ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/362 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/362
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 362/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އަލްއުސްތާޛާ ޞަފާ އިބްރާހީމް
* ދާއިމީ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޢަބްދުއްރަޙްމާން
* އައިޑީ ކާޑު ނަންބަރު: A094633
* ދާއިމީ އެޑްރެސް: ހާމަ)ހދ. ވައިކަރަދޫ
ސްޓްރީކުރެވުނު
17 މުޙައްރަމް 1435
27 ނޮވެމްބަރު 2013
ނިމުނު ތާރީޚް: 2 ސަފަރު 1435
5 ޑިސެމްބަރު 2013
އިސްތިގު
ސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2013
/
579-MD
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ހެޅުނު ތާރީޚް: 20 ނޮވެމްބަރު 2013 ނިމުނު ތާރީޚް: 20 ނޮވެމްބަރު 2013
ދޮއްޗެވެ
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ
2013/HC-A/362
ނިމުނު 1
مل من *
ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
20131579-MD ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން
ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ
ފަރާތަކީ، ވައިކަރަދޫ(ހާމަ، ޢަބްދުﷲ ޢަބްދުއްރަޙްމާން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A094633) އެވެ.
ހަގަކުރެވުނު ނުކުތާތައް:
2220
1. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
579-MD ކޯޓުއަމުރަށް ބަލާއިރު، އެ ކޯޓުއަމުރަކީ، ވައިކަރަދޫ!ހާމަ، ޢަބްދު1
ޢަބްދުއްރަޙްމާންގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ
މައްސަލާގެ ތަޙްޤީޤު ފުރިހަމަކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާތީ، މައްސަލައިގެ
ޝަރީޢަތް ހިނގުމުގެ ކުރިން ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީ އާއި އޭނާ ދޫކޮށްލައިފިނަމަ
ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ، ޢަބްދު
ޢަބްދުއްރަޙްމާންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާ ގުޅިގެން، "ޢަބްދު
ޢަބްދުއްރަޙްމާންގެ މައްޗަށް ތުހުމަތު ކުރެވި ހައްޔަރު ކުރެވިފައިވަނީ، ޢަބްދުﷲ ޢަބްދުއްރަޙްމާންގެ އުފަން
ދަރިއަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ތުހުމަތުގައިކަމާއި، އެހެންކަމުން ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، ޢަބްދުﷲ ޢަބްދުއްރަޙްމާން ހައްޔަރުކުރެވުނު ކުށް ކަމުގައި ބަޔާން
ﷲ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/362
کی عمری
4 22
ކުރެވިފައިވަނީ ވަކި ސްޕެސިފިކް ކުށެއްގެ ތުހުމަތުގައި ކަމާއި، ސާބިތުވެފައިވާ ކުށުގެ ރެކޯޑާއި ޚިލާފަށް
ނުވަތަ ސާބިތުވެފައިވާ ސިމިލަރ ފެކްޓްތަކާއި ޚިލާފަށް ވަކިކުށެއްގެ ތުހުމަތާއި ގުޅިގެން ކުރެވުނު
ހައްޔަރާއި މެދު ގޮތެއް ނިންމުމުގައި ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ އެހެން ކުށެއްގެ
ނުވަތަ ކުށްތަކެއްގެ މައްޗަށް ރިޢާޔަތް ނުކުރެވޭނެކަމާއި މިގޮތުން، ޢަބްދުﷲ ޢަބްދުއްރަޙްމާންގެ މައްޗަށް
މިހާރު ހައްޔަރު ކުރެވިފައިވާ ކުށުގެ ތުހުމަތަށް ހައްޔަރު ކުރުމުގެ ކުރިން ހުށަހެޅިފައިވާ ކުޑަކުއްޖަކާ މެދު
ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ބުނާ މައްސަލައެއް ފުލުހުންގެ އޮފީހުގައި އޮތުމަކީ މުއްދަތު އިތުރުކުރަން
ހުށަހަޅާފައިވާ މިވާ މައްސަލައަށް އެކަމުގެ އަސަރު ފޯރަންޖެހޭ ޤާނޫނީ ސަބަބެއް ނޫންކަމާއި، ހައްޔަރު
ކުރެވޭ ހިނދު ހައްޔަރު ކުރެވޭ ސަބަބު އަންގަންޖެހޭއިރު، މުއްދަތު އިތުރު ކުރުމުގައިވެސް ބަލަންޖެހޭނީ
އެހައްޔަރު ކުރެވުނު ސަބަބުގެ މައްޗަށް ކަމާއި، ހައްޔަރު ކުރެވުނު ކުށް ނޫން އެހެން ކުށެއްގެ މައްޗަށް
ރިޢާޔަތްކޮށް މުއްދަތު އިތުރު ކުރެވޭނަމަ، ހައްޔަރު ކުރެވޭ ސަބަބު މުއްތަހަމަށް އަންގަންޖެހޭ ޖެހުމާއި
ތަޢާރުޒުވާކަމާއި އަދި ތުހުމަތުގައިވާ މީހާ ހައްޔަރު ކުރުމުގައި، އެޙައްޤެއް ނުވަތަ އެމިނިވަންކަމެއް،
ހިފަހައްޓާފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤުޞަދު ހާޞިލް ކުރެވިދާނެތޯ ނުވަތަ
ނޫންތޯ ބަލަންޖެހޭނެ ކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ
7 ވަނަ ނަންބަރުން އެނގެން އޮތުމުން، ޢަބްދުﷲ ޢަބްދުއްރަޙްމާންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
ކުށުގެ ތުހުމަތުގައި ޢަބްދުﷲ ޢަބްދުއްރަޙްމާން މިހާރު ދިރިއުޅުމަށް ހަމަޖެހިފައިވާ ގޭގައި ބަންދުކޮށްފައި
ބެހެއްޓުމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 9
ވަނަ ނަންބަރުގައި ބަޔާންކުރާ ކަންތައްތަކުގެ ތެރެއިން ހެކިތަކާއި ކުޅެ ހެކި ނައްތާލުމަށް މަގުފަހިވާނެ
ކަމެއްކަމަށް ބެލެވޭނެ ސަބަބެއް ނެތްކަމާއި އެހެނީ މިމައްސަލައާއި ގުޅިގެން ފުލުހުން ބަޔާން ނަގަންޖެހޭ
އެންމެންގެ ބަޔާން ނަގާ ނިމިފައިވާކަމާއި އަނިޔާ ލިބުނު ކަމަށް ބުނަ ކުއްޖާގެ އެސެސްމެންޓް ރިޕޯޓު
ހެދިފައިވާކަމާއި ހަމައެކަނި މަދުވަނީ ކުއްޖާގެ ވެޑިކޯލީގަލް ރިޕޯޓުގެ ދިވެހި ތަރުޖަމާކުން ފުލުހުން ބަހުން
<< O
2 20
ދިޗެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
8 43
2013/HC-A/362
کی عمری
ދެވެ
ޤަޟިއްޔާ ނިމުނު
އެނގެން އޮތުމުން،
ޢަބްދުﷲ ޢަބްދުއްރަޙްމާން
ދިރިއުޅުމަށް ހަމަޖެހިފައިވާ ގޭގައި ބަންދުކޮށްފައި
ބެހެއްޓުމަކީ މިދެންނެވި މެޑިކޯލީގަލް ރިޕޯޓުގެ ދިވެހި ތަރުޖަމާ އާއި ކުޅެ އެއަށް އަސަރު ފޯރުވުމުގެ
އިހްތިމާލު މުގައި ނުވާތީ، ހދ. ވައިކަރަދޫ ! ހާމަ ޢަބްދުﷲ ޢަބްދުއްރަޙްމާން 15 ދުވަހުގެ
މުއްދަތަށް ޢަބްދުﷲ ޢަބްދުއްރަޙްމާން ދިރިއުޅުމަށް ހަމަޖެހިފައިވާ ގޭގައި ބަންދުކުރުމަށް"
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެއެވެ.
2x ބ 2
0 ހ2ވ
އަތޮޅުވެއެވެ
233
02 ދު
އަމުރުކުރއްވާ،
2. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ
20131579-MD ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
މަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި
2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ!
4ތ 2x
92
0 ދ ތތ
544.eހ2
02
0
• ފުރަތަމަ ނުކުތާއަކީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2013
/
579-MD ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ 9 ވަނަ
ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2013
/
579-MD ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރި
ޖުމްހޫރިއްޔާގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2013/HC-A/362
ޤަޟިއްޔާ ނިމެ
کی عمری
ދެވެ
ނިމުނު
ސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ނިންމަވާފައިވާ
29 2ދ 2
ނިންމެވުމެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
<< O
3. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
579-MD ކޯޓުއަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
5
ސަބަބުންކުރާ ސަބަބެއް
xޖ2 ހ2
ہی مرمر ماجہ)
މ 04
4
'ކނއަل
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/362
ޤަޟިއްޔާ ނިމުނު ގޮ
4 43
=32
کی عمری
2/
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި
ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
އަދި، އިސްވެމިދެންނެވުނު ކަންކަމުގެ އަލީގައި، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ
ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 355/HC
-
A/2013
ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅިފައިވާ މީހެއްގެ
ކުށުގެ ރެކޯޑާއި، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވި ތަޙުޤީޤު ކުރެވެމުންދާ ނުވަތަ ތަޙްޤީޤު ނިމި
ޝަރީޢަތުގެ މަރުޙަލާގައި ހުރި އެހެނިހެން މައްސަލަތަކާބެހޭ މަޢުލޫމާތާއި، އެމީހަކު ބަންދުކުރެވިފައިވާ
މައްސަލާގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކުރައްވަން ޖެހޭނެކަމާއި، ކުށުގެ
ތުހުމަތުގައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރެއްވުމުގައި އިސްވެ މިދެންނެވުނުފަދަ ކަންކަމަށް
ފަނޑިޔާރު ރިޢާޔަތްކުރެއްވުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) 5 ވަނަ ނަންބަރު ނުވަތަ
ޤާނޫނުއަސާސީގެ އެހެން މާއްދާއަކާވެސް، އަދި ދިވެހިރާއްގޭ
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
19/SC
-
A/2010 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލަކާވެސް ޚިލާފުވާނޭ
9904
ހ
ކަމެއް
މުންކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/362
می هرکی
امیر مه تر تحریر کی
OU OO
30
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ޢަބްދު
ގްމާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެސަރވިސްގެ ނަންބަރު
100045/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރު ޢަބްދު
ޢަބްދުއްރަޙްމާންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ، ތަފާތު އެކިދުވަސްމަތިން އޭނާގެ 13 (ތޭރަ) އަހަރުގެ
އުފަންދަރިއަކާ އެކު ތަފާތު އެކިގޮތްގޮތަށް ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާ މައްސަލައެއްގައިކަމާއި،
ޢަބްދުﷲ ޢަބްދުއްރަޙްމާންގެ މައްޗަށް ތުހުމަތުކުރެވިފައިވާ އިސްވެ މިދެންނެވުނު ކުށް ތަޖްރީމްޖުރާ
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް
ޢަމަލުކުރުމުގެ ޤާނޫނު) ގެ އެންމެ މުޙިއްމު އެއް މަޤްޞަދަކީ، މުޖްތަމަޢުގައި ހިމެނޭ ކުޑަކުދިންނަށް
ނުރައްކަލެއްކަމަށް ވެދާނެ މީހުންގެ ކިބައިން އެކުދިން ރައްކާތެރިކޮށް، އެ ގޮތުގައި އެ ރައްކާތެރިކަން
ދެމެހެއްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެ މަރުޙަލާގަޔާއި ޝަރީޢަތުގެ
މަރުޙަލާގައި ބަންދުގައި ބޭތިއްބުންކަން އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި،
އަދި އެޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށާއި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި
މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
ބަޔާންކުރާ ޙައްޤު އެ މިންވަރަށް އެ ޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވާކަމަށް ބަލަންވާނެކަމަށާއި،
އެކަން އެގޮތަށް އެޤާނޫނުގައި ކަނޑައަޅާފައިވަނީ އެ ޤާނޫނުގެ ދަށުން ބަންދުކުރެވޭ މީހުން ތަޙްޤީޤުގެ
މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަނޑިޔާރަށް
މަގުފަހިކޮށްދިނުމަށްޓަކައިކަންވެސް އެޤާނޫނުގެ 28 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
އިސްވެމިދެންނެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލައަށް ބަލާއިރު، ޢަބްދުﷲ ޢަބްދުއްރަޙްމާން ހައްޔަރުކުރެވިފައިވަނީ ކުޑަކުދިންނަށް ޖިންސީ
.
ހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު
2013/HC-A/362
کی عمری
ދެވެ
oxo
2
ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އިން
ތަޖްރީމްކޮށްފައިވާ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ
ޢަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތުގައިކަމަށްވީއިރު، އެމައްސަލާގެ ތަޙްޤީޤު މަރުޙަލާގައި ނުވަތަ
އެމައްސަލައިގެ ތަޙްޤީޤު ނިމި ޝަރީޢަތަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ މަރުޙަލާގައި އޭނާ
ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށާއި، އަދި ހެކި
ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް
ބަލަންޖެހޭކަމަށާއި، މިފަދަ މީހުންނަކީ ބަންދުގައި ބައިތިއްބަންޖެހޭ ބައެއްކަން ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއަށާއި ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި،
އެހެންކަމުން، ޢަބްދުﷲ ޢަބްދުއްރަޙްމާނަކީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާގެ
ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް
ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ މީހެއްކަމަށް ބަލާ މިމަރުޙަލާގައި ބަންދުގައި
ބަހައްޓަންޖެހޭ މީހެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި، އަދި
އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުނަކީ އޭނާގެ އުފަން ދަރިއަކާއެކު ބަދުއަޚްލާޤީ ޢަމަލުހިންގުމުގެ
ކުށަށްވެފައި، އޭނާ އިތުރު ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ބުނާ މައްސަލައެއްވެސް
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވުމުން، ޢަބްދުﷲ ޢަބްދުއްރަޙްމާން ބަންދުގައި ބަހައްޓާ
ތަނަކީ އޭނާ ދިރިއުޅުމަށް ހަމަޖެހިފައިވާ އެކަމަށް ކޯޓުން ކަނޑައެޅުމަކީ، އޭނާގެ ފަރާތުން މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ނުވަތަ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް އޮތް އިޙްތިމާލު ނައްތާލެވިދާނެ ކަމެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ޤަބޫލުނުކުރެވޭހާ
ހނވާކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
¢ ¢ ¢3»
ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/362
ދެވެ
4 047
· 2
c
202
2013/HC-A/355
ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓަންޖެހެނީ، ޤާނޫނުއަސާސީގެ 49
ވަނަ މާއްދާގައާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ ޙާލަތުންކުރެ
ޙާލަތެއް ވުޖޫދުގައި އޮތަތީ އެޙާލަތު ނެތިކޮށްލުމުގެ މަޤްޞަދުގައިކަމަށް ވުމާއެކު، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ ޢަބްދުﷲ ޢަބްދުއްރަޙްމާންވެސް ބަންދުކުރެވިފައި ހުންނަޖެހޭނީ
ކިބައިގައި ހުރި އޭނާ ބަންދުގައި ބަހައްޓަންހޭ ޙާލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި
ނެތިކޮށްލެވޭނޭ ތަނެއްގައިކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، އޭނާގެ ކިބައިގައި ހުރި އޭނާ ބަންދުގައި ބަހައްޓަންޖެހޭ
ޙާލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތިކޮށްލެވޭނީ އޭނާ ކޮންތާކު ކޮންގޮތަށް ބަންގު
ންދުކޮށްގެން
ކަނޑައެޅުމަށް އެންމެ ރަގަޅަށް އެނގޭނެ އެއްބަޔަކީ، އެސަބަބުތައް ނެތިކޮށްލުމުގެ ޒިންމާ
މަތިކުރެވިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ މިނިސްޓްރީ
އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ މުއައްސަސާއެއްކަމާއި،
އެހެންކަމުން، މިމަރުޙަލާގައި ޢަބްދުﷲ ޢަބްދުއްރަޙްމާން ބަންދުގައި ބަހައްޓާނެތަނެއް
ކަނޑައެޅުމަށް އެންމެ އެކަށޭނަ ބަޔަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ފަންޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
އެބަޔަކު
2 92 92
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ތިލަދުންމަތީ ދެކުނުބުރީ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
579-MD ކޯޓުއަމުރުގައި، ހދ. ވައިކަރަދޫ!ހާމަ،
ޢަބްދުﷲ ޢަބްދުއްރަޙްމާން 20 ނޮވެމްބަރު 2013 ގެ 11:00 އިން ފެށިގެން 15 (ފަނަރަ) ދުވަހަށް
އޭނާ ދިރިއުޅުމަށް ހަމަޖެހިފައިވާ ގައި ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަށް ބަދަލު
22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/362
کی مرک متر مربع
ގެންނަޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
އިއްތިފާޤު ވެވިފައިވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
20131579-MD ކޯޓުއަމުރުގައި ހދ. ވައިކަރަދޫ ހާމަ، ޢަބްދުﷲ ޢަބްދުއްރަޙްމާން 20 ނޮވެމްބަރު
2013 ގެ 11:00 އިން ފެށިގެން 15 (ފަނަރަ) ދުވަހަށް، އޭނާ ދިރިއުޅުމަށް ހަމަޖެހިފައިވާ ގޭގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ބައި ބާޠިލުކޮށް، އެއަމުރުގައި ބަޔާންކޮށްފައިވާ
މުއްދަތުގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި، ހދ. ވައިކަރަދޫ!ހާމަ، ޢަބްދު
ޢަބްދުއްރަޙްމާން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A094633) ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރުކޮށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv