ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/174 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 174/HC
-
A/2014
، އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު އިރުޝާދު ދާއިމީ އެޑްރެސް: ހ. ރެދަން
އައިޑީ ކާޑު ނަންބަރު: A128051 މިހާރުގެ އެޑްރެސް: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
* ވަކީލު: އޒް. ޢުމަރު ޒާހިރު ޢަބްދުއްޞަމަދު
#
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 30 ޖޫން 2014
ނިމުނު ތާރީޚް: 31 މާރިޗު 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr-C/756
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
ހުށަހެޅުނުތާރީޚް: 21 އޮކްޓޯބަރ 2012
ނިމުނު ތާރީޚް: 3 ފެބްރުއަރީ 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
14
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ،
ރެދަން އަޙްމަދު އިރުޝާދުގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާއީ ދަޢުވާ ރައްދުވަނީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އެވެ.
CCCO
0
ދ29
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާއަކީ، ދައުލަތުން ހުޅުދޫ
އުދަރެސް ނިޝާމް އާއި، މާލެ | ހ. ރެދަން އަޙްމަދު އިރުޝާދުގެ މައްޗަށް ޤާނޫނު ނަންބަރު 17/2011
(މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއާއި، އެޤާނޫނުގެ 150 ވަނަ މާއްދާގެ (ހ) ގެ ދަށުން ނިޝާމްގެ
އަތުން ފެނިފައިވާ -/10140 (ދިހަހާސް އެއްސަތޭކަ ސާޅީސް ރުފިޔާ) އަކީ މީނާ މަސްތުވާތަކެތި
ޓްރެފިކްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަޑައަޅުއްވާ ދެއްވުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ” ދެންފަހެ، ދައުލަތުން ހުޅުދޫ އުދަރެސް ނިޝާމް
އާއި، މާލެ
ރެދަން އަޙްމަދު އިރުޝާދުގެ މައްޗަށް ކުޑަ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާއާއި،
ނިޝާމްގެ އަތުން ފެނިފައިވާ -/10140 (ދިހަހާސް އެއްސަތޭކަ ސާޅީސް) ރުފިޔާއަކީ މީނާ މަސްތުވާތަކެތި
ޓްރެފިކް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށް އެދި ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން
ބެލި ބެލުމުން، އަޙްމަދު އިރުޝާދު އާއި ނިޝާމް، 8 ޖުލައި 2012 ވަނަ ދުވަހުގެ 13:30 ހާއިރު، އަޙްމަދު
އިރުޝާދުއާއި ލ. އިސްދޫ ރީތި ޙުސެއިން އިބްރާހީމް، މާފަންނުގައި ހުންނަ ނާސަރީ ބުކްޝޮޕާއި ޖެހިގެން
ހުންނަ ފިހާރަތެރޭގައި ތިބެފައި، އަޙްމަދު އިރުޝާދު އެފިހާރަ ތެރެއިން ނުކުތްއިރު އަޙްމަދު އިރުޝާދުގެ
ކަނާތުގައި އޮތް ހުދުކުލައިގެ ސިޓީއުރައެއް ނިޝާމަށް ދިންކަން ދުށްކަމަށް ލާންސް ކޯޕްރަލް އަޙްމަދު ފަޟީލް
އެމަދު ބުނާތީއާއި، އަޙްމަދު ފަޟީލް މުޙައްމަދު ޑްރަގް އޮޕަރޭޝަނަށް ގުޅައި މިމަޢުލޫމާތު ދިނުމަށްފަހު
14
މުޙައްމަގު
ރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
ކޮންމެ މީހަކު،
މިދެމީހުންނަށް ފާރަލަމުން މިދެމީހުންގެ ފަހަތުންގޮސް، ގަލޮޅު ދަނޑު 06 ނަންބަރު ގޭޓް ކުރިމައްޗަށް އޮންނަ
ގޯޅި ތެރެއިން ޑްރަގް އޮޕަރޭޝަން ޔުނިޓުން ޙާދިސާ ހިނގި ތަނަށްދިޔަ ފުލުހުންނަށް މިދެމީހުން ދެއްކުމުން،
މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު، ނިޝާމް ބިން މައްޗަށް ވައްޓާލި
ސިޓީއުރައެއްގެ ތެރެއިން ފެނުނު 20 (ވިހި) ރަބަރު ޕެކެޓްގައި ޖުމްލަ 24.4916 ގްރާމް ޑައިމޯފިން ހުރި
ކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް
ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 135 ވަނަ މާއްދާގެ (ބ) އާއި
ޙަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ސ. ހުޅުދޫ އުދަރެސް ނިޝާމްއާއި، މާލެ/ ހ.ރެދަން އަޙްމަދު
އިރުޝާދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 103 ވަނަ
މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ނިޝާމް އާއި އަޙްމަދު އިރުޝާދު ޢުމުރަށް
ޖަލަށްލުމާއެކު މިދެމީހުންކުރެ ކު، -/100,000ރ (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ
މިއަދު (23 ފެބްރުއަރީ 2014) ން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް (ކްރިމިނަލް
ކޯޓަށް) ދެއްކުމަށް ނިޝާމް އާއި އަޙްމަދު އިރުޝާދުއަށް އަންގައި، މިމައްސަލައާއި ގުޅިގެން ނިޝާމް އަތުން
ފެނިފައިވާ -/10140 (ދިހަހާސް އެއްސަތޭކަ ސާޅީސް) ރުފިޔާ އަކީ ނިޝާމް މަސްތުވާތަކެތީގެ
ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ނޫންކަން ނިޝާމްއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، ބުނެވިދިޔަ
ފައިސާއަކީ ނިޝާމް މަސްތުވާ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝަރީޢަތުން ކަނޑައަޅައި،
ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 158 ވަނަ މާއްދާއަށް ރިޢާޔަތްކޮށް
އެޤާނޫނުގެ 150 ވަނަ މާއްދާގެ (ހ) ގެ ދަށުން ނިޝާމް އަތުން ފެނިފައިވާ ބުނެވިދިޔަ ފައިސާ ދިވެހި
ދައުލަތަށް ނެގުމަށް އަންގައި މިގޮތުގެ މަތީން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ. މިފަދައިންކަން އެޤަޟިއްޔާ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް
ކަމަށް ބުނެ އަޙްމަދު އިރުޝާދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 06 (ހައެއް) ނުކުތާ ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/174
0
ހެއްކެއްގެ
ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާ ބައްލަވައި
ނިންމެވިއިރު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް
ރިޢާޔަތްކޮށްފައި ނުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާ ބައްލަވައި ޙުކުމް
ކުރެއްވިއިރު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަދުލު އިންޞާފުން
މައްސަލަ ބައްލަވާ ނިންމަވާފައިވާ ކަމަށް ބެލެވެންނެތް ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދަޢުވާލިބޭ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މަސްތުވާ ތަކެތީގެ ބާވަތެއް
ކަމުގައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއެއް ކަމަށްވެފައި ދައުލަތުން ދަޢުވާކޮށްފައިވަނީ އެންމެ
ހެކިބަހުގެ މައްޗަށް ކަމަށްވެފައި ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިނުމުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު އެ ހެކިބަހަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާން ކޮށްފައިވާ ފަދައިން ޝައްކެއްނެތް މިންވަރަށް ކުށެއް ސާބިތުވާފަދަ ހެކިބަހަކަށް ނުވާއިރުވެސް ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާ ނިންމެވުމުގައި މިކަމަށް ބައްލަވާފައި ނެތް ކަމަށް ބުނެ ފާހަގަ
ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާ ބައްލަވައި
ނިންމެވިއިރު ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 12 ވަނަ މާއްދާގެ
(ރ) އަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކުރި
ހަތަރުވަނަ ނުކުތާއަކީ، އަޙްމަދު އިރުޝާދުގެ މައްޗަށް ދައުލަތުން ދަޢުވާ ކުރައްވާފައިވަނީ 8 ޖުލައި
2012 ވަނަ ދުވަހުގެ 14:22 ހާއިރު، މާފަންނު ނާސަރީ ބުކްޝޮޕާއި ޖެހިގެން ހުންނަ ކުޑަފިހާރަ އަކުން
އަޙްމަދު އިރުޝާދު ނުކުމެ ސިޓީއުރައެއް ސ.ހުޅުދޫ އުދަރެސް ނިޝާމުގެ އަތަށް ދިންތަން ދުށްކަމަށް ޕޮލިސް
ލާންސްކޯޕްރަލް އަޙްމަދު ފަޟީލް މުޙައްމަދު ބުނާތީކަން ދަޢުވާގެ ޞިޣާއިން އެނގޭއިރު މިދަޢުވާއަށް، އަޙްމަދު
އިރުޝާދު އިންކާރުކޮށްފައިވުމާއި، އަދި ނިޝާމް ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް އިންކާރުކޮށް އަޙްމަދު
އިރުޝާދު، ނިޝާމްގެ އަތަށް ސިޓީ އުރައެއް ނުދޭކަމަށް ބުނެފައިވާއިރުވެސް ޝަރީޢަތުން މިކަން ބައްލަވާފައި
ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
2 499
ކުތައ..
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
ފަސްވަނަ ނުކުތާއަކީ، އަޙްމަދު އިރުޝާދުގެ މައްޗަށް ދައުލަތުން ދަޢުވާ ކުރައްވާފައިވަނީ 8 ޖުލައި
2012 ވަނަ ދުވަހުގެ 14:22 ހާއިރު، މާފަންނު ނާސަރީ ބުކްޝޮޕާއި ޖެހިގެން ހުންނަ ކުޑަ ފިހާރައަކުން
އަޙްމަދު އިރުޝާދު ނުކުމެ ސިޓީއުރައެއް ދިންކަން ދުށްކަމަށް ބުނެފައިވާތީކަން ދަޢުވާގެ ޞިޣާއިން އެނގޭއިރު
އަޙްމަދު ފަޟީލް މުޙައްމަދު މިމައްސަލައިގެ ތަޙްޤީޤަށް 09 ޖުލައި 2012 ދުވަހު ދީފައިވާ ބަޔާނުގައި އަޙްމަދު
އިރުޝާދު ނިޝާމްގެ އަތަށް ސިޓީއުރަ ދީފައިވަނީ 8 ޖުލައި 2012 ވަނަ ދުވަހުގެ 13:30 ހާއިރުކަމަށް
ބުނެފައިވާއިރު މިކަންކަމުގެ މައްޗަށް ޝަރީޢަތުން ބައްލަވާފައިނުވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: ސ.ހުޅުދޫ/ އުދަރެސް ނިޝާމުގެ އަތަށް 8 ޖުލައި 2012 ވަނަ ދުވަހުގެ 14:22
ހާއިރު، މާފަންނު ނާސަރީ ބުކްޝޮޕް ކައިރިން އަޙްމަދު އިރުޝާދު ސިޓީ އުރައެއް ދިންކަމަށް ލާންސްކޯޕްރަލް
އަޙްމަދު ފަޟީލް މުޙައްމަދު ހެކި ބަސް ދީފައިވީނަމަވެސް ނިޝާމް ގަލޮޅު ދަނޑު 06 ނަންބަރު ގޭޓް
ކުރިމަތިން އޮންނަ ގޯޅި ތެރެއިން ފުލުހުން ހުއްޓުވުމުން ނިޝާމުގެ ޖީބުން ބިން މައްޗަށް ސިޓީއުރައެއް
ވައްޓާލި ނަމަވެސް އެއީ ކޮންތާކުން ގެނައި ސިޓީ އުރައެއްކަން ސާބިތުވާފަދަ ހެކިބަސް ލިބިފައިނުވާއިރު
ނިޝާމް އެވަގުތު ބިން މައްޗަށް ވައްޓާލި ސިޓީ އުރައަކީ އަޙްމަދު އިރުޝާދު ނިޝާމްގެ އަތަށް ދިން ސިޓީ
ބައްލަވައި ޝަރީޢަތުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު އިރުޝާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ގުޅިގެން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާއި
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) 8 ޖުލައި 2012 ވަނަ ދުވަހުގެ 13:30 ހާއިރު، އަޙްމަދު އިރުޝާދުއާއި ލ. އިސްދޫ ރީތި
ޙުސެއިން އިބްރާހީމް، މާފަންނުގައި ހުންނަ ނާސަރީ ބުކްޝޮޕާއި ޖެހިގެން ހުންނަ ފިހާރަތެރޭގައި ތިބެފައި،
އަޙްމަދު އިރުޝާދު އެފިހާރަތެރެއިން ނުކުތްއިރު އަޙްމަދު އިރުޝާދުގެ ކަނާތުގައި އޮތް ހުދުކުލައިގެ
ސިޓީއުރައެއް ނިޝާމަށް ދިންކަން ދުއްކަމަށް ލާންސްކޯޕްރަލް އަޙްމަދު ފަޟީލް މުޙައްމަދު ބުނާތީއާއި، އަޙްމަދު
ފަޟީލް މުޙައްމަދު ޑްރަގްއޮޕަރޭޝަނަށް ގުޅައި މިމަޢުލޫމާތު ދިނުމަށްފަހު މިދެމީހުންނަށް ފާރަލަމުން
މިދެމީހުންގެ ފަހަތުންގޮސް، ގަލޮޅު ދަނޑު 06 ނަންބަރު ގޭޓް ކުރިމައްޗަށް އޮންނަ ގޯޅި ތެރެއިން ޑްރަގް
ދ 6
2 ހދ8
އދއއސ2ނ
22
4 އދއ
45ދދީ
2
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
އޮޕަރޭޝަން ޔުނިޓުން ޙާދިސާ ހިނގި ތަނަށްދިޔަ ފުލުހުންނަށް މިދެމީހުން ދެއްކުމުން، މިދެމީހުން ފުލުހުންގެ
ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު، ނިޝާމް ބިން މައްޗަށް ވައްޓާލި ސިޓީއުރައެއްގެ ތެރެއިން
ފެނުނު 20 (ވިހި) ރަބަރު ޕެކެޓްގައި ޖުމްލަ 24.4916 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަޙްލީލު
ރިޕޯޓުން ދައްކާތީ، ދައުލަތުން ހުޅުދޫ އުދަރެސް ނިޝާމް އާއި، މާލެ/ ހ. ރެދަން އަޙްމަދު އިރުޝާދުގެ
މައްޗަށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާއި
ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއާއި، އެޤާނޫނުގެ 156
ވަނަ މާއްދާގެ (ހ) ގެ ދަށުން ނިޝާމްގެ އަތުން ފެނިފައިވާ -/10140 (ދިހަހާސް އެއްސަތޭކަ ސާޅީސް
ރުފިޔާ) އަކީ މީނާ މަސްތުވާތަކެތި ޓްރެފިކްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަޑައަޅުއްވާ ދެއްވުން އެދި
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ދަޢުވާކޮށްފައިވާކަން އެނގެން އޮންނައިރު،
އަޙްމަދު އިރުޝާދުގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއަށް
އަޙްމަދު އިރުޝާދު ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށް، އެދަޢުވާގައި ބުނާ ދުވަހު ނިޝާމްއަށް އެއްވެސް
ސިޓީއުރައެއް ދީފައިނުވާނެކަމަށާއި، އަދި ނިޝާމް އަތުގައި އަޙްމަދު އިރުޝާދު ދިން ސިޓީއުރައެއް
ނޯންނާނެކަމަށް 18 ނޮވެމްބަރު 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އަޙްމަދު
އިރުޝާދުގެ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.
(ނ) ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާ ބައްލަވައި ނިންމެވިއިރު ދިވެހި
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށްފައި
ނުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާ ބައްލަވައި ޙުކުމް ކުރެއްވިއިރު ދިވެހި
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަދުލު އިންޞާފުން މައްސަލަ ބައްލަވާ
ނިންމަވާފައިވާ ކަމަށް ބެލެވެންނެތް ކަމަށް ބުނެ އަޙްމަދު އިރުޝާދުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި
ފާހަގަކޮށްފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ޙަهއްކޮއެނބ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
ccc
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވަނީ، ”އެ މީހަކު
ކުށެއްކޮށް ފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ
ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ.” މިފަދައިންކަމާއިގެ
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާގައި، ދައުލަތުން އަޙްމަދު އިރުޝާދުގެ
މައްޗަށް ކުޅު ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ، ދައުލަތުން އެ މައްސަލަ ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެއްކާއި ޤަރީނާގެ މައްޗަށް ބައްލަވައި
ޝަރީޢަތުން ރިޢާޔަތްކުރެއްވުމުން، ދައުލަތުގެ ފަރާތުން އަޙްމަދު އިރުޝާދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ
އެކަށީގެންވާ
މިންވަރަށް ސާބިތުވާތީކަމަށް،
ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/756 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 17 ވަނަ
ނަންބަރުން އެނގެން އޮންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާ ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަދުލުވެރިކަމާއި
ހާމަކަމާއެކު ޝަރީޢަތް ހިންގުމުގެ ތަރަހައިގެ ބޭރުންކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ނ) ދަޢުވާލިބޭ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއެއް ކަމަށްވެފައި ދައުލަތުން ދަޢުވާކޮށްފައިވަނީ އެންމެ ހެއްކެއްގެ
މިބަހުގެ މައްޗަށް ކަމަށްވެފައި ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިނުމުގައި ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރު އެ ހެކިބަހަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކޮށްފައިވާ
ފަދައިން ޝައްކެއްނެތް މިންވަރަށް ކުށެއް ސާބިތުވާފަދަ ހެކިބަހަކަށް ނުވާއިރުވެސް ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/756 ޤަޟިއްޔާ ނިންމެވުމުގައި މިކަމަށް ބައްލަވާފައި ނެތް ކަމަށް ބުނެ ފާހަގަކޮށްފައިވާ
ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު؟
ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) އާއި އަދި އެހެން ޤާނޫނެއް ނުވަތަ
ގަވާއިދެއްގައިވިޔަސް، މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ސާބިތުވާ ހެއްކާއި ޤަރީނާގެ ޖިޞާބުގެ މިންވަރު ބަޔާންކޮށްފައި ނުވާކަމާއި، އަދި ކިއެއްތަ، ޖިނާއީ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްއީމްކޮށް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/174
ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކަށް ބުރަވެހުރެ،
ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢުވެގެން، މައްސަލައިގައި ގޮތެއް ކަނޑައެޅުމަކީ، މައްސަލަ ބަލާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމާއިގެ
ދައުލަތުން އަޙްމަދު އިރުޝާދުގެ މައްޗަށް ކުޅު ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ
ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް
ކޯޕްރަލް އަޙްމަދު ފަޟީލް މުޙައްމަދުގެ އިތުރުން ޕޮލިސް ލާންސް ކޯޕްރަލް އިބްރާހީމް އިސްމާޢީލް އާއި ޕޮލިސް
ލާންސް ކޯޕްރަލް އިސްޙާޤް ޙަސަ ހުށަހަޅާފައިވާއިރު، އެފަރާތްތަކުގެ ހެކިބަސް ޝަރީޢަތުން
ނަންގަވާފައިވާކަމާއި، މީގެއިތުރުން ޤަރީނާއެއްގެ ގޮތުގައި މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ތަޙްލީލް
ރިޕޯޓްތައް ޝަރީޢަތަށް ހުށަހަޅާފައިވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/756 ޤަޟިއްޔާއިން
އަޙްމަދު އިރުޝާދުގެ މައްޗަށް ދައުލަތުން ކުޑަ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް،
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކޮށްފައިވާ ފަދައިން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ކުށެއް ސާބިތުވާ ވަރުގެ ހެކި ހުށަހަޅާފައިވާކަން އެނގެއެވެ.
(ށ) ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާ ބައްލަވައި ނިންމެވިއިރު ޤާނޫނު
ނަންބަރު
4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތް
ކުރައްވާފައި ބުނެ އަޙްމަދު އިރުޝާދުގެ ފަރާތުން ފާހަގަކޮށްފައިވާ ޝަރީޢަތުން
ނަޒަރުކުރިއިރުގެ
ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ރ)
ގައި ބަޔާންކުރެވިފައިވަނީ، ”ޢުޤޫބާތް ކަނޑައެޅޭ ޤާނޫނުތައް، ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް ފައިދާވާ ގޮތަށް
ކުރުން، މިފަދައިންކަމާއިގެ
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ، ދައުލަތުން އަޙްމަދު އިރުޝާދުގެ މައްޗަށް އުފުލާފައިވަނީ،
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ
އެމާއްދާގެ (ނ) ގެ ދަށުންކަމާއި، އަދި ބުނެވިދިޔަ ޤާނޫނަކީ، ދައުލަތުން އަޙްމަދު އިރުޝާދުގެ މައްޗަށް ކުޅަ
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ޢަމަލު ހިންގި ކަމަށް ބުނާ ތާރީޚުގަޔާއި އަދި ކްރިމިނަލް ކޯޓުގެ ނަންބަރު
2
4 އދ2
ންފަޝަ2ށ
<މިދި2
ރެކުތައށް
ހ ށ2 3
4$$
މުންކު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
2012/Cr-C/756 ޤަޟިއްޔާ އެކޯޓުން ބައްލަވައި ޙުކުމް ކުރެއްވިއިރުވެސް، ޑައިމޯފިން ޓްރެފިކް ކުރުމުގެ
ކުށާ ގުޅޭގޮތުން ޢަމަލުކުރެވެމުން
އައި ޤާނޫނުކަން އެނގެންއޮންނަކަމާއިގެ
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 135 ވަނަ މާއްދާގެ (ބ) ގައި
ބަޔާންކުރެވިފައިވަނީ، ”މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 4 (ހަތަރެއް) ގްރާމަށްވުރެ
ގިނަ ޢަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް
ކަމުގައި ބެލެވޭނެއެވެ.” މިފަދައިންކަމާއި، ޑައިމޯފިން ޓްރެފިކްކުރުމަކީ ކުށެއްކަން އެޤާނޫނުގެ 103 ވަނަ
މާއްދާގެ (ހ) އިން އެނގެން އޮންނައިރު އެކުށުގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު -/100,000 (އެއްލައްކަ)
ރުފިޔާއިން ފެށިގެން -/10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުންކަން ޤާނޫނު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ނ) އިން އެނގެން
ނނ50
މތ އ ދވ 4
2020ސކޮށް
އަޙްމަދު އިރުޝާދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ފެނުނު 20 (ވިހި) ރަބަރު
ޕެކެޓްގައި ޖުމްލަ 24.4916 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާކަން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީ، ދައުލަތުން އަޙްމަދު އިރުޝާދުގެ މައްޗަށް ކުޅު ޑައިމޯފިން
ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން، އެކުށުގެ މައްޗަށް ތަޠްބީޤްކުރެވޭނީ ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކުރެވިފައިވާ ޙުކުމްތައް ށްވާއިރު އަޙްމަދު އިރުޝާދުގެ މައްޗަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާގެ ދަށުން ހުށަހެޅުނު ދަޢުވާ ބައްލަވައި ފައިޞަލާ
ކުރެއްވުމުގައި ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު)ގެ 12 ވަނަ މާއްދާގެ
(ރ) ގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތް ކުރެއްވުމެއްނެތި، ކުރައްވާފައިވާ ޙުކުމެއްކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
(ބ) އަޙްމަދު އިރުޝާދުގެ މައްޗަށް ދައުލަތުން ދަޢުވާ ކުރައްވާފައިވަނީ 8 ޖުލައި 2012 ވަނަ
ދުވަހުގެ 14:22 ހާއިރު، މާފަންނު ނާސަރީ ބުކްޝޮޕާއި ޖެހިގެން ހުންނަ ކުޑަ ފިހާރަ އަކުން އަޙްމަދު
އިރުޝާދު ނުކުމެ ސިޓީއުރައެއް ސ.ހުޅުދޫ އުދަރެސް ނިޝާމުގެ އަތަށް ދިންތަން ދުށްކަމަށް ޕޮލިސް ލާންސް
ކޯޕްރަލް އަޙްމަދު ފަޟީލް މުޙައްމަދު ބުނާތީކަން ދަޢުވާގެ ޞިޣާއިން އެނގޭއިރު، މިދަޢުވާއަށް އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
އިރުޝާދު އިންކާރުކޮށްފައިވުމާއި، އަދި ނިޝާމް ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް އިންކާރުކޮށް އަޙްމަދު
އިރުޝާދު، ނިޝާމްގެ އަތަށް އުރައެއް ނުދޭކަމަށް ބުނެފައިވާއިރުވެސް ޝަރީޢަތުން މިކަންކަމަށް
ބައްލަވާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
އަޙްމަދު އިރުޝާދުގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއަށް
އަޙްމަދު އިރުޝާދު އިންކާރުކުރުމުން، އެދަޢުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޕޮލިސް ލާންސް ކޯޕްރަލް އަޙްމަދު ފަޟީލް މުޙައްމަދުގެ އިތުރުން ޕޮލިސް ލާންސް ކޯޕްރަލް
އިބްރާހީމް އިސްމާޢީލް އާއި ޕޮލިސް ލާންސް ކޯޕްރަލް އިސްޙާޤް ހުށަހަޅާފައިވާކަމާއި، މީގެއިތުރުން
ޤަރީނާއެއްގެ ގޮތުގައި މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯޓްތައް ޝަރީޢަތަށް
ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި، އަޙްމަދު އިރުޝާދުގެ މައްޗަށް ދައުލަތުން ކުޑަ ޑައިމޯފިން ޓްރެފިކް
ކުރުމުގެ ކުށުގެ ދަޢުވާއަށް އަޙްމަދު އިރުޝާދު އިންކާރުކުރުން ފިޔަވައި، ދިފާޢީ ހެއްކެއް ނުވަތަ ޤަރީނާއެއް
ވިޔަސް އަޙްމަދު އިރުޝާދުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި،
ތަފާތު ޖުރިސްޑިކްޝަންތަކުގައި ތަޠްބީޤްކުރެވޭ ޖިނާއީ އިޖްރާއާތުގެ ޢާންމު އުޞޫލުތަކަށް ބަލާއިރު،
އެއްޖަރީމާއަކާ ގުޅިގެން ތުހުމަތުކުރެވިފައިވާ މުއްތަހަމުންގެ ތެރެއިން އެއް މުއްތަހަމަކު އަނެއް މުއްތަހަމަކާއި
އިއްކޮޅަށް ނުވަތަ ދެކޮޅަށްދޭ ހެކިބަހަކީ އެހެކިބަހުގެ މައްޗަށް ބިނާކޮށް ޖިނާއީ ދަޢުވާއެއް ސާބިތުކުރުމަށް ނުވަތަ
ނަފީ ކުރުމަށް ކާފީ ހެކިބަހެއްކަމުގައި ބެލެވޭނެ ހެކިބަހެއް ނޫންކަމާއި، އެގޮތުން ބަލާއިރު ކްރިމިނަލް ކޯޓުގެ
2012/Cr
-
C/756 ޤަޟިއްޔާގައި ދަޢުވާލިބޭ އެއްފަރާތްކަމުގައިވާ ނިޝާމް ޝަރީޢަތުގެ މަޖިލީހުގައި
ދަޢުވާއަށް އިންކާރުކޮށް އަޙްމަދު އިރުޝާދު، ނިޝާމްގެ އަތަށް ސިޓީ އުރައެއް ނުދޭކަމަށް ބުނެފައިވާ ބުނުމަކީ،
އަޙްމަދު އިރުޝާދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ދަޢުވާއިން ބަރީޢަވުމަށް އޮތް ކާފީ ހެކިބަހެއް ކަމުގައި
ބެލެވެނޭ ހެކިބަހެއް ނޫންކަން އެނގެއެވެ.
(ޅ) އަޙްމަދު އިރުޝާދުގެ މައްޗަށް ދައުލަތުން ދަޢުވާ ކުރައްވާފައިވަނީ 8 ޖުލައި 2012 ވަނަ
ދުވަހުގެ 14:22 ހާއިރު، މާފަންނު ނާސަރީ ބުކްޝޮޕާއި ޖެހިގެން ހުންނަ ކުޑަފިހާރަ އަކުން އަޙްމަދު
އިރުޝާދު ނުކުމެ ސިޓީއުރައެއް ދިންކަން ދުށްކަމަށް ބުނެފައިވާތީކަން ދަޢުވާގެ ޞިޣާއިން އެނގޭއިރު އަޙްމަދު
ފަޟީލް މުޙައްމަދު މިމައްސަލައިގެ ތަޙްޤީޤަށް 09 ޖުލައި 2012 ދުވަހު ދީފައިވާ ބަޔާނުގައި އަޙްމަދު
ފ އއ
4
4 ¢ ¢ ¢
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
8
.
އިރުޝާދު، ނިޝާމްގެ އަތަށް ސިޓީއުރަ ދީފައިވަނީ 8 ޖުލައި 2012 ވަނަ ދުވަހުގެ 13:30 ހާއިރުކަމަށް
ބުނެފައިވާއިރު މިކަންކަމުގެ މައްޗަށް ޝަރީޢަތުން ބައްލަވާފައިނުވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް
ޝަރީޢަތުން ނަޒަރުކުރިއިރު؟
ދައުލަތުން އަޙްމަދު އިރުޝާދުގެ މައްޗަށް އުފުލި ދަޢުވާގައި ބަޔާންކޮށްފައިވަނީ، 8 ޖުލައި 2012
ވަނަ ދުވަހުގެ 14:22 ހާއިރު ކަމާއި، އަދި އަޙްމަދު ފަޟީލް މުޙައްމަދު 09 ޖުލައި 2012 ދުވަހު ތަޙްޤީގަށް
ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، 8 ޖުލައި 2012 ވަނަ ދުވަހުގެ 13:30 ހާއިރު، ކަމަށްވީއިރު، ދައުލަތުން
އަޙްމަދު އިރުޝާދުގެ މައްޗަށް ކުޅަ ދަޢުވާގައި، އަޙްމަދު އިރުޝާދު ކުށު ޢަމަލު ހިންގި ކަމަށް ބަޔާން
ކޮށްފައިވާ ގަޑިއާއި އަޙްމަދު ފަޟީލް މުޙައްމަދު 09 ޖުލައި 2012 ދުވަހު ތަޙްޤީގަށް ދީފައިވާ ބަޔާނުގައި،
ކުށުގެ ޢަމަލު ނުވަތަ ހާދިޘާ ހިނގި ގަޑި ބަޔާންކުރެވިފައިވަނީ ލަފާ ކުރާ ވަގުތެއްގެ ގޮތުގައި ކަން އެނގެން
އޮންނައިރު ކަނޑައެޅިގެން ސީދާ ވަކި ގަޑި އެއް ބަޔާންކޮށްފައި ނުވުމާއެކު އެކަމުގައި ޖައުހަރީ ފުށުއެރުމެއް
އޮތްކަމަށް ޝަރުޢީ ޤާނޫނީ ހަމަތަކުން ބެލެވެން ނެތްކަން އެނގެއެވެ.
(ކ) ސ.ހުޅުދޫ އުދަރެސް ނިޝާމުގެ އަތަށް 8 ޖުލައި 2012 ވަނަ ދުވަހުގެ 14:22 ހާއިރު،
މާފަންނު ނާސަރީ ބުކްޝޮޕް ކައިރިން އަޙްމަދު އިރުޝާދު ސިޓީ އުރައެއް ދިންކަމަށް ލާންސް ކޯޕްރަލް އަޙްމަދު
ފަޟީލް މުޙައްމަދު ހެކި ބަސް ދީފައިވީނަމަވެސް ނިޝާމް ގަލޮޅު ދަނޑު 6 ނަންބަރު ގޭޓް ކުރިމަތިން އޮންނަ
ގޯޅި ތެރެއިން ފުލުހުން ހުއްޓުވުމުން ނިޝާމުގެ ޖީބުން ބިން މައްޗަށް ސިޓީއުރައެއް ވައްޓާލި ނަމަވެސް އެއީ
ކޮންތާކުން ގެނައި ސިޓީ އުރައެއްކަން ސާބިތުވާފަދަ ހެކިބަސް ލިބިފައިނުވާއިރު ނިޝާމް އެވަގުތު ބިން މައްޗަށް
ވައްޓާލި ސިޓީ އުރައަކީ އަޙްމަދު އިރުޝާދު ނިޝާމްގެ އަތަށް ދިން ސިޓީ އުރައެއްކަމަށް ބައްލަވައި ޝަރީޢަތުން
މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ނަޒަރުކުރާއިރުގެ
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާގައި ދަޢުވާލިބޭ އެއްފަރާތްކަމުގައިވާ
ނިޝާމް އަދި މިމައްސަލައިގާ އިސްތިއުނާފުކުރާ އަޙްމަދު އިރުޝާދު 08 ޖުލައި 2012 ވަނަ ދުވަހު، ގަލޮޅު
ދަނޑުގެ 6 ނަންބަރު ގޭޓް ކުރިމަތިން އޮންނަ ގޯޅި ތެރެއިން ފުލުހުން ހުއްޓުވުމުން ނިޝާމުގެ ޖީބުން ބިން
މައްޗަށް ސިޓީއުރައެއް ވައްޓާލިކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް ކޯޕްރަލް އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/174
އިސްމާޢީލް އާއި ޕޮލިސް ލާންސް ކޯޕްރަލް އިސްޙާޤް ޙަސަން ޝަރީޢަތުގެ މަޖިލީހަށް ހެކިބަސް ދީފައިވާކަން
އެނގެން އޮންނަކަމާއިގެ
އަދި 08 ޖުލައި 2012 ވަނަ ދުވަހު އަޙްމަދު އިރުޝާދުއާއި ލ. އިސްދޫ ރީތި ޙުސެއިން
އިބްރާހީމް، މާފަންނުގައި ހުންނަ ނާސަރީ ބުކްޝޮޕާއި ޖެހިގެން ހުންނަ ފިހާރަތެރޭގައި ތިބެފައި، އަޙްމަދު
އިރުޝާދު އެފިހާރަ ތެރެއިން ނުކުތްއިރު އަޙްމަދު އިރުޝާދުގެ ކަނާތުގައި އޮތް ހުދުކުލައިގެ ސިޓީއުރައެއް
ނިޝާމަށް ދިންކަން ދުށްކަމަށާއި، އަދި ސިޓީއުރަ ދިނުމަށްފަހު އަޙްމަދު އިރުޝާދާއި ނިޝާމް ސައިކަލުގައި
ދުއްވަން ފެށުމުން އެމީހުންގެ ފަހަތުންގޮސް އިސްވެ ބަޔާންކުރެވުނު ޕޮލިސް ލާންސް ކޯޕްރަލް އިބްރާހީމް
އިސްމާޢީލް އާއި ޕޮލިސް ލާންސް ކޯޕްރަލް އިސްޙާޤް ޙަސަނަށް އަޙްމަދު އިރުޝާދާއި ނިޝާމް ފެންނަންދެން
އަޙްމަދު އިރުޝާދާއި ނިޝާމްގެ ފަހަތުން ސައިކަލުގައި ދިޔަކަމަށް ބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ޕޮލިސް ލާންސް ކޯޕްރަލް އަޙްމަދު ފަޟީލް މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިބަސް
ދީފައިވާތީ، ނިޝާމް ގަލޮޅު ދަނޑުގެ 6 ނަންބަރު ގޭޓް ކުރިމަތިން އޮންނަ ގޯޅި ތެރެއިން ފުލުހުން
ހުއްޓުވުމުން ނިޝާމުގެ ޖީބުން ބިން މައްޗަށް ވައްޓާލި ސިޓީއުރައަކީ، 08 ޖުލައި 2012 ވަނަ ދުވަހު
އަޙްމަދު އިރުޝާދުއާއި ލ. އިސްދޫ ރީތި ޙުސެއިން އިބްރާހީމް، މާފަންނުގައި ހުންނަ ނާސަރީ ބުކްޝޮޕާއި
ޖެހިގެން ހުންނަ ފިހާރަތެރޭގައި ތިބެފައި، އަޙްމަދު އިރުޝާދު އެފިހާރަ ތެރެއިން ނުކުމެ ނިޝާމް އަތަށް
ސިޓީއުރަނޫންކަމަށް ބަލާނެ ޝަރުޢީ ޤާނޫނީ ހަމައެއް ނެތްކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކު
ގުތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތުގެ މަތިން ހުރުމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާގައި އަޙްމަދު އިރުޝާދުގެ މައްޗަށް ކުރައްވާފައިވާ
ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ
މަޖިލީހަކަށް ނުފެނުނެވެ.
0
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަން އެގޮތުގެ މަތީން
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/756 ޤަޟިއްޔާގައި އަޙްމަދު އިރުޝާދުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{014/HC-A/174
ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އަޙްމަދު އިރުޝާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ރިޢާޔަތްކޮށް، އެޤަޟިއްޔާގައި އަޙްމަދު އިރުޝާދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ފަދަ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
UCO
+
އާޖެ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv