އެހެން ފަރާތަކާ ޙަވާލުކުރެވި ދާނެއެވެ." މިގޮތަށް ބަޔާންކޮށްފައި ވާކަމާއި
ދިވެހިރާއްa
ހައިކޯޓް
jb
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*ނަމަވެސް
9
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/ 24
ކުއްޖާގެ މަންމަ ޢާއިޝަތު މަޢުޒޫމާގެ ކިބައިން ޙަޟާނަތު ގެއްލިފައިވާކަން ސާބިތުކުރެވޭ
ވަރުގެ ކަމެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާއިރު ކުއްޖާގެ މަންމަ ޢާއިޝަތު މަޢުޒޫމާ އަށް ޙަޟާނަތު ގެ
ވިލާޔަތު ލިބުމުގެ އަހުއްލިއްޔަތު ލިބިގެންވާ ކަމަށް ޤަބޫލުކުރެވޭ ކަޅާއި
2c22
އަދި ކުއްޖާގެ މަންމަ ޢާއިޝަތު މަޢުޒޫމާ އަކީ ޙަޟާނަތު ލިބުމުގެ އެންމެ އިސްފަރާތްކަމަށް
ވާއިރު ކުއްޖާގެ މަންމަ ޢާއިޝަތު މަޢުޒޫމާ އާ ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމަކީ ކުއްޖާގެ މަސްލަޙަތަށް
އުނިކަމެއް އަންނާނެ ކަމެއްކަމަށް ބެލެވޭ ޤަރީނާއެއް ޝަރީޢަތަށް ހުށަހެޅިފައިނެތްކަން އެގެއެވެ.
(ރ) މުޙައްމަދު ޝާފިޢު އާއި ޢާއިޝަތު މައުޒޫމާ އާއި މިދެމީހުންނަށް ލިބިފައިވާ ދަރިފުޅު
ޔޫސުފް ހަމްދާން ޝާފިޢު އަށް އެމެރިކާގެ ރައްޔިތުކަން ލިބިފައިވުމަކީ އެކުއްޖާގެ މަންމައަށް ޝަރުޢީ އަދި
ޤާނޫނީ ގޮތުން މަންމައަށް ލިބިފައިވާ އެއްވެސް ޙައްޤެއް ނިގުޅިގެން ދާނޭކަމެއް ނޫން ކަމާއި އަދި އެއީ ކުއްޖާގެ
މަންމައަށް ލިބިފައިވާ ޙަޟާނަތުގެ ވިލާޔަތް ގެއްލިގެން ދާނޭކަމަށް ބެލެވޭނޭ ހުއްޖަތެއް ނޫންކަންވެސް އެގެއެވެ.
(ބ) ޢާއިލާއާއި ބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާ އިން ނިންމާވާ ފައިވާ
ޔޫސުފް ހަމްދާން ޝާފިޢުގެ ޙަޟާނަތުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވި ހިގަމުން
ދަނިކޮށް ޔޫސުފް ހަމްދާން ޝާފިޢު އަށް 7 (ހަތެއްއަހަރު ފުރިފައިވާ ކަން މިމައްސަލާގެ ބަޔާންތަކުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން އެގެން
ޢާއިލާއާ ބެހޭ ކޯޓުގައި މިކުއްޖާގެ މައްސަލަ ހިންގާ ނިންމެވިއިރު ކުއްޖާއަށް 7 އަހަރު
ފުރިފައި ނުވާ ކަމާއި އެނުކުތާއަކީ އެކޯޓުން ބައްލަވާފައިވާ ނުކުތާއެއް ނޫންކަމާއި، އިސްތިއުނާފް އުސޫލުތަކުގެ
މައްޗަށް ވިސްނާ ބަލާއިރު އިސްތިއުނާޕީ ދަޢުވާ ބިނާވާން ޖެހޭނީ ދަށުކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފުވާނަމަ އެނުކުތާގެ މައްޗަށް ކަމަށްވެފައި، ދަށުކޯޓުން ބައްލަވާ ފައިސަލާ ކުރަނިވި ނިޔާއެއް
ކަނޑައެޅިފައި ނުވާކަމަކާ މެދު އިސްތިއުނާފުގެ މަރުޙަލާގައި ގޮތެއް ކަނޑައެޅުމަކީ އެމައްސަލާގައި ހިމެނޭ
ފަރާތްތަކަށް ޤާނޫނީ ގޮތުން އޮތް އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސް އެޅިދާނެ ކަމަކަށް ވުމާއެކު
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިމައްސަލަ ބެލިބެލުމުގައި އެނުކުތާ ބެލިފައެއް ނުވާނެއެވެ.
އެހެންކަމަށްވުމުން އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު ޢާއިލާއާއި
ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން
22
9ދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިއްޖެ، ޖޯން (X3322ކްސް: 3316471
އީމެއިލް
rلل
[email protected]
www.highcourt-
10
2009/HC-A/ 24
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ގެނެވިދާނެ ބަދަލެއް އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަކަށް
4 2 22
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް ހުރުމާއެކު ޢާއިލާއާއި
އާއި ބެހޭ ކޯޓުގެ
ނަންބަރު 2008/AC/163 ޤަޟިއްޔާ ގައި ކުރައްވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤު
ވެފައިވާތީ ޢާއިލާއާއި ބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ
ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv