ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/102 ޤަޟިއްޔާގެ ޙުކުމް
ވޯޓް
.}
2009{HC-A/102
i
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 102/HC
-
A/2009
އިސްތިއުނާފް ކުރިފަރާތް:
މިނަން: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ
ދާއިމީ އެޑްރެސް: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލް ފައްތާޙް މުޙަ
ފައްތާޙް މުޙައްމަދު
ދާއިމީ އެޑްރެސް: މ.ނޫރުއް ޞަބާޙް
މިހާރުގެ އެޑްރެސް: މ.ނޫރުއްޞަބާޙް
* އައިޑީ ކާޑު ނަންބަރ:
A042460
4
ރަޖިސްޓްރީކުރެވުނު ތާރީޚް: 01 ޖުމާދަލް އޫލާ 1439
އޭޕްރީލް
ނިމުނު ތާރީޚް: 29 ޛުލްޤައިދާ 1432
27 އޮކްޓޫބަރު 2011
26
2009
އިސްތިއުނާފުކުރެވުނުޤަ. ޟިއްޔާނަންބަ. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1203 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
ނިންމެވިކޯޓް: ޖިނާއީކޯޓު
ތާރީޚް: 22 ޖެނުއަރީ 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ޢަޢީ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/102
ފާހަގަކުރެވުނު ނުކުތާތައް:
01- މިއީ، ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1203 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރޖެނެރަލް
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ މ.ނޫރުއްޞަބާޙް
މުޙައްމަދު (އައި.ޑީ.ކާޑް ނަންބަރު
ދި428ދޖ
4ބދައެޙް
A042460) އެވެ.
02- އިސްތިއުނާފް މިކުރެވޭ ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1203 ޤަޟިއްޔާ ގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މ.ނޫރުއްޞަބާޙް ޢަބްދުލްފައްތާޙް މުޙައްމަދު
10 ޖޫން 2008 ދުވަހު 13:30 ހާއިރު، މަސްތުވާ ތަކެތީގެ މައްސަލައަކާއި ގުޅިގެން މާލޭ ކަސްޓޯޑިއަލްއަށް
ހާޒިރުކޮށް ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށް ކުޑަކަމުދާ ތަކެތި
ދީފައިނުވާކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަބްދުލްފައްތާޙް މުޙައްމަދު
ޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާނީ، ޢަބްދުލްފައްތާޙް މުޙައްމަދު 10 ޖޫން 2008 ދުވަހު
13:30 ހާއިރު، މަސްތުވާ ތަކެތީގެ މައްސަލައަކާއި ގުޅިގެން މާލޭ ކަސްޓޯޑިއަލްއަށް ހާޒިރުކޮށް ކުޑަކަމުދާތަކެތި
ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށް ކުޑަކަމުދާ ތަކެތި ދީފައިނުވާކަމަށްބުނެ ކޮށްފައިވާ
ދަޢުވާގައި، ކުޑަކަމުދާ ތަކެތި ދިނުމަށް ކޮށްފައިވާ ޝަރުޢީ އަދި ޤާނޫނީ ޞަރީޙަ އަމުރަކީ ކޮބައިކަން ދައުވާ
ކުރާފަރާތަށް ސާބިތުކޮށް ދެވިފައިނުވާކަމަށް ވިދާޅުވެ، ޢަބްގު
އަބްދުލްފައްތާޙް މުޙައްމަދު ގެ މައްޗަށް އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތު ނުވާކަމަށް ކަނޑައަޅުއްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1203 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 (ތިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
3
ޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009HC-A/02
4402
6 43ހ4 4488
ފާހަގަކޮށް އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޙައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ : ކުށްކުރާ މީހުން ހިފާ ހައްޔަރުކުރުމާއި، ކުށް ސާބިތުކުރުމަށްޓަކައި
ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދާ ލިބިގަތުމާއި، ހެއްކާއި ޤަރީނާ އެއްކުރުމާއި، މިފަދަ ތަކެތި ހޯދުމަށްޓަކައި
ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިދީފައިވާ އެއްފަރާތަކީ މޯލްޑިވްސް
ޕޮލިސް ސަރވިސްކަމަށް ވީހިނދު، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރާކަމަށް ތުޙުމަތު ކުރެވޭ މީހަކު
ހައްޔަރުކުރުމަށްފަހު، ތަޙްޤީޤަށް އޭނާގެ ކުޑަކަމުދާތަކެތި ތަޙްލީލު ކުރުމަށް ބޭނުންވާތީއާއި، ޤާނޫނު
ނަންބަރު17
/
77 (މަސްތު ޤާނޫނު) ގެ 18 ވަނަ މާއްދާގައި މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާކަން
ނުވަތަ ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ މަސްތުވާއެއްޗެއްކަން ސާބިތުކުރުމަށްޓަކަ
އެކަމުގެ ތަޢުލީމީ ފާހާއި
ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލިހުގައި ދޭ ހެކިބަހަކީ، ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ
ޤަރީންއެއްކުމަށް ބުނެފައިވާއިރު، މިފަދަ މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ ތަޙުލީލު
ރިޕޯރޓަކީ މުހިންމު އެއްޗަކަށް ވާހިނދު، ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުގެ ނުވަތަ އަމުރުކުރުމުގެ
ބާރު ތަޙްޤީޤު ކުރާފަރާތަށި” ލިބިގެންނުވާކަމަށް ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ ގޮތުން ރަނގަޅު
ނިންމުމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ: ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުގެ ޤާނޫނީ ޞަރީޙަ އަމުރަކީ
ކޮބައިކަން ޝަރީޢަތަށް ސާބިތު ކޮށްދެވިފައި ނުވާކަމަށްބުނެ މައްސަލަ ނިންމަވާފައިވާއިރު، އައު ޤާނޫނު
އަސާސީ ތަސްދީޤު ކުރެވިފައިވަނީ 07 އޯގަސްޓު 2008 ދުވަހުކަމަށްވާއިރު، މިޙާދިސާ ހިނގާފައިވަނީ އޭގެ
ކުރީން 10 ޖޫން 2008 ދުވަހު ކަމަށްވުމުން، މިމައްސަލައިގެ މައްޗަށް ހިނގާނީ ކުރީގެ ޤާނޫނުއަސާސީގެ
ދަށުން ޢަމަލުކުރަމުން ގޮސްފައިވާ އުސޫލުތަށްކަމަށްވެފައި، އެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި
ޤާނޫނު މާނަކޮށްފައިވާގޮތުން ޤާނޫނުގެ މާނައިގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާ
ޤާނޫނުތަކާއި، އެޤާނޫނުތަކުގެ ދަށުން ހެދޭ ޤަވާޢިދުތަކާއި، ސަރުކާރުން ޢަމަލުކުރަމުން ގެންދާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2 22
842
2009HC-A/12
,ބއިa ނަމުން 35ތގެ
ރA
ހިމެނިފައިވާއިރު، ކުރީގެ ޤާނޫނުއަސާސީގެ ދަށުން މިބާވަތުގެ އެތައް މައްސަލަތަކެއް ޖިނާއީ ކޯޓުން
ސާބިތުކޮށްފައިވުމާއި، އެމައްސަލަތަކުގައި އެނޫން ގޮތަކަށް ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް
.ނިންމާފައި ނުވާއިރު، މިމައްސަލައިގައި މިކަންތައްތަކަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވުން ކަމުގައި
42
ބުނެ ހުށަހެޅި ނުހު
ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1203 ޤަޟިއްޔާ ގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ
ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޤާނޫނީ އުސޫލުތަކަށްބަލާއިރު، އަލަށް ތަޞްދީޤުކުރެވޭ ޤާނޫނަކީ އަލަށް އެކުލަވާލެވުނު
ޤާނޫނަކަށްވިޔަސް ނުވަތަ އިސްލާޙްކުރެވުނު ޤާނޫނަކަށްވިޔަސް އެޤާނޫނުގެ ޙުކުމެއް ނުވަތަ އުޞޫލެއްވިޔަސް،
ވޭތުވެދިޔަ ޒަމާނުގެ މައްޗަށް ނުވަތަ ވޭތުވެދިޔަ ޙާދިސާގެ މައްޗަށް ނުހިންގުމަކީ އެއާއިމެދު ޚިލާފެއް ނެތް
ޤާނޫނީ އުޞޫލެއްކަން އެނގޭކަމަށާއި، އިސްތިސްނާގޮތެއްގައިވެސް ވޭތުވެދިޔަކަމަކަށް ނުވަތަ ވޭތުވެދިޔަ
ޒަމާންތަކުގެ ތެރެއަށް އަލަށް ހިންގަންފެށި ޤާނޫނެއްގެ ޙުކުމް ނުވަތަ އުޞޫލެއްވިޔަސް ހިންގޭނީ އަލަށް ފާސްވި
ޤާނޫނުގައި އެގޮތަށް ކަނޑައެޅި ބަޔާންކޮށްފައިވާނަމަ، ނުވަތަ އެހެން ޤާނޫނަކުންވިޔަސް އެފަދަ
އިސްތިސްނާއަކަށް ތަންދޭނަމަކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-C/2008 ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާކަން އެނގެންއޮތް އިރު، މި ދަޢުވާގައިވާ ޙާދިސާ ހިނގާފައިވަނީ 10 ޖޫން 2008 ދުވަހު
ކަމާއި، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ޝާއިޢުކުރުމުގެ ކުރިންވެސް، ތަޙްޤީޤުގެ
ބޭނުމަށްޓަކައި ހެކި ހޯދުމާއި ހެކި ރައްކާތެރިކުރުމަކީ ފުލުހުންނަށް ލިބިފައިއޮތް ބާރެއްކަން އެނވޭކަ
OXO
64 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009}IIC-A} f(2
ޙާދިސާ ހިނގިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނު އަސާސީއާއި ޢަމަލުކުރަމުން ދިޔަ އުސޫލުތަކުގެ މައްޗަށް
ބަލާއިރު، ފުލުހުން ކުރާ މިފަދަ އަމުރަކަށް ތަބާނުވުމަކީ ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގައިވާ ފަދަ
އަމުރަށް ނުކިޔަމަންތެރިވުމެއް ކަމުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބަލަމުން ގޮސްފައިވާކަން
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ހ( 03 ޔު0 04
0 2 3 44
2=4
8
7
8 ގދ 24
(ށ) ޢަބްދުލްފައްތާޙް މުޙައްމަދު ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ފަރާތުން
ދަށުކޯޓުގައި (ޖިނާއީކޯޓު) ދަޢުވާކޮށްފައިވަނީ ތަޙްޤީޤުކުރާ ފަރާތްތަކުން، ތަޙްޤީޤުކުރުމުގެ ބޭނުމުގައި
މުޙައްމަދު ގެ ޔޫރިންދިނުމަށް
މުޙައްމަދު އެކަމަށް
އިންކާރުކޮށްފައިވާ ކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ 88 ގެ (ހ) ގެ ދަށުން ޢަބްދުލްފައްތާޙް މުޙައްމަދު
އަމުރަށް ނުކިޔަމަންތެރިވީ ކަމުގައި ބަލައިގެންކަން އެނގެން އޮންނަކަމާއި، މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށް
ނުވާ ކޮންމެ ކަމެއްގައި ތަޙުޤީޤް ކުރާ ފަރާތަށް އެއްބާރުލުންދީ އެފަރާތުގެ ވާޖިބު އަދާކުރުމަށް
އެހީތެރިވެދިނުމާއި ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ އަދާކުރަންޖެހޭ ޒިންމާއެއްކަމާއި، ހެކިނުފޮރުވުމަށާއި
އަމިއްލަ ނަފުސާ ދެކޮޅަށް ކަމުގައި ވިޔަސް ހެކިބަސް ދިނުމަށާއި، ހެކިބަހުގައި ތެދުވެރިވުމަށް ދީނުގައި
އަންގަވާ އަމުރުކުރެވިފައިވާކަމާއި، ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ
ކުށެއްކަން ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގައި ކަނޑައަޅާފައިވާއިރު، ޝަރުޢީގޮތުންކުރާ އަމުރަށް
ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި އަދަބު
ދެވިފައިވާކަމާއި، އަދި މި ބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭނެ އުސޫލު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅާފައި
މައްޗަށް
ރިޢާޔަތްކުރުމުން ތަޙްޤީޤަށް ބޭނުންވާ ކުޑަކަމުދާ ތަކެތި ޤަޞްދުގައި ނުދިނުމަކީ ޝަރުޢީގޮތުން ކޮށްފައިވާ
އަމުރަކަށް ނުކިޔަމަންތެރިވުން ކަމުގައި ބެލެވެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު މަސްތުވާތަކެތި
ފްކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ މަސްތުވާ އެއްޗެއްކަން
423r 0x
އe
އ32
3 00ވ
ބޭނުންކޮން
ސަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009,HC-A102
4 ه2
29
ހދ 0ތ *
-އ ބަޔާންވެގެން
އެކަމުގެ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހަކީ ކުށް
ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާއި
ޤާނޫނު) ގެ 18 ވަނަ މާއްދާގައި އޮތްއިރު، މަސްތުވާތަކެތީގެ މައްސަލަތައް ސާބިތުކުރުމަށްޓަކައި
ކުޑަކަމުދާތަކެތީގެ ތަޙުލީލް ރިޕޯރޓަކީ މުހިއްމު އެއްޗެއްކަމުގައި ބެލެވޭކަމާއި، މިފަދަ ރިޕޯރޓެއް ހެދުމާއި
ނުހެދުން ބިނާވެގެން ވަނީ ތުހުމަތު ކުރެވޭ މީހާދޭ ކުޑަކަމުދާތަކެތީގެ މައްޗަށް ބުރަވެ ހުރެކަން އެނގެން
އޮތްއިރު، ތަޙްޤީޤުގެ ބޭނުމަށްޓަކައި ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ނުދިނުމަކީ
ތުހުމަތުކުރެވޭ މީހާގެ އިޚްތިޔާރުގައި އޮތްކަމެއްކަމުގައިވަނީނަމަ، އެކަމަކީ ތަޙްޤީޤަކަށް ބޭނުންވާ އެފަދަ
އެންމެހައި ކަންތައްތައް ފުރިހަމަ ނުކުރެވި، ތުހުމަތު ކުރެވޭ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު
ނުކުރެވި، އިންޞާފުގެ ދޮރާއި ހަމައަށް އެމީހުން ނުގެނެވި، އޭގެ ސަބަބުން މުޖްތަމަޢު ނުރައްކަލުގެ ތެރެއަށް
ހުށަހެޅިގެން ހިގައިދާނެ ކަމެއްކަން ފާހަގަކުރެވެއެވެ.
(ށ) ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން ކުރާ ޤާނޫނީ އަމުރުތަކަށް
ނުކިޔަމަންތެރިވެގެން ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައި، ޝަރުޢީ ނުވަތަ
އަމުރަކަށް ނުކިޔަމަންތެރިވެފައިވޭތޯ ބެލުމުގައި، އެ އަމުރެއް ކޮށްފައިވާ ޙާލަތަށާއި، އެ އަމުރަކަށް
އިޖާބަދިނުމަށް ދަޢުވާ ރައްދުވާ ފަރާތުން އެއްވެސް މިންވަރަކަށް މަސައްކަތް ކޮށްފައިވޭތޯއާއި، ދަޢުވާ ރައްދުވާ
ފަރާތުން އެ އަމުރަށް ޢަމަލު ނުކޮށްފައިވަނީ ޤަޞްދުގައި އެ އަމުރަކަށް ނުކިޔަމަންތެރިވުމުގެ މަޤްޞްދުގައިތޯ
ނުވަތަ އިންކާރުކުރީ އެވަގުތުގެ ޙާލަތު ހުރިގޮތުން އެވަގުތު އެ އަމުރާއެއްގޮތަށް ޢަމަލުކުރެވެން ނެތިގެންތޯއާއި،
އެ އަމުރަކާ އެއްގޮތަށް ޢަމަލުކުރުމަށް އިންކާރުކުރުމުން އެ އަމުރު އެއްވެސް ވަރަކަށް ތަކުރާރުކޮށްފައިވޭތޯއާއި،
އެ އަމުރަކާ އެއްގޮތަށް ޢަމަލުކުރުމަށް އިންކާރުކުރުމުން އެ އަމުރެއްކުރި ފަރާތުން އަޅާފައިވަނީ ކޮން
ފިޔަވަޅެއްތޯ ބަލާ ރިޢާޔަތްކުރަން ޖެހޭނެކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ޢަބްދުލްފައްތާޙް މުޙައްމަދުގެ
މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރި ދަޢުވާގައި ޢަބްދުލްފައްތާޙް މުޙައްމަދުއަށް"
ޓެބްޖެގެ
, ތ 46
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
1
2009/HC-A/102
ނިމުނު ގޮތުގެ ރިޕޯޓް
ނިސްބަތްކުރި ޢަމަލަކީ އޭނާ ކޮށްފައިވާ ޢަމަލެއްކަން ނުވަތަ ނޫންކަން ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ސާފު ނުކުރައްވާ، އެ ޢަމަލު ތަޖްރީމް ކުރާ ޝަރުއީ އަދި ޤާނޫނީ ނައްޞު ދައުލަތަށް ދެއްކިފައި ނުވާކަމަށް
ވިދާޅުވެ ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1203 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުއީ އަދި
ޤާނޫނީ އުޞޫލުތަކާއި އެއްގޮތް ޙުކުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ނުފެނު ހިނދު، ހައިކޯޓުގެ މިޤަޟިއްޔާގައިވެސް ޢަމަލު ކުރަންޖެހޭނީ މީގެ ކުރީން ހައިކޯޓުން ނިންމާފައިވާ
މިބާވަތުގެ އެހެން ޤަޟިއްޔާތަކުގައި ހައިކޯޓުން ޢަމަލުކުރުމަށް ނިންމާފައިވާ އޫޞޫލާއި އެއްގޮތަށްކަމަށް
މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށްބެލިއިރު، ޖިނާއީކޯޓުގެ ނަންބަރު:
2008/JC/1203 ޤަޟިއްޔާ ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މ.ނޫރުއްޞަބާޙް
ޢަބްދުލްފައްތާޙް މުޙައްމަދު (އައި.ޑީ.ކާޑް ނަންބަރު A042460) ގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމް
ކުރައްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް މިމައްސަލަ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާތިލުކޮށް،
ޖިނާއީކޯޓުގެ ނަންބަރު: 2008/JC/1203 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ދަށުކޯޓަށް އަލުން ހުށަހަޅައިފިނަމަ، އެމައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ހަމަތަކަށް ރިޢާޔަތްކޮށް ދަށުކޯޓުން އަލުން
ބައްލަވައި، އެ މައްސަލައިގެ މައުޟޫޢާމެދު ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއްކަމަށް
ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv