ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/307 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 307/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑް *ދާއިމީ އެޑްރެސް: މއ.މަލާޒް މާލެ
ރަޖިސްޓްރީ ނަންބަރ:16
/
98-C
މިހާރުގެ އެޑްރެސް: މއ.މަލާޒް މާލެ
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޑރ.އިސްމާޢީލް ރަޝީދު ޢުމަރު
އައިޑީ ކާޑުނަންބަރު: A038221
* ދާއިމީ އެޑްރެސް: މ.އާދިއްލީގެ މާލެ
* މިހާރުގެ އެޑްރެސް: މ.އާދިއްލީގެ މާލެ
* ރަޖިސްޓްރީކުރެވުނު
ރެވުނު ތާރީޚް: 13 މުޙައްރަމް 1436 * ނިމުނު ތާރީޚް: 05 ޞަފަރު 1436
06 ނޮވެމްބަރު 2014
27 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/865
ނިންމެވިބޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް:
13 އޭޕްރީލް 2014
ނިމުނު ތާރީޚް: 31 އޯގަސްޓް 2014
E
ސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް ވީހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/865
ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
4 22
Ocu
2
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު: 16
/
98-C) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި
މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ މ.އާދިއްލީގެ| ޑރ.އިސްމާޢީލް ރަޝީދު ޢުމަރު
(ދ.ރ ކާޑް ނަންބަރުA038221} އެވެ.
ދެވުނު ނުކުތާ
01 އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/865 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ ފ.އާދިއްލީގެ! ޑރ.އިސްމާޢީލް ރަޝީދު ޢުމަރުގެ
ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މއ.އެމަންޑްވިލް އެވެކިޔާ އަމިއްލަ ގޯތީގައި ހަދާފައިވާ އިމާރާތް
ބޭނުންކުރުމުގެ އެއްވެސް ޤާނޫނީ ޙައިޘިއްޔަތެއްނެތި އަދި ޑރ.އިސްމާޢީލް ރަޝީދު ޢުމަރުގެ އިޛުނައެއްވެސް
ނެތި އެތަން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުން ގެންދާކަމަށްބުނެ، އެ ޢިމާރާތް ހުސްކޮށް
ޑރ.އިސްމާޢީލް ރަޝީދު ޢުމަރު އާއި ޙަވާލްކުރުމަށް އަމުރުކޮށްދިނުން އެދި މ.އާދިއްލީގެ ޑރ.އިސްމާޢީލް
ރަޝީދު ޢުމަރު (ދ.ރ ކާޑް ނަންބަރު A038221) ގެ ފަރާތުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ
މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެޤަޟިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "...އއ.އާމަންޑްވިލާ އެވެކިއުނު
އަމިއްލަ ގޯތީގައި ހަދާފައިވާ ޢިމާރާތް ބޭނުންކުރުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތަށް ލިބިގެންވާކަމަށްބުށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޮއްބާހ
ފަރާތުގެ ދިފާޢު ބިނާކުރަނީ ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ މއ.އާމަންޑްވިލާ ގައި ހަދާފައިވާ ޢިމާރާތް
ކުއްޔަށްދިނުމާ ގުޅޭގޮތުން މއ.އާމަންޑްވިލާ ފާޠިމަތު ވަޙީދާއާއި ދަޢުވާލިބޭ ފަރާތާ ދެމެދު ކުރެވިފައިވާ
ސްވުމުގެ ދަށުން އެތަނުގެ ބޭނުން ހިފުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތަށް ލިބިގެންވާކަމަށް ބުނެ، އެ
އެއްބަސްވުމުގެ މައްޗަން ފެކޮށްކަމަށްވާއިރު،
މި އެއްބަސްވުމަކީ މއ.އާމަންޑްވިލާ ފާޠިމަތު ވަޙީދާ ދުނިޔޭގައިހުރެ އޭނާއާއި ދަޢުވާލިބޭ
ފަރާތާ ދެމެދު އޭރު ބަންޑާރަ ގޯއްޗެއްގެ ގޮތުގައި އޮތް މއ.އާމަންޑްވިލާ އެވެކިޔާ ގޯތީގައި ހަދާފައިވާ
ޢިމާރާތް ކުއްޔަށްދިނުމަށް ކުރެވުނު އެއްބަސްވުމެއްކަމާއި، ފާޠިމަތު ވަޙީދާ ނިޔަދުވުމުން، ފާޠިމަތު ވަޙީދާގެ
ތަރިކައިގެ ތެރޭގައި ހިމެނޭ މިމައްސަލައިގައި ޙަވާލާދެވޭ މއ.އާމަންޑްވިލާ އެވެކިޔުނު ގޯތީގައި ހަދާފައިވާ
ޢިމާރާތް އެމަރްޙޫމާގެ ވާރިޘުންގެ މިލްކަކަށްވެގެންގޮސްފައިވާއިރު، އެވާރިޖުންގެ ފަރާތުން މިހާރު އެގޯތި
ދަޢުވާކުރާ ފަރާތަށް ވިއްކާލުމުން، މއ.އާމަންޑްވިލާ އެވެކިޔުނު އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހާ
ޢިމާރާތްތަކުގެ ވެރިފަރާތަކީ ދަޢުވާކުރާ ފަރާތްކަން އެނގެން އޮންނައިރު، އަލްމަރްހޫމާ ފާޠިމަތު ވަޙީދުގެ
ތަރިކައިގެ ތެރޭގައި ހިމެނުނު މއ.އާމަންޑްވިލާ އެވެ ކިޔުނު ގޯއްޗާއި ގުޅޭގޮތުން ބެލުނު ސިވިލް ކޯޓުގެ
ނަންބަރު: 2012/Cv
-
C/685 ޤަޟިއްޔާގައި މއ.އާމަންޑްވިލާ އެވެ ކިޔުނު ބަންޑާރަގޯތީގައިވާ އެންމެހާ
ޢިމާރާތްތަކާއި ނުއުފުލޭ މުދާ ފާޠިމަތު ވަޙީދާގެ ވާރިޘުންނަށް ލިބިދެއްވުމުގައި އެވާރިޘުންގެ މައްޗަށް، އަދި އޭގެ
ފަހުން އެގޯތި އެވާރިޘުންގެ ފަރާތުން ދަޢުވާކުރާ ފަރާތަށް ވިއްކުމަށް ބޭނުންވެ ހުށަހެޅުނު ސިވިލް ކޯޓުގެ
ނަންބަރު 2012/Cv
-
C/1336 ޤަޟިއްޔާގައި އެމުޢާމަލާތް ޝަރީއަތުން ފުރިހަމަކޮށްދީ އެބިމާއި އެބިމުގައިވާ
އެންމެހާ ޢިމާރާތްތައް ދަޢުވާކުރާ ފަރާތައް މިލްކުކޮށްދިނުމުގައި ދަޢުވާކުރާ ފަރާތުގެ މައްޗަށް ދަޢުވާލިބޭ ފަރާތުގެ
މަސްލަޙަތުގައި ކަމެއް ލާޛިމްކުރައްވާފައިނުވާކަން އެނގެން އޮންނައިރު، ފާޠިމަތު ފަރީދާ ނިޔައުވުމާއިގުޅިގެން
އެމަރްޙޫމާގެ ވާރިޘުންގެ މިލްކަކަށް މއ.އާމަންޑްވިލާ އެވެ ކިޔުނު ގޯތީގައިވާ ޢިމާރާތް ވުމުން، އެވާރިޘުންނާއި
ދަޢުވާލިބޭ ފަރާތާއެކު އެޢިމާރާތް ކުއްޔަށްދިނުމާގުޅޭގޮތުން އެއްބަސްވުމެއް ކުރެވިފައިނުވާޙާލު، ފާތި ކި
ވަޙީދާއާއި ދަޢުވާލިބޭ ފަރާތާއެކު ކުރެވުނު އެއްބަސްވުމުން ދަޢުވާލިބޭ ފަރާތަށް ލިބިގެންވާ ޙައްޤުތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްބަސްވުމުގެ އެއް ބައިވެރިޔާކަމުގައިވާ ފާޠިމަތު ވަޙީދާ ނިޔަދުވުމަށްފަހުވެސް އެ އިމާޔަތްތެރިކަން
ލިބިގެންވާންޖެހޭކަމުގައި ދަޢުވާލިބޭ ފަރާތުން ބުނިނަމަވެސް، ދަޢުވާލިބޭ ފަރާތާއެކު އެއްބަސްވުމެއްކުރެވިފައިވަނީ
ފާޠިމަތު ވައްދާއާއެކުގައި ކަމަށްވެފައި، ފާޠިމަތު ވަޙީދާ ނިޔަދުވުމުން، ފާޠިމަތު ވަޙީދާއާއެކު ކުރެވިފައިވާ
މުޢާމަވާތަކާގުޅިގެން ދަޢުވާލިބޭ ފަރާތުގެ މަޞްލަޙަތެއް ޙިމާޔަތްކުރުމަށް އޮތްކަމުގައިވާނަމަ، އެފަދަ
މަޞްލަހަތުތައް ޙިމާޔަތް ކުރުމަށްޓަކައި ޤާނޫނީގޮތުން ފުރިހަމަކުރާންޖެހޭ އިޖުރާއަތުކަމުގައިވާ ޤާނޫނު ނަންބަރު:
25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) އިން ލިބިދީފައިވާ ރައްކާތެރިކަމުގެ ބޭނުން ދަޢުވާލިބޭ ފަރާތުން
ހިފާފައިނުވާހިނދު، ފާޠިމަތު ވަޙީދާ ނިއައުވުމުގެ ކުރިން ދަޢުވާލިބޭ ފަރާތާއެކު ކޮށްފައިވާ އެއްބަސްވުމެއް،
މިހާރުވެސް އެއަށް ބަދަލެއް ނައިސް އެގޮތުގައި ކުރިއަށްގެންދަންޖެހޭކަމަށް އެހެން ފަރާތެއްގެ މައްޗަށް
އިލްތިޒާމެއް އަންނާނޭކަމަށް ޤާނޫނީ ގޮތުން ބެލެވޭނެ ހަމައެއްނެތަތީއާއި،
މުޢާމަލާތް އެމުދަލެއްގެ މައްޗަށް ކުރެވިފައިވާ މުދަލުގެ މިހާރުގެ މިލްކުވެރިފަރާތަކީ ދަޢުވާލިބޭ
ފަރާތާއެކު މުޢާމަލާތްކުރި ފަރާތުގެ ވާރިޘުންކަމުގައިވެސްނުވެފައި، އަދި އޭގެ ބަދަލުގައި އެމުދަލުގެ މިހާރުގެ
މިލްކުވެރިފަރާތަކީ އެހެން ތިންވަނަ ފަރާތެއް (ދަޢުވާކުރާ ފަރާތް) ކަމުގައިވީއިރު، އަދި މިދަޢުވާގައި ޙަވާލާދެވޭ
މައްސަލައިގައި ކަންހިނގާންޖެހޭގޮތުގެ މައްޗަށް ޤާނޫނީގޮތުން ފުރިހަމަވާންޖެހޭ އިޖުރާއަތުގެ ބޭރުން
ޢަދާލާމަލްއިންޞާފުގެ ހަމަތަކުން ޙައްޤެއް ދަޢުވާލިބޭ ފަރާތުގެ އޮތްކަމުގައި ބެލޭނެ ހަމައެއްނުވާތީއާއި،
ފާޠިމަތު ވަޙީދާ ނިޔަޙުވުމަށްފަހު، އެމަރްޙޫމާގެ ވާރިޘުން ޢިމާރާތުގެ ކުލި ބަލައިގަންނަމުންދިޔަ
ދިޔުމަކީ ދަޢުވާލިބޭ ފަރާތާއި ފާޠިމަތު ވަޙީދާއާއެކު ކުރެވުނު އެއްބަސްވުން އެމަރްޙޫމާގެ ވާރިޘުން
ދެމެހެއްޓީކަމުގައި ދަޢުވާލިބޭ ފަރާތުން ބުނިނަމަވެސް، ފާޠިމަތު ވަޙީދާ ނިޔައުވުމަށްފަހު، އެ އެއްބަސްވުން
މެދުވެރިކޮށް ދަޢުވާލިބޭ ފަރާތަށް ކުއްޔަށްދީފައިވާ ތަނުގައިވާ ދައުވާލިބޭ ފަރާތުގެ ޙައްޤުތަކާގުޅޭގޮތުން
ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލުކޮށްފައިނުވުމުން، ފާޠިމަތު ވަޙީދާ ނިޔަދުވުމަށްފަހު، އެތަނުގެ މިލްކުވެރިކަން
ވާރިޖުންގެ ނަމަށް ބަދަލުވެގެން ދިޔަ މަރުޙަލާގައިވެސް ދައުވާލިބޭ ފަރާތުން އެފަރާޖަގެ
ލިބިގެންވާކަމަށްބުނާ ޙައްޤަކާގުޅޭ ގޮތުން
އުފުލާފައިނުވާއިރު، އެމަރުޙަލާ
އެމަޤާމުގެ
، ހައިކޯ
.....
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިލްކުވެރިކަން އެވާރިޖުންނަށް ބަދަލުވެގެންގޮސްފައިވަނީ ދަޢުވާލިބޭ ފަރާތުގެ މަޞްލަޙަތުގައި އެއްވެސް ކަމެއް
އެފަރާތްތަކާއި މަތިކުރެވިގެންކަމުގައި ބެލޭނެ އެއްވެސް ސަބަބެއް ފެންނަންނެތްއިރު، ފާތިމަތު ވަޙީ
ނިޔަދުވުމަށްފަހު، އެތަނުގެ މިލްކުވެރިކަން ފާޠިމަތު ވަޙީދާގެ ވާރިޘުންނަށް ބަދަލުވުމަށްފަހުގައިވެސް
ކުއްޔަށްދެވިފައިވާ ތަނުގެ ބޭނުން ދަޢުވާލިބޭ ފަރާތަށް ހިފުމުގެ ފުރުޞަތުލިބިގެންގޮސްފައިވަނީ ދަޢުވާލިބޭ
ފަރާތުންބުނާ ފަދައިން ފާޠިމަތު ވަޙީދާ އާއި ދަޢުވާލިބޭ ފަރާތާއެކު ކުރެވުނު އެއްބަސްވުން ފާޠިމަތު ވަޙީދާގެ
ވާރިޘުން ދެމެހެއްޓީކަމުގައި ޤާނޫނީގޮތުން ބެލޭވޭ ހަމައެއްނުވާކަމާއި، އަދި ހަމައެފަދައިން ފާޠިމަތު މައީދާގެ
ވާރިޖުންގެ ފަރާތުން ފާޠިމަތު ވަޙީދާ ނިޔައުވުމަށްފަހު ތަނުގެ ކުލި ބަލައިގަތްގަތުމަކީ ފާތިމަތު ވަޙީދާ އާއި
ފަރާތާއެކު ކުރެވުނު އެއްބަސްބުން ދެމިގެންދިޔަކަމެއްގެ ގޮތުގައިވެސް ބެވޭނޭ ހަމައެއްނެތަތީ
ދަޢުވާލިބޭ ފަރާތުން ބުނާ ފަދައިން ފާޠިމަތު ވަޙީދާ ނިޔަދުވުމަށްފަހުގައިވެސް ފާޠިމަތު ވަޙީދާ އާއި ދަޢުވާލިބޭ
ފަރާތާއެކު ފާޠިމަތު ވަޙީދާ ދުނިޔޭގައިހުރެ ކުރެވުނު އެއްބަސްވުން ތަންފީޛްވަމުންދިޔަކަމަށްބަލައި، އެ
އެއްބަސްވުމުން ދަޢުވާލިބޭ ފަރާތައް ލިބިގެންވީ ޙައްޤުތައް މިހާރުވެސް ލިބިގެންވާކަމުގައި ޤާނޫނީ ގޮތުން
ބެވެންނެތްކަމުގައާއި، އެ އެއްބަސްވުމަކީ ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) އިން
ދަޢުވާކުރުމަށް ދައުވާލިބޭ ފަރާތަށް ލިބުނު ފުރުޞަތުގައި އެކަން ނުކޮށް އޮތުމުގެ ސަބަބުން އެ އެއްބަސްވުމުގެ
ޤާނޫނީ ޙައިޘިއްޔަތު ގެއްލިފައިވާ އަދި ފާޠިމަތު ވަޙީދާ ނިޔަދުވުމަށްފަހު އިތުރު ފަރާތެއްގެ މައްޗަށް ޤާނޫނީ
ގޮތުން ބަނދެވުމެއްނު އުވިގެންގޮސްފައިވާ އެއްބަސްވުމެއްކަމުގައާއި، ފާޠިމަތު ވަޙީދާ ނިއައުވުމަށްފަހު ތަނުގެ
މިލްކުވެރިންކަމުގައިވި އެމަރްޙޫމާގެ ވާރިޘުން ދަޢުވާލިބޭ ފަރާތުން ބޭނުންކުރަމުންދިޔަ ތަނަށް ކުލި
ބަލައިގަންނަމުންދިޔަ ދިއުމަކީ މަހުންމަހަށް އެފަރާތްތަކާއި ދަޢުވާލިބޭ ފަރާތާއެކު ކުރެވުނު
ޢާމަލާތްތަކެއްކަމުގައި ބަލަންޖެހޭކަމުން، ދަޢުވާލިބޭފަރާތުން އެދިފައިވާ ފަދައިން މއ.އާމަންޑްވިލާ އެވެ ކިޔާ
ގޯތީގައި ހަދާފައިވާ ޢިމާރާތް ފާޠިމަތު ވައީދާ އާއި ދަޢުވާލިބޭ ފަރާތާއެކު ކުރެވުނު އެއްބަސްވުމުގައި
ބަޔާންވެގެންވާ މުއްދަތަށް ބޭނުންކުރުމުގެ ޙައްޤު ލިބިގެންވާކަމުގައި ކަނޑައެކު
ދައުޙަކުރުމަކީ
14
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j4/HC-A/307
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އިމް ޕްލައިޑް ކޮންޓްރެކްޓް (implied contract .)ރަވޭ ހައިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތުގެ ނުރުހުމުގައި ދައުވާކުރާފަރާތުގެ މިލްކު މއ.އާމަންޑްވިލާ އެވެ ކިޔާ އަމިއްލަ ގޯތީގައި ހަދާފައިވާ
ޢިމާރާތް ބޭނުންކުރުމަށް ދަޢުވާލިބޭ ފަރާތަށް މިހާރު ޙައްޤެއް ވުޖޫދުގައިނުވާތީ،
ދަޢުވާކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މއ.އާމަންޑްވިލާ އެވެކިޔާ އަމިއްލަ
ގޯތީގައި ހަދާފައިވާ ޢިމާރާތް ދަޢުވާކުރާ ފަރާތުގެ ނުރުހުމުގައި ންކުރުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތަށް
ލިބިގެންނުވާކަމަށް ކަނޑައަޅައި، މއ.އާމަންޑްވިލާ އެވެކިޔުނު ގޯތީގައި ދަޢުވާލިބޭ ފަރާތުން ބޭނުންކުރަމުންދާ
ޢިމާރާތުގައި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތިބިނަމަ ތިބި ބަޔަކާއި ހުރިނަމަ ހުރި
ތަކެއްޗެއް މިއަދު 2014 އޯގަސްޓް 31 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނެރެ،
ތަންހުސްކޮށް ދަޢުވާކުރާ ފަރާތާއި ޙަވާލުކުރުމަށް ދަޢުވާލިބުނު އާރް.ކޭއެފް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް
އަންގައި، ޙުކުމްކޮށްފީމެވެ. " މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/865
ޤަޟިއްޔާގައި ޙުކުމްކުރެއްވުމާއި ގުޅިގެން އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި
ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރ 2014/Cv
-
C/865 ޤަޟިއްޔާގައި
18 އޯގަސްޓް 2014 ވަނަ ދުވަހުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ބަޔާނަށް އާރް.ކޭ.އެލް ގްރޫޕް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލިޔުމުން ޖަވާބުދާރީވުމުގެ ފުރުޞަތަކަށް އެދިފައި ވަނިކޮށް އެފުރުޞަތު
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދިނުމަކާނުލައި މައްސަލައިގައި ޙުކުމް ކުރައްވާފައިވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރ 2014/Cv-C/865 ޤަޟިއްޔާއާ ގުޅިގެން
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކުގައި ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Oce
އުފެދިފައިވާކަމަށް ބަޔާންކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމާފައިވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ .
303 ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/865 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/865 ޤަޟިއްޔާގައި
މ.އާދިއްލީގެ ޑރ.އިސްމާޢީލް ރަޝީދު ޢުމަރު ކޮށްފައިވާ ދަޢުވާއަކީ، އޭނާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ
އަމިއްލަ ގޯއްޗެއް ކަމުގައިވާ "މިއ.އާމަންޑް
ންޑްވިލާ" އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތް އާރް.ކޭ.އެލް ގްރޫޕް
ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުންދަނީ އެ ޢިމާރާތް ބޭނުންކުރުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް އަދި
އެ ޢިމާރާތުގެ މިހާރުގެ ވެރިފަރާތް ކަމުގައިވާ ޑރ.އިސްމާޢީލް ރަޝީދު ޢުމަރު ގެ އިޒުނަވެސް ނެތި
އެ ޢިމާރާތް ހުސްކޮށް ޑރ.އިސްމާޢީލް ރަޝީދު ޢުމަރު އާއި ޙަވާލުކުރުމަށް ޝަރީޢަތުން
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް އަމުރުކޮށްދިނުން އެދި ހުށަހަޅާފައިވާ ދަޢުވާއެއްކަން އެޤަޟިއްޔާގެ
ރިޕޯޓުން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާގައި ހުށަހެޅިފައިވާ ލިޔެކިއުންތަކުގެ ތެރޭގައި، މާލޭ ސިޓީ ކައުންސިލުން
ހައްދަވައި ދެއްވާފައިވާ "ލއ.އާމަންޑްވިލާ" އެވެ ކިޔާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހިމެނޭކަމާއި، އެއީ
ރަޖިސްޓަރީ ނަންބަރު އ.4769 ކަމާއި، އެ ރަޖިސްޓަރީ އަށް ބަލާއިރު، އެގޯތި ޙަވާލުކުރެވިފައިވާ ފަރާތަކީ،
ޑރ.އިސްމާޢީލް ރަޝީދު ޢުމަރު (ދ.ރ ކާޑް ނަންބަރު
ކަމާއި، އެރަޖިސްޓަރީގައި،
މއ.އާންމަންޑް ވިލާ އެވެ ކިޔާ ގޯއްޗަކީ ޑރ.އިސްމާޢީލް ރަޝީދު ޢުމަރު އަށް އެ އިދާރާއިން ރަޖިސްޓަރީ
ކޮށްދީފައިވާ އަމިއްލަ ގޯއްޗެއް ކަމަށާއި، އެއީ އެގޯތި އޭގެ ކުރިން މިލްކުވެފައިވާ ޘަފަރުﷲ ކަމާލުއްދީން
ކަމަށްބުނެ،
(A038221
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
1 0 0
OCCO
ޢަބްދުﷲ ކަމާލުއްދީން، ނަޞްރުﷲ ކަމާލުއްދީން، ޖޫޝާން ކަމާލުއްދީން، ކަރެކްޝަން ކަމާލުއްދީން ގެ
ފަރާތުން އެގޯތީގައިވާ 1550 އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި
ޢިމާރާތްތަކާއި ނުއުފުލޭ މުދާ -/000'1،550 ރުފިޔާ (އެއްމިލިއަން ފަސްލައްކަ ފަންސާސްހާސް ރުފިޔާ) ގެ
އަގަށް މ.އާދިއްލީގެ ޑރ.އިސްމާޢީލް ރަޝީދު ޢުމަރުއަށް ވިއްކުމުން، އެ އަގަށް އެ ބިމާއި ޢިމާރާތްތައް
ޑރ.އިސްމާޢީލް ރަޝީދު ޢުމަރު ގަނެ، އެ ވިޔަފާރި ޢަޤުދުކޮށް، އެ ވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ،
އެވިޔަފާރި ޞައްޙަކަމަށާއި، އެވިޔަފާރީގެ ސަބަބުން މއ.އާމަންޑްވިލާ އެވެކިޔާ 1550 އަކަފޫޓުގެ އަމިއްލަ
ގޯތީގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ މިހާރު މިލްކުވެގެންވަނީ
ޑރ.އިސްމާޢީލް ރަޝީދު ޢުމަރު އަށް ކަމަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ
އިން 27 ސެޕްޓެމްބަރ 2012 ގައި ޙުކުމް ކުރައްވާފައިވާތީކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: މއ.އާމަންޑްވިލާ އެވެ ކިޔާ ގޯއްޗާއި ގުޅިގެން ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، މއ.އާމަންޑްވިލާ އަލްމަރުޙޫމާ ފާޠިމަތު ވަޙީދާ ގެ ދުނިޔޭގައި، ފާޠިމަތު ވަޙީދާ އާއި އާރް.ކޭ.އެލް
ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ކުރެވިފައިވާ ކުރީގެ މުޢާމަލާތެއްގެ ދަށުން ދެ އެއްބަސްވުމެއް
އެކުލަވާލެވި، "މިއ.އާމަންޑްވިލާ" އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާކަމާއި،
އެގޮތުން ފުރަތަމަ އެއްބަސްވުމަކީ، 15 ފެބްރުއަރީ 2009 އިން ފެށިގެން 31 ޑިސެމްބަރ 2014 ގެ
ނިޔަލަށް އއ.އާމަންޑްވިލާ އެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތް، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ކުއްޔަށް ހިފުމަށް ކޮށްފައިވާ އެގްރީމެންޓެއްކަމާއި، އޭގެ ފަހުން ދެވަނަ އެއްބަސްވުމަކީ، ކުރިން
ޔާންކުރެވުނު އެއްބަސްވުމުގެ ބައެއްގެ ގޮތުގައި 08 އޯގަސްޓް 2011 ގައި ލިޔެފައިވާ ލިޔުމެއްކަމާއި،
އެލިޔުމުގައި، ކުރިން މިބަޔާންކުރެވުނު އެއްބަސްވުމަށް 01 ޖެނުއަރީ 2015 އިން ފެށިގެން 03 އަހަރު
އިތުރުކޮށްފައިވާކަން އެނގޭކަމާއި،
މިބަޔާންކުރެވުނު ގޮތުގެ މަތިން ދެފަރާތުގެ މުޢާމަލާތް ކުރިއަށް ދަނިކޮށް ކުލީގެ
އެއްފަރާތް ކަމުގައިވާ މއ.އާމަންޑްވިލާ ފާޠިމަތު ވަޙީދާ، 07 ސެޕްޓެމްބަރ 2011 ގައި ނިޔާވެފައި
22 22
492 0 2 04
އއބަE
E
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ކު85ވުމުން،
9
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހު
އޭގެ ފަހުން ފާޠިމަތު ވަޙީދާގެ ތަރިކާގެ މައްސަލަ 12 އޭޕްރީލް 2012 ގައި ސިވިލް ކޯޓަށް
ހުށަހަޅާފައިވާކަމާއި، އެޤަޟިއްޔާ ނިމިފައިވަނީ 26 ޖޫން 2012 ގައި ކަމާއި، އެޤަޟިއްޔާގައި، އަލްމަރްޙޫމާ
ފާޠިމަތު ވަހީދާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މއ.އާމަންޑްވިލާ އެވެ ކިޔާ ބަންޑާރަ ގޯތި، ފާޠިމަތު
ވަހީދާގެ 05 (ފަހެއް) ވާރިޘުން ކަމުގައިވާ ޝަފަރުﷲ ކަމާލުއްދީން އާއި، ޢަބްދުﷲ ކަމާލުއްދީން އާއި،
ނަޞްރުﷲ ކަމާލުއްދީން އާއި، ޖޫޝާން ކަމާލުއްދީން އާއި، ކަރެކްޝަން ކަމާލުއްދީން އަށް ހަމަހަމަކޮށްލިބި،
އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދައު 05 (ފަހެއް) ވާރިޘުންނަށް ހަމަހަމަކޮށް
މިލްވެގެންވާކަމަށް ޙުކުމް ކުރައްވާފައިވާކަން، ފާޠިމަތު ވަޙީދާގެ ތަރިކާގެ މައްސަލަ ބަލާފައިވާ ސިވިލް ކޯޓުގެ
ނަންބަރު:2012/Cv
-
C/685 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނައިރު،
އެޤަޟިއްޔާގައި ހިމެނޭ އެއްވެސް ފަރާތަކުން ނުވަތަ މަޞްލަޙަތު ހިމެނޭ އެހެން ފަރާތަކުންވެސް އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިނުވާކަން އެނގޭކަމާއި،
ބަޔާންކުރެވުނު 05 ވާރިޘުންނަށް މއ.އާމަންޑްވިލާ އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ
އެންމެހައި ޢިމާތްތަކާއި ނުއުފުލޭ މުދައު މިލްކުވުމަށްފަހު، އެ 05 ވާރިޘުންނާ މ.އާދިއްލީގެ/ ޑރ.އިސްމާޢީލް
ރަޝީދު ޢުމަރު އާ ދެމެދު ކުރެވުނު ވިޔަފާރި މުޢާމަލާތެއްގެ
މުޢާމަލާތެއްގެ ދަށުން މއ.އާމަންޑްވިލާ އެވެ ކިޔާ ގޯއްޗާއި
އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދައު، ޑރ.އިސްމާޢީލް ރަޝީދު ޢުމަރު އަށް
ވިއްކާލާފައިވާކަމާއި، އަދި އެވިޔަފާރި މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއްކަމަށާއި، އެމުޢާމަލާތުގެ ސަބަބުން
މއ.އާމަންޑްވިލާ އެވެ ކިޔާ ގޯއްޗާއި ޢިމާރާތްތަކާއި ނުއުފުލޭ މުދައު، ޑރ.އިސްމާޢީލް ރަޝީދު ޢުމަރަށް
މިލްކުވެގެންވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާކަން
އެނގެން އޮންނަކަމާއި، އަދި ސިވިލް ކޯޓުގެ އެޤަޟިއްޔާގައި އެވިޔަފާރި މުޢާމަލާތް ޞައްޙަކަމަށް ޙުކުމް
އާރް.ކޭ.އެލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ
އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާކަމާއި،
ގްރޫޕް
ދިވެހިރާއްޖޭގެ
ހައިކޯޓް
ތިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަމަވެސް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި
މައިގަނޑު ނުކުތާއަކީ، މއ.އާމަންޑްވިލާ ގައިވާ ޢިމާރާތަކީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން
ކުއްޔަށް ހިފާފައިވާ ޢިމާރާތަކަށްވާއިރު، އަދި އެގޯތި ވިއްކުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ
ފޯމުގައި ހުށަހެޅި ފަރާތުން އެކަން ބަޔާންކޮށްފައިވާއިރު، ޝަރީޢަތުން އެ ވިޔަފާރި މުޢާމަލާތް ޞައްޙަކަމަށް
ޙުކުމް ކުރެއްވިއިރު، މއ.އާމަންޑްވިލާ އަލްމަރުޙޫމާ ފާޠިމަތު ވަޙީދާ އާއެކު ކޮށްފައިވާ އެގްރީމެންޓް
ދެމެހެއްޓުމާ ބެހޭގޮތުން ޝަރީޢަތުން ގޮތެއް ކަނޑައަޅުއްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި،
އެގޯތި ވިއްކުމުގެ މައްސަލަ ހުށަހެޅި ފަރާތުން ކުރީގެ މުޢާމަލާތުގެ ވާހަކަ ބަޔާންކޮށްފައި ވީނަމަވެސް
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ހާޒިރު ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާތީ ފާހަގަކޮށްފައިވާ
ދެ ނުކުތާކަމާއި،
CUO
އެ ދެ ނުކުތާ ބައްލަވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 16/HC
-
A/2013
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނުކުތާގެ (ރ) ގައި، ".... ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1336 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަކީ، ޞައްޙަނޫން ނިންމެވުމެއްކަން،
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބަޔާންކޮށްދެވިފައި ނުވާއިރު، މިމައްސަލާގައި
ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1336 ޤަޟިއްޔާ އިސްތިއުނާފް
ކުރުމަށް، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު،
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ ގޮތަށް، އާރް.ކޭ.އެލް
ގްރޫޕް ޕްރައިވެޓް ލިމިޓެޑު އާއެކު ފާޠިމަތު ވަޙީދާ ކޮށްފައިވާ އެގްރީމެންޓްތައް ދެމިއޮންނާނެކަމަށް
ކަނޑައަޅައިދިނުމަކީ، މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެވެން އޮތްކަމެއްކަމުގައި ނުފެންނަކަމާއި،
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ފަދައަކުން،
އެފަރާތުގެ ޙައްޤަކަށް އުނިކަން ލިބޭކަމަށް ފެންނަނަމަ، އެއީ ވަކި ދަޢުވާއެއްގެ ގޮތުގައި ކަމާބެހޭ
ހުށަހެޅިދާނެ މައްސަލައެއްކަމަށް ފެންނަކަމެވެ." މިފަދައިން ބަޔާންކުރެއްވުމަށްފަހު، އާރް.ކޭ
.ހައިކޯޓް
ދޗ 9 ،
16 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށާއި، އަދި
އާރް.ކޭ.އެކު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ފާޠިމަތު ވަޙީދާ ކޮށްފައިވާ އެގްރީމެންޓްތައް ދެމިއޮންނާނެކަމަށް
ކަނޑައަޅައި ދެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 16/HC-A/2013 ޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވާކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގެ ޙުކުމަށް އެއަށްވުރެ މަތީ
މަރުޙަލާއަކުން ބަދަލު ގެނެސްފައި ނުވާކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއަކީވެސް އާރް.ކޭ.އެލް ގްރޫޕް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފް ކުރުމުން ބެވި ޤަޟިއްޔާއެއްކަމާއި، މިޤަޟިއްޔާގައި އާރް.ކޭ.އެލް
ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ،
ނަންބަރު 2014/Cv-C/865 ޤަޟިއްޔާގައި، 18 އޯގަސްޓް 2014 ވަނަ ދުވަހުގައި ދަޢުވާކުރާ ފަރާތުން
ހުށަހަޅާފައިވާ ބަޔާނަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލިޔުމުން ޖަވާބުދާރީވުމުގެ
ފުރުޞަތަކަށް އެދިފައި ވަނިކޮށް އެފުރުޞަތު އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދިނުމަކާނުލައި
މައްސަލައިގައި ޙުކުމް ކުރައްވާފައިވާކަމަށް ބުނެފައިވާ ބުނުމާއި،
ސިވިލް ކޯޓުގެ ނަންބަރ 2014/Cv-C/865 ޤަޟިއްޔާއާ ގުޅިގެން އާރ.ކޭ.އެލް ގްރޫޕް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކުގައި އަލްމަރުޙޫމާ ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި
އާރ.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އިމްޕްލައިޑް ކޮންޓްރެކްޓް (implied contract} އެއް
އުފެދިފައިވާކަމަށް ބަޔާންކޮށްފައިވާ ނުކުތާއަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމެވީކަމަށް ބުނެފައިވާ
ބުނުންކަން
ންކަން އެނގެން އޮންނާތީ،
ސިވިލް ކޯޓުގެ ނަންބަރު 14
8651 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކަން
ބޭނުންވެ ފުރުޞަތު ނުލިބުމުގެ ސަބަބުން ދެއްކިފައިނުވާ ވާހަކައަކީ ކޮބައިކަން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ ކިބައިން ސާފުކުރިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OOCOOX
Ocec
ލިބި، އެވާހަކަ އެއޮތީ
ހއ 2
ވަހީދާގެ ވާރިޘުންނާއި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު އިމްޕްލައިޑް ކޮންޓްރެކްޓް
(implied contract) އެއް އުފެދިފައިވާކަމަށް ބަޔާންކުރަން ބޭނުންވި ނުކުތާކަމަށް ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި އާރް.ކޭ.އެވެ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާތީ އެވާހަކައަކީ، ދަށުކޯޓުގައި
ދައްކާފައި ނުވާ ވާހަކައެއްތޯ ބެލިއިރު، 21 ޖުލައި 2014 ގައި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހެޅި ބަޔާނުގެ 03 ވަނަ ޞަފްޙާގައި އެނުކުތާއަށް އަލިއަޅުވާލައި އެވާހަކަ ބަޔާންކޮށްފައިވާކަން
އެނގެން އޮންނަ އޮތުމުންނާއި، އަދި އިސްތިއުނާފަށް ހުށަހެޅި ދެވަނަ ނުކުތާގައި، އާރް.ކޭ.އެލް ގްރޫޕް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކުގައި ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި އާރް.ކޭ.އެލް
ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އިމްޕްލައިޑް ކޮންޓްރެކްޓް (implied contract) އެއް
އުފެދިފައިވާކަމަށް ބަޔާންކޮށްފައިވާ ނުކުތާއަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމެވީކަމަށް ބުނެފައިވުމުން،
އެވާހަކަ އެފަދައިން ބަޔާންކުރުމަށް ސިވިލް ކޯޓުގައި ފުރުޞަތު
ޝަރީޢަތުގައި
ކޮށްފައިވާކަން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އަމިއްލަ އިޢުތިރާފުންވެސް އެނގޭކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން
އެދިފައިވާކަމަކީ، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު ޙިމާޔަތް މިބަސްވުމެއް އާރް.ކޭ.އެލް
ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އަލްމަރުހޫމާ ފާތިމަތު ވަޙީދާގެ ވާރިޘުންނާއެކު ވެފައިވާކަމަށް ކަނޑައަޅުއްވައި
ދެއްވައި، 31 ޑިސެމްބަރ 2017 ވަނަ ދުވަހުގެ ނިޔަލަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް
މއ.އާމަންޑްވިލާގައި ކުއްޔަށް ތިބުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށްކަން، ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާގެ އިސްތިއުނާފް ފޯމަށް ބެލުމުން އެނގެން އޮންނާތީ، އެނުކުތާއާ ގުޅޭގޮތުން
މިޤަޟިއްޔާގައި ބެލިބެލުމުން، އެނުކުތާއަށް ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/865 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ޖަވާބު ދެއްވާފައިވާކަމާއި، އެގޮތުން އެޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 3.8 ގައި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
އެކު އެއްބަސްވުމެއް ހެދިފައިވަތީގެ
މއ.އާމަންޑްވިލާ އަލްމަރުޙޫމާ ފާޠިމަތު ވަޙީދާ އާއެކުގައި ކަމާއި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް
4
82
29 ޑ
46ހ2
09ކރނ އއބަސްވުމެއް
ހައިކޯޓް
T
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
COC
އިން ކުއްޔަށް ހިފާފައިވާ ޢިމާރާތުގެ ކުލި ފާޠިމަތު ވަޙީދާ ނިޔާވުމަށްފަހު ފާޠިމަތު ވަޙީދުގެ ވާރިޘުންނަށް
ދައްކަމުން އައިކަމުގައިވިޔަސް، އެއްބަސްވުމުގެ ދަށުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް
ލިބިގެންވާ ޙައްޤެއް އޮތްކަމަށް ދެކިގެން އެ ޙައްޤު ޙިމާޔަތްކުރުމުގެ ގޮތުން ޤާނޫނީގޮތުން ކުރަންޖެހޭ އެއްވެސް
ކަމެއް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޮށްފައި ނުވާކަމާއި، ފާތިމަތު ވަޙީދާ
ނިޔާވުމަށްފަހު، މއ.އާމަންޑްވިލާ އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކުގެ މިލުކުވެރިކަން
އޭނާގެ 05 ވާރިޘުންނަށް ބަދަލުވެގެން ދިޔަ މަރުޙަލާގައިވެސް، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން ޙިމާޔަތްކުރަންޖެހޭ ޤާނޫނީ ޙައްޤެއް އޮތްކަމަށް ދެކިގެން އެ ޙައްޤު ޙިމާޔަތްކުރުމަށް އެއްވެސް ކަމެއް
ކޮށްފައި ނެތްކަމާއި، ވާރިޘުންނަށް އެތަން މިލްކުވުމަށްފަހު، ޑރ.އިސްމާޢީލް ރަޝީދު ޢުމަރު އަށް އެގޯއްޗާއި
ޢިމާރާތްތައް ވިއްކާލުމަށްޓަކައި ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔައިރުވެސް އެކަން އެނގިތިބެ
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޙިމާޔަތްކުރަންޖެހޭ ޤާނޫނީ ޙައްޤެއް އޮތްކަމަށް ދެކިގެން
އެ ޙައްޤު ޙިމާޔަތްކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނެތްކަމާއި، ނަމަވެސް އެގޯއްޗާއި ޢިމާރާތްތައް ވިއްކުމުގެ
މުޢާމަލާތް ނިމުމުން ސިވިލް ކޯޓުގެ އެޤަޟިއްޔާ އިސްތިއުނާފް ކުރުމަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި
ފާޠިމަތު ވަޙީދާ އާއި ދެމެދު ކުރެވުނު ކުލީގެ އެއްބަސްވުން އޭގެ މުއްދަތަށް ދެމި އޮންނާނެކަމަށް ހައިކޯޓުގެ
އެޤަޟިއްޔާގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިފައިވާއިރު، އަލްމަރުޙޫމާ ފާޠިމަތު ވަޙީދާގެ ވާރިޘުންނާއި
ޑރ.އިސްމާޢީލް ރަޝީދު ޢުމަރު އާ ދެމެދު ކުރެވުނު ވިޔަފާރި މުޢާމަލާތުގެ ސަބަބުން އާރް.ކޭ.އެލް ގްރޫޕް
ޕްރައިވެޓް ލިމިޓެޑްގެ ޙައްޤަކަށް އުނިކަން ލިބޭ ކަމަށް ފެންނަނަމަ، އެމައްސަލަ ވަކި މައްސަލަ އެއްގެ
ގޮތުގައި ކަމާބެހޭ
ދަށުކޯޓަށް ހުށަހެޅުމުގެ ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު:
ޤަޟިއްޔާގައި ކަނޑައެޅުއްވުމުންވެސް
ޙިމާޔަތްކުރަންޖެހޭ ޙައްޤެއް
އޮތްކަމަށްދެކިގެން ކަމާބެހޭ ދަށު ކޯޓަށް އެއްވެސް މައްސަލައެއް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިވީޓެޖޭގެއި
ޙައްޤު
8
3HC-A/
،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތުން ހުށަހަޅާފައިނުވާކަމާއި، އަދި ހައިކޯޓުގެ އެނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފައި
ނުވާކަމާއި،
ދީ ޏ ސ ޑ 8
މިހެންމިކަން ވެފައިވަނިކޮށް، އިސްތިއުނާފް މިކުރެވޭ
ސިވިލް
ކޯޓުގެ
ނަންބަރު 2014/Cv-C/865 ޤަޟިއްޔާގައި ޑރ.އިސްމާޢީލް ރަޝީދު ޢުމަރު ހުށަހަޅާފައިވާ މައްސަލައަކީ،
ޑރ.އިސްމާޢީލް ރަޝީދު ޢުމަރުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މއ.އާމަންޑްވިލާ އެވެ ކިޔާ އަމިއްލަ
ގޯތީގައި ހަދާފައިވާ ޢިމާރާތް އޭނާގެ ނުރުހުމުގައި އަދި އޭނާގެ އިޒްނަނެތި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ބޭނުންކުރުމުގެ އެއްވެސް ޙައްޤެއް ނޯންނާނެކަމަށްބުނެ، އެ ޢިމާރާތުން އާރް.ކޭ.އެލް
ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނެރެދެއްވުން އެދި ހުށަހެޅި މައްސަލައެއްކަމަށްވާއިރު، އެޤަޟިއްޔާ ބައްލަވައި
ޙުކުމް ކުރައްވާފައިވަނީ އެޤަޟިއްޔާ ހުށަހެޅި ފަރާތުން ހުށަހެޅި މައްސަލައަށް ބިނާކޮށްގެންކަމާއި، އެޤަޟިއްޔާ
އިސްތިއުނާފް ކުރުމަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ފޯމުގައި، އެދިފައިވަނީ،
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޙައްޤު ޙިމާޔަތްކުރާނެ އެއްބަސްވުމެއް އެކުންފުންޏާއި އަލްމަރުޙޫމާ
ފާޠިމަތު ވަޙީދާގެ ވާރިޘުންނާއިއެކު ވެފައިވާކަމަށް ކަނޑައަޅުއްވައި ދެއްވައި 31 ޑިސެމްބަރު 2017 ގެ
ނިޔަލަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް މއ.އާމަންޑްވިލާ ގައި ކުއްޔަށް
ލިބިގެންވާކަމަށް ކަނޑައަޅުއްވައި ދެއްވުން ކަމުގައިވާއިރު، ފާޠިމަތު ވަޙީދާގެ ވާރިޘުންނާއެކު އާރް.ކޭ.އެލް
ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ ޙައްޤު ޙިމާޔަތްކޮށްދޭފަދަ އެއްބަސްވުމެއް ވެވިފައިވާކަމަށް އާރް.ކޭ.އެލް ގްރޫޕް
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދެކޭނަމަ، އެ ޙައްޤެއް ބަޔާންކޮށް ކަނޑައެޅުމަށްޓަކައި އޮތްމަޤަކީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 16/HC-A/2013 ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިވާ ފަދައިން
ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ދަށުކޯޓަށް ގޮސް، އެޙައްޤެއް ބަޔާންކުރުންކަމާއި،
އެހެނީ، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން ދެކޭގޮތުގައި އެކުންފުނީގެ ޙައްޤު
ޙިމާޔަތްކުރާނެ އެއްބަސް
އަލްމަރުޙޫމާ ފާޠިމަތު ވަޙީދާގެ
އެކުގައި ކަމާއި، އެފަދައިން ދެކޭ ސަބަބަކީ، ފާޠިމަތު ވަޙީދާ ނިޔާވި ފަހުން ގާތްގަނޑަކަށް 12 މަސް
ތިބުމުގެ ޙައްޤު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/307
ދު ދ ތތ 8
Ocut
ކު8/
8
O OCCC
ވަންދެން ފާޠިމަތު ވަޙީދާގެ ވާރިޘުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން ދައްކާ ކުލި
ބަލައިގަންނަމުން އައިސްފައިވުމާއި، މއ.އާމަންޑްވިލާ އާއި ގުޅިގެން ފާޠިމަތު ވަޙީދުގެ ވާރިޘުންގެ ފަރާތުން
ޝަރުޢީ ކޯޓުތަކަށް ހުށަހެޅި މައްސަލަ (ތަރިކާގެ ޤަޟިއްޔާއާއި، ގޯތި ވިއްކާލުމުގެ ޤަޟިއްޔާ) ތަކުގައި،
ވިލާ އަކީ އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ތަނެއްކަމަށް
ބަޔާންކޮށްފައިވުމާއި، ފާޠިމަތު ވަހީދާގެ ވާރިޘުންގެ ފަރާތުން ކުލި ބަލައިގަންނަމުން އައިސް، 2012
ޑިސެމްބަރު މަހުން ފެށިގެން އިސްމާޢީލް ރަޝީދު ޢުމަރުގެ ނަމުގައި ޗެކް ހައްދަވައި އެފަރާތުން އަންގާ
ފަރާތަކާ ކުލި ޙަވާލުކުރުމަށް އަންގާފައިވާކަމަށް ބަޔާންކޮށްފައިވުމުން ކަމަށް އެކުންފުނީގެ ފަރާތުން
ބުނެފައިވާއިރު،
ފާޠިމަތު ވަޙީދާ ނިޔާވުމަށްފަހު އޭނާގެ ވާރިޘުން އެތަނުގެ ކުލި ބަލައިގަތުމުން އެކަނި އެއީ
ފާޠިމަތު ވަޙީދާ އާއެކު ކުރެވިފައިވާ މުޢާމަލާތް ދެމެހެއްޓުމަށް ވާރިޘުން ރުހުން ދިނުން ކަމުގައި ބަލައިގެން
ނުވާނެކަމާއި، ފާޠިމަތު ވަޙީދާ ނިޔާވުމަށްފަހު އެހިނދުން ފެށިގެން އެތަނަކީ ވާރިޘުންނަށް ޙައްޤުވެފައިވާ
އެކަމުގައިވާއިރު، އެތަނުން ލިބޭ މަންފާ (ކުލި) ބަލައި ގަތުމަކީ ވާރިޘުންގެ ޙައްޤެއްކަމާއި، އެހެންކަމުން
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުއްޔަށް ހިފާފައިވާ ތަން ބޭނުންކުރާ ކޮންމެ މަހަކަށް
އެމަހެއްގެ ކުލި ވާރިޘުންގެ ފަރާތުން ބަލައިގަންނަމުން އައިސްފައިވާކަމާއި، އަދި އެތަނުގެ މިލުކުވެރިކަން
ޑރ.އިސްމާޢީލް ރަޝީދު ޢުމަރު އަށް ނަޤުލުވިހިނދު، އެތަނުގެ ކުލި ދައްކާނީ ޑރ.އިސްމާޢީލް ރަޝީދު
ޢުމަރު އަށް ކަމަށް ވާރިޘުންގެ ފަރާތުން އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް އަންގާފައިވާކަމާއި،
ނަމަވެސް ޑރ.އިސްމާޢީލް ރަޝީދު ޢުމަރު ގެ މިލްކުތަނެއް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން ބޭނުންކުރަމުންދާއިރު އެތަނުގެ ކުލި ބަލައި ނުގަންނަކަމާއި، ކުދި ބަލައި ނުގަންނަނީ އާރް.ކޭ.އެލް
ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި ފާޠިމަތު ވަޙީދާ އާއެކު ކުރެވިފައިވާ މުޢާމަލާތް ކުރިއަށް ގެންދަން
ޑރ.އިސްމާޢީލް ރަޝީދު ޢުމަރު ބޭނުންނުވާތީ ކަމަށް ބަލަންޖެހޭކަމާއި، އަދި ޑރ.އިސްމާޢީލް ރަޝީދު ކަމަރޫޒްގެ ފައި
އަށް ޤާނޫނީގޮތުން ޙައްޤުވާކުލި ބަލައިނުގަނެ އެތަނުން ނުކުތުމަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
ނއސ2
Ocet O
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
20j4/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަންގަމުންދާނީ، އެމުޢާމަލާތް އެއްގޮތަކަށްވެސް ކުރިއަށް ގެންދަން ބޭނުންނުވާތީކަން ފާޅުކަން ބޮޑުގޮތެއްގައި
އެނގޭކަމާއި،
އެހެންކަމުން މީހެއްގެ މިލްކު ޢިމާރާތެއްގައި އެމީހެއްގެ ނުރުހުމުގައި އާރް.ކޭ.އެލް ގްރޫޕް
ޕްރައިވެޓް ލިމިޓެޑް އަށް ތިބުމުގެ ޙައްޤު ލިބިގެން ނުވާކަމާއި، އެކުންފުނީގެ ޙައްޤެއް ވާނަމަ އެ ޙައްޤެއްވާނީ
މއ.އާމަންޑްވިލާ އަލްމަރުޙޫމާ ފާޠިމަތު ވަޙީދުގެ ވާރިޘުންގެ ކިބާގައި ކަމާއި، ފާޠިމަތު ވަޙީދުގެ ވާރިޘުންގެ
ކިބާގައި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޙައްޤެއް ވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި
ކަނޑައެޅޭނެ ތަނެއް ނެތްކަމާއި، އެފަދަ ޙައްޤެއް އޮތްކަމަށް އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން ދެކޭނަމަ ކަމާބެހޭ ދަށުކޯޓަށް ދިއުމުގެ ޙައްޤު އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށް
Ocu.
Ocu
ލިބިގެންވާނެކަން އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް ރިޢާޔަތްކޮށް
ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު:2014/Cv
-
C/865 ޤަޟިއްޔާ އިސްތިއުނާފް ކުރުމަށް އާރް.ކޭ.އެލް
ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގެ ޙުކުމަށް
ދަލުގެންނަންޖެހޭފަދަ
ނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ
ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވެއެވެ.
ސަބަބެއް
ccc
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17
2014/HC-A/307
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް:
/
ox
ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/865 ޤަޟިއްޔާ އިސްތިއުނާފް ކުރުމަށް
އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އިސްވެ.
ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިޤަޟިއްޔާ ބެލި ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފިމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv