ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމު
ނިމުނު ގޮ
ގޮތުން
2013/HC-A/168
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
es
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 168/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
ނަން: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 173193-C
ދާއިމީ އެޑްރެސް: ބްލޮޓް ނަންބަރު 398، ހިލާލީމަގު މާލެ
AOC
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 744
/
2006-C
ދާއިމީ އެޑްރެސް: މ. ފޭލިމާލެ
.
ރަޖިސްޓްރީކުރެވުނު ތާރީޚް: 10 ރަޖަބް 1434
20 މެއި 2013
ނިމުނު ތާރީޚް: 27 ރަބީޢުލްއާޚިރް 1435
27 ފެބްރުއަރީ 2014
0
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/36
ޤަޟިއްޔާގެ ބާވަތް: ވިޔަފާރި ޢަޤުދު ކޮށްދިނުންއެދި
ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 4 ޖެނުއަރީ 2011
ނިމުނު ތާރީޚް: 4 ޖުލައި 2012
4
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީޘްޖޭގެ ޚަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2316471. ދިވެހިޏވެ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު :
213/HC-A/168
گمرکی
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/36 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ( މިފްކޯ) (ރަޖިސްޓްރީ ނަންބަރު 173
/
93-C) ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ
ރައްދުވާ ފަރާތަކީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
744
/
2006-C) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
ނަންބަރު
36/Cv-C/2011
20 8 2
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ
ގަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
(މިފްކޯ) ގެ ތެޔޮޓޭންކަރެއް ކަމުގައިވާ "އެމް.ޓީ ބަރޯސާ 101" ސިޓީލާ ނީލަމުގައި 04 އޮކްޓޯބަރު 2010
ގައި ވިއްކާލުމަށް އިޢުލާންކުރުމާ ގުޅިގެން އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން
ނީލަން ކާމިޔާބު ކުރުމުން، މިޓޭންކަރު އެކުންފުންޏަށް ވިއްކުމަށް މިފްކޯއިން އިންކާރުކުރާތީ މިފްކޯގެ
މިޢަމަލަކީ ވިޔަފާރީގެ ހަމަތަކުގެމަތިން ބަލާއިރު އީޖާބައާއި ޤަބޫލު ހިނގައި އަލުން ރުޖޫޢަ ނުވެވޭނެ
ކަމަކަށްވާތީ މިވިޔަފާރި ޢަޤުދުކޮށް ނިންމުމަށް މިފްކޯއަށް އެންގުމަށްއެދި އެކުންފުންޏަށް ދަޢުވާ ރައްދުވާގޮތަށް
އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުން
ބައްލަވާފައިވާ ގަޟިއްޔާއެއްކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2
ޤަޟިއްޔާ 1 ނިމުނު
2013/HC-A/168
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "... މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް
ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތެޔޮޓޭންކަރެއް ކަމުގައިވާ "އެމް.ޓީ ބަރޯސާ 101" ސިޓީލާ ނީލަމުގައި
ވިއްކާލުމަށް ކުރެވުނު މިފްކޯގެ ނަންބަރު 1
/
2010
/
13/CORP-134 (04 އޮކްޓޯބަރ 2010) އިޢުލާންގައި
އެކަށީގެންވާ އަގަކަށް އެރުމަށްފަހު ޖެހިޖެހިގެން 03 (ތިނެއް) ދުވަސް ވަންދެން އެއްއަގެއް އޮވެއްޖެނަމަ
އެއަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެކަމަށް ބަޔާން ކޮށްފައިވާއިރު މިއުޅަނދަށް އެކަށީގެންވާ އަގަކީ
ކޮބައިކަން މިފްކޯގެ ބޯޑުން ނިންމާފައިނުވާތީ ނީލަން ހުޅުވާލުމަށް ކުރި އިޢުލާންގައިވާ "އެކަށީގެންވާ އަގަކަށް
އެރުމަށްފަހު" މިއިބާރަތަކީ ހިޔާލީ ޝަރުތެއްކަމުން އެ ޝަރުތަކީ މިމުޢާމަލާތުގައި ޝަރުޢީގޮތުން ޞައްޙަ
ޝަރުތެއްކަމަށްނުވާ
ނުވާތީ، މި ނީލަމުގައި ބަންދު ދުވަސްތައް ފިޔަވާ ޖެހިގެން 03 ދުވަސް ވަންދެން އެއްއަގެއް
އޮވެއްޖެނަމަ އެންމެ މަތީ އަގެއް ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެކަމަށް ޞައްޙަ އެއްވެސް
ޝަރުތެއްނެތި ހުޅުވާލެވިފައިވާ ނީލަމެއްކަމަށާއި، މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުމާއި
ގުޅިގެން ނީލަން ފެށި އުޅަނދުގެ އަގު -/
800,000ރ. (އަށްލައްކަ ރުފިޔާ) އަށް އެރުމަށްފަހު ޖެހިޖެހިގެން
03 (ތިނެއް) ދުވަސްވަންދެން އެއް އަގެއް އޮތުމުން ނީލަން ނިންމާލިއިރު އެންމެ މަތީ އަގެއް ހުށަހަޅާފައިވާ
ފަރާތަކީ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ
ބަޔާންތަކުން އެނގެން އޮތްއިރު އެކަށީގެންވާ އަގަކަށް ނާރާތީ، ނީލަން ބާޠިލްކުރީ ކަމަށްބުނެ މިޓޭންކަރު
އެކުންފުންޏަށް ވިއްކުމަށް މިފްކޯއިން އިންކާރު ކުރަނީ މިފްކޯގެ އިއުލާންގައިވާ ޚިޔާލީ ޝަރުތެއްގެ މައްޗަށް
ބިނާކޮށްގެންކަމުން މިފްކޯއިން ބަޔާންވެދިޔަ ނީލަން ބާޠިލްކޮށްފައިވަނީ ޝަރުޢީ ގޮތުން ޞައްޙަ ސަބަބެއްގެ
މައްޗަށް ބިނާކޮށްގެ ކަމަށްނުވާތީ މި މުޢާމަލާތުގައި ޤާނޫނީ ގޮތުން ބަނދެވޭ ފަދަ ހުށަހެޅުމަކާއި
ޤަބޫލުކުރުމެއް އޮތްކަމާއި، އަދި ތެދުނިޔަތަކާއެކު އެންމެ މަތީ އަގު ހުށަހެޅި ފަރާތަކީ މިމައްސަލާގައި
ދަޢުވާކުރާ ފަރާތްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ ޖެހިޖެހިގެން 03 (ތިނެއް) ދުވަސް
ވަންދެން އެއްއަގެއް އޮތުމުން ނީލަން ނިންމާލިއިރު އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތް ކަމުގައިވާ
އެމްޕްލޯއީމެންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މިއުޅަނދު ވިއްކުމަށް މިފްކޯގެ މައްޗަށްބިއްވާޒިމް
04:
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
از برجي ولي
4
ދު
1 ނިމުނު
2(613/HC-A/168
ވެއްޖެކަމަށް ކަނޑައަޅައި ބުނެވެދިޔަ ގޮތުގެ މައްޗަށް 12 ޖޫން 2012 މިދުވަހުން ފެށިގެން މީލާދީ 15
ދުވަހުގެ ތެރޭގައި މިވިޔަފާރި ޢަޤުދުކޮށް ނިންމުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ
ލިމިޓެޑަށް އަންގައި ޙުކުމްކޮށް" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
އޮންނަކަމެވެ.
2. ސިވިލް ކޯޓުގެ އިސްވެދެންނެވިފައިވާ، ގަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑް (މިފްކޯ) ގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް،
އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން މިފްކޯގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ؟
• ދަށު ކޯޓުން ޙުކުމް ކުރުމުގައި ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
ގެ 6 ވަނަ މާއްދާގެ (ހ) އަށް ފުރިހަމައަށް ރިޢާޔަތް ކޮށްފައި ނުވުމާއި، ހުށަހެޅުން ފުރިހަމަ ނުވާކަމަށް
ބަޔާންކޮށްފައިވީ ނަމަވެސް އެއާ ގުޅިގެން އައި ޤަބޫލްކުރުން އެއީ ޞައްޙަ އެއްޗެއްކަމުގައި ބަލައި ޢަޤުދު
ފުރިހަމަ ކުރުމަށް ޙުކުމްކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ .
ނަންބަރު
36/Cv-C/2011
3. މިމައްސަލައާ ގުޅިގެން، ސިވިލް ކޯޓުގެ
ގަޟިއްޔާއަށާއި، އެގަޟިއްޔާ އިސްތިއުނާފު ކުރަމުން މިފްކޯގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށާއި،
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ނިންމަން ފެންނަގޮތާއިމެދު، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 996171، ދިވެހިބޭސް2
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
شوي وي
5
2
ނިމުނު
2013/HC-A/168
ފަނޑިޔާރުންގެ މެދުގައި ދެރައުޔެއްގެ މައްޗަށްވަނީ ޚިޔާލު ތަފާތުވެފައެވެ. އެދެރައުޔާއި އަދި އެދެރައުޔު
ބިނާކުރެވިފައިވާ އަސާސްތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
• ފުރަތަމަ: ޚިލާފުވި ރައުޔު (ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްގެ ރައުޔު) އާއި
މިކުރެވިފައިވާ އަސާސްތައް:
އ ހ22
#
443
(ހ) ފުރަތަމަ ކަމަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
(މިފްކޯ) ގެ ތެޔޮ ޓޭންކަރެއް ކަމުގައިވާ "އެމް.ޓީ.ބަރޯސާ 101" ސިޓީލައި ނީލަމުގައި ވިއްކާލުމަށް 04
އޮކްޓޯބަރު 2010 ގައި އެކުންފުނިން ކުރި އިޢުލާނުގައިވަނީ،
"މިކުންފުނީގެ ތެޔޮ ޓޭންކަރެއްކަމަށްވާ "އެމް.ޓީ.ބަރޯސާ 101" ސީޓީލައި ނީލަމުގައި
ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ އަގަކީ 500,000.00ރ އެވެ. ހުށަހެޅިފައިވާ އަގަށް
މަދުވެގެން އިތުރު ކުރެވޭނީ 15،000.00ރ އެވެ. އަގު ހުށަހަޅުއްވާނީ މިކަމަށްޓަކައި މިފްކޯގައި
ބަހައްޓާފައިވާ ފޮށްޓަށެވެ. ހުށަހެޅޭ އެންމެ މަތީ އަގު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު
10:00 ގައި މިކުންފުނީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އެކަށީގެންވާ އަގަކަށް އެރުމަށްފަހު
ޖެހިޖެހިގެން 3 ދުވަހު (ބަންދު ދުވަސްތައް ނުހިމަނައި) އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް
ނީލަން ނިންމާލެވޭނެއެވެ. ބޯޓު ނީލަމުން ވިއްކާލާއިރު، ބޯޓުގައި ބޭނުންކުރުމަށް ހުންނަ ޑީސަލް، ބޯޓުގެ
އަގުގެ ތެރެއަކު ނުހިމެނެއެވެ. ބޯޓު ގަންނަ ފަރާތުން ބޯޓާ ހަވާލުވާއިރު، ބޯޓުގައި ހުރި ޑީސަލަށް މިފްކޯއިން
ވިއްކާ ރޭޓަކުން ވަކިން އަގު ދައްކަންވާނެއެވެ. މިނީލަމުގައި ބައިވެރިވާ ފަރާތުން 50،000.00ރ
(ފަންސާސްހާސް ރުފިޔާ) ގެ ޑިޕޮޒިޓެއް މިފްކޯގައި ބަހައްޓަންވާނެއެވެ. ނީލަންނިމި ފައިސާ ދައްކަންދެވޭ
މުއްދަތުގައި ފައިސާ ދައްކައިފިނަމަ، އަގުގެ ތެރެއިން ޑިޕޮޒިޓުގެ ގޮތުގައި ބެހެއްޓި ފައިސާ
އުނިކޮށްދެވޭނެއެވެ. އަދި ފައިސާ ދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޑިޕޮޒިޓްގެ ގޮތުގައި
ބެހެއްޓި ފައިސާ އަނބުރައެއް ނުލިބޭނެއެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރޭވޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
می شوی وي
6424/?
6
ދު
1 ނިމުނު
2013/HC-A/168
2
ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ލިބޭނެއެވެ. ނީލަމުގައި ބައިވެރިވުމަށް ހުށަހަޅުއްވާ
ސިޓީގައި، އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެހާއި، އައި.ޑީ.ކާޑު ނަންބަރާ ގުޅޭނެ ފޯނު ނަންބަރު
ހިމަނަންވާނެއެވެ." މިފަދައިންކަމާއި، މިއިޢުލާނުގައިވާ ގޮތުގެމަތިން ނީލަމުގައި ބައިވެރިވާން އެދޭ
ފަރާތްތަކުގެ މައްޗަށާއި މިފްކޯގެ މައްޗަށް ޝަރުތުތަކަކާއި ކުރަންޖެހޭ ކަންތައްތަކެއް އޮތްކަން އެނގޭކަމާއި،
އެއިޢުލާނުގައި ނީލަމުގައި ބައިވެރިވުމަށް ދީފައިވާ ދައުވަތުގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން
އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ނީލަމުގައި ބައިވެރިވެ، ނީލަމަށް އަގު
ހުށަހަޅަމުން ގޮސް އެކުންފުނީގެ ފަރާތުން 5 (ފަހެއް) ވަނަ ފަހަރަށް ހުށަހެޅި އަގު (-/800,000 ރުފިޔާ)
ޖެހިޖެހިގެން 3 (ތިނެއް) ދުވަހު އޮތުމަށްފަހު، އެއަގަށް ނީލަން ނިންމާލާފައިވާކަން އެނގެން އޮންނައިރު،
އެނީލަން ނިންމާލުމަށްފަހު، އެނީލަމުގެ އަގު އެކަށީގެންވާ އަގަކަށް އަރާފައިނުވާކަމަށް ބުނެ އެނީލަން ބާޠިލް
ކުރިކަމަށާއި، އަދި ނީލަމުގައި ބައިވެރިވުމަށް އެމްޕްލޮއިމެންޓް ބިއުރޯ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ބަހައްޓާ
އެޓާފައިވާ -/50,000ރ (ފަންސާސް ހާސް ރުފިޔާ) އަނބުރާ ލިބޭނެކަމަށް މިފްކޯގެ ނަންބަރު
2010
/
340/CORP
/
MIS-134 (21 ނޮވެމްބަރ 2010) ގެ ސިޓީން އެމްޕްލޮއިމެންޓް
ބިއުރޯ
(މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
(މިފްކޯ) ގެ ތެޔޮ ޓޭންކަރެއް ކަމުގައިވާ "އެމް.ޓީ ބަރޯސާ 101" ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު
މިފްކޯގެ ނަންބަރު 1
/
2010
/
13/CORP-134 (04 އޮކްޓޯބަރ 2010) އިޢުލާނަކީ ނީލަމުގައި
ބައިވެރިވުމަށް އަގު ހުށަހެޅުމަށް ދެވިފައިވާ ދަޢުވަތެއް ކަމާއި، އެނީލަމުގައި ބައިވެރިވުމަށް ހުށަހަޅާ އަގު
ޤަބޫލުކުރުމަށް ކަނޑައަޅާފައިވާ ގޮތަކީ އެކަށީގެންވާ އަގަކަށް އެރުމަށްފަހު، ޖެހިޖެހިގެން 3 (ތިނެއް) ދުވަސް
ވަންދެން އެއްއަގެއް އޮވެއްޖެނަމަކަން އެނގޭކަމާއި، އެނީލަމުގައި ބައިވެރިވެވެނީ ޝަރުތުތަކަކާއެކުގައިކަމާއި،
ހުށަހެޅެލޭ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [23147/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
23
2(613/HC-A/168
ނިމުނު )
އެއީ، ނީލަމުގައި ބައިވެރިވުމަށް ޑިޕޮޒިޓް ބެހެއްޓުމާއި، ނީލަމުގައި ކޮންމެ ފަހަރަކު ހުށަހަޅާ އަގު
-/
15,000ރ (ފަނަރަހާސް ރުފިޔާ) އަށް ވުރެ، މަތިވުމާއި، ނީލަމުގެ އަގު އެކަމަށްޓަކައި މިފްކޯގައި
ބަހައްޓާފައިވާ ފޮށްޓަށް ލުމާއި، ނީލަމުގައި ބައިވެރިވުމަށް ސިޓީއަކުން އަގު ހުށަހެޅުމާއި، އެގޮތަށް ހުށަހަޅާ
ސިޓީގައި އެފަރާތުގެ ފުރިހަމަ ނަމާއި އެޑްރެހާއި، އައި.ޑީ.ކާޑު. ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު
ހިމެނިފައިވުންކަން އެނގޭކަމާއި، މިޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން އެމްޕްލޮއިމެންޓް ބިއުރޯ
(މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން "އެމް.ޓީ.ބަރޯސާ 101" ގަތުމަށްޓަކައި އަގު ހުށަހަޅަމުން
ގޮސް އެކުންފުނީގެ ފަރާތުން 5 (ފަހެއް) ވަނަ ފަހަރަށް ހުށަހެޅި އަގު ޖެހިޖެހިގެން 03 (ތިނެއް) ދުވަސް
ވަންދެން އޮތުމުން، އެއަގަށް ނީލަން ނިންމާލާފައިވާކަން އެނގޭކަމާއި، ހުށަހެޅިފައިވާ އަގަކީ އެކަށީގެންވާ
އަގެއް ކަމުގައި ނުވާނަމަ، އެއަގަށް ނީލަން ނިންމާ ނުލާނެކަން ބުއްދީގެ ހަމަތަކުން ބެލުމުން އެނގޭކަމާއި،
ނީލަން ނިންމާލުމުގެ ކުރިން ނީލަން ހުއްޓާލުން ނުވަތަ ބާޠިލްކޮށް ނީލަމަށް ލާފައިވާ މުދާ އަނބުރާ ނެގުމުގެ
ފުރުޞަތު މިފްކޯއަށް ލިބިފައިވީނަމަވެސް، އެގޮތަށް އެކުންފުނީގެ ފަރާތުން ޢަމަލުކޮށްފައިނުވާކަން
އެނގޭކަމާއި، އެކަށީގެންވާ އަގެއް ކަނޑައެޅުމަކީ މިފްކޯގެ ފަރާތުން ކުރަންޖެހޭ ކަމެއްކަން އެނގޭކަމާއި،
ނީލަމުގައި ބައިވެރިވުމަށް ދަޢުވަތުދީ މިފްކޯގެ ފަރާތުން ކުރި އިޢުލާނުގައިވާ "އެކަށީގެންވާ އަގަކަށް
އެރުމަށްފަހު ޖެހިޖެހިގެން 3 ދުވަހު (ބަންދު ދުވަސްތައް ނުހިމަނައި) އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި
ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ." މިޖުމްލަ އިބާރާތްކުރެވިފައިވާ ގޮތުން ނީލަން ނިންމާލެވޭނީ
އެކަށީގެންވާ އަގަކަށް އެރުމުން ޖެހިޖެހިގެން އެއަގު 3 (ތިނެއް) ދުވަހު އޮވެއްޖެނަމަ،
އެއަގެއް ހުށަހެޅި
ފަރާތަކަށްކަން އެނގޭކަމާއި، އިޢުލާނުގައި ބުނެފައިވާ ގޮތުގެމަތިން ނީލަން ނިންމާލުމުގެ ކުރިން އެކަށީގެންވާ
އަގެއް ނުވަތަ ޖެހިޖެހިގެން 3 (ތިނެއް) ދުވަހު އޮތް އަގަކީ އެކަށީގެން ނުވާ އަގެއްކަމުގައި ވާނަމަ، އެކަން
ނީލަމުގައި ބައިވެރިވީ ފަރާތްތަކަށް އެކުންފުނީގެ ފަރާތުން އަންގާނެކަމަށް ޤަބޫލު ކުރެވޭއިރު،
އެގޮތަށް ޢަމަލުނުކޮށް ޖެހިޖެހިގެން 3 (ތިނެއް) ދުވަސްވަންދެން އެއް އޮވެ، އެއަގަށް ނީލަން
ހxތ
ހާމަކޮށް،
މ 04
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
معالي
8
2
2013/HC-A/168
ނިމުނު ގޮ
ނިންމާލާފައިވަނީ، އެނީލަން ނިންމާލިއިރު، ހުށަހެޅިފައިވާ އަގަކީ އެކަށީގެންވާ އަގެއްކަމަށް މިފްކޯގެ ފަރާތުން
ޤަބޫލުކުރާތީކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ބަލަންޖެހޭކަމެވެ.
2 02 0 0
x
0
0
02 2ތ
مل مسرع تحمل ع م
މ 04
2
3
4
އުފެއްދު ﷲ
2 ހ0474
ހނހޅ19
(ނ) ތިންވަނަ ކަމަކީ، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެކަކު
އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެހުށަހެޅުން ރައްދުވި ފަރާތުން ގަބޫލުކުރުމުން
ކުރެވުނީކަމަށް ޤާނޫނުނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަމާއްދާގައި ބަޔާންކޮށްފައި
އޮންނައިރު، އެމާއްދާގައި ބުނާފަދަ ހުށަހެޅުމަކީ، އޮޅުން ނުފިލާގޮތަކަށް، ނުވަތަ ޔަޤީންނުވާ ގޮތަކަށް އޮންނަ
އެއްޗަކަށް ވެގެން ނުވާނެކަމަށާއި، އެހުށަހެޅުން ވާންވާނީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް
ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށް ކަމަށާއި، ހުށަހެޅުމަށްޓަކައި ދެވޭ ދަޢުވަތު އެއީ
ކަމަށް ބަލައިގެން ނުވާނެކަމަށް އެޤާނޫނުގެ 6 ވަނަމާއްދާގެ (ހ) އާއި (ށ) ގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، "އެމް.ޓީ.ބަރޯސާ 101" ސިޓީލާ ނީލަމުގައި ވިއްކާލުމަށް
މިފްކޯގެ ނަންބަރު 1
/
2010
/
13/CORP-134 އިޢުލާނުގައި، "އެކަށީގެންވާ އަގަކަށް އެރުމަށްފަހު
ޖެހިޖެހިގެން 3 ދުވަހު (ބަންދު ދުވަސްތައް ނުހިމަނައި) އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް
ނީލަން ނިންމާލެވޭނެއެވެ." މިފަދައިން ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައި އޮންނަކަމާއި، އެއިޢުލާނުގައި އޮތް
ކަމެއް އޮޅުން ނުފިލައިގެން ނުވަތަ ސާފުނުވެގެން އެކަމެއް އޮޅުން ފިލުވުމަށް ނުވަތަ ސާފުކުރުމަށް އެއްވެސް
ފަރާތަކުން ޝަކުވާއެއް ކޮށް، މައްސަލައެއް ހުށަހަޅާފައިވާކަން ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން
ނެތްކަމާއި، ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅައި ބުނެވިދާނެކަމަށާއި ނުވަތަ ޢަމަލުކުރާ ގޮތަކުން އެންގުނީ
ކަމަށް ބެލެވިދާނެކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައި މުން،
ނަންބަރު
1/2010/14;CORP-134 އިޢުލާނުގައި، ބަޔާންކޮށްފައިވާ ގޮތުގެމަތިން
އެމްޕްލޮއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި، ޖެހިޖެހިގެން 3 ދުވަހު އޮތް
އަގަށް ނީލަން ނިންމާލުމުން އެއަގު ހުށަހެޅި ފަރާތްކަމަށްވާ އެމްޕްލޮއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް
2x
24 2 2 0 2 0 0x
OXO
މިފްކޯގެ
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8396471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ނިމުނު
ދު
کی عمری
2013/HC-A/168
ލިމިޓެޑާ
މިފްކޯއާ ދެމެދު ޤާނޫނުނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަމާއްދާގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެފަރާތް ބަނދެވިގެންދާ ފަދަ ކޮންޓްރެކްޓެއް ވެވުނީކަމަށް ބަލަންޖެހޭކަމާއި،
ހުށަހެޅުމެއް ހުށަހެޅުމަށްޓަކައި މިފްކޯގެ ފަރާތުން ދީފައިވާ ދަޢުވަތުގައިވާ ގޮތުގެމަތިން މިފްކޯގެ ފަރާތުން
ކުރަންޖެހޭ ކަމެއް ނުކޮށް، ދޫކޮށްލުމުން އެކަމުގެ ފައިދާއާއި މަންފާ މިފްކޯއަށް މިހާރު ލިބިދޭންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ އަސާސެއް އޮތްކަމަށް ނުފެންނަކަމެވެ.
:ތތ ތ
ހހ2ކރއވެ
(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/36 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް މިފްކޯގެ ފަރާތުން ހުށަހެޅި ނުކުތާއަކީ، ދަށު ކޯޓުން ޙުކުމް ކުރުމުގައި ޤާނޫނު
ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އަށް ފުރިހަމައަށް ރިޢާޔަތް
ކުރައްވާފައި ނުވުމާއި، ހުށަހެޅުން ފުރިހަމަ ނުވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެއާ ގުޅިގެން އައި
ޤަބޫލްކުރުން އެއީ
ޞައްޙަ އެއްޗެއްކަމުގައި ބައްލަވައި، ޢަޤުދު ފުރިހަމަ
ކުރުމަށް
ވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެއްކަން އެނގޭއިރު، ދަށު ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި މިފްކޯގެ ނަންބަރު 1
/
2010
/
13/CORP-134 (4 އޮކްޓޫބަރު 2010)
އިޢުލާނުގައި ބަޔާންކޮށްފައިވާ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" އިބާރާތުން ކަނޑައަޅާފައިވާ ޝަރުޠު
(ރިޒާރވް) އަކީ "ޚިޔާލީ ޝަރުތެއްކަމުން އެޝަރުތަކީ މިމުޢާމަލާތުގައި ޝަރުޢީގޮތުން ޞައްޙަ
ޝަރުތެއްކަމަށް ނުވާތީ، މިނީލަމަކީ
ޞައްޙަ އެއްވެސް ޝަރުތެއް ނެތި ހުޅުވާލެވިފައިވާ ނީލަމެއް
ކަމަށް" ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމާއި، އެއިޢުލާނުގައި ހިމެނޭ "އެކަށީގެންވާ އަގަކަށް
އެރުމަށްފަހު" އިބާރާތުން ކަނޑައަޅާފައިވާ ޝަރުޠު (ރިޒާރވް) އަކީ، މިފްކޯގެ ފަރާތުން ޢަމަލު ނުކޮށް
ދޫކޮށްލާފައިވާ ކަމެއްކަމާއި، މިފްކޯގެ ފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމަކީ، އެ އިޢުލާނުގައި
ހުށަހެޅުމަށްޓަކައި ދީފައިވާ ދަޢުވަތު
ބާޠިލްވެގެންދާނެ ސަބަބެއްކަމަށް
ޤަބޫލުނުކުރެވޭކަމާއި، އަދި އެއިބާރާތް އެއިޢުލާނުން އުނިކޮށް މިފްކޯގެ ފަރާތުން ނީލަމުގައި ބައިވެރިވުމަށް
2 ތތ f19
24
0x02
އެއެކުނ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2
ޤާ ސްއޯޔާ ނިމުނު
2013}HC-A/168
ދީފައިވާ ދަޢުވަތު އެއީ ހުށަހެޅުމެއްކަމުގައި ދަށު ކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބެލެވުނު
ނަމަވެސް، އެމުޢާމަލާތުގައި މިފްކޯއާއި އެމްޕްލޮއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު
ޤާނޫނީ ގޮތުން ބަނދެވިގެންދާފަދަ ހުށަހެޅުމަކާއި ޤަބޫލުކުރުމެއް އޮތްކަމަށް ކަނޑައަޅުއްވާފައިވާތީ، ދަށު
ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މިފްކޯގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް
އެޤަޟިއްޔާގެ މުޅި ޙުކުމް ބާޠިލްކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް
20
ހތދތ
84ސ2ކށް
ބޮލުނުކުރެވޭކަމެވެ.
0 34 0.4
އަހނޖާ
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/36 ގަޟިއްޔާގައި މިފްކޯގެ
ނަންބަރު 1
/
2010
/
13/CORP-134 އިޢުލާނުގައިވާ ގޮތުގެމަތިން ކުރެވުނު މުޢާމަލާތުގައި ޤާނޫނީ ގޮތުން
ބަނދެވޭފަދަ ހުށަހެޅުމަކާއި ޤަބޫލުކުރުމެއް އޮތްކަމަށާއި، ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮތުމުން ނިލަން
ނިންމާލިއިރު، އެންމެ މަތީ އަގެއް ހުށަހަޅާފައިވާ އެމްޕްލޮއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
"އެމް.ޓީ.ބަރޯސާ 101" އުޅަނދު ވިއްކުން މިފްކޯގެ މައްޗަށް ލާޒިމްވެގެންވާކަމަށް ކަނޑައަޅުއްވައި
ކުރައްވާފައިވާ ޙުކުމް ބާޠިލްކުރަންޖެހޭފަދަ ސަބަބެއް އޮތްކަމަށް ނުފެންނާތީ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ "މިނީލަމަކީ ޞައްޙަ އެއްވެސް ޝަރުތެއް ނެތި
ހުޅުވާލެވިފައިވާ ނީލަމެއް ކަމަށް" މިބައި އުނިކޮށް އެޤަޟިއްޔާގެ ޙުކުމް އެގޮތުގައި ދަމަހައްޓަން
ފެންނަކަމެވެ.
36/Cv-C/2011
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
23
ޤަ އޯޔާ ނިމުނު :
2013/HC-A/168
• ދެވަނަ: އަޣުލަބިއްޔަތު ރައުޔު (ފަނޑިޔާރު ޢައްބާސް ޝަރީފް އާއި ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރުގެ ރައުޔު) އާއި އެރައުޔު ބިނާކުރެވިފައިވާ އަސާސްތައް
<< O
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/36 ގަޟިއްޔާގައި
ހިމެނޭ މައްސަލަ އިސްތިއުނާފުކުރަމުން، ދަށު ކޯޓުން ޙުކުމް ކުރުމުގައި ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އަށް ފުރިހަމައަށް ރިޢާޔަތް ކޮށްފައި ނުވުމާއި،
ހުށަހެޅުން ފުރިހަމަ ނުވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެއާ ގުޅިގެން އައި ޤަބޫލްކުރުން އެއީ ޞައްޙަ
އެއްޗެއްކަމުގައި ބަލައި ޢަޤުދު ފުރިހަމަ ކުރުމަށް ޙުކުމްކޮށްފައިވާކަމަށްބުނެ މިފްކޯގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ މިފްކޯގެ ފަރާތުން ނީލަން
ހުޅުވާލާފައިވާ އެކުންފުނީގެ ނަންބަރު 1
/
2010
/
13/CORP-134 (4 އޮކްޓޫބަރު 2010) އިޢުލާނުގައި
ބަޔާންކޮށްފައިވާ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މި އިބާރާތުން ކަނޑައަޅާފައިވާ ޝަރުޠު (ރިޒާރވް)
އަކީ "ޚިޔާލީ ޝަރުތެއްކަމުން އެޝަރުތަކީ މިމުޢާމަލާތުގައި ޝަރުޢީގޮތުން ޞައްޙަ ޝަރުތެއްކަމަށް
ނުވާތީ،
މިނީލަމަކީ ޞައްޙަ އެއްވެސް ޝަރުތެއް ނެތި ހުޅުވާލެވިފައިވާ ނީލަމެއް ކަމަށާއި، މިމުޢާމަލާތުގައި
ޤާނޫނީ ގޮތުން ބަނދެވޭފަދަ ހުށަހެޅުމަކާއި ޤަބޫލުކުރުމެއް އޮތް" ކަމަށް އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި ކަނޑައަޅުއްވާފައިވާކަން އެމައްސަލާގެ ޙުކުމަށް ބެލުމުން އެނގޭކަމާއި، ސިވިލް ކޯޓުން
މިދެންނެވި ގޮތަށް ކަނޑައެޅުއްވުމުގެ ނަތީޖާއަކީ، މިމައްސަލާގައި ހިމެނޭ ނީލަމުގެ މުޢާމަލާތާ ގުޅޭ މިފްކޯގެ
ނަންބަރު 1
/
2010
/
13/CORP-134 އިޢުލާނުގައި ޝަރުޠު (ރިޒާރވް) އެއް ހިމެނުމުގެ މަޤްޞަދުގައި
އެކުންފުނީގެ ފަރާތުން ހިމަނާފައިވާ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މި އިބާރާތުން ކަނޑައަޅާފައިވާ
ޝަރުޠު (ރިޒާރވް) އަކީ ޞައްޙަ ނޫން ޝަރުތެއްކަމުން، އެއިޢުލާނުން އެއިބާރާތް އުނިކުރެވުމަށްފަހު، އެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ދު
ޤަޟިއްޔާ 1 ނިމުނު
2013/HC-A/168
22 02 0 0
އިޢުލާނަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ
ހުށަހެޅުމެއްކަމަށް ކަނޑައެޅިގެން ދިއުންކަމާއި،
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއްގައި
ހިމެނޭ ވަކި
ބައެއް އެއީ ޤާނޫނީ ގޮތުން ޞައްޙަ ބައެއް ނޫންކަމަށް ކަނޑައަޅައި، އެހުށަހެޅުމުގެ ހަމައެކަނި އެބައި
( ޞައްޙަ ނޫންކަމަށް ކަނޑައަޅާބައި، އުނިކޮށް ދެންހުރި ބައިތައް އެއްކޮށްލުމުން އެއީ ފުރިހަމަ
ހުށަހެޅުމެއްކަމަށް ޝަރުޢީ ކޯޓަކުން ކަނޑައެޅިދާނެތޯ ބަލާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ ގޮތުން،
އެކަކު އަނެކަމަށް ހުށަހަޅާ ހުށަހެޅުމެއް، އެހުށަހެޅުން ރައްދުވި ފަރާތަކުން ޤަބޫލުކުރުމުގެ ނަތީޖާއަކީ
އެދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް ކުރެވުންކަމަށް ވީހިނދު، އަދި ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި
ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމަކަށްވެފައި، ކޮންޓްރެކްޓެއްގައި
އެއްބަސްވާ މީހުން ރުހި ޤަބޫލުވާންވާނީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައިކަމަށް ވީހިނދު،
ދެފަރާތެއްގެ ދެމެދުގައި ކޮންޓްރެކްޓެއް ކުރުމުގެ މަޤްޞަދުގައި އެއްފަރާތަކުން ހުށަހަޅާ ހުށަހެޅުމަކަށް
އުނިއިތުރުގެނެސް އެހުށަހެޅުން ”ޤާނޫނުގެ އިމުގެ ތެރެއަށް ފެއްތުމުގެ" އިޚްތިޔާރު، ޢާންމު އުސޫލެއްގެ
ގޮތުން، އެހުށަހެޅުމެއް ހުށަހަޅާ ފަރާތްނޫން އެހެން ފަރާތަކަށް ލިބިގެންވާކަމަށް ޤަބޫލުނުކުރެވޭކަމާއި،
އެހެންކަމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން އެއްފަރާތުން އަނެއް ފަރާތަށް ހުށަހަޅާ ހުށަހެޅުމުގެ
ދ ތ ލ 04
ނާތައްތަކެއް
ޞައްޙަކަމާމެދު ގޮތެއް ނިންމުމުގައި ޝަރީޢަތުން ބަލަންޖެހޭނީ އެހުށަހެޅުމެއް ހުށަހެޅި ފަރާތުން
ހުށަހަޅާފައިވާ މުޅި ހުށަހެޅުމަށް (އުނިއިތުރެއް ގެނައުމަކާ ނުލައި) އެކުގައިކަމާއި، އަދި މިގޮތަށް ބަލާ
ބެލުމުގައި އެހުށަހެޅުމުގައި ޤާނޫނީ ގޮތުން ސައްޙަނޫން ކަންތަ ހިމެނިފައިވާކަމަށް ޝަރީޢަތަށް
ޤަބޫލުކުރެވޭނަމަ ބާޠިލުކުރަންޖެހޭނީ ހަމައެކަނި އެހުށަހެޅުމެއްގައި އޮތް ޤާނޫނީގޮތުން ސައްޙަނޫން މިންވަރު
އެކަނި ނޫންކަމާއި، އެއާޚިލާފަށް، އެއްފަރާތަކުން އަނެއްފަރާތަކަށް ހުށަހަޅާ ހުށަހެޅުމެއްގައި ޤާނޫނީގޮތުން
ކަމެއް ހިމެނިފައިވާނަމަ ބާޠިލުވާނީ މުޅި ހުށަހެޅުން އެކުގައިކަމަށް ޤަބޫލުކުރެވޭކަމާއި،
ޞައްޙަ ނޫންކަމެއް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
13
23
ނިމުނު
2013/HC-A/168
0422/22
މީގެއިތުރުން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއްގައި ޚިޔާލީ ކަންތައްތަކެއް ހުރުމުގެ
ނަތީޖާއަކަށްވާނީ އެހުށަހެޅުމުގައި އޮޅުންނުފިލާ ނުވަތަ ޔަޤީންނުވާ ކަންތައްތަކެއް ހިމެނިފައިވާކަމަށް
ބަލަންޖެހުންކަމަށްވީއިރު، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމަކީ އޮޅުން ނުފިލާގޮތަކަށް ނުވަތަ ޔަޤީންނުވާ
ގޮތަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެކަމަށާއި، އެ ހުށަހެޅުން ވާންވާނީ ޤާނޫނީގޮތުން ބަނދެވޭ
ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށްކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި
ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއްގައި ޚިޔާލީ ކަންތައްތަކެއް
ހުރެއްޖެނަމަ އެހުށަހެޅުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހުށަހެޅުމަކަށް
ނުވާނޭކަމާއި، މިޙާލަތުގައި ރައްދުވާ ފަރާތަކުން އެހުށަހެޅުމެއް ޤަބޫލުކުރިކަމުގައި ވީނަމަވެސް
އެދެފަރާތުގެ ދެމެދުގައި ޤާނޫނީގޮތުން ބަނދެވޭ ކޮންޓްރެކްޓެއް އުފެދިގެން ނުދާނޭކަމާއި،
އިސްވެމިދެންނެވުނު ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، މިމައްސަލާގައި
ހިމެނޭ ނީލަމުގެ މުޢާމަލާތާ ގުޅޭ މިފްކޯގެ ނަންބަރު 1
/
2010
/
13/CORP-134 އިޢުލާނުގައި ޝަރުޠު
(ރިޒާރވް) އެއް ހިމެނުމުގެ މަޤްޞަދުގައި އެކުންފުނީގެ ފަރާތުން ހިމަނާފައިވާ "އެކަށީގެންވާ އަގަކަށް
މި އިބާރާތުން ކަނޑައަޅާފައިވާ ޝަރުޠު (ރިޒާރވް) އަކީ ޞައްޙަނޫން ޝަރުތެއްކަމަށް
ޝަރީޢަތުން ކަނޑައަޅައި އެބައި އުނިކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންނުވާކަމާއި، އަދި، އެޙާލަތުގައިވެސް
އެއިޢުލާނަށް ނުވަތަ ހުޅުމަށް ބަލަންވާނީ އެއްވެސް އުނިއިރުތެއް ނުގެނެސް އެކުގައިކަމަށް ވުމުން،
އެހުށަހެޅުމުގައި ހުރި ޤާނޫނީގޮތުން ޞައްޙަނޫން ޚިޔާލީ ކަންތައްތަކެއް ގެ ސަބަބުން
އޮޅުންނުފިލާ ނުވަތަ ޔަޤީންނުވާ ކަންތައްތަކެއް ހިމެނިފައިވާ ހުށަހެޅުމެއްކަމަށްވާނަމަ،
ޤާނޫނުގެ 6 ވަނަ މައްދާގެ (ހ) އަށް ޙަވާލާދީ، އެހުށަހެޅުމަކީ ބާޠިލު ހުށަހެޅުމެއްކަމަށް ޝަރީޢަތުން
ބަލަންޖެހޭނޭކަމާއި،
4 2 2 4
2 2ދތ ވ2
އެންމެށފހ
22ދ 24ތ
4ހނހޅުމަކީ
ما شرع رسم ع م م
އަދި ޤާނޫނީ ގޮތުން ޞައްޙަ ކޮންޓްރެކްޓެއް އުފެދެނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ
ގޮތުގެމަތިން އެކަކު އަނެކަކަށް ހުށަހަޅާ، ޤާނޫނީ ގޮތުން
ޞައްޙަ
އެހުށަހެޅުން ރައްޑު
ޑީއްއްޖޭގައި
2 234/2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ
ދު
، ނިމުނު 1
2013/HC-A/168
ފަރާތަކުން، ޤާނޫނުގައިވާ ގޮތުގެމަތިން ޤަބޫލުކުރުމުންކަން ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބެލުމުން އެނގެން
އޮންނައިރު، އަދި އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ ހުށަހެޅުން (މިފްކޯގެ ނަންބަރު
2011/14
1/CORP-134 އިޢުލާނު) އަކީ، އިސްވެދެންނެވިފައިވާ ފަދައިން، ބާޠިލު ހުށަހެޅުމަކަށް
ބަލަންޖެހޭއިރު، މިމައްސަލާގައި ހިމެނޭ ނީލަމުގެ މުޢާމަލާތުގައި ޤާނޫނީގޮތުން ޞައްޙަ ހުށަހެޅުމަކާއި
ޤަބޫލުކުރުމެއް އޮތްކަމަށްބަލާ، މިފްކޯގެ އިސްވެދެންނެވިފައިވާ އިޢުލާނާ ގުޅިގެން އެންމެ މަތީ އަގު
ހުށަހަޅާފައިވާ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް، އެއިޢުލާނުގެ ދަށުން ވިއްކުމަށް
ހުށަހަޅާފައިވާ އުޅަނދު ވިއްކުމުގެ ވިޔަފާރި އެއަޤުދުކުރުމަށް ޝަރީޢަތުން މިފްކޯއަށް
ތ ތި 1
އެގޭނެ
ތަނެއްނެތްކަމެވެ.
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ މިފްކޯގެ
ފަރާތުން ނީލަން ހުޅުވާލާފައިވާ އެކުންފުނީގެ ނަންބަރު 1
/
2010
/
13/CORP-134 (4 އޮކްޓޫބަރު
2010) އިޢުލާނުގައި ބަޔާންކޮށްފައިވާ "އެކަށީގެންވާ އަގަކަށް އެރުމަށްފަހު" މި އިބާރާތުން ކަނޑައަޅާފައިވާ
ޝަރުޠު (ރިޒާރވް) އަކީ "ޚިޔާލީ ޝަރުތެއްކަމުން އެޝަރުތަކީ މިމުޢާމަލާތުގައި ޝަރުޢީގޮތުން ޞައްޙަ
ޝަރުތެއްކަމަށް ނުވާތީ، މިނީލަމަކީ ޞައްޙަ އެއްވެސް ޝަރުތެއް ނެތި ހުޅުވާލެވިފައިވާ ނީލަމެއް"
ކަމަށް އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/36 ގަޟިއްޔާގައި
ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބުނެ އެމައްސަލާގައި ހިމެނޭ
އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެނުކުތާ އިސްތިއުނާފުކޮށްފައި ނުވުމާއެކު، ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލުމުގައި އެނުކުތާއަށް އެއްވެސް ވަރަކަށް ބެލިފައިނުވާކަމެވެ.
0 22
ވީމާ، މިމައްސަލާގައި އަހުރެމެން (ފަނޑިޔާރު ޢައްބާސް ޝަރީފް އާއި ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު) ގެ ރައުޔަކީ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ދު
2013/HC-A/168
ނިމުނު )
ނަންބަރު 2011/Cv
-
C/36 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ،
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމުގައި ކަނޑައަޅަންޖެހޭކަމެވެ.
ޙުކުމް
0 2
<< O
ދެންފަހެ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި
ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނުނު ފަނޑިޔާރުންގެ މެދުގައި، މިމައްސަލަ ނިންމަން ފެންނަގޮތާއިމެދު
ދެރައުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައި ވީހިނދު، މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ
މަޖިލީހުގެ އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/36
ގަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ބ
ބިނާކޮށް،
܀
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv